“ތި ލިއަމްއަކާއި މިކަމާއި އޮތީ ކޮން ގުޅުމެއް؟..” އަފްލާކް އިރުކޮޅަކު ބަލަހައްޓައިގެން ހުރެފައި އަހާލިއެވެ. ޔަނާލްއަށް ދޫކޮށްލެވުނީ ފުން ނޭވާއެކެވެ. އޭނާގެ ލޮލަށް ބޮނޑިވަމުންދިޔަ ކަރުނަ ތިކިތައް ވަންހަނާކުރަން ޔަނާލް އިސްޖަހާލިއެވެ. “ހީ ހާޓް މީ…” ޔަނާލް ބުނެލީ އިސްޖަހާލައިގެން ހުރެއެވެ. އަފްލާކްއަށް ހުރެވުނީ ބަލަހައްޓައިގެންނެވެ. ޔަނާލްގެ އަޑު ތުރުތުރު އަޅައިގެން ދިޔައިރު އެއީ ބުނަން ފަސޭހަ ވާހަކައެއް ނޫންހެން ހީވިއެވެ. ޔަނާލްގެ ގާތަށް ދާން އެއް ފިޔަވަޅު ކުރިއަށް އެޅި އަފްލާކްއަށް މަޑުޖެހެވުނީ ޔަނާލް ދެން […]
އަފްލާކްއަށް އޭނާގެ ޙިޔާލުތަކުން ނުކުމެވުނީ މީހަކު ދޮރުގައި ވަރަށް ބާރަށް ތަޅައިގަތުމުންނެވެ. ސިހިފައި ތެދުވެވުނުއިރު އޭނާއަށް ހުރެވުނީ ދެލޯވެސް ބޮޑުކޮށްލައިގެންނެވެ. އެނދުމަތީގައި އޮތް ގަޑި ބަލައިލުމާއެކު އެދެލޯ ހީވީ އިހުނަށްވުރެވެސް ބޮޑުވިހެންނެވެ. “ނުވައެއް ޖަހަނީ.. އޯ ގޯޑް..” އަފްލާކްގެ ދުލުން ނިކުތީ ހަމައެކަނި މިހެންނެވެ. އޭނާ ފާހަނާއަށްވަދެ ފެންވަރާލައިގެން ނުކުމެ ނަމާދުކޮށްލިއެވެ. “ތިއްތީ.. މަންމަ ބުނީ އަވަހަށް އަންނާށޯ.. ތިއްތި މިހާރު ކޮން އިރެއްތަ ކޮޓަރީގަ އޮންނަތާ.. އާރ ޔޫ އޯކޭ؟..” އެނދުމަތީގައި އޮތް ފޯނު […]
ޔަނާލް ދެކޮޅު ހޯދާލަމުން ތިރީގައި މަގު ފާހަގަކުރަން އަޅާފައިވާ ރަތްކުލައިގެ ފިނިފެންމަލުގެ ފިޔަތަކުގެ މަތިން ހިނގާލާފައި ގޮސް ރެއިލިންގެ ކައިރީގައި ހުއްޓުނެވެ. ދެއަތް މެއާލައި ބޮނޑިކޮށްލައިގެން ހުރިއިރު މޫނުމަތީގައި އުފާވެރިކަމެއް ނުވެއެވެ. އެހެން ހުއްޓާ ފަހަތުން އިވުނު އަޑާއެކު ޔަނާލްއަށް އެނބުރި ބަލައިލެވުނެވެ. ކުރިމަތީގައި އެއްފައި މައްޗަށް ތިރިވެ އިން އަފްލާކް ފެނުމުން އެތުންފަތުގައި ރަކި ހިނިތުންވުމެއް ދުވެލިއެވެ. ހިނިތުންވެލައިގެން ރަތްކުލައިގެ ފިނިފެންމާ ބޮނޑިއެއް ހިފަހައްޓައިގެން އިން އަފްލާކްގެ ނަޒަރުވަނީ ހަމައެކަނި އޭނާގެ މޫނަށްކަން އެނގުމުން އެހިތް […]
މެންދުރުގެ އެންމެ އަވިބާރު ވަގުތެވެ. އިރުގެ ގަދަހޫނުން ހަށިތަކަށް ވަރުބަލިކަން ގެނުވަމުންދިޔައެވެ. ކޮލެޖުގެ ދެކުނު ފަރާތުގައި ހަދާފައިވާ ކުޑަ ބަގީޗާގެ ބެންޗެއްގައި އަފްލާކް އަދި ޔަނާލް އިށީނދެގެން ތިއްބެވެ. އަމިއްލަ ވާހަކައިގައި ތިބި ވަރުން ދެމީހުންނަށް ވެސް ހުއްޓެމުންދިޔަ ލޯތަކެއް ނުފެނެއެވެ. އެއަށްވުރެ ވާހަކަ މާ ބޮޑަށްވެސް ފޯރިގަދައީ ކަންނޭނގެއެވެ. ޔަނާލް ސިހުނީ އޭނާ ފޯނު ރިންގުވުމުންނެވެ. އޭނާ ފޯނުނަގައި ބަލައިލަމުން ހިނިތުންވެލިތަން ފެނި އަފްލާކްގެ ހިތުގައި ޝައްކެއް ހިނގާލިއެވެ. އެވަގުތު ޔަނާލް ފޯނު ނަގަމުން ބޭބެއޭ […]
“މަންމާ.. ކިހިނެއްތަ އަޅުގަނޑު އަފްލާކް ގާތު ހުރިހާ ވާހަކައެއް ކިޔާދޭނީ؟ އަފްލާކް ގަބޫލުކުރާނެކަމެއް ވެސް ނޭނގެއެއްނު.. މަންމާ، އަޅުގަނޑަކަށް ނުކެރޭނެ ބުނާކަށް… ސަމީމައްތަމެން އެއްބަސްވިޔަސް އަފްލާކްއަށް ހަގީގަތް އެނގޭ ދުވަހުން އަޅުގަނޑު ބާކީ ކުރާނީ… މަންމަ ޕްލީޒް އަޅުގަނޑަށް ހަގީގަތް ކިޔާދޭން މަޖުބޫރުނުކުރޭ.. އަޅުގަނޑަށް އަފްލާކް ގާތު ހުރިހާ ވާހަކައެއް ބުނުމުގެ ހިތްވަރެއް ނުލިބޭނެ…” ޔަނާލް ރަޒީނާގެ އަތުގައި މަޑުމަޑުން ހިފާލިއެވެ. ދެލޮލުގައި ވިދަމުންދިޔަ މުތީތަކެއް ފަދަ ކުދި ކަރުނަތިކިތައް ފެނިފައިވެސް ރަޒީނާގެ ހިތަށް ތަދުވެލިއެވެ. އޭނާވެސް […]
“ކޮބާތަ ޔަނާލް… ނާދޭތަ؟..” އެތެރެއަށް ވަތް ސަމީމާގެ ދުލުން ޔަނާލްގެ ނަން އަޑުއިވިފައި ސޯފާގައި ތިބި ތިންމީހުން ފުންމައިގެން ތެދުވިއެވެ. އަފްލާކްއަށް ވަދެގެން އައި އާއިލާ ފެނުމުން ހިންދިރުވާލަން ވެސް އުނދަގޫވެއްޖެއެވެ. ފުން ނޭވާއަކާއެކު ޒާލިކްއަށް ބަލައިލިއިރު އަލާޔާ އަދި ޒާލިކްގެ ނަޒަރުވެސް ވަނީ އޭނާއަށް ހުއްޓިފައެވެ. “ނޫނޭ އެބައާދޭ.. މިތަނުން އެކުވެރިއެއް ފެނިގެން މަޑު..” “އަހާނ އެއޮއް އައީނު..” ރަޒީނާގެ ޖުމުލަ ފުރިހަމަ ނުވަނީސް ޔަލްވީ ވާހަކަދެއްކި އަޑަށް އެންމެންނަށް ދޮރާއި ދިމާލަށް ބަލައިލެވުނެވެ. އެވަގުތު […]
އޮފީހަށް ވަދެގެން އައި އަފްލާކް ފެނުމުން އޮފީހުގެ މާޙައުލު މުޅިން ހިމޭންވިއެވެ. އެމީހަކު އެމީހެއްގެ ޕާޓިޝަން ކައިރިއަށް ގޮސް މަސައްކަތް ފެށިއެވެ. އޭ.އެސް ކޮމްޕެނީއަކީ މުޅި ރާއްޖޭގައި ވެސް ނަން ވިދާލެވޭފަދަ ކޮމްޕެނީއެކެވެ. އަފްލާކް އަމިއްލައަށް ހިންގަން ފެށި މި ކޮމްޕެނީއަށް ގިނަބައެއްގެ ލޯތްބާއި ސަޕޯޓު ލިބިގެންދިޔައީ އޭނާ ހީކުރި ވަރަށްވުރެ ވެސް އަވަހަށެވެ. އެކަމާ އޭނާ ނުހަނު ބޮޑަށް ހިތްހަމަޖެހެއެވެ. އެތަނުގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ މިންނެތް މަސައްކަތުން އެ ކޮންޕެނީއަށް މިއަދު އެވަނީ ގިނަ […]
“އޭ މަޑުކޮށްބަލަ އަދި.. ޒައްލެ ދެންމެ ތިބުނީނު މިހާރު މަށަށް ފަންސަވީސް އަހަރު ވެއްޖެޔޭ.. ކައިވެނި ކުރާ އުމުރަށް އަޅައިފިޔޭ.. ހަނދާން ނައްތާ ނުލައްޗޭ ޒައްލެއަށް ވެސް ދުވަސްކޮޅަކުން ފަންސަވީސް އަހަރު ވާނެކަން.. އެދުވަހަކުވެސް މަވެސް ޒައްލެ ގާތު ކައިވެނީގެ ވާހަކަ ދައްކާނަން… ހޫމް ދެން ބުނެބަލަ.. ކުއްޖަކު އެބަހުރިތަ ސެޓްކޮށްފަ؟..” އަފްލާކް ލާނެތް ރާގެއްގައި އެހެން އަހާލުމާއެކު ޒާލިކް ސިހުނެވެ. އޭނާއަށް ދެލޯ ބޮޑުކޮށްފައި އަފްލާކްއާއި ދިމާލަށް ބަލަން އިނދެވުނެވެ. ކޮޓަރިން ނުކުމެގެން އައިސް އެހިސާބަށް […]
“އެލެން ޕްލީޒް.. މިބުނީނު އެ ފޮނި ހުސޭނު ދެކެ ދުވަހަކުވެސް ލޯބި ނުވެވޭނޭ.. ހީ އިޒް މޭޑް.. އިޑިއަޓް.. އެރޮގެންޓް އެންޑް ރޫޑް… އައި ޑޯންޓް ލައިކް ހިމް އެޓް އޯލް.. ހީ އިޒް ޖަސްޓް….” އަލާޔާ ބުމަ ގޮށް ޖަހާލައިގެން ހުރެ ވާހަކަދައްކަމުން އެނބުރުނު ވަގުތު ގާތުގައި ޖައްސާފައި ހުރި ޒާލިކް ފެނުމުން ސިހުނެވެ. ދެވަނަ ސިކުންތުގައި ހިންދިރުވާލެވުނީ ދެއްކި ހުރިހާ ވާހަކައެއް ޒާލިކްއަށް އަޑުއިވުނުކަން އެނގުމުންނެވެ. “ހޫމް ހޫމް.. ހާދަ ލޯބިވޭ ދޯ […]