“އަހަރެންގެ ފަރާތުން ކަލޭ ބޭނުންވެގެން ތިއުޅެނީ ކޮންކަމެއް” ލީޝާ ވަރަށް ހިތްވަރު ކޮށްލާފައި ސުވާލު ކޮށްލިއެވެ. “އަހަރެން ބޭނުންވަނީ ލީޝާ އަހަރެންނަށް އިންސާފު ހޯދައިދިނުން. އަހަރެންނަކީ މަރާލެވިފައިވާ އަންހެން ކުއްޖަކީން. މިއަދާ ހަމައަށްވެސް މީހުންނަށް މިކަންވަނީ ސިއްރުވެފަ. މިއަދު މި ބޮޑު ސިއްރު ހާމަކޮށްދޭން ބޭނުންވަނީ ލީޝާ އަށް.” ލީޝާއަށް އެދައްކާ ވާހަކަތައް އޮޅުމެއްނުފިލިއެވެ އެތަކެއް ސުވާލުތަކެއް ސިކުުނޑިއަށް ޖަމާވަމުންދިޔައެވެ. އެ މަރާ ލީޝާއާ ހުރީ ކޮންގުޅުމެއް ހެއްޔެވެ.؟؟ “ފުރަތަމަ އަހަރެން ދައްކާ ވާހަކަތައް އަޑުއަހާ.. އޭރުން […]
ލީޝާމެން ގެއަށް ވަންއިރު ކިޔާން އިނީ ސިޓިންގރޫމްގައި ޓީވީބަލާށެވެ. ސީމާ އެގޭގަ މަޑުނުކޮށް އޭނާގެ ގެއަށް ދިޔައީ ކިޔާން އިނީމައެވެ. އެހެންނޫންނަމަ އޭނާ ލީޝާ އެކަނި ކޮށްފައެއް ނުދާނެއެވެ. އެރެއެވެ.ލީޝާގެ ލޮލަކަށް ނިންޖެއްނައެވެ. ކިޔާން ވިސްނައިދޭން ވަރަށް މަސައްކަތްކުރިއެވެ. ހަވީރު އެދިމާވިކަމަކީ ލީޝާ ބިރުގަނެފައި ހުންނާތީ ވާ ކަމެއްކަމުގައި ބުންޏެވެ. އެހެންނަމަވެސް ލީޝާގެ ހިތުން ބިރު ފިލާގެންނެއްނުދިޔައެވެ. ދަންވަރު 2 ޖަހަނީއެވެ. ކިޔާން އޮތީ ގަދަނިދީގެއެވެ. ކުއްލިއަކަށް ފާހާނާގެ ދޮރުހުޅުވިޖެއެވެ. ލީޝާ އެދިމާއަށް ބަލައިލިއެވެ. ފާހާނާގެ ދޮރުމަތީ […]
އެއްރެެެއެއްގެ ދަންވަރުގެ ވަގުތެވެ. ލީޝާ އިނީ ފޮތެއްގެ ވާހަކަ ފޮތެއްގެ ތެރެއަށް ގެއްލިފައެވެ. ކިޔާން އޮތީ ގަދަ ނިދީގައެވެ. ގަޑީގެ ސިކުންތު ކަށި ހިނގާ އަޑު ފިޔަވާ އިތުރު އަޑެއް ނީވެއެވެ. ކުއްލިއަކަށް ލީޝާ ސިހިގެން ދިޔައީ ބޭރުން އިވުނު އަޑަކުންނެވެ. ލީޝާ ކޮޓަރީގެ ދޮރު ކުޑަކޮށް ހުޅުވައި ބަލާލިއެވެ. އަދިރިކަމުން އެއްވެސް އެއްޗެއް ފެންނަވަރެއް ނުވެއެވެ….އަނެއްކާވެސް އެއްޗެއް ވެއްޓުނު އަޑު އިވުނެވެ. ކުއްލިއަކަށް އޭނާއަށް ހުއްޓެވުނީ ސިޓިންގރޫމް މެދަކާ ހިސާބުގައި މީހަކު ހުއްޓިހުރިހެން ހީވެގެންނެވެ. އެމީހަކު […]
ދުވަސްތައް ފާއިތުވަމުންދެެވެ.ލީޝާއާއި ކިޔާންގެ ކައިވެންޏަށް ވެސް 3 މަސް ވީއެވެ.ކިޔާންގެ އަޅާލުމާއި އޯގާތެރިކަމުގެ ސަބަބުން ލީޝާ ހުންނަނީ އުފަލުން ފޮޅިފައެވެ. ކިޔާން އަށް ލީޝާ ފެނުނީ މީގެ އެއް އަހަރު ކުރިންނެވެ. ލީޝާގެ އެކުވެރިއެއްގެ ޕާޓީއެއްގެ ތެރެއިންނެވެ. ކިޔާންއަށް ލީޝާ ފުރަތަމަ ފެނިލުމުންވެސް ކަމުދިޔައެވެ. ހިތުގެ އެންމެ ފުންމިނުގައި ލީޝާގެ ނަން ބިންވަޅުނެގުނެވެ. ކޮންމެ ހާލެއްގައިވެސް ލީޝާ ހާސިލް ކުރުމަށް ކިޔާން ނިންމިއެވެ. ޕާޓީގެ ދެދުވަސް ފަހުން ލީޝާގެ ފޯނަށް ކޯލެއް އައެވެ. ކިޔާންގެ ކޯލެކެވެ. ލީޝާ […]
“ލީޝާ” ލީޝާ” ލީޝާ އަށް ހޭލެވުނީ އޭނާގެ ފިރިމީހާ ކިޔާން ގޮވަން ފެށުމުންނެވެ. ހޭލެވުމާ އެކު ކިޔާންގެ ގައިގަ ބާރަށް ބައްދާގަތެވެ. މުޅި މީހާ ވަނީ ދާހިއްލާ ފޯވެފައެވެ. މުޅި ހަށިގަނޑު ތުރުތުރު އަޅައެވެ. “ހުވަފެނެއް ފެނުނީ ދޯ!” ކިޔާން ލީޝާގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ. ލީޝާގެ އަނގައިން ބަހެއް ބުނެވޭ ވަރަށް ވުރެން އޭނާ ހުރީ ބިރުންނެވެ. “ޝަހާދަތް ކިޔާގެން ނިދާލާ” ކިޔާން ލޯމަރާލިއެވެ. ކިޔާން އަށް ނިދުނުއިރުވެސް ލީޝާ އަކަށް ނުނިދުނެވެ. ބިރުން ލޯމަރާލަންވެސް […]
ރަށުގެ ހިތްގައިމު ތުނޑިމަތީ ލީޝާ އިނީ ފެންނަމުންދާ ޤުދުރަތީ މަންޒަރުތަކަށް ގެއްލިފައެވެ. އިރުއޮއްސެމުންދާ ވަގުތު އެފެންނަ އަޖައިބެއް ފަދަ ކުލަތަކަކީ ބަލާ ފޫހިނުވާ ކުލަތަކެކެވެ. ލީޝާ އިންތަނުން ތެދުވީ އިރު ދުނިޔެމަތިން ގެއްލުމުންނެވެ. މުޅި ހިސާބުގައި ވަނީ ހަމަހިމޭންކަމެވެ. ދުނިޔެމައްޗަށް ފެތުރިފައިވާ ރަންދަޅަތަކުގެ ކުލަ ފަނޑުވެ ކަޅު އަދިރި ކަމަށް ބަދަލު ވަމުން ދަނީއެވެ. ލީޝާ ހިނގަމުން ދިޔައީ އަތިރިމައްޗަށް ނުކުމެވޭ ގޮތައް ކޮށާފައިވާ ހަނި މަގަކުންނެވެ. މަގުގެ ދެފަރާތުގައި ވަނީ ބިޔަ ގަސްތަކެވެ. ލީޝާ ފަސްއެބުރި […]