3ވަނަބައި

ކުއްލިއަކަށް ޒީނާ މާބޮޑަށް ބަލިވެއްޖެއެވެ. މާލެ ދިއުން ނޫންގޮތެއްނެތެވެ. ހަސަން ގާތު ބުނެގެން ޓިކެޓް ނަގައިފިއެވެ. ދެކުދިން ޒީނާގެ މަންމަ ގާތު ބެހެއްޓުމަށްފަހު ދެދުވަހަށް މާލެހިނގައްޖެއެވެ. ހުރިހާކަމެއްވެސް ދިޔައީ ވަރަށް އަވަސްކޮށެވެ. އެދެދުވަހަކީ ޒީނާ ހަސަންދެކެ މާލޯބިން އުޅުނު ދެދުވަހެވެ. ހީވަނީ ދެމީހުންގެ ހަނީމޫންހެންނެވެ. ހަސަންހުރީ ވަރަށް ބޮޑަށް އުފާވެފައެވެ. އޭނާދެކެ އަންހެނުން އެހާ ލޯބިވާތީއެވެ. ޑޮކްޓަރަށް ދައްކައި ނިމިގެން ރަށަށް އައިސް ހަސަންގެ މަތިން ހަނދާން ހުންނަ ހެނެއް ހިއެއްނުވެއެވެ. ސައުވިސްގަޑިއިރު އޮންނަނީ އަހުމަދަށް ގުޅައިގެންނެވެ. އަހުމަދު ވީ އޭނާގެ ރަށުގައެވެ. މަހަށްވެސް އޭނާ ދެއެވެ. އެއީ ނަމެއްގައެވެ. އަދި ޒީނާ އަށް މިހާރު އަޑު އިވިފައިވާ ގޮތުންނަމަ އަހުމަދު މަސްތުވާތަކެތިވެސް ބޭނުންކުރެއެވެ.ނަމަވެސް ޒީނާ އަހުމަދު ގާތު އެހުމުން ބުނަނީ ދޮގެއްކަމުގައެވެ. ޒީނާއަށްވެސް އަހުމަދާއި މެދު ގިނަ ދުވަސްވާވަރަކަށް ދަނީ ޝައްކުވަމުންނެވެ. ނަމަވެސް ވާލޮތްބެއްގެ ބޮޑުކަމުން އަޅާނުލަނީއެވެ. އަހުމަދުގެ މަންމައާއިވެސް  ޒީނާ މިހާރު ވާހަކަ ދައްކައެވެ. އެމީހުން ޒީނާއަށް ތަފާތު ހަދިޔާތައް ފޮނުވައެވެ. ޒީނާ އަހުމަދުގެ މަންމައަށް މުހާތަބުކުރަނީވެސް “މަންމަ”އެވެ ކިޔައިފައެވެ.

މަހެއްހައި ދުވަސްފަހެވެ. ޒީނާ ވަރަށް އުފަލުން ގޮސް އޭނާގެ މަންމަ ގާތު އޭނާ ބަނޑުބޮޑު ވާހަކަ ބުންޏެވެ. ހަސަން ގާތުގައިވެސް ބުންޏެވެ. ވަގުތުން ހަސަން ބޭނުންވީ އަންނާށެވެ. ނަމަވެސް ޒީނާ އެކަމަށް ދެކޮޅުހެދިއެވެ. އެދުވަސްކޮޅު އަހުމަދުވެސް އުޅެނީ ޒީނާގާތަށް އައިސްކަމުގައިވާތީއެވެ. ޒީނާދެކޮޅުހެދިނަމަވެސް ހަސަން އައެވެ.ޒީނާ ހުރީ ވަރަށް ރުޅިއައިސްފައެވެ. އަހުމަދު ފޮނުވައިލަން ޖެހޭތީއެވެ. ފަހަކަށް އައިސް ޒީނާއަށް ފޯނުނުނެގިއްޖެނަމަ އަހުމަދު ވަރަށް ރުޅިއާދެއެވެ. ދެން އަދި ހަސަން އައުމުން އަހުމަދަށް ގުޅޭވަރު މަދުވާނެއެވެ. ނަމަވެސް އަހުމަދާއި ވާހަކަދެއްކުމަށްފަހު އަހުމަދު ރުޅިނާންނަވަރަށް ވާހަކަދައްކައި ޒީނާބުނީ އޭނާ ކިހާރު ބަނޑުބޮޑު ވީމައި ހަސަން އާއި އަނެއްހެން އެއްވެސް ގުޅުމެއް ނުބާއްވާނަށް ކަމުގައެވެ. އެހެންކަމުން އަހުމަދު ކުޑަކޮށް ހަމަޔަކަށް އެޅުނެވެ. ނަމަވެސް އަހުމަދު ބުނީ ހަފްތާއެއްގެތެރޭގައި ހަސަން މާލެފޮނުވަންވާނެކަމަށެވެ. ޒީނާއަކީ އަހުމަދުގެ މީހެއްކަމުގައެވެ. އެހެންކަމުން ޒީނާ ހަސަން ގާތުގައި ބުނީ ޒީނާ ވިހަންވާއިރަށް ޗުއްޓީ ބޭއްވުމަށްޓަކައި ހަފްތާއެއްވަރު ކޮށްލާފައި މާލެދިއުމަށެވެ.އެހެންކަމުން ހަސަން ވަރަށް އަވަހަށް މާލެދިޔައެވެ. ޒީނާ ބުނާވަރަށް ލާރިވެސް ފޮނުވައެވެ. ނަމަވެސް ޒީނާ ހަސަންއާއި ވާހަކަދައްކަނީ ވަރަށް ކުޑަކޮށެވެ. ގިނަފަހަރަށް ފޯނަށް ޖަވާބެއްވެސް ނުދެއެވެ.

ޒީނާ ބަނޑުބޮޑުވިފަހުން އަހުމަދު މުޅިންވެސް އައިސް އުޅެނީ ޒީނާކައިރީގައެވެ. ހީވަނީ ޒީނާ އެއި އޭނާގެ އަންހެނުންހެނެވެ.އެކަމަކު ހުރިހާ ހަރަދެއް ބަލަހައްޓަންޖެހެނީ ހަސަނަށެވެ. ޒީނާއާއި ދެކުދިންގެ އިތުރުން އަހުމަދުގެ ކެއުމާއި ސިގެރޭޓްވެސް ގަންނަނީހަމަ ހަސަން ފޮނުވާރުފިޔާއިންނެވެ. އަހުމަދުގެ ރައްޓެހިން އެރަށުގައިވެސް ތިބެއެވެ. އެމީހުނާއި އެއްކޮށް ބައެއްފަހަރު އަހުމަދު ދެއެވެ. ޒީނާ އަށް އެގޮތް ކަމަކުނުދެއެވެ.އެއީ މަސްތުވާތަކެތި ބޭނުންކުރާ ބައެއް ކަމުގައިވާތީއެވެ. ނަމަވެސް ވާލޯބީގެ ސަބަބުން އެއްޗެއް ނުބުނެއެވެ. މިގޮތަށް އުޅެމުންދަނިކޮށް ޒީނާގެ ބަނޑަށް ނުވަމަސް ފުރިވިހައިފިއެވެ. ބައެއްމީހުން ޒީނާ ވިހެއީ މާއަވަހަށް ކަމަށް ބުނެއެވެ. ނަމަވެސް  ޒީނާ އެކަމަކާއި އެއްޗެއްނުބުނެއެވެ. އޭނާ ވިހެއީ  ލޯބިލޯބި ފިރިހެން ކުއްޖެކެވެ. ނަމަކަށް ކިއީ ޒަހުދު އެވެ. ހަސަންވެސް ޗުއްޓީނަގައިގެން އައެވެ.އެހެންކަމުން އަހުމަދު ބަދަލުވީ އޭނާގެ ރައްޓެއްސެއްގެ ގެއަށެވެ. ނަމަވެސް ޒީނާގެ ރައްޓެހިންނާއި އެކު ޒީނާގާތަށް އައިސް އުޅެއެވެ.މިހެން އުޅުމުގެ ތެރޭގައި ހަސަންއާއިވެސް ދިމާވެއެވެ. ޒީނާގެ ރައްޓެއްސެއްގެ ގޮތުގައެވެ.

30 ދުވަހުގެ ޗުއްޓީއަކަށްފަހު ހަސަން ފުރަތަމަދިޔައީ ކުޑަ އަންހެން ދަރިފުޅު ރީމާ ގޮވައިގެން އައްޑު އަށެވެ. ހަސަންގެ އެއްބަނޑު އެއްބަފާ ދައްތައެއް ކަމުގައިވާ ޒާހިރާގެ ކައިވެންޏަށް ދިހައަހަރު  ވެފައިވާއިރުވެސް އެމީހުނަށް ދަރިއަކު ނުލިބެއެވެ. އެހެންކަމުން ޒީނާ ވިހައިގެން މާގިނަދުވަހެއް ނުވާތީ ހަސަންގެވެސް އެދުމާއިއެކު ޒާހިރާ ހިތުންރުހުމުން ރީމާ ބަލައިދޭން އެއްބަސްވީއެވެ. ކުޑަކުޑަރީމާއަކީ ވަރަށް މަޑުމަޑުން ހުންނަ ބަސްއަހާ ކުއްޖެކެވެ.އެއަށްފަހު ހަސަން ދިޔައީ ރިސޯޓަށެވެ.

ހަސަން ފުރިދުވަހު އަހުމަދު ޒީނާމެންގެއަށް އަނބުރާ ގޮސްފިއެވެ. ޒީނާއާއި ޒީނާގެ ކުޑަދަރިފުޅުދެކެ އަހުމަދު އިންތިހާއަށް ލޯބިވެއެވެ.ނަމެވެސް ހިތާމައަކީ ޒީނާގެ ދޮށީ ދަރިފުޅު ރީހާއަށް މިކަންކަމުން ކުރާނެއަސަރު ޒީނާއަށް ނުވިސްނޭތީއެވެ.

ޒީނާގެ މެންގޭ ގިނަމީހުން އުޅެނީ ރާއްޖެތެރޭ އެކިރަށްރަށުގައެވެ. އަދި މާލޭގައެވެ. ކައިވެނިކޮށްގެން  އެމީހުންގެ އަނބިން ނުވަތަ ފިރިންގެ ރަށްރަށުގައެވެ. ޒީނާމެންގެ މުސްކުޅިގޭގައި އުޅެނީ ދޮންބެ ޒާންއާއި އޭނަގެ އަންހެނުންގެ އިތުރުން ތިންކުދިންނެވެ. ޒީނާގެ މަންމަވެސް އުޅެނީ އެގޭގައެވެ. ދެން ރަށުގައި އުޅެނީ ދައްތަ ފާތުމާއެވެ. އޭނާ އުޅެނީ ފިރިމީހާގެ ގޯތީގައެވެ. އެމީހުންގެ ހަތަރު ދަރިން ކިޔަވަން އުޅެނީ މާލޭގައެވެ. ރަށުގައި އުޅޭ ތިންބެއިންގެވެސް ގުޅުން މާކަ ރަނގަޅެއް ނޫނެވެ. ކަމެއް ޖެހުނީމަ ނޫނީ އަނެކާގެ ގެއަށްވަދެނުލައެވެ. ޒުލްފާއަކީ އެމީހުންގޭގައި ހުންނަ އެންމެ ބޮޑު އަންހެން މީހާއެވެ. އޭނާ އުޅެނީ މާލޭގައެވެ. ކުދިންނަށް ކިޔަވައިދޭން ގޮސްއެވެ. އޭނާރަށުގައި ހުރިއްޔާ ހުރިހާ ގެއަކަށްވެސް ދާނެއެވެ. އެހެންކަމުން އޭނާ އަންނަކަން ޒީނާއަށް އެނގުމުން އަވަސްއަވަހަށް އަހުމަދު ގާތުއެދުނީ އަހުމަދުގެ ރަށަށް ދިއުމަށެވެ. އަދި މަސައްކަތްކޮށްގެން އޭނާވެސް ރުފިޔާ ހޯދުމަށެވެ. އެއީ ގެ ހެދުމުގެވެސް ބޭނުމުގައެވެ.

ޒުލްފާ ރަށަށް އައިސް ހުރީއާދައިގެ މަތިން އެމީހުންގެ  މުސްކުޅިގޭގައެވެ. އެއްދުވަހެއްގެ ހެނދުނެވެ. ޒުލްފާ ޒީނާމެންގެއަށް އައީ އޭނަގެ ހަގު ދަރިފުޅުވެސް ގޮވައިގެނެވެ. ޒުލްފާއަށް ފާހަގަ ކުރެވުނީ ރީހާ އޭނާގެ ފައިތިލަ ނުދައްކަން ވަރަށް މަސައްކަތް ކުރާތަނެވެ. އެހެންކަމުން ޒުލްފާ މަޑުކޮށްގެން ހުރީ ރީހާ އެގޮތަށް ފައިތިލަ ފޮރުވަން މަސައްކަތްކުރަނީ ކީއްވެތޯ ބެލުމަށެވެ.

102

2 Comments

  1. LAZY_QUEENY

    April 18, 2020 at 12:33 pm

    Vvvv reethi mi part vx… Whn is next part… Curiously waiting for next part…., N Me first tha….. 💖💖💖💖💖

    • Hamoo✍

      April 19, 2020 at 7:20 pm

      thank you.. in shaa allah next part soon

Comments are closed.