ވަގުތު 2
”ކޮންތާކަށް ތި ދަނީ ދަރިފުޅާ؟” އިޔާން ކޮޓަރިން ނިކުމި އިރު ސޯފާގައި ނައީމު އިނީ ނޫހެއް ހިފައިގެން ކިޔާށެވެ. އަދި އިޔާން ފެނުމުން ތިދަނީ ކޮންތާކަށް ހޭ ސުވާލުކުރިއެވެ. ނަމަވެސް ނައީމު ކުރި ސުވާލަށް ޖަވާބު ދިނުމެއްނެތި ކުރިއަށް ބަލަމުން ދިޔައީއެވެ. އިޔާން ލޮލު ކޮޅަށް ގެއްލުމުން ނައީމުއަށް ދެ ފަރާތަށް ބޯހޫރުވާލެވުނީ އޭނާގެ ދަރިފުޅު އުޅޭ ގޮތުގެ ސަބަބުންނެވެ. އެދަރިފުޅަށް ވިސްނޭނީ ކޮން ދުވަހަކުން ބާވައެވެ. އެ އުޅޭ އުޅުން ދޫކޮށްލާނީ ކޮން ދުވަހަކުން ބާވައެވެ. މަގުމަތީގައި ހިނގާލިޔަސް އިވެނީ އޭނާގެ ދަރިފުޅުގެ ނުބައި ވާހަކައެވެ. ފިހާރައަކަށް ވަނިއަސް އިވެނީ ހަމަ އެ އަޑެވެ.
”ދަރިފުޅާ ލޫޝާން.. މަންމަ ބުނެފީމެއްނު ނުދާށޭ.. ރަނގަޅު ބަޔަކާއި އެއްކޮށެއް ނޫނޭ ތިދަނީ.. ދަރިފުޅުވެސް މިހާރު ތިހުރީ އެމީހުންނާއި ޖެހިގެން ހަލާކުވެފައި.. ރަނގަޅު އެކުވެރިން ހޯދަބަަލަ ދަރިފުޅާ.. ދަރިފުޅަށް ރަނގަޅަކަށޭ މިބުނަނި ނުދާށޭ.. ތި ބުނާ އިޔާން އަކީ މިރަށުގައި އުޅޭ އެންމެ ނުބައި އެކަކު.. ދާނި ކަމެއް ނެތް..” ރުހުޒީ އެތަށް ފަހަރަކު ކިޔަމުން އެ ދަނީ އޭނާގެ ދަރިފުޅުގެ ގާތުގައި އެ ދަތުރެއް ނުދިޔުމަށެވެ. ނަމަވެސް ލޫޝަން އަޑު އަހާނެ ހެއްޔެވެ؟ އެމީހުންގެ ސިކުނޑިވަނީ ޝައިޠާނާގެ ނުބައި ވަސްވާސްތަކުން ފުރާލާފައެވެ. ”މަ ބޭނުން ތަނަކަށް މަ ދާނި.. މަންމައަކަށް ނުބެހެވޭނެ.. މަށަށް ލިބޭނެ އެންމެ ރަނގަޅު އެކުވެރިން މަށަށް އެހުރީ ލިބިފައި.. އެއަށްވުރެ ރަނގަޅު އެކުވެރިންނެއް ދެން ނުލިބޭނެ މަށަކަށް.. މަގޭ އެކުވެރިންނާއި ދިމާއަށް ފާޑުފާޑުގެ އެއްޗެހި ނުކިޔާތި މީގެފަހުން..” ލޫޝަން އޭނާގެ މަންމައާއި ދިމާއަށް ބަލައިވެސް ނުލައެވެ. ހިތަށްއާހައި އެއްޗެއް މަންމައާއި ދިމާއަށް ކިޔަމުން ދިޔައިރު ހިތަށް ހަމަ އެކައްޗެއްވެސް ނާރަނީ ބާވައެވެ. އެހަށިގަނޑު ތެރޭގައި ހިތޭ މިކިޔާ އެއްޗެއްވެސް ނޯންނަނީ ހެއްޔެވެ؟ ”ތީ ކުރީގެ ލޫޝާން އެއް ނޫން.. ތީ ކުރީގައި ނަމާދު ކޮށް ޤުރްޢާން ކިޔަވައި މީހުންނަށް ހެޔޮކޮށްހިތި ލޫޝާން އެއް ނޫން.. ދަރިފުޅާ ކީއްވެ ތިހެން ތި އުޅެނީ.. މާތްﷲ އަށްޓަކައި ކުޑަކޮށްވެސް ހިތުގައި ބިރުވެރިކަމެއް ނެތީތަ.. މުޅި ދުވަސް އެއްކޮށް ތި ދުއްވާލަނި ރައްޓެހިންނާއެކީ… ތިހެން އުޅެން ހެޔޮވާނެތަ؟ ތިހެން އުޅެންތަ މަންމަ ދަރިފުޅަށް ދަސްކޮށްދިނީ.. ބައްޕައަކާއި ނުލައި ދަރިފުޅު ބަލާ ބޮޑު ކުރީ ކިހާ ލޯބިން.. ބައްޕަގެ ލޯބި އުނިވިއަކަ ނުދެން.. މަންމަމެން އެހާ ތަނަވަސް ނޫނަސް ދަރިފުޅު ބޭނުންވާ އެއްޗެހި ދަރިފުޅަށް ގަނެދިނިން.. އެވަރުން ވެސް ދަރިފުޅު މަންމައަތުން ވަގަށް ރުފިޔާ ނަގަނީ.. މަންމައަށް އިނގޭ އެކަން.. ކިތަންމެ ސިއްރުން ކަމެއް ކުރިނަމަވެސް ހުރިހާ ކަމެއް ދެނެވޮޑިގެންވާ އިލާހެއްވާކަން ގަބޫލުކޮށްބަލަ.. އޭގެ ބަދަލު ދޭންވީ ގޮތަކީ ތީތަ ދަރިފުޅާ.. މަންމައަތުގައި އެވަރަށް ރުފިޔާ ނެތީމައޭ ރުފިޔާ ނުދެނީ.. އެކަމަކު ބޭކާރު ގޮތުގައި ދަރިފުޅު މަންމައަށް ނޭނގޭ ގޮތަށް ވަގަށް ރުފިޔާ ނަގައިގެން ހޭދަކުރީ.. އިނގޭތަ؟ މަންމަ ކިތައް މީހުންނަށް ދަރަނިވެފައި ވާކަން.. ތިދަރިފުޅަށްޓަކައި.. ހަމައެކަނި ހުރި ދަރިފުޅަށްޓަކައި އަހަރެން މީހުން އަތުން ރުފިޔާ ނެގީ.. ތިދަރިފުޅުގެ އެދުންތައް ފުއްދައިދޭން.. އެކަމަކު… އެކަަމަކު ދަރިފުޅެއް އެކަމެއް ނުދަނޭ.. މަންމަ ދައްކާ ވާހަކައަށް ކޮންމެފަހަރަކުވެސް ދެނީ ބީރު ކަންފަތެއް.. މަންމަ ދަރިފުޅަށްޓަކައި ނުކުރަނީ ކޮން ކަމެއް.. ތީތަ މައިންބަފައިންނާއި މެދު އަމަލު ކުރަން ޖެހޭ ގޮތަކީ… ދަރިފުޅާ.. އަދިވެސް ވަގުތު އެބައޮތް.. ވަގުތުގެ ބޭނުން ހެޔޮ ގޮތުގައި ހިފާ.. ވެގުތު ބޭކާރު ކޮށްނުލާ.. ވަގުތަކީ އަބަދު ލިބޭނެ އެއްޗެއް ނޫން.. އިސްލާހުވޭ ދަރިފުޅާ.. ހެޔޮ މަގަށް އެބުރިއާދޭ ދަރިފުޅާ.. މަންމައަށްޓަކައި.. ދަރިފުޅު ނުހަނު ލޯބިވި ބައްޕައަށްޓަކައި.. ހެޔޮނުވާނެ ދަރިފުޅާ..” ރުހުޒީއަށް ހަމަ ރަނގަޅަށްވެސް ރޮވިއްޖެއެވެ. އެމައިމީހާގެ ހިތަށް ހާދަ އަސަރެއްކުރާނެއެވެ. ނުހަނު ގިނަ ހުވަފެންތަކެއް އެދަރިފުޅަށްޓަކައި ދެކުނު ރުހުޒީގެ ހިތް އެވަނީ ހަލާކުވެފައެވެ. ކުދިކުދިވެފައިއެވެ. ހުރި އެންމެ ދަރިއެއްގެ ސަބަބުންނެވެ. ކުރީގައިވެސް ކަންތައްކުރާ ގޮތަށް ލޫޝާން ދިޔައީ ރުހުޒީ ދެއްކި ވާހަކަތަކަށް ބީރު ކަންފަތެއްދީފައެވެ. ބަލާވެސް ނުލައެވެ. އެމައިމީހާ ރޮއިރޮއި އިންދައެވެ. އާދޭސްކޮށްކޮށް އޮއްވައެވެ.
”ކޮބާތަ ލޫޝާން؟ ގުޅާ ގުޅާ ފޯނުވެސް ނުނަގައި.. އޭނާގެ އިންތިޒާރުގައި ކޮންއިރެއް މިހާރު މިތާ އިންނަތާ..” އާއިޒް ޝަކުވާކޮށްލިއެވެ. ”ބްރޯ.. ހާދަ ކެތްމަދޭ ދޯ.. އެކަލޭގެ އެއޮށް އަންނަނީނު މިހާރު..” ދޯންޏަށް އެއްޗެހިތަށް އަރުވަން ހުރި ޝިބާން ދުރުން ހިނގާފައި އަންނަ ލޫޝާންއަށް އިޝާރާތް ކޮށްލަމުން ބުނެލިއެވެ. ލާފައި ވަނީ ފެހި ކުލައިގެ އަތް ކުރު ޓީޝާޓަކާއި އެކު ކަޅު ކުލައިގެ ފަލަމަސްގަނޑަށް ވުރެ ތިރިއަށް އަރާ ސޯޓެކެވެ. އަތްކުރު ޓީޝާޓްއެއް ލާފައިވުމުން އެ ބާރުގަދަ ދެއަތް އޮތީ ހާމައަށް ފެންނާށެވެ. އެރާޅު ބާނީ އިސްތަށިގަނޑު އަންހެނެއްގެ އިސްތަށިގަނޑަށް ވުރެ ވަކި ދެރައެއް ނޫނެވެ. ނިޔަފަތިތަށް ދުވަހަކު ކެނޑި ހެންނެއް ހިޔެއްނުވެއެވެ. ތުންފަތް ވެސް ހުރީ ކަޅުވެފައެވެ. ލޯކައިރި ވެސް ވަނީ ކަޅުވެފައެވެ. ފެންނަ މީހަކުވެސް ބިރުން ހަލާކުވާނެކަން ގައިމެވެ. ސަބަބަކީ އެ މޫނުމަތިން މިހާރު ފެންނަމުން ދިޔަ ރުޅީގެ އަސަރުތަކެވެ. ”ލޫޝާނޫ.. ހާދަ އިރޭކޭ ކަލޭ.. މިހިރަފެންނަ އިޔާން އެހެންޏާ އެންމެ ތަތްވާނި.. އެކަމަކު މިއަދު ބަލާބަލަ.. ގުޅާފަ ފަސް މިނަޓް ނުވަނީހެން ހުރީ މަގޭ ގޭގައި.. ކަލޭ އަންހެނަކަށް ވުރެ ކަންތައް ފަލައެއްނު.. ނުވަގަޑި ބައިގައި ދާން އުޅުނު މީހުންވިޔަ މި.. މިހާރު އެއޮށް ދިހަގަޑި ފަނަރަވީ.. ކަލޭގެ އިންތިޒާރުގައި ހުއްޓަ..” ޝިބާން އައިސް ލޫޝާންގެ ކަންފަތުގައި ހިފާ އަބުރާލިއެވެ. ވީތަދުން ލޫޝާންއަށް ހަޅޭލަވައި ގަނެވުނު އިރު ދެން ތިބި މީހުން ހެނީއެވެ. ”ގޭގައި އުޅޭ މީހަ މިއަދުވެސް ފެށީ… ހުވާކޮށްފަ.. އަބަދު އެއްވާހަކައެއް ދައްކާނި.. މިހާރު އެވާހަކަތަކެއް އަޑުއަހާ އަހާ މޭނުބައިވެސް ކޮށްފި.. ބޮޑު ކަމެއް.. އަބަދުވެސް އުޅޭނި މަގޭގައި ބަހައްޓަން.. ތަނަކަށް ފޮނުވާކަށް ބޭނުމެއް ނުވާނެ.. މަމީ މިހާރު އަށާރަ އަހަރު ފުރިފައި ހުރި ބޮޑު ފިރިހެނެއް.. އެވަރުންވެސް އުޅެނީ މަ ކުޑަ ކުއްޖަކަށް ހަދާގެން.. ހާދަ ރުޅިއެއް އާދޭ.. މަމީ އިޔާން ނަމަ އަތުން ހަމަލާއެއްދީފައި އަންނާނި..” ލޫޝާން އެންމެ ފަހު ބަސް ބުނެލީ ދަތްކުޑި ވިކާލައިފައިއެވެ. އަދި އަވަހަށް ދާން އަންނާށޭ ބުނެލިއެވެ. އެންމެން ހަމަވުމުން ދޯނި ނައްޓާލީ ރަށާއި ކައިރީގައި އޮތް ފަޅުރަށަށް ދިޔުމަށެވެ.
”ރޯޝީން.. ހާދަ ބުރަކޮށް.” ރޯޝީންއަށް ކުރަން ހުރި މަސައްކަތް ހުއްޓާލެވުނީ ގޭގެ ބޮޑު ދޮރާށި ހުޅުވައިލައިފައި ވަން ފަރުހާނާ ފެނިފައިއެވެ. ލާފައި ވަނީ ނޫ ކުލައިގެ ކުދި ކުދި މާޖަހައިފައި ވާ ހައުސްކޯޓެކެވެ. އަޅާފައިވަނީ ނޫ ކުލައިގެ ބޮޑު ބުރުގަލެކެވެ. ބުރުގަލުގެ ކައިރިފަށުގައި ނޫ ކުލައިގެ ރޭންދާ އަޅައިފައި ވާއިރު ބުރުގަލަށް އެއްވެސް ގޮތެއް ހަދާފައެއް ނެތެވެ. އެހައި ދޮން ނޫންކަމުގައި ވި ނަމަވެސް އެ މޫނުމަތިން ނުހަނު ސާދާއެވެ. ފަރުހާނާ އަކީ ރޯޝީންމެންގެ ގޭ ކުރިމަތީގައި ހުރި ގޭގައި އުޅޭ ނުހަނު އަނގަ ގަދަ މިޒާޖެއްގެ މީހެކެވެ. ކޮންމެފަދަ އެއްޗެއްވެސް މީހަކާ ދިމައަށް ބުނެލާކަށް ފަހެއް ނުޖެހޭނެއެވެ. ”އަނހާ.. ފަރުހާނާ.. ހާދަ ދުވަހެއް ކޮށްލާފައި ތިއައީ.. އާދޭ އިށީންނަން.. އަންނާނަން ޖޫސްތަށްޓެއް ހިފައިގެން.. ޖޫސްތަށްޓެއް ބޯލައިގެންނު ދާންވާނީ…”ރޯޝީން އަކީ ނުހަނު ހިތްހެޔޮ މީހެކެވެ. ނުހަނު މުއްސަނދި ނަމަވެސް ބޮޑާކަމެއް ކިބުރުވެރިކަމެއް ނެތެވެ. ނަމަވެސް ކުރީގައި ރޯޝީންއަކީ އޭގެ އިދިކޮޅެވެ. މީހަކު ގެއަށް ވަނިޔަސް އެއްޗެހި ގޮވާލައިފައި ފޮނުވާލަނީއެވެ. ”ރޯޝީން.. ކަލޭއަށް މިހާރި ތިއުޅެނި ކޮންކަހަލަ ހުވަފެނެއް ފެނިގެން… އެހެންނާ ތީ ތިޔަހެން އުޅޭ މީހެއްނޫން… ވިސްނުނީ ދޯ.. އާންދެން އެވާހަކަ ބާއްވާ.. ދޭބަލަ އަވަހަށް ގޮސް ޖޫސްތައްޓެއް ހިފައިގެން އަންނަން….” ފަރުހާނާ ހުރީ ރޯޝީންގެ އެއަމަލުގެ ސަބަބުން ހައިރާންވެ އަންތަރީސްވެފައިއެވެ. ”ތި ބާރަށް އާދެބަލަ ހިފައިގެން.. ވަރަށް ކަރު ހިއްކައިގަނެފައި މީނީ..” ރޯޝީން ފެނުމާއިއެކި ފަރުހާނާ ބުނެލިއެވެ. ރޯޝީންވެސް ބާރަށް އައިސް ފަރުހާނާއަށް ޖޫސްތަށި ދިއްކޮށްލިއެވެ. ”އާން ފަރުހާނާ.. މަށަށް މިހާރު ވިސްނިއްޖެ.. އޭރު އުޅެވުނީ ވަރަށް ނުބައި ކޮށްކަން.. ވަގުތު އެއީ ހުރިހާވެސް އެއްޗަކީ.. މިއަދު މަށަށް މިހުރީ ހުރިހާއެއްޗެއް ވިސްނިފައި.. ފަރުހާނާ.. ވަގުތު ހިނގާ ވަރަކަށް މީހުންވެސް އަދި މުޅި ދުނިޔެވެސް ބަދަލުވާނެ.. މިއަދު މަށަށް މިވީ އެހެން.. ވަގުތާއި އެއްކޮށް މަވެސް މިހިރީ ބަދަލުވެފައި..” ރޯޝީން އޭނާގެ ލޮލުން ރޮނގަކަށް ފޭބި ކަރުނަތަށް ފޮހެލިއެވެ. ދެރަވެގެން ކަމެއް ނޫނީ އޭނާގެ ދަރިފުޅު އިޔާން މަތިން ހަނދާންވެގެން ކަމެއް ނޭނގެއެވެ. ފަރުހާނާވެސް ރޯޝީން ބުނި ކޮންމެ ޖުމުލައަކަށް ބޯ ޖަހާލައެވެ. އަދި އޭނާވެސް ރޯޝީންއާއި އެއްބާވެލިއެވެ. ކިތަންމެ އަނގަގަދަ ވިނަމަވެސް މީހުންނާއި ދިމާއަށް ކޮންމެފަދަ އެއްޗެއް ބުނެލި ކަމުގައި ވިނަމަވެސް ފަރުހާނާއަކީ ނުހަނު ވިސްނޭ ހެޔޮ މީހެކެވެ. މީހަކަށް ދެރައެއް ލިބޭކަށް އޭނާ ދުވަހަކުވެސް ނޭދެއެވެ. ރޯޝީންގެ ދަރިފުޅު އިޔާން ނުބައިކޮށް އުޅޭތީވެސް އޭނާ އެކަމާއި ދެރަވެ ހިތާމަ ކުރެއެވެ. ”ރޯޝީން.. އަދިވެސް އިޔާން އުޅެނީ ހަމަ އެގޮތަށްތަ؟ މަވެސް ތަނަކަށް ދިޔަ ކަމުގައި ވިނަމަވެސް އިވެނީ އިޔާންގެ ނުބައި ވާހަަކަ..” ފަރުހާނާ ޖޫސް ތަށީން ކޯވަރެއް ބޯލިއެވެ. ”ހޫމް.. މަ ވަރަށް ނަސޭހަތް ދޭން އިޔާންއަށް.. އެކަމަކު.. އެކަމަކު އެ ހިތަކަށް އަސަރެއް ނުކުރޭ.. އެ ދަރިފުޅަށްޓަކައި މަ ހާދަ ކަރުނަ އެއް އޮހޮރަމޭ.. މި.. މިހިތަށް ހާދަ އަސަރު ކުރެ އޭ.. މިހާރު ވިސްނިއްޖެ.. އޭރު މަގޭ މަންމަމެން ވެސް ވާނެ ދެ.. ދެރަ.. ކުރާނެ ހިތާމަ.. މަގޭ ސަބަބުން އެ ދަރިފުޅު ހަލާކުވީ.. މަގޭ ސަބަބުން.. ހުރި ހަމައެކަނި ދަރިފުޅު ގޯސް މަގަށް އެޅުނީ މަގޭ ސަބަބުން.. ނައީމުވެސް ހާދަ ވަރަކަށް ނަސޭހަތް ދެއޭ.. އެކަމަކު އެ ހިތަށް އެކައްޗެއްވެސް ނާރާ.. މަ މިހިރީ މިހާރު ގޮތް ހުސްވެފައި.. ކުރާނެ ކަމެއް ނޭނގިފައި.. އެ ދަރިފުޅުގެ ސަބަބުން އެހެން މީހުންގެ ދަރިން ވެސް ހަލާކުވަނީ.. ކޮންމެ ދުވަހަކު މަށަށް އެ ޝަކުވާ އާދޭ.. މަ ވަކި ދޭނީ ކޮން ޖަވާބެއް.. މަގެއްގެ މައްޗަށް ނިކުންނަން ވެސް ނުކުރޭ..” ރޯޝީންގެ ލޮލުން ފޭބި ކޮންމެ ކަރުނައެއް ދިޔައީ އެ ދޮން ކޯތާފަތް ތެންމަމުންނެވެ. އެ މަންޒަރު ފެންނަ މީހެއްގެ ހިތަށް އަސަރު ކުރާނެކަން ގަައިމެވެ. ފަރުހާނާވެސް އިނީ ފެންކަޅިވެފައެވެ. އެ މައުޟޫއަށް ވާހަަކަނުދެއްކުނު ނަމައޭ ހިތަށް އަރައެވެ. ފަރުހާނާވެސް ރޯޝީން ގާތު ހިތްވަރުކޮށްލާށޭ ބުނެފައި އެގޭން ނިކުމެގެން ދިޔައީ އެ މައުޟޫއަށް ވާހަކަ ދެއްކި ދާނެތީއެވެ.
ބޯ ކިރުފޮދެއްފަދަ ހުދު ދޮންވެލިގަނޑަކާއި ސާފު ބިއްލޫރިކޮޅެއްފަދަ މޫދެއް އޮންނަ އިންނަފިނޮޅުން ފެންނަމުންދަނީ ކުޅަދުންވަންތަކަމުގެ ލާ މަސީލު މިސާލެކެވެ. އިރުގެ ރަންދޯދިތައް މޫދަށް އެޅިފައިވާއިރު ބަލާބެލުމަށް ވައްތަރީ ރަން ޖަވާހިރުތަކެއް ހުރި ހެންނެވެ. ގޮނޑުދޮށަށް ބީއްސާލާ ކުދިކުދި ރާޅުގެ މިޔުޒިކީ ރާގުން ނުހަނު ހިތްގައިމެވެ. އަދި އެ ހިތްގައިމުކަން އިތުރު ކޮށްދެނީ ގައިގައި ބީހިލާ ފިނިފިނި ވައި ރޯޅިތަކުގެ ސަބަބުންނެވެ. ރުކެއް ނެތް އެ ރަށުގައި މުޅިންވެސް ފެންނަން އޮތީ މަގޫގަހާއި ހިރުނދު ގަހެވެ. އެއްފަރާތުގައި އާނުގަނޑެއް އޮންނަ އެ ރަށުގެ އަނެއް ފަރާތުގައި އޮންނަނީ ދެބަށް ރާޅު ޖަހާ ނުހަނު ރީތި ވެލިގަނޑެކެވެ. ރަަށަށް އަންނަ މީހަކު ދެވަނަ ފަހަރަށްވެސް އަންނަ ހިތް ވާނެއެވެ. އެހައިވެސް ހިތްގައިމެވެ. ފުރިހަމައެވެ. ކުޅަދުންވަންތަކެމެވެ. ”އާހް.. މަމިތަނުން ދާ ހިތްވެސް ނުވޭ.. ހާދަ އަރާމޭ..” އިޔާން އޮތީ ދޮންވެލިގަނޑު މަތީގައި އޮށޯވެލައިގެންނެވެ. ކައިރީގައި ލޫޝާންވެސް އޮތެވެ. ”އާން ރަށަށް ގޮއްސިއްޔާ ޖެހޭނި މަންމަގެ ފަތިވަރުތައް އަޑުއަހަން.. މަށަށް ވާނަމަ މިހާރު އެގެއިން ނިކުމެފައި ހުންނާނި.. އިޔައްޓޭ މަ ތިގޭގައި ބަހައްޓައިދީ..” ލޫޝާން މޫދަށް ނަޒަރު ހުއްޓައިލައިގެން އިނދެ ބުނެލިއެވެ. ”މަ ގެއަށޭ.. ކަލޭ ގެއަށް ވުރެ އަދި ކަންތައް ބޮޑު ވާނެ.. ބޯ ފަޅައިގެން ދާނެ އެގެއަކަށް ވަނިއްޔާ.. މިހާރުވެސް ގޮސް މަ ގެއަށް ވަނެބަލަ.. ހާސަރުދަމަން ފަށާނެ.. ކަލެއަކަށް ނޫޅެވޭނެ މަގޭ ގެއަކު..” އިޔާންގެ ދެއަތް މުއްކެވިފައި ވާއިރު އެދެލޮލުން ހީވަނީ ކަނި ބުރާހެންނެވެ. އޭނާގެ ގޭގެ ވާހަކަ އަޑު އިވުނަސް އަންނަނީ އަމަށަކު ރުޅިއެއްނޫނެވެ. އަދި އަމުދުން އޭނާގެ އުފަން މަންމަގެ އަޑެވެ. ”ކޮބާތަ ދެން ތިބި މީހުން؟.. އާއިޒް އާއި ޝިބާން.. މިރަށަށް އަރާފަ ކޮންތާކަށްބާ ދިޔައީ؟” ލޫޝާން އެކި ފަރާތް ފަރާތަށް ބަލަމުން ބުނެލިއެވެ. ”އެމީހުންނަށް އިނގޭނީ އެމީހުން ދިޔަ ތަނެއް..” އިޔާން ފަރުވާކުޑަ ގޮތަކަށް ބުނެލައިފައި ދެލޯ މަރާލިއެވެ. ހީވާގޮތުން އޭނާ އަދިވެސް ނިދަން ބޭނުމީއެވެ.
”ނައީމް.. އިޔާން އެދިޔައީ ކޮންތާކަށް ބާ؟” ރޯޝީން ހުރީ އިޔާންމެން ދިޔަތަނެއް ނޭނގިގެން ހާސްވެފައެވެ. މިހާރު ތިންވަރަކަށް ބުރު ޝިބާންގެ މަންމަ ލަމްހާވެސް ވެސް ޝިބާން ހޯދަން އައިއްސިއެވެ. ނަމަވެސް ދޭން ޖެހެނީ އެއްޖަވާބެކެވެ. ދިޔަތަނެއް ނޭނގޭ ކަމެވެ. ”ރޯޝީން ކީއްކުރަންތަ އިޔާން ދިޔަތަނެއްބަލަނީ؟ އިޔާން ދުވަހަކުވެސް އަހަރެމެންނާމެދު ވިސްނާތަ؟ އިޔާން މިހެން ދަނިކޮށް މަ އެހިން ކޮންތާކަށް ހޭ ތިދަނީ.. އެކަަމަކު ބަލާވެސް ނުލާ ބުނި އެއްޗެއް އަޑުވެސް ނާހާ ދިޔައީ.. އެވަރު މީހަކާމެދު ކީއްކުރަން ވިސްނަނި..” ނައީމު އިނީ ނުހަނު ބޮޑަށް ރުޅި އައިސްފައެވެ. އޭނާއަށްވެސް ކެތްކުރެވޭނީ ވަކި ވަރަކަށް ނޫން ހެއްޔެވެ؟ މީހުން ކިޔާ އެއްޗެހި އަޑުއަހަން އޭނާއަކަށް ވެސް ވަކި ފަސޭހައެއް ނުވާނެ ނޫން ހެއްޔެވެ؟ ”ނޫން ނައީމް.. އެއްފަހަރު ވެސް ގުޅާބަލަ.. ފޯނު ނަގަދާނެއްނު.. ހެނދުނު ދިޔަ މީހަ ވިޔަ.. މިހާއިރު ވާއިރު އެދިޔަތަނަކުން އަންނަން ޖެހޭނުން.. އެހެންނާ އެހާ ގިނަ އިރެއްނުވޭ ތަނަކަށް ދިޔަޔަސް..” ރޯޝީން ދިޔައީ ނައީމް ގާތުން އާދޭސްކުރަމުންނެވެ. އެންމެފަހުން ނައީމުއަށްވެސް ކެތްނުކުރެވިގެން ފޯނު ނަގައިފައި ފިއްތަކަށް އޮބައިލައިފައި ކަންފަތުގައި ފޯނުޖައްސާލިއެވެ. އެތަށް އިރަކު ރިންގް ވުމަށްފަހު ފޯނު ކެނޑުނީއެވެ. ފޯނަކަށް ޖަވާބެއެއް ނުލިބެއެވެ. ރޯޝީންގެ މޫނުމަތިން ފެންނަމުން ދިޔައީ މާޔޫސްކަމާއި އެއްވަރަށް ހިތާމަވެރިކަންވެސް މެއެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
9 Comments!
Comments are closed.







Bala bala indha e up vy??????heheh ????vrheheh rythi mi prt vx ??????curiously waitinn
Awwwn.. 🙂 thanks beryl stone… 🙂
assalaam alaikum..
furathama vs alhugandu beynumy kiyuntheringe faraathun maafah edhen mi part alhugandu buni dhuvahah nugenesdhevunyma… 🙁 i’m really sorry.. 🙁
wifi kendifai hurumuge sababun alhugandah vaahaaka buni dhuvahah nugenes dhevuny.. 🙁 ehves haalatheh dhimaa nuvaanama alhugandu mivaahaka huhtaanulaa genesdheynan bunefaivaa dhuvas thakugai..insha allah..:) haalatheh dhimaa vegen menuvy alhugandu vaahaka huhta eh nulaanan.. 🙂
so here is the second part of the story.. hope readers will like this part too.. nd please mistake eh inniyyaa ekan buneladhinun edhen.. so i can improve my writing.. 🙂
adhives ehfaharu vr vr bodah sorry.. 🙁
nd alhugandah mihafthaaga bunefaivaa dhuvas thakugai vaahaka nugenes dhevidhaane.. hope readers will understand.. 🙂
have a nice day 🙂
Yah me first dhw
None.. 🙂 yes dear u r first.. 🙂 congratulations on being first.. 🙂
oops sorry mifaharu beryl stone first..
Thankolheh ginain Ekudhinge nubai vaahaka …
Mi part nimun v interesting..
Just my view ingey..
Thanks comment.. ?
V reethi nanthake