Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހަޔާތަށް ދިރުން ގެނެސް ދިނީ ކަލާ (3)

kamana Level 310 Stories500 Comments100 Comments
November 25, 2015 4 Mins Read
19 Comments

” އޯ ފަޔާ އައި ތިންކް އައި އެމް އިން ލަވް” ލީނާ ބާލީހުގައި ބައްދައިގަނެ ކުޑަކޮށް ނަށާލަމުން ބުނެލިއެވެ.

“ކީކޭ.. ފަޔާ އޭ.. ” ދެބުމަ ގޮއްޖަހައިގެން ހުރި މީހާ ފެނި ލީނާގެ ދެ ލޯ ބޮޑުވިއެވެ.

މަންމާ” ލީނާއަށް ބުނެވުނީ އެހިސާބަށެވެ. ލަދުންގޮސް އިސްޖަހާލެވުނެވެ. ” ދަރިފުޅާ ކޮން ފަޔާ އެއް” ދިޔާނާ ހެވިލާފައި އައިސް ލީނާއާ ޖެހިގެން އެނދުގައި އިށީދެލިއެވެ. ” އެއީ އެއީ… އަމްމމ ދޮންބެގެ ރައްޓެއްސެއް” ލީނާއަށް ނުބުނެވުނެވެ. ފުރާވަރުގެ ދަރިފުޅުގެ އިހްސާސްތަށް ދިޔާނާއަށް ނަގައި ގަނެވުނެވެ. ” އެހެންތަ.. މަންމައާ ބައްދަލު ކޮއްދޭނީ ކޮންއިރަކުން” ދިޔާނާ އެހެން ބުނުމުން ލީނާ ލަދުން ގޮސް “ދެން މަމް އޭ” ބުނެލިއެވެ. “ހެހެހހ އޯކޭ މަންމަ އަށް އަޑެއްނީވޭ.. ދެން އެކަމާ ހާސްނުވޭ ނިދާލާ ދެން” ދިޔާނާ އިތުރަށް އެވާހަކަ ދައްކަން ބޭނުންނުވީ ލީނާ އަމިއްލައަށް ފެނިގެން އެވާހަކަ ދައްކާނެ ކަމުގެ އުންމީދުގައެވެ. ލީނާ ވެސް ދިޔާނާ ދިޔުމުން ނިދަން އޮށޯތެވެ. އަދި ފަޔާޒްގެ ފޮނި ހިޔާލުގައި އޮއްވާ ނިދުނެވެ.

***

ފަތިހުގެ ފިނި ރޯޅި ގައިގައި ބީހިލަމުން ދަނީ ސިއްރެން ބުނާހެންނެވެ. ވަޔާ ވިހުރެމުން ދިޔަ ލީނާގެ ފަން ދިގު އިސްތަށިގަނޑު ވަޔާ އެއްވަރަށް ނަށަމުން ދެއެވެ. އަރައިގެން އިން ފައިވާން ބޭލުމަށްފަހު ބިންމަތީ އޮތް ގާކޮޅަކާ ކުޅެން އިން ލީނާ ސިހިގެން ދިޔައީ މީހަކު ކަރުކެހެލި އަޑަށެވެ. ކުރިމަތީ ހުރި ފަޔާޒް ފެނިފައި ކުޑަކޮށް ހީލީ އެއީ ހީވި ހީވުމެއް ކަމަށް ހީކޮއްށެވެ. އަދި ކުރިންވެސް ކުޅެން އިން ގާކޮޅާ ކުޅެން އިނެވެ. “ލީނާ އަދިވެސް ނިދާފަދޯ” ފަޔާޒް އެހެން ބުނުމުން ފޫކޮޅަށް ކައްޓެއް ހެރުނު މީހެއްހެން ލީނާ ޖޯލިން ތެދުވިއެވެ. “ފަޔާ މިތާ.. މިގަޑީގައި. ކީއްކުރަނީ” ލީނާ އެއްވެސް ވިސްނުމެއްނެތި އަހާލިއެވެ. ބުނެވުނު އެއްޗަކާމެދު ލީނާ އަށް ވިސްނާލެވުނީ ފަހުންނެވެ. ލަދުން އިސްޖަހާލެވުނެވެ. ފަޔާޒު ބޭނުންތާކު ބޭނުން ގަޑިއެއްގައި އުޅޭނެ ނޫންހެއްޔެވެ. އޭނައަށް ކީއްހެއްޔެވެ.

“ސާބަސް… ލީނާ މިހާ ފަތިހާ ހޭލާ ކުރަން އުޅޭކަންތަށް ކުރަން އަހަރެން ވެސް މިއުޅެނީ” ފަޔާޒް އެހެން ބުނުމުން ލީނާ ދެލޯ ބޮޑު ކޮއްލިއެވެ. ” ފަޔާ ވެސް ދަންތަ… ލަމް ނުވެސް ބުނޭ.. ” ލީނާ އެހެން ބުނުމުން ފަޔާޒް ތިމަންނަ ނުދާންވީހޭ އަހާލިއެވެ. ލީނާ ދެފަރާތަށް ބޯތަޅުވާލަމުން އެމާނައިގައި ނޫނޭ ބުނެލިއެވެ. ދުރުން އައި އައިންތު އައީ ލަމްހާއަށް ފަޔާޒް އާއި ލީނާ ފެނުނެވެ.

އައިންތު އައި ރުޅީގައި ދެއަތް މުއްކަވާލީ ރުޅި ގަނޑު ކޮންޓްރޯލް ކުރުމަށެވެ.

“ހިނގާ ދަމާ.. ތި ދެމީހުން މާ މަޖާވެފަ ކޮންވާހަކައެއްގަ.. އޭ ކަމެއްތަ އަނެއްކާ” ލަމްހާ އެހެން ބުނީ ހަމަ ގަސްތުގައެވެ. ލީނާ ފަޔާޒުއާ ގަޔާވާކަން ލަމްހާ އަށްވަނީ ލީނާގެ ފަރާތުން އެނގިފައެވެ. އެހެންވެ ލީނާ ލަދު ގަންނަވާލާ ހިތްވީއެވެ. “އާން ކަމެކޭ.. ނޭގޭތަ.. ލަމްހާމެން ހާދަ ފަހަތުގައޭ ތި އުޅެނީ” ފަޔާޒް ލީނާއަށް އެއްލޯމަރާލަމުން އެހެން ބުނެލިއެވެ. ލީނާ ގައިން ހީބިހި ނަގައިގެން ދިޔައެވެ.

“ވަރަށް ފޫހިވޭ.. މި ފަޔާ މިހުންނަނީ ކީއްވެފަތަ.. އަބަދު ލީނާ ފަހަތުން.. ވަރަށް ފޫހިވޭ.” އައިންތު ހިތާ ހިތާ ކިޔަމުން ދިޔައެވެ.

“އަވަހަށް އަރާބަލަ.. މި އަންހެން ވެރިންނާ ހެދި ނުފުރޭނެ. މިހާރު އެޔޮށް ހަޔެއް ޖަހަނީ..” އިސްހާގު ލީނާމެން އަންނަތަން ފެނިގެން ބުނެލިއެވެ. މިއަދުމީ ހޮނިހިރު ދުވަސް ކަމުން ހުރިހާ ޒުވާން ގްރޫޕް ދަތުރުދާން ނިންމިއެވެ. މިކަހަލަ ދަތުރުތަށް ދެވޭނީ މަދު ފަހަރެއްގަ ކަމުން ލީނާ ހުރީ ވަރަށް އުފަލުންނެވެ. އެހެން ނަމަވެސް ކަނޑުމައްޗަށް ބަލި ލީނާ ހުރީ އިސްހާގު އާއި ލަމްހާގެ ދެމެދުގައެވެ. މީހާ ހުރީ ހާސްވެފައެވެ. އިރުކޮޅެއްނުވެ ލީނާ ހޮޑު ދުއްވާލިއެވެ. އިސްހާގު ހުރީ އެކަމަށް ތައްޔާރަށްހެން ބަލާލާ މީހަކަށް ހީވާނެއެވެ. އިސްހާގުގެ ހަރަކާތްތަށް އެހާވެސް ހަލުވިއެވެ. 15 މިނެޓްގެ ކުރު ދަތުރަކަށް ފަހު ރަށަށް ލެފުމާއެކީ އެންމެން ދޯނީގައި ހުރި ތަކެތި ރަށައް އެރުވުމުގައި އުޅެއެވެ. “ލީނާ ގޮވައިގެނެއް ދަތުރެއް ނުކުރެވޭނެ.. މިހާ ކުރު ދަތުރެއްގަވެސް ތި ލީ ހޮޑު.. ޕިސް ޕިސް” އައިންތު އެހެން ބުނުމުން ގިނަބައެއް ހޭން ފެއްޓިއެވެ. ” އެއީ ދޮގު ލީނާ … ދަތުރު ކުރީމަ ރަނގަޅުވާނީ.. ދަތުރު ނުކުރާމީހަކު އެއްގޮތަކަށްވެސް ގަނޑުމައަޗަށް ގަދައެއް ނުވާނެ.” ފަޔާޒް އެހެން ބުނުމުން އައިންތު ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ، އެއީ ހަމަ ފަޔާ ބާއޭ ހިތަށް އެރިއެވެ.

ލީނާގެ މޫނުމަތިން ފެންނަނީ ހިނިތުން ވުމެކެވެ. ހޮޑުލުމުގެ ސަބަބުން މީހާ ހުރީ އެއްކޮށް މޫޑު ގޯސްވެފައެވެ. އެހެންނަމަވެސް ފަޔާޒްގެ ލަޕްޒުތަށް މޫނު މައްޗަށް އާ ދިރުމެއް ގެނެސް ދިން ކަހަލަ އެވެ.

ހެނދުނުގެ ނާސްތާ ތައްޔާރު ކުރުމަށް އަވަދިނެތި އަންހެން ގްރޫޕް އުޅެއެވެ. ފިރިހެން ވެރިން ކެއްކޭނެ ގޮތަށް އުނދުނެއް ހެދޭތޯ އުޅެއެވެ. ހެނދުނުގެ ނާސްތާ ނިމިގެން ދިޔައީ މަސްހުންޔާ ރޮއްޓެވެ. ހެނދުނު ސަޔަށްފަހު ރަށުތެރެ ބަލާލުމަށް އެންމެން ނިކުތެވެ.

“ލީނާ ހިނގާބަލަ” ފަޔާޒް ލީނާ އަތުގަ ހިފާލަމުން އެންމެންނާ ދުރަށް ޖެހިލީ ލީނާ ކައިރީގައި ވާހަކައެއް ބުނަން ބޭނުންވެފަ އޮތުމުންނެވެ. ލީނާ އަތުގަ ހިފައިގެން ފަޔާޒް ދިޔަތަން އިސްހާގް އަށް ފެނުނެވެ. އަދި އެމީހުން ފަހަތުން ދިޔައެވެ.

“ލީނާ މިވާހަކަ ބުނަން އަވަސް ހެންވެސް އަހަންނަށް ހީވޭ. އެކަމް ނުބުނެ ކެއްނުވީ… އިނގޭ ލީނާއަށް ގަބޫލް ކުރަން އުދަގޫ ވާނެކަން އެކަމް ވެސް އައި ރިއަލީ ލައިކް ޔޫ.. އަހަންނަށް ލީނާ ވަރަށް ކަމުދޭ… … ޕްލީޒް އަގައިން ބުނެބަލަ” ލީނާ ބަހެއް ނުބުނެ ހުރުމުން ފަޔާޒް ދެވަނަ ފަހަރަށް އަހާލިއެވެ. ލީނާ އަށް ހުރީ ގަބޫލް ކުރަން އެދަގޫވެފައެވެ. ހަގީގަތެއްބާއޭ ހިތަށް އަރާފައެވެ، “ލީނާ.. އޯކޭ .. ދެން އަޅާނުލާ.. މީ ނުދައްކާ ވާހަކައެއް” ލީނާ އަގައިން ނުބުނުމުން ފަޔާޒް ފަސް އެނބުރި ދާން އުޅުނެވެ. އެހެން ނަމަވެސް ހުއްޓެން މަޖުބޫރުވީ ލީނާގެ އަޑު އިވިފައެވެ. “ޔެސް ޔެސް އައި ލައިކް ޔޫ ޓޫ” ލީނާ އެހެން ބުނެލުމުން ފަޔާޒް ލީނާ ގައިގައި ކުޑަކޮއް ބައްދާލިއެވެ. އަދި ދާން ހިނގާށޭ ބުނެލިއެވެ.

ދުރުގައި ބަލަން ހުރި އިސްހާގު ހުރީ ހިތްހަމަ ނުޖެހިފައެވެ. ފަޔާޒް ލީނާއާ އެކަށީގެން ނުވެއެވެ. ފަޔާޒް އަކީ ރަނގަޅު މީހެއްނޫނެވެ. އަދި ލީނާ ޅަވާނެއެވެ. ރަށައްދެވުމުން ވިސްނަދޭނީއެވެ. އިސްހާގްގެ ސިނކުޑީގައި ތަފާތު ވިސްނުންތަށް ދަތުރު ކުރަމުން ދިޔައެވެ.

ރަށައްދާން ދޯޔަށް އަރަންދެން އިސްހާގު ހުރީ ލީނާ ކައިރީގައި ވިއްދާފައެވެ. ލީނާ ހުރީ އެކަމާ ހިތް ހަމަ ނުޖެހިފައިކަން ވެސް އިސްހާގް އަށް އިނގެއެވެ. އެހެން ވިޔަސް ހެވެވެ. އިސްހާގް ފަޔާޒް އަށް އިތުބާރެއް ނުކުރެއެވެ.

“ދޮންބޭ ވަޓް އިސް ރޯންގް..” ގެއަށް ދެވުމާ އެކު އިސްހާގު ކުރިން ލީނާ އަހާލިއެވެ. ” ފަޔާ އާއެކީ އުޅެން ދޮންބެ ގަބޫލް އެއްނުން.. އަދި ތިއުޅެނީ ދިމާ ވިތާ ދެހަފްތާ ނުވެ.. ލީނާ ވިސްނާލަބަލަ” އިސްހާގު ބެލީ ލީނާއަށް ވިސްނާ ދެވޭތޯއެވެ. ގޭތެރޭ އަޑުގަދަ ވެގެން ދިޔާނާވެސް ސިޓިންރޫމަށް ނުކުތެވެ. “މަންމާ ބަލާބަލަ ދޮންބެ ކިޔާ އެއްޗެއް.. ފަޔާ އަކީ ގޯސް މީހެއް ނޫން.. އޭނަ ބުނި އަޅުގަނޑު ދެކެ ލޯބި ވެއޭ.. އަޅުގަނޑުވެސް ބޭނުން އޭނައާއެކީ އުޅެން” ލީނާއަށް ހުރީ ހަމަ ރަނގަޅަށްވެސް ރޮވިފައެވެ.

“މަންމާ… މަންމަ އަށް އިނގެ އެއްނު ފަޒީ ދައްތަގެ ފަޔާޒް.. އަޅުގަނޑާ އެކީ ކިޔެވި.. އޭނަގެވާހަކަ އެދައްކަނީ” އިސްހާގު އޭނަ މަންމަ އަށް ވެގެން އުޅޭގޮތް ކިޔާ ދިނެވެ. ” ދަރިފުޅާ އެ ފަޔާޒް ތަ… ލީނާ ދަރިފުޅާ މަންމަވެސް ގަބޫލްއެއްނުނޫން އޭނައާ އެކީ ދަރިފުޅު އުޅޭކަށް.. އޭނަ އޭ ކިޔައިގެން ފާޑު ފާޑުގެ ވާހަކަ މީހުން ދައްކާ..” ދިޔާނާ އެހެން ބުނުމުން ލީނާ ހުރީ ފާޑަކަށް ދިޔާނާއަށް ބަލާންށެވެ. އޭނަގެ މަންމަ އޭނަގެ ނިންމުމާ ދެކޮޅު ހަދާނެ ހެއްޔެވެ. ނަހަދާނެއެވެ. އެއީ ދޮންބެ އިނުމުން ބުނި އެއްޗެކެވެ. ލީނާ އަމިއްލަ ހިތަށް ވިސްނައިދެމުން ދިޔައެވެ.

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

kamana

Level 310 Stories500 Comments100 Comments

Other Articles

Previous

ޒީޝާ (އެގާރަވަނަ ބައި)

Next

..ހާދައޭ ބޭނުމީ ކަލާ.. (ހަތަރުވަނަ ބައި)

Next
November 25, 2015

..ހާދައޭ ބޭނުމީ ކަލާ.. (ހަތަރުވަނަ ބައި)

Previews
November 24, 2015

ޒީޝާ (އެގާރަވަނަ ބައި)

19 Comments!

  1. kamana says:
    November 25, 2015 at 8:02 am

    dear all.. plx do tel me mistakes jehey thanthann.. I will correct it.. thnkx all for reading..

  2. Shehey says:
    November 25, 2015 at 8:12 am

    reethi ?

  3. maya says:
    November 25, 2015 at 8:23 am

    nice story..good luck

  4. Adhoo says:
    November 25, 2015 at 9:03 am

    Miadhuge Part varah salhi… u have improved alot dear…. waiting for the next part… good luck …

  5. Kamana says:
    November 25, 2015 at 11:46 am

    Thnk u guyxx. ???

  6. misty says:
    November 25, 2015 at 12:07 pm

    Wow varah salhi ☺ when next part?

  7. Kamana says:
    November 25, 2015 at 2:37 pm

    Nxt part insha allah sat ga. Thnk yu ??

  8. ehsrew says:
    November 25, 2015 at 4:06 pm

    reethi warah………

  9. Kamana says:
    November 25, 2015 at 5:59 pm

    Thnnk u. ??

  10. Yaaan says:
    November 25, 2015 at 9:03 pm

    V.salhi next partah inthizaarkrany see u soon.

  11. ullaa says:
    November 25, 2015 at 9:26 pm

    lillygirl ge storythah maa rythi eygaa balaafa mee koacheh not improved yet

    1. huraa kuhhjaa says:
      November 25, 2015 at 9:30 pm

      e thedheh lillyge stories maa salhi vaahaka liyumuge hunaru huri kudhinnah mi furusathu dhookohlun edhen

  12. kamana says:
    November 25, 2015 at 10:35 pm

    Yaan thnk u. Hope u will wait ??
    Ullaa n huraa kuhjaa really appreciate ur cmmnt. Bt itx my first stry i knw mistakes hunnaanekann. Bt i will try to do bettrr. Thnk u ?

  13. mash says:
    November 26, 2015 at 9:17 pm

    Alhey eii dhen kiaakahala ehchihitha?u can improve keep itt up..ehennoonas lilly girl ekanitha mi site ga story liany..kamana maa dhigukohves liyey..

  14. Chompi says:
    November 27, 2015 at 10:12 am

    wow. . . . nice . . .waiting 4 next part. . . . . .

  15. kiyaa says:
    November 27, 2015 at 12:24 pm

    Mi story kiyaalan varah reethi.kudhi kudhi mistake thah ebahuri.sifa kolladhinumaa ihsaasthah genes dhinvarakah kiyuntherin kiyaa hiyyvaane. Keep it up. kamana

  16. kamana says:
    December 30, 2015 at 2:20 pm

    thank u :*

  17. kamana says:
    February 21, 2016 at 7:37 pm

    do tell me mistakes.
    im a shit

  18. kamana says:
    February 22, 2016 at 7:10 am

    Welll. Thnkxx alot

Comments are closed.

Next Episodeހަޔާތަށް ދިރުން ގެނެސްދިނީ ކަލާ (4)←


All Right Reserved!