“އަސްލު ކިހިނެއްތަ ވީ؟” އަހުސަން ޝިކާ ގާތު އަހާލީ ވާނުވާ އޮޅުންފިލުވަން ބޭނުންވެފައި ހުރިލެއް ބޮޑުކަމުންނެވެ. ޝިކާ ބުނަން އަނގަހުޅުވާލި ނަމަވެސް އޭނާގެ ހަރަކާތަށް ހުއްޓުން އެރީ ފަހަތުން މީހަކު އޭނާގެ ކޮނޑުގައި އަތް ބާއްވާލުމުންނެވެ. ޝިކާ ފަހަތް ބަލާލިއިރު ރީނާ އޭނާގެ ބޯހޫރުވާލީ ނުބުނާށޭ ބުނާ ފަދައިންނެވެ. ޝިކާ ހީލުމަށްފަހު ބޯޖަހާލިއެވެ. އަދި ވެގެން އުޅޭގޮތް ފަހުން ކިޔައިދޭނެކަމަށް އަހުސަން މެން ގާތު ބުނެ އެދެމީހުން ހަމަޖައްސާލުމަށްފަހު ރީނާ އާ އެކީ ކޮޓަރިއަށް ދިއުމަށް ހިނގައިގަތެވެ. […]
“ޔެއާ… އިޒިންޓް ޝީ ހޮޓް؟” އަމީން ރީނާ އަށް އިށާރާތްކޮށް ހީގަންނަމުން ބުނެލިއެެވެ. އެއާއެކު ރީނާއަށް ހީވީ މީހަކު އޭނާގެ މެއަށް ހޫނު ފެން އެއްޗެއް ޖެހިހެންނެވެ. މިހާރު އޭނާއަށް ފެންނަމުން އެދަނީ ކުރީގެ ހިތްހެޔޮ ރަނގަޅު އަމީން އެއް ނޫނެވެ. މިއީ ކޮންތަނެއް ބާވައެވެ؟ އަމީން އަށް މިތަން އެނގެނީ ކިހިނަކުން ބާވައެވެ؟ އަމީން އޭނާ މިތަނަށް ގެންނަން ޖެހުނީ ކީއްވެގެން ހެއްޔެވެ؟ ތަފާތު ސުވާލުތަށް އޭނާގެ ސިކުނޑިއަށް ވެރިވާން ފެށުމުން ބޮލުގައި ކުޑަ ރިހުމެއް […]
ކޮޓަރިއަށް ވަދެވުމާއެކު ޝިކާގެ ބޮލަށް ވެފައިވާ އުނދަގުލާއެކު ނިދިއަންނަން ފެށިއެވެ. އަދި އެވާހަކަ މާދަމާ ކިޔައިދޭންޖެހޭނެ އޭ ބުނެ ފެންވަރައިގެން އައިސް ޖައްސާލިތަނާހެން އޭނާއަށް ނިދިއްޖެއެވެ. ރީނާވެސް ފުންނޭވައެއް ދޫކޮށްލުމަށްފަހު އެނދައް އަރާ އޮށޯވެލިއެވެ. އޭނާގެ ލޮލުން ހޯސްލާފައި އެވަގުތު ކަރުނަ ފައިބަން ފެށީ މާޒީގެ ހަނދާންތައް އާ ވާން ފެށުމުންނެވެ. *********** ހެނދުނު ހޭލެވުނު އިރުވެސް ޝިކާ ގެ ބޮލުގައި ކުޑަ ރިހުމެއް އުފެދިފައިވެއެވެ. ހިތްވަރުކޮށްލާފައި ތެދުވެ ޕެނެޑޯލް ގުޅައެއް ކައިލުމަށްފަހު ސްކޫލަށް ދާން ތައްޔާރުވާން […]
” އިބްރާހީމްފުޅުބޭ ކަމެއް ކޮއްފައި މި ދޭނަން…. މި ބަލާ އާދޭ ތިންދުވަސް ފަހުން.. އޭރަށް ނިންމާލާނަން… ދެން ބުނަން.. މި ދޭން ޖެހޭނީ އެކުއްޖާގެ ވާއަތަށް… ވިސްނާތި މިބުނި ތަންކޮޅަށް…” އިބްރާހީމްފުޅު އެ ޗޮކުލެޓަށް އިޝާރާތް ކޮށްލަމުން ބުނެލިއެވެ. ހުސައިނު އިބްރާހީމްފުޅަށް ޝުކުރު އަދާކޮށްފައި އެގެއިން ނިކުންނަން ހިނގައިގަތް އިރު އޭނާގެ މޫނުމަތީގައިވަނީ ހިތްހަމަޖެހުމުގެ އަސަރުތަކެވެ. އަހުލާވެސް ހުރީ ނިކަން އުފަލުންނެވެ. މީހަކަށް ބޮޑު ދެރައެއް ދެވެން އުޅޭ އިރުވެސް އެދެމީހުންގެ ހިތަށް އެއްވެސް އެއްޗެއް […]
“ދަރިފުޅާ… ބައްޕަ ބަލާނަން އިނގޭ ތިކަން ކޮއްދެވޭތޯ..” ހުސައިން ވަރަށް ލޯބިން އަހުލާ ގެ ކޮލުގައި ހިފާލަމުން ބުނެލިއެވެ. “ޝުކުރިއްޔާ ބައްޕާ..” އަހުލާ އުފަލުން ހުސައިން ގައިގައި ބައްދާލަމުން ބުނެލިއެވެ. ********** އެދުވަހު ޝިކާ ގެއަށް އައިސް ވަތް އިރު ހީވަނީ ފޮޅިފައިވާ ފިނިފެން މަލެއް ހެންނެވެ. އޭނާ ހުރީ އެހާ ވެސް އުފާވެފައެވެ. ގެއަށް އައިސް އޭނާ އެންމެ ފުރަތަމަވެސް ގުޅާލީ އޭނާގެ ބައްޕައަށެވެ. ޝިކާ އަށް މަތީ މާކްސް ލިބުމުން ސަމީރު ވަރަށް އުފާވިއެވެ. […]
“ދެން ގުޑް ބާއީ ފޯރއެވާ… އަހަންނާ ދެން ނުގުޅާތި..” ތާމިން އޭނާ ގެ އެންމެ ފަހު ބަސް ބުނުމަށްފަހު ފޯނު ބޭއްވިއެވެ. ޝިކާ ގިސްލަމުން އެނދުމަތީގައި އޮށޯވެލިއެވެ. އޭނާ އަށް ވަށައިގެން ވާ ތަނުގައި ވާ އެއްވެސް ކަމެއް ނޭނގެއެވެ. ބޮލަށް އެނބުރުން އަރަން ފެށުމުން އޭނާ ދެލޯ މަރާލިއެވެ. ދެން ވީ ނުވީއެއް އޭނާ އަކަށް ނޭނގުނެވެ. ***************** ތާމިން އިނީ އޭނާގެ ކޮޓަރީގައެވެ. ތަޅުންގަނޑު މަތީގައި އިށީންދެގެން އެނދުގައި ބޯޖަހައިގެންނެވެ. މުޅި ކޮޓަރި ތެރޭގައި […]
ޝިކާ ބަލާލިއިރު ރޮކެޓެކެވެ. “ލުކް އިންސައިޑް!” ރޮކެޓުގެ ބޭރުގައި އެހެން ޖަހާފައި އޮތުމުން ޝިކާއަށް ލިބިގެންދިއައީ ހައިރާންކަމެވެ. ވަށައިގެން ނަޒަރު ހިންގާލިއިރު އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ތެޅިތެޅި އޮތް ހިތަކާ އެކު އޭނާ އެ ރޮކެޓް ނިއުޅާލީ އެތެރޭގައި އޮތް އެއްޗެއް ކިޔާލުމަށެވެ. ޝިކާ ރޮކެޓް ނިއުޅާލާފައި އެތެރެ ބެލިއިރު އޭނާ ހީކުރި ގޮތާ ޚިލާފަށް އެއްވެސް އެއްޗެއް ލިޔެފައެއް ނެތެވެ. މޫނަށް ވައްތަރެއް ޖައްސާލަމުން ކައިރީގައި ހުރި މޭޒުމަތީގައި ކަރުދާސްގަނޑު ބާއްވައިފައި އޭނާގެ މަސައްކަތާއިގެން […]
“އަހުސަނުގަނޑާ ހެދި ލަހުން ރިޕްލައި ކުރެވެނީ..” ޝިކާ އަހުސަނާ ދިމާއަށް އެއްޗެސް ކިޔަމުން ރިޕްލައި އެއް ލިޔެލިއެވެ. އަދި ރަނާ އާ އެކު ލޯންޑަރީ އަށް އަނެއްކާވެސް ދިއައީ އިސްތިރިކޮށް ނުނިމޭތީއެވެ. ************ އެރޭ ޝިކާ އަކަށް ނުވެސް ނިދުނެވެ. ތަފާތު އެހެން ސްކޫލަކަށް ދާންޖެހޭތީ ޖެހިލުންވަނީއެވެ. އޭނާ އެންމެ ބިރުގަންނަނީ އޭނާއަށް ކުލާހުން ރަހުމަތްތެރިއަކު ނުލިބިދާނެތީއެވެ. ފުރޮޅި ފުރޮޅި އޮއްވައި ކުއްލިއަކަށް މީހެއް ދޮރުހުޅުވާލި އަޑަށް އޭނާ ދިއައީ ސިއްސައިގެންނެވެ. ބޯހިއްލާ ބަލާލިއިރު ނިދާ ބޮކީގެ […]
“ތީ މިގެއަށް ކިޔަވަން ހުންނަން އަލަށް އައި މަންޖެއެއް…. ވަރަށް ގަޅި ވައްތަރު ޖަހާ ދޯ..؟” އަހުސަނު ހެމުން ހެމުން އަމީން ގާތު ބުންޏެވެ. އަހުސަނު އަނެއްކާ ވެސް ޝިކާ އާ ބެހެން ފެށުމުން ލިވާން ގެ ލޭ ކެކިގެން ދިއައެވެ. ނަމަވެސް ރުޅި ހިންދާލަމުން އަމީން ގާތު އެތެރެއަށް ހިނގާށޭ ކިޔައި އަމީން ގެ ކޮނޑުގައި އަތް އަޅައިގެން ގޭތެރެއަށް ވަދެގެން ދިޔައެވެ. އަހުސަނު ހެވިފައި އިސްޖަހައިގެން ހުރި ޝިކާ އަށް ބަލާލިއެވެ. އަދި ޝިކާގެ […]