Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ދީނީލޯބި

ނޫރު (ސައުރަތިރީސްވަނަ ބައި)

Jana 100 Stories10 Stories1K Comments500 Comments100 Comments100 Login500 Login
February 10, 2018 6 Mins Read
22 Comments

“އެއީ ސަނީ ސައިޑް ރިސޯޓްސް އެންޑް ސްޕާ ގެ ވެރިޔާ، ވިޔާމް އަހްމަދު.” ނަބީހް ކިޔާލި ނަމަކުން ޝަރަފްގެ ގޮށްމުއްކެވިގެން ދިޔައެވެ. އެ ނަން ގަނެވުނު މީހެއްގެ ސޫރަ އޭނަގެ ލޮލަށް ސިފަވެގެން ދިޔަދިޔަހެން އޭނަގެ ބުމަގޮށްޖެހިގެން ދިޔައެވެ. އެ ސޫރައިގެ ވެރިޔާ އޭނައާއިމެދު ކަންތައް ކުރިގޮތް ހަނދާނަށް އައިސް މިއަދު އޭނަ އަނިޔާއެއް ދޭން އުޅެނީ ކާކަށްކަން އެނގުންވީ ހިނދު ޝަރަފްގެ ދަތްކުނޑި ވިކުނެވެ.

 

“ހެލޯ ޝަރަފް؟ ޔޫ ދެއާރ؟” ޝަރަފްގެ ފަރާތުން ޖަވާބެއް ނުލިބި އިރުކޮޅެއްވުމުން ނަބީހްގެ އަޑު އެކޮޅުން އައެވެ. އެއާއެކު ޝަރަފަށް ވާހަކަ ދެކެވުނެވެ.

 

“ނަބީހް…..މިއަދަށްފަހު ނަބީހް ވިޔާމާއި ދެކޮޅަށް އަޅާ ކޮންމެ ފިޔަވަޅަކީ ނަބީހް އެކަނި އަޅާނެ ފިޔަވަޅެއްނޫން. އޭގެއިން ކޮންމެ ފިޔަވަޅަކާއެކީ އަހަރެން ނަބީހްއާއެކީ ވާނަން.” ޝަރަފް އެ ބަސްތައް ބުނެލިއިރު އެ މޫނުމަތިން ފެނިގެން ދިޔައީ ސާބިތުކަމެކެވެ. ފުރާވަރުގައި އޭނަގެ ހިތުތެރޭގައި އުފެދުނު ބަދަލު ހިފުމުގެ ރޫޙު އަނެއްކާވެސް އޭނަގެ ހިތަށް ވެރިވާން ފެށި ވަގުތު އެއީ ނުބައި އިޙްޞާޞެއްކަން ޝަރަފަށް އެނގުންވިއެވެ. އެހެނަސް އެ ވަގުތު ޝަރަފަށް އެ އިޙްޞާޞްތަކުގެ މައްޗަށް ބާރެއް ނުހޯދުނެވެ.

 

ހިތަށް ވެރިވަމުން ދިޔަ ޝުޢޫރުތަކުގެ ސަބަބުން ޝަރަފަށް އެދުވަހު އޮފީހުގެ މަސައްކަތަށްވެސް ސަމާލުކަން ދެވެމުން ދިޔައީ ވަކިވަރަކަށެވެ. އޭނައަށް ހުއްޓުމެއްނެތި ވިސްނެމުން ދިޔައީ ވިޔާމާއި އޭނަގެ ރޭވުންތައް ހުއްޓުވޭނެ ގޮތަކާއިމެދުގައެވެ. އޭނައަށް އަމިއްލަ ޚިޔާލުތަކުގެ ތެރެއިން އެތައް ފަހަރެއްގެ މަތިން ވިޔާމްގެ ކުރިމައްޗަށް ގޮސް އޭނައާއި ތަޅާފޮޅުންތައް ހިންގާލެވުނެވެ. އެއީވެސް ނޭދެވޭ ޚިޔާލުތަކެއްކަން އެނގުންވިއެއްކަމަކު ޝަރަފަށް އެ ޚިޔާލުތަކާއި ދުރުވާން އުނދަގޫވިއެވެ. އެހެންކަމުން ޝަރަފް އެހެން ދުވަސްތަކާއި ޚިލާފަށް އެދުވަހު ގެއަށް ދިޔައީ ހައިޖާނެއް އުފެދިފައިވި ހިތަކާއެކީގައެވެ. ގެއަށް ގޮސް ކޮޓަރިއަށްވަދެ އަފާފް ފެނުމުން ވެސް އެއްޗެކޭ ބުނާވަރަށްވުރެ އޭނަ ހުރީ ތަބީޢަތު ގޯސްވެފައެވެ. އޭނަ ދޮރު ހުޅުވާލި އަޑަށް އެނދުމަތީގައި ދެ ފައި ވަށްކޮށްގެން އައި ޕެޑުން ލެކްޗަރެއް އަޑުއަހަން އިން އަފާފް ލެކްޗާރ ޕޯޒްކޮށްލިއެވެ. އެހެނަސް ޝަރަފް އެއްވެސް އެއްޗެކޭ ނުބުނެ ގޮސް ރީތިވާ މޭޒު ކުރިމަތީގައި ހުއްޓި، އޭނަގެ ޓައިއަށް ދަމައި ދޫކޮށްލިއެވެ.

 

“ސިއްރުސިއްރުން ކޮޓަރިއަށް ވަދެގެން އައީ އަނެއްކާ ވަގެއްތަ؟” އަފާފް ލާނެތް ހިނިތުންވުމަކާއެކީ އެހެން އަހާލީ ޝަރަފް އޭނައާއި އާ ވައްތަރެއްގެ ސަމާސާއެއް ކުރަނީ ކަމަށް ހީކޮށެވެ. އެހެނަސް އެހެން ބުނެލިއިރު ވެސް އޭނަގެ ހިތުގެ ކަނެއްގައި ނުތަނަވަސްކަމެއްވިއެވެ. ޝަރަފް ދުވަހަކުވެސް އޭނަ ކައިރިއަށް އައިސް އެއްޗެކޭ ނުބުނެ ނުހުންނާތީވެއެވެ. ކޮޓަރިއަށްވަނީ ޝަރަފް ނޫންހެން ހީވާންވެސް ހީވިއެވެ. އޭނަ އެ ސުވާލުކޮށްލުމުން ޖަވާބެއް ނުލިބުމުން އިތުރު ބިރުވެރިކަމެއް ހިތަށް ވެރިވީ އެހެންވެއެވެ.

 

“ޝަރަފް؟” އަފާފަށް ގޮވާލެވުނެވެ. އެ ހިނދު ރީތިވާ މޭޒުގައި އޭނަގެ ދެއަތް ވިއްދައިގެން ހުރި ޝަރަފަށް އޭނަގެ ދެލޯ މަރައި ތަގުޅިކޮށްލެވުނެވެ. އޭނަގެ ހިތާއި ސިކުނޑި އެވަގުތު ވީ އޭނައަށް ލޯބިން ވާހަކަ ދެއްކުމަށް ފުރުޞަތު ދޭނެ ޙާލަތެއްގައި ނޫންކަން އެނގުންވުމުން އޭނަ ދެރަވިއެވެ. އޭނަ ޙަޤީޤަތުގައި އެވަގުތު އެއްވެސް ވާހަކައެއް ދައްކާ ހިތެއްވެސް ނެތެވެ. އަފާފަށް އޭނަގެ މޫނުމަތީގެ ކުލަވަރު ފެންނާނެނަމައޭ ފުރަތަމަ ފަހަރަށް ޝަރަފްގެ ހިތަށްއެރިއެވެ. މި ހުރިހާ ދުވަހު އަފާފްގެ އިޙްޞާޞްތައް ދަނެގެން އަފާފަށްޓަކައި ކަންތައް ކޮށްދިނީ އޭނައެވެ. ބަދަލުގައި އޭނައަށްޓަކައި ވެސް އަފާފް އެގޮތަށް ކަންތައް ކޮށްދޭނެ ނަމައޭ ހިނދުކޮޅަކަށް ނަމަވެސް ޝަރަފްގެ ހިތް ބުންޏެވެ. އެ ޚިޔާލުތަކުގެ ތެރޭގައި އޭނައަށް ދެންވެސް އަފާފަށް އެއްވެސް ޖަވާބެއް ނުދީ ހުރެވުނެވެ. އެ ހުރިހުރުމުގެ ސަބަބުން އޭނަގެ ޚިޔާލުތައް ވިޔާމްގެ ނުލަފާ ހިނިތުންވުންތަކުން ފުރި އޭނަގެ ހިތުތެރޭގައިވި ރުޅީގެ އަލިފާން ބޮޑުވަމުން ދިޔައެވެ.

 

“ޝް….ޝަރަފް އަހަރެން ބިރުގަންނަނީއޭ. ސަމާސާ ނުކޮށްބަލަ.” އަފާފަށް އެހެން ބުނެލެވުނީ އިރުކޮޅެއްގެ ތެރޭގައި ޝަރަފްގެ ހުނުމުގެ އަޑު އިވޭނެކަމުގެ އުއްމީދުގައެވެ. އެހެނަސް ދެންވެސް ޝަރަފް އޭނަގެ އަމިއްލަ އިޙްޞާޞްތަކެއްގައި ރުޅިން ރަތްވަމުން ދިޔައެވެ. އެކަން ނޭނގުނު އަފާފަށް ދެންވެސް ވާހަކަ ދެކެވުނެވެ.

 

“ޝަރަފް ޕްލީޒް….” އަފާފަށް އެހެން ބުނެލެވުނުތަނާހެން ޝަރަފްގެ އަޑު އިވިގެން ދިޔައެވެ.

 

“އެންމެ މިނިޓަކަށް މަ ވާހަކަ ނުދެއްކިއްޔާ އެއީ މައްސަލައެއްތަ؟!” ޝަރަފަށް އަފާފާއިވީ ފަރާތަށް އެނބުރިލަމުން އެހެން ބުނެލެވުނީ ރުޅިވެރި، ހަރު އަޑަކުންނެވެ. އެ އަޑު އިވިގެން ދިޔަ އަފާފަށް ލިބުނު ކުއްލި ސިހުމާއެކީ އޭނަ ހުއްޓުން އެރިއެވެ. އެއީ ޝަރަފްގެ އަޑުކަން ޔަޤީންކުރަން ވެސް އޭނައަށް ހިނދުކޮޅެއް ނެގިއެވެ. އިސާހިތަކު އޭނަގެ ލޮލަށް ކަރުނަތައް ޖަމާވެގެން ދިޔައެވެ. އަފާފަށް ވީގޮތް ފެނިފައި ހަމަހޭވެރިކަމެއް ލިބިގެން ދިޔަ ޝަރަފްގެ ހިތް ވިރިގެންދާން ފެށިއެވެ. އަފާފްގެ މޫނުމައްޗަށް ހިތާމަވެރިކަން ވެރިވެ އެ ލޮލުން ކަރުނަތައް ފައިބައިގެން އައިތަން ފެނިފައި ޝަރަފްގެ ހިތަށް ކެތެއްނުވިއެވެ. އޭނައަށް ދިގު ފިޔަވަޅުތަކެއްގައި އަފާފްގެ ގާތަށް ގޮސް އެނދަށް އަރައި އަފާފްގެ ގައިގައި ބައްދާލެވުނެވެ.

 

“އައިމް ސޮރީ….” ޝަރަފް އެހެން ބުނެލީ އަފާފްގެ އިސްތަށިގަނޑުގައި ބޮސްދެމުންނެވެ. ޝަރަފްގެ އޯގާތެރި އަޑު ނުހަނު ގާތުން އިވި އޭނަގެ ބީހުންތައް އިޙްޞާޞް ކުރެވުމުން އަފާފަށް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބުނެވެ. އެހެނަސް ދެންމެ ޝަރަފް ބުނެލި ބަސްތަކުން އޭނަގެ ހިތް ދެރަވެފައިވިއެވެ.

 

“ނޯ އައިމް ސޮރީ ޝަރަފް. އަހަރެން ވެސް ކީއްކުރަންދޯ ޝަރަފް ވަރުބަލިވެފަ ހުންނައިރު ޝަރަފް ލައްވާ ވާހަކަ ދައްކުވަން އުޅެނީ؟ އައިމް ރިއަލީ ސޮރީ. ދެން އެހެން ނަހަދާނަން!” އަފާފަށް އެހެން ބުނެލެވުނީ ޝަރަފާއި ދުރުވެ، ރޮވިފައިވާ އަޑަކުންނެވެ.

 

“އެއީ މައްސަލައެއްނޫނޭ އަފޫ…..އަހަންނަށް ގެއަށް އައިސް އަފޫއާ އެހާވަރަށް ވާހަކަ ދެކެވެންޖެހޭނެ. އެކަމަކު މިއަދު ކޮންމެވެސް ކަމަކާ ކަންބޮޑުވެފަ ހުންނާތީ ރުޅި އިސްކުރެވުނީ.” ޝަރަފް އޭނަގެ އިޙްޞާޞްތަކާއި ބެހޭގޮތުން ކިޔައިދިނީ އޭނައާއި އަފާފްގެ ގުޅުން އިތުރަށް ބަދަހިކުރުމަށެވެ. އޭނަގެ އިޙްޞާޞްތައް ހާމަނުކޮށް އުޅެން ހަދައިފިނަމަ އަނެއްކާވެސް އޭނައަށް ގޯހެއް ހެދިދާނެތީވެއެވެ.

 

“ކޮން ކަމަކާތަ ކަންބޮޑުވަނީ ޝަރަފް؟” އަފާފް އަހާލިއެވެ. ޝަރަފް ވަގުތުން އެ ވާހަކަ ބާއްވާށޭ ބުނެ އެ ވާހަކަ ދޫކޮށްލަން އުޅުނެވެ. އެހެނަސް މިފަހަރު އަފާފް، ޝަރަފް އޭނައަށް ހަދާހެން ދުލެއް ނުކުރިއެވެ. ޝަރަފް އެއްޗެކޭ ބުނާއިރަށް ދެން ބުނެބަލާށޭ ކިޔަމުން ދިޔައެވެ. އަފާފް އެހެން ކިޔަމުން ދިޔައީ ވެސް ޝަރަފް ކިޔާ ރާގަށް ކަމަށްވުމުން މާ ގިނައިރެއް ދެމީހުންނަށް ވެސް ހެވެން ފެށިއެވެ. އެ ހުނުމަށްފަހު ޝަރަފް އެންމެ ފަހުން ހުރިހާ ވާހަކައެއް ކިޔައިދޭން ފެށިއެވެ. ނަބީހް އޭނައަށް ފެންނަން ފެށީއްސުރެ ނަބީހްއާމެދު އޭނަ ދެކެމުން އައި ގޮތުން ފެށިގެން މިއަދު ނަބީހްގެ ފަރާތުން އައި ފޯނުކޯލުން އެނގުނު ކަންތައްތަކާއި ހަމައަށް އެއްވެސް ވާހަކައެއް ދޫނުކޮށް ޝަރަފް ކިޔައިދިނެވެ.

 

“އަފާފާއި ދެކޮޅަށް ބަޔަކު މީހުން ކިޔާހާ އެއްޗެއް ކިޔަނީ އެ ވިޔާމާއި ހެދި. މަގޭ އަތުގަ އޭނަ ޖެހުނިއްޔާ ހަމަ….” ޝަރަފްގެ ވާހަކަ މެދުކެނޑިގެން ދިޔައެވެ.

 

“މަޑުކޮށްބަލަ ޝަރަފް. މީހަކު އެއްޗެކޭ ބުންޏަސް އަދި ކަމެއްކުރިޔަސް އޭނައަށް ތިހާ ބޮޑަށް ރުޅި އަންނާކަށް ނުވާނެ. އޭނަ އެގޮތަށް ކަންތައް ކުރަނީ އަދި އޭނައަށް ނުވިސްނޭތީ. މި ޙާލަތުގަ ބަދަލު ހިފުމުގެ ރޫޙުގަ އެއްވެސް ކަމެއް ކޮށްގެން އެއްވެސް ފައިދާއެއް ނުކުރާނެ. އަލިފާންގަނޑަކަށް ތެޔޮ އެޅިއްޔާ އެ އަލިފާންގަނޑު ދާނީ ބޮޑުވަމުން.” އަފާފް ޝަރަފަށް ވިސްނައިދެވޭތޯ ބެލިއެވެ. އަފާފް އެ ބުނި އެއްޗެއްގެ މާނަ ދޭހަކުރެވި ޝަރަފަށް އެކަން ޤަބޫލުވެސް ކުރެވުނެވެ. އޭނައަށް ކުރެވޭ ކަމަކުން ވިޔާމްގެ ރުޅިވެރިކަން އިތުރުވެ އޭނަ އަފާފަށް އިތުރު އަނިޔާއެއް ދޭން އުޅެފިނަމަ އޭނައަށް ދުވަހަކުވެސް އަމިއްލަ ނަފްސަށް މަޢާފެއް ނުކުރެވޭނެއެވެ.

 

“އަފޫ ތިބުނީ ތެދެއް. އަހަރެން ރުޅިވެރިކަމުގަ އެއްވެސް ކަމެއްކޮށްގެން ކުރާނެ ފައިދާއެއް ނޯންނާނެ. އެކަމަކު އަހަރެން ބޭނުން ވިޔާމްމެން އެކުރާ ކަންތައްތަކުގެ ނޭދެވޭ އަސަރުތައް ހުއްޓުވަން. އެކަމަށްޓަކައި ނަބީހް ދިން ޚިޔާލު އަހަންނަށް ވަރަށް ކަމުދޭ. އެއީ އަސްލު މީގެ އަހަރުތަކެއް ކުރިން އަހަރެންގެ ބައްޕަގެ ފަރާތުން ވެސް އަހަންނަށް ލިބުނު ޚިޔާލެއް.” ޝަރަފް ސީރިއަސްކަމާއެކީ އޭނަގެ ހިތުގައި އޮތް އެދުމެއް ކިޔައިދިނެވެ. އަފާފް ކޮން ޚިޔާލެއްތޯ އެހުމުން ޝަރަފް އެ ޚިޔާލު ކިޔައިދިނެވެ. އެއަށްފަހު އޭނަ އެ ޚިޔާލާއިމެދު ޖެހިލުންވަނީ ކީއްވެކަން ވެސް ކިޔައިދިނީ އަފާފަކީ އޭނަގެ ގާތް އެކުވެރިއެއްގެ ގޮތުގައި ދެކިގެންނެވެ.

 

“ސަތޭކަ ޕަސެންޓު ޔަޤީންކަމެއް ނެތް ކާމިޔާބުވާނެ ކަމާމެދު. ވަރަށް ދެރަވާނެ އެހެންވެއްޖެއްޔާ. އަދި އެކަން ކުރަން އަހަރެން ޖެހޭނީ ވެސް އެތައް ދުވަހެއް ވަންދެން އަފޫއާ ދުރުގަ ހުންނަން.” ޝަރަފް އޭނަގެ ފަހު ޖުމްލަ ބުނެލީ އަފާފްގެ އަތުގައި ހިފައި ފިތާލަމުންނެވެ. އެ ވާހަކަ އަޑު އަހާފައި އަފާފް ޗޮއްކަނޑާލިއެވެ.

 

“ކަމޯން ޝަރަފް! ﷲ އަށް ވަކީލުކޮށް އެމީހަކަށް ވެވުނުހާ ރަނގަޅަކަށް ހެޔޮ ނިޔަތެއްގައި ހެޔޮ ކަމެއް ކުރާ މީހަކަށް ނާކާމިޔާބީއެއް އޮވޭތަ؟ އެއީ ވާގޮތެއްނޫނޭ ޝަރަފް! އަހަންނާ ދުރުގަ ހުންނަންޖެހުނަސް އެއީ މައްސަލައެއްނޫން. ޝަރަފް މިފަދަ ކަމެއްގައި ސާބިތުވެ އެކަން ފުރިހަމަ ކޮށްފިއްޔާ އެކަމަށް ހިތްވަރު ދިން ކަމަށްޓަކައި އަހަންނަށް ސަވާބު ލިބޭނެއެއްނު؟” އަފާފް ނުހަނު ސީރިއަސްކަމާއެކީ އެ ވާހަކަތައް ބުނެލީ ގޮތުން ޝަރަފްގެ މޫނުމައްޗަށް ފުރިހަމަ ހިނިތުންވުމެއް ވެރިވިއެވެ. އޭނަ އަފާފްދެކެ ލޯބިވަނީ ސަބަބަކާއި ނުލައެއްނޫންތާއޭ އެވަގުތު އޭނަގެ ހިތަށްއެރިއެވެ. އަފާފް އެހެން ބުނުމުން އޭނަ ދުވަހަކުވެސް ކޮށްފާނެކަމަށް ހިތަށްވެސް ނާރުވާފަދަ ބޮޑު ކަމެއް ކުރުމަށް ޝަރަފްގެ ހިތުގައި ޢަޒުމެއް ކަނޑައެޅުނެވެ. އަދި އެކަމަށްޓަކައި ފިޔަވަޅެއްވެސް އަޅަން އޭނައަށް ކެރުނެވެ. އޭގެ އަނެއްދުވަހު އޭނަ ހުސެއިނާއި ހަމައަށް އެ ވާހަކަ ގެންދިޔައެވެ. އޭނަ ހީކުރީ އަފާފް އެއްބަސްވީ ފަދައިން ހުސެއިންގެ ފަރާތުން ވެސް އެކަމަށްޓަކައި ނުހަނު ފަސޭހައިން އާނބަސް ލިބިގެން ހިނގައިދާނެ ކަމަށެވެ. އެހެނަސް….

 

“ބައްޕައަކަށް ނުފެނޭ ޝަރަފް ތިކަން ކުރާކަށް. އެކަހަލަ ކަންތައް ކުރާނީ ތާކުންތާކުޖެހޭ ވަޒީފާއެއް ނުލިބިގެން އުޅޭ ނަބީހް ކަހަލަ މީހުން. ޝަރަފަކީ ރަނގަޅު މުސާރައެއް ލިބޭ ރަނގަޅު ވަޒީފާއެއްގަ ހުރި މީހެއް. އެހެންވީމަ އެ ވަޒީފާވެސް ދޫކޮށްލާފަ ތިކަހަލަ ކަމަކާއިގެން އުޅޭކަށް ބައްޕައަކަށް ނުފެނޭ.” ހުސެއިން އެ ވާހަކަ ދެއްކީ އެދުވަހު ސިޓިންގް ރޫމުގެ ސޯފާގައި އިނދެ އެންމެންގެ ހާޒިރީގައެވެ. ހުސެއިންގެ އެ ވާހަކައަށް ޝަރަފް އެއްޗެކޭ ބުނަން އުޅުނެއްކަމަކު ނުބުނެވުނީ ހުސެއިން ދެއްކި ވާހަކަތަކުގެ ތެރެއިން އަފާފާއިމެދު ވެސް ވިސްނާލެވުމުންނެވެ. އަފާފަކީ އޭނަގެ ފައިސާއިން އޭނަ ބަލަންޖެހޭ އޭނަގެ އަންހެނުންނެވެ. އޭނަ ވަޒީފާ ދޫކޮށްފިނަމަ އަފާފް ގެންގުޅޭނީ ކިހިނެއްތޯ ހިތަށްއަރަން ފެށިއެވެ. އެހެނަސް އަފާފް އޭނަގެ އެ ޚިޔާލުތަކަށް ވެސް ރައްދެއް ދިނެވެ.

 

“ޝަރަފަށް އަދާނުކުރެވޭނީ މާލޭގަ ހުންނަ ވަޒީފާއެއްނޫންތަ؟ ރިސޯޓު އެޅެމުންދާ ރަށުން ވަޒީފާއެއް ލިބިދާނެއެއްނޫންތަ ޝަރަފަށް؟ އޭރުން ލިބޭ އެއްޗެއް ފަހަރެއްގަ ކުޑަވެދާނެ. އެކަމަކު ރިސޯޓު އަޅައި ނިމުނީމަ ﷲ ގެ އިރާދަފުޅުން އަނެއްކާވެސް ތަނަވަސްވެގެންދާނެއެއްނޫންތަ ބައްޕާ؟” އަފާފް އެ ބަސްތައް ބުނެލިއިރު އެ އަޑުގައިވި ޔަޤީންކަން ޝަރަފްގެ ހިތް އަޖާއިބުކުރުވިއެވެ. އަފާފް އޭނަގެ ފަރާތުން އެ އުއްމީދު ކުރާފަދަ ޝަޚުޞިއްޔަތެއްގެ ވެރިއަކަށް ވުމަށް އިތުރު ހިތްވަރެއް އޭނައަށް އެވަގުތު ލިބުނެވެ. އެހެނަސް ހުސެއިންގެ ފަރާތުން ދެންވެސް ކުރިމަތިވީ އެ ޚިޔާލާއި ދެކޮޅުވެރިކަމެވެ. ތިއީ ޔަޤީންކަމެއް އޮތް ކަމެއް ނޫންކަމަށް އޭނަ ބުނަން ފެށިއެވެ. އެހެނަސް އަފާފް އެއަށްވެސް ރައްދެއް ދިނުމުން ހުސެއިން ދެންވެސް އިތުރު ބަހަނާތަކެއް ދެއްކޭތޯ ބެލިއެވެ. އެހެނަސް އަފާފްގެ ބަސްތައް އޭނައަށްވުރެ ބައްޔެއްނުވިއެވެ.

 

“ދެން އަފާފް އެތައް ދުވަހެއް ވަންދެން އެކަނިމާއެކަނި ހޭދަކުރަން ޖެހޭނީ. އެކަމާމެދު ބުނަނީ ކީކޭ؟” ހުސެއިން އެ ފަހު ސުވާލުކޮށްލީ ހިސާބެއްގެ ނުރުހުންތެރިކަމަކާއި އެކީގައެވެ. ބައްޕަ އެ ސިފަކުރި ޚިޔާލުން ހިނދުކޮޅަކަށް ނަމަވެސް އަފާފްގެ ހިތަށް ދަތިވިއެއްކަމަކު އޭނަ ޝަރަފް ހެޔޮ ނިޔަތެއްގައި ކުރަން އުޅޭ ކަމަކުން ދުރުކުރުވާކަށް ބޭނުމެއް ނުވިއެވެ. އަދި އެއީ ޝަރަފްގެ އެހާމެ ބޮޑު އެދުމަކަށް ވެސް ވެފައިވަނިކޮށެވެ. އެއީވެސް މައްސަލައެއް ނޫންކަމަށް ބުނެ އޭނަ އެ ވާހަކަތަކަށް ނިމުމެއް ގެނައީ އެހެންވެއެވެ. ހުސެއިން އެންމެ ފަހުން ޝަރަފް ބޭނުންގޮތަކަށް ކަންތައް ކުރުމުގެ އިޒުނަ ދިނީވެސް ނުރުހުންތެރިކަމެއް އެކުލެވިފައިވި އަޑަކުންނެވެ. އެއިން ވެސް ޝަރަފަށް އަމިއްލަ ނަފްސު ކުށްވެރިކުރެވުނެވެ. އޭނައާއި ހެދި އަފާފާއި އަފާފްގެ ޢާއިލާ ދުރުވެގެންދާ ކަމަށްޓަކައެވެ. އެހެނަސް އަފާފް ދެންވެސް އޭނައަށް ހިތްވަރު ލައިދިނެވެ.

 

ރިސޯޓެއް އެޅުމަށް ބިމެއް ކަނޑައެޅި، ހުރިހާ ކަމެއް ހަމަޖެހި، ޝަރަފް އެކަން ކުރެވޭ ރަށަށް ފުރަން އޮތް ދުވަހާއި ހަމައަށް ވެސް ޝަރަފްގެ ހިތުގައި ނުގުޑާ ޢަޒުމެއްވީ އަފާފް ދިން އެ ހިތްވަރުގެ ސަބަބުންނެވެ. ފުރަން އޮތް ދުވަހާއި ޖެހެންދެން ވެސް ހުސެއިންގެ ނުރުހުންތެރިކަން އެގޮތުގައި ދެމިއޮތުމުން ޝަރަފް ފުރުވަން ދާކަހަލަ ޚިޔާލެއް އޭނަ ނުކުރެއެވެ. އެހެންކަމުން އަފާފަށް ވެސް ޝަރަފް ފުރުވަން ދެވޭގޮތެއް ނުވިއެވެ. އެދުވަހު ހެނދުނު ޝަރަފް ދާން ތައްޔާރުވަމުން ދިޔައިރު އަފާފްގެ ހިތަށް ހިތާމަވެރިކަމެއް ވެރިވެފައިވިއެއްކަމަކު އޭނަ ޝަރަފަށް ދައްކަމުން ދިޔައީ އުޖާލާވި ހިނިތުންވުންތަކެވެ. އެހެނަސް އެ ހިނިތުންވުންތަކުގެ ތެރޭގައި ފޮރުވިފައިވި ހިތާމަ ޝަރަފަށް ފެންނަމުން ދިޔައެވެ. އަފާފް މާ ގިނައިން ހީހީފައި ވާހަކަ ގިނަ ކުރަމުން އެއްފަހަރު އޭނަ ފަހަނަޅައި ދާން އުޅުނު ވަގުތު ޝަރަފް އޭނަ މަޑު ކުރުވައި ގާތްކުރުވިއެވެ.

 

“އަފޫ ހަމަ މިހާރުވެސް ބުނިއްޔާ އަހަރެން މަޑުކޮށްފާނަން.” ޝަރަފް އަފާފްގެ މޫނަށް ގާތުން ބަލަހައްޓައިގެން ހުރެ ބުންޏެވެ. އަފާފްގާތު އޭނަ ކައިރި މަޑުކޮށްލަން އެދުމަށް އޭނަގެ ހިތް އެދުނެވެ. އެހެނަސް….

 

“ޝަރަފަކީ ތިހާ ހިތްދެރަ މީހެއްނޫން. ޔޫ އާރ ބެޓާރ ދޭން ދެޓް. ޝަރަފް ދެން އަނބުރާ އަންނާނީ ޝަރަފްގެ ތި ހުވަފެން ފުރިހަމަ ވާނެކަމުގެ ޔަޤީންކަމާއެކީ އިން ޝާ ﷲ.” އަފާފްގެ އެ ސާބިތު ބަސްތަކުން އަނެއްކާވެސް ޝަރަފަށް އިތުރު ހިތްވަރެއް ލިބިގެން ދިޔައެވެ. އެއަށްފަހު އޭނަ މަޑުމަޑުން އަފާފާއި ދުރުވެ އޭނަގެ އަތަށް ބޮސްދިނެވެ. އަދި ތިމަންނަ ގުޅާނަން ކަމަށްބުނެ އެ އަތަށް ފިތާލަމުން މަޑުމަޑުން ދޫކޮށްލިއެވެ. އެއަށްފަހު އަފާފަށް އިވިގެންދިޔައީ ޝަރަފްގެ ހެދުން ދަބަސް ދެމިގެން ދިޔަ އަޑެވެ. އެ އަޑު ފޭދިގެން ދިޔަދިޔަހެން އަފާފްގެ ހިތަށް ބިރުވެރިކަމެއް ވެރިވީ ކީއްވެކަމެއް ނޭނގެއެވެ. ޝަރަފް ރާވައިގެން ހުރީ ކޮންމެ ހަފްތާއަކު އެއްފަހަރު އޭނައާއި ބައްދަލުކުރަން އައުމަށެވެ. އެހެނަސް މިއަށްފަހު ޝަރަފް އޭނައާއި ވަކިވެގެންދާނީ އެއަށްވުރެ ދިގު މުއްދަތަކަށްހެން އޭނައަށް ހީވީ ކީއްވެކަމެއް ނޭނގެއެވެ.

 

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Jana

100 Stories10 Stories1K Comments500 Comments100 Comments100 Login500 Login

Other Articles

Previous

ޒާރާ (25)

Next

ޯލޯބިއެހެނަސް..11

Next
February 10, 2018

ޯލޯބިއެހެނަސް..11

Previews
February 9, 2018

ޒާރާ (25)

22 Comments!

  1. Jana says:
    February 10, 2018 at 12:42 am

    އައްސަލާމްޢަލައިކުމް. މިއަދު ލަސްވިކަމަށްޓަކައި ވަރަށް ބޮޑަށް މަޢާފަށް އެދެން. ހަމަ ކަން ދިމާވި ގޮތްމީ. އިން ޝާ ﷲ ދެން އޮތް ބައި އާދިއްތަ ދުވަހު ދިގުކޮށް ގެނެސްދެވޭތޯ އެބަ ބަލަން 🙂

    1. xeybooo says:
      February 10, 2018 at 9:49 am

      ކިތައް ބައި އަދި އެބަ އޮތް؟ މާޝާ ﷲ ވަރަށް ރީތި..:)

    2. Jana says:
      February 10, 2018 at 12:40 pm

      Alhamdhulillah! (All praise and thanks belong to Allah) dhen onnaany 5-10 bai In Sha Allah ?

  2. Minion says:
    February 10, 2018 at 12:50 am

    Mi waahaka up weytho bala bala a mi innany.. Adhi nuwes kiyan.. ❤❤

    1. Jana says:
      February 10, 2018 at 8:22 am

      Varah bodah sorry lasveethee minion. Hope you like the episode ❤

    2. Minion says:
      February 10, 2018 at 10:22 am

      Mi waahaka warah reethi… Komme faharaku comment nukurias wes mi waahaka baraabarah kiyan.. Waiting for the next part.. ❤❤

    3. Jana says:
      February 10, 2018 at 12:42 pm

      Alhamdhulillah! Reethi vee varah minion ah faidha eh kuraakamahves ummedhukuran In Sha Allah. Much love ❤❤

  3. Ba See says:
    February 10, 2018 at 12:57 am

    Masa Allah

    1. Jana says:
      February 10, 2018 at 8:23 am

      ?

  4. Kuda Kamana says:
    February 10, 2018 at 8:38 am

    haadhaha lahey dho up vileh.. ekam dhen ki ijje al hamdh lillah. dhen jana gandaa mi part v kuru. ekam nice ingey. masha allah.

    1. Jana says:
      February 10, 2018 at 12:46 pm

      Varah las dho kudakamana? Aslu veegothaky jana iyyega thanakah dhaan jehunyma vaahaka liyan feshunyves lahun. Adhi liyamun dhanikoh vaki hisaabakun eyahvure furihama ah liyeveyne gotheh khiyaalah aima liyefa huri bai fohelaafa alun liyuny. Ehenve aslu bodah lasvy. Miadhaffahu In Sha Allah jana target kuraany up vaan onna dhuvahu haveeru up kuran. Adhi yageen kameh nudhen ingey. Ekamaku masakkaiy kuraanan In Sha Allah. Alhamdhulillah! ?

  5. Sana says:
    February 10, 2018 at 8:56 am

    Maashaa Allah varah varah varah furihama but sad vehje lasveema ?
    When next part?

    1. Jana says:
      February 10, 2018 at 12:47 pm

      Trust me sana…jana adhi thiyavvure dheravejje lahun up kurevunyma. In Sha Allah ekan avas muhdhathegga rangalhu kureveytho eba balan. Next part sunday ga In Sha Allah. Alhamdhulillah!

  6. Pinky shifoo says:
    February 10, 2018 at 10:42 am

    Maasha Allah mi part vx varah varah reethi jana ❤️❤️❤️… Enme kiyaahihvaa eh vaahaka mee… Varah varah inthizaaru kurevey vaahakaeh mee ???… Keep up the good work jana ?????.. Waiting for next part..

    1. Jana says:
      February 10, 2018 at 12:49 pm

      Alhamdhulillah! Hehe….shifooge thi inthizaaru ehaa dhigu nukoh veytho masakkaiy kuraanan In Sha Allah. Alhamdhulillah! ? ❤❤

  7. Xxxx says:
    February 10, 2018 at 10:45 am

    Maasha Allah.v.furihama dear.waiting

    1. Jana says:
      February 10, 2018 at 12:50 pm

      Alhamdhulillah! ? next part sunday ga In Sha Allah

  8. Have says:
    February 10, 2018 at 1:11 pm

    Masha allhah varah reethi

    1. Jana says:
      February 10, 2018 at 2:52 pm

      Alhamdhulillah! 😀

  9. aakko says:
    February 10, 2018 at 3:03 pm

    Sharaf ah dhera gotheh nahadhaathi plx.mi part ves salhi..love it

    1. Jana says:
      February 10, 2018 at 8:05 pm

      Dhen balamaa vaagotheh In Sha Allah. Alhamdhulillah! ?

  10. Xaahko says:
    February 11, 2018 at 10:10 am

    Masha Allah v v reethi mi part Jana waiting for next part

Comments are closed.

Next Episodeނޫރު (ފަންސަތިރީސްވަނަ ބައި)←


All Right Reserved!