Skip to content
އެސްފިޔަ
PRO · MVR 2.00

މަޢާފް އެދެމުން 10

“އާރިޝް… ޓެލް ހިމް ހައު ޔޫ ފީލް އެބައުޓް ހަރ… ހީ ވިލް ލިސްން ޓު ޔޫ… ހީ ވިލް އަންޑަރސްޓޭންޑް” އާރިޝްގެ ވިސްނުން ހުރި ގޮތް ޔަޒްދާންއަށް ކޮންމެވެސް ވަރަކަށް އެނގެއެވެ.
އަންހެން ކުއްޖަކާ މެދު އާރިޝްގެ ހިތުގައި ޝައުގުވެރިކަން އުފެދިއްޖެ ނަމަ އެ ކުއްޖަކާ ދުރުގައި ހުރުމަކީ އޭގެ ކުރިން އާރިޝްގެ ގޮތެއް ނޫނެވެ. ކޮންމެ ގޮތެއް ހަދައިގެން ނަމަވެސް އެ ކުއްޖަކު ހާސިލް ކުރުމަކީ އާރިޝްގެ އާދައެވެ. ދަތުރު ދިޔަ ފަހުން ރީވާއާ މެދު އާރިޝްގެ ހިތުގައި އުފެދެމުން އައި ޝައުގުވެރިކަން އެހެން މީހަކަށް ނޭނގުނު ނަމަވެސް އާރިޝްގެ ހިތް ބަދަލު ވަމުން ދާ ކަން އެންމެންނަށްވެސް އެނގެއެވެ. އާރިޝްގެ ހިތުގައި ވަނީ ކޮން ކަމެއްކަން އެނގެނީ ޔަޒްދާންއަށް އެކަންޏެވެ. ނަމަވެސް ރީވާއާ ގާތް ވުމަށް އާރިޝް މަސައްކަތް ނުކުރާކަން ޔަޒްދާންއަށް އެނގެއެވެ. ރީވާއަށް ޓަކާ އާރިޝްގެ ހިތުގައި ވާ އިހުސާސްތައް އެހެން އަންހެން ކުދިންނާ ތަފާތުހެން ޔަޒްދާންއަށް ހީވަނީ އެހެންވެއެވެ. ރީވާއަކީ ރިޔާންގެ ކޮއްކޮއަށް ވީތީ ވަގުތީ ގުޅުމަކަށް ފުރުސަތު ނުދިނުމަށް އާރިޝް ދުރުގައި ހުންނަނީއޭ ބައެއް ފަހަރު ހީވި ނަމަވެސް، އެހެން ކުދިންނާ ރީވާ ތަފާތު ކަމުގައި ޔަޒ…

ވާހަކައިގެ ބާކީ ބައި ހުޅުވާލާ

ވާހަކަ ކިޔުމަށް ލޮގިން ކުރައްވާ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.