ނިހާމާ އިނީ ކޮޓަރިތެރޭގައެވެ. އޭރު ނިހާމާގެ ހިތަށްކޮއްފައިވާ ފުންއަސަރު ލޮލުން ކަރުނައިގެ ސިފައިގައި އޮހޮރެމުންދެއެވެ. މަޑުމަޑުން ނިހާމާތެދުވެގެންގޮސް ޑްރެސިންޓޭބަލް ކައިރީ މަޑުކޮއްލިއެވެ. ގިނައިރު ރޮއުމުގެ ސަބަބުން ނިހާމާގެ ދެލޯކައިރިވަނީ ކޮންމެވެސް ވަރަކަށް ދުޅަވެފައެވެ. ނިހާމާ ކަރުގައި އަޅާފައިއޮތް ރިހިކުލައިގެ ފަށަށް ބަލާލިއެވެ. އަދި އެފަށުގައިވާ “އެން” އަކުރުގައި އަތްޖައްސަލިއެވެ. އެއާއެކު ދެލޯމަރާލާ ބާރުކޮއްލެވުނެވެ. “ނިހާ…!” ނިހާމާ ސިހިގެންދިޔައީ ނާއިފްގެ އަޑަށްށެވެ. އެއީ ނިހާމާ އެމީހަކުދެކެ އިންތިހާއަށް ލޯބިވާ ނިހާމާގެ އަލަތުފިރިމީހާއެވެ. ނިހާމާ އަވަސްއަވަހަށް އަތުގެ ނުފުށުން ކަރުނަތައްފޮހެލަމުން […]
އަހަރެންވެސް އެހެންމީހުންނެކޭ އެއްފަދައިން ހިޔާލުގެ ދޮރުން ފޮނި ހުވަފެންތަކެތް ދެކުނީމެވެ. އުންމީދުތަކަކާއެކު ހިޔާލީ ދުނިޔެއެއް ކުރަހަމުން ދިޔައީމެވެ. އެހެންނަމަވެސް އެންމެ ސިކުންތެއްގެތެރޭ ހުރިހާ އުންމީދަކާ ހުވަފެންތަކެތް ވިއްސިވިހާލިވެއްޖެއެވެ. އެންމެ ޖުމުލައަކުން އަހަރެންގެ ހިޔާލީ ގަނޑުވަރު ކުދިކުދި ކޮއްލައިފިއެވެ. އަދި މިހިތުގައި އެތަކެތް ޒަހަމެއް ލައްވައިފިއެވެ. ނުވެސް އެނގިހުއްޓައެވެ. އަހަރެން ހީކުރީ އަހަރެންގެ މައިންބަފައިން އެންމެ ކުޑަދުވަހުން ފެށިގެން އަހަރެން ކުރަހަމުންދިޔަ ހިޔާލީ ތަސްވީރުގައި ކުލަޖައްސަދޭނެކަމަށްށެވެ. ދަރިންގެ ހުވަފެންތައް ހަގީގަތަކައް ހެދޭތޯ މައިންބަފައިން މަސައްކަތް ކުރާވާހަކަ އަބަދުވެސް އަޑުއަހަމެވެ. […]
މިއީ އަޅުގަނޑުގެ ދެވަނަ ވާހަކަ….. މިއީ ލޯބީގެ ވާހަކައެކެވެ. މިވާހަކަ ވަރަށް އަވަހަށް ކިޔުންތެރިންނާހަމައަށް ގެެނެސްދެވޭތޯ މަސައްކަތް ކުރާނަން… ކިޔުންތެރިން އިންތިޒާރު ކުރާނެކަމަށް އުންމީދުކުރަން…
“ރަމް ތިބުނާ ކާއިންއަކާ ދިމާވިފަހުން ވާގޮތެއްނުތީ.. ރަމް ތިބިރުގަންނަވަރަށް އަހަރެންވެސް ބިރުގަނެއޭ.. ރަމް ގަބޫލު ނުކުރިޔަސް އެއީ އަހަރެންގެ ކާއިންބެ އެއްނޫނޭ… ” ނާދިޔާ ރަމްޝާއައް އެއްޗެއް ވިސްނަދޭފަދަ ރާގެއްގަ ބުނެލިއެވެ. “ކާއިންއެއް ނޫނޭ.. ދެންއެއީ ކާކު..؟” ރަމްޝާ ބޮލުގަ އަތް އަޅަމުން މަޑުމަޑުން ޓައިލްސްތަކުގެ މައްޗައް ތިރިވާންފެށިއެވެ.. އޭރު ރަމްޝާގެ ދެލޯވަނީ ރަތްވެފައެވެ. މުޅިމީހާ ތުރުތުރު އަޅަމުންދެއެވެ. ރަމްޝާއަށް ލޯހުޅުވާލެވުމާއެކު އެކިތަންތަން ހޯދަންފެށިއެވެ. މުޅިމީހާވަނީ ދާހިތްލާފޯވެފައެވެ. ހުންގަދަކަމުން އޭރުވެސް ރަމްޝާ ތުރުތުރުލައެވެ. ރަމްޝާގެކައިރީގައި ނަޝީދާއާއި ނާދިޔާ […]
ބޮލުގާ އަޅަންފެށިވޭނެއްގެ ސަބަބުން ރަމްޝާ އައް ބޮލުގާ ބާރައް ހިފާއްޓާލެވުނެވެ. ދެން ވީގޮތެއް ރަމްޝާ އަކައް ނޭނގުނެވެ. ލޯ ހުޅުވާލެވުނު އިރު ރަމްޝާ އައް އޮވެވުނީ ބޮޑު ކާނި ގަސް ދޮށުގަައެވެ. އަވަސް އަވަހައް ތެދުވެ ރަމްޝާ އެކި ދިމަދިމާ ހޯދާލިއެވެ. ރަމްޝާ އައް މިތަނައް އާދެވުނީ ކިހިނެއް ކަމެއް ނޭނގުނެވެ. “ރަމް…..!” ރަމްޝާ އައް ސިހުން ލިބުނީ ކާއިންގެ އަޑުންނެވެ. ‘ކާއިން….! ” ރަމްޝާ ހޯދަމުން ކާއިން އައް ގޮވާލިއެވެ. ކާއިން ހުރީ ކާނިގަހާ ދިމާލައް […]
ހެޕީ ބާރތްޑޭ….!” “ތެންކިޔޫ.. ތީ ކާކު؟” ރަމްޝާ ހައިރާން ކަމާއެކު އަހާލިއެެވެ. ”ކާއިން…!” ”ކާއިން..؟ ނޭނގުނު…!!” ރަމްޝާއަށް ހައިރާން ކަމާއެކު އަހާލެވުުނެ. ”ރަމްޝާ އަށް އަހަރެން ނޭނގުނަސް.. އަހަރެންނަށް ރަމްޝާ ވަރަށް ރަނގަޅަށް އެނގޭ..!” ”އެހެންތަ.. އެހެންވީރު ބުނެބަލަ އެނގޭ ކަމެއް…!” ރަމްޝާ ހީލަމުން ބުނެލިއެވެ. ”މަންމަ އެވަރަށް ނުދާށޭ ބުނާއިރުވެސް އެކަނީގަ ކޮންމެ ދުވަހަކު ބީޗައް ދަމެއްނުދޯ..!” ކާއިންގެ މިޖުމްލައިން ރަމްޝާ ވަރަށް ހައިރާންވިއެވެ. “ތިކަން ކާއިން އައް އެނގުނީ ކިހިނެއް..؟ ފާރަލާ މީހަކައް އަހަރެން […]
މިވާހަކައަކީ އަޅުގަނޑު ލިޔެފައިވާ ހިޔާލީ ވާހަކައެކެވެ. އެހެންނަމަވެސް އެހެންވާހަކައަކާ އެއްގޮތް ކަމެއް ހުރުމާއި މިއީ އަޅުގަނޑު ލިޔުނު ފުރަތަމަވާހަކައައްވީތީ ކުށް ބަސްހުރުމަކީ އެކަށީގެންވާ ކަމެކެވެ. އަދި ތިޔަ ކިޔުންތެރިންގެފަރާތުން ލިބޭ ފާޑުކިޔުމަކީ އަޅުގަނޑަށް ލިބޭ ކުރިއެރުމެއްކަމައްދެކެމެވެ. ރަމްޝާ އިނީ އަތިރިމަތީގައި ބިޔަކޮން ހެދިފައިހުރި ގަހެއްގެދޮށުގާ އިށީނދެލައިގެންނެވެ. އެއީ އިރު އޮއްސެމުންދިޔަ ވަގުތު ކަމުން މުޅިތަނަށް ވަނީ އަނދިރިކަމާ ހަމަހިމޭންކަން ވެރިވާން ފަށާފައެވެ. އަނދިރި ވުމުގެ ކުރިން މަންޒިލައް ވާސިލް ވުމައްޓަކާ ކޮޅުކޮޅުމައްޗައް އުދުހެމުން ދިޔަ ކާޅާ ކޮވެލީގެ […]