Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ދޭނަން ހިތާ ޖާނާ…! 6ވަނަ ބައި

princess lily
January 28, 2016
3 Mins Read
16 Comments

“އޯ ނޯ.. ނިހާ އެކަނި އެދިޔައީ. އަލާން ދިމާކޮއްލައިފިއްޔާ…؟” ނައިފްގެ ވިސްނުމަށް މިކަން އައީ އިރުކޮޅެއްފަހުންނެވެ. ނާއިފް އަވަހަށް ނިހާމާ ދިޔަދިމާލަށް ދާން ހިނގައިގަތެވެ.

” ނިހާ ހާސްވެދާނެތީ އަހަރެން ނުވެސްބުނަން ނިހާ ކައިރިއަކު މިތާ އަލާން އުޅޭ ވާހަކައެއް…!” ނާއިފް ގެ ހާސްކަން އިތުރުވިއެވެ.

“ނާއިފް … ނާއިފް…!! ހަމަޖެހިބަލަ.. މަޑުކޮއްބަލަ…! އަލާން ދިޔައީ އެކޮޅަށްށޭ..! ” އަޔާޒް ކަފިވެފައިވާ މަގާދިމާލަށް އިނގިލި ދިއްކޮއްލަމުން ބުނެލިއެވެ. އަޔާޒް އިނގިލިން އިޝާރާތް ކުރީ ނިހާމާދިޔަމަގު ނޫން އަނެއްމަގައްށެވެ. ނާއިފްއަށް ހަމަޖެހުމުގެ ނޭވާއެއްލެވުނީ ދެނެވެ.

ދުވަސްތަށް މާޒީވަމުން ދައުރުވަމުންދެއެވެ. ނުވެސްއެނގި ތިއްބާ ދެހަފްތާފާއިތުވެގެން ގޮއްސިއެވެ.  ކޮންމެދުވަހެއްގެވެސް ހަވީރުގެ ވަގުތަކީ މިދެލޯބިވެރިން އާންމުކޮން ބައްދަލުކުރާ ވަގުތަކަށް ވެއްޖެއެވެ. އެހިތްގައިމުވަގުތު ލޯބީގެ އެކި ވައުދުތައްވެ ހިޔާލީ އެކި ކުލަތަކުން ލޯބީގެ ބަގީޗާގައި މާތައް ފޮޅުވަމުންދެއެވެ. މިއަދަކީވެސް އެފަދަ ދުވަހެކެވެ. ނާއިފްއާއި ނިހާމާ މަޑު ހިނގުމެއްގައި ރާޅުޖަހާފަށުގައި ހިނގަމުންދިޔައެވެ. އޭރު ނިހަމާގެ އަތްވަނީ ނާއިފްގެ އަތުތެރޭގައެވެ.

“ނިހާ.. ބުދަ ދުވަހުން ރަށަށް ދާން މިއުޅެނީ… ވަރަށް ދެރަވޭ ދާންޖެހޭތީ…” ނާއިފް ވާހަކަދެއްކިއެވެ.

“އަދި އަންނާނަންދޯ… އަހަރެން ނާއިފްއަށް އިތުބާރުކުރަން…!” ނިހާމާ ނާއިފްއަށް ބަލާލިއެވެ.

“ހޫމް.. ޔަގީނެއްނު…! ދެން އަންނާނީ ނިހާ ބަލާ..!” ނާއިފް ވެސް ނިހާމާއަށް ބަލާލިއެވެ.

“އަސްލުވެސްތަ…؟؟ އަހަރެން މަންމަ ކައިރީ މިވާހަކަ ދައްކަންވީދޯ…؟” ނިހާމާ ވާހަކަދެއްކީ އުފަލުންހުރެއެވެ.

“ހޫމް…!” ނާއިފް ޖަވާބުދިނެވެ.

” ސީރިއަސްތަ..؟ ” ނިހާ އަނެއްކާވެސް ސުވާލުކުރިއެވެ.

ނިހާމާގެ މިސުވާލުން ނާއިފް ހުއްޓުނެވެ. އަދި ނިހާމާގެ ކުރިމައްޗައް އަރަމުން ނިހާމާގެ އަތުގައިހިފާ ނިހާމާގެ ލޮލަށް ބަލާލިއެވެ. އެއަސަރުގަދަ ދެލޯ ފެނުމާއެކު ނިހާމާއަށް ލަދުން އިސްޖަހާލެވުނެވެ.

” ވިލް ޔޫ މެރީ މީ…؟” ނާއިފް ނިހާމާގެ އަތުގައި ބޮސްދިނެވެ.

“ހޭއި… ވިލް ޔޫ މެރީ މީ..؟” ނާއިފް ދެބުމައަރުވާލަމުން ސުވާލުތަކުރާ ކޮއްލިއެވެ.

“އޯހ…! ނާއިފްގެ ނިހާ ލަދުގަތީތަ..؟ ދެން ޖަވާބުދީބަލަ… ސީރިއަސްކޮންނޭ މިއެހީ…!” ނާއިފް ނިހާގެ ޖާބަކަށް އިންތިޒާރުކުރިއެވެ.

“ޔެސް!” ނިހާމާ އިސްއުފުލާލަމުން ޖަވާބުދިނެވެ.

“ތިނިމުނީ…! އަހަރެން ނިހާއަށް އިތުބާރުކުރަން އެކަމަކު އަހަރެން ބޭނުމީ އަވަހަށް ނިހާގެންދަން…!” ނާއިފް ވާހަކަދައްކަމުން ނިހާމާގެ އަތުގައިހިފައިގެން ކުރިއަށް ހިނގައިގަތެވެ.

“އެއަލާން ކޮންމެފަދަ ކަމެއްވެސް ކޮއްފާނެ…!” ނާއިފް ނިހާމާއަށް ބަލާލިއެވެ.

“އައްދޭ…! ކުރިންބުނީ ބިރެއްނުގަނެއޭ… މިހާރު ކިހިނެއްވީ..؟” ނިހާމާ ނާއިފްއާއި ދިމާކޮއްލިއެވެ.

“އަހަރެންނަށް ކަމެއް ވެދާނެތީއެއް ބިރެއްނުގަނޭ.. ބިރުގަންނަނީ ނިހާއަށް ކަމެއްވެދާނެތީ.. ނިހާއަށް ކަމެއްވެއްޖެޔާ އަހަރެން ކިހިނެއް ދިރިހުންނާނީ..!” ނާއިފް ނިހާމާގެ މޫނުގައި ދެއަތުން ހިފާއްޓާލަމުން ވާހަކަދެއްކިއެވެ.

“އެހާވެސް ލޯބިވޭތަ…؟” ނިހާމާ ނާއިފްއަށް ބަލަންހުރެ ސުވާލުކޮއްލިއެވެ.

“ޔަގީން ނުވަނީތަ…؟ އެއޮށް ކަނޑަށް އެރުނީމަތަ ގަބޫލު ކުރާނީ؟” ނާއިފް ކަނޑުގެ ލޮނުގަނޑަށް ބަލާލަމުން ބުނެލިއެވެ.

“ހޫމް… ދެން މާ ފިލްމީ ވާނެކަމެއްނެއް..!” ނިހާމާ ނާއިފްގެ ބޮލުގައި ޖަހާލިއެވެ.

ރޭގަނޑުގެ ހަމަހިމޭން ވަގުތެވެ. އަލާންމެން ތިބީ އާންމުކޮން އަލާންމެންގެ ގްރޫޕް މަޑުކޮއްލައިގެންތިބޭ ބުރުކައިރީގައެވެ. އެހެން އެތާ އަލާން އިންނަތާ އެތައްއިރެއް ފަނުން ފާރިޝް އައެވެ.

“ހާދަލަސްވީ…؟” އަލާން ފާރިޝްއައި ސުވާލުކުރިއެވެ.

“މިއައީ ދަޅެއްގަނެލައިގެން…! ތިއެއްނޫނޭ ކިހިނެއްތަ ތިހަދަނީ” ފާރިޝް ކަމެއްހަނދާންވެގެން ސުވާލުކޮއްލާހެން ސުވާލުކުރިއެވެ.

“ކޯނޗެއްތަ…؟” އަލާންއަކަށް ނުވިސްނުނެވެ.

“މިބުނީ ނިހާގެ ކަންތަށް…! ތިހެން ތެޅިތެޅި ހުއްޓަ ތެޔޮނާށި ކާޅުޖަހައިގަންނާނީ…!” ސައިކަލުމަތީ ހަމަޖެހިލަމުން  ފާރިޝް ވާހަކަދައްކަން ބޭނުންވި މައުލޫފެށިއެވެ.

“އައްދޭ..! އަހަރެންގެ ކަމަކާ ކުޅެލެވޭވަރުގެ މީހަކު އެބަހުރިތަ މިރަށުގަ…؟” އަލާން ފަހުރުވެރިވެލަމުން ބުނެލިއެވެ.

“މިރަށަކުނެތް… އެކަމަކު އަހަންނަށް ހީވަނީ ތިކަންދެން ވަރަށް އަވަހަށް ނިމިދާނެހެން… ތެޔޮނާށި ޖަހައިގަންނަން ރެޑީގަ…!”

“ކީކޭ ކިޔަންތިއުޅެނީ…؟؟ ” އަލާން އިށީނދެގެން އިންތަނުން ތެދުވަމުން ސުވާލުކުރިއެވެ.

” ދެދުވަހެއްވަރު ވެއްޖެ ޝައްކުވާތާ…! ނިހާއާއި އެހެން މީހަކާ ގުޅުމެއް..!”

“ކީކޭ… ކީކޭ ކިޔަންތިއުޅެނީ..؟ ނިހާއާއި އެހެންމީހަކާ އެއްވެސް ގުޅުމެއްނޯންނާނެ.. ނިހާއަކަށް އެވަރު ކަމެއްކުރާކަށް ނުވެސް ކެރޭނެ..!”””  ފާރިޝްގެ ޖުމުލަ ފުރިހަމަނުވަނީސް އަލާންއައިސް ފާރިޝްގެ ގަމީހުގައިހިފާ ދަމައިގަތެވެ. އެވަގުތު ފާރިޝް ސައިކަލާއެއްކޮން ނުވެއްޓުނީ ހަމަކިރިޔާއެވެ. ދެއަތުން ސައިކަލުގައި ހިފާއްޓަމުން ފާރިޝްއަށް ބިންމަތީ ދެފައި ހަރުކޮއްލެވުނެވެ. އަލާންގެ މިއަމަލުން ފާރިޝްގާތަށްވެސް ރުޅިއައެވެ.  ސައިކަލުން ފާރިޝްފޭބީ އަލާންގެ ގައިގާ ޖެހުމުގެ ބޭނުމުގައެވެ. ކުއްލި ހަރަކާތަކާއެކު ފާރިޝް މުއްކަވާލާ އަލާންގެ މޫނާދިމާލަށް އަތްގެންދިޔައެވެ. އެހެންނަމަވެސް އަލާންގެ ނަސީބުރަނގަޅުކަމުން އެތާތިބި އެންމެން އައިސް ފާރިޝްއާއި އަލާން ދުރުކުރިއެވެ. މިފަހަރު އެތަނުގައި މީހަކުނެތްނަމަ ފާރިޝް ގޮށްމުށުގެ ހަމަލާއަކުން އަލާންގެ މޫނުގައި ލަކުނުލައްވާލީހެވެ.

“ކަލޭ ޔަގީންކޮއްބަލަ.. މަމިބުނީ ދޮގެއްތޯ..!!!” ފާރިޝް އެންމެންގެ އަތް ފޮޅުވާލަމުން މިހެންބުނެލިއެވެ. އަދި އެނބުރިއައިސް ސައިކަލަށްއެރިއެވެ.

“ނިހާއާއި ކާކާ..؟” އަލާން މަޑުމައިތިރިކަމއެކު ސުވާލުކުރިއެވެ.

“ނާއިފް…!” ފާރިޝް ސައިކަލުދުއްވާލަމުންޖަވާބުދިނެވެ.

“ނާއިފް…. ނާއިފް..!” އަލާން ވިސްނާލަމުން ދެފަހަރަކު އެނަން ތަކުރާރުކޮއްލިއެވެ.

“އެއީ… އެއްކަލަ އަޔާޒްމެންގެއައް އައިސްގެންއުޅޭ ސޮރެއް…!” އެތަނުން އެކަކު ބުނެލިއެވެ.

އަލާން އަށް ރުޅިއައިސް ދެބުމަ ގޮށްޖަހާލެވުނެވެ. ދެއަތް މުށްކަވާ ބާރުކޮއްލެވުނެވެ. ހީވަނީ އެތެރެހަށީގައި އަނދަމުންދިޔަ އަލިފާން ހުޅުފަޅައިގެންގޮސް ބޭރަށް ނުކުމެދާނެހެންނެވެ.

“މިކަމުގެ ހަގީގަތް ބަލާނަން.ތެދަކަށް ވެއްޖެއްޔާ އެ ނާއިފް އަށް ހޭއަރުވާލާނަން..” އަލާން ހިތާހިތުން ބުނެލިއެވެ.

އަޔާޒުއާއި ނާއިފް މިސްރާބު ޖަހާފައި އެތިބީ ބަނދަރު ހަޓަށް ކޮފީއެއް ބޯލަން ދިޔުމަށެވެ. ދިޔަމަގުމަތީ މިހާދުއާވެސް ދިމާވެ ތިންމީހުން އެއްކޮށް ގޮސް ބަނދަރު ހަޓަށް ވަނެވެ. ކޮފީއަށް އޯޑަރުކުރުމަށް ފަހު ވާހަކަ ދައްކަން ފެށީ އަޔާޒުއެވެ.

” މި ހިސާބުގަ ތަފާތު ފިހާރައެއް ހުޅުވާލީމަ ވަރަށް ހިނގާނެ ކަމަށް ފެނޭ… އަބަދު އެކިރަށްރަށުން މީހުން އައިސް ފަޅުތެރެ މިއޮންނަނީ ފުރިފަ ވިއްޔަ..”

ތިކަހަލަ ހިޔާލެއް ކޮށްގެން މިހުންނަނީ ..އަދިވާގޮތް ނުވެގެން…ކޮންކަހަލަ ފިހާރައެއްބާއޭ އަޅަން ރަނގަޅުވާނީ މި ހިތަށް އަރަނީ..” މިހާދު ކަމެއް ކުރަން ރާވަމުން ދާފަދަ ރާގެއްގަ ބުނެލިއެވެ.

“އަހަރެންނަށް ހީވަނީ މަސްވެރިކަމާ ގުޅޭ ސާމާނު ވިއްކާ ތަނެއް މިހިސާބުގަ ވަރަށް ހިނގާނެހެން…” ނާއިފްވެސް ވާހަކައިގަ ބައިވެރިވެލަމުން ބުނެލިއެވެ.

” ތީ ވަރަށް ރަނގަޅު ހިޔާލެއް… މަސް ދޯނިތަކުން ފަޅުފުރިފަ އޮންނަންޔާ ވަރަށް ވިޔަފާރި ވާނެހެން މަށަށްވެސް ހީވޭ…”

ނުނިމޭ….

16
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

princess lily

Other Articles

Previous

ކުރަމުން ތިދާހާ ގޯނާ 2..

Next

އެދެނީ މަޢާފް

Next
January 29, 2016

އެދެނީ މަޢާފް

Previews
January 28, 2016

ކުރަމުން ތިދާހާ ގޯނާ 2..

16 Comments

  1. NIHAA says:
    January 28, 2016 at 9:30 pm

    Haadha kurey…..but v v nice….whn nxt part….waiting waiting…. Nice….:-) m first yey…v nice

  2. princess lily says:
    January 28, 2016 at 9:32 pm

    މިބައިވެސް ކިޔުންތެރިންނަށް ކަމުދާނެކަމަށް އުންމީދުކުރަން.. ޝުކުރިއްޔާ ހުރިހާކިޔުންތެރިންނަށްވެސް

  3. princess lily says:
    January 28, 2016 at 9:34 pm

    NIHAA miadhu 2 part up kohfin.. dhigukon kiyaaleveynehnu.. n thy first

  4. NIHAA says:
    January 28, 2016 at 10:11 pm

    Haan thikan ingey….dhn hama bunely sorry…..thi bunigothun hyvany rulhi arsà hure bunihen…..ehnve….u r very good writer… V nice…:-(:-)

  5. princess lily says:
    January 28, 2016 at 10:36 pm

    nun.. kiyuntherindheke rulhieh naannaanehnu… aslu varah happy vey NIHAA ge comment thah kiyaalaafa. NIHAA bunedheythy v happy vey.. NIHAA ah princess lily buniethi goaskon visnunyma varah sad vehje..

  6. NIHAA says:
    January 28, 2016 at 10:48 pm

    Asluvx thr…sorry…..gows koh visny ky nun…hyvaathy hama ahaaly……dhn k leave it….mi v kuraaahihvaa kameh vaahaka liyumaky…n v vey kiyaa hih vx…..biruveri vaahaka v vey liyaa hih….scul ga ulhunu iru vx v ginaihn vhka liyan……v nice u r story…:-)

  7. rose says:
    January 28, 2016 at 10:53 pm

    Nice story.. Miadhu dhe part up kohdhinyma thnx.. Kurukon viyas dhe part kiyaalyma dhigukon miadhu kiyaalevunythaa dhwww… Thnx princess… Kiyuntherinves liyuntherinnaa dheytherey visnaalanvaane aslu..

  8. rose says:
    January 28, 2016 at 10:59 pm

    Ooohh.. Alhe NIHAA ge biruveri story eh vara avahah kiyaalan libeynenama. V very kiyaahiy. Unmeedhukuran fennaanekamah biruveri story eh

  9. NIHAA says:
    January 28, 2016 at 11:00 pm

    Gud nyt alllll:-)

  10. NIHAA says:
    January 28, 2016 at 11:03 pm

    I dnw how to write story in this site….can u help me..plxxx

  11. rose says:
    January 28, 2016 at 11:06 pm

    Varah faseyha vaane register kuraagoi balaalyma. Alhe balaalabala… Engeytho

  12. shau says:
    January 28, 2016 at 11:08 pm

    E thedheh nihaa…stry eh up kohladhybaa…plxxx…I luv horror strys…n mi vaahaka v v nice…keep it up princess

  13. NIHAA says:
    January 28, 2016 at 11:19 pm

    Haan k…will try

  14. Kai says:
    January 28, 2016 at 11:58 pm

    Haadha kurey. Ekamaku v rythi mi part vess. Miahvure dhigunama maa bodah rythi viyys

  15. NIHAA says:
    January 29, 2016 at 2:53 pm

    Vaahaka up kuran thankolheh las vedhaane….cox scul kanthakuga ulheythy v bxy midhuvas kolhu……ihthixaar kohlahvaa..

  16. NIHAA says:
    January 29, 2016 at 7:39 pm

    Mi ah ulhi ulhi nuvi…but adhivx try kuraanan

Comments are closed.

All Right Reserved!