Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

މިހިތުންނުފިލާނޭ…5

Hamoo✍ Level 110 Stories
April 28, 2020 3 Mins Read
0 Comments

5ވަނަބައި

އަހުމަދު ބުނިގޮތުގައި އޭނާ ހުރީ ޖަލުގައެވެ. ފޯނަކީ އޭނާ ހުރި ގޮޅިއަށް ލާފައި ހުރި މީހަކު ވަގަށް ވެއްދި ފޯނެކެވެ. އަދި ޒީނާ ގާތު ހާސްނުވުމަށް ބުންޏެވެ. ފަޅާނާރާނެކަމަށްވެސް ބުންޏެވެ.އަދި ހާސްނުވުމަށްވެސް ބުންޏެވެ. ނަމަވެސް ވާހަކަ ދައްކަން ލިބޭނީ މަދުވަގުތުކޮޅެއް ކަމުގައި ބުންޏެވެ. ގޮޅީގައި ޖުމްލަ ހަތަރު މީހުން ތިބުމުން އެންމެނަށްވެސް ގަޑި ބަހައިގެން އުޅެންޖެހޭނެ ވާހަކަ ބުންޏެވެ. ޗާޖުކުރަންވެސް އުޅެންޖެހެނީ ވަރަށް ހާލުގައި ކަމަށް ބުންޏެވެ.އެއީ ކޮންމެ ރެއަކުވެސް ޖަލުބަލަހައްޓާމީހުން ކޮންމެ ގޮޅިއެއް ޗެކް ކުރާތީއެވެ.  އަދި ފޯނަށް ރުފިޔާ އެޅުން އޮންނާނީ ފަހަރަކު މީހަކަށް ކަމުގައި ބުންޏެވެ. އެހެން ކަމުން ޒީނާވެސް އެ ނަންބަރަށް ރުފިޔާއެއް ފޮނުވައިދިނުމަށް އެދުނެވެ. ގަޑިއެއްހާއިރު ވާހަކަދެއްކުމަށްފަހު ފޯނު ބޭއްވިއެވެ. އޭރު ޒަހުދުވެސް އޮތީ ނިދާފައެވެ. އެހެންކަމުން ރީހާ ގާތު ޒަހުދު އަށް ބެލުމަށް ބުނެފައި ޒީނާ ފިހާރައަކަށްގޮސް އަހުމަދު އެފަހަރު ގުޅި ނަންބަރަށް ރުފިޔާ ފޮނުވިއެވެ.އެވަގުތު ޒީނާގެ ފޯނު ރިންގ ވިއެވެ. ގުޅަނީ ހަސަންއެވެ. ވަރަށް ފޫހިވެފައި ހުރެ ފޯނު ނެގިއެވެ. “ހަލޯ… ކުދިވެރިންވީ ގޭގައި އަހަރެން މިއުޅެނީ ފިހާރައަކަށް އައިސް ފަހުން ގުޅާނަން.. ” އެއީ މިފަހަކަށް އައިސް ޒީނާގެ ޖަވާބުތައް ހުންނަ ގޮތެވެ. މިކަމާ ކިތަންމެ ދެރަވިޔަސް ހަސަން ކުރާނެ ކަމެއް ނެތެވެ. ތުންތުން މަތިން ޒީނާ ކޮޓަރިއަށް ފިރިހެނުން ގެންނަ ވާހަކަ ހަސަންއަށްވެސް މިހާރު ވަނީ އަޑު އިވިފައެވެ. އެވާހަކަ ދައްކަން ފަށާއިރަށް ޒީނާ ބުނަނީ ހަސަން ޒީނާ އަށް އިތުބާރު ނުކުރަނީ ކަމުގައެވެ.

ދުވަސްތައް މިގޮތަށް ފާއިތުވެގެން ދަމުންގޮސް އެއްދުވަހެއްގެ ހަވީރުގެ ވަގުތެވެ. ޒީނާ އޮތީ އަހުމަދުއަށް ގުޅައިގެންނެވެ. ކޮޓަރީ ދޮރުގައި ޓަކި ދިން އަޑު އިވުނެވެ. އިރުކޮޅަކުން އެބަ ގުޅަން ކަމުގައި ބުނެ ދޮރު ހުޅުވާލި އިރު ބޭރުގައި ހުރީ ހަސަންއެވެ. ޒީނާ ދިޔައީ ސިއްސައިގެންނެވެ. “ހަސަން ކުއްލިއަކަށް ތިއައީ އަހަރެން ބުނީމެއްނު އަދި ނުވެއޭ އަންނާކަށް” ޒީނާ މިހެން ބުނުމުން ހަސަން ބުނީ މިއައީ ޒީނާއާއި ކުދިންގެ މަތިން ހަނދާންވާތީ ކަމުގައެވެ. މިހެންބުނެ އެތެރެއަށް ވަނެވެ. ދެކުދިން އައިސް ހަސަންގެ ގައިގައި ބައްދާލިއެވެ. ޒަހުދު އޭނާގެ ތުއްތު އަޑުން ބުނީ “ކޮއްކޮ ހީކުރީ ޑެޑީ އައީ ކަމަށް އެކަމު ބައްޕަ އައީދޯ…” ރީހާ އެއިރު ހުރީ ފާޑަކަށް ޒީނާއާއި ދިމާއަށް ބަލަހައްޓައިގެންނެވެ. ޒީނާ ފާޑަކަށް ބުނީ އެއީ އޭނަ އެދައްކަނީ ޒީނާގެ ރައްޓެއްސެއްގެ ވާހަކަ ކަމުގައެވެ. އެމީހާގެވެސް ޒަހުދުއާއި އެއްވަރުގެ ކުއްޖަކު ހުންނާތީ އެކުއްޖާ ޑޭޑް ކިޔާތީ ޒަހުދުވެސް އޭނާއަށް ޑޭޑް ކިޔަނީ ކަމަށެވެ. އެރޭ ކައިގެން ކުދިވެރިން ނިދުމުން ހަސަން ޒީނާ ގާތަށް އައިސް ލޯބިން ބައްދާލުމުން އޭނާ ބުނީ ބަލިކަމުގައެވެ. އަދި ދުރުގައި ހުރުމަށެވެ. ހަސަން އެކަންވެސް ގަބޫލްކުރިއެވެ. ޒީނާ އެހަދަނީ ދޮގުކަމާއި އޭނާ ހަސަންއާއި ކައިރީގައިވެސް ހުންނަށް ނޭދޭކަމެއް ހަސަން ނުދެނެހުއްޓެވެ. އެހެންކަމުނެ އޭނާ އަވަހަށް ނިދީއެވެ.

ހެނދުނު ޒީނާ އަށްވުރެ ކުރިން ހޭލައިގެން ރޮށްޓާއި ކުޅިމަސް ހެދިއެވެ. އާންމުކޮށް ޒީނާ ހޭލާނީ ނުވައެއްވެސް ޖަހާފަހުންނެވެ. ކުދިންނަށް ހެނދުނު ގަޑީގައި ދޭނީ ޕެކެޓަކާއި ބިސްކޯދެވެ. ކޮއްކޮ ހޭލުމުން އޭނާ ރީތިކުރުމަށްފަހު ކޮއްކޮއަށް ޕެކެޓުދޭނީ ރީހާއެވެ. ހެނދުނު ތަންކޮޅެއް ކުރިން ހޭލެވުނަސް ޒީނާ ނިދާނީއެވެ. ނުވަތަ އަހުމަދުއަށް ގުޅައިގެން އޮންނާނީއެވެ. ބައެއް ރޭރޭ ހަތަރުދަމުވެސް އަހުމަދު އަށް ގުޅައިގެން އޮވެދާނެއެވެ. ހަސަން ސައިހަދާ ނިންމާލުމަށްފަހު އަވަހަށް ކޮޓަރިއަށް ވަންނަށް ދިޔައެވެ. އެވަގުތު ޒީނާ “އޯކޭ ފަހުން ގުޅާނަން މިހެން ބުނެ ފޯނު ބޭއްވިއެވެ. ހަސަން އައިސް އުޅޭތީ އަނެއް ފޯނު ފެނިދާނެތީ އޭނާ ގުޅީ އޭނާގެ އަސްލު ފޯނުން ނެވެ. ކުޑަ ފޯނަކުންނޫނެވެ. ” ލޯބީ ހިނގާބާ ސައިބޯން.. ވަރަށް މީރު އެއްޗެއް ހުންނާނެ..” މިހެން ބުނެ ނުނިމެނީސް “މްމްމްމްމް ދެން ނޯވޭނެ ނިދާކަށްވެސް. މަށެއް ނޫޅެން ސައިބޯކަށް ތިހާ ސައިބޯ ހިތްވަންޏާ ދިއައިމް ނިމުނީއެއްނު ސައިބޯން..އަހަރެން ނިދިޔަ ދީބަލަ މިހާރުވެސް މިތިބަ ދެމީހުނާއި ހެދި ނިދޭވަރެއްނުވޭ އަނެއްކާ ހަސަން އައިސް އުނދަގޫ ކުރަނީ ކިހާބޮޑުވެއްޖެކަމެއްމީދެން..”

މިހެން ބުނުމުން ވަރަށް ދެރަވެފައި ހަސަން ބޭރަށް ނިކުތެވެ. އޭރު ގަޑިން ހެނދުނު އަށެއް ޖެހީއެވެ. އެހެންކަމުން ގޯތިތެރެ ބަލާލިއިރު އަނބުގަހާއި ބަނބުކެޔޮގަސް ކައިރީގައި ވަރަށް ވިނައޮތެވެ. އާންމުގޮތެއްގައި ވިނަތައް އުފުރައި ގޯތިތެރެ ސާފުކުރަނީ ޒީނާގެ މަންމައެވެ. ނަމަވެސް އޭނާ ބަލިވެ އުޅޭތީ މިހާރު ސާފުކުރަން ނާދެވޭތާ ދުވަސްކޮޅެއް ވެއްޖެއެވެ. އެހެންކަމުން ގޯތިތެރެ ސާފުކޮށް ނިންމާލިއެވެ. އެއިރު ޒީނާ ތެދުވެ ސައިބޮއިގެން އަނެއްކާ ކޮޓަރިއަށްވަނެވެ. ކުދިންތައް ބޭރުގައި ހަސަން ކައިރީގައި މަޑުކޮށްގެން ތިއްބެވެ. ބަރޯއަށް ކުނިތައް އަޅައި ނިންމާފައި ހަސަން އެދެކުދިން ގާތުގައި “ދަރިފުޅުމުން ހިނގާ ބައްޕައާއިއެކު ކުނިއުކަން ގޮސްލަންދޯ.. ދަރިފުޅާ ރީހާ އަވަހަށްދޭ ކުޑައާއި ކޮއްކޮ ބޮލުގަ އަޅާ ތޮފިހިފައިގެން އަންނަން … އަދި ބުނަން މަންމަ ގާތު ބުނެފަ އަންނައްޗޭ އިނގޭ” ރީހާ ކޮޓަރިއަށް ވަތްތާ އިރުކޮޅެއް ނުވެ ޒީނާ ނިކުތެވެ. ނިކުމެ ކުޑަ ކުޑަ ޒަހުދު ގޮވައިގެން ކޮޓަރިއަށް ވަނެވެ. އަދި ބުންޏެވެ. “މަގޭ ދަރި ގޮވައިގެން ކޮންމެހެންދާނެ ކަމެއްނެތް.. ކަލޭގެ ދަރި ގޮވައިގެން ދާތާކަށް ދޭ..” އެއިރު ކުޑަކުޑަ ޒަހުދު ރޮމުން ގެންދެއެވެ.

އެހެންކަމުން ހަސަން ދިޔައީ ރީހާ ގިވައިގެންނެވެ. ތަފާތު ވާހަކަ ދައްކަމުންނެވެ. މިހެންގޮސް ހަސަން އެހިއެވެ. “ދަރިފުޅާ ޑެޑީ އެއީ ކާކުތަ؟.. ކޮއްކޮ ބުނެއެއްނު ޑެޑީގެ ވާހަކަ” މިހެން އެހުމުން ރީހާގެ މޫނުގެ ކުލަވަރު ބަދަލުވިއެވެ. އެކުއްޖާ ބިރުންގޮސް ދާހިތްލަން ފެށިއެވެ..

Share Article

Follow Me Written By

Hamoo✍

Level 110 Stories

i love to read an write stories <3

Other Articles

Previous

ރޫޙާނީ ބިރު – ޓްރެއިލަރ –

Next

ވާށޭ މަށާ އެކީ-13

Next
April 28, 2020

ވާށޭ މަށާ އެކީ-13

Previews
April 27, 2020

ރޫޙާނީ ބިރު – ޓްރެއިލަރ –


All Right Reserved!