Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (ތިރީސް ވަނަ ބައި)

lamhus Level 910 Stories100 Login500 Login100 Stories100 Comments
August 27, 2021 2 Mins Read
0 Comments

އެނދުގައި ކުރުގެޅިލައިގެން ހިތާމަކުރަމުން ނައިޝާ ދިޔައިރު ސައިފްމެން ދިޔައީ ކައިވެނީގެ ފުރަތަމަރޭގެ އުފާ ހާސިލްކުރަމުންނެވެ.

ހެނދުނު އިރު އެރި އިރުވެސް ދެކޮޅަށް ފުރޮޅެލާ ފުރޮޅެލާ ނުނިދިފައި ނައިޝާ އޮތެވެ.ރެއިންފެށިގެން މީހާ ރޮއެރޮއެ ގޮސް ދެލޯ ވަނީ ރަތްވެ ދުޅަވެފައިވެ.ރޭގައި ނުނިދުމުގެ ސަބަބުންނާއި ހިތާމަ ކުރުމުގެ ސަބަބުން ނައިޝާގެ ބޮލަށް ގަދައަށް ރިއްސަން ފެށިއެވެ.

ހެނދުނު ހަތެއް ޖެހުމުން ފެންވަރައިގެން ނައިޝާ ދިޔައީ ފިހާރަ ދޮށަށެވެ.ފިހާރައަށް ވަދެ ފޯނަށް ރުފިޔާއެއް އެޅުމަށް ފަހު ޕެނަޑޯލް ކާޑެއް ނައިޝާ ގަތެވެ.

“މަންޖެ ހާދަ ބަލި ވައްތަރު ޖަހައޭ…އަނެއްކާ ބަލީތަ؟.. ލޯވެސް ހާދަ ބޮޑަކަށް ދުޅަވެ ރަތްވެފައޭ…ރޮއެފަތަ ތިހުރީ” ފިހާރައިގެ ސޭޓަކަށް އިން ހަނީފާއްތަ ބުނެލިއެވެ.

“ނޫން ބައްޔެއް ނޫން…ލޮލަށް އެއްޗެއް ވެއްޓިގެން ލޯ އުގުޅާލީމަ ކަންނޭނގެ އެއީ” ހިނިތުންވެލަމުން ނައިޝާ ޖަވާބުގައި ބުންޏެވެ.

ގެއަށް ވަދެ ބޭސްކައިގެން ނައިޝާ އޭނާގެ މަންމައަށް ގުޅާލަން ވައިބަރ އަށް ވަދެ ޑަޔަލް ކޮށްލި ވަގުތު މައިދައިތަ ކޮޓަރިއަ ވަނެވެ.

“އެއްވެސް މަސައްކަތެއް ނުކުރަންތަ ތިއިނީ…އާދޭ މަސައްކަތް ކުރަން” މައިދައިތަ ނައިޝާއަށް ރުޅިވެރިކަމާއި އެކު ބުނެލި އެވެ.ނައިޝާގެ ބޮލުގައި އޭރުވެސް ދިޔައީ ރިއްސަމުންނެވެ.ނަމަވެސް ހިތްވަރު ކޮށްލާފައި ފޯޯނު ކަނޑާލުމަށް ފަހު، ނައިޝާ ބަދިގެއަށް ވަދެ ސައި ހަދަން އުޅުނެވެ.

“އެހެންޔާ ފިހާ ވަރަށް ވުރެ އިތުރަށް ރޮށި ފިހާތި…ސުހާވެސް ކާންޖެހޭނެ” ފުށްގަނޑު މޮޑެން ހުރި ނައިޝާއަށް މައިދައިތަ ބުނެލިއެވެ.މައިދައިތައާއި ނައިޝާގެ އިތުރުން އެއްވެސް މީހެއް ގެއަކު އެވަގުތު ހޭލާ ނޫޅެއެވެ.މައިދައިތަ ރިހަ ކައްކަން އުޅުނުއިރު ނައިޝާ އުޅުނީ ރޮށި ފިހާާށެވެ.

“މަންމައަށްވެސް އިނގޭދޯ މިކަން…ކީއްވެ ނައިޝާއަށް މިހެން ހެދީ؟… ކޮބާ ނައިޝާގެ ކުށަކީ؟” ވަރަށް ހިތްވަރު ކޮށްފައި ނައިޝާ މައިދައިތައަށް ރީތިކޮށް ބުނެލި އެވެ.

“ނައިޝާ ގޯސް ވާހަކަ އެއްވެސް މީހަކު ބުނެފިތަ؟…ނައިޝާއަށްވެސް އިނގޭނެ ނައިޝާ ފަލަކަން… އަހަރެންވެސް ލަދުގަނޭ ނައިޝާ ގޮވައިގެން ބޭރަށްދާން ތީ މަގޭ ދަނބިދަރިފުޅޭ ކިޔާފަ…ދެންބަލަ ސަނާއާ ސައިފް އެދެކުދިން ލަދުގަންނާނެ ވަރު..ސަނާވެސް ނައިޝާ އާ އެކު ބޭރަށްނުދަނީ އެހެންވެ…މީހުނާ ސުވާލު ކުރުމުގެ ބަދަލުގަ ހަށިގަނޑަށް ބަލައި ކެއުން މަދުކުރިއްޔާ މާރަނގަޅު ވާނެ” މައިދައިތަ ނައިޝާއަށް ބުންޏެވެ.

އެވަގުތު ނައިޝާގެ ލޮލުން ކަރުނަތައް އޮހޮރިގެން ދިޔަ އެވެ. “ދެން އެއްޗެކޭ ބުނީމަ ރޯންފަށާނެ…ތި އަވަސްކުރޭ ސުހާ ހޭލަން ވާއިރަށް…ސުހާއަކީ މިރަށު ޒިންމާދާރު ވެރިޔާގެ ހުރި ހަމައެކަނި ދަރި…މިރަށުގެ އެހާ މަތީމީހެއްގެ ދަރިއެއްވީމަ އޭނައަށް ޖެހޭނެ ގަނޑިން ގަނޑިއަށް ކާންހެދިފަ ހުންނަން…ސުހާގެ ބައްޕަ ސައިފްގެ ބައްޕަ އަށް މުސާރަ ބޮޑު ވަޒީފާއެއް ހޯދާދިނީވެސް …މިރަށު ގިނަމީހުން މުސާރަ ބޮޑު ވަޒީފާއެއް ހޯދަން އުޅޭ އިރު…އެހެންވީމަ ކިހާ ރަނގަޅު…ނައިޝާ ވެސް ރަނގަޅު…މިގެ މިފެންވަރަށް ގެނެއްސަ މިހުރީ ނައިޝާ… އެކަމަށް ޝުކުރު އަދައެއް  ނުކުރެވޭނެ…އަހަަރުމެންވެސް މިމަސައްކަތް ކުރަނީ ނައިޝާއަށް ވީވަރަކުން ރަނގަޅަށް ކަންތައްކޮށްދޭން…ގެއިން ނުނެރި ހުރި ކަމާ ދޭތެރެވެސް ވިސްނާލަބަަލަ…ސައިފް ނައިޝާ ނެރެލާފި ނަމަ ނައިޝާ ދާނީ ކޮންތާކަށް… ދަންނަ މީހަކު ނެތް އަހަރުމެން ނޫނީ” މައިދައިތަ ބުނެލި އެވެ.

“އަހަރެން ބޭނުން ނައިޝާ ކިތަންމެހާވެސް ހުންނަން އެކަމަކު ނަައިޝާ ނޭނގެ ހުންނާނެ ކަމެއް..ނައިޝާ ވަރިނުކޮށް ސައިފް ސުހާއާ ދެއަތްބަށް އިން ކަމަށްޓަކާވެސް ޝުކުރު ކޮށްބަލަ…ލޯބި ވަންޏާ ދެއަނބި ކީއްކުރަން ހަތަރު އަތްބަށް އިނަސް ފިރިމީހާ ދުލެއް ނުކުރާނެ…ނައިޝާ ބޭނުންނަމަ މިހާރު ތިއުޅޭ ކޮޓަރި ހަދައިގެން އެތާ ހުންނަންވީ” މައިދައިތަ ބުނެލިއެވެ.

“އެކަމް ސައިފް ނައިޝާ ދެކެ ލޯތްބެއް ނުވޭ” ނައިޝާ ރޮމުން ބުންޏެވެ. “އަހަރެންވެސް ސައިފްގެ ބައްޕައާ އިނީކީ ލޯތްބަކުން ނޫން…އެކަމަކު މިއުޅެނީނު…ފަހުން ލޯބިވާނެ…ދެން ހުރީ ސުހާ…ސުހާ ނުޤަބޫލަސް ނައިޝާ އަށް މިހާރު ތިއުޅޭ ގޮތަށް ސުހާ ރުޅިނާންނާނެ ގޮތަކަށް އުޅެވިދާނެނު… ދުނިޔެމަތީގަ ހުރިހާކަމެއް ނުވާނެ އެންމެ ހިތްއެދޭ ގޮތަކަަށް” މައިދައިތަ ބުނެލި އެވެ.

“ބައްޕައަށް މިކަން އެނގޭތަ؟” ނައިޝާ މައިދައިތަ ކައިރި އެހެން އަހާލުމުން، ރިހަކޮޅު ހަލުވަން ހުރި އުނދުޅި ވަރަށް ބާރަށް އުނދުޅި ބައިންދާ ތަނުގައި ބެހެއްޓި އެވެ.

“ނަމަނަމަ މިވާހަކަ ބައްޕަ ކައިރި ނުބުނާތީ…އާނ…ބައްޕައަށް އިނގޭ ސުހާއާ ސައިފް ކުރިން ރައްޓެހިވެގެން އުޅުނު ކަން…އެކަމް ނައިޝާ އާއި އިންއިރު ބައްޕަ ހީކޮށްގެން ހުރީ ސައިފް ސުހާއާ ރުޅިވީކަމަށް.. ބައްޕައަކީ ބަލިމީހެއް…ކަންކަމަށް ވިސްނާނެ ނުބުނާތީ…ރުޅިވެސް ވަރަށް ގަދަވާނެ…ބައްޕައަކަށް ނުވިސްނޭނެ” މައިދައިތަ އެހެން ބުނުމުން ކަރުނަ ފުހެލަމުން ނައިޝާ ބޯޖަހާލިއެވެ.

ސުފުރާމަތި ތައްޔާރުކޮށް ނިމުމުން ސުހާ އާ ސަނާގެ އިތުރުން ސައިފްވެސް ކާގެއަށް ވަނެވެ.”އަޅެ ކަޅުސައި ތަ؟…ސުހާ ކަޅުސައެއް ނުބޯނަން މިއަދު…ސުހާ ބޭނުންވަނީ މިއަދު ޖޫސް” ގޮނޑީގައި އިށީނުމަށްފަހު ކަޅުސައި ޖަގު ފެނިގެން ސުހާ މޫނަށް ވައްތަރެއް ޖައްސާލަމުން ތުއިގޮތަކަށް ބުނެލިއެވެ.

“ޖޫހެއް ނެތް…ދަރިފުޅު ކޮންވައްތަރެއްގެ ޖޫހެއް ބޭނުންވަނީ” ފުރިޖު ހުޅުވާލައި ބަލާލުމަށްފަހު މައިދައިތަ ބުނެލި އެވެ. “އޯކޭވާނެ ކޮންމެ ވައްތަރަކަސް” ސުހާ ބުނެލިއެވެ.

“މަ އެބައަންނަން ފިހާރައަށް ގޮއްސަ” ތެދުވަމުން ސައިފް ބުނެލިއެވެ. “ނައިޝާ ދޭ ކޮޓަރިއަށް އަހަރުމެން ސައިބޮއެ ނިމުނީމަ ސައިބޯނީ”  ކާގެއިން ނިކުންނަމުން ނައިޝާއަށް ސައިފް ބުނެލިއެވެ.

ނައިޝާ ކޮޓަރިއަށް ވަތް އިރު އޭނާގެ މަންމަ ގުޅާފައި އޮތުމުން ގުޅާލިއެވެ.މަންމައާ ވާހަކަ ދައްކާލުމަށްފަހު ނައިޝާ ފޯނުބޭއްވިއެވެ. ނައިޝާ އޭނާގެ މަންމައަށް ގުޅީ ވެގެން އުޅޭގޮތް ކިޔައިދޭށެވެ.ނަމަވެސް ނައިޝާއަކަށް ވެގެން އުޅޭގޮތް ކިޔައިދޭނެ ހިތްވަރެއް ނުލިބުނެވެ.

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

lamhus

Level 910 Stories100 Login500 Login100 Stories100 Comments

Other Articles

Previous

ގާތުގާވުމަށް ހިތް އެދެނީ (15)

Next

އައިލީ 2

Next
August 27, 2021

އައިލީ 2

Previews
August 27, 2021

ގާތުގާވުމަށް ހިތް އެދެނީ (15)



All Right Reserved!