ފަތިހުގެ ހިތްގައިމު ވަގުތު ޖޮގިންއަށް ގޮސް އުޅުނު ގިނަ މީހުންގެ ނަޒަރު ހުއްޓުނީ ދުވަމުންދިޔަ އަންހެން ކުއްޖާއަށެވެ. ހިމަތޮޅި ހަށިގަނޑެއްގެ ވެރި އެ އަންހެން ކުއްޖާ ލައިގެން ހުރި މަޑުފެހި ޓީޝާޓުވަނީ އެހިމަ އުނަގަނޑަށް ހިފާލާފައެވެ. ތިރިން ލައިގެން ހުރި ކަޅުކުލައިގެ ޖީންސާއި ކަޅާއި ހުދު ޓެނިސް އެކުއްޖާއާއި ނުހަނު ގުޅެއެވެ. ބްރައުންކުލައިގެ ފަން އިސްތަށިގަނޑު އައްސާލާފައިވާއިރު ބޮލުގައި ކަޅުކުލައިގެ ހިމަ ބޭންޑެއް އަޅާލާފައިވެއެވެ. ކަންފަތަށް ޖަހާލާފައިވާ ކަޅުކުލައިގެ ހެޑްސެޓުން އަޑުއަހަނީ ލަވަ ކަންނޭނގެއެވެ. ދޭތެރެއަކުން ތުންފަތް ތަޅުވާލާތަން ފެނެއެވެ.

“ޔަންނު. އޭ ޔަންނު މަޑުކޮށްބަލަ…” ފަހަތުން ދުވަމުން އައި ފިރިހެން ކުއްޖާ އައިސް ޔަނާލްއާއި އެއްވަރުކޮށްލަމުން ކަންފަތަށް ޖަހާފައިވާ ހެޑްސެޓު ދަމައިގަތެވެ. އެވަގުތު ޔަނާލް ކުޑަކޮށް ހައިރާންވެލާފައި އެނބުރި ބަލައިލުމާއެކު އޭނާގެ ދެލޯ ބޮޑުވިއެވެ.

“އެލެން؟..” ޔަނާލްގެ ދުލުން އެންމެ ފަހުން ބޭރުވިއެވެ. ދެލޯ ބޮޑުކޮށްފައި ބަލަހައްޓައިގެން ހުރި ގޮތުން އެޒުވާނާ ހިނިއައެވެ. “ޔެސް ޔެސް މައި ޑާލިން. ދިސް އިޒް އެލެން.. އޫޕްސް ސޮރީ އަލާން.. އަޙްމަދު އަލާން..” އަލާން ޔަނާލްގެ ބޮލުގައި ޖަހާލަމުން ބުނެލިއެވެ. އިރުކޮޅަކު އެހެން ހުރެލުމަށްފަހު ޔަނާލް މަޑުމަޑުން ހަޅޭއްލަވައިގަންނަމުން އަލާންގެ ގައިގައި އޮޅުލައިގަތެވެ. އޭރު މަގުމަތީގައި ތިބި ހުރިހާ އެންމެންގެ ނަޒަރު އެދިމާލަށް ހުއްޓިއްޖެއެވެ. ކަޅުކުލައިގެ ޓީޝާޓަކާއި މަޑުބްރައުން ޖިންސް ސޯޓެއްގައި ހުރި އަލާންގެ ކަޅުކުލައިގެ ކަންފަތާއި ހަމައަށް އަރާ އިސްތަށިގަނޑު ފެނިފައިވެސް އަންހެން ކުދިންތައް މޮޔަވާނެއެވެ. ދޮން ހަނގަނޑެއް ލިބިފައިވާއިރު ބަލައިލަން ނުހަނު ހިތްގައިމެވެ. ހީލާއިރު ދެކޯތާފަތަށް އެޅޭ އަޑިކޮޅާއި ކުޑަކޮށް ފަޅާފައިވާ ތުނބުޅިން އަލާންގެ ފިރިހެންވަންތަކަން އިތުރުކޮށްދެއެވެ. އަންހެން ކުދިންގެ ހިތްތައް ފިދާވާނެފަދަ ރީތިކަމެކެވެ.

“އޯ މައި ގޯޑް އެލެން.. ވަޓް އަ ސަޕްރައިޒް.. އަޅޭ އައި ގޮޓް ދި ޗާންސް ޓު މީޓް ޔޫ އާފްޓަރ ޓޫ އިޔާސް.. އައިމް ސޯ ސޯ ހެޕީ އެލެން.. މަންމައަށް އެނގޭތަ އަންނަކަން؟ ޔަގީން ސަޕްރައިޒެއް ދޯ ދޭން ތިއުޅެނީ.. ލެޓްސް ގޯ ހޯމް.. މަންމަގެ ރިއެކްޝަން ބަލައިލާހިތުންވެސް ކެތްމަދުވޭ އެބަ މިހާރު..” ޔަނާލް ދެލޯ ބޮޑުކޮށްލައިގެން ހުރެ އެހުރިހާ އެއްޗެއް ކީއިރުވެސް އަލާން ހުރީ ހިނިއައިސްފައެވެ. އަދިވެސް އޭނާގެ ޔަނާލް ބޮޑެއްނުވެއެވެ.

“ހޫމމ ސްވީޓީ.. މަންމަ ކައިރީ ނުބުނަން އަންނަ ވާހަކައެއް.. ބަޓް ޔުނާން އަށް އެނގޭނެ..” ޔަނާލްއާއި އެއްވަރަށް ހިނގަމުން އަލާން ބުނެލިއެވެ. ދެއަހަރު ފަހުން ބައްދަލުވުމުން ކަންނޭނގެއެވެ. ގެއާއި ހަމައަށް ދެވުނުއިރުވެސް ދެމީހުންގެ ވާހަކަ ހުސްނުވެއެވެ.

“ސަޕްރާއިޒް….” ގެއަށް ވަންނަމުން އަލާން ބާރަކަށް ހަޅޭއްލަވައިގަތް އަޑުއިވިފައި ރަޒީނާއާއި ޔަލްވީ ދެލޯ ބޮޑުކޮށްލަމުން ކޮޓަރިން ނުކުތެވެ. އެހެނަސް ދެވަނަ ސިކުންތުގައި އަލާން ފެނުމުން އުފަލުން އައިސް ބައްދައިގަތްއިރު ރަޒީނާގެ ލޮލުން ކަރުނަ ފާއްދާލިއެވެ. “މަންމަގެ ދަރިފުޅު.. އަންނަން އިނގިއްޖެތަ؟ މަންމަ ހީކުރީ މަންމަމެން މަތިން ހަނދާން ނެތުނީކަމަށް.. ޔަނާލް ވެސް އުޅޭނެ ދަރިފުޅު މަތިން ހަނދާންވާ ވަރުން..” ރަޒީނާ އަލާން ގެންގޮސް ސޯފާގައި ބައިންދަމުން ވާހަކަ ފެށިއެވެ. “ޕިސް ޕިސް.. ދެން ނޭނގެ އިރުއޮއްސެންވާއިރަށް ވާހަކަ ހުސްވާނެކަމެއްވެސް.. މަންމަގެ ރަން ދަރިއެއްނު އެ ވަޑައިގަތީ..” ޔަނާލް ތުންފިއްތައިގެން ހުރިއިރު ހިތަށް އަރާފައިބަމުން ދިޔަ އެއްޗެހިންވެސް ހިނިއައެވެ.

“ހޫމް ހޫމް މަންމާ.. ޔަންނު އަޅުގަނޑު މަތިން ހަނދާންވާނެކަން އިނގޭ މާ ކުރިންވެސް..” އަލާން ފޮނިކަނޑާލަމުން އެހެން ބުނެލުމުން ޔަލްވީ ތުންއަނބުރާލާފައި އަލާންގެ ގައިގައި ޖަހާލިއެވެ. “ދެން ހީވަނީ ދޮންތަ އެލެން މަތިން މިސްނުވާހެން..” ޔަލްވީ އެހެން ބުނެލުމުން އަލާން ހިނިގަނޑެއް ޖަހާލަމުން ޔަނާލްއަށް އެއްލޯ މަރާލިއެވެ.

ޒާލިކް ފަތިހު ތެދުވެގެން އައިސް ކާގެއަށް ވަންއިރު އަލާޔާ ކޮފީ މޭކަރު ކައިރީގައި ހުރިތަން ފެނި އަނގަޔަށް ފާޑެއްގެ ވައްތަރެއް ޖައްސާލިއެވެ. ފުރަތަމަވެސް މިދިމާވީ އެންމެ ދިމާނުވާން ބޭނުންވާ މީހާއާއިއެވެ. ޒާލިކް ދެފަރާތަށް ބޯހޫރާލަމުން އައިސް އަލާޔާގެ ފަހަތުގައި ހުއްޓިލިއެވެ. ފަހަތުގައި މީހަކު ހުރިހެން ހީވެ އަލާޔާ ފަހަތް ބަލައިލިއިރު ޒާލިކް ހުރިތަން ފެނި ސިހުނެވެ. ހަމައެކަނި ސޯޓެއްގައި ހުރިއިރު އެތަނަވަސް މޭމަތި ފެނިފައިވެސް އޭނާ ހޭނުނެތުނީ ކިރިޔާއެވެ. ކަޅުކުލައިގެ ފަން އިސްތަށިގަނޑު ހޭވިފައި އޮތްއިރު ބަލައިލަން ނުހަނު ހިތްގައިމެވެ. ދެންމެ ހޭލައިގެން އައިކަމުގެ ހެއްކެކެވެ.

“ކޮފީ؟” އަލާޔާ ހިނިތުންވެލަމުން އެހެން އަހާލުމުން ޒާލިކް އަލާޔާއަށް ބަލައިލިއެވެ. “އައި ކޭން މޭކް އޮން މައި އޯން..” ޒާލިކް ފާޑަކަށް ވައްތަރެއް ޖައްސާލަމުން ގޮސް ކޮފީ ގިރަން ފެށިއެވެ. އަލާޔާގެ ހިނިތުންވުން ފަނޑުވެގެން ގޮސް ރުޅިވެރިކަމަށް ބަދަލުވާން ނެގީ ސިކުންތެކެވެ. އަދި އޭނާގެ ގޭގައި ހުރެގެން އޭނާއަށް އެބަ އެޓިޓިއުޑް ދައްކައެއްނޫންހެއްޔެވެ؟ ފޮނި ހުސޭނު.. މޮޔަގަނޑު.. ފޫހި މީހާގަނޑު.. އަލާޔާގެ ހިތަށް އަރަމުން ދިޔައެވެ. އޭނާ ތުންފިއްތާލައިގެން ހުރެފައި ކޮފީ މަގު ހިފައިގެން ނުކުމެ ސޯފާގައި އިށީނެވެ. ހިތުން ކުދިކިޔަމުންނެވެ.

“އަދި ހީވަނީ މީނާއަކީ މާ މަތީ މީހެއް ކަމަށްތަ؟ އެ ފޮނި ހުސޭނުގެ ގެތަ މިއީ؟ އަދި ސައްވީސް ގަޑިއިރު ނުވޭ އައިތާ މިހާރު ފޮނިވާން ފެށީ.. އައި ކާންޓް ބިލީވް ދިސް.. ކިއުޓް، ހޭންޑްސަމް، ކައިންޑް، މުޙައްމަދު އަފްލާކް މިހާދު މިކަހަލަ އެކުވެރިއެއް ގެންގުޅޭތީވެސް ޙައިރާންވޭ.. ފާޑެއްގެ ފޫހި މީހެއް.. އަމިއްލަ ގެ ހެން ހީވަނީ..” އަލާޔާ ތުންފިއްތާލައިގެން އިނދެ ކުދިކިޔަމުންދިޔައިރު ފަހަތުގައި އަފްލާކް ހުރީ ހިނިގަނޑު ހިންދާލައިގެންނެވެ. ދެތުންފަތް ފިއްތާލައިގެން ހުރިއިރު އޭނާ ހުރީ ބަނޑަށް ހީހީ ވެސް ވަރުބަލިވެފައެވެ. އޭނާ ދަންނަ އަލާޔާއަކީ މިހާ ރުޅިގަދަ ކުއްޖެއްނޫނެވެ. ދުވަހަކުވެސް މީހަކާއި ދިމާލަށް ކުދިކީ މީހެއް ނޫނެވެ. “ވާއު ވަޓް އެން އިމްޕްރޫވްމެންޓް.. ޒައްލެ ޔޫ ގޮޓަ ހޭންޑަލް ދިސް އެނގަރ..” އަފްލާކް ހިތުން އެހެން ބުނެލިއިރު އޭނާ ހުރީ މިހާރުވެސް ދެމީހުންގެ ކޯޅުންގަނޑު ބަލައިލާ ހިތުން ކެތްމަދުވެފައެވެ. “މައި ސިސް އިޒް ގޮނަ ރޮކް..” އަފްލާކް މަޑުމަޑުން އެހެން ބުނެލަމުން އައިސް އަލާޔާ ކައިރީ އިށީނެވެ. އަލާޔާ އަފްލާކްއަށް ބަލައިލަމުން ލޯބި ހިނިތުންވުމެއް ރައްދުކޮށްލިއެވެ. ދެންމެ ރުޅިއައިސް ނުވަތަ ހިތްހަމަނުޖެހިފައި ހުރިހެން ހީވެސް ނުވެއެވެ.

“ހޭއި މައި ލިޓްލް ސިސް.. ކިހިނެތްތަ ޙާލުކޮޅު؟.. ރޭގަ ނިދުނުތަ ރަނގަޅަށް؟..” އަފްލާކް ލާނެތް ހިނިތުންވުމެއް ވެރިކޮށްލަމުން ކައިރީގައި އޮތް ކުޝަން ނަގައި އުނގަށްލިއެވެ. އަލާޔާ އަފްލާކްއަށް ބަލައިލަމުން ބުމައަރުވާލީ ތިބުނި އެއްޗެއް ފަހުމެއްނުވިޔޭ ބުނާ ކަހަލަގޮތަކަށެވެ. “މިބުނަނީ ޒައްލެ ކަހަލަ ހޮޓު ސޮރަކާއި ތޮޅެލާފަ ދިޔައީމަ ނިދިއައިހޭ ލޮލަށް؟ ނޫނީ ޒައްލެގެ ޙިޔާލުތަކުގަ ހޭލާތަ އޮތީ؟..” އަފްލާކް ލާނެތްކަމާއެކު އެހެން އަހާލުމުން އަލާޔާ އަފްލާކްގެ ބުރަކަށީގައި ޖަހާލިއެވެ. “ތިއްތި ޕްލީޒް.. އެނޫން މީހަކާއި އެކުވެރިވާން ނޭނގުނީތަ؟ އަދި ހޮޓް އޭ ބުނެފިއެއްނު.. އަލޫއަށް މާ ހޮޓް ތިއްތިވެސް.. އެއީ ދެން މީހަކު ބަލާ ކަހަލަ މީހެއްތަ؟ ހީވަނީ ދެން އެ ފޮނި ހުސޭނުގެ ޙިޔާލުގަ ހޭލާ އޮންނާނެހެންތަ؟ ނޯ ވޭސް.. އެއަށްވުރެ ރަނގަޅުވާނެ ދަންމަޅި ޖެހުނަސް.. ހީޒް ޖަސްޓް..” “ޖަސްޓް ވަޓް؟..” އަލާޔާގެ ޖުމުލަ ފުރިހަމަ ނުވަނީސް ޒާލިކްގެ އަޑު އިވުމުން ދެމީހުން ސިހިފައި ފަހަތް ބަލައިލިއިރު ކޮފީ މަގު ހިފައިގެން ޒާލިކް ހުއްޓިލައިގެން ހުއްޓެވެ. ދެބުމަ ގޮށްޖަހާލައިގެން ހުރިއިރުވެސް އެރީތިކަމަށް ފަނޑުކަމެއް ނާދެއެވެ. އަލާޔާ ހިތުން ތަޢުރީފުކޮށްލާފައިވެސް ބޭރުފުށުން ދެއްކީ އެހެން ކުލަވަރެކެވެ. ތުން އަނބުރާލަމުން އަލާޔާ މަޑުމަޑުން އެއްޗެކޭ ބުނެލިއެވެ.

“ކީކޭ…؟..” ޒާލިކްއަށް އަޑުނީވުމުން އޭނާ ތަންކޮޅެއް ބޮޑަށް ބުމަ ގޮށްޖަހާލަމުން އަހާލިއެވެ. އަލާޔާ އިސްއުފުލާލިއިރު އެމޫނު ބަލައިލަން ނުކެރެއެވެ. ރުޅިއައިސްގެން ހީވަނީ ފަޅައިގެން ގޮސްދާނެހެންނެވެ. “އައި ސެޑް ގޯ ޓު ހެލް..” އަލާޔާ ފާޑަކަށް ހަޅޭއްލަވައިގަންނަމުން ތެދުވެގެން ގޮސް ކޮޓަރިއަށް ވަނެވެ. ޒާލިކް ފާޑަކަށް ބަލަން ހުރެލާފައި އައިސް ސޯފާގައި އިށީންނަމުން ފުން ނޭވާއެއް ބޭރުކޮށްލިއެވެ. ހީވީ މިއޮއް ހުރިހާއިރު ނޭވާ ނުލާ ހުރިހެންނެވެ.

“ލާކް އޭނައަށް ކޯއްޗެއް ކާންދީގެން ބޮޑުކޮށްފަ އެހުރީ..؟..” ޒާލިކް އިރުކޮޅަކުން ސުވާލުކޮށްލި އަޑަށް އަފްލާކް ބަލައިލިއިރު އިނީ އަލާޔާގެ ކޮޓަރި ދޮރަށް ބަލަހައްޓައިގެންނެވެ. އަފްލާކް ގާތަށް ހިނިއައެވެ. އޭނާ ކިހިނެތްވީހޭ އަހާލުމުން ޒާލިކް އަފްލާކްއަށް ބަލައިލިއެވެ.

“ޝީ އިޒް ޖަސްޓް ސޯ ޑިފަރެންޓް..އެހެން އަންހެން ކުދިން މަ އެއްޗެކޭ ބުނެލާއިރަށް ހުންނާނީ މޮޔަވެފަ.. އަދި ރުޅިއައިސްގެން އެއްޗެކޭ ބުނީމަ ދިމާލަށް އެއްޗެކޭ ބުނާކަށް ވެސް ނުކެރޭނެ.. އެކަމު ދިސް ގާލް.. އާރގްގް، ޝީ އިސް ޖަސްޓް ސޯ ޑިފަރެންޓް… ޝީ ޑަސްންޓް ސީމް ޓު ލައިކް މީ އެޓް އޯލް..އެހެން އަންހެން ކުދިންހެން މޮޔަވެފައެއް ނޫން މީނަ މިހުންނަނީ..” ޒާލިކް ސީލިންގަށް ބަލަހައްޓައިގެން ހުރެގެން ވާހަކަދެއްކިއިރު އަފްލާކްގެ މޫނަށް އެރި ކުލަވަރެއް ނުފެނުނެވެ. އޭނާ އިނީ ހިނިއައިސްގެން ގޮސް ހަލާކުވާ ވަރުވެފައެވެ.

“ޒައްލެ ޕްރައިޑްއަށް ހާޓް ވަނީތަ..؟.” އަފްލާކް އިރުކޮޅަކު އިނދެލާފައި އެހެން ބުނެލުމުން ޒާލިކް އަފްލާކްއަށް ބަލައިލަމުން ސޯފާގައި ހަމަޖެހިލިއެވެ. “ވަޓް ޔޫ މީން..؟..” ޒާލިކް ސުވާލުކޮށްލިއިރު އެމޫނުމަތިން ފެންނަނީ ދޭހަނުވެފައި އިންކަމުގެ އަސަރުތަކެވެ. “މިބުނަނީ ހުރިހާ އަންހެން ކުދިން ޒައްލެ ފަހަތުން ނެއްޓެން ނޭނގިގެން އުޅޭއިރު އަލޫ ޒައްލެއަށް އިންޓްރެސްޓެއް ނުހުންނާތީ ދެރަވީހޭ؟.. ހޫމ ހޫމ.. ޒައްލެއަށް އަލޫ ކަމުދިޔައީ ދޯ..” އަފްލާކް ލާނެތް ވެލާފައި އެހެން އަހާލުމުން ޒާލިކް ބުމަ ގޮށްޖަހާލަމުން ސޯފާއިން ތެދުވިއެވެ. “ނޯ ވޭސް ލާކް.. އައި ޑޯންޓް ލައިކް ހާރ.. އެން ނެވަރ ވިލް އައި..” ޒާލިކް ފާޑަކަށް މޫނު ކުނިކޮށްލަމުން ތެދުވެގެން ގޮސް ކޮޓަރިއަށް ވަދެފައި ދޮރުޖެހިއެވެ.

“ވަރަށް ފޫހިވޭ… ކޮފީ ބުއީ ދެމީހުން.. ތަށިތަށް ނަގަން މިޖެހުނީ މަށަށް..” އަފްލާކްއަށް އެއްލި ކަޅިއަކުން ސޯފާ ކުރިމަތީގައި ހުރި ބިއްލުރި ކުޑަ މޭޒުމަތީގައި ހުރި ދެތަށި ކޮފީ ފެނިފައި ބުނެލިއެވެ. އޭނާ މޫނު ކުނިކޮށްލަމުން ތަށިތަށް ހިފައިގެން ގޮސް ސިންކަށްލިއެވެ.

“އެކަމަކުވެސް އަލޫ.. ޒައްލެ.. މީހުން ބުނެ އުޅެއެއްނު.. ނަފްރަތަކީ ލޯބީގެ ފެށުމޭ.. އައި ހޯޕް ޔޫ ޓޫ އެންޑް އަޕް ފޯލިން ފޯރ އީޗް އަދަރ..” އަފްލާކް އެންމެ ފަހު ޖުމުލަ ބުނެލިއިރު އަޑު ކުރެހުނެވެ. އެދެލޮލަށް ބަލައިލި މީހަކުވެސް ހަމްދަރްދީ ވާނެހާ އެދެލޮލުގައި ވާ ވޭންގަދައެވެ. އަފްލާކްގެ މާޒީގައި ހިނގާފައިވާ ކަމަކީ ކޮބައިހެއްޔެވެ؟

ބޭރަށް ދާން ތައްޔާރުވެގެން ނުކުތް ޔަނާލްއަށް ސޯފާގައި އިން އަލާން ފެނުމުން އެދިމާލަށް މިސްރާބުޖެހިއެވެ. އޭނާ އައިސް ކައިރީގައި އިށީނުމުން އަލާން ބަލައިލަމުން ކުޑަކޮށް ހީލިއެވެ. “ޔަންނު.. އިނގޭތަ އެކޮޅުގަ ހުރިއިރު ވަރަށް ހޮޓު ކުއްޖަކާ ދިމާވިއޭ..” އަލާން ކުޑަކޮށް ހީލަމުން އެހެން ބުނެލުމުން ޔަނާލް އޭނާގެ ގައިގައި މަޑުމަޑުން ޖަހާލިއެވެ. “ދެން މިހާރު ޔަންނު ހޮޓެއް ނޫންދޯ..” ޔަނާލް ތުންކޮޅު އޫކޮށްލަމުން އެހެން ބުނެލުމުން އަލާން ހީގަތެވެ. “ނޯ ވޭސް ޔަންނު.. ޔޫ ވިލް އޯލްވޭސް ބީ މައި ބޭބީ ގާލް..” އަލާން އެހެން ބުނެލުމުން ޔަނާލް ހިނިތުންވެލިއެވެ.

“އެލެން… ކޮންއިރަކުންތަ ކައިވެނި ކުރަނީ.. އައި ކާންޓް އީވެން ވެއިޓް..” ޔަނާލް އެހެން އަހާލުމުން އަލާން ހިނިތުންވެލިއެވެ. “އޯ ކަމްއޯން ސިސް.. ޑިސެމްބަރ ފަހު ކޮޅު ކުރަނީ.. އޭރަށްވާއިރަށް މައު ވެސް އެލެން ވެސް ކިޔަވާ ނިމޭނީ..” އަލާން އެހެން ބުނެލުމުން ޔަނާލް ދެންފެށީ ދިމާކުރާށެވެ. އަލާންއަކީ ޔަލްވީގެ ހަގަށް އަދި ޔަނާލްގެ ދޮށްޓަށް ހުންނަ ކުއްޖާއެވެ. ދެއަހަރު ދުވަހު ޔޫއެސްގައި ކިޔަވަން ހުރެފައި އެއައީ ޗުއްޓީއަށެވެ.

“ލާކް.. ދޭބަލަ މަންމަ ބުނާ އެޑްރެސްއަކަށް މިހެދުން ލާދޭން.. ނިމުނުގޮތަށް މިއޮތީ އަދި..” ސަމީމާ ކޮޓަރިން ނުކުންނަމުން އަތުގައި އޮތް ކޮތަޅެއް އަފްލާކްއަށް ދިއްކޮށްލިއެވެ. ސަމީމާއަކީ ހެދުން ފަހައިދޭ މީހެކެވެ. ގޭގައި ކުރާން ކަމެއް ނުހުންނާތީ ފެށި މި ކަމުގެ ސަބަބުން އޭނާއަށް ލިބޭ އާމްދަނީވެސް ނުހަނު ގިނައެވެ. އަފްލާކް އެޑްރެސް އަހާލަމުން އެކޮތަޅުގައި ހިފާލިއެވެ. އޭނާ އަވަސްވެގަތީ އަވަހަށް ގޮސް އެކަންތައް ނިންމާލުމަށެވެ.

އަލާންއާއި އެކީ ސޯފާގައި ސަކަރާތްޖަހަން އިން ޔަނާލް ސިހުނީ މީހަކު ބެލް އަޅާލުމުންނެވެ. އޭނާ އަލާންއަށް ބަލައިލުމުން އަލާން އަވަހަށް ސޯފާގައި އޮށޯވެލިއެވެ. ނުދާންވެގެން ބަހަނާ ދައްކަނީއެވެ. ޔަނާލް ހެމުން ގޮސް ދޮރުހުޅުވާލުމަށްފަހު ކުރިމަތީގައި ހުރި މީހާއަށް ބަލައިލުމާއެކު ސިހުންވަރުން ނުވެއްޓުނީވެސް ކިރިޔާއެވެ. އިސާހިތަކު ދެލޮލަށް ކަރުނަތައް ޖަމާވިއެވެ.

 

(ނުނިމޭ)

0

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!