އައިހަމް ސައިކަލް ދުއްވަމުން ދިޔައީ އޭގެ އެންމެ ބާރު ދުވެލީގައެވެ. މާލޭގެ ކާރޫ ބާރޫ ބޮޑު މަގުތައް މަތިން ދުއްވަމުން ދާއިރު އިތުރު އެއްވެސް އެއްޗެއް ނުފެންނަކަހަލައެވެ. އަރީން އިނީ ބިރުން ވިރިވިރި އެވެ. ކުރިމަތިން އަންނަ ބޮޑެތި ޕިކަޕާ ލޮރީ ތަކުން ސަލާމަތްވެވެނީވެސް ކިރި ކިރިޔާއެވެ. ނަމަވެސް އައިހަމް އަކާއި އެއްބާރުމިނެއްގައި ގޯޅިއަކުން ނުކުތް ސައިކަލުން މިފަހަރަކު ސަލާމަތެއް ނުވެވުނެވެ. ***** އަރީން ހޭއެރި އިރު އޮތީ ހޮސްޕިޓަލުގައެވެ. ” ކާކު އަހަރެން މިތަނަށް ގެނައީ؟” […]
ދުވަސްތައް ފާއިތުވަމުންދެއެވެ. އައިރާމެންވެސް އެމީހުންގެ ފެންވަރުން އުޅެމުން ދިޔައީ ވަރަށް އުފަލުގައެވެ. ލިބޭ އެއްޗަކުން ދެކޮޅުޖެހިގެންނެވެ. ދުވަހަކުވެސް އަވަށްޓެރިޔަކާ ދެބަސްވާކަށް ނުޖެހެއެވެ. ކުދިވެރިންގެ އުދަނގުލެއް ޖެހިގެން މީހަކު މިހާތަނަށް ޝަކުވާ ކޮށްފައެއްވެސް ނެތެވެ. އައިރާގެ މަންމަ އައިރާއަށް ދިން ތަރުބިއްޔަތު އެކުދިންނަށްވެސް ދަނީ ދެމުންނެވެ. ނަމަވެސް އައިރާ އަނެއްކާވެސް ހާސް ކޮށްލީ މަަންމަގެ ސިއްހަތަށް ކުއްލިއަކަށް އައި ބަދަލެވެ. ކުއްލިއަކަށް ވަރު ދެރަވާން ފެށީއެވެ. ރަށު ހޮސްޕިޓަލަށް ދެއްކުމުން ބުނީ މާ ބޮޑު ކަމެއް ނެތްކަމުގައެވެ. ލޭ […]
އެ ޒުވާން ފިރެހެން ކުއްޖާ އަންނަމުން ދިޔައީ އައިރާ އާއި ދިމާއަށެވެ. ކައިރިވަމުން އަންނަވަރަކަށް އެއީ ކާކުކަން އައިރާ ދެނެގެނެފިއެވެ. އައިރާގެ ހިތް އަވަސްވަމުން ދިޔައެވެ. އިންތަނުން ތެދުވެވުނީ ބޭއިޚްތިޔާރުގައެވެ. އެ ޒުވާނާ އައިސް އައިރާގެ ކުރިމަތީގައި ހުއްޓިއްޖެއެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލުވެއްޖެއެވެ. ހަމަހިމޭން ކަމުގެ ވަގުތުކޮޅެކެވެ. ކުއްލިއަކަށް އައިރާ އަށް ހޭލެވުނީ ކޮއްކޮ ރޮއިގެން އަޑަށެވެ. ހުވަފެނުގައި އެ ފެނުނީ އަރީނެވެ. ކީއްވެގެންބާއެވެ. އޭނަ އަހަރެންނާއި ދޭތެރޭ ވިސްނަފާނެބާއެވެ. ވިސްނާނަމަ މި ހުރިހާ ދުވަސްވީއިރު ހޯދަން […]
އައިރާގެ އާއިލާއެކު ވެއްޓިފައި މިވާ ވަޅުގަނޑުން އެރޭތޯ އައިރާ ކެޑި ނޭޅި މަސައްކަތް ކުރަމުން ދިޔައެވެ. އެންމެފަހުން އޭނާ ގޮތެެއް ނިންމައިފިއެވެ. އޭނާ ނިންމީ މަންމަގެ ރަށް ގއ.ވިލިނގިއްޔަށް ބަދަލުވާށެވެ. މިހާރު މަންމައަށް ވާހަކަ ނުދެއްކުނުނަމަވެސް ހިނގާ ބިނގާވެ އުޅެވޭވަރުވާތީއެވެ. އައިރާގެ އުމުރުން 5 އަހަރުވަންދެން އުޅުނު ކާފަގެ ގެ ރަށުގަ ހުންނާނެއެވެ.. މަންމަގެ އާއިލާގެ އެއްވެސް މީހަކު މިހާރު ދުނިޔޭގައި ނެތެވެ. އައިރާމެން އެރަށަށް ދިޔަޔަސް އަޅާލާނެ ތިމާގެ މީހަކު ނުހުންނާނެއެވެ. އަޅާލާނެ މީހަކު ނުވިޔަސް […]
އައިރާގެ ކައިވެނީގެ ކަންތައްތައް އަނީސާއްތަ ކުރަމުންދަނީ ވަރަށް ފޯރީގައެވެ. ރަޝާދުވީ ރާއްޖޭން ބޭރުގައެވެެ. އަނީސާއްތަ ބުނާގޮތުން ރަޝާދު ދިޔައީ ކައިވެންޏަށް ބޭނުންވާ ތަކެތި ގަންނަަން ބެންކޮކަށެވެ. އައިރާއަށް އަބަދު ވިސްނެނީ އޭނާއަށް ދިމާވެފައިވާ މަޖުބޫރީ ހާލަތާއި މެދުގައެވެ. މަންމަގެ ހާލަކީވެސް މިއެވެ. ލޯބިވާ ދަރިފުޅު ގޮތް ނޭނގޭ މީހެއްގެ އަތްމައްޗަށް ދޫކޮށްލުމަކީ ހިތައްކެތްވާވަރުގެ ކަމަކަށް ނުވެެއެވެ. **** ހަވީރުގެ ވަގުތެވެ. އައިރާ ހުރީ ގޭ ކައިރީގައެވެ. އާރާ ފޫހިވެގެން ރޯވަރުންނެވެ. ކުރިމައްޗަށް ހުއްޓާލީ ސައިކަލެކެވެ. “ހެލޯ އައިރާ” […]
ދަންވަރުގެ ވަގުތެވެ. އައިރާއަށް ހޭލެވުނީގޭ ފޯނު ރިންގުވާ އަޑަށެވެ. އިރުކޮޅަކަށް ފަހު އިވުނީ މަންމަގެ ހަޅޭކުގެ އަޑެވެ. އައިރާ އަވަހަށް ކޮޓަރިން ނުކުތެވެ. ކޮޓަރިން ނުކުމެވުމާއެކެ ފެނުނީ ވެއްޓިފައި އޮތް މަންމަ އެވެ. އައިރާ ބާރަށް މަންމަ އަށް ގޮވަން ފެށިއެވެ. މަންމަގެ ހޭވެރިކަމެއް ނެތެވެ. ގޭގަ ބައްޕަ އެއްވެސް ނެތެވެ. އައިރާ މަންމަ އަށް ގޮވާ އަޑަށް އެންމެ ހަނގު ކޮއްކޮ އާރާ ވެސް ހޭލައިގެން ރޯން ފަށައިފިއެވެ. އައިރާ އަށް މަންމަ ދޫ ކޮށްލާފަ […]
ނާއިލް ވިހަ ހިނިތުންވުމަކާއެކު އައިރާ ގޮސް އޮބާލަންދެން ބަލަން ހުއްޓެވެ. އައިރާ ގެޔަށް ދިޔަގޮތަށް ކޮޓަރިއަށް ވަދެ ތަޅުލިއެވެ. ލޮލުން އަންނަމުންދާ ކަރުނަތައް ހިފެހެއްޓޭތޯ އޭނާ ވަރަށް މަސައްކަތް ކުރިއެވެ. މިހުރިހާ ދުވަހު ބިނާ ކުރަމުން އައި ހިޔާލީގަނޑުވަރު ހިނދު ކޮޅެއްގެތެރޭގައި ވެއްޓި ފުޑުފުޑުވީއެވެ. އޭނާ އަށް ކުރެވުނީ ކުށްހީއެކެވެ. އައިރާގެ ހިތައް އަރަމުން ދިޔައެވެ. އެހެން ކުދިންނާ ވާހަކަ ނުދައްކާއިރު އަރީން ވަކި އޭނާއާ ވާހަކަ ދައްކާނެހެއްޔެެވެ. އޭނާގެ ހިތް މިއަދު އޭނާއަށް ކެހިދީފިއެވެ. ހިތް […]
2 މަސް ދުވަހުގެ ބޮޑު ޗުއްޓީއަކަށް ފަހު ސްކޫލްތައް ހުޅުވުނީއެވެ. އައިރާވެސް ސްކޫލަށް ދިޔުމަށްޓަކައި ބައްޕައާއެކު ގެއިން ނުކުތެވެ. މަގުތައް އޮތީ ތޮއްޖެހިފައެވެ. ބައްޕަ ސައިކަލު ދުއްވަމުން ދިޔައީވެސް އެހާ މަޑުންނެވެ. އައިރާ ހުރީ ސްކޫލާ ހަމައަށް އަވަހަށް ނުދެވިގެން ލަސްވެފައެވެ. ހުރިހާ އެކުވެރިންނާ އެއްތަނަކުން އަނެއްކާވެސް ބައްދަލުވާނެތީއެވެ. އައިރާ ކުލާހަށް ވަނީ އޭނާގެ އެންމެ ގާތް އެކުވެރިޔާ ރީނާއާއި އެކުގައެވެ. އެމީހުންނަށް ކުލާހަށް ވަދެވުނު އިރުވެސް ވަރަށް ގިނަ ކުދިން ކުލާހުގައި ތިއްބެވެ. ގިނައީ މިދިޔައަހަރު […]
ހިތްގައިމު މާހައުލެކެވެ. ހުދު ދޮންވެލިގަނޑެވެ. ބިއްލޫރިކޮޅެއްފަދަ ސާފު މޫދެވެ މާދުރުން ފެންނަމުންދާ ގަދަނޫ ކުލައިގެ ކަނޑެވެ. ދުނިޔެމައްޗަށްވެރިކުރުވާފައިވަނީ ރަން ކުލައެވެ. އިރުއޮއްސެމުންދާ ވަގުތުކޮޅަކީ ޒީތަން އަށް އެންމެ ހިތްގައިމު ވަގުތުކޮޅެވެ. ޒީތަން ނޫނަސް ރަށުގެ އެތައްބަޔަކު އެ މަންޒަރު ބަލަން ނުކުމެތިބެއެވެ. އެއީ ރަށުތެރެ އެންމެ ހަލަބޮލިވާ އެއް ވަގުތު ކޮޅެވެ. އިރުއޮއްސި ރޭގަނޑުގެ އަދިރިކަން ފެށިއްޖެއެވެ. ރަށުތެރޭގެ ހަލަބޮލިކަންވެސް މަޑުމަޑުން ފިލަންފަށައިފިއެވެ. ޒީތަން ގެޔަށް ދިޔުމަށް ހިނގައިގަތީ އެއްވެސް ހިޔާލެއް ފިކުރެއްނެތިއެވެ. ހިނގަމުންދިޔަ މަގުމަތިން އޭނައާ […]