
މިހިތުންނުފިލާނޭ…..2
2ވަނަބައި
ޒީނާގެ ބޭބެ ގެއަށްގޮސް ޒީނާގާތު އެވާހަކަދެއްކުމުން އޭނާ ބުނީ އެއީ އެހެންމީހުނާއި ބެހޭކަމެއް ނޫންކަމަށެވެ.އޭނާގެ އަމިއްލަކަމެއް ކަމުގައެވެ. ޒާން ވަރަށް ދެރަވިއެވެ. ޒީނާއަށް ނަސޭހަތް ދޭން ފެށުމުން އޭނާ އަޑެއްނޭހިއެވެ. ޒީނާއާއި ޒާން އަކީ އެއްބަނޑު ދެމީހުންނެވެ.ޒީނާގެ މަންމަ އެންމެ ފުރަތަމަ ކައިވެނި ކުރީ އަލީއާއެވެ. އެދެމީހުނަށް ހަކުދިން ލިބުނެވެ.ފަސް ފިރިހެން ކުދިންނާއި އެއް އަންހެން ކުއްޖެކެވެ. އެންމެ ހަގު ފިރިހެންކުއްޖާ ދިހަމަސްވިތަނާ ވަރުގަދަ ހުމެއް އައިސްފައި މަރުވީއެވެ. ޒާން އަކީ އެންމެ ދޮށީ ފިރިހެން ކުއްޖާއެވެ. އެއްދުވަހަކު އަލީ ރުކަކަށް އަރާ އޮއްވައި ވެއްޓި މަރުވީއެވެ. އޭގެފަހުން ހައްވަދައިތަ ކައިވެނި ކުރީ އިބްރާހިމް ކިޔާމީހަކާއިއެވެ. ތިންކުދިން ލިބުނުތަނާ އިބްރާހިމްވެސް މަރުވީއެވެ.އޭގެފަހުން އޭނާ ކައިވެނިކުރީ ޒީނާގެ ބައްޕަ ހުސެއިނާއެވެ. ހުސެއިނަކީ އައްޑޫމީހެކެވެ. ވައްކަމުގެ ކުށުގައި އެރަށަށް އަރުވާލައިފައި ހުރި މީހެކެވެ. ވަރަށް އަނގަ ހަޑި އަނިޔާވެރި އެކެވެ. އެކަމާހުރެ ހައްވަދައިތަ އޭނާ ގާތުން ވަރިވީއެވެ. ޒީނާމެންގޭ އެހެން މީހުންވެސް އެދުވަހު ޒީނާ އަށް ވަރަށް ނަސޭހަތްތެރިވިއެވެ. ހައްވަދައިތަ އޭރު އުޅެނީ ރަށު އޮފީހުގެ މަސައްކަތު މީހަކަށެވެ. އެހެންކަމުން ގެއަށް އާދެވެނީ މަދުފަހަރަކުއެވެ. ގޭގެ ކަންތައްތައް ބަލަހައްޓަނީ ބޮޑަށްތިބޭކުދިންނެވެ. ގޭގެ ހަރަދުތައް ކުރުމަށް އޭނާ އަށް ލިބޭ މުސާރަ އެންމެ ބޮޑު ދެކުދިން ކަމުގައިވާ ޒާންއަށާއި ޒާނާއަށް ހައްވަދައިތަ ހަވާލުކުރެއެވެ. އޭނާ ކުދިންގެ ކަންކަމަކާ ބެހިއެއް ނޫޅެއެވެ.ސަބަބަކީ އޭނާ ދެކޭގޮތުގައި ކުދިން އަމިއްލައަށް އުޅެވޭނެއެވެ. ބޮޑަށްތިބި ކުދިން ކުޑަށްތިބި ކުދިން ބަލާނެއެވެ.
ހުސައިން މަނިކު ސަރީފާއާއި މަޝްވަރާ ކުރުމަށްފަހު ނިންމީ އެހިނގިކަންތައްތައް އަހުމަދުގެ އާއިލާއަށް އެންގުމަށްފަހު އަހުމަދު އޭނަގެ ރަށަށް ފޮނުވުމަށެވެ. ސަބަބަކަށްވީ އެކަހަލަވާހަކައެއް ރަށުތެރެއަށް ފެތުރި އެމީހުންގެ(ހުސައިންމަނިކު މެން) އަބުރު ހަޑިވާކަށް އެމީހުނެއް ނޭދެއެވެ. އެހެންކަމުން ޖެހިގެން އައިދުވަހުން ފެށިގެން ޒީނާއަށް އަހުމަދު ގެއްލުނެވެ. އެކަމާއި ޒީނާވެސް އަހުމަދުވެސް ވަރަށް ހިތާމަކުރިއެވެ. އަހުމަދުއަށްވެސް އެކަން ޒީނާއަށް އެންގޭނެ ގޮތެއް ނެތެވެ. އޭގެ އެތައް ދުވަހެއް އެތައް އަހަރެއް ފަހުން ޒީނާއަށް އަހުމަދު މިފެނުނީ މިއަދުއެވެ. އަހުމަދުގެ ފަހުން ޒީނާވަނި ގިނަބަޔަކާއި ގުޅުން ބާއްވާފައެވެ. އާއިލާގެ ދެންތިބިމީހުން ކިތަންމެ ނުރުހުނަސް އޭނާވަނީ އެތައްބަޔަކު އޭނާގެ ކޮޓަރިއަށްވެސް ގެނެސްފައެވެ. އެކަމާހުރެ އެތައް މައްސަލަތަކެއް ޖެހިފައެވެ.އޭގެ އަހަރުތަކެއް ފަހުން ޒީނާ ކައިވެނި ކުރީއެވެ. ފިރިމީހާ ހަސަން ރަށަށް އަންނަނީ މަދުފަހަރެއްގައި ކަމަށްވުމުން ޒީނާގެ އެކަނިވެރިކަން ފޫބައްދަނީ ރޭގަނޑު ކުދިންކޮޅު ނިންދެވުމަށްފަހު އެހެންފިރިހެނުންނަށް އޭނާގެ ހަށިގަނޑުގެ ފަރިކަން ދައްކުވައިގެންނެވެ. ނަމަވެސް މިއަދު އަހުމަދު ފެނުމުން ޒީނާ އޭނާއާއި އަހުމަދުގެ ލޯބީގެ ހަނދާން މާބޮޑަށް އާވާން ފެށިއެވެ. ސިއްސައިގެން ދިޔައީ ކޮޓަރީދޮރުގައި ޓަކިދިން އަޑަށެވެ.ގަޑިބަލައިލިއިރު ގަޑިން އިރުއޮއްސި ހަގަޑިބައި ވަނީއެވެ. އަވަސްއަވަހަށް ގޮސް ދޮރުހުޅުވާލިއިރު ބޭރުގައި ހުރީ އަހުމަދެވެ. ޒީނާއަށް ހުރެވުނީ އަހުމަދާއި ދިމާއަށް ކަޅިޖަހައިނުލާ ބަލާށެވެ. “އަހަރެން ގާތު އެތެރެއަށް ވަންނާކަށްވެސް ނުބުނާނަންތަ؟” އޭރު އަހުމަދު ހުރީ ޒީނާގެ މޫނަށް ބަލަހައްޓައިގެންނެވެ. އަވަސް އަވަހަށް އަހުމަދު ކޮޓަރިތެރެއަށް ވެއްދުމަށްފަހު ދޮރުލައްޕައި ތަޅުލިއެވެ. އެހިނދު ރީމާއައިސް އޭނާގެ ތުއްތު ތުއްތު އަޑުން ބުންޏެވެ. “މަންމީ މީ ކާކު؟” ޒީނާ ބުނީ އެއީ ޑެޑީ ކަމުގައެވެ. އެހެންބުނުމުން ރީމާ ބުނީ ޑެޑީ ވީ ރިސޯޓްގަކަމުގައެވެ. ޒީނާ ބުނީ ޑެޑީ ކައިރީގައި މިހުރީ ކަމުގައެވެ. ބައްޕި ވީރިސޯޓްގައި ކަމުގައެވެ. އެއަށްފަހު ދެކުދިން ގާތުގައި ރީތިކޮށް ޓެބް ކުޅެން ތިބުމަށް ބުންޏެވެ. ނަމަވެސް ރީހާ އަކީ މިހާރު ކޮންމެވެސް ވަރަކަށް ވިސްނޭވަރު ވެފައި ހުރި ކުއްޖެއްކަމުން އޭނާ މަންމަ އުލޭގޮތާއި މެދު ވިސްނައެވެ. “ލޯބީ ވަރަށް މިސްވި. ހީއެއްނުކުރަން ދެން ދިމާވާނެކަމަކަށްވެސް.” އަހުމަދު ވަރަށް ލޯތްބާއިއެކު ބުންޏެވެ. “އަހަރެންވެސް އަންމްމު މަތިން ވަރަށް ހަނދާންވި އެކަމު އަންގާވެސް ނުލައި އަންމު ދިޔައީ ވިއްޔަ” ނުހަނު ދެރަވެލާފައި ޒީނާ ބުންޏެވެ. “އެކަމެއް ނޭނގެ މިހާރު ދެކުދިންވެސް އެބަތިބިވިއްޔަ އެކަމު އަހަރެން އަދިވެސް މިހުރީ މީހަކާ ނީނދެ.” އަހުމަދު މިހެން ބުނުމުން ޒީނާބުނީ އޭނަ ހީކުރީ އަހުމަދު އޭނާމަތިން ހަނދާން ނައްތާލިކަމުގައެވެ. ދެމީހުން އެތައް ވާހަކައެއް ދައްކަން އެކަކު އަނެކެއްގެ އުނގުތެރޭގައި ތިބުމަށްފަހު އެންމެން އެއްކޮށް ކެއެވެ. އެއަށްފަހު ކުދިވެރިންނަށް ކަންދިނުމަށްފަހު އެކުދިން ނިންދެވިއެވެ. އަހުމަދު ބުނިގޮތުގައި އޭނާދަނީ މަހަށެވެ. އަދި އޭނާއަދިވެސް ޒީނާ ބޭނުންކަމުގައެވެ. އުފަލާއި އެކު ޒީނާ ބުނީ އޭނާއަކީ އަބަދުވެސް އަހުމަދުގެ މީހެއްކަމުގައެވެ. އަދި ހަމައެއާއިއެކު ދެމީހުން މަޝްވަރާކޮށް ނިންމީ ރަށުން ޒީނާއަށް ލިބިފައޮތް ގޯތީގައި ގެ އަޅާ ނިންމުމަށްފަހު ހަސަން ގާތުން ވަރިވުމަށެވެ. އެއަށްފަހު އަހުމަދުއާއި ކައިވެނި ކުރުމަށެވެ. އެރޭ ހަސަންގެ އެއްވެސް ކޯލަކަށް ޒީނާއެއް ޖަވާބެއް ނުދެއެވެ. ޒީނާ ވަގުތުތައް ހޭދަކުރީ އަހުމަދާއި އެކުގައެވެ.
އާދުވަހަކަށް އިރު އަރައިފިއެވެ. އާދައިގެ މަތިން ހައްވަދައިތަ އައީ ޒީނާއަށް ގޮވުމަށެވެ. ރީހާ ގުރުއާން ކުލާހަށް އަދި ޓިއުޝަނަށްދަނީ ހެނދުނުއެވެ. ސަބަބަކީ ސުކޫލަށް ދާންޖެހެނީ މެންދުރު ކަމުގައިވާތީއެވެ. ހައްވަދައިތަ އައިސް ދޮރުގައި ޓަކިދޭން ފެށިއެވެ. ޒީނާ އަށް ހޭލެވިގެން އަވަސްއަވަހަށް އަހުމަދު ހޭލެއްވުމަށްފަހު އެދުނީ އެނދުދަށަށް ވަނުމަށެވެ.އަދި އޭނާއަތަށް ފޮތިގަނޑެއް ދިނެވެ. ގައިމަތީގައި އެޅުމަށެވެ. އެއީ ސިންގަލް އެނދެކެވެ. ރީހާ ނިދުމަށް ގެނެސްފައި ހުރި އެނދެކެވެ. ވަރަށް ރީތިކޮށް އެނދުދަށުގައި އޮވެވޭނެއެވެ. އަވަސްއަވަހަށް ގޮސް ދޮރު ހުޅުވިއެވެ.އަދި ރީހާއަށް ގޮވައި ނެގުމަށްފަހު ސައިދީގެން ރީމާ ހައްވަދައިތަ ގާތުގައި ބެހެއްޓުމަށްފަހު ރީހާ ޓިއުޝަނަށް ގެންދިޔައެވެ.
މިގޮތަށް ދުވަސްތައް ކުރިއަށް ދެއެވެ. މީހަކު އައިސްފިނަމަ ހެދުންތައް ލާ އަލަމާރިއަށް ނުވަތަ އެނދުދަށަށް ވަނުމަށް އަހުމަދު ގާތުބުނެއެވެ. ބޭނުމެއް އޮވެގެން ނޫނީ ހަސަންއަކަށް ނުގުޅައެވެ. މިހާރު ޒީނާގެ ގޯތި ހެދުމަށް ވެސް ހަސަން ގާތު ޒީނާ ބުނެފިއެވެ. ހަސަން އުފަލާއި އެކު އެކަމަށް އެއްބަސްވިއެވެ. ޒީނާ ދެކެ ވާލޮތްބެއްގެ ބޮޑުކަމުންނެވެ.
2 Comments!
Comments are closed.
❤❤❤❤❤❤❤❤❤
Thank u.. Naushy?