Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

މިހިތުންނުފިލާނޭ…4

Hamoo✍ Level 110 Stories
April 21, 2020 2 Mins Read
6 Comments

4ވަނަބައި

ޒުލްފާގެ ހަގު ދަރިފުޅު ޒައިކްއާއި އެކީ ކުޅެންއިން ރީހާ ހަނދާންނެތި އޭނަގެ ފައި ކުޑަކޮށް ދަމާލެވުނެވެ. ޒުލްފާއިނީ ޒީނާއާއި ވާހަކަދައްކަން ނަމަވެސް ފޯނުން ރީހާގެ ފައިތިލައިގެ ފޮޓޯއެއް ނެގިއެވެ. ފައިގައި  ހިތެއްގެތެރޭގައި ލިޔެފައި އިނީ އައި ލަވް ޔޫ ޝާނިމްއެވެ. އަދި ބައިވަރު ކުދިކުދި ހިތްތަކެއް ފައިގައި ކުރަހާފައި ހުއްޓެވެ. ރީހާ އަދި އެއުޅެނީ ގްރޭޑް ދޭއްގައެވެ. ނަމަވެސް އޭނާ އެފަދަ އިބާރާތްތައް ލިޔާނީ ކޮންމެވެސް ކަމެއް ފެނިގެން ކަމަށް  ޒުލްފާ އަށް ގަބޫލްކުރެވުނެވެ. އެހެންކަމުން ޒީނާއަށް އެފޮޓޯ ދެއްކިއެވެ. އަދި އެދުނީ ރީހާއަށް ނަސޭހަތް ދިނުމަށެވެ. އަދި އެއީ ކިހިނެއް ކޮންކުއްޖެއްގެ ފަރާތުން ކަންތައްތަކެއް ފެނުނީތޯ އެހުމަށެވެ.  ޒުލްފާއަށް ނޭނގުނީ އެހުރިހާކަމެއް އަދި އެއަށްވުރެންވެސް ގިނަ މަންޒަރުތަކެއް  އެކޮޓަރީގެ ހަތަރުފާރު އެތެރެއިން ރީހާއަށް ފެންނަމުންދާކަމެވެ. އޭގެ އިރުކޮޅެއްފަހުން ޒުލްފާ ގެއަށްދިޔައީ އަދި ފަހުން އަންނާނަން ކަމަށް ބުނަމުންނެވެ. އެއީ އެދެމައިންނަން ވަގުތު ދިނުމުގެ ގޮތުންނެވެ. ޒުލްފާ ދިއުމުން ކޮޓރީ ތަޅުލުމަށްފަހު ޒީނާ ގަދަކަމުން ރީހާގެ ފައިބެލިއެވެ. އަދި މީކީއްވެގެން ލިއުނު އެއްޗެހި ތަކެއްތޯއެހިއެވެ. ރީހާ ބުނީ އެއީ ލޯބިވާތީ ކަމުގައެވެ. މަންމަވެސް ޑެޑީ ގާތު އެގޮތަށް ބުނާކަމުގައެވެ. ޒީނާ ވަރަށް ބޮޑަށް ރުޅިއައިސްގެން އިލޮށިފަތިން ރީހާގައިގައި ޖެހިއެވެ. އަދި ބުންޏެވެ. މަންމައާއި ޑެޑީގެ ވާހަކަ އެއްވެސް ގޮތަކަށް ދައްކައިގެން ނުވާނެއެވެ. ދައްކައިފިއްޔާ ކާނެއެއްޗެއްވެސް ނުދޭނަމެވެ. ރީހާގިސްލަގިސްލާފައި ރުޔެވެ. އަދި ވަރަށް ހިތުގައި ޖެހިފައި ބުނީ އެއްވެސް މީހެއް ގާތުގައި ނުބުނާނަން ކަމުގައެވެ. ޒީނާ އަށް ނޭނގުނީ  ނުވަތަ ގަބޫލްކުރަން ބޭނުންނުވީ ތިމާގެ ކުށެވެ. އަދި ކުޑަ ކުޑަ ކުއްޖަކަށް ނަފްސާނީގޮތުން ކުރާނެ އަސަރެވެ.

2 އަހަރުފަސް

ވަރަށް ހަލުވިކަމާއިއެކު ދުވަސްތައް ވޭތުވަމުން ދެއެވެ. ދެއައަހަރު ދުވަސް ފާއިތުވެދިޔައިރު ޒީނާގެ ގޯތީގެ ވަށާ ފާރު ރާނާނިމި ކޮޓަރިތައްވެސް ވަނީރާނާނިމިފައެވެ. އަހަރަކު އެއްފަހަރު ހަސަންވެސް ރަށަށް އާދެއެވެ. ނަމަވެސް ޒީނާ އޭނާއަކާ މާބޮޑު ގުޅުމެއް ނުބާއަވައެވެ. ހަސަން ރަށަށް އައިސްފިއްޔާ އޮންންނީ އަބަދުވެސް ދެމީހުންގެ ޒުވާބެވެ. ނަމަވެސް އަހުމަދު އައިސްފިއްޔާ ޒީނާއަށް ދުނިޔެ ރަންވާ ކަހަލައެވެ. އޭނާ އައިސް ޒީނާގެ ފޯނުހާވާނެއެވެ. ފޭސްބުކް ބޭނުންކުރުންވެސް އޭނާ އޮންނަނީ ޒީނާ އަށް މނާ ކޮށްފައެވެ. އޭނާ ޒީނާ ގާތުގައި ނެތްނަމަ 24 ގަޑިއިރު ހުންނަން ޖެހެނީ ގުޅައިގެންނެވެ. ގުޅަން ފަސޭހައަކަށް ޒީނާ ނޮކިއާ ބައްތި ފޯނަކާއި އާސިމްއެއްވެސް ގަތެވެ. އެއީ ހަސަން އަށް ވަގަށް އަހުމަދަށް ގުޅުމަށެވެ. ކޯލް ވެއިޓިންގ ވެސް ނާރާނެތީއެވެ.

އެދުވަހެއްގެ ހެނދުނެވެ. ޒީނާ ގުޅާ ގުޅާ އަހުމަދު ފޯނެއް ނުނަގައެވެ. ރޭގައި ޒީނާގާތު ބުނީ މާލެދާން ފުރާވާހަކައެވެ. މަސައްކަތެއްކޮށް ލާރިއެއް ލިބޭތޯއެވެ ބުންޏެވެ. ޒީނާއަށް ފޯނެއް އައެވެ. ގުޅަނީ އަހުމަދުގެ މަންމައެވެ. އޭނާބުނީ ޕޮލިހުން އަހުމަދާއި އަދި އިތުރު ބަޔަކު ހައްޔަރު ކުރި ކަމުގައެވެ. މަސްތުވާތަކެއްޗާއި އެކުގައެވެ. އެމީހުން ތިބީވެސް އަހުމަދުގެ ކޮޓަރީގައެވެ. ޒީނާ ވަރަށް ދެރަވިއެވެ. އެންމެފަހުން ޕޮލިސް ސްޓޭޝަންގެ ނަންބަރަށް ގުޅިއެވެ. އަދި އަހުމަދުއާއި ވާހަކަދައްކަން ބޭނުންވާވާހަކަ ބުންޏެވެ. ބުނީ އެއީ އަހުމަދުގެ ދައްތައެއްކަމުގައެވެ. އެގޮތަށް ގުޅައިގެން ޒީނާ އަހުމަދާއި ކޮންމެވެސް ވަރަކަށް ވާހަކަދައްކައެވެ. މިގޮތަށް ވާހަކަ ދައްކާތާ ދުވަސްތަކެއްފަހުން ކޯލެއް އައެވެ. އެއީ އަހުމަދު ކޯލެކެވެ.ނަމަވެސް އެކަން އެނގުނީ ކޯލް ނެގުމުންނެވެ.

އޭނާބުނެލިވާހަކައިން ޒީނާ ހާސްވިއެވެ.

Share Article

Follow Me Written By

Hamoo✍

Level 110 Stories

i love to read an write stories <3

Other Articles

Previous

އަހަރެންގެ ވާހަކަ 6 (ހަވަނަބައި)

Next

އަސްލާން 11

Next
April 21, 2020

އަސްލާން 11

Previews
April 21, 2020

އަހަރެންގެ ވާހަކަ 6 (ހަވަނަބައި)

6 Comments!

  1. afffraushyyy says:
    April 21, 2020 at 11:17 am

    why so short??

  2. Quiin says:
    April 21, 2020 at 1:35 pm

    Hamoo vaahka vrh reethi & dhen anna part dhigu kohladhehchey ly

  3. LAZY_QUEENY says:
    April 21, 2020 at 4:25 pm

    Vvvv reethi mi part vx.. Whn is next part… Curiously waiting for next part ngey

    1. Hamoo✍ says:
      April 21, 2020 at 7:34 pm

      Thank u.. in shaa allah next part tomorrow or day after tomorrow

  4. Dhonthy says:
    April 21, 2020 at 8:06 pm

    Beautiful. Waiting for the next part. You are really talented Maasha Allah. Ly ❤️❤️❤️?

    1. Hamoo✍ says:
      April 21, 2020 at 11:09 pm

      Thank u dhonthy ❤

Comments are closed.


All Right Reserved!