5ވަނަބައި އަހުމަދު ބުނިގޮތުގައި އޭނާ ހުރީ ޖަލުގައެވެ. ފޯނަކީ އޭނާ ހުރި ގޮޅިއަށް ލާފައި ހުރި މީހަކު ވަގަށް ވެއްދި ފޯނެކެވެ. އަދި ޒީނާ ގާތު ހާސްނުވުމަށް ބުންޏެވެ. ފަޅާނާރާނެކަމަށްވެސް ބުންޏެވެ.އަދި ހާސްނުވުމަށްވެސް ބުންޏެވެ. ނަމަވެސް ވާހަކަ ދައްކަން ލިބޭނީ މަދުވަގުތުކޮޅެއް ކަމުގައި ބުންޏެވެ. ގޮޅީގައި ޖުމްލަ ހަތަރު މީހުން ތިބުމުން އެންމެނަށްވެސް ގަޑި ބަހައިގެން އުޅެންޖެހޭނެ ވާހަކަ ބުންޏެވެ. ޗާޖުކުރަންވެސް އުޅެންޖެހެނީ ވަރަށް ހާލުގައި ކަމަށް ބުންޏެވެ.އެއީ ކޮންމެ ރެއަކުވެސް ޖަލުބަލަހައްޓާމީހުން ކޮންމެ ގޮޅިއެއް ޗެކް ކުރާތީއެވެ. އަދި […]
ކޮންމެއިންސާނަކުވެސް ދުނިޔޭގައި އުޅޭއިރު ތިމާގެ ވަށައިގެން އުޅޭ އެންމެންނަކީ ތެދުވެރިންކަމުގައިވާން ބޭނުންވާނެއެވެ. ވަފާތެރިން ކަމުގައިވާން ބޭނުންވާނެއެވެ. ނަމަވެސް ހިތާމައަކީ ތިމާއެންމެ ހީނުކުރާމީހާއެއީ ތިމާއަށް ހެވެއް ނޭދޭ މީހާ ކަމުގައިވާތީއެވެ. މިބުނާ މީހާ އަކީ ތިމާގެ މައިންބަފައިންގެ ތެރެއިން މީހަކަށް ވެދާނެއެވެ. ދަރިންގެ ތެރެއިން މީހަކަށްވެދާނެއެވެ. ގާތްތިމާގެ މީހަކަށް ނުވަތަ އަނބިމީހާ ނުވަތަ ފިރިމީހާއަށްވެސް ވެދާނެއެވެ. ލޯބިވާ އެކުވެރި ގާތް ރަހުމަތްތެރި އަކަށްވެސް ވުން އެކަށީގެންވެއެވެ. ********* މާލޭގެ ހަލަބޮލި މާހައުލުގައި ހުރި މ.ހިތަށްފިނިވާގެއަކީ އެގޭގެ ހައިބަތާއި ރީތިކަން […]
4ވަނަބައި ޒުލްފާގެ ހަގު ދަރިފުޅު ޒައިކްއާއި އެކީ ކުޅެންއިން ރީހާ ހަނދާންނެތި އޭނަގެ ފައި ކުޑަކޮށް ދަމާލެވުނެވެ. ޒުލްފާއިނީ ޒީނާއާއި ވާހަކަދައްކަން ނަމަވެސް ފޯނުން ރީހާގެ ފައިތިލައިގެ ފޮޓޯއެއް ނެގިއެވެ. ފައިގައި ހިތެއްގެތެރޭގައި ލިޔެފައި އިނީ އައި ލަވް ޔޫ ޝާނިމްއެވެ. އަދި ބައިވަރު ކުދިކުދި ހިތްތަކެއް ފައިގައި ކުރަހާފައި ހުއްޓެވެ. ރީހާ އަދި އެއުޅެނީ ގްރޭޑް ދޭއްގައެވެ. ނަމަވެސް އޭނާ އެފަދަ އިބާރާތްތައް ލިޔާނީ ކޮންމެވެސް ކަމެއް ފެނިގެން ކަމަށް ޒުލްފާ އަށް ގަބޫލްކުރެވުނެވެ. އެހެންކަމުން […]
3ވަނަބައި ކުއްލިއަކަށް ޒީނާ މާބޮޑަށް ބަލިވެއްޖެއެވެ. މާލެ ދިއުން ނޫންގޮތެއްނެތެވެ. ހަސަން ގާތު ބުނެގެން ޓިކެޓް ނަގައިފިއެވެ. ދެކުދިން ޒީނާގެ މަންމަ ގާތު ބެހެއްޓުމަށްފަހު ދެދުވަހަށް މާލެހިނގައްޖެއެވެ. ހުރިހާކަމެއްވެސް ދިޔައީ ވަރަށް އަވަސްކޮށެވެ. އެދެދުވަހަކީ ޒީނާ ހަސަންދެކެ މާލޯބިން އުޅުނު ދެދުވަހެވެ. ހީވަނީ ދެމީހުންގެ ހަނީމޫންހެންނެވެ. ހަސަންހުރީ ވަރަށް ބޮޑަށް އުފާވެފައެވެ. އޭނާދެކެ އަންހެނުން އެހާ ލޯބިވާތީއެވެ. ޑޮކްޓަރަށް ދައްކައި ނިމިގެން ރަށަށް އައިސް ހަސަންގެ މަތިން ހަނދާން ހުންނަ ހެނެއް ހިއެއްނުވެއެވެ. ސައުވިސްގަޑިއިރު އޮންނަނީ އަހުމަދަށް ގުޅައިގެންނެވެ. އަހުމަދު ވީ އޭނާގެ ރަށުގައެވެ. މަހަށްވެސް އޭނާ ދެއެވެ. އެއީ […]
މިވާހަކައަކީ ހިޔާލީ ވާހަކައެކެވެ. ވާހަކައިގެ ފުރަތަމަބައި އިރާދަކުރެއްވިއްޔާ މާދަމާ ގެނެސްދޭނަމެވެ. ވާހަކައިގެ ރަނގަޅު ކޮށްލަން ހުންނަ ކަންތައްތައް ބުނެލަދެއްވުން ކިޔުންތެރިންގެ ކިބައިންއެދެމެވެ. އަދި ވާހަކައަށް އިންތިޒާރު ކުރައްވާނެކަމަށް އުންމީދުކުރަމެވެ.
2ވަނަބައި ޒީނާގެ ބޭބެ ގެއަށްގޮސް ޒީނާގާތު އެވާހަކަދެއްކުމުން އޭނާ ބުނީ އެއީ އެހެންމީހުނާއި ބެހޭކަމެއް ނޫންކަމަށެވެ.އޭނާގެ އަމިއްލަކަމެއް ކަމުގައެވެ. ޒާން ވަރަށް ދެރަވިއެވެ. ޒީނާއަށް ނަސޭހަތް ދޭން ފެށުމުން އޭނާ އަޑެއްނޭހިއެވެ. ޒީނާއާއި ޒާން އަކީ އެއްބަނޑު ދެމީހުންނެވެ.ޒީނާގެ މަންމަ އެންމެ ފުރަތަމަ ކައިވެނި ކުރީ އަލީއާއެވެ. އެދެމީހުނަށް ހަކުދިން ލިބުނެވެ.ފަސް ފިރިހެން ކުދިންނާއި އެއް އަންހެން ކުއްޖެކެވެ. އެންމެ ހަގު ފިރިހެންކުއްޖާ ދިހަމަސްވިތަނާ ވަރުގަދަ ހުމެއް އައިސްފައި މަރުވީއެވެ. ޒާން އަކީ އެންމެ ދޮށީ ފިރިހެން ކުއްޖާއެވެ. އެއްދުވަހަކު އަލީ […]
އާދައިގެ މަތިން މިއަދުވެސް ޒީނާ ދިޔައީ އޭނާގެ ދޮށީ ދަރިފުޅު ރީހާގެ ސުކޫލް ގަޑި ނިމޭތީ އޭނާ ބަލައެވެ. ރީހާ އުޅެނީ ގްރޭޑް ދޭއްގައެވެ. ޒީނާ ސްކޫލް ދޮށަށް ދިޔައީ އޭނާގެ ހަގު ދަރިފުޅު ރީމާ ގޭގައި ބަހައްޓާފައެވެ. ރީމާގެ އުމުރުން އަދި ވީ އެންމެ ތިން އަހަރެވެ. ޒީނާގެ ފިރިމީހާ މަސައްކަތްކުރަނީ މާލެކައިރި ރިސޯޓެއްގައި ކަމުން ދެކުދިންގެ ހުރިހާ ކަމެއްހެން ކުރަމުން ދަނީ ޒީނާއެވެ. ޒީނާގެ މަންމަ ހައްވަ އުޅެނީ އެމީހުންގެ މުސްކުޅިގޭގައެވެ. ނަމަވެސް ވަރަށް […]
5ވަނަބައި އަހަރެން ސިއްސައިގެން ދިޔައީ އާޒިމް އަހަންނާއި ދިމާއަށް އެބުރިލުމަށްފަހު އަހަރެންގެ އަތަށް ރަތްކުލައިގެ އަތްކުރު ތުނި ތުނި ނައިޓީއެއް ދިނީމައެވެ. އޭނާ އެދުނީ އެލައިގެން އައުމަށެވެ. އެ ތުނި ކަމުން އަހަރެން ހުރީ ލާން ނުކެރިފައެވެ. އެހެންނަމަވެސް އަޒީމް ކުރުނުކޮށް ކިޔަން ފެށުމުން ފާހާނައަށްގޮސް އެނައިޓީ ލައިގެން ނިކުތީމެވެ. ނައިޓީ ތުނިނުމުގެ ސަބަބުން އަހަރެންގެ ހަށިގަނޑު އެއްކޮށްހެން ހުރީ ފެންނާށެވެ. “ބޭބީ ހާދަ ލޮއެތްބޭ.. އަހަރެން ބޭނުން މިހާރުމިވަގުތުވެސް ބޭބީ އަހަރެންގެ މީހަކަށްހަދަން..އަހަރެން ބޭނުމެއްނޫން އަހަރެންގެ […]
4 ވަނަބައި އާދުވަހަކަށް އިރުއަރައިފިއެވެ. އަހަރެންހުރީ ރޭގެ ހަނދާންތަކުގެ ތެރޭގައެވެ. އަހަންނަށް އާޒިމްދެކެ ބޭއިންތިހާއަށް ލޯބިވެވިއްޖެކަން ޔަގީންވީ ރެއަށް ފަހުގައެވެ. ހެނދުނުގެ އެވަގުތު އަހަރެން ސައިބޯލައިގެން 7 ޖަހަންވާއިރަށް ފިހާރައަށް ދިޔައީމެވެ. ފިހާރަގެއާއި މާދުރުނޫންކަމުން ފިހާރައަށްދަނީ ހިނގާފައެވެ. އަހަރެން އިނީ ހިޔާލުތަކަށް ގެއްލިފައެވެ. އެއީ ކިތަންމެ ގޯސް ކަމެއްކަން ގަބޫލުކުރަން ބޭނުންވިޔަސް އަހަންނަށް އެހިޔާލުތަކާއި ދުރަށް ދިއުމަށްކުރި މަސައްކަތްވީ ފޫނެތްފަޔަށް ފެންފުރުން ކަހަލަ ކަމަކަށެވެ. އެހެންއިންދާ ސިއްސައިގެން ދިޔައީ މީހަކުއައިސް އަހަރެންގެ ލޯމަތީގައި އަތްއެޅުމުންނެވެ. ދުވި ސެންޓުގެ […]