ރޭގައިވަހުނު ވާރޭގެ އަސަރު އަދިވެސް ފެންނަން އެބަހުއްޓެވެ. މުޅި ފަޒާގައި ހިފާފައިވާ ތެތްފިނިކަމުގެ އަސަރު އަދިވެސް ފިލައިގެން ނުދެއެވެ. ގިނަ ދުވަސްތަކެއްވަންދެން ވާރޭ ނުވެހި އޮތުމަށްފަހު ވާރޭ ވެހުމުން ގަސްތަކަށް ވަނީ އިތުރު ފުރިހަމަކަމަކާއި ދިރުމެއް ގެނެސްދީފައެވެ. އަދިވެސް ގަސްތަކުގެ ފަތްތަކުގައި ފެންތިކި ހަރުލާފައި އެބަހުއްޓެވެ. ގޭގެ ބޭރުގައި ހުރި ޖޯލިފަތީގައި އޮށޯވެލައިގެން އޮތް އަންހެން ކުއްޖާއަށް ގިނަ ބައެއްގެ ނަޒަރު އަމާޒުވެފައިވެއެވެ. ކަޅުކުލައިގެ އަތްދިގު ޓީޝާޓަކާއި ކަޅު ޖިންސެއް ލައިގެން އޮތްއިރު ޓީޝާޓު ގަޔަށް ހިފާލާފައި […]
“ލައްބަ އަފްލާކް ސަރ.. އެކަމަކު ސަރ ނަގާނީ ކަމަށް އެންމެ ޤާބިލް ކުއްޖާއެއް ނޫންތޯ؟ ވީއިރު އެހާ ރަނގަޅަށް ނުކިޔާދިނަސް އަޅުގަނޑަށް ހީވަނީ އެނގޭނެހެން.. އެކަމަކުވެސް އަޅުގަނޑު އެހުރިހާ ކަމެއް ކިޔައިދޭނަން..” އާތިކާ ހިނިތުންވެލަމުން އެހެން ބުނެލުމުން އަފްލާކް ޖަހާލީ ލުއި ހިނިގަނޑެކެވެ. އެގާރަޖަހަން ފަސް މިނެޓަށްވުމުން ދެމީހުން ގޮސް މީޓިން ހޯލަށްވަނެވެ. ގަޑިޖެހިގެން ދިޔުމަކީ އަފްލާކް ރުހޭނެކަމެއް ނޫންކަން އެހޯލަށް ބަލައިލުމުން އެނގޭހާވެއެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ. ގަޑިޖެހެން ފަސްމިނެޓު ހުއްޓާ ހުރިހާ ސްޓާފުން އެތިބީ […]
އަލާންއާއި އެކީ ސޯފާގައި ސަކަރާތްޖަހަން އިން ޔަނާލް ސިހުނީ މީހަކު ބެލް އަޅާލުމުންނެވެ. އޭނާ އަލާންއަށް ބަލައިލުމުން އަލާން އަވަހަށް ސޯފާގައި އޮށޯވެލިއެވެ. ނުދާންވެގެން ބަހަނާ ދައްކަނީއެވެ. ޔަނާލް ހެމުން ގޮސް ދޮރުހުޅުވާލުމަށްފަހު ކުރިމަތީގައި ހުރި މީހާއަށް ބަލައިލުމާއެކު ސިހުންވަރުން ނުވެއްޓުނީވެސް ކިރިޔާއެވެ. އިސާހިތަކު ދެލޮލަށް ކަރުނަތައް ޖަމާވިއެވެ. “އަފްލާކް..” ޔަނާލްގެ ދުލުން އެނަން ބޭރުވީ ގައިގައި ހުރިއްޔާ ހުރިވަރެއް ލައިގެންނޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އަފްލާކްވެސް ހުރީ އެފަދަ ހާލެއްގައެވެ. ދެއަހަރު ފަހުން ޔަނާލްއާއި ބައްދަލުވުމުން އެހިތުގައި […]
ފަތިހުގެ ހިތްގައިމު ވަގުތު ޖޮގިންއަށް ގޮސް އުޅުނު ގިނަ މީހުންގެ ނަޒަރު ހުއްޓުނީ ދުވަމުންދިޔަ އަންހެން ކުއްޖާއަށެވެ. ހިމަތޮޅި ހަށިގަނޑެއްގެ ވެރި އެ އަންހެން ކުއްޖާ ލައިގެން ހުރި މަޑުފެހި ޓީޝާޓުވަނީ އެހިމަ އުނަގަނޑަށް ހިފާލާފައެވެ. ތިރިން ލައިގެން ހުރި ކަޅުކުލައިގެ ޖީންސާއި ކަޅާއި ހުދު ޓެނިސް އެކުއްޖާއާއި ނުހަނު ގުޅެއެވެ. ބްރައުންކުލައިގެ ފަން އިސްތަށިގަނޑު އައްސާލާފައިވާއިރު ބޮލުގައި ކަޅުކުލައިގެ ހިމަ ބޭންޑެއް އަޅާލާފައިވެއެވެ. ކަންފަތަށް ޖަހާލާފައިވާ ކަޅުކުލައިގެ ހެޑްސެޓުން އަޑުއަހަނީ ލަވަ ކަންނޭނގެއެވެ. ދޭތެރެއަކުން ތުންފަތް […]
“މްމްމް.. މަންމަ ރަނގަޅު.. ބައްޕަވެސް ރަނގަޅު…” އެޒުވާނާ ވާހަކަދެއްކި އަޑަށް އަލާޔާ ސިހުނެވެ. ފާޑަކަށް އެއްލިގެން ދިޔައީއެވެ. އޭނާއަށް ސޯފާއިން ކޮޅަށް ތެދުވެވުނު ގޮތެއްވެސް ނޭނގުނެވެ. އޭރު ދެލޯ ހުރީ މުދުނަށް އަރާފައެވެ. އެތަން ފެނި އަފްލާކް ހިންދިރުވާލިއެވެ. މަންމަމެން ކުރިމަތީގައި އަލާޔާ އެއްޗެކޭ ބުނެފިއްޔާ ސުވާލުތަކުގެ ބޮޑު ކުންފުންޏެއް ހަދާވަރަށް ސުވާލުކުރާނެއެވެ. އަލާޔާ އެއްޗެކޭ ނުބުނޭތޯ ދުޢާ ކޮށްލަކޮށްލާ އިން އަފްލާކް ސިހުނީ އަލާޔާ ބާރަކަށް އެއްޗެކޭ ބުނެލުމުންނެވެ. ބޮޑަށް ހީވީ ހަޅޭއްލަވައިގަންހެންނެވެ. “ކަލޭ…..” […]
އުޑުމައްޗަށް ވެރިވެގެން އިން ހަނދުގެ އަލިކަން ފަނޑުވެ މުޅި އުޑުމަތި ކަޅުވިލާތަކުން ބަނަކޮށްލައިފިއެވެ. މުޅި ދުނިޔެއަށް ކަޅުފޮއިކަންވެރިވެ ވައިރޯޅި ބާރުވެއްޖެއެވެ. ހަނދުނެތުމުގެ ފަޅުކަން މުޅި ދުނިޔެއަށްވެސްކޮށްފައިވާ ކަހަލައެވެ. ތަރިތަށް ކިތަންމެ ގިނަ ކަމުގައިވިޔަސް މުޅި ދުނިޔެ އިން ހަނދުގެ ފަޅުކަން ފިލުވާލާނެހާ އަލިކަމެއް އެ ކުޑަކުޑަ ތަރިތަކަށް ލިބިފައެއްނެތެވެ. ބެލްކަނީގެ ރެއިލިންގައި އަތްއަޅުވާލައިގެން ހުރި ހިމަތޮޅި އަންހެން ކުއްޖާ ހުރީ ކުރިމަތީގައި ހުރި އިމާރާތްތަކަށް ނަޒަރު ހުއްޓާލައިގެންނެވެ. ކަޅުކުލައިގެ ޓީޝާޓަކާއި ގަދަ ފިޔާތޮށި ކުލައިގެ ޖިންސެއް ލައިގެން […]
އުމުރުން ނަވާރަ އަހަރުގައިވެސް އަލާޔާ އަކީ ހިތްގައިމު ރީތި ކުއްޖެކެވެ. ކަޅުކަންގަދަ ރާޅުބާނި އިސްތަށިގަނޑާއި އަޅިކުލައިގެ ދެލޮލުގެ ސަބަބުން އޭނާ ވެގެންދަނީ އެތައް ފިރިހެން ކުދިންނެއްގެ ހިތުގެ ރާނީއަށެވެ. ނަމަވެސް އަލާޔާއަށް ލޯބިވެވެނީ އެހެން ފިރިހެން ކުއްޖެއްދެކެއެވެ. އެކުއްޖާ ހޯދުމަށް އަލާޔާއަށް އެތައް މަސައްކަތެއް ކުރަން ޖެހެއެވެ. އެތައް ކަމަކާއި ކުރިމަތިލާން ޖެހެއެވެ. އެލޯބި ހޯދަން އުޅުމުގެ ތެރޭގައި އާއިލީ އެތައް ސިއްރުތައް ފާޅުވެގެންދެއެވެ. އޭނާއަށް އިނގިގެންދަނީ ކޮން ކަންތައްތަކެއް ހެއްޔެވެ؟ އެހުރިހާ ކަމަކާއި އަލާޔާއަށް ކުރިމަތިލެވޭނެ […]
އިރުގެ ދޯދިތަކުން ދުނިޔެމަތި ވަނީ ދޮންކޮއްލާފައެވެ. ރޭގައި ކުރިގަދަ ވިއްސާރައިގެ ސަބަބުން ބިންގަނޑު ތެމިލާ ގަސްތަކުގެ ފަތްތަކުގައި ފެންތިކިތަށް ހަރުލާފައިވިއަސް އުޑުމައްޗަށް ބަލާލާފައި ވިއްސާރަވިއެކޭ ބުނާކަށް ނޭގޭނެއެވެ. އެހެނީ އުޑުމަތި ދައްކަނީ އެހާވެސް ސާފު ރީތިކޮށެވެ. އަތިރިމަތީގެ ހިތްގައިމު ދޮންވެލިގަނޑުގައި އިށީނދެގެން އިން ހިމަތޮޅި އަންހެން ކުއްޖާގެ ނަޒަރު އަމާޒުވެފައިވަނީ ކުރިމަތިން ފެންނަން އޮތް ހާމަ ކަނޑަށެވެ. ކަކުލާ ހަމައަށް އަރާ ކަޅު ހެދުމެއް ލައިގެން އިންއިރު ތިރިން ލާފައިވަނީ ކަޅުކުލައިގެ ޖިންސެކެވެ. ތުންފަތުގައި ޖައްސާފައިވާ މަޑު […]