
މަޢާފް އެދެމުން 14

“ކޮންމެ ނަތީޖާއެއް ނިކުތަސް ޓްރައި ކުރަން ޖެހޭ ކަންތައް ހުންނާނެ. އެވަރު ނުކުރެވެންޏާ އޭގެ މާނައަކީ އެއީ ތިމާއަށް އެހާ މުހިންމު ކަމެއް ނޫނޭ” އެ ވަގުތު ޔަޒްދާން ބުނެލިއެވެ. ދެން ތިބި ތިން މީހުން ބަސް ހުއްޓިފައި ތިބެ އެއް ފަހަރު އާރިޝްއަށް، އަނެއް ފަހަރު ޔަޒްދާންއަށް ބަލާލިއެވެ.
“ވަޓްސް ގޮއިން އޯން؟” ނާބިތު އަހާލީ ވާނުވާ ނޭނގިގެންނެވެ.
“ނަތިންގ… އިނާ އެއީ ރަނގަޅު ކުއްޖެއް. މަންމަމެންނަށް އިނާ ވަރަށް ކަމުދޭ. އަހަންނަށް އިނާ ވަރަށް ކަމުދޭ، އިނާގެ ފެމިލީއަށް އަހަރެން ކަމުދޭ. ސޯ އޭގެ މާނައަކީ ދެޓް ދިސް އިޒް ދަ ބެސްޓް އޭ” އާރިޝް ބުންޏެވެ.
“ކަމުދެޔޭ؟ ކަމުގޮސްގެންތަ އިންނަނީ؟ ގައިމުވެސް އަހަރެން މައިއާ އިނީ ލޯބި ވެގެން، ހަމައެކަނި ކަމުގޮސްގެނެއް ނޫން” އާރިޝް ބުނަން އުޅޭ އެއްޗެއް ފުރަތަމަ ވިސްނުނީ ނާބިތުއަށެވެ.
“އިނާރާ ކަމުދަނީ، ދެން ލޯބި ވަނީ ކާކު ދެކެ؟” ރިޔާން ވިސްނަން އިނދެފައި އެހިއެވެ.
“ނޯ ވަން!” ރިޔާންގެ ސުވާލު މުޅިން ނުނިމެނީސް އާރިޝް ޖަވާބު ދިނެވެ.
“ސީރިއަސްލީ؟ މިތާ މިތިބީ ހުސް މޮޔައިންތަ؟ މި ހުރިހާ ދުވަހު އާރިޝްއަށް އަންނަމުން ދިޔަ ބަދަލު އެކަކަށްވެސް ފާހަގަ ނުކުރެވޭ ކަމަށްތަ ހީކުރީ؟ ރަ…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.