Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ދޭނަން ހިތާ ޖާނާ…! 5ވަނަ ބައި

princess lily Level 110 Stories
January 28, 2016 3 Mins Read
10 Comments

“ދެންވެސް އޮންނަނީތަ؟.. އެއޮށް ފަހެއްޖަހަން ދިހަމިނެޓަށްވީ… ހިނގާދާން ތުނޑިއަށް….”. އަޔާޒް ނާއިފްގެ ކޮނޑުގައި ޖަހާލަމުން ބުނެލިއެވެ. ނާއިފްއާއި އަޔާޒް ހިނގައިގަތީ ތުނޑިމައްޗަށް ދިއުމަށެވެ.

ޖެހެމުންދާ ފިނި ވައިރޯޅިއާއި ގޮނޑުދޮށަށް ބީއްސަމުންދާ ކުދި ރާޅުތަކާއި އެކި ރާގުރާގަށް ގޮވަމުންދާ ދޫނިތަކުގެ އަޑުން މުޅި ތުނޑިމައްޗަށް ވެރިވެފައި ވަނީ އާދަޔާ ހިލާފް ހިތްގައިމު ކަމެކެވެ.މިހިތްގައިމު ވަގުތުގައި ތުނޑިމައްޗަށް އައިސް އެ މަޑުކޮށްލީ ނާއިފް އާއި އަޔާޒް އެވެ. މިވަގުތަކީ ނާއިފް އަށް ހަޔާތުގައި ވަރަށް މުހިއްމު ވަގުތެކެވެ. ހަމަ އެހާމެ ހާސްކަމުން ފުރިގެންވާ ވަގުތެއްވެސްމެއެވެ. ނާއިފްގެ އެ ކެތްތެރިކަން ކުޑަވެފައިވާ ހިތް ކުރަމުން ދާ އިންތިޒާރަށް ނިމުމެއް އައީ އެދެމީހުންގެ ކަނާއަތް ފަރާތުން ގޮނޑުދޮށުން މަޑުފަރި ހިނގުމެއްގައި އަންނަ ނިހާމާ ފެނުމުންނެވެ. ނާއިފް އެ ފުރިހަމަ ނަޒަރު ކަތިލާފަދަ ޖިންސުއްލަތީފަށް ބަލަން ހުރެވުނީ ކަޅިވެސް ޖަހައިނުލައެވެ. ނާއިފްގެ އެ ހިޔާލީ ދުނިޔެއިން ހޭލައްވާލީ އަޔާޒުއެވެ.

“އޭތް..ކިހިނެއް ވެފަތަ ތިހުރީ؟.. އަހަރެން ތަންކޮޅެއް ދުރުގައި މަޑުކޮށްލާނަން ނާއިފްމެން ކުރިއަށް ގެންދޭ…އޯކޭ!..”. އެހެން ބުނެލުމަށްފަހު އަޔާޒް ދުރަށް ޖެހިލިއެވެ. އެވަގުތަކީ ނިހާމާ އައިސް ނާއިފް ގާތަށް ހުއްޓުނު ވަގުތެވެ.

” ނިހާ… ކޮޅަށް ނުހުރެ މި ގަސްގަނޑުމަތީ އިށީންނަންވީނު..” ތުނޑިމައްޗަށް ލައްގައިފައިވާ ބޮޑު ގަސްގަނޑުގައި އިށީންނަމުން ނާއިފް ބުނެލިއެވެ. އޭރުދެމީހުންނަށްވެސް ތިބެވުނީ ރާޅުބީއްސާ ހިސާބާ ތަންކޮޅެއްދުރުގައެވެ.

އިރުކޮޅަކަށް ދެމީހުންގެ މެދަށް ހަމަހިމޭންކަން ވެރިވިއެވެ. ނާއިފް ތެދުވެ ފިޔަވަޅެއްވަރު ކުރިއަށް ޖެހިލިއެވެ. އޭރު ނިހާމާ އިނީ އިސްދަށަށްޖަހައިގެން ފައިން ވެލިގަނޑާ ކުޅެލަކުޅެލައެވެ.

“ނިހާ.. އަހަރެން… އަހަރެންނަށް.. އަހަރެންނަށް ނިހާފެނުނު ފުރަތަމަ ރޭންފެށިގެންވެސް ނިހާ ވަރަށް ހާއްސަވި.. އެރޭން ފެށިގެން އަހަރެންނަށް އަބަދު ނިހާއާއިމެދު ވަރަށް ވިސްނޭ… އެނގޭ ދެމީހުން ބައްދަލުވިތާ އަދި އެހާގިނަދުވަސް ނުވާކަން.. އެކަމަކު.. މިވީ ކުޑަދުވަސްކޮޅުތެރޭ އަހަރެންނަށް… އަހަރެންނަށް ނިހާދެކެ ލޯބިވެވިއްޖެ..!” ނާއިފް ވާހަކަދެއްކީ ނިހާމާއަށް ފުރަގަސްދީގެން ހުރެއެވެ. ނިހާމާ ބުނާނެ އެއްޗެއް ނޭނގޭތީ ނިހާއާއި ހަތަރުކަޅިހަމަކުރަން ނުކެރުނީއެވެ. ނިހާމާގެ ފަރާތުން އެއްވެސް ޖަވާބެއްނުލިބި އިރުކޮޅެއްވުމުން ނާއިފް ހީކުރީ ނިހާމާ ހިތްހަމަނުޖެހުނީ ކަމަށްށެވެ.

“ހިތްހަމަ ނުޖެހުނީތަ.. ނޫނީ ނިހާ ލޯބިވާ މީހަކު ހުރީތަ؟” ނާއިފް ޖެހިލުންވެހުރެ ސުވާލުކުރިއެވެ.

“ނާއިފް ތިގޮތަށް އަހަރެންނާ މީޓް ކުރިކަން އަލާންއަށް އެނގިއްޖެޔާ ވާނެގޮތް އެނގޭތަ…؟” ނިހާމާ ބޭނުންވީ ނާއިފްގެ ލޯބި ޔަގީންކުރާށެވެ.

“ތީ އަހަރެން ކުރި ސުވާލުގެ ޖަވާބެއް ނޫން..! އެކަމަކު ތިސުވާލުގެ ޖަވާބުގައި ބުނެވޭނީ.. އަހަރެން އަލާންދެކެ ބިރެއްނުގަނެއޭ.. އަހެންނަށް އަހަރެންގެ ލޯބި ލިބިއްޖެޔާ ދެން ކޮންމެކަމަކާވެސް ކުރިމަތިލާން މިހިރީ ތައްޔާރަށް…” ނާއިފް ނިހާމާއަށް ބަލާލަމުން ބުނި މިޖުމުލައިން ނިހާމާއަށްވެސް ބަލާލެވުނެވެ. އެދެލޮލުން ފެންނަމުންދިޔަ އިހުސާސްތަށްނާއިފްއަށް ދެނެގަނެވުނުކަހަލައެވެ. ނާއިފް އައިސް ނިހާމާގެ ކުރިމަތީ އިށީންނަމުން އެދެލޮލަށް ބަލާލީ އެއިހުސާސްތަށް ޔަގީން ކޮއްލުމުގެ ބޭނުމުގައެވެ.

” ނިހާ… ނިހާގެ ތިދެލޮލުންވެސް ޖަވާބުލިބިއްޖެ.. އެކަމަކު ބޭނުންވަނީ ނިހާގެ ދުލުން އަޑުއަހާލަން..!” ނާއިފް ނިހާމާގެ އައިތްގެނެސް ނާއިފްގެ ދެއަތުގެތެރެއަށް ލިއެވެ. އޭރު ނިހާމާގެ ހިތް ބާރުބާރަށް ތެޅެމުންދިޔައެވެ.

“ނިހާ ޕްލީޒް.. އަލާން ދެކެ ބިރުން ޖަވާބެއްނުދޭންތަ ތީނީ…؟” ނާއިފް މަޑުމަޑުން ސުވާލުކުރިއެވެ.

“އަހަރެން ބޭނުމެއްނޫން އަހަރެންގެ ސަބަބުން މީހަކަށް ގެއްލުމެއް ލިބޭކަށް…” ނިހާމާ ހިތާދެކޮޅަށް ނާއިފްގެ އަތުތެރޭން ނިހާމާގެ އަތް ދަމައިގަންނަމުން ތެދުވިއެވެ.

“ޕްލީޒް ނިހާ.. ނިހާގެ ހިތުގައިއޮތް އެއްޗެއް ބުނެދީބަލަ.. އޭރުން ހުރިހާކަމެއްވެސް ރަނގަޅުވާނެ..” ނާއިފް ނިހާމާއަށް ބުނެލިއެވެ. ނިހާމާ އިސްއުފުލާލާ ނާއިފްގެ ދެލޮލަށް ބަލާލިއެވެ.

“ނާއިފްދެކެ.. އަހަރެންވެސް.. އަހަރެންވެސް ލޯބިވޭ..!” ނިހާމާގެ މިޖުމުލަ ރަނގަޅަށް ނުނިމެނީސް ނާއިފް އައިސް ނިހާމާގެގައިގައި ބައްދާލިއެވެ. ނާއިފްގެ މިހަރާކާތުން ނިހާމާއަށް ގުޑިލަންވެސް ނޭނގުނެވެ.

އަޔާޒް އިށީނދެލައިގެން އިނީ ތުނޑީގައިހެދިފައިހުރި މަގޫގަސްތަކެއްގެ ހިޔަލުގައިއޮތް ލަކުޑިގަނޑެއްގެ މަތީގައެވެ. އިސްކޮޅާ ކިރިޔާ ހަމަނުވާ ވަރަށް ހެދިފައިވާ ގަސްތަކުގެ ތެރެއިން ކޮންމެވެސް ވަރަކަށް ނިހާމެންތިބިތަން ފެނެއެވެ.

“ހޭއި އަޔާ..! މިތާ ކޮންކަމެއް..؟ ” އަލާންގެ އަޑަށް އަޔާޒްއަށް ސިހިފާތެދުވެވުނެވެ. އޭރު އަޔާޒްއާއެކު އޭނަގެ ގްރޫޕް ތިއްބެވެ. ނޭނގޭކަމަށް ހަދާފައި އަޔާޒްއަށް ބަލާލެވުނީ ނާއިފްމެން ފެނޭތޯއެވެ. އޭރުވެސް ނިހާމާއާއި ނާއިފް އެތާ ތިއްބެވެ.

“އަލާން ކީއްކުރަނީ…؟” އަޔާޒްވެސް ކުރީ ސުވާލެކެވެ.

“މަ ދޯ.. މަގޭ ހިތް މިދިމާލަށް އައިތަން ފެނިގެން މިއައީ…. ހެހެހެ..” އަލާން ހީލަމުން މިހެން ބުނެފައި ދާން ހިނގައިގަތެވެ.

“ކީއްކުރަން…؟” ނާއިފްވަނީ ކޮންމެވެސް ވަރަކަށް އަލާންގެ ވާހަކަތަށް އަޔާޒްއަށް ކިޔައިދީފައެވެ. އަލާންއަށް ނިހާމާ އަންނަނިކޮން ފެނުނީތާއެވެ. އަލާން ބުނީ ނިހާމާގެ ވާހަކަކަން އެނގުމުން އަޔާޒް ސުވާލުކުރިއެވެ.

“ކަލޭ ނުޖެހޭނެ ކުރާކަމެއް ބަލާކަށް…!! ” އަލާން ރުޅިވެރިކަމާއެކު މިހެންބުނަމުން ހިނގައިގަތެވެ. އެންމެ ފަހަރަކުވެސް ދަމުން އަލާން ކަނާތްފަރާތުގައި ހެދިފައިވާ މަގޫގަސްތަކުގެ ތެރެއަށް ސަމާލުކަންދީ ބަލާލިނަމަ ގަސްތަކުގެ އެފަރާތުގައި ތިބި ނިހާމާމެން ފެނުނީހެވެ. އަލާން އެތަނުން ދިޔުމުން ފުންނޭވާއެއް ދޫކޮއްލަމުން އަޔާޒް ކުރިންވެސް އިށީނދެއިން ލަކުޑިގަނޑުމަތީ އިށީނެވެ.

ނާއިފް އިނީ ގަސްގަނޑުމަތީ އިށީނދެގެންނެވެ. ނިހަމާއިނީ ނާއިފްގެކައިރީގައެވެ. ނާއިފްގެ ކޮނޑުގައި ބޯއަޅާލައިގެން ނިހާމާއިން އިރު ނާއިފްގެ ކާނާއަތުން ނިހާމާގެ އުނަގަނޑުގައި ހިފާއްޓާލައިފައިވެއެވެ. ދެމީހުންގެ ނަޒަރުވެސް ހުއްޓިފައިވަނީ އޮއްސެމުންދިޔަ އިރަށްށެވެ. އެހިތްގައިމު މަންޒަރު އިތުރަށް ފުރިހަމަކޮއްދެނީ ކަނޑަށް އެޅިފައިވާ އިރުގެ ރަންދޯދިތަކެވެ. މިހެންތިބިއިރު މިވަގުތުކޮޅު ނުނިމޭނެނަމައޭ އެތައްފަހަރަކު ނިހާމާގެ ހިތަށް އަރަމުންދިއައެވެ.

“ކީކޭ އަޔާ…؟ ނާއިފްގެ ފޯނުރިންގުވާންފެށުމުން ފޯނުނަގާ ކަންފަތުގައިޖައްސާލިއެވެ.

“އޭތް.. ގެއަށްވެސް ނުދާންތަ…؟” ނާއިފް ފޯނުނެގުމުން އަޔާޒް ބުނެލިއެވެ.

“ނޫނޭ ދާންވީދެން…” ނާއިފް ޖަވާބު ދިނެވެ.

“އަލާންއަށް ނިހާފެނުނީ ކަންނޭނގެ އަންނަނިކޮން… އަލާން އެބައުޅޭމިތާ.. އޭނައަށް ފެނިއްޖެޔާ އަނެއްހަކަންތަށް ޖެހޭނެ..” އަޔާޒް ނާއިފްއަށް ވީގޮތް ކިޔާދިނެވެ..

ނާއިފް ފޯނުބާއްވަމުން ނިހާމާއަށް ބަލާލިއެވެ. އަދި ނިހާމާގެގައިގާ ބައްދާލިއެވެ. ހީވަނީ ދެންދުވަހަކުވެސް ދުރުވާން ބޭނުންނުވާހެންނެވެ. ނާއިފްއާއި ނިހާމާދުރަށްޖެހިލިއެވެ. އެހެންނަމަވެސް ނިހާމާގެ އަތުން ދޫކޮއްލާކަށް ނާއިފްގެ ހިތެއްނޭދުނެވެ. އެއަތުގައި ހިފައިގެން އުމުރުދުދުވަހުވެސް ހުންނަން ނާއިފްގެ ހިތްއެދެމުން ދިޔައެވެ. މަގާދިމާލަށް ދެމީހުން ހިނގައިގަތެވެ. އިރުކޮޅަކުންނާއިފް ހުއްޓުމުން ނިހާމާއަށް ބަލާލެވުނީ ނާއިފްގެ މޫނަށްށެވެ.

“ކިހިނެއްވީ..؟” ނާއިފް އަށް ބަލާލަމުން ނިހާމާ ސުވާލުކުރިއެވެ.

ނާއިފްގެ ކަރުގައި އަޅާފައިއޮތް ރިހިކުލައިގެ ފަށެއް ނާއިފްނެގިއެވެ. އެފަށުގެ ފުލުގައި “އެން” އަކުރެއް ހުއްޓެވެ.

” އަހަރެމެން އެކުގައިވާހާ ހިނދަކު މިފަށް ނުނަގަށްޗޭ.. މީ އަހަރެމެންގެ ލޯބީގެ ހަނދާނެއް އިނގޭ.. ކިތަންމެ ދުރުގަހުއްޓަސް އަހަރެން އަބަދުވެސް ނިހާ ކައިރީގަވާކަން ގަބޫލުކުރާތި…” ނާއިފް ނިހާމާގެ ކަރުގައި އެފަށް އަޅުވަމުން ބުނެލިއެވެ.

މަގަށް ނިކުތުމަށް ފަހު ދެމީހުންގެ މިސްރާބު ބަދަލުކޮއްލިއެވެ. ނިހާމާ ހިނގައިގަތީ ގެއާދިމާލަށް ދިޔުމަށް ހަނި މަގަކުނަނެވެ. ނާއިފް ދިޔައީ އަޔާޒް ކައިރިއަށްށެވެ.

“ކޮބާއަލާން..؟ ” އަޔާޒް ފެނުމުން ނާއިފް ސުވާލުކުރިއެވެ.

” ހިނގައްޖެ…” އަޔާޒް ޖަވާބުދިނެވެ.

“އޯ ނޯ.. ނިހާ އެކަނި އެދިޔައީ. އަލާން ދިމާކޮއްލައިފިއްޔާ…؟” ނައިފްގެ ވިސްނުމަށް މިކަން އައީ އިރުކޮޅެއްފަހުންނެވެ. ނާއިފް އަވަހަށް ނިހާމާ ދިޔަދިމާލަށް ދާން ހިނގައިގަތެވެ.

” ނިހާ ހާސްވެދާނެތީ އަހަރެން ނުވެސްބުނަން ނިހާ ކައިރިއަކު މިތާ އަލާން އުޅޭ ވާހަކައެއް…!” ނާއިފް ގެ ހާސްކަން އިތުރުވިއެވެ.

ނުނިމޭ..

Share Article

Follow Me Written By

princess lily

Level 110 Stories

Other Articles

Previous

ލޯބިން އެކީގަ ވާނަމޭ.. (10)

Next

ފަލްސަފާ – 1 (18+)

Next
January 28, 2016

ފަލްސަފާ – 1 (18+)

Previews
January 27, 2016

ލޯބިން އެކީގަ ވާނަމޭ.. (10)

10 Comments!

  1. naaanu says:
    January 28, 2016 at 11:08 am

    hmm hmmm…salhi ey ingey ???waiting for next part

  2. shaa says:
    January 28, 2016 at 11:32 am

    Haadha nice story ekey mee waiting for the next prt

  3. princess lily says:
    January 28, 2016 at 11:46 am

    thanks….. thanks….. hurihaa kyuntherinnahves

  4. isha.. fathun says:
    January 28, 2016 at 11:56 am

    Wow romantic… nice v ngey.. keep it up

  5. lyn says:
    January 28, 2016 at 1:22 pm

    Nice. waiting for the nxt part……

  6. twinkxxxx says:
    January 28, 2016 at 1:26 pm

    Nyc vvv….nxt prt avahah up khdhehchey

  7. Aimsithu says:
    January 28, 2016 at 2:42 pm

    Maa kuru vvma v ma dhen varah vaii..
    Emme foari hifaa hisaabun vaahaka nimeny.. 🙁

  8. princess lily says:
    January 28, 2016 at 2:47 pm

    ya i knw.. time nulibeythy kurukon genedheveny.. v time beynunvaa kameh meeeeeee

  9. Zeena says:
    January 28, 2016 at 9:49 pm

    Varah romantic scene eh.wow wow wow

  10. Zeena says:
    January 28, 2016 at 9:52 pm

    Story feel Kure vunyma vaagoiy bunedheyn ves neynge.. Feeling amazing

Comments are closed.


All Right Reserved!