
މަޢާފް އެދެމުން 15

“ދަރިފުޅު ސިއްރު ކުރަން އުޅުނަސް މަންމައަށް އެނގޭ… ލޯބިވާ މީހާ އެހެން މީހެއްގެ ފިރިއަކަށް ވާތަން ދެކެން އެކަކަށްވެސް ކެތެއް ނުވާނެ… މަންމައަށް އެނގޭ ދެރަވާނެ ވަރު… އެކަމަކު ދަރިފުޅު ހިތްވަރު ކުރަން ވާނެ… މަންމަ މި ބުނާ އެއްޗެއް އަޑު އަހައްޗޭ…” ރީވާ ގެނެސް މޭގައި ޖައްސާލަމުން ރާނިޔާ ބުންޏެވެ.
ބޯ ޖަހާލަމުން ރާނިޔާގެ ވާހަކައަށް އެއްބަސް ވާކަން ރީވާ އަންގާލިއެވެ. އެހެން ނަމަވެސް ދެންވެސް ރުއިން ހުއްޓާލުން ފަސޭހައެއް ނުވިއެވެ.
އެ ކައިވެނި ކުރެވޭ ތަނުގައި ތިބެވޭ މަދު މީހުންގެ ތެރޭގައި ރާނިޔާ ހިމެނުނީ އާރިޝްގެ އެދުމަށެވެ. އުފަން މަންމަ ފިޔަވާ އެ ނަމުން އާރިޝް މުޚާޠަބް ކުރާ ހަމައެކަނި މީހަކީ ރާނިޔާއެވެ. ކައިވެނި ކުރެވޭ ތަނުގައި ދެ އާއިލާގެ އިތުރުން ތިބުމަށް އާރިޝް އެދުނީ އެންމެ ގާތް އެކުވެރިންނާ ރާނިޔާއެވެ. ރިޔާން ނޫން އެކުވެރިއެއްގެ މަންމައަކަށްވެސް އެ ދަޢުވަތު އާރިޝް ނުދެއެވެ. ރިޔާންއާ އާރިޝްގެ މެދުގައި ވަނީ އެހެން އެކުވެރިންނަށް ވުރެ ގާތް އެކުވެރިކަމެއް ކަން ޔަޒްދާންއާ ނާބިތުއާ ސަލަފްއަށް އެނގެއެވެ. އެ ގޮތުން ރިޔާންގެ މަންމަ އާރިޝްއަށް ޚާއްސަ ވާ ވަރުވެސް އެ މީހުންނަށް އެނގެއެވެ. އެކަމުގައި…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
Comments (1)
Comments are closed.
ސަލާމް، ޢީދު މުބާރިކް.
އިއްޔެ ވާހަކަ އަޕްލޯޑް ކޮށްލަން ހަނދާން ނެތުނީތީ މާފަށް އެދެން، މިއަދުގެ ބައި ތަންކޮޅެއް ދިގުވާނެ. ކަމުދާނެ ކަމަށް ހީކުރަން.