Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

މަލާމާތް ލޯބި – 6

leafy Level 210 Stories100 Login
July 18, 2026 5 Mins Read
2 Comments

ގަހުވަޚާނާގައި މީހުންތައް ވާހަކަދައްކާ އަޑުތައް އެއްއަޑުވެފައިވެއެވެ. އެތަނުގެ ކަނެއްގައި ބައްހައްޓާފައިވާ މޭޒެއްދޮށުގައި ރައިޝާއާއި ލުބުނާ އަދި އާހިލު އިށީނދެ ތިއްބެވެ. “ކޮލެޖުގެ ބާކީ އޮތީ އެންމެ ހަމަސް ދެން ކޮންކަމެއް ކުރަނީ އޭގެ ފަހުން؟” ރައިޝާ ސުވާލު ކުރިއެވެ. “ވިޔަފާރި!” އާހިލުއާ ލުބުނާ ދެމީހުން އެއްފަހަރާ ބުންޏެވެ. “އަހަރެން އަދި ރާވައިގެންހުރީ އެހެން ދާއިރާއެއް އެކަމު ވިޔަފާރި ނެގީ މީހަކު ބުނެގެން.” ރައިޝާ ވަރަށް ވިސްނައިގެން ބުންޏެވެ. ކުއްލިއަކަށް ބަނދަރާ ދިމާލުން މީހުންތަކެއް ދުވެފައި އަންނަތަން ފެނެއެވެ. “އެ ކިހިނެތް ވަނީ؟” އާހިލު އެ ދިމާއަށް ބަލައިލުމަށްފަހު ސުވާލު އުފެއްދިއެވެ. ބަނދަރުންއައި މީހަކު ހިފެހެއްޓުވޭތޯ ބޭރަށް ދިޔައެވެ.

އެ ލިބުނު ވަގުތުކޮޅުގައި ލުބުނާ ވަރަށް ހަޑިކޮށް ވާހަކަ ދައްކަން ފެށިއެވެ. “ކަލޭ ތީ ބޮޑު ޖަނަވާރެއްނު. މުސްތަގުބަލުގައި މަގޭ ފިރިއަކީ އާހިލު. ކަލޭ އެތާ ދެމެދަށް ވަންނަން އުޅޭނަމަ ކަލޭގެ މިދުނިޔެއަށް އަލްވަދާއު ކިޔަން ޖެހިދާނެ.” ލުބުނާ އަޑުމަޑުކޮށް ބުންޏެވެ. “އަހަރެން ގާތެއް ނުވަން. އަހަރެންގެ ފަހަތުން އުޅުމަކީ އޭނާގެ މައްސަލައެއް.” ރައިޝާ އޭނާގެ ދިފާއުގައި ބުންޏެވެ. ހިތާހިތުން ރައިޝާ ބުންޏެވެ. ‘އެކަމު އޭނާ މަށާ ކައިވެނި ކުރުވައިފި ވިއްޔަ.’ ރައިޝާއާއި ލުބުނާ ބޭރަށް ނުކުތީ އާހިލު އިޝާރާތް ކުރުމުންނެވެ.

“އެއްކަލަ ފާއިޒުއާއި ޔައިމާ އެބައޮތޯ ބަނދަރުމަތީ މަރުވެފައި.” ރައިޝާއަށް މި ޚަބަރުގެ އަޑު އިވުނީ ހޮނު ގުގުރިއެއް ފަދައިންނެވެ. އޭނައަށް ހުރެވުނު ތަންވެސް ނޭނގުނެވެ. މި ވަމުންދާ ކަންތައްތައް ރައިޝާއަށް އިނގޭ ކަހަލައެވެ. ރައިޝާ ދެ މީހުންނަށް ދަނީއޭ ބުނުމަށްފަހު، ކުރިން އުޅުނު ގެއަށް މިސްރާބު ޖެހިއެވެ. އޭރު ފަރީދު ބޭރު ޖޯލިފަތީގައި ރީއްޗަށް އިށީނދެލައިގެން އިނެވެ. “ކީއްކުރަނީ ތިޔަ؟” ރަައިޝާ ފަރީދު ތޫނުކުރަމުންދިޔަ ވަޅިއަށް އިނގިލި ދިއްކުރަމުން ސުވާލު ކުރިއެވެ. “ވަޅި ތޫނު ކުރަނީ!” ފަރީދު ބަލައިވެސް ނުލާ ބުންޏެވެ. “ކާކު ފާއިޒުމެން މަރާލީ؟” ރައިޝާ ޔަގީންކުރަން ބޭނުންވިއެވެ. ފަރީދު ހަނު ހުއްޓެވެ. އެންމެ ބަހެއްވެސް އޭނަގެ އަނގަޔަކުން ނުނިކުތެވެ. ރައިޝާވެސް ފަރީދު އިންގޮތުން އެ ގެއިން ނުކުމެ ދުވަމުން އާހިލުގެ ގެއަށް އެނބުރި ދިޔައެވެ. އޭނާއަށް މިހާރު ޔަގީނެވެ. ފަރީދު އެހުރީ ޔަގީނުންވެސް ނަފުސާނީގޮތުން ސަކަރާތްވެފައެވެ.

ރައިޝާ ކަރުނަތައް ފުހެލުމަށްފަހު، ކޮޓަރިއަށް ވަންނަން ގޭގެ މައިކޮޓަރިއަށް ދިޔައެވެ. އޭރު ލުބުނާ ސޯފާގައި އިށީނދެ އިނެވެ. ޓެލެވިޜަނަށް ގެއްލިފައިވުމާއެކު އޭނާ ފިލައިގެން ބަދިގެ ފަޅިއަށް ދިޔައެވެ. އޭރު އާހިލު ބަދިގޭގައި ގަހުވަ ގިރަން ހުއްޓެވެ. “ކޮންތާކު އުޅެއުލެފަ ތިޔައީ؟” ރައިޝާ ބަދިގޭގެ ނިވަލުގައި ފިލަން ހުއްޓެވެ. “މިއައީ ފަރީދުބެ ގެއަށްގޮސްފައި.” ރައިޝާ ހާސްވެފައި ހުރިތަންފެނި އާހިލު ގާތްވަމުން ދިޔައެވެ. އާހިލުއަށް ދެން ހިފެހެއްޓޭކަށް ނެތެވެ. އޭނާގެ ހިތް ފުރިބާރުވަމުން ދިޔައެވެ. އާހިލުގެ ހިތް ރައިޝާއަށްޓަކައި ހުސްކޮށް އޮތެވެ. އާހިލު ރައިޝާގެ ދެ އަތުގައި ހިފާ އޭނާގެ ހަށިގަނޑާ ގާތްކޮށްލިއެވެ. ބޮސްދޭން އުޅުނު ނަމަވެސް ރައިޝާ މޫނު އަނބުރާލުމުންް އާހިލު އެ ޚިޔާލު ދޫކޮށްލިއެވެ. އިރުކޮޅަކުން ލުބުނާ ބަދިގެއަށް އަންނަ އަޑު އިވުނުހެން ރައިޝާ ތެޅިގަތެވެ. އައިސް އަލަމާރީގެ ނިވަލުގައި އޭނާ ފިލާ އިނެވެ. މޫނުގައި އަތް އަޅައިގެން އިނދެ ނޭވާލުންވެސް މަތަކުރިއެވެ.

“އާހީ. އަދިވެސް ނުނިމޭތަ؟” ލުބުނާ ފޮނި ރާގެއްގައި ބުންޏެވެ. ލުބުނާ ބަދިގޭގެ އެތެރެއަށްވަނެވެ. ރައިޝާ އަލަމާރީގެ އެންމެ ބިތްދޮށަށް ވެޑުވިފައި އިނެވެ. އޭނާ ބިރުން އަވަދިވެފައިވެއެވެ. ނަސީބަކުން ލުބުނާ އަނބުރާ އާހިލު ކައިރިއަށް ދިޔައެވެ. “އާހީ ހިނގާބަ މިރޭ ކޮންމެވެސް ފިލުމެއް ބަލަން!” ލުބުނާ އާހިލުގެ ދަށްބަނޑާ ދިމާލުގައި އަތް ބާއްވާލަމުން ބުންޏެވެ. އާހިލު އެކަމަށް އިންކާރު ކުރިއެވެ. “އުނ. މިހުރީ ގަހުވަ ގިރާފައި މި ހިފައިގެން ދޭ ބޭރު މޭޒަށް.” އާހިލު ލުބުނާ ބަދިގެއިން ނުނިކުމެގެން އުޅުނެވެ. އާހިލު އިޝާރާތް ކުރުމުން ރައިޝާ އަލަމާރި ބިތްދޮށުން ނުކުތެވެ. އޭނާގެ ހަށިގަނޑުގައި ހޫނުކަން ހުއްޓެވެ. އަލަމާރީގެ ފަހަތުން ވަމުން ދިޔަ ހޫނުކަން އެހާވެސް ވަރުގަދައެވެ. ރައިޝާ ކޮޅަށް ތެދުވަން އުޅުނުހެން ބޮލަށް އެނބުރުންއަރާ އާހިލުގެ ގަޔާ ދިމާއަށް ވެއްޓުނެވެ.

ލުބުނާ އެވަގުތު ބަދިގެއަށް އައެވެ. “އާހީ، އާދެބަލަ…” ލުބުނާ ހަޅޭއް ލަވައިގަތެވެ. “ރައިޝާ؟!!!” އާހިލުގެ ގައިމައްޗަށް ވެއްޓިގަނެގެން އޮތް ރައިޝާ ފެނުމުން ބާރަށް ހަޅޭއް ލަވައިގަތެވެ. ބަދިގޭގެ މަގަތުގައި ބަހައްޓާފައިހުރި ފިހިގަނޑު ހިފައިގެން އައިސް ލުބުނާ ރައިޝާގެ ގައިގައި ޖަހަން ތައްޔާރުވިއެވެ. “އޭތް! ކީތްކުރަން މަގޭ އަނބިމީހާ ގައިގައި ޖަހަން ތިއުޅެނީ؟” އާހިލު އެ ވަގުތު އައިސްހުރި ރުޅިއާއި ސިހުމުގެ ތެރޭގައި އޭނާއާއި ރައިޝާގެ ގުޅުން ބުނެވުނެވެ. އެ އަޑު އިވުނުހެން ލުބުނާގެ އަތުގައި އޮތް ފިހިގަނޑު ވެއްޓުނެވެ. “އާހީ… އަނބިމީހާއޭ.” ލުބުނާއަށް އަޑު އިވުނު އެއްޗަކީ ތެދުކަން ގަބޫލުކުރާކަށް ބޭނުމެއް ނުވިއެވެ. ލުބުނާ އެތަނުން ބޭރަށް ނުކުތެވެ. އެގެއިންވެސް ނުކުމެ ދުއްވައިގަތެވެ.

ރައިޝާ އުރާލިހެން އާހިލުގެ އަތުގައި ތެތްކަމެއް ޖެހުނެވެ. މާބޮޑަކަށް އަޅައިނުލާ ކޮޓަރިއަށް އެނބުރި ގެންދިޔައެވެ. ރައިޝާ އެނދުގައި ބޭއްވިފަހުން އާހިލުގެ އަތަށް ބަލައިލިއެވެ. ލޭހުރިކަމުން ފާހާނާއަށްވަދެ ސާފުކުރިއެވެ. ‘އެކަމު ކޮންތާކުން ލޭ؟’ އާހިލު ވިސްނަމުން ދިޔައެވެ. ރައިޝާއަށް އޭރު ވަރުބަލިވެގެން ނިދިއްޖެއެވެ. ހުންއައިސް މީހާގެ ގައި އެކަށްހެން ހޫނުވެފައިވެއެވެ. އާހިލު އައިސް ނިތްކުރީގައި އަތް ޖައްސާލިއެވެ. ހުން ހުރިކަން އެނގުމުން ތެތް ތުވާލި ބޭއްވިއެވެ. ރައިޝާ ލައިގެން އޮތް ހެދުމުގައި ލޭގެ ކުލަ ޖެހިފައިވާތަން ހޯދަމުން ދިޔައެވެ. ބަނޑުދަށު ހިސާބަކުން ލޭ ހުރުމުން އެއީ ކޮންކަމެއްކަން އާހިލުއަށް ދޭހަވިއެވެ. އަވަހަށް އެނދުން އުފުލާލައިގެން ފާހާނާއަށް ގެންދިޔައެވެ. އާހިލު ރައިޝާގެ ގައިގައި ހިފަހައްޓައިގެންހުރެ ފެންމާގަނޑު ދޫކޮށްލިއެވެ. ރައިޝާއަށް ކޮޅަށް ހުރެވޭވަރަށްވުރެ ބޮލަށް އެނބުރުން އެރިއެވެ. އެންމެފަހުން އާހިލުވެސް ތެމިގެން ރައިޝާ ތާހިރުކުރުވިއެވެ.

ރަތްވިލާ އޮއްސެން ގާތްވެފައިވިހެން ލުބުނާއަށް ދުވެފައި އޭނާގެ ގެއާ ހިސާބަށް ދެވޭވަރުވިއެވެ. ނަމަވެސް އޭނާ ބިރުގަތީ ކުރިމަތީގައި މޫނު ފޮރުވައިގެން ހުރި މީހަކު ހުރުމުންނެވެ. އޭނާގެ އަތުގައި ކުޑަވަރެއްގެ ފުޅިއެއް އޮތެވެ. ލުބުނާއަށް އެ މީހާ ފެނުމުން އެނބުރިއައި ކޮޅަށް ދުއްވައިގަނެވުނެވެ. ނަމަވެސް އޭގެ އިރުކޮޅަކުން އެ މީހާ ލުބުނާ އަތުލައިގަތެވެ. ފުޅީގައިހުރި ދިޔައެއް ލުބުނާގެ އަނގަ ތެރެއަށް އަޅާ ގަދަކަމުން ދިރުވިއެވެ. ހިތިހުތް ރަހައެއްލުމުން ލުބުނާ މޫނަށް ގޮތެއް ހަދާލިއެވެ. ގަދަހަދާފައި އެ މީހާގެ އަތްދަށުން ލޫދިގެންފައި ލުބުނާ ގެއާ ހަމައަށް މިސްރާބު ޖެހިއެވެ. އެ މީހާވެސް ހުރިތަނަށް ވަޔަށް ގެއްލުނުހެން އިމާރާތުގެ ހިޔަނިތަކުގެ ތެރެއަށްވަދެ ފިލިއެވެ.

އިޝާ ފަހުން ފާއިޒުއާއި ޔައިމާގެ ކަށުކަމާކެމީ އޮތެވެ. ފާތިމަތު އާދައިގެ މަތިން އަހުސަނުއާ މެސެޖުކޮށް ވާހަކަ ދައްކަމުން ދިޔައެވެ. އިރުކޮޅަކުން ފާތިމަތަށް އޭނާގެ އަމިއްލަ ބަރަހަނާ ތަސްވީރުތަކެއް ގޮތް ނޭނގޭ މީހަކު ފޮނުވިއެވެ. އޭގައި ލިޔެފައިވަނީ ‘މި މަންޒަރުތަށް ރަށަށް ފެތުރެން ބޭނުން ނުވާނަމަ ގެއިން ނުކުންނާށެވެ’ މިހެންނެވެ. ފާތިމަތުގެ ލޯ ކާއްޓަކަށްވުރެ ބޮޑުވެގެން ދިޔައެވެ. ބިރުން އަހުސަނުއަށްވެސް މެސެޖުނުކޮށް ބޭރަށް ނުކުތެވެ. މަގުމަތީގައި ދިއްލާފައިވާ ބޮކި މިއަދު ހުރީ ނިވިފައެވެ. ގޭގެ ބޭރުގައި އަނދިރިކަން ރަސްކަން ކުރަމުން ދިޔައެވެ. ކުއްލިއަކަށް ހިޔަނިތަކުގެ ތެރެއިން އަތެއް އައިސް އޭނާގެ މޫނު ފޮރުވާލިއެވެ. ކަރުގެ ވަށައިގެން ހެތުރެއް އެޅުވިގެން ދިޔައެވެ. އޭނާގެ އަނގައިގައި ބާރަށް ފޮތިގަނޑެއް އެއްސިއެވެ. ރުކެއްގެ މަތިން ފައިބާފައިވާ ވާގަނޑަށް އެ މީހާ ދަމާލިއެވެ. އެއާއެކު ފާތިމަތުގެ ކަރުގައި އެޅުވިފައިވާ ވާގަނޑަށް ވާންވެގެން ދިޔައެވެ. ނޭވާ ނުލެވި ވއަގެތެރޭގައި ތެޅެމުން ދިޔަ ފާތިމަތަށް ބަލަންހުރެ އެ މީހާ ހިޔަނިތަކުގެ ތެރެއިން ގެއްލި ފިލައިފިއެވެ.

ފާތިމަތުގެ ޚަބަރުނުވެ ގިނަ އިރުވުމުން އަހުސަނު އެ ގެއަށް ދިޔައެވެ. އޭރު ފާތިމަތުގެ ބައްޕަވެސް އޭނާ ގެއްލިގެން ހޯދަމުން ދިޔައެވެ. އަހުސަން ފާތިމަތު ހޯދުމަށް ކައިރީގައިހުރި ގެތަކަށް ދިޔައެވެ. އެއަށްފަހު، ކައިރީގައިވާ ރުއްގަނޑުވެސް ބެލިއެވެ. ނަމަވެސް ފާތިމަތުގެ ނިޝާނެއް އެކަކަށްވެސް ނުފެނުނެވެ. ރުއްގަނޑުތެރެއަށް ވަދެގެންދިޔަ އަހުސަނު ސިއްސައިގެން ދިޔައީ މީހެއްގެ ހިލަމެއް ވުމުންނެވެ. ފާތިމަތުގެ ނަން ގޮވަމުން އެކި ދިމަދިމާ އަލިކުރަމުން ދިޔައެވެ. ކުއްލިއަކަށް އެއްކަލަ މީހާ ކަތިވަޅިއަކުން އަހުސަނުގެ ކަރާދިމާލުގައި ގައިގައިހުރި ބާރެއްލައިފައި ޖެހިއެވެ. ބޯ ހަށިގަނޑާ ވަކިވެ ބިމަށް ވެއްޓުނެވެ. އެ މީހާ ކަމަކަށްވެސް ނުހަދާ ކަތިވަޅި ހިފައިގެން އެތަނުން ފިލިއެވެ. އޭނާގެ މުހިންމަތު ކާމިޔާބުވީއެވެ.

އާ ދުވަހަކަށް އިރު އަރައިގެން ދިޔައީ އަހުސަންއާއި ފާތިމަތުގެ މަރުގެ ޚަބަރު ފެތުރިގެން ދިޔަ ވަގުތުއެވެ. ރަށުތެރޭގެ އެކި ހިސާބުތަކުގައިވެސް އެންމެ ހޫނުކޮށް ދެކެވެމުން ދިޔަ ވާހަކައަކީ އެއީއެވެ. އިއްޔެ މަރުވި ކުދިންގެ ވާހަކަ ބައިވަރު ޚަބަރު ޓެލެވިޜަން ތަކުންވެސް ތައުސީލު ކުރަމުން ދިޔައެވެ. މިޚަބަރު އަޑުއަހަން އިން އާރިފު ހާސްވަމުން ދިޔައެވެ. “އެއީ އާހިލު އުޅޭ ކިލާހެއް ނުންހެއްޔެވެ؟” އެހެންބުނެ އާހިލު ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. ރައިޝާއާއި ދެ މީހުންވެސް ރީތިކޮށް ނިދާފައި ތިބުމުން އާރިފު ހަމަޖެހުނެވެ. ރައިޝާއަށް ހޭލެވުނުހެން ފުރަތަމަވެސް ފެނުނީ އާހިލުގެ މޭމައްޗެވެ. ދެ އަތް ވިއްދާފައި އާހިލުއާ ދުރުވެވޭތޯ އޭނާ މަސައްކަތް ކުރިއެވެ. ނަމަވެސް މިފަހަރު އާހިލު އޮތީ ބާރަށް ހިފަހައްޓައިގެންނެވެ. ނިދިއަޑުން އާހިލު ވާހަކަ ދެއްކިއެވެ. “އަދި އޮވެބަލަ. ކޮލެޖަށް ދާކަށް ނުވޭ އަދި.” އާހިލު ބުނި ބަސް އިންކާރުކޮށް ރައިޝާ އޭނާގެ ފޯނު ފެނޭތޯ ބެލިއެވެ. ފޯނުން ގަޑި ފެނުނުހެން އާހިލުއާ ދިމާއަށް ހަޅޭއްލަވައިގަތެވެ. އެއޮތްގެން ނުވައެއް ޖަހަނީ. ތެދުވަންވީ!!!” ރައިޝާ ބާރަކަށް ބުންޏެވެ. ރައިޝާ އާހިލުގެ އަތްދަށުން ސަލާމަތްވެ ލޯގަނޑު ކުރިމައްޗަށް ދިޔައެވެ. އޭނާގެ ހެދުން ބަދަލުކޮށްފައިވާކަން ރެއަކާލީ ދެނެވެ. “އާހިލޫ!!!” ޖޫނާ ބާރަށް ހަޅޭއްލަވައިގަތެވެ. “ކީތްވީ؟” އާހިލު ފުންމައިގެން ތެދުވިއެވެ. “ކާކު މަގޭ ހެދުން ބަދަލުކުރީ؟” ރައިޝާ ހެދުމާ ދިމާއަށް އިޝާރާތް ކުރިއެވެ. “ކީއްވީ؟ އެއީ މައްސަލައެއްތަ؟ އަހަރެން މިއީ ފިރިމީހާކަން ނޭނގެނީތަ؟” އާހިލު ރައިޝާއަށް މައްލަވަކުރިއެވެ. “އެކަމަކުވެސް” ރައިޝާ ހެދުމުގެ ފަސްބައި މުށްކަރުވާލިއެވެ. “ކަލެއެއްނު ފުރަތަމަ ކޮލެޖަށް އައިސް އަހަންނާ ހުޝާމަތުކުރަން ފެށީ.” އާހިލު ތެދުވަމުން ފާހާނާއަށް ވަނެވެ. “ކޮންތާކު؟” ރައިޝާގެ ގާތަށް ރުޅިއައެވެ.

ރައިޝާއާއި އާހިލު ކޮލެޖަށް ދާން ނިންމީ މެންދުރުފަހުއެވެ. ބަދިގެއަށް ވަދެވުނުހެން ގަހުވަ ގިރަން ފެށިއެވެ. ރައިޝާ އާހިލުއާ ވީހާވެސް ދުރަކަށް ޖެހުނެވެ. ނަމަވެސް އާހިލު އޭނާގެ އަތުން ހިފާ ރައިޝާ އޭނާއާ ދިމާއަށް ގެނައެވެ. “ދެން… ދޫކުރޭ.” ރައިޝާ ކުޑަކޮށް ލަދުރަކި ގޮތަކަށް ބުންޏެވެ. ދެމީހުންވެސް ގަހުވަ ގިރައިގެން މައި ކޮޓަރިއަށް ދިޔައެވެ. ރައިޝާ ބިސްކޯދެއް ދެފަޅިއަށް ފަޅިކޮށްލުމަށްފަހު ގަހުވަތެރެއަށްލައި ފޯކޮށްލިއެވެ. އާހިލު ސޯފާގައި އިށީނދެ ރައިޝާއަށް ހުޝާމަތުގެ ބަސްތައް ބޭނުންކުރަން ފެށިއެވެ. އާހިލު ހަމަ ރަނގަޅަށްވެސް ރައިޝާއަށްޓަކައި ހިތް ދިނީއެވެ. ނަމަވެސް ރައިޝާ އެއް ހާލަތެއްގައިވެސް އާހިލުއަށް ފުރުސަތު ދޭކަށް ބޭނުމެއް ނުވެއެވެ. އާހިލު ދެއްކި ވާހަކައަށް ބީރު ކަންފަތެއް ދީގެން އިނދެ ގަހުވަ ތަށި ހުސްކޮށްލިއެވެ. ރައިޝާ ތެދުވެ ފޯނު ނަގަން ކޮޓަރިއަށް ދިޔައެވެ. އޭރު ރާއްޖެ ޓެލެވިޜަނުން އިއްޔެ ރަށުގައި މަރުވި ކުދިންގެ ވާހަކަ ގެނެސްދެމުން ދިޔައެވެ. ނަޒްލާއާ ވާހަކަ ދައްކަމުން ކޮޓަރިން ނުކުން ރައިޝާވެސް ސިހިގެން ދިޔައީ އިވުނު ނަންތަކުންނެވެ. އެއީ އޭނާއާ އެއްކިލާހު ކުދީންނެވެ.

ޝަފްރާއާއި ލުބުނާ ފިޔަވާ ޖޫނާއަށް ޖެއްސުންކުރި ހުރިހާ އެންމެން ރޭގައިވަނީ ނިމުމެއް އައިހެވެ. މިއީ އިއްތިފާގެއް ހެއްޔެވެ؟ މިއީ ޖޫނާގެގެ ފޮތުގައި އެ މީހުންނަށް ބަދަލު ހިފުމަށް ރާވަމުން ދިޔައިރު މަޖަލަށް ލިޔުނު ކަންތައްތަކެވެ. ނަމަވެސް މިއަދު މިވަނީ އެ ކަންކަން ހަގީގަތަށް ވެފައެވެ. މިއީ އޭނާގެ ފަރީދުގެ ކަމެއްކަން ރައިޝާއަށް ޔަގީނެވެ. އެމީހެއްގެ އަނބިމީހާ މަރާލަން ކެރޭ މީހަކަށް ވަކި އެހެން މީހަކު މެރުމަށް ފަސްޖެހޭނެ ހެއްޔެވެ؟ އެކަމު މި ޚަބަރު ރަށުގައި ފެތުރިފައިވާއިރު ރައިޝާއަށް ބޭރަށް ނުކުންނާކަށް ނުކެރޭނެއެވެ. މެންދުރު ކޮލެޖަށް ދިޔުމަށް ދެ މީހުންވެސް ތައްޔާރުވަމުން ދިޔައެވެ.

އާހިލު މަޖުބޫރު ކުރުމުން މިއަދު ކޮލެޖަށް ދިޔައީ އޭނާއާއެކު ސައިކަލު ފަހަތުގައެވެ. ކޮލެޖުގެ ދޮރާ ހަމައަށް ދެވުމުން ރައިޝާ އަވަހަށް ފައިބައިގެން ކިލާހަށް ދެވޭތޯ ބެލިއެވެ. ކިލާހުގައި ސަމާވެސް އިށީންދެ އިން މޭޒުދޮށުގައި ރައިޝާ އިށީނެވެ. ސަލާން ގޮވާލުމުން އިޖާބަ ދިނެވެ. ސަމާ ހުރީ ބިރުންނެވެ. ރޭގައި މަރުވެފައިވާ މި ކިލާހުގެ ކުދިންތައް މަތިން ހަނދާންވެ، ތުރުތުރު އަޅާ ހާލުގައެވެ. “ކިހިނެތް ވީ؟” ރައިޝާ ސަމާ ހުރި ހާލަތަށް ހަމްދަރުދީ ވެވުނެވެ. “އެއީ އަހަރެންގެ ރައްޓެއްސެއް… އޭނާ ބުނީ ރޭގައި މަރުވި ކުދިންނަށް ހަމަ އެހެންނޯ ހަދާނީ. އެހެންވެ އެކަން ހަނދާންވެގެން. މި ހިތަށް އަރަނީ ޖޫނާ ހަމަ އަސްލަށްވެސް މަރުވީ ބާވައޭ.” ސަމާ ހިތްދަތިވެ ރޮވޭ ގޮތް ވިއެވެ. “ސަމާ ގާތު ސިއްރެއް ބުނަންތަ؟” ރައިޝާވެސް ފެންކަޅިވާ ފަދައިން ބުންޏެވެ. “ބުނެބަލަ.” ސަމާ ކަރުނަތަށް ފުހެލައިފިއެވެ. ވައިއަޑުން ސަމާގެ ކަންފަތް ދޮށުގައި ރައިޝާ ބުންޏެވެ. “އަހަރެން މިއީ…”

(ނުނިމޭ)

Share Article

Follow Me Written By

leafy

Level 210 Stories100 Login

Other Articles

Previous

ލޯބި-34

Next

ފޭދޭ ކުލަތައް-2

Next
July 18, 2026

ފޭދޭ ކުލަތައް-2

Previews
July 18, 2026

ލޯބި-34

2 Comments!

  1. Aami says:
    July 18, 2026 at 7:47 pm

    Varah reethi

    1. leafy says:
      July 18, 2026 at 10:44 pm

      Thank you! hope everyone likes the stories!

Comments are closed.



All Right Reserved!