5ވަނަބައި
އަހަރެން ސިއްސައިގެން ދިޔައީ އާޒިމް އަހަންނާއި ދިމާއަށް އެބުރިލުމަށްފަހު އަހަރެންގެ އަތަށް ރަތްކުލައިގެ އަތްކުރު ތުނި ތުނި ނައިޓީއެއް ދިނީމައެވެ. އޭނާ އެދުނީ އެލައިގެން އައުމަށެވެ. އެ ތުނި ކަމުން އަހަރެން ހުރީ ލާން ނުކެރިފައެވެ. އެހެންނަމަވެސް އަޒީމް ކުރުނުކޮށް ކިޔަން ފެށުމުން ފާހާނައަށްގޮސް އެނައިޓީ ލައިގެން ނިކުތީމެވެ. ނައިޓީ ތުނިނުމުގެ ސަބަބުން އަހަރެންގެ ހަށިގަނޑު އެއްކޮށްހެން ހުރީ ފެންނާށެވެ. “ބޭބީ ހާދަ ލޮއެތްބޭ.. އަހަރެން ބޭނުން މިހާރުމިވަގުތުވެސް ބޭބީ އަހަރެންގެ މީހަކަށްހަދަން..އަހަރެން ބޭނުމެއްނޫން އަހަރެންގެ ދޫނިކޮޅާ ދިމާއަށް އެއްވެސް މީހެއް ބަލާލާކަށް..ވަރަށް ވަރަށް ބޮޑަށް ލޯބިވޭ..ބޭބީއާއި ނުލައި ނޫޅެވޭނެ” މިހެން ބުނެ އަހަރެންގެ އަތުގައި ހިފައި އާޒިމްގެ ގަޔާއި ކައިރިއަށް ދަމާލިއެވެ. އަހަރެން އާޒިމްގެ މޭގައި ލައްވެލުމުން އެހަށިގަނޑުގެ މީރުވަސް ދުވިއެވެ. “ހިނގާ އަވަހަށް މެރީ ކުރަން.. މެރީ ނުކޮށް މިހެން އުޅޭކަށް ނުވާނެ.. އަސްލު އެއީ ވަރަށް ގޯސްކަމެއްނު މެރީ ނުކޮށް މިހެން އުޅުން..މެރީ ކުރީމަ އަބަދު ކައިރީގައި ހުރެވޭނެއެއްނު” އަހަރެން މިހެން ބުނުމުން އާޒިމް ބުނީ އޭނަވެސް ވަރަށް ބޮޑަށް އެކަމާ ވިސްނާކަމަށެވެ.އަދި ހަމައެއާއިއެކު ހަމަސް ވަރު ކެތްކޮށްލުމަށް ބުންޏެވެ. އޭނަ އެނބުރި ރިސޯޓަށް ގޮސްފައި ހުރިހާ ކަމެއް ހަމަޖައްސާނެ ކަމުގައެވެ. އަދި ހަމަސް ފަހުން އައިސް ކައިވެނި ކުރާނީކަމުގައެވެ. އެގޮތް އެންމެ ރަނގަޅުތޯ އަޒީމް އެހިއެވެ. އަހަރެން ބުނީ އެގޮތް އެންމެ ރަނގަޅު ކަމުގައެވެ. އެއަށްފަހު ވަރަށް ލޯބިން އަހަރެންގެ ކޮލަށް ބޮސްދިނުމަށްފަހު އެދުނީ އޭނަ ފުރުމުގެ ކުރިން އުފާވެރި ލޯބިވެތި ވަގުތުކޮޅެއް ހޭދަކޮށްލުމަށެވެ. “ބޭބީ އަހަންނަށް އިތުބާރު ކޮށްބަލަ. އަހަރެން ބޭބީ ދޫކޮށެއްނުލާނަން. އެއަށްވުރެ މާބޮޑަށް އަހަރެން ލޯބިވޭ..އަހަންނަށް މިހާރު ބޭބީއާއި ނުލައި އުޅެން އުނދަގޫ.. ތީ އަހަރެން ޓައިމް ޕާސް އަކަށް ގެންގުޅޭ މީހެއް ނޫން.އެއަށްވުރެން މާ ހާއްސަ މީހެއް. އަހަރެން ފުރުމުގެ ކުރިން ހަމަ އެންމެފަހަރަކު ބޭނުންވަނީ.. ދެން އާދެވޭނީ ހައެއްކަ މަސް ފަހުން. އެހެންވެ އަހަރެން ބޭނުން ބޭބީއާއި އެކު އުފާވެރި ވަގުތުތަކެއް.. ޕްލީޒް ބޭބީ ނޫނެކޭ ނުބުނައްޗޭ..”އަހަރެން ދެކޮޅުހަދަން ފެށުމުން އަޒީމް އާދޭސްކުރަން ފެށިއެވެ.އެހެންކަމުން އަހަރެން އެއްބަސްވީމެވެ.
ލޯތްބާއިއެކު އުފާވެރި އެތައް ވަގުތުތަކެއް ހޭދަކުރުމަށްފަހު އަހަރުމެން އެނބުރި ގެއަށްދާން ނިކުތީ ރޭގަނޑު އަށެއްވެސް ޖެހިފަހުންނެވެ. ގެއަށްދިޔައިރު އެންމެންތިބީ ކާންށެވެ.އެހެންކަމުން އަހަރެންވެސް ކެއީމެވެ. ކައިގެން ކޮޓަރިއަށްގެސް އަޒީމް އަށް ގުޅާލީމެވެ. އޭނަބުނީ މިހާރު އެއާޕޯޓަށް ދާން ނައްޓާލީކަމުގައެވެ. ޗެކިންގ ނިންމާލުމަށްފަހު ގުޅާނެކަމުގައި އޭނާ ބުންޏެވެ. ޗެކިންގ ނިންމާލުމަށްފަހު ގުޅާފައިބުނީ ކައްދޫއިން ފުރުން އޮތީ ދިހައެއް ޖަހާއިރުކަމަށެވެ. މިހާރު މިތިބީ ޝައުފް (އޭނަގެ ބެސްޓް ފްރެންޑް) މެނާއިއެކު ކައްދޫ ރެސްޓޯރެންޓްގައި ކާންކަމުގައެވެ.އެއިރު ޝައުފްމެންގެ ސަކަރާތުގެ އިވިއިވި ހުއްޓެވެ. ގުޅައިގެން ހުރުމަށްފަހު ފޯނުބޭއްވީ ފްލައިޓަށް އެރުމަށްފަހު އެވެ. ނިދި އަންނަކަމުގައިވާނަމަ ނިދުމަށް އަހަރެންގާތުގައި ބުންޏެވެ. އަދި ވަރަށް މިސްވާނެކަމުގައިވެސް ބުންޏެވެ.
1 މަސް ފަސް
ދުވަސްތައް މާޒީއާއި އެކު ފާއިތުވަމުންގޮސް އާޒިމު ދިޔަތާ އެއްމަސް ވެއްޖެއެވެ. މިހާރު އޭނާގެ ކޮޓަރިއަށް ބޭނުންވާ އޭސީއާއި ބެޑްރޫމްސެޓްވެސް ވަނީ ގެނެސްފައެވެ. އާދައިގެމަތިން އަޒީމްއާއި އަހަރެންގެ ގުޅުންވެސް ކުރިއަށްދެއެވެ.ލޯތްބާއި އެކުގައެވެ.ލޯބީގެ އަހުދާއި ވައުދުތައް ކުރަމުންނެވެ. އެއީ އާދީއްތަ ދުވަހެކެވެ. އަޒީމްގެ އޮފްދުވަހެވެ. އެހެންކަމުން އޭނާ ދިޔައީ މާލެއެވެ. އެއީ އޭނަގެ އަބަދުގެވެސް އާދައެވެ. އޮފް ދުވަހެއްނަމަ އާންމުކޮށްދާނީ މާލެއެވެ. އެއަށްފަހު ރައްޓެހިންނާއި އެކު ކޮފީތަކަށް ދިއުމަކީ އޭނާގެ އާދައެކެވެ.އޭނަ މާލެދިޔައީ އަހަރެން ގާތު މާލެދާވާހަކަ ބުނެފައެވެ. އެނބުރި ރިސޯޓަށްގޮސްފައި ގުޅާނެތީއަހަރެން އަޅައެއް ނުލަމެވެ. ރައްޓެހިންނާއި އެކުވެސް ވަގުތު ހޭދަކުރުމަކީ އަހަރެންގެ ނަޒަރުގައި އޮންނަކަމަކަށް ވާތީއެވެ.އަދި އެވަގުތުތަކުގައި ގުޅައި އުނދަގޫކުރުމަކީ އަހަރެން ކުރާހިތްވާ ކަމަކަށް ނުވާތީއެވެ.އޭނަވެސް އަހަރެން ރައްޓެހިންނާއިއެކު އުޅޭވަގުތުތަކުގައި ގުޅައި މެސެޖުކޮށެއް ނަހަދާނެއެވެ. ނަމަވެސް އެރޭ ދިހައެއް ޖެހިއިރުގައި ވެސް އޭނަގެ ހަބަރެއް ނުވިއެވެ. އެހެންކަމުން އަހަރެން ވަރަށް ބިރުގަތެވެ. ހިތައް އެރީ އޭނާއަށް ކަމެއްވީކަމުގައެވެ. ވުމާއިއެކު އަހަރެން ގުޅީމެވެ. ފޯނެއް ނުނަގައެވެ. މެސެޖު ކުރީމެވެ. އަދިވެސް ރިސޯޓަށް ނުދަނީތޯއެހީމެވެ. ޖަވާބެއް ނާދެއެވެ. އަނެއްކާވެސް އިރުކޮޅެއްފަހުން ގުޅީމެވެ. ފޯން ބިޒީކޮށްލިއެވެ. އަހަރެން މެސެޖުކުރީމެވެ. ވީކީއްތޯ އެހީމެވެ. މިގޮތަށް އެތައް މެސެޖެއް އަހަރެން ފޮނުވިފަހުން ޖަވާބަކަށް އައީ ރައްޓެހިންތަކަކާއި ޒުވާބެއް ކުރެވުނު ކަމާއި އެހެންވެ މިރޭ މޫޑް ނެތްކަމަށެވެ.ފަހުން ގުޅާނެކަމުގައެވެ. އަދި އަހަރެން ނިދުމަށް ބުނެފައި އޮތެވެ. އެއީ ދުވަހަކުވެސް ކަންތައް ވެފައިއޮތްގޮތަކަށް ނުވާތީ އަހަރެން ވަރަށް ނުތަނަވަސްވިއެވެ. އެހެންނަމަވެސް އެހާބޮޑަށް ކަންކަމާއި ނުވިސްނުމަށާއި ނިދާލެވޭތޯ ބަލާލުމަށް އަހަރެން ބުނީމެވެ. އަދި ވަރަށް ލޯބިވާކަމަށާއި ހަނދާންވާކަމަށްވެސް ބުނީމެވެ. ނަމަވެސް މެސެޖުގެ ޖަވާބެއް ނައެވެ. އަހަރެން ވަރަށް ދެރަވިއެވެ. ނަމަވެސް އެކަމާއި ނުވިސްނާ ނިދޭތޯ ބެލީމެވެ. އޭނާގެ “މޫޑް” ރަނގަޅުވުމުން ގުޅާނެކަމުގެ ޔަގީންކަން އޮތީމައެވެ.
އާދުވަހަކަށް އިރުއަރައިފިއެވެ. އާދައިގެ މަތިން އެއަންނަ “ގުޑް މޯނިންގ” މެސެޖު މެންދުރުވެގެން ދިޔައިރުވެސް ނައެވެ. އަހަރެން މެސެޖުކުރުމުން ރިޕްލައެއް ނައެވެ. އެހެންނަމަވެސް އަހަރެން ނުމެއް ގުޅަމެވެ. ނަމަވެސް އެރޭގެ ދެބައިކުޅައެއްބައި ވެގެން ދިޔައިރުވެސް މެސެޖެއް ނައުމުން އަހަރެން ގުޅީމެވެ. ނަމަވެސް ޖަވާބެއް ނުދެއެވެ. ފަހުން މެސެޖެއް އައީ ހަމައެކަނި “ގުޑްނައިޓް” މިހެންނެވެ.
މިފަދަ ގޮތަކަށް ދެދުވަސް ފާއިތުވެ ދިޔައިރުވެސް އެދެވޭ ޖަވާބެއް ނައެވެ. ބުނަނީ ކަމެއް ނުވާކަމުގައެވެ. އެހެންކަމުން ތިންވަނަ ދުވަހުގެރޭ އަހަރެން އަޒުމް ކަނޑައެޅީ އޭނަގެ ފަރާތުން ވެގެން އުޅޭގޮތެއް ހޯދުމަށެވެ. އެހެންކަމުން އަހަރެން މެސެޖުކުރީމެވެ. ވެގެން އުޅޭގޮތް ބުނުމަށް އެދުނީމެވެ. ބުނީ ފަހުން ބުނާނެކަމަށެވެ. އަހަރެން ބުނީމެވެ. ފަހަކުންނޫނެވެ. މިހާރުއެވެ.. ނަމަވެސް އޭނަ ބުނަނީ ފަހުން ކަމުގައެވެ. އެހެންކަމުން އަހަރެން ބުނީމެވެ. ވީގޮތެއް ނުބުނަންޏާ ހުއްޓާނުލާ ގުޅާނެކަމުގައެވެ. އުދަނގޫވިޔަސް ހެޔޮކަމުގައެވެ. ސަބަބަކީ އަހަންނަށް އެދެދުވަހު އެއްވެސްކަމެއް ރަނގަޅަށް ނުކުރެވެއެވެ.އެހެންކަމުން މެސެޖުކުރުމަށްފަހު ގުޅަންފެށީމެވެ. އަރަނީ ކޯލްވެއިޓިންގ ކަމަށެވެ.އަހަރެން ނުތަނަވަސްވާގޮތްވިއެވެ.ނަމަވެސް އަހަރެން ހުއްޓާނުލައި ގުޅީމެވެ. އެންމެފަހުން ސުވާލުތަކުގެ ޖަވާބު ވަރަށްވެސް ސާފުކޮށް ލިބުނެވެ.އޭނާ ބުނީ އެހެން މީހަކުދެކެ “ލައިކް” ވެވުނީކަމުގައެވެ. ވަރަށް ބޮޑަށް މާފުކުރުމަށެވެ. އޭނައަށް ދެމީހުން ނުގެންގުޅެވޭނެކަމުގައެވެ. އަހަރެންދެކެ ލޯބިވާން އޭނާ ވަރަށް މަސައްކަތްކުރި ކަމުގައެވެ. އަހަރެން އިންތިހާއަށް ދެރަވިއެވެ. ވަރަށް ރުއީމެވެ. އެހެނީ އަހަރެން އިންތިހާއަށް އޭނަދެކެ ލޯބިވީމެވެ. އިތުބާރު ކުރީމެވެ. ނަމަވެސް އެއިތުބާރު ސިކުންތު ކޮޅެއްގެ ތެރޭގައި އޭނާ ފުނޑު ފުނޑު ކޮށްލައިފިއެވެ. އެހެންކަމުން އޭނަގެ ގާތުގައި ބުނީމެވެ. އަހަންނަށް ލޯބިވަރަށްވެސް ރަނގަޅަށް ދަސްވެއްޖެއެވެ.ޓައިމްޕާސް އެއްނޫންކަންވެސް ވަރަށްރަނގަޅަށް އެނގިއްޖެއެވެ. އަހަރެން ބުނީމެވެ. އަހަންނަށްވެސް ވާހަކަދައްކާނޭ ނުވަތަ ރައްޓެހިވާނޭ މީހުން ނުވީނޫންކަމުގައެވެ. އޭނައަށްވުރެ މާރީތި މާމުއްސަނދި މީހުންވެސް ވިކަމުގައެވެ.ނަމަވެސް އޭނަ އާއި އެކު އުޅެން ބޭނުންވާތީ އެއެންމެނަށް “ނޯ” ބުނީކަމުގައެވެ.. މިފަދަ އެތައްއެއްޗެއްސެއް ކިއުނެވެ. އޭނަ ބުންޏެވެ.”އަހަރެންވެސް އޮންނަނީ ހިތެއް ތިހެންއެއްޗެހި ނުކިޔަބަލަ..ދެރަވޭ…” ނަމަވެސް ހިތެއް އޮވެ ދެރަވާމީހަކު އެފަދައިން އުޅޭނެބާވައެވެ…….ލޯތްބަކީވެސް ހާދަ ހިތާމަވެރި އެއްޗެކެވެ..
ދުވަސްތައް ފާއިތުވަމުންގޮސް ހަތްމަސް ފާއިތުވެ ހިނގައްޖެއެވެ. އަހަންނަށް އެހިތާމަތަކުން އަރައިގަތުންވީ ވަރަށްވެސް އުނދަގޫކަމަކަށެވެ. ނަމަވެސް ވަރަށްގިނަ ރަހުމަތްތެރިންގެ ނަސޭހަތުން ﷲ އިރާދަކުރެއްވިއްޔާ މިހާރު އަހަރެން ހަމަ ވަރަށް ރަނގަޅެވެ. މީހުންބުނާތީ އަޑުއަހަމެވެ. ކޮންމެކަމެއްވެސް ވާނީ ރަނގަޅަށެވެ. އޭރުގައި ބައެއް ނަމާދުތައް ދޫކޮށްލެވިފައިވާތީ އަހަރެން އިންތިހާއަށް ހިތާމަކުރަމެވެ. އަދި ﷲ ނަހީކުރެއްވި ފާފަތަކަށް އަރައިގަނެވިފައިވާތީ އިންތިހާއަށް ދެރަވެއެވެ. އަހަރެން މިހާރު މިހުރީ ތައުބާވެ ދެން އެފަދަކަމެއް ތަކުރާރުނުކުރުމަށް އަޒުމް ކަނޑައަޅައިގެނެވެ. ހަތްމަސް ފާއިތުވެގެން ދިޔައިރު އަހަންނަށް އެނގުނު އެހެންކަމެއް އެބައޮތެވެ.އެއީ އާޒިމުއަށް މިވޭތުވެދިޔަ ހަތްމަސް ދުވަހުގެ ތެރޭގައި ތިންފަހަރެއްގެ މަތިން ހަގީގީ ލޯބިވެފައިވާކަމެވެ. އަހަރެން ހިތަށް އަރައެވެ. ލޯތްބަކީވެސް ހާދަ ފާޑެއްގެ ކަމެކެވެ.
”އަހަރެން އެދެނީ އެއްވެސް މީހަކު އަނެކާއަށް ދެރައެއް ނުދިނުމަށެވެ. ލޯބިނުވާނަމަ ލޯބިވާކަމަށް ބުނެ އޮޅުވާނުލުމަށެވެ. އެހެނީ އެއީ އަނެކާއަށްދެވޭ ވަރަށް ބޮޑު ހިތާމައެކެވެ. މިކަން އިހުސާސްވާނީ މިފަދަ ކަމެއް ދިމާވެފައިވާ ފަރާތްތަކަށެވެ.”
ނިމުނީ–
4 Comments!
Comments are closed.
Bayae miihun naie lobie aiee kulhayy kulhivarae nunee foohifiluvan kohlaa kamae
Sad truth??
Varah reethi Masha Allah ?
I know how it feels when someone betraes you
Thank u yan❤