
“އަލާން… އަލާން…!” އަލާންއަށް އިސް އުފުލާބަލާލެވުނެވެ. އޭރު ތަންކޮޅެއްދުރުގައި މަޑުކޮއްލައިގެން އެހުރީ ހުދު އަލާންގެ ސޫރައެވެ. އެއްވެސް ތަފާތެއްނެތެވެ.
“ހާދަ ފިނޑިއޭ…! ބަލަބަލާ ހުއްޓަ ކިހިނެއް މިވީ…! ހެހެހެ..” އެމީހާ އަލާންއަށް މަލާމާތްކުރިއެވެ.
” އަލާން… އަލާން….! ނިހާ އެދިޔައީ ކަލޭގެ ލޯބީގަ ކޮޅުފައިން ޖަހާފަ…! އެކަމަކު ކަލެއަކަށް އެއްވެސް ކަމެއްނުކުރެވުނު… ހެހެހެހެހެ.. !” ހެމުން އެމީހާ އަލާންގެ ކުރިމަތިން ގެއްލުނެވެ.
“އަލާން…” އަލާން ފަސްއެބުރި ބަލާލީ ހަމަ އެއަޑު އަލާންގެ ފަހަތުން އިވުމުންނެވެ.
“އަލާން ރޮނީތަ… ހެހެހެހެހެ.. !! ދެން އެއްކަމެއްވެސް ނުކުރެވޭނެ… މިރޭން ފެށިގެން ނިހާއަކީ ނާއިފްގެ ހައްގެއް… ހެހެހެހެ…””” އެމީހާ ގެއްލުމަށް ފަހުވެސް އެތައްއިރެއްވަންދެން އެއަޑު އަލާންގެ ވަށައިގެން ގުގުމަމުންދިޔައެވެ. ދެކަންފަތުގައި އަތްއަޅާ އަލާން ހަޅޭއްލަވައިގަތެވެ. އޭރު ނިހާމާގެ އެކި ހަނދާންތަށް އަލާންގެ ކުރިމަތީ ސިފަވަމުންދިޔައެވެ. ނިހާމާގެ ފަރާތުން ލިބުނު ހޫނު ހަމަލާ ހަނދާންވުމުން އަލާންއަށް ކޯތާފަތްމަތީ އަތް ޖައްސާލެވުނެވެ.
“ނޫން… ނޫން..! ނިހާ އަހަރެންގެ ހައްގަކަށް ނޫނީ ނުވާނެ..! އެހެންނޫނީ ދެން ނިހާއަށް ޖެހޭނީ އަހަރެންގެ ފައިދަށަށް އައިސް ރޮއެ އާދޭސްކުރަން..!” އަލާން ކޮޅަށްތެދުވަމުން މިހެންބުނިއިރު ދެލޮލުންފެންނަމުން ދިޔައީ ރުޅިވެރިކަމާ ނަފްރަތެވެ.
ކައިވެންޏަށް ފަހު ދެން އޮތީ ކައިވެނީގެ އުފަލުގައި ދެފަރާތުގެ އާއިލާއިން ދޭ ކުލަގަދަ ޕާޓީއެކެވެ. މުޅިތަން ޒީނަތްތެރި ކުރެވިފައިވަނީ ހުދުކުލައާއި މަޑު ދަނބުކުލައިންވެ. ނިހާމާއާއި ނާއިފް މަޑުކޮއްލައިގެންތިބީ ނީލްވިލާގޭގެ ބޮޑުދޮރޯށި ކައިރީ އެދެމަފިރިންނަށް ހާއްސަކުރެވިފައިވާ ތަނުގައެވެ. ހަފްލާތެރެއަށް ވަދެގެންއަންނަ ކޮންމެމީހަކުވެސް އެދެމަފިރިންނަށް ތައުރީފްކުރެއެވެ. އަދި އެތައުރީފްގެ ބަދަލުގައި އެދެމަފިރިންގެ ފަރާތުން ފުޅާ ހިނިތުންވުމެއް ކޮންމެ މެހެމާނަކަށް ދެއެވެ.
“ހޭއި.. ވަރަށް ގުޅޭ އިނގޭ..!” ޕާޓީތެރެއަށް ވަދެގެންއައި ރީމާ އެދެމަފިރިންނަށް ތައުރީފްކުރިއެވެ.
“ތެންކިޔޫ…!” ނިހާމާ ހިނިތުންވެލިއެވެ.
ހަފްލާތެރޭގައި ގިނައިރު ކޮޅަށްހުރުމުގެ ސަބަބުން ވެފައިވާ ވަރުބަލި ނިހާމާއަށް އިހުސާސް ކުރެވުނީ ކޮޓަރިއަށްވަދެ އެނދުގައި އޮށޯވެލުމުންނެވެ. އެހެންކަމުން ނިދީގެ އަރާމްގެ ތެރެށް ގެނބިގެން ދިޔައީ ދާދި ފަސޭހަކަމާއެކުއެވެ.
ނާއިފް އިނީ ބޭރުގައި މެހެމާނުންނަށް ހާއްސަކުރެވިފައިވާ މޭޒުތަށް ކައިރީގައެވެ. އޭރު ޕާޓީ ނިމިގެން އެންމެން ގޮއްސިއެވެ. އުޑުމަތި ބަނަކުރަމުންދާތީ އަޔާޒް އާއި މިހާދު ޕާޓީގައި ބޭނުންކުރި ބައެއް އެއްޗެހި ގޭގެ އެތެރެއަށް ލެވޭތޯ މަސައްކަތް ކުރަމުންދެއެވެ.
“މާދަމާ ނާއިފްމެން ރަށަށް ދަނީތަ..؟ ދުވަސްކޮޅަކު މިކޮޅުގައި މަޑުކުރަންވީނު..!” އަޔާޒް ނާއިފް ކައިރީ ހުރި ގޮނޑީގައި އިށީންނަމުން ބުނެލިއެވެ.
“ނޫނޭ.. ގެ ފަޅަށް ބަހައްޓާފައި އައިސް އެހާގިނަދުވަހު ނުތިބެވޭނެއްނު.. ދެން ގިނަގިނައިން މިކޮޅަށް އާދެވޭނެތާ..!” ނާއިފް ޖަވާބުދިނެވެ.
“ނިހާ ދިޔައީމަ މަންމަ ވަރަށް އެކަނިވާނެ.. އަންނަ ހަފްތާ އަހަރެންވެސް ވަޒީފާއަށް މާލެދާންޖެހޭނެ…!” މިހާދު ނާއިފްއަށް ބަލާލިއެވެ.
“ދެން އެހެންވީރު މިހާދުވެސް މިކަހަލަ ކަމެއް ކުރަންވީނު…!” އަޔާޒް މިހާދުއާއި ދިމާކޮއްލިއެވެ.
“އަޔާއަށް ވަރަށް ބޮޑު ލަނޑެއް ލިބިފަދޯ ތިހިރީ… އެހެން ބުނާނެއްނު ކައިވެނީގެ ވާހަކަވިއްޔާ އަޔާ ދުވަހަކު ސީރިއަސްއެއް ނުވާނެ..! ހެހެހެހެ..” މިހާދުވެސް ދިމާކޮއްލިއެވެ.
ނާއިފްއަށް އައިސް ކޮޓަރިއަށް ވަދެވުނީ 2 ޖަހާ ބޮޑުވިފަހުންނެވެ. އޭރު ނިހާމާއޮތީ ގަދަ ނިދީގައެވެ. ނާއިފް އައިސް އެނދުގެ މަގަތުގައި އިށީންނަމުން ނިހާމާއަށް ބަލާލިއެވެ. މިރޭ ނިހާމާގެ ރީތިކަމާމެދު ނާއިފްއަށް ތައުރީފް ކުރެވުނު އަދަދެއްނޭނގެއެވެ. އެހާވެސް ފުރިހަމައެވެ. ނިދާފާއޮތް ނިހާމާގެ މޫނުމަތިން ފެންނަމުންދިޔަ ލުއި ހިނިތުންވުމުން ދެކެމުންއެދަނީ އުފާވެރިހުވަފެނެއްކަން އެނގިގެންދެއެވެ. ނާއިފް މަޑުމަޑުން ނިހާމާގެ ބޮލުގައި ވަރަށް ލޯބިންފިރުމާލިއެވެ. އެއާއެކު ނިހާމައަށް ލޯހުޅުވާލެވުނެވެ.
“ނާއިފް….!” ނިހާމައަށް ނިދިއަޑަކުން ބުނެވުނެވެ.
“ހޫމް..! އެއްޗެހިވެސް ބަދަލުނުކުރަންތަ…؟” ނާއިފް ސުވާލުކޮއްލިއެވެ.
“އޮށޯވެލިތަނާ ނިދުނީ.. މިދަނީ އެއްޗެހި ބަދަލުކުރަން…” ނިހާމާ މޯޅިއަކަށްދެމިލަމުން ތެދުވިއެވެ. މަޑުހިނގުމެއްގައި ގޮސް އަލަމާރިތެރެއިން ނިހާމާ ނިދަންލާނެ ހެދުމެއް ނެގިއެވެ. ނިހާމާ ފާހާނައަށް ވަންނަންދެންވެސް ނާއިފް އިނީ ނިހާމާއަށް ބަލާށެވެ.
ދިހަވަރަކަށް މިނެޓުފަހުން ނިހާމާ ފާހާނައިން ނިކުތެވެ. އޭރު ނާއިފް އެއްޗެހިބަދަލުކޮއްގެން އެދުގައި އޮށޯވެއޮތެވެ. ނިހާމާ ނިކުތުމާއެކު ނާއިފް ނިހާމައަށް ބަލާލިއެވެ. ހުދުކުލައިގެ ދޫ ހެދުމުގައި ނިހާމާ ހުރިއިރު ތެމިފައިވާ އިސްތަށިގަނޑު ގައި ވަނީ ތުވާލިއޮޅާލާފައެވެ. ލޯގަނޑު ކުރިމަތީހުއްޓި އިސްތަށިގަނޑުގައި އޮޅާލެވިފައިވާ ތުވާލިނަގާ އިސްތަށިގަނޑު ހިތްކަންފެށިއެވެ. ލޯގަނޑުން ނާއިފް ފެންނަން އޮތުމުން ނިހާމާ އިސްދަށަށްޖަހާލިއެވެ.
“ކިހިނެއްވީ… ކީއްވެ ތިބަލަނީ…؟” ނިހާމާ ލަދުންހުރެ ސުވާލުކުރިއެވެ.
“ރީތިވީމަ..! ނުބަލަންވީތަ…؟” ނައިފް ތެދުވެ އެނދުމަތީ އިށީނދެލިއެވެ.
އިރުކޮޅަކުން ނާއިފް ތެދުވެގެން އައިސް ނިހާމަގެ ގާތުގައި ހުއްޓުނެވެ. އަދި ނިހާމާގެގައިގާ ވަރަށް ލޯބިން ބައްދާލިއެވެ.
ރެއަކީ ދެމީހުންގެ ހަޔާތުގައިވެސް އައި އެންމެ އުފާވެރިރެއެވެ. އަލަތުކައިވެނީގެ ފޮނިމީރުކަން ހިއްސާކުރަމުންދިޔައިރު ދެމީހުންގެ ހިތުގަ އުފެދިފައިވާ ލޯބި އެތައްގުނައަކަށް އިތުރުވަމުންދިޔައެވެ.
ދަންވަރުގެ ހަމަހިމޭންވަގުތެކެވެ. ނިހާމާއާއި ނާއިފް ހިނގަމުންދިޔައީ ތުނޑިމަތީ ރާޅުޖަހާ ފަށުގައެވެ. ހަނދުވަރުގެ އަލިން އެހިތްގައިމު މާހައުލަށްވަނީ އަލިކަން ފެތުރިފައެވެ. ހިނގަމުން ދިޔައިރު ދެމީހުންގެ އަތް ވަނީ ގުޅުވާލެވިފައެވެ.
“ނާއިފް… ތިހެން އަބަދުވެސް ނިހާގެ އަތުގަ ހިފައިގެން ހުންނާނަންތަ..؟” ނިހާމާ ނާއިފްއަށް ބަލާލިއެވެ.
“އަދިވެސް ގަބޫލުނުކުރެވޭތަ..؟” ނާއިފް ކަނާއަތުން މަޑުމަޑުން ނިހާމާގެ އުނަގަނޑުގެ ވަށާލަމުން ބުނެލިއެވެ.
“ގަބޫލުކުރަން.. ހަމަ އަހާލީ..” ނިހާމާ ބުނެލިއެވެ.
ނާއިފް ނިހާމާގެ ކުރިމައްޗައް އަރަމުން ނިހާމާގެ އަތުގައި ހިފާލިއެވެ. ނިހާމާ އިސްދަށަށް ޖަހާލިއެވެ.
“ވަރަށް ލޯބިވޭ… އަބަދުވެސް ލޯބިވާނަން…! ނާއިފްގެ މިޖުމުލައިން ނިހާމާ އިސްއުފުލާ ބަލާލިއެވެ. އެވަގުތު ނިހާމާއަށް ނާއިފްގެ ފަހަތުގައި ހުރި އަލާން ފެނުނެވެ. އަލާން މަޑުމަޑުން އަތް އުފުލާލިއެވެ. އޭރު އަލާންގެ އަތުގައި ދިގު ލަކުޑިގަނޑެއް ކަހަލަ އެއްޗެއް އޮތެވެ.
“ނާއިފް……..!” ނިހާމާއަށް ހަޅޭއްލަވައިގަނެވުނެވެ. ހަމައެސިކުންތުތެރޭ އަލާން އަތުގައިއޮތް ލަކުޑިގަނޑުން ނާއިފްއަށް ހަމަލާދިނެވެ.
ގަދަ ނިދީގައި އޮތް ނާއިފްއަށް ފުންމައިގެން ތެދުވެވުނީ ނިހާމާގެ އަޑަށްށެވެ. އޭރު ނިހާމާ ތެދުވެއިނެވެ. މުޅިމީހާ ދާހިތްލާފޯވެފައެވެ. ނިހާމާގެ އަތުގައި ކޮންމެވެސްވަރެއްގެ ތުރުތުރު އެޅުމެއް ހުއްޓެވެ.
“ކިހިނެއްވީ..؟ ހުވަފެނެއްތަ..؟” ނާއިފްގެ އަޑުއިވުމާއެކު ގަބުވެފައި އިން ނިހާމާއަށް ނާއިފްގެ ގައިގާ ބައްދައިގަނެވުނެވެ.
“އަލާން… އަލާން.. ” ނިހާމައަކަށް ވާހަކައެއް ނުދެއްކުނެވެ. ބިރުގަނެފައިވާވަރުން އަޑު ބޭރުނުވީއެވެ.
“ނިހާ…! މާވަރަކަށް ވިސްނާތީ އެކަހަލަ ހުވަފެން ފެންނަނީ..! ބިރުނުގަނޭ..! ނާއިފް މީނީނު ނިހާ ކައިރީ…!” ނާއިފް ނިހާމާ މެޔާލައި ބޮނޑިކޮއްލިއެވެ.
ނިހާމާއާއި ނާއިފްގެ ދިރިއުޅުމުގެ މުޅިންއާ ބާބެއް ފަށަމުން އިރުގެ ރަންދޯދިތައް އާދުވަހަކަށް މަރުހަބާ ކިޔައިފިއެވެ. ފަތިހުފަތިހާތެދުވެ ނިހާމާ ބަދިގޭގެ މަސައްކަތާ ހަވާލުވެއްޖެއެވެ. ނާއިފް ހޭލަންވާއިރު ސައިހެދޭތޯ ނިހާމާ އުޅުނެވެ.
“ދަރިފުޅާ.. މަންމަ ސައިހަދާފާނަން.. ދޭބަލަ ރަށަށްދާންވާއިރު އެއްޗެހި ތައްޔާރުކުރަން..!” ނަފީސާ ބަދިގެއަށް ވަދެގެން އައެވެ.
“ނޫން މަންމާ… ސައިހަދާފަ ދިޔަސް ލަހެއް ނުވާނެ…!” ނިހާމާ ޖަވާބުދިނެވެ.
“ކޮން އިރަކުންތަ ފުރަނީ…؟” އުނދުންމަތީގައިހުރި ރިހަތެލި ބަލާލަމުން ނަފީސާ ސުވާލުކުރިއެވެ. ނިހާމާ ދާތީ ނަފީސާ ހުރީ ވަރަށް ދެރަވެފައެވެ. އެހެންނަމަވެސް އެކަން ނިހާމާއަށް އަންގާކަށް ނަފީސާ ބޭނުމެއްނުވެއެވެ. ނަފީސާގެ ދެލޮލުން އޮހޮރިގަންނަން ތައްޔާރުވެފައިވާ ކަރުނަތަށް ލޮލުގެތެރެއަށް ހިންދާލީ އެހެންވެއެވެ.
“މަންމާ…! މަންމާ…!” ނިހާމާ ނަފީސާ އެއްޗެއް ނުބުނެހުރުމުން ދެފަހަރަކު ގޮވާލިއެވެ.
“ކީކޭ…؟” ނަފީސާ ސިހުނެވެ.
“މެންދުރުފަހުން ފުރަނީ..! މަންމަ ކަމަކާ ވިސްނަނީތަ..؟” ނިހާމާގެ ސުވާލަށް ޖަވާބުލިބޭތޯ އިރުކޮޅަކު މަޑުކޮއްލިއެވެ.
“މަންމަ ދެރަވަނީދޯ… އަހަރެންދާތީ…! މަންމާ އަހަރެން ނުދާނަން.. ނާއިފް ކައިރީ ބުނާނަން އަހަރެން މިރަށުގަ ބަހައްޓާށޭ…! މަންމައާއި ދުރުގަ ކިހިނެއް އުޅޭނީ.. ވަރަށް ދެރަވާނެ.. ވަރަށް ހަނދާންވާނެ…!” ނިހާމާ ކުރެހިފައިވާ އަޑަކުން ވާހަކަދެއްކިއެވެ.
“ދަރިފުޅު ރޮނީތަ..؟ ދަރިފުޅުތީ ވަރަށް ހިތްވަރުގަދަ ކުއްޖެއްނު ދޯ..! މަންމަ ބޭނުމީ ދަރިފުޅު ވަރަށް އުފަލުގަ އުޅެން..! އޭރުން މަންމަ ވަރަށް އުފާވާނެ.. އެއީ ދަރިފުޅުގެ ފިރިމީހާ. ކައިވެނި ކުރީމަ ދެން އުޅެންޖެހޭނީ ފިރިމީހާގެ ގޭގަ..! މަންމަ އަށް އެނގޭ ކިތަންމެ ދުރުގަހުއްޓަސް މަންމަގެ ދަރިފުޅު މަންމަ ދިން ތަރުބިއްޔަތު މަތިން ހަނދާން ނުނެތޭނެކަން..! ދިރިއުޅުމުގަ ވަރަށް ގިނަކަންތައްތަކާ ދިމާވާނެ ކޮންމެކަމަކާވެސް ކުރިމަތިލާންވާނީ ކެތްތެރިކަމާ އެކު..!” ނަފީސާ ނިހާމާގެ ބޮލުގައި ފިރުމާލިއެވެ.
“ނާއިފްވެސް މިހިރީނު… މަންމަ ދެރަނުވޭ.. އިރާދަކުރެއްވިއްޔާ ނިހާ އުޅޭނީ ވަރަށް އުފަލުގަ.. އަހަރެންނަށް އިތުބާރުކުރޭ..!” ދެމައިން ދައްކަމުންދިޔަ ވާހަކައިގައި ނާއިފް ބައިވެރިވެލިއެވެ. ނާއިފް ހުއްޓިލައިގެންހުރީ ދޮރުމަތީގައެވެ.
“މަންމަ ތިދެކުދިންނަށްވެސް އިތުބާރުކުރަން…!” ނަފީސާ ހީލިއެވެ.
“ކޮބާ ސައި ނުހެދޭތަ.. ވަރަށް ބަނޑުފައި…!” ނާއިފް ބަނޑުގައި އަތްޖައްސާލަމުން ބުނެލިއެވެ.
“ނޫނޭ.. މިނިމުނީ… އާދޭ…!” ނިހާމާ ރިހަތަށި ގެނެސް މޭޒުމަތީ ބެހެއްޓިއެވެ.
“އެބައަންނަން ދޮންބެ ހޭލީތޯ ބަލަލާފަ…!” ނިހާމާ ނާއިފްގެ ތައްޓަށް ރޮށި ކުދިކޮއްދިނުމަށްފަހު ރިހައަޅައިދިނެވެ.
“ހޭލައިފީން.. ހޭލައިފީން…! އެކަމަކު ނިދިހަމައެނުވޭ އަދި..! އަދި އެއްބުރު އިންނާނެ…!” ނިހާމާ ދޮރާއި ދިމާލަށް ދާން އުޅެނިކޮން މިހާދުއައިސް ވަނެވެ.
“އެހެންތަ…! ކޮން އިރަކުން އަނެއްބުރު.. ހެހެހެހެ..” މިހާދު އައިސް ބުނިގޮތު ނާއިފް ގާތަށް ހިނިއައެވެ.
“ރޭގެ ޕާޓީއާ ހެދީ ވީގޮތްމީ.. އަޔާ ފަކީރު ނޭނގެ ބާރަޖާއިރުވެސް ހޭލާނެކަމެއް… ނިހާ ފުރުވާލާފަ އައިސް ނިދުމުގެ ދެވަނަ ހާފް… ހެހެހެހެ..!” މިހާދު މިހެންބުނުމުން އެންމެންނަށްވެސް ހެވުނެވެ.
“އެހެންތަ.. ސައިބޮއެގެން މިދަނީ އެގެއަށްދާން.. ދާއިރު ނިދާފައޮތިއްޔާ އުނދަގޫކޮއްލާނަން..” ނާއިފް ވާހަކަދެއްކިއެވެ.
” ސައިކަލުގަ ދޭ އިނގޭ..! ތަޅުދަނޑި އޮންނާނެ ކޮޓަރީ މޭޒުމަތީ..!” މިހާދު ނާއިފްއަށް ބަލާލިއެވެ.
ނިހާމާއާއި ނާއިފް ބޭރަށް ނުކުމެލީ ނާއިފްގެ މަންމަމެން ކައިރިއަށް ދިޔުމުގެ ބޭނުމުގައެވެ. ދެމީހުން ސައިކަލުގައި އަޔާޒްމެންގެ ގެއާދިމާލަށް މިސްރާބުޖެހިއެވެ. އާދައިގެ ބާރުމިނެއްގައި ނާއިފް ސައިކަލު ދުއްވަމުންދިޔައީ ރަށުގެ ބޮޑުމަގުގައެވެ. ބޭއިހްތިޔާރުގައި ނިހާމާއަށް ހަޅޭއްލަވައިގަނެވުނީ ކުރިމަތިން ސައިކަލެއް ހުރަސްކޮއްލުމުންނެވެ. ކުއްލި ހަރަކާތަކާއެކު ނާއިފްއަށް ސައިކަލު މަޑުކޮއްލެވުނެވެ.
ނުނިމޭ..
15 Comments!
Comments are closed.
Nyc…whn next part
thnx sheynn….. varah avahah up kureveytho balaanan
V reethi
V rythi….dhen oiy bai avahah up kurahche…uhmydhu kuran rythi vane kamah…
Cant wait for the next part
V v reethi…nxt part up kohdhybaa avas….v nice this story….superbbbb…..:-):-).
ޝުކުރިއްޔާ… ހުރިހާ ކިޔުންތެރިންނަށްވެސް .. އަޅެ ސަލްމިސް މިވާހަކަ ކިޔާނަމަ ޕްލީޒް ޕްލީޒް ކޮމެންޓެެއް ކޮއްދީ… ސަލްމިސް ގާތު 2015ގަ ބުނީން ވާހަކައެއް ލިޔެފަ މި ސައިޓަށް ލާނަމޭ.. އުންމީދުކުރަން ސަލް މިސްއަށް އަޅުގަނޑު އެނގޭނެ ކަމަށް..
Vaahakaige emme muhimmu baii inthixaaaru kuran mi jehuny… keep it up
Varah reethi
V salhi
V reethi.hama superb
Vvvvv salhi ey… waitin waitin
Wow…..v salhi
v nice…
When nxt prt…??i cnt wait….plxxxxx avahah up kohdhyba