ހިތާ ކުޅެލާފާ 4
ޚަލަފް އިސްރާގެ ދަތްދޮޅީގައި އެއްއަތުން ހިފާ އުފުލާލިއެވެ. އިސްރާ ޚަލަފްގެ މޫނަށް ބަލާލިއެވެ. އެއާއެކު އެ ދެމީހުންނަށްވެސް އެކަކު އަނެކަކާމެދު ކުރިން ނޭނގޭ ކަންތައްތަކެއް އެނގިގެން ދިޔައެވެ. ޚަލަފް އިސްރާގެ ދެ އަތްތިލައިގައި ހިފާ އުފުލާލަމުން ގެނެސް ޚަލަފްގެ މޭގައި ޖައްސާލިއެވެ. އަދި އިސްރާގެ އުނަގަނޑުގައި ދެފަރާތުން ހިފާލަމުން ގެނެސް ޚަލަފްގެ ގައިގައި އިސްރާ ޖައްސާލިއެވެ.
“އައި ނީޑް ޔޫ އިން މައި ލައިފް” ޚަލަފް ބުނެލިއެވެ.
އިސްރާ ދެންވެސް އެއްޗެއް ނުބުނެ ހުރީއެވެ. ހިތުގައި އޮތް އެއްޗެއް ޚަލަފްގެ ކުރިމަތީ ފާޅު ކުރަން ނުކެރިފައެވެ.
“އައި ކާންޓް ފައިޓް ދިސް އެނީމޯރ! އިސްރާ ހިތްހަމަ ނުޖެހެންޏާ ބޭނުން އަދަބެއް އަހަންނަށް ދީ، އެކަމަކު ދެން ދުރުގައެއް ނުހުރެވޭނެ” ޚަލަފް ބުނި އެއްޗެއްގެ މާނަ ނުވިސްނިފައި އިސްރާ ޚަލަފްއަށް ބަލާލިއެވެ. ނަމަވެސް އިސްރާ އެއްޗެއް ބުނަން ދެން ޚަލަފް މަޑެއް ނުކުރިއެވެ. ބޯ އަރިކޮށްލަމުން އިސްރާގެ ތުންފަތުގައި ޚަލަފް ބޮސްދިނެވެ. އެހެން ތިބެވުނީ ކިހާ އިރަކު ކަމެއް ނޭނގެއެވެ. ދުރުވެލި އިރު ދެނޭވާވެސް ވަނީ ކުރުވެފައެވެ. އެހެން ނަމަވެސް ޚަލަފް ދުރުގައި ހުންނާކަށް ބޭނުމެއް ނުވިއެވެ.
އިސްރާ ކުއްލިއަކަށް ޚަލަފްގެ މޭގައި އަތް ޖައްސާ ދުރަށް ކޮއްޕާލިއެވެ.
“ނައިޝާ…” އިސްރާއަށް ބުނެވުނެވެ.
ޚަލަފްގެ ތުންފަތަށް ވެރިވީ ހިނިތުންވުމެކެވެ.
“ޖެލަސް ވީތަ؟” އިސްރާގެ ނޭފަތުގައި ހިފާލަމުން ޚަލަފް މަޖާވެފައި އަހާލިއެވެ.
“ޚަލަފް! ދިސް އިޒް ނޮޓް ރައިޓް! އަހަރެން ބޭނުމެއް ނޫން ޚަލަފް—” ޚަލަފްގެ އަތް ފޮޅުވާލަމުން އިސްރާ ދުރަށް ޖެހިލިއެވެ.
“އިސްރާ، އަޑު އަހާބަލަ! އެކަން ނިމުނުތާ ކޮން ދުވަހެއް؟ އިސްރާ އަހަންނާ ވާހަކަ ނުދައްކަން ފެށީމަ އެހެން އަންހެން ކުއްޖަކާވެސް އަހަރެން ވާހަކަ ދައްކާ ހިތެއް ނުވި. އޭރުން ފެށިގެން އަހަރެން ބޯ ނުގޮވާ މިހުރީ ކިރިޔާ އިސްރާ އަހަރެން ދެކެ ރުޅި އަންނަން ވީ ސަބަބެއް ނުވިސްނިގެން” އިސްރާގެ އަތުގައި ހިފާ ކައިރިއަށް ދަމާލަމުން ޚަލަފް ބުންޏެވެ.
“އެކަމަކު…” އިސްރާ އެއްޗެއް ބުނަން އުޅުނެވެ. ނަމަވެސް ޚަލަފް އެ އަޑެއް ނޭހިއެވެ.
“ޝްޝްޝް… އަހަރެން މޮޔަވާ ވަރު ކޮށްފަ، މިއަދު އިސްރާއާ މިހާ ކައިރިއަށް އާދެވުނީމަ ދެން އަހަންނާ ދުރަކަށް ނުދެވޭނެ. ތީ އަހަރެންގެ ހުރިހާވެސް މީހަކީ. އޭރުން ފެށިގެން ދެއަރ ވޯޒް ނޯވަން އިން މައި ލައިފް. އެހެން ކުދިން ދެކެ ފޫހި ވެފަ، އެހާ ވަރަށް އިސްރާއާ ދޭތެރޭ ވިސްނެނީ ކީއްވެ ބާއޭ ހިތަށް އަރާ އިރުވެސް އަސްލު ވެގެން އުޅޭ ގޮތް ނުވިސްނި ހުރެފަ ފައިނަލީ އައި ރިއަލައިޒްޑް…” ޚަލަފް ބުންޏެވެ.
“ކޮން ކަމެއް ރިއަލައިޒް ވީ؟” އިސްރާ އަހާލިއެވެ.
“ދެޓް އައި ލަވް ޔޫ!” ޚަލަފް ޖަވާބު ދިނެވެ.
އިސްރާ އެއްޗެއް ނުބުނެ ޚަލަފްގެ މޭގައި ބޯ ޖައްސާލިއެވެ.
“އޭގެ ޖަވާބު ހޯދަންވެސް ޖެހޭނީ އާދޭސް ކުރަންތަ؟” އިސްރާ ގައިގައި ބައްދާލަމުން ޚަލަފް އަހާލިއެވެ.
“އައި ލަވް ޔޫ!” އިސްރާ ބުންޏެވެ.
އިސްރާގެ ނަމުން ގޮވާލަމުން ޚަލަފް ދެ އަތުން އިސްރާގެ މޫނުގެ ދެފަރާތުން ހިފާ ކައިރިވެލިއެވެ.
އެރޭގެ ފަހުން ދެ މީހުންގެ މެދުގައި އޮތް ގުޅުން ބަދަލުވިއެވެ. އެ ދެމެދުގައި އެހެން ގުޅުމެއް އުފެދުނު ނަމަވެސް އިސްރާ ދެންވެސް ޚަލަފްމެން ގެއަށް ކުރިން ދާހެން ދާކަށް ގަބޫލެއް ނުވިއެވެ. އެ ދެމީހުންނަށް ޚަލަފްގެ ގެއިންވެސް އަދި އިސްރާގެ ގެއިންވެސް އެކަހެރިކޮށް ބައްދަލު ވެވޭނެ ކަން އެނގޭ އިރުވެސް، ގިނަގިނައިން ބައްދަލު ކުރުމަށް އިސްރާ ދެކޮޅު ހެދިއެވެ. އަދި އެކަކުވެސް އެ މީހުންގެ އާއިލާއަށް އެ ގުޅުމުގެ ވާހަކަ އަންގާކަށްވެސް ނޫޅެއެވެ. އަދި އާކަމުން މަޑުކޮށްލައިގެން ތިބީއެވެ.
އެ ގޮތުގައި ފަސްމަސްވީ ފަހުން ކަންތައް ވީ އިސްރާއާ ޚަލަފް އުންމީދު ކުރި ގޮތަކަށް ނޫނެވެ.
ދެމީހުންވެސް ނިންމައިގެން ތިބީ، އާއިލީ އެކުވެރިކަމުގެ ސަބަބުން ދެ މީހުން އެކަކުއަނެކަކާ ކައިވެނި ކުރަން ބޭނުން ކަން މަންމަމެންނަށް އެނގޭ އިރަށް ދެފަރާތުންވެސް ގަބޫލުވާނެ ކަމުގައެވެ. ނަމަވެސް ވީ އެހެންނެއް ނޫނެވެ.
އޮފީހުން ނިމިގެން ޚަލަފް ގެއަށް ވަން އިރު އާފާގުއާ އެކު، އާފާގުގެ ދުވަސްވީ އެކުވެރިއެއް ކަމުގައިވާ ބައްސާމް އެ ގޭގައި އިނެވެ. ޚަލަފް ފެނުމުން އާފާގު ޚަލަފްއަށް ގޮވާލާފައި އެދުނީ ވާހަކައެއް ދައްކަން އެ މީހުން ގާތު މަޑުކޮށްލުމަށެވެ.
“ޚަލަފްގެ ކާފަގެ އެދުން ފުރިހަމަ ކުރަން ވީ ދުވަސް އައީ މިހާރު، އެހެންވެ އެ ވާހަކަ ދައްކަން ބައްޕަ މި ގޮވާލީ. ޚަލަފް ވަރަށް ކުޑަ އިރު ކާފަ ވާނީ ބައްސާމްގެ ދަރިފުޅު އަފާފްއާ ޚަލަފްގެ ކައިވެނި ކޮށްދޭނެ ކަމަށް ބައްސާމްއާ ބައްސާމްގެ ބައްޕައަށް ވަޢުދު ވެފަ. މި މަހު ބައްސާމްގެ އަފާފް ކިޔަވާ ނިމިގެން ރާއްޖެއަށް އަންނާނެ. ދެން ކައިވެނީގެ ކަންތައް ކުރިއަށް ގެންދަންވީ. ޚަލަފްވެސް ތައްޔާރު ވޭ ދެން ކައިވެނި ކުރަން” އާފާގު ބުންޏެވެ.
ބައްޕަ ދެއްކި ވާހަކަ އަޑު އިވުނު ނަމަވެސް ގަބޫލު ނުކުރެވިފައި ޚަލަފްއަށް އިނދެވުނީއެވެ. އެ ވަގުތު ތަބަކުގައި ސަޔަށް ބޭނުންވާނެ ސާމާނު އަތުރައިގެން ފަރުހާނާ އައިސް އިށީނެވެ.
“ސައިބޯން ވީނު އިހަށް. ކައިވެނީގެ ތައްޔާރީތަކުގެ ވާހަކަ އަދި ދެއްކިދާނެ” ފަރުހާނާ ބުނެލީ ޚަލަފްގެ މޫނަށް ބަލާލާފައެވެ.
“އަންނާނަން ފެން ވަރައިގެން” ޚަލަފް ތެދުވިއެވެ.
ކޮޓަރިއަށް ވަން ގޮތަށް ޚަލަފް ދެ އަތުން ބޮލުގެ އިސްތަށިގަނޑުގައި ހިފާ ބާރުކޮށްލިއެވެ. އަމިއްލަ ދިރިއުޅުން ކުރިއަށް ގެންދާނެ ގޮތުގެ ޕްލޭންތައް ޚަލަފް ރާވަމުން އައީ އިސްރާއާ އެކުގައެވެ. ކުރިން ޚަލަފްގެ ޙަޔާތުގެ އެވަރުގެ ހިއްސާއަކަށް އިސްރާ ވެދާނޭ ހިތަށްވެސް ނާރައެވެ. ނަމަވެސް އިސްރާ ދެކެ ލޯބި ވެވިއްޖެ ކަން އިހުސާސް ކުރެވުނު ފަހުން ޙަޔާތުގެ ބައިވެރިއަކަށް އެ ނޫން ކުއްޖަކު ގެނައުމުގެ ޚިޔާލު ޚަލަފްގެ ހިތަށް އެއްފަހަރުވެސް ނާދެއެވެ. ޚަލަފްގެ ދިރިއުޅުމުގެ އެންމެ ބޮޑު ނިންމުން ނިންމާ ކުރިއަށް ފިޔަވަޅު އަޅަން ވީ ވަގުތު އައި އިރު މި ދިމާވީ ކޮންފަދަ ހުރަހަކާ ހެއްޔެވެ؟
އެ ދުވަހު ޚަލަފް ސައި ބޯކަށް ނުނިކުމެއެވެ. އެރޭ ކާން ހަދާފައި ފަރުހާނާ ޚަލަފްއަށް ގޮވަން ދިޔަ އިރު ޚަލަފް ގެއަކު ނެތެވެ. އަނެއް ދުވަހު ހެނދުނު ޚަލަފް ކޮޓަރިން ނިކުތީ ކިރިޔާ ގަޑި ނުޖެހި އޮފީހަށް ދެވޭހާ ވަގުތު އޮއްވައެވެ. ދެން އައި ތިން ދުވަސް ދިޔައީ އެ ގޮތުގައެވެ. މަންމައާ ބައްޕައަށް ފިލައިގެން ޚަލަފް އުޅޭ ފަދައެވެ.
ހަމަ އެހެން އިސްރާއާވެސް ޚަލަފް ބައްދަލެއް ނުކުރެއެވެ. ކޮންމެ ރެއަކު ނިދަން އޮށޯވެފައި ފޯނުން ވާހަކަ ދައްކައެވެ. އޮފީހުގައި މަސައްކަތް މާ ބުރައީ ކަމުގައި ޚަލަފް ބުނާތީ އިސްރާވެސް އިތުރު ސުވާލެއް ނުކުރެއެވެ.
ޚަލަފްއާ އާފާގުއާ ދިމާވީ އެ ހަފްތާގެ ހުކުރު ދުވަހުއެވެ. ހުކުރުން އައިސް ސިޓިންގްރޫމްގައި ޚަލަފް އިނީ އާފާގު ކާން ނިކުންނާނެ ވަގުތެއްގެ އިންތިޒާރުގައެވެ. ކޮންމެވެސް ގޮތަކުން ބައްޕަ ކުރުވަން އެ އުޅޭ ކައިވެނި ހުއްޓުވާ، ޚަލަފް ކައިވެނި ކުރަން ބޭނުން ވަނީ އިސްރާއާ ކަން މަންމައާ ބައްޕައަށް ހާމަ ކުރަން ނިންމައިގެންނެވެ. އެއީ ޚަލަފްގެ މަންމައާ ބައްޕައަށް ވާއިރު، ހުރި ހަމަ އެކަނި ދަރިފުޅުގެ ދިރިރއުޅުމުގެ އެ ވަރުގެ ކަމެއް ޚަލަފްގެ ރުހުމާ ދެކޮޅަށް އެ މީހުން ނުނިންމާނެ ކަމުގެ ޔަގީން ކަން ޚަލަފްއަށް އޮތެވެ.
“ބައްޕާ، ވާހަކައެއް ބުނަން ބޭނުން” މޭޒު ކައިރީ އިށީނދެފައި ޚަލަފް ފެށިއެވެ.
“ބުނެބަލަ” އާފާގު ދަރިފުޅަށް ބަލާލާފައި ބުންޏެވެ.
“އަހަރެން ބޭނުމެއް ނޫން… ތި ކައިވެނި ކުރާކަށް” ޚަލަފް ބުންޏެވެ.
“ޚަލަފް!” ފަރުހާނާއަށް ދަރިފުޅުގެ ނަމުން ގޮވާލެވުނެވެ.
“މަންމާ ޕްލީޒް… އަހަރެން ލޯބިވަނީ އެހެން ކުއްޖެއް ދެކެ، އަހަރެން ކައިވެނި ކުރަން ބޭނުން ވަނީ—”
ޚަލަފް ބުނަން ބޭނުންވި އެއްޗެއް ފުރިހަމަ ކުރާނެ ފުރުސަތެއް އާފާގު ނުދިނެވެ.
“ޚަލަފް! މީ ޚަލަފްގެ ކާފަގެ ވަޞިއްޔަތެއް. މީ ނުވާނެޔޭ ބުނެ ނުކޮށް ދޫކޮށްލެވޭނެ ކަމެއް ނޫން. އެހެން ނޫނަސް ޚަލަފް އެއްބަސް ނުވަންތަ ކައިވެނި ކުރާނީ އަހަރުމެން ބުނާ ކުއްޖަކާ ކަމަށް؟” އާފާގުގެ އަޑު ބާރެވެ.
“ކޮން އިރަކު އަހަރެން އެއްބަސް ވީ؟” އެ އިވުނު ވާހަކައިން ޚަލަފް ހައިރާންވިއެވެ.
“މަންމަ ޚަލަފް ކައިރީ ދެއްކިން އެ ވާހަކަ. މަންމަ އެހިން ކައިވެނި ކުރާ ހިސާބަށް ދިޔައީމަ މަންމަމެން ބުނާ ކުއްޖަކާ ޚަލަފް ކައިވެނި ކުރާނަންހޭ؟ ޚަލަފް ބުނި ކުރާނަމޭ. މަންމަ ކައިރީ ހުވާ ކޮށްފަ ނުބުނަންތަ އެހެން؟” ރޮވިފައި އިނދެ ފަރުހާނާ ޚަލަފްއަށް ހަނދާން ކޮށްދިނެވެ.
ޚަލަފް ހަނދާންވިއެވެ. އެއީ ހަތަރު ވަރަކަށް އަހަރު ކުރީގެ ދުވަހެކެވެ. ފަރުހާނާ ޚަލަފްގެ ކޮޓަރިއަށް އައިސް އެކި ވާހަކައިގެ ތެރެއިން ޚަލަފްގެ ކައިވެނީގެ ވާހަކަ ދައްކާފައި އެ ސުވާލު ކުރިއެވެ.
“ޚަލަފް ބުނެބަލަ، މަންމައާ ބައްޕަ ބުނާ ކުއްޖަކާ ދަރިފުޅު ކައިވެނި ކުރާނަންތަ؟” ޚަލަފްގެ ބޮލުގައި ފިރުމާލަމުން ފަރުހާނާ އެހިއެވެ.
“ތީ އަދި ކޮން ދުވަހެއްގެ ވާހަކައެއް މަންމާ؟” އެ ވާހަކަ ޚަލަފްއަށް ވީ މަޖަލަކަށެވެ.
“މީ ވަރަށް ސީރިއަސްކޮށް މަންމަ ކުރާ ސުވާލެއް، ދަރިފުޅު ތެދަށް ޖަވާބު ދީބަލަ” ފަރުހާނާ އެދުނެވެ.
“އެހެން ވިއްޔާ ހަމަ ތިހާ ސީރިއަސްކޮށް މި ބުނަނީ، އަހަރެން ކައިވެނި ކުރާނީ މަންމައާ ބައްޕަ ބުނާ ކުއްޖަކާ” ޚަލަފް ބުންޏެވެ.
“ހަނދާން ކުރާތި! ތީ ޚަލަފް މަންމައަށް ވާ ވަޢުދެއް” ފަރުހާނާ ބުންޏެވެ.
“އާނ، ޔަގީން!” ފަރުހާނާގެ އަތްތިލައިގައި ހިފާ ޚަލަފްގެ ދެ އަތްތިލައިގެ ތެރެއަށް ލާ ބާރުކޮށްލަމުން ޚަލަފް ބުންޏެވެ.
“އެއީ މަންމަ ހަމަ ސީރިއަސްކޮށް ދެއްކި ވާހަކައެއްތަ؟ އަހަރެން އެހެންނެއް ނޫން އެ ދުވަހު—” ޚަލަފް ބުނަން އުޅުނު ނަމަވެސް އެ ފަހަރުވެސް ފުރިހަމައެއް ނުކުރެވުނެވެ.
“ވަޢުދެއް ވާނީ ވަޢުދަކަށް ޚަލަފް. ޚަލަފްގެ ކާފަވެސް ކުރީ ކުރީ ވަޢުދެއް، ޚަލަފްވެސް ކުރީ ވަޢުދެއް” އާފާގު ބުންޏެވެ.
“މަންމާ ޕްލީޒް… ޕްލީޒް…” ޚަލަފް އާދޭހާއެކު ގޮވާލަމުން ފަރުހާނާގެ އަތުގައި ހިފާލިއެވެ.
“ކޮން ކުއްޖަކާ އިންނަން ބޭނުން ވެގެން ތި އުޅެނީ؟” ފަރުހާނާއަށް އެއްޗެއް ނުބުނެވިގެން އުޅެނިކޮށް އެ ސުވާލު ކުރީ އާފާގުއެވެ.
“އާލިމާއްތައާ ނާފިޒްބޭގެ އިސްރާ” އަވަސް އަވަހަށް ޚަލަފް ބުނީ މަންމައާ ބައްޕަ އިސްރާއާ ރުހޭނެ ކަމުގެ ޔަގީންކަން އޮތްވަރުންނެވެ.
ކުއްލިއަކަށް އާފާގު ގޮނޑިން ތެދުވިއެވެ.
“ފަރުހާނާ! ޚަލަފްއަށް ވިސްނައިދީ” އެހެން ބުނެފައި އާފާގު ކޮޓަރިއަށް ވަނީއެވެ.
ވީ ގޮތެއް ނުވިސްނިފައި ޚަލަފް ބަލަން އިންދާ އާފާގު ކޮޓަރިއަށް ވަދެ ބާރަށް ދޮރު ލެއްޕިއެވެ. ދެން ޚަލަފް ބަލާލީ މަންމައަށެވެ.
“ޚަލަފްގެ ބައްޕަ ގަބޫލެއް ނުވާނެ ތި ކަނއިވެންޏަކަށް. އެންމެ ރަނގަޅު ވާނީ އަފާފްއާ އިންނަން އެއްބަސް ވިއްޔާ” ފަރުހާނާ ބުންޏެވެ.
“ކީއްވެ؟ އިސްރާއާ ކައިވެނި ކުރުމުގަ މައްސަލައަކީ ކޮބާ؟” ޚަލަފްއަށް އަހާލެވުނީ އިސްރާއާ މެދު ބައްޕަ ނުރުހެންވީ ކީއްވެ ކަން ނޭނގޭތީއެވެ. ދެ އާއިލާގެ މެދުގައި އޮތް އެކުވެރިކަމުގައި ޚަލަފް ހީކުރީ އެއްވެސް ސުވާލެއް ނެތި އެ ކައިވެންޏަށް އާފާގުއާ ފަރުހާނާ ރުހޭނެ ކަމަށެވެ.
“ޚަލަފް، ދަރިފުޅާ. ބައްޕައަކީ ވެފައި އޮތް ވަޢުދަކާ ޚިލާފް ވާނެ މީހެއް ނޫން ކަން ދަރިފުޅަށްވެސް އެނގޭނެ. އެއީ އަދި ބައްޕަގެ ބައްޕައާ ބައްސާމްގެ ބައްޕައާ ދެމެދު ވެފަ އޮތް އެއްބަސްވުމެއް. ބައްޕަ ބޭނުން ވިޔަސް އެހެން ގޮތެއް ނޯންނާނެ. ޚަލަފްއަށް ރަނގަޅަށް އެނގޭނެ ބައްޕައަކީ ބުނާ ބަހަށް ކިހާ ވަރަކަށް އިތުބާރު ކުރާ މީހެއް ކަން. އެހެން ވީމަ ކާފަގެ ފަރާތުން ވެވިފަ އޮތް ވަޢުދެއް، މިއަދު ކާފަ ދުނިޔޭގަ ނެތް އިރު ބައްޕަ ދުނިޔޭގަ ހުރެ އެ ވަޢުދާ ޚިލާފެއް ނުވާނެ، ޚަލަފް އިސްރާއަށް ވިސްނައިދީ، މި ކައިވެންޏާ ގަބޫލުވޭ” ދަރިފުޅުގެ ލޯބި ދަރިފުޅަށް ހޯދައިދޭން ބޭނުން ވިޔަސް އެ ކަމުގައި ކޮށްދެވޭނެ ކަމެއް ނެތް ކަން އެނގޭތީ ފަރުހާނާވެސް އިނީ ދެރަވެފައެވެ.
“މަންމާ…” ޚަލަފްއަށް ދެންވެސް ލަސްލަހުން ގޮވާލެވުނީ މަންމައަށެވެ.
“ކޮން އިރަކު ޚަލަފްއާ އިސްރާގެ މެދުގަ ތިވަރުގެ ކަމެއް ވީ؟ ކިހާ ދުވަހެއް ވެއްޖެ މިހާރު؟” ފަރުހާނާ އަހާލިއެވެ.
“އިޒްވާގެ ކައިވެނީގެ ތެރެއިން…” ލަސްލަހުން ޚަލަފް ޖަވާބު ދިނެވެ.
“ޚަލަފް، މަންމަ ބުނާ ބަސް އަހާ. އިސްރާއާ ވާހަކަ ދައްކާފަ ތި ކަންތައް ހުއްޓާލާ. ބައްޕަ ނުރުހޭނެ ދުވަހަކުވެސް. ބައްޕަ ނުރުހޭ ކަން އެނގިއްޖެއްޔާ ނާފިޒްއާ އާލިމާވެސް އެއްބަހެއް ނުވާނެ. އެންމެ ރަނގަޅު ވާނީ ތި ކަންތައް ހަނދާން ނައްތާލުން. އަފާފްއަކީ ކިޔަވައިގެން ހުރި ރަނގަޅު ރީތި ކުއްޖެއް. ކައިވެނި ކުރެވި އެކީގަ އުޅެން ފެށީމަ އަދި ލޯބިވެސް ވެވޭނެ. މައިންބަފައިންގެ ރުހުމާ ދެކޮޅަށް ދަރިން ކަންތައް ކުރާކަށް ނުވާނެ. މަންމަގެ ބަސް އަހައިގެން މަންމަ ބުނާ ގޮތް ހަދާ” ދަރިފުޅުގެ ދެ އަތުގައި ހިފައިގެން އިނދެ އާދޭހުގެ ރާގެއްގައި އެހެން ބުނެފައި ތެދުވެގެން ދިޔައެވެ.
އެ ދުވަހާ މުޅި އެރޭ ޚަލަފް ހޭދަ ކުރީ ވިސްނުމުގައެވެ. މަންމައާ ބައްޕަގެ އެދުމާ ދެކޮޅު ހަދަން ބޭނުން ނުވިޔަސް، އެ މީހުން ޚަލަފްގެ ކިބައިން އެ އެދުނީ ކިހާ ބޮޑު ކަމަކަށް ކަން އެ މީހުންނަށް ނުވިސްނޭ ބާއޭ ޚަލަފް ހިތަށް އެރިއެވެ. އެ ނޫން ކޮންމެ ކަމަކު އެދުނު ނަމަވެސް ފަސްޖެހުމެއް ނެތި ޚަލަފް އެއްބަސް ވީހެވެ. ނަމަވެސް މަންމައާ ބައްޕައަށް ޓަކާ ވިޔަސް އިސްރާ ދޫކޮށްލާފައި ދިރިއުޅޭނެ ގޮތެއް ޚަލަފްގެ ހިތަކަށް ނުގެނެވެއެވެ.
ފަތިހު ނަމާދުން އައިސް ޚަލަފް އާފާގުމެން ކޮޓަރީގެ ދޮރުގައި ޓަކި ޖަހާލިއެވެ.
“ބައްޕައާ ވާހަކަ ދައްކާލަން…” ފަރުހާނާ ދޮރު ހުޅުވުމުން ޚަލަފް ބުންޏެވެ.
އެނދުގެ ފައިލާ ކޮޅުގައި ހުރި ގޮނޑީގައި އިން އާފާގު ޚަލަފް ވަނުމުން ބަލާލިއެވެ.
“ބައްޕާ…” ގޮތެއް ނިންމައިގެން އައި ނަމަވެސް ބައްޕަ ކުރިމަތީގައި ޚަލަފް ފަސް ޖެހުނެވެ.
“އިށީނދެފަ ބުނެބަލަ” އާފާގު ކައިރީ ގޮނޑީގައި ހުސްކޮށް އޮތް ޖާގައިގައި އަތުން ޖަހާލަމުން ބުންޏެވެ.
ޚަލަފް ބައްޕަ ކައިރީ އިށީނެވެ.
“ބައްޕާ… އަހަންނަށް އިސްރާ ދޫކޮށެއް ނުލެވޭނެ. އެހެން މީހަކާ ކައިވެންޏެއް ނުކުރެވޭނެ. ބައްޕަ އަފާފްގެ ބައްޕަމެންނަށް ވިސްނައިދީބަލަ. އެ މީހުންނާ ވާހަކަ ދައްކަބަލަ” ޚަލަފް ބުންޏެވެ.
“ޚަލަފް! މީގަ ޚަލަފްއަށް ބޭނުން ގޮތެއް ޚިޔާރު ކުރާކަށް ނޫނޭ މި ބުނަނީ. ތީ އަހަރެންގެ ދަރިފުޅު، ޚަލަފް ޖެހޭނީ އަހަރެން ބުނާ ގޮތް ހަދަން. ދެ އާއިލާގެ މެދުގައި މި ކައިވެނީގެ އެއްބަސްވުން ވެވިފަ ނެތް ނަމަ އަހަރެން ޚަލަފްއަށް މަޖުބޫރެއް ނުކުރާނަން. އެކަމަކު މި ކަމުގަ އަހަންނަކަށްވެސް ޚަލަފްއަކަށްވެސް އެހެން ގޮތެއް ނެތް. ތި ކަންތައް ހުއްޓާލާފަ އަފާފްއާ ކައިވެނި ކުރަން ތައްޔާރު ވޭ” އާފާގު ތެދުވެ ދަރިފުޅަށް އަމުރު ކުރިއެވެ.
“އަހަރެންވެސް ގޮތެއް ނިންމާފަ މިއައީ. ތި ކައިވެންޏެއް އަހަންނަކަށް ނުކުރެވޭނެ. އިސްރާ ނޫން މީހަކާ އަހަރެން ނީންނާނަން” ޚަލަފްވެސް ތެދުވެ ނިންމާފައި ވާ ގޮތް އިއްވާލިއެވެ.
“ޚަލަފް!” ފަރުހާނާ ގޮވާލިއެވެ. ނަމަވެސް ޚަލަފް މަޑުނުކޮށް ނިކުމެގެން ދިޔައީއެވެ.
އާފާގުއާ ފަރުހާނާ، ކައިވެނީގެ ވާހަކަ ދެއްކި ފަހުން ޚަލަފް އިސްރާއާ ވާހަކަ ދެއްކީ ހަމައެކަނި ފޯނުންނެވެ. ނަމަވެސް އެ ދުވަހު ޚަލަފް މަންމަމެންގެ ކޮޓަރިން ނިކުތް ގޮތަށް އިސްރާއަށް ގުޅާފައި ބައްދަލު ކުރަން ބޭނުން ކަމަށް ބުންޏެވެ. އިސްރާ އެދުނީ ގެއަށް އައުމަށެވެ.
ޚަލަފް ވަން އިރު، ހޮނިހިރު ދުވަހުގެ އާދައިގެ މަތިންއާލިމާއާ ނާފިޒް މާރުކޭޓަށް ދާން ނިކުންނަނީއެވެ. ބަންދު ދުވަހެއް ކަމުން ނަމާދުން އައިސް އިޔާން ކޮޓަރިއަށް ވަނީ އިތުރަށް ނިދާށެވެ.
“ކޮފީއެއް ގެނެސްދެންތަ؟” އާލިމާމެން ނިކުތުމުން ދޮރު ތަޅުލާފައި އައިސް ޚަލަފް ކައިރީ ސޯފާގައި އިށީންނަމުން އިސްރާ އެހިއެވެ.
ޚަލަފް ދެފަރާތަށް ބޯ ހަލުވާލިއެވެ.
“ކިހިނެއް ވެފަ ތިހިރީ؟ ރޭގަ ނުނިދަންތަ؟ ނޫނީ ބަލީތަ؟” ޚަލަފްގެ މޫނަށް ރަނގަޅަށް ބަލާލަމުން އިސްރާ އެހިއެވެ.
ޚަލަފް ޖަވާބެއް ނުދީ ތެދުވި ގޮތަށް އިސްރާގެ އަތުގައި ހިފައިގެން ކޮޓަރިއަށް ވަދެ ދޮރު ލައްޕާލިއެވެ.
“ޚަލަފް… ކިހިނެއްވީތަ؟” ޚަލަފްއަށް ކޮންމެވެސް ކަމެއް ވެފައި ހުރިހެން ހީވާ ވަރުން އިސްރާ އަނެއްކާވެސް އަހާލިއެވެ.
“ހިނގާ މެރީ ކުރަން” ޚަލަފް ބުނެލިއެވެ.
“މެރީ ކުރާނަމޭ. އެކަމަކު ކުއްލިއަކަށް ކީއްވެ ތި ބުނީ؟” ވީ ގޮތެއް ނުވިސްނިފައި އިސްރާއަށް އަހާލެވުނެވެ.
“އަހަރެން ބުނާ ދުވަހަކުން އިސްރާ އަހަންނާ އިންނާނަންތަ؟ މިއަދު މީހުން ފޮނުވިއްޔާ ރަން ކިޔާނަންތަ؟” ޚަލަފްގެ އަޑުގައި ވީ ކެތްތެރިކަން ކުޑަވެފައި ވާފަދަ އަސަރެކެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
9 Comments!
Comments are closed.








ސަލާމް، ފަސް ވަނަ ބައި އަންގާރަ ދުވަހު ގެނެސްދޭނަން. ކިޔާލާފަ ކަމުދަންޏާ ކޮމެންޓް ކޮށްލައްޗޭ
Mi part vx v Reethi masha allah
Curiously waiting for next part
Keep it up
V interesting story eh
V kiyaala hithun kiyani
You’re my fav author
Israa and khalaf gulhuvachey
They both are made for each other
Israa and khalaf kaiveni kuruvaa avahah
Mi part kiyaafa rovijje
Israa and khalaf ge love story v Reethi
I appreciate your hard work
Love you
thank u cutie
Hi Mar Sha
Mi part ves varah varah reethi..
next part kn irakun?
Khalaf e ulheny eyna ge mamma menaa sirrun israa aa kaiveni kuran thr?
Varah kiyaa hithun indha e nimuny…
next part miah vure vx dhigu kn genesdheyne kamah ummeedhu kuran.
lets see dho Khalaf kuraa kameh, thank u vempire girl
maasha allah i cant wait for the next part….blessing allah for your hard working….
thank u dream gurll
maasha allah i cant wait for the next part….allh blessing for your hard working….
miothy comment repeat vefa dho