Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ވާލޯބި އެނގޭނަމަ… 16

Ushaali Level 810 Stories100 Comments100 Stories500 Comments
November 17, 2016 8 Mins Read
30 Comments

ސަޖޫލް ދިން ފެންތަށިން ކޯވަރެއް ބޯލުމާއެކު ފުން ނޭވައެއް ޝަރީފާ ދޫކޮށްލިއެވެ. ސަޖޫލަށް ހިނިގަނޑު ކޮންޓްރޯލްނުކުރެވި ފަޅައިގެން ދިޔަ ވަގުތު ވެސް ޝަރީފާ ސިހިފައި ހަޅޭއްލަވާގަތެވެ.  “ސާބަސް މަންމަ އަށް. މިރަށު މީހުން އެއުޅެނީ މަންމަ ގަޔަށް ވަޅިނުހެރިގެންތަ. ތަނަކު މީހަކު ހުރިއްޔާ މަންމަ އަށް ކީއްތަ”  ސަޖޫލް  ސޯފާގޮނޑިއާއި ދިމާލަށް ދަމުން ބުންޏެވެ. ޝަރީފާ ތުން އަނބުރާލުމުން ސަޖޫލް ކައިރިއަށް ހިނިއައިސް އަނގަމަތީގައި އަތް އަޅާލިއެވެ.

 

 

މެންދުރުގެ އެންމެ ހޫނު ވަގުތެވެ. ބަނޑުގައި ރިއްސާތީ އޮފީހަށް ސަލާންބުނެގެން ގޭގައި މަޑުކުރި އަލްޔާ އެނދުގައި އޮވެ ފޫހިވެގެން ސިޓިންގްރޫމަށް ނިކުތެވެ. އޭރު ޝެނާ ޒޫނީ ގޮވައިގެން ސޯފާގައި އިނީ ކާންދޭށެވެ. ހީލާފާއި އަލްޔާ ޝެނާ ކައިރީގައި އިށީނުމުން ޝެނާ ހީލިއެވެ. ޝެނާ ޒޫނީ އާއި މެދު ކަންތައްކުރާގޮތް ލޯބިކަމުން އަލްޔާ އަށް އިނދެވުނީ ބަލަހައްޓައިގެންނެވެ. ޝެނާ ޒޫނީ އާއި ސަމާސާކޮށްލާ ގޮތް އަލްޔާ އަށް ވަރަށް ކަމުދިޔައެވެ. ކުއްލިއަކަށް ކުޑަކުއްޖަކު އަލްޔާ ވެސް ބޭނުންވިއެވެ.

“ދަރިންނަކީ މާތްﷲ ދެއްވާ ނަސީބެއް. އެއީ މިދުނިޔެއިން އަންހެނަކަށް ލިބޭނޭ އެންމެ މަތިވެރި އުފާ. އެއުފާ އެންމެ ބޮޑަށް އިހުސާސްވާނީ ދަރިފުޅު މިދުނިޔެއަށް އުފަންވާ ވަގުތު”  ޝެނާ އަލްޔާ އަށް ބުނެެދެމުން ދިޔައެވެ. އިރުކޮޅަކާއި އަލްޔާ ޒޫނީގެ ޗަބީ ކޮލުގައި ހިފާލައެވެ. ނޫނީ ފޯނުން ފޮޓޯއެއް ނަގާލައެވެ.

“ދޮންތަ އަށް ފެންނަނީ ލައި ވެސް މިކަމާއި އުޅެން” އަލްޔާ އަށް ބަލާލަމުން ޝެނާ ބުނެލިއެވެ. އަލްޔާ އަށް އެއަށް ދޭނެ ޖަވާބެއް ނޭނގެއެވެ. ކުޑަކުއްޖެއް ވެސް އަހަރެން ވެސް ބޭނުމެވެ. ނަމަވެސް ޝައިމްގެ ފަރާތުންނެެއް ނޫނެވެ. ލޫކް ގެ ފަރާތުންނެވެ. އަހަރެންގެ ލޯތްބަކީ ޝައިމް އެއް ނޫނެވެ. މިވާހަކަ ދޮންތަ ކައިރީގައި ބުނެވޭނެ ނަމައެވެ.

“އޭ… ކޯއްޗެއް ތިވިސްނަނީ. ދޮންތަ އަށް އެނގޭ މިހާރު ނުވާނެކަން. އެއީ ލައިގެ ތިދުވަސްކޮޅުގެ ގޮތުން. މިފަހަރު ފެންވަރައިގެން ޓްރައި ކޮށްބަލަ. ދޮންތަ ވަރަށް ބޭނުން ޝައިމް އާއި ލައިގެ ބޭބީއެއް މިދުނިޔެއަށް ނޭވާލާތަން ބަލަން. އެދުވަހަކުން ޝައިމް ވެސް ހާދައުފާވާނޭ” ބަހެއް ނުކިޔާ އިން އަލްޔާ އާއި ވާހަކަދައްކަމުން ޝެނާ ދިޔައެވެ. ހިތްނުވެފައި އިނަސް އަލްޔާ ހީލިއެވެ.

“އެބަ އަންނަން ދޮށްވާލައިގެން ނެޕީ ޗޭންކް ކޮށްލައިގެން. ލައި އިންނާނަން ދޯ”  ޒޫނީ އުރާލައިގެން ޝެނާ ސިޑިން މައްޗަށް އެރުމުން އަލްޔާ ސޯފާގައި ޖައްސާލީ ކުރިމަތީގައި ހުރި ޓީވީ ހުޅުވާލަމުންނެވެ. ފޫހިކަމާއެކު ފަހަރަކު ޗެނަލް އަކަށް ބަދަލުކުރަމުން ދަނިކޮށް ސިހުނީ ގޭ ދޮރުގެ ރަނގަބީލު އަޅާލި އަޑަށެވެ. ބޮލުގެ އިސްތަށިގަނޑު މައްޗަށް ނަގާ ހުޅިއެއް ޖަހާލަމުން ގޭ ދޮރު ހުޅުވާލިއިރު ކުރިމަތީގައި ތިބީ ކުޑަ ދެކުދިންނެވެ. ފިރިހެންކުއްޖާ އަލްޔާ އަށް ބަލާލަމުން ގޭތެރެ ވެސް ހޯދާލިއެވެ. އަލި ކަޅުކަމެއް ހުންނަ ފިރިހެންކުއްޖާ މޫނު ކޮންމެސް ތަނަކުން ފެނުނު ހަނދާނެއް ވިއެވެ.

އިތުރަށް ހަނދާންކޮށްލުމަަށް އެހެންދިމާލަކަށް ސިކުނޑި އަނބުރާލަން އުޅެނިކޮށް އެކަމަށް ހުރަސް އެޅީ ދެން އެތާ ހުރި ކުޑަ އަންހެންކުއްޖާއެވެ. މަޑު ޕިންކް ކުލައިގެ ކުޑަ ޓީޝާޓްކޮޅަކާއި ކަޅު ކުލައިގެ ޓައިޓްކޮޅުގައި އެކުއްޖާ ވަރަށް ލޯތްބެވެ. ބޮލުގައި އަޅާފައިވާ ތޮފިން އެމޫނުކޮޅު އިތުރަށް ވަށް ކަމަށް ދައްކައެވެ. ދެކުދިންގެ ކޮނޑުގައި ވެސް ކުޑަ ދަބަހެއް އަޅުވާލާފައި އޮތެވެ.

“ކޮންބައެއްތަ އައީ ލައި”  ޒޫނީ ރީތިކޮށްގެން ތިރިއަށް ފޭބި ޝެނާ އަށް ދޮރުމަތީގައި ތިބި ދެކުދިން ފެނުމާއެކު އަތުގައި އިން ޒޫނީ ވެސް ދޫނުވީ ކިރިޔާއެވެ. މިކަހަލަ ދަނޑިވަޅެއްގައި އެކުދިން ފެނުން އެއީ ރަނގަޅު ނޫން ނިޝާނެއް ކަމުގައި ޝެނާ ދުށްޓެވެ.

“ޒާން އާއި ޒައިނީ…މިރަށުގަ….އޯވް ގޯޑް….. އަނެއްކާ ޝެމް ކޮއްކޮއަށް އެނގޭބާ”  ޝެނާ ކަންބޮޑުވިއެވެ.

“ބޮޑުމަންމީ”  ޒާން ދުވެލާފައި ގޮސް ސިޓިންގްރޫމް މެދުގައި ހުރި ޝެނާގެ ބަނޑާއި ހަމައިގާ ބައްދައިގަތެވެ. ޒާން ގެ ފަހަތުން ޒައިނީ ވެސް ދުއްވައިގަނެގެން ގޮސް ޝެނާ ގެ ފައިގާ ހިފައިގަތުމާއެކު ޝެނާ ޒައިނީ ނަގާ އުރާލިއެވެ. ޗަބީ ކޮލުގައި އުއްމަ ދޭން ފެށިއެވެ. ޒައިނީ ތިރީގައި ބެހެއްޓުމަށް ފަހު ޒާން އާއި އެއްހަމައަކަށް ތިރިވެލާ ޒާން ގެ ކޮލުގައި ވެސް ލޯބިކޮށްލިއެވެ. މި ހުރިހާ މަންޒަރުތަކެއް ބަލަން ދުރުގައި ހުރި އަލްޔާ އަށް އެއްޗެއް ހަނދާންވާންފެށިއެވެ.

“އޯވް… ޝެމް އާއި އެކު ފޮޓޯގަ…”  އަލްޔާ އަށް އެހިސާބަށް ބުނެވުމާއެކު ޝެނާ ތެޅިގަތެވެ.

“އާނ..އާނ..މީ ޒާން. މީ ޒައިނީ.ޒައިއްކޮ ނީންނާނެ ފޮޓޯގަ. މީ މިގޭ ކުދިން… އެނގެއެއްނު ޝައްޔަމް. ބަލާބާ ބޭބީސް… އެއީ ލައިދައްތަ އެނގޭ.. އަވަހަށް ސަލާންކޮށްލަބަލަ” ހިތްވަރުކޮށްފައި ވާހަކަދެއްކި ޝެނާ ޒާން އާއި ޒައިނީ އަށް އަލްޔާ ތަޢާރަފްކޮށްދިނެވެ.

ދެކުދިން ވެސް ލޯތްބާއެކު އަލްޔާ އާއި ސަލާންކޮށްލިއެވެ. ޒާން ގެ ކޮލުގައި ހިފާލިއެވެ. ޒައިނީ އުރާލަމުން އަލްޔާ ގެ ކޮލާއި ޒައިނީގެ ކޮލާ ޖައްސާ ފިއްތާލިއެވެ. އެމަންޒަރުގެ ފޮޓޯއެއް ޝެނާ ނަގާ ވަގުތުން ޝައިމް އަށް ވައިބަރ ކޮށްލިއެވެ. އަދި ވީ އެންމެ އަވަހަކަށް ގެއަށް އައުމަށް އެންގިއެވެ.

“ބޮޑުމަންމިގެ ބޭބީސް އެކަނިތަ؟ މަންމި ނާދޭތަ؟”  މި ހުރިހާ އިރު ޝެނާގެ ހިތަށް އުނދަގު ކުރަމުން ދިޔަ ސުވާލު ބޭރުކޮށްލިއެވެ. އަދި ކުޑަކޮށް އަރިވެލާފައި ގޭ ދޮރާއި ދިމާލަށް ބަލާލީ ހިތްނޭދޭ ސޫރައެއް ފެނިދާނެ ކަމަށެވެ.

“މަންމި އަންނާނަމޯ ފަހުން. މިއައީ ތިއްތަ އާއި އެކު”  އެވަގުތު ދޮރު މައްޗަށް އެރި ޒީޝާންގެ އެއްބަނޑުއެއްބަފާ ކޮއްކޮ ސުހާނާ އަށް އިނގިލި ދިއްކޮށްލަމުން ޒާން ބުންޏެވެ. ސުހާނާ ފެނުމުން ޝެނާގެ ތުންފަތަށް ގަދަކަމުންް ހިނިތުންވުމެއް ގެނުވިއެވެ. ސުހާނާ އާއި ޒީޝާނަކީ އަކީ ޝެނާގެ ބޮޑުދައިތަ އަދި ޝެނާގެ މަންމަ އާއި އެއްބަނޑު އެއްބަފާ ދައްތަގެ ދެދަރިންނެވެ. ޝެނާގެ ކުރީގެ ފިރިމީހާ އަކީ ވެސް ދެބެންގެދެދަރި ކުއްޖެއްކަމުން އޭރުގައި ޖެހުނު މައްސަލައިގެ ފަހުން އެއާއިލާގެ އެއްވެސް މެންބަރަކާއި ޝެނާ ގުޅުން ބަދަހިކޮށްފައެއް ނުވޭއެވެ.

“ޝެނާދައްތަ ކިހިނެއްތަ”  އެތެރެއަށް ވަދެގެން އައިސް ސުހާނާ ޝެނާ އާއި ކޮނޑާއި ކޮނޑުޖައްސާ ބައްދާލަމުން އަހާލިއެވެ. ޝެނާ އަނގައިން ނުބުނުމުން ސުހާނާ ރަކިވިއެވެ. އަލްޔާ ހުރީ އެދެމީހުންނަސް ބަލާށެވެ. ޒާން އާއި ޒައިނީ ޝެނާގެ އުރުގައި އިން ޒޫނީ އާއި ސަމާސަ ކުރަމުން ދިޔައެވެ.

“ޝެނާދައްތާ. އޭރުގައި ވީ ކަމެއް ވީ. އެނގޭ ކަންތައްތައް ވީ ރަނގަޅުގޮތުގައި ނޫން ކަން. އެކަމަކު އެކަމުގައި އަހަރެންގެ ކޮން ކުށެއް އޮތީ. ޒަމާނުއްސުރެ އާއިލާ ތެރޭގައި އޮންނަ އާއިލާ މީހުންނާއި ކައިވެނިކުރުވާ އުސޫލާ މެދު އަހަރެން ވާހަކަދައްކައެއް ނޫޅެން. އެއީ އަހަރެން ވަރަށް ފޫހިވާ ކަމެއް. ޒީދޮންތަ އާއި ޝެމްބެގެ ކައި…..”  ކުއްލިއަކަށް ޝެނާ ހީވީ ބިރެއް ފެނުނުހެންނެވެ.

“ޝެނާދައްތަ ސުހާނާ ދެކެ ރުޅިއައިއްސައެއް ނެތިން. އެކަމަކު މިކުދިން މިރަށަށް ފޮނުވީ ކީއްކުރަންބާ”  ސުހާނާގެ އަނގަ ބަންދުކުރުވަން ޝެނާ އަށް މިނޫން ގޮތެއް ނެތީއެވެ.

ސޯފާގައި ޖައްސާލަމުން ސުހާނާ ކުރެން ޝެނާ އަހާލިއެވެ. އޭރު އަލްޔާ އައިސްމައިލޯ ގިރައިގެން އައިސް ޒާން އާއި ޒައިނީ އަށް ދެނީއެވެ. މިހާ ކުޑަވަގުތުކޮޅެއްގައި ވެސް ދެކުދިން ވަނީ އަލްޔާގެ ހިތް މިލްކު ކޮށްފައެވެ.

“އީދު ޗުއްޓީއަށް. ދޮންދައްތަ ބުނީ މިރަށުގައި ވަރަށް ކުޅިވަރު އޮވެޔޭ. ދެން ޒާން އާއި ޒައިނީ އަބަދު ކޮންމެސް ތަނަކަށް ދާން ކިޔާތީވެ ދާހިތްވަނީ ކޮންތަނަކަށްހޭ އަހާލީމަ ބުނީ ޑެޑީ ކައިރިއަށޭ. މިއައީ ބައްޕަ ހަމަޖައްސައިދިން ލޯންޗެއްގައި. ޒީދޮންތަ އާއި ދޮންދައްތަ އަންނާނެ ދެދުވަސް ތެރޭގައި”  ސުހާނާ ގެ ވާހަކަތަކުން ޝެނާގެ ހިތް އިތުރަށް ހާސްވުން ނޫންކަމެއް ނުވިއެވެ. ކޮންމެސް ކަމެއް ވާން އުޅެނީއޭ އެހިތް ބުނަނީއެވެ. އަލްޔާ އާއި މެދު ހަމްދަރުދީ ވެވެނީއެވެ. ޝައިމް އަށް ވެދާނެ ގޮތަކާއި މެދު ކަންބޮޑުވަނީއެވެ. ޝައިމް އާއި ޝެނާ އަލްޔާ ކުރިމަތީގައި ބަދުނާމްވާން އޮތީ ކުޑަ ވަގުތުކޮޅެކޭ ހިތަށް އަރަނީއެވެ.

“ޑެޑީ….ޑެޑީ….”  ޒާން އާއި ޒައިނީގެ އަޑުން ގޭތެރެ ގުގުމާލީ ވަދެގެން އައި ޝައިމް ފެނުމުންނެވެ. ދެކުދިން ބޮއެލި މައިލޯ ހުސް ކުރި ތަށީގައި ހިފަހައްޓައިގެން އަލްޔާ ހުރީ ގަނޑުވެފައެވެ. އެދެކުދިން ޝައިމް އަށް ޑެޑީ އެކިޔަނީ ކީއްވެ ހެއްޔެވެ؟ ޝައިމް އާއި ޝައްޔަމް ވައްތަރުކަމުން ދެކުދިންނަށް އޮޅުނީބާއެވެ؟ ދެލޯބޮޑުވެފައި ހުރި ޝައިމް ގެ ނަޒަރު ހުރީ ދުރުގައި ހުރި އަލްޔާ އަށް ހުއްޓިފައެވެ. ޝައިމްގެ ހިތަށް ހަމަޖެހުމެއް ލިބުނީ އަލްޔާ ހިނިތުންވެލީމައެވެ.

އެއްފަހަރު އަލްޔާ އަށް އަނެއްފަހަރު ޝައިމް އަށް ބަލާލި ޝެނާ ގޮސް ހުއްޓުނީ އަލްޔާ އާއި ދާދި ކައިރީގައެވެ.

“ދެބެން ވެސް ވަރަށް ލޯބިވާނެ ޝެމް ދެކެ. ޑެޑީ ނޫން ގޮތަކަށް މުހާތަބް ނުކުރާނެ. ޝައިމް ވެސް ދެކެނީ އެއީ އަމިއްލަ ދަރިން ގޮތުގައި. އަބަދު ޝައްޔަމް ކޮއްކޮ ފޮޓޯ ފެންނާތީ އެމީހުން ހީކުރަނީ ޝައިމް އެއީ ޝައްޔަމް ކަމަށް. ޒައިނީ އުފަންވި ފަހުން ޝައްޔަމް އެއްކޮށް ގެއްލުނީ. ވީތަނެއް ވެސް ނޭނގޭ. އެކުދިންނަށް އެކުދިންގެ ބައްޕައަކީ ޝައިމް ނޫންކަން އެނގުނީމަ ހާދަ ދެރަވާނޭ ދޯ”  އަޑަށް މޮޅިވެރިކަން ގެންނަމުން ވާހަކަދެއްކި ޝެނާގެ ބޭނުން ކިތަންމެހާ ވެސް ރީއްޗަށް ކާމިޔާބުވިއެވެ. އަލްޔާގެ ސިކުނޑިއަށް ޝެނާ ވިސްނާދިން ގޮތް އެހިތް ގަބޫލުކުރިއެވެ.

އަލްޔާ ހީލިއެވެ. ޝައިމް ޝެނާ އަށް ބަލާލުމާއެކު ލޮލުގެ އިޝާރާތުން ވާހަކަތަކެއް ދެއްކިއެވެ. އެކަން ނޭނގުނީ އަލްޔާ އަށެވެ. ޝައިމް ދެކުދިން ގައިގާ ބައްދާފައި އުއްމަ ދީ ހެދިއިރު ވެސް އަލްޔާ ހުރީ ބަލަހައްޓައިގެނެވެ. ކުޑަކުދިން ދެކެ ޝައިމް ލޯބިމިވަނީ ހާދަ ބޮޑަށެވެ. ދުވަހަކު ވެސް އަލްޔާގެ ބަނޑުން ޝައިމް ގެ ދަރިއަކު މި ދުނިޔެއަށް އުފަން ވެދާނެބާއެވެ. ހިތަށް އެރި އެއްޗަކުން އަލްޔާ އަށް އުނދަގުވިއެވެ. ދެކުދިން އެއްފަހަރާ އުރާލައިގެން ޝައިމް ސިޑިއާއި ދިމާލަށް ހިނގައިގަނެ ސުހާނާ އާއި އަރާ ހަމަވިތަނާ ޝެމްބެ އޭ ކިޔާ ގޮވާލުމުން ސުހާނާ އަށް ހިނިތުންވުމެއްދީފައި މައްޗަށް އަރައިގެން ދިޔައީއެވެ.

އަލްޔާ ބަދިގެއަށް ވަނުމުން ޝެނާ ހަމަޖެހުމުގެ ނޭވައެއްލުމަށްފަހު ސުހާނާ ކައިރީގައި އިށީނެވެ.

“ކާކު އެއީ؟ މިބުނީ ޒާން އާއި ޒައިއްކޮއަށް މައިލޯ ދިނީ”  ސުހާނާ ސުވާލުކޮށްލިއެވެ.

“އެއީ ޝައިމްކޮއްކޮގެ އަންހެނުން އަލްޔާ. ސުހާނާ ޕްލީޒް މިގޭތެރޭގައި ނުދައްކައްޗެ ޝައިމްކޮއްކޮ ކުރީގައި ކައިވެންޏެއް ކުރި ވާހަކަ. އެވާހަކަ އިވުނީމަ ލައި ދެރަވާނެއްނު ދޯ. ލައި އަށް ވެސް އެކަން އެނގޭ. އެކަމު އެވާހަކަ ފަށަފަށައިގެން ނުދައްކަން އެދިފައި އިނީ. އެއީ ވަރަށް ރަނގަޅު ކުއްޖެއް”  ޝެނާ ސުހާނާ އަތުގައި ހިފާލައިގެން އިނދެ ވާހަކަދެއްކިއެވެ.  ދެމީހުން ވެސް އެއްކޮށް މައްޗަށް އަރައިގެން ދިޔައިރު ޝައިމްގެ ކޮޓަރިން ޒާން އާއި ޒައިނީގެ ސަކަރާތުގެ އަޑު ގުގުމާލާފައި ހުއްޓެވެ.

 

ޒާން އާއި ޒައިނީ އަށް ހާއްސަކޮށްފައި ހުރި ކޮޓަރި އަލްޔާ އަށް މިފެނުނީ އަދި ކިރިޔާއެވެ. އެދެކުދިންދެކެ ޝައިމް ވާ ލޯބި މިކޮޓަރިއަށް ބަލާލިޔަސް އެނގިގެންދާނެއެވެ. ދެކުދިންނަށް އަލްޔާގެ އަތުންލަވާ ކާންދީ ފެންވަރުވާ ހަދާފައި ކޮޓަރިއަށް ވަދެ ނިންދަވާލިއެވެ. ޒާން އަވަހަށް ނިދިޔަސް މަންމަގެ ބަނޑުދަށުގައި ނިދަން އާދަވެފައިވާ ޒައިނީ ނިންދަވަން އަލްޔާ ޖެހުނީ ވަރަށް ބޮޑަށް މަސައްކަތްކުރާށެވެ. އަބަދުވެސް ނިދާއިރު ކުޑަކުދިންގެ ވާހަކައާއި ކާރޓޫންތަކުގެ ވާހަކަތައް އަޑުއަހަން އާދަވެފައިވާ ޒައިނީ އަލްޔާ ކައިރިން ވާހަކަކިޔާ ދިނުމަށް އެދުމުން އަލްޔާ ކިޔާދިނީ ރަސޫލުބޭކަމުންގެ ވާހަކަތަކެވެ. މުޅިން އަލަށް އިވުނު ވާހަކަތަކެއް ކަމުން ކުޑަކުޑަ ޒައިނީގެ ދެލޮލުން ނިދިފިލައި މާބޮޑަސް ޝައުގުވެރިވެވުނީއެވެ. ނަތީޖާއަކަށް ވެގެން ދިޔައީ އަލްޔާގެ އަތްދަނޑިމަތީގައި އޮވެ ޒައިނީ އަށް ނިދުނު ވަގުތު އަލްޔާ އަށް ވެސް ދެލޯ މެރުނީއެވެ.

ކޮޓަރީގައި އަލްޔާ އަށް އިންތިޒާރުކުރަމުން ދިޔަ ޝައިމް ބޭރަށް ނިކުމެ ދެކޮޅު ހޯދާލިއެވެ. އަލްޔާ ގެ އެއްވެސް ހަބަރެއް ނުވުމުން ކުދިންގެ ކޮޓަރިއަށް ވަދެ ލައިޓްތައް އޮންކޮށްލި ވަގުތު ފެނުނު މަންޒަރަކުން އެހިތް އުފަލުން ނަށާލިއެވެ. ޒައިނީގެ ގައިގާ ކުޑަކޮށް ބައްދާލައިގެން ނިދިފައި އޮތް އަލްޔާ ފެނުމުން އެދިމާލަށް ބަލަހައްޓައިގެން ހުރެވުނީއެވެ. އެއުފާވެރިކަން ކުޑަވަގުތު ކޮޅަކަށް ދެމިގެންދިޔައެވެ.

ދެވަނަ ސިކުންތުގައި ހިތް ރޯލީ ވާނެ ގޮތެއް ނޭނގޭތީއެވެ. އަލްޔާ އަށް ހަގީގަތް އެނގުމުން ނިކުންނާނެ ނަތީޖާ ޝައިމް އަށް ކަނޑައެޅިގެން އެނގޭއެވެ. އެނދު ކައިރިއަށް ހުއްޓުމަށްފަހު ޒާންގެ ފަން އިސްތަށިކޮޅުގައި ލޯބިން ފިރުމާލާ މޫނުގައި ބޮސްދިނެވެ. އަދި ތަންކޮޅެއް ދުރަށްޖެހިލާ ތިން މީހުން ވެސް އަރާނޭ ގޮތަށް ފޯނުން ފޮޓޯއެއް ނަގާލިއެވެ. އަލްޔާ ކައިރިއަށް ޖެހިލާ ޒައިނީގެ ކޮލުގައި ދޮނެއް ދިނުމަށްފަހު އަލްޔާ ގެ ވެސް ކޮލުގައި ބޮސްދިނެވެ. ތިން މީހުންގެ ގައިމަތީގައި ކުއިލްޓް އެޅުމަށްފަހު ކޮޓަރިން ނިކުމެ ދޮރުލައްޕާލިއިރު ތުންފަތްމަތީގައި ވަނީ ފަނޑު ހިނިތުންވުމެކެވެ.

އަނެއް ދުވަހެހެވެ. ފަތިސްނަމާދުކޮށްގެން ބޭރަށް ނިކުތް އަލްޔާ ބަދިގެފަރާތަށް ދިޔައީ ހެނދުނުގެ ނާސްތާ ތައްޔާރުކުރުމަށެވެ. އިސްތަށިގަނޑުގައި ހުޅިއެއް ޖެހުމަށްފަހު ލައިގެން ހުރި އަތްދިގު ޓީޝާޓްގެ އަތުކުރި މައްޗަށް ޖައްސާލުމަށްފަހު ފެންހޫނުކުރާ ޖަގަށް ފެންއަޅާ ޖައްސާލާފައި އެނބުރިލި ވަގުތު ސުހާނާ ބަދިގެއަށް ވަދެގެން އަންނަނީއެވެ. ސުހާނާ އަށް އަލްޔާ ހިނިތުންވުމެއް ދިނުމަށްފަހު އެހެން މަސައްކަތާއިގެން އުޅެންފެށިއެވެ. ސުހާނާ ކޮފީއެއް ހަދައިގެން އެތާހުރި މޭޒުކައިރީގައި އިށީނދެ އަލްޔާ އަށް ބަލަންފެށިއެވެ.

“ޝެމްބެ ވަރަށް ރަނގަޅު ދޯ”  ސުހާނާ ބޭނުންވީ އަލްޔާ އާއި ރަހްމަތްތެރިކަމުގެ ގުޅުމެއްއުފައްދާށެވެ. އަލްޔާ ހޫމް އެއް ލައްވާލާފައި ހީލިއެވެ.

“މިފެމެލީގެ އެއްވެސް މީހެއް އަދި ނުފެނޭ ދޮންތަ ނޫން. ވަރަށް ދެކިލާހިތުން މިތިބީ ހުރިހާ މީހުން ވެސް. ޝެމް ބުނި މަންމަ އާއި ބައްޕަ މާލޭގައި ތިބި ވާހަކަ. ކޮންމެސް މައްސަލައެއް އުޅޭހެން ހީވަނީ. ނުދެކެން ފޯނަކުން ވެސް އެމީހުންނާއި ވާހަކަދައްކާތަނެއް” ސުހާނާ އަކީ ރަނގަޅު ކުއްޖެއް ގޮތުގައި އަލްޔާ އަށް ފާހަގަކުރެވުމުން ވާހަކަދައްކަން ވަރަށް ފަސޭހަވިއެވެ.

“އާއިލާ އެއް ވިއްޔާ މައްސަލަތައް ވެސް އުޅޭނެ. ވާހަކަދައްކައިގެން ހައްލު ކުރެވިދާނެ. ދޮންދައްތަ އަބަދުވެސް ލޯބިވާނެ ޝެނާދައްތަ އާއި ޝެމްބެ ދެކެ. އަދި ދޮންދައްތަބެ ވެސް އަބަދު ދައްކާނީ އެދެމީހުންގެ ވާހަކަ. އަސްލު މައްސަލަ ޖެހުނީ ޝެނާދައްތަގެ ކައިވެނި ގަދަކަމުން ކުރި ހިސާބުން ފެށިގެން. އެކަމަކު މަންމަ އާއި ބައްޕަ ވިއްޔާ. މާގިނަ ދުވަހަކު ރުޅިން ނުތިބެވޭނެއްނު”  މަޑުމަޑުން ކޮފީ ބޮމުން ދިޔަ ސުހާނާ ވާހަކަދެއްކިއެވެ. ސުހާނާގެ ވާހަކަތަކުން އަލްޔާ ހައިރާންވިއެވެ. ޝެނާގެ ކައިވެނި ކުރެވުނީ ވެސް މަޖުބޫރުން ކަން އަލްޔާ އަށް އަދި މިއެނގުނީއެވެ.

ހަލުވިކަމާއެކު ރޮށިފިހެ ނިންމާލާ ބަރަބޯ މައްސުނިލުމަށް ތައްޔާރުކުރަމުން އަލްޔާ ދިޔައެވެ. ސުހާނާ އެހީވުމުގެ ގޮތުން ހުނިގާނާން ފެށި ވަގުތު ޒޫނީ އުރާލައިގެން ޝެނާ ބަދިގެއަށް ވަނެވެ. އަދި ބަދިގެ އާއި ސިޓިންގްރޫމް ފެންނާނެ ގޮތަށް ބަހައްޓާފައި ހުރި ބޮޑު ސޯފާގައި ޒޫނީ ބާއްވާލަމުން ބުށްފުޅި ހަދަން ފެށިއެވެ.

“ޝެނާދައްތަ އަށް ލިބިފައި މިހުރީ ވަރަށް ހީވާގި ފަހަރިއެއް. އަތްމަތި ހާދަ އަވަހޭ”  ސުހާނާ ސަމާސާ ކޮށްލިއެވެ. އަލްޔާ ހީލިއެވެ. ޝެނާ ވެސް ހީލަމުން ޒޫނީގެ ބުށްފުޅި ތައްޔާރުކުރުމުގައި އުޅުނެވެ.

 

ސަޖޫލް ދިން ދައުވަތަކަށް އަލްޔާ އެގެއަށް ދިޔުމުން ގޭގައި ތިބީ ޝެނާ އާއި ޝައިމް ގެ އިތުރުން ސުހާނާ އެވެ. ޒާން އާއި ޒައިނީ ރީތިކޮށްގެން ކޮޓަރިއަށް ނިންދަވަން ސުހާނާ ވަނުމުން ޝެނާ ވެސް ކޮޓަރިއަށް ވަނީ ޒޫނީ ނިންދަވާށެވެ. ކޮޓަރީގައި ލެޕްޓޮޕުން މަސައްކަތެއް ކުރަން އިން ޝައިމް ބަދިގެއަށް ގޮސް އަމިއްލައަށް ކޮފީތައްޓެއް ހަދައިގެން އައިސް ސިޓިންގްރޫމް ސޯފާގައި ޖައްސާލިއެވެ. ރިމޯޓް ނަގާ ޓީވީ ހުޅުވާލުމަށްފަހު ޗެނަލްތައް ބަދަލުކުރަމުން ގޮސް މަޑުޖައްސާލީ ފުޓްބޯޅަ މެޗަކަށެވެ. އަތުކުރީގައި އޮތް ގަޑިއަށް ބަލާލީ އަލްޔާ ބަލާ އަންނަން ވަކި ގަޑިއެއް ބުނެފައި އޮތީމައެވެ. ޒޫނީ ނިންދަވާފައި ޝެނާ ތިރިއަށް ފޭބި ވަގުތު ސޯފާ ގޮނޑީގައި އޮތް ޝައިމް ފެނުމުން ކައިރިވެލިއެވެ. ޒާން އާއި ޒައިނީ އައިފަހުން ޝައިމް އާއި ވާހަކަދައްކާލަނެ ވަގުތެއް ޝެނާ އަށް ވަނީ ނުލިބިފައެވެ.

ޝައިމް އާއި ކައިރިވެލާ ކުޑަމޭޒުމަތީގައި އޮތް ރިމޯޓްނަގާ އަޑު ތަންކޮޅެއް މަޑުކޮށްލިއެވެ. ޝައިމް ޝެނާ އަށް ބަލާލުމަށްފަހު ގޮނޑީގައި ހަމަޖެހިލިއެވެ.

“މާދާމާ ހެނދުނު މަންމަ އާއި ޝުމާ އަންނާނެ. ވާނެ ގޮތެއް ވެސް އެނގެނީއެއް ނޫން. ކޮއްކޮ ވަރަށް ވިސްނައިގެން އުޅެއްޗެ. ލައި އަށް ވެސް މިހާރު އެނގޭ މަންމާ އާއީ އަހަރެމެން ދެމީހުން މައްސަލަތަކެއް އުޅޭކަން. މިހާރު ލައި އެއުޅެނީ ހަގީގަތާއި ވަރަށް ގާތުގައި”  ކުޝަން ނަގާ އުނގުގައި ބާއްވާލަމުން ޝެނާ ވާހަކަދެއްކިއެވެ.

“ހިތަށް އަރާ ކޯއްޗެއް ހޯދަންބާއޭ މިތަނަށް އެއަންނަނީ. މީކީ މަންމަ އާއި ވާ ގެއެއް ނޫން. ދެން އެ ޒީޝާން ގެންނަނީ ކީއްކުރަން. އަހަރެންގެ ދިރިއުޅުން ހަލާކުކުރަންތަ”  ޝެނާ ވާހަކަދައްކަން ފެށި މައުލޫއެއްގެ ސަބަބުން ޝައިމް ގެ ލޭކެކިގަތެވެ.

“ކޮއްކޯ ދޮންތަ ބުނަންތަ ވާހަކައެއް. މާދަމާ މިގޭތެރޭގައި އެއްވެސް ހަމަނުޖެހުމެއް ހިންގާކަށް ބޭނުމެއް ނޫން. ބޭރުން މީހަކަށް އެނގިއްޖިއްޔާ ކިހިނެއްވާނީ. އަނެއްކާ ޒާން އާއި ޒައިއްކޮ އަށް އަޑު އިވުނިއްޔާ އެކުދިންނަށް ކޮންކަހަލަ ނޭދެވޭ އަސަރެއް ކުރާނެ. ޒުވާބުކުރަމުން ގޮސް ލައި އަށް ހުރިހާ ކަމެއް އެނގުނިއްޔާ ވާނެ ގޮތަކާއި މެދު ވެސް ވިސްނަންވާނެ”  ޝެނާ ޝައިމް އަށް ވިސްނާދެމުން ދިޔައެވެ.

“ޔޫ އަރ ރައިޓް ދޮންތާ. އަޅުގަނޑު ލައި ބޭނުން ކޮންމެހާލެއްގައި ވެސް. އަދި ބޭބީސް ވެސް. އެމީހުން އެއަންނަނީ މިތާ އަބަދަކު އުޅޭކަށް ނޫނެއްނު. ކެތްކުރާނަން އަޅުގަނޑުގެ ދެކުދިންނަށްޓަކައި ވެސް”  ދެއަތް ދެއަތާއި ޖޯޑުކޮށްލަމުން ޝައިމް ބުންޏެވެ.

 

އަނެއް ދުވަހަށް އަރައިގެން އައި އިރާއެކު އަލްޔާ ބަދިގޭގައި ވަރަށް އަވަދިނެތި އުޅެމުން ދިޔައީ ފިރިމީހާގެ މަންމަ އަށް ރަނގަޅު ނާސްތާއެއް ތައްޔާރުކުރުމަށެވެ. ސުހާނާ ބުނެފައިވާ ގޮތުން ވިއްޔާ ނުވައެއް ޖަހަންވާއިރަށް އެމީހުން ގެއަށް އަންނާނެއެވެ. ޝެނާ ގެ މޫނުމަތިން މާ އުފާވެރިކަމެއް ނުފެނުނު ނަމަވެސް އޭނާ ވެސް ބަދިގޭގައި މަސައްކަތް ކުރުމުގައި އުޅޭއެވެ. ހެނދުނަށް ރޮށިފިހެ ބިސްރިހަ ކައްކާފައި ފަތުމައްސުނި އަދި ޕާނާއި ބަޓަރ ޖޭމް މޭޒުމައްޗަށް އެރުވުމަށް ފަހު އެވަގުތު ހޭލައިގެން އައި ޒާން އާއި ޒައިނީ އަށް ބުށްތަށި ވެސް ދިނީ އަލްޔާ އެވެ.

“ޝެނާ ދައްތާ އަހަރެން ކޮޓަރި ތައްޔާރުކޮށްފިން. ދޮންތަ އާއި އަހަރެން އެއްރޫމުގައި ނިދޭނެ. ދެން ދޮންދައްތަ އަށް ވަކިން ހުންނާނެެއްނު ކޮޓަރިއެއް. ބެޑްޝީޓް ވެސް ބަދަލުކޮށްފިން. ލައި ހުރީ މޮޕް އަޅާ މުޅި ރޫމް އޮފް އަރުވާލާފައި”  ސުހާނާ ހުރިހާ ވާހަކައެއް ދެއްކުމުން ވެސް ޝެނާ ހަމައެކަނި ހޫމް އެއް އަޅުވާލިކަމެވެ.

އަލްޔާ ކޮޓަރިއަށް ދިޔައިރު ޝައިމް ގައި މަތީގައި ކުއިލްޓް އަޅާލައިގެން އޮތީ ނިދާކަމަށް ހެދިގެންނެވެ. ހަގީގަތުގައި އަންނަން އުޅޭ މީހުންނާއި ކުރިމަތިލާން ޝައިމް ބޭނުން ނުވަނީއެވެ. އަލްޔާ އަށް ޝައިމް އަށް ގޮވާކަށް ވެސް ނުކެރުނެވެ. ކުއްލިއަކަށް ކޮޓަރީ ދޮރުހުޅުވާލި އަޑަށް އަލަމާރި ކައިރީގައި ހުރި އަލްޔާ ދިޔައީ ސިހިގެންނެވެ. ޒާން އަށް  ޝައިމްގެ ކޮޓަރިން އަލްޔާ ފެނުމުން މޫނުމަތިން ހައިރާންކަމެއް ފެނުނެވެ.

“ޑެޑީ…ޑެޑީ…ހޭލަބާ… ހިނގާ މަންމި އަށް ވެލަކްމަ ކިޔަން ދާން ޒާން އާއި އެކު. ޒައިއްކޮ ވެސް އެބުހުރި”  ޝައިމް ގައިމަތީގައި އަރާ އިށީންނަމުން ޒާން ޝަކުވާ ކޮށްލިއެވެ. އަލްޔާ އުފާވިއެވެ. އެކުދިންގެ ސަބަބުން ވިޔަސް ޝައިމް ތިރިއަށް ދާން އެއްބަސް ވާނެކަން އެނގޭތީއެވެ. ޝައިމް ތެދުވެ ޒާން ގައިގާ ބައްދާލާ ލޯބިކޮށްލުމަށްފަހު އަލްޔާ އަށް ބަލާލިއެވެ.

“އެހެންތަ… ދަރިފުޅު ދޭ.. ޑެޑީ ދާނަން ބްރަޝް ކޮށްގެން”  ޝައިމްގެ ގައިމަތިން އެނދުން ތިރިއަށް ފުންމާލި ޒާން ދާން އުޅެފައި ވެސް އަލްޔާ އަށް ބަލާލިއެވެ. އެވަގުތު އެޅަހިތުގައި އުފެދުނު ސުވާލަކުންނެވެ.

“ޑެޑީ.. ލައި ދައްތަ ނިދަނީ ޑެޑީ ކައިރީގަތަ. ދެން މަންމި އައިމަ ބާއްވާނީ ކޮންތާކު” ޝައިމް ގެ މޫޑްއޮފްވިއެވެ. އަލްޔާ އަށް ބަލާލާކަށް ވެސް ނުކެރުނެވެ. ޝައިމް އަށް އެއްޗެއް ނުބުނެވި އުޅެނިކޮށް އަލްޔާ ވާހަކަދެއްކިއެވެ.

“ޒާންގެ މަންމި ނިދާނީ ޒާންގެ މަންމި ބުނި ތަނެއްގައި. އޭރުން ލައި ދައްތަ ނިދާނީ ލައިދައްތަގެ ޓޫ ކިއުޓީސް އާއި އެކު”  ޒާން ގެ އިސްތަށިގަނޑުގައި އަތް ހިންގާލަމުން އަލްޔާ ބުންޏެވެ. ޒާން ހީލަމުން ކޮޓަރިން ދުވެލާފައި ނިކުތެވެ. މި ހުރިހާ އިރު ހުއްޓިފައި އިން ޝައިމް އަލްޔާ އަށް ބަލާލިއެވެ. ޝައިމް އާއި ދާދި ކައިރީގައި އަލްޔާ ހެވިފައި އިންތަން ފެނުމުން ޝައިމްގެ ހިތަށް އުފާވެރިކަން ލިބިގެން ދިޔައެވެ.

އަލްޔާ ނުވިސްނާ އިންދާ ޝައިމްގެ ބޯ އަލްޔާ އުނގުގައި ބާއްވާލިއެވެ. އަދި މޫނު ކުޑަކޮށް އުފުލާލަމުން އަލްޔާ އަށް ބަލާލިއެވެ. އުނދަގުވަމުން ދިޔަ އަލްޔާ އަށް އެއްޗެއް ބުނާކަށް ނުކެރުނެވެ. މިދަނޑިވަޅުގައި ވެސް އަލްޔާ ގެ ހިޔާލަށް އަންނަނީ ލޫކެވެ. އަލްޔާގެ އުގުގައި އެގޮތަށް ބޯ އަޅާލަން ލޫކް އަންނާނީ ކޮންއިރަކުން ހެއްޔެވެ؟ މިވަގުތު ޝައިމް ގެ މޫނު ވެސް އަލްޔާ އަށް ލޫކް ގެ މޫނު ސިފައިގާ ފެންނަން ފެށުމުން އަލްޔާ ސިހިފައި ދެފަރާތަށް މޫނު ތަޅުވާލިއެވެ.

ކުއްލިއަކަށް އަލްޔާ ސިހުނީ ޝައިމްގެ ތުންފަތް އަލްޔާގެ އަތްތިލައިގާ ޖެހުމުންނެވެ. މަޑުމަޑުން ޝައިމްގެ އަތް ތެރެއިން އަލްޔާ އަތް ދަމައިގަތެވެ. އަދި ޝައިމް ގެ ހިތަށް އަރާނެ އެއްޗެއް ނޭނގޭތީ ޝައިމް އަށް ބަލާލަމުން ހީލިއެވެ. އެވަގުތު ޝައިމް ގެ ލޮލުގެ އަރިމަތިން ވެއްޓެން ތައްޔާރުވި ކަރުނަތިކި ފެނި އަލްޔާ ހުއްޓުން އެރިއެވެ.

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ushaali

Level 810 Stories100 Comments100 Stories500 Comments

Writing stories is more than my passion. it’s a journey that fills my heart with joy and purpose. Every story I create carries a piece of my imagination, emotions, and dreams. My greatest hobby is reading, exploring new ideas, and transforming simple thoughts into unforgettable stories that inspire, entertain, and touch the hearts of readers. My happiness comes from knowing that someone, somewhere, smiles, laughs, cries, or finds hope through the words I write. There is no greater reward than seeing my stories become a meaningful part of someone’s life. Success, to me, is not measured by numbers or popularity alone. My true success is the love, support, and trust of my readers. Every person who reads my stories becomes a part of my journey, and I am deeply grateful for each one of you. Your encouragement gives me the strength to keep writing and to become a better storyteller every day. I always look forward to learning, improving, and creating stories that leave a lasting impression. I believe that growth never ends, and every new story is another step toward becoming the writer I aspire to be. One thing that makes my journey unique is that I value honest criticism more than praise. While kind words motivate me, constructive negative feedback helps me recognize my weaknesses, improve my skills, and grow faster in my writing career. Every thoughtful suggestion is an opportunity to become a stronger and better author. To all my readers, thank you for believing in my stories and walking this journey with me. You are not just my audience—you are an important part of my success. I hope my stories continue to inspire, entertain, and remain in your hearts for years to come.

Other Articles

Previous

ރިޔާޝާ (24ވަނަ ބައި)

Next

ޤުރުބާން ވުމީ މިހިތުގެ އުފާ 39 ވަނަ ބައި

Next
November 17, 2016

ޤުރުބާން ވުމީ މިހިތުގެ އުފާ 39 ވަނަ ބައި

Previews
November 17, 2016

ރިޔާޝާ (24ވަނަ ބައި)

30 Comments!

  1. Ushaali says:
    November 17, 2016 at 1:16 pm

    huriha kudhin. miothy 16 vana bai. mi bai ves kiyaalaa. 🙂 🙂 mi baives huriha kudhinnah kamudhaane kamah heekuran. 🙂

  2. Saandy says:
    November 17, 2016 at 1:30 pm

    v reethi… dhen avahah Alyaa ah hageegaiy angabala… next partah eba v inthizaaru kurevey… next part avas kollahchey…

  3. sonaalee says:
    November 17, 2016 at 1:32 pm

    Dhen shaim aa alyaa yaa dhemeehun ge dheythereyga kameh nuvanees avahah adhemeehun dhuru kollabala..look n alyaa gulhuvaa avahah..pls pks pls..shaim eaee v v v selfish meeheh..olhuvaalaagen hurihaakameh kuranee..mihaar foohi mi story dhaa goiy

  4. Zeev says:
    November 17, 2016 at 1:35 pm

    V reethi mi part ves

  5. Maahy says:
    November 17, 2016 at 1:43 pm

    V reethi mi part vx
    Ummm..I have a question
    Mi story ga ehkoh hunnany kithah part

  6. ely says:
    November 17, 2016 at 1:48 pm

    Varah foohi. Abadhu shaim a alya a ehkn ulheny. Luke e huhnnany eha dhuruga. V booooorrrriiing!!!!!

  7. Navya says:
    November 17, 2016 at 1:52 pm

    V reethi mi partves…

  8. meee says:
    November 17, 2016 at 2:02 pm

    dhen aIya aa shaim eha kairi nukerey..v foohi e dhemyhunge bai thah kiyan..dhen aIya ves moyatha?ehuriha hekithah fenna iruves kudaknves shahkku nuvey..ehunnany moya eh hen hyIa hyIa..so borin..Iuke ge baeh nethyma ves kada..

  9. Ashvy says:
    November 17, 2016 at 2:03 pm

    Wow.. mihaaru miothy enme reethi hisaabah aissa .. v v v v reethi.. keep it up ?

  10. Petite says:
    November 17, 2016 at 2:24 pm

    Alheyy dhw.. ushaa hama aharun hiyy thalhuvany dhw.. alhey avahah busy kollaba.. reethi roalhi akun dhuvvaalaathi.. v loabi mi part ves ❤❤

  11. Petite says:
    November 17, 2016 at 2:26 pm

    Alheyy dhw.. ushaa hama aharun hiyy thalhuvany dhw.. alhey avahah bust kollaba.. reethi roalhi akun dhuvvaalaathi.. v loabi mi part ves ❤❤

  12. Dh@h@ says:
    November 17, 2016 at 2:41 pm

    Rythi…ekam shaim aa shenaa ulheyy gothun v foohiveyy..plxx shaim aa alyaa nugulhuvaathiii…plxx hageegai bunedhyba alyaa ahh…alyaa shaim aa kari viyaa nudhehcheyy…i hate shaim n shenaa…

  13. athoo says:
    November 17, 2016 at 2:44 pm

    Mio uhey saandy a mina mio comment kuraa gotha dhw! Vvvvvvv foohi mihe mi any ways ushali is favorite witter vvvvv reethi story waiting for the next part????

  14. ikko says:
    November 17, 2016 at 3:05 pm

    thankolheh kuryyy??

  15. Look ge Lai says:
    November 17, 2016 at 3:09 pm

    Alhe dhw.. Plz Ushaali e shaim lai gaiga ayliya nudheythi.. He is so boring v foohi veyy.. Dhen avahah bust kohlabala.. Where is my look darling.. Look ah Lai bahahtaa..e shaim gandu kairin save kureyy..

  16. Reader says:
    November 17, 2016 at 3:10 pm

    Alhe dhnn…
    luuk ah lai libeyni kondhuhukunn..
    Lai ah angabala shaim ge hageegaiyh..thihen kudhin hiyy thalhuvaakah nuvaane..
    mi part vx vrh vrh reethi..
    Waiting..

  17. fathun says:
    November 17, 2016 at 3:34 pm

    luke ge bae nethy tha. alya ah shaku vaan jeheynei dho. shaku nuvanya alya kiyavaigen hutas moya dho. luke kobaatha

  18. RaM says:
    November 17, 2016 at 7:00 pm

    Alheyyyy dhn shaim burst kohlabala. Ma heekuree shenaa akee vx v rangalhu meeheh kamah bt v goas dhw

  19. Mi says:
    November 17, 2016 at 7:05 pm

    Alhe mihaaaru vaahaka reehcheh nun..luke kobaaaaa
    I luv him
    Pls dhen komme vea gotheh hadhaaa

  20. Ishaany says:
    November 17, 2016 at 8:36 pm

    Dhen mihaaru vaahaka reehcheh noon, haasaru ginaveema foohi kiyanves, Luke n alya ge baeh nuves aadhey

  21. Inee says:
    November 17, 2016 at 10:20 pm

    Varah reethi

  22. Khajja says:
    November 18, 2016 at 10:07 am

    Aekam dhen lookah kaamiyaabu vaanebaa Vsalhi??

  23. Ushaali says:
    November 18, 2016 at 8:40 pm

    baeh kudhin story mathin foohi v ma dhera vehjje 🙁 ekamaku kuriah oi thanuga vahaka hama varah reethivaaney huriha kudhin kairyga bunelan beynunvany. and comment kolli huriha kudhinnah varah bodah uthankyou 🙂

    1. Aileen says:
      November 18, 2016 at 9:17 pm

      Nooney dhera nuvey kiyuntherin hama kiyaa hithun kiyany dhn ekamaku ekahala comment kohli eh kamaku..

    2. Leem says:
      November 19, 2016 at 8:35 pm

      Ushaali dhera nuvey… Aslu vs ushaali ge story v salhi ingey…

  24. Yalveen says:
    November 18, 2016 at 9:13 pm

    Alya ah dhon maama kiyaa iru ves luke akah nulibeyne mivaa gothakun.. Dhn e dharinkolhu bodethivegen myhunnaa indhe dharin hoadhaairuves bodu moya ah hageegaiy neyngeyne..

  25. Aisho says:
    November 18, 2016 at 11:39 pm

    Koba dhen konirakun update vanee story…kiyaa hithun indhevenee ehves noon

  26. Azza says:
    November 19, 2016 at 8:20 pm

    Kobaa 17 vana episode ushalee

  27. shadows says:
    November 19, 2016 at 9:37 pm

    koba 17 episode haadha lahey upvaaleh

  28. deehsar says:
    November 21, 2016 at 3:58 pm

    knirakunbaa 17 vana episode liyany

Comments are closed.

Next Episodeވާލޯބި އެނގޭނަމަ… 17←


All Right Reserved!