އެ ރޮނގުގައި އެންމެ ދެމީހުން ބާކީ ތިއްބާ ކަކުލުން މައްޗަށް އޮތް ކުރު ހެދުމެއްގައި ހުރި ޒުވާން އަންހެން ކުއްޖަކު އޭނަގެ އުސް ފައިވާނުގެ އަޑު އިއްވަމުން ޑިޕާރޗާއަށް ވަދެ އެ ރޮނގާއި ދިމާލަށް ދިޔައެވެ. އެ ކުއްޖާ ބޯޑިން ޕާސް ދެއްކި ވަގުތު އޭގައި އޮތް އޭނަގެ ނަން ފެނުނެވެ. ދަތުރުވެރިޔާގެ ނަމަކަށް އޮތީ “މަރިޔަމް ހަނާ” އެވެ.
**
އޭގެ އަނެއްދުވަހު ހެނދުނު ޝަރަފާއި އަފާފް ހޮސްޕިޓަލަށްދާން ތައްޔާރުވަމުން ދިޔައެވެ. ޝަރަފް އެދުވަހު އޮފީހަށް ދިޔުމަށްޓަކައި ނިކުންނާނީ އަފާފާއި އެކީގައި ކަމާއި އޭނަ އޮފީހަށް ދިޔުމުގެ ކުރިން އަފާފް ގޮވައިގެން ހޮސްޕިޓަލަށްދާނެ ވާހަކަ އެދެމީހުންކުރެ އެކަކުވެސް ހުސެއިންމެންނަށް ނާންގައެވެ. އެހެންކަމުން ޝަރަފާއިއެކީ އަފާފްވެސް ތައްޔާރުވެގެން ސިޑިން ފައިބައިގެން އައިސް ކާމޭޒުދޮށުގައި އިށީނުމުން އެދެމީހުންނާއި ސުވާލުތަކެއް ކުރިމަތިވިއެވެ. އަފާފް ހިސާބަކަށް ނުތަނަވަސްވުމުން އޭނަ އެއްޗެކޭ ނުބުނުމުން ޝަރަފް ވާހަކަ ދެއްކިއެވެ.
“އަހަރުމެން މިދަނީ ހޮސްޕިޓަލަށް.” ޝަރަފް ކުރު ޖަވާބެއްދިނެވެ.
“އެއީ ކީއްކުރަން؟ އަފާފް ބަލީތަ؟” ހުސެއިން ކަންބޮޑުވުމަކާއެކީ އަހާލިއެވެ.
“ނޫން. އަހަރެންގެ ތިމާގެ މީހަކު ބަލަންވެގެން.” ޝަރަފް އެ ވަގުތުކޮޅުގެ މަޞްލަޙަތަށްޓަކައި ޙަޤީޤަތް ފޮރުވިއެވެ. އޭނަ އެގޮތަށް ކަންތައް ކުރުމުން އަފާފަށް ކަމަކު ނުދިޔައެވެ. އެފަދަ ބޮޑު ވާހަކައެއް މަންމައާއި ބައްޕައަށް ފަހުން ހާމަކުރަން އޭނަގެ ހިތް ނޭދުނެވެ. އެދެމީހުންގެ ފަރާތުން ކޮންމެ ކަހަލަ ޖަވާބެއް ލިބުނަސް އަފާފް އެވަގުތު އެމީހުންނަށް ޙަޤީޤަތް ކިޔައިދޭން ބޭނުންވިއެވެ.
“ޝަރަފް…ގެ މަންމަ ބަލަން މިދަނީ.” އަފާފަށް އެހެން ބުނެލެވުނި ޖެހިލުންވުމަކާއެކީގައެވެ. އޭނަ އެހެން ބުނެލުމާއެކު ޝަރަފަށް ސިހުމެއް ލިބުނުއިރު ހުސެއިނާއި ޝާދިޔާ ހުއްޓުން އެރިއެވެ. ސިކުންތުކޮޅެއްގެ ހިމޭންކަމަށްފަހު ކުއްލިއަކަށް ޝާދިޔާ ގޮނޑިން ތެދުވެލީ އަޑު އިވުނެވެ.
“އެއްގޮތަކަށް ވެސް އަފާފް ގޮސްގެން ނުވާނެ އޭނަ ބަލާކަށް! ބަލަ އެއީ ދުނިޔެއިން މޮޔަވެފަ ހުރި އަންހެނެކޭ އަފާފް! އޭނައަކީ އޭނައަށް ފެންނަހާ ބަޔަކަށް އަނިޔާކުރަމުންދާ މީހެއް. އަފާފްގެ އަތަށް ތި ޙާލު ޖެއްސީވެސް އެ އަންހެނާއޭ!!” ޝާދިޔާ ހަރުއަޑުން ވާހަކަ ދެއްކިއެވެ. ޢާއްމުގޮތެއްގައި ޝާދިޔާގެ އެފަދަ ވާހަކަތައް ހުއްޓުވަން ހުންނަ ހުސެއިން ވެސް އެވަގުތު އޭނަ ހުއްޓުވާކަށް ނުއުޅުނެވެ. ޝަރަފްގެ މަންމައަކީ ކާކުކަން އޭނައަށް ވެސް ރަނގަޅަށް އެނގޭތީ ޝާދިޔާ އެދައްކާ ވާހަކައިގައި ކޮންމެވެސް ވަރެއްގެ ތެދެއްވާކަން ޤަބޫލުކުރެވުނީތީވެއެވެ.
“މޮޔަވީ ކިހިނެއްކަން މަންމައަށް އެނގޭތަ؟ އެއީ ވަކި އެ މަންމަ ޤަޞްދުގައި ކުރި ކަމެއްނޫން. އެއީ ތަޤްދީރުގައި އެ މަންމައަށްޓަކައި ލިޔެވިފައި އޮތްގޮތް. އެ މަންމަ ޤަޞްދުގައި ކުރިކަމަކަށްވާނަމަތާ ދޯ އެ މަންމައާމެދު ތިގޮތަށް ވާހަކަ ދެކެވޭނީ؟ އެކަމަކު އެއީ އެ މަންމަ ޖެހުނު ބައްޔެއްގެ ސަބަބުން މަންމައަށް ދިމާވި ޙާލަތެއް. އެފަދަ ޙާލެއް މާދަމާ ޖެހޭނީ އަހަންނަށް ނޫންކަމެއްވެސް އެނގެނީއެއްނޫން. އެދުވަހަކު މަންމަ އަހަންނާ މެދު ވެސް ވާހަކަ ދައްކާނީ ތިހެންތަ؟” އަފާފް މަޑުމައިތިރިކަމާއެކީ ވާހަކަ ދައްކަމުން ގޮސް އަހާލިއެވެ. އެ ހިނދު ޝަރަފަށް ލުއި ހިނިތުންވުމެއްގައި އަފާފަށް ބަލަން އިނދެވުނީ އޭނަގެ މަންމަގެ ދިފާޢުގައި ޚުދު އޭނަވެސް އެއްޗެކޭ ބުނަން ޖެހިލުންވި ހިނދު އަފާފް ޖެހިލުމެއްނެތި އެކަން ކުރުމުންނެވެ. އަފާފްގެ ވާހަކައަށްފަހު ޝާދިޔާ ހިނދުކޮޅަކަށް ހިމޭންވިއެއްކަމަކު އޭނަ އަނެއްކާވެސް ވާހަކަ ދެއްކިއެވެ.
“މިހާރު އަފާފް ވެސް އަހަރުމެންގެ ކުރިމަތީގަ ޒުވާބުކުރަން ފެށީދޯ؟ މި ދުވަސް ދެން ފެންނަން ބާކީ އޮތީ. މަ ނުބުނާނަން ދެން އެއްވެސް އެއްޗެކޭ. ހުސެއިން ކަލޭގެ ދަރި އުޅޭ ނުއުޅޭ ގޮތް ބަލާ. މި ކައިވެނީގެ ހިތިކަން އަފާފަށް އިޙްޞާޞް ވާ ދުވަހު މަގޭ ކައިރިއަށް ނާންނާތި ޙަމްދަރުދީއަށް އެދި.” ޝާދިޔާ އެހެން ބުނެ ދުރަށް ހިނގައިގަތް އަޑަށް އަފާފްގެ ލޮލުން ދިލަ ނަގަން ފެށިއެވެ. ދުވަހަކުވެސް އޭނަގެ މަންމަ އޭނަ އެހާ ދުރުކޮށްފައި ވާހަކަ ދައްކާފައެއްނުވެއެވެ. އޭނަގެ ކުށަކީ ކޮބައިތޯ ހިތަށްއެރި ވަގުތު އަފާފްގެ ލޮލަށް ކަރުނަތައް ޖަމާވާންފެށިއެވެ. އެ މަންޒަރު ފެނިފައި ޝަރަފަށް އަފާފްގެ ނަމުން ގޮވާލެވުނު ހިނދު ހުސެއިން ވެސް އެއީ އަޅާލާ ކަންތައްތަކެއްނޫނޭ ބުނެލިއެވެ. އެހެނަސް އެ ވަގުތު އަފާފްގެ ލޮލުން ކަރުނަތައް ފައިބައިގެން އައުމުން އޭނައަށް ބޭއިޚްތިޔާރުގައި ކޮޅަށް ތެދުވެވުނީ އޭނަގެ ކަރުނަތައް ފޮރުވުމަށެވެ. އެހެނަސް އޭނަ އެތަނުން ދާން އުޅުނެއްކަމަކު ދާނެ ދިމާލެއް އޭނައަށް ނުފެންނާނެކަން އެނގުންވުމުން އޭނައަށް ރޮވެން އުޅުނެވެ. އޭނަ ދެއަތުން މޫނު ފޮރުވާލިތަނާހެން ޝަރަފްވެސް އޭނަގެ ނާސްތާ ދޫކޮށްލަމުން ކޮޅަށް ތެދުވިއެވެ. އެއަށްފަހު އަފާފްގެ ކޮނޑުގައި އެއްއަތް އަޅައި އަފާފްގެ އެއްއަތްތިލަ އޭނަގެ އަތަށް ލަމުން އަފާފް ގޮވައިގެން ގެއިން ނިކުންނަން ދިޔައެވެ. ނިކުމެގެން ގޮސް ކާރު އޮތް ގަރާޖާއި ހަމަވުމާއެކުހެން ޝަރަފް އަފާފްގެ ގައިގައި ބައްދާލިއެވެ. އެއާއެކު އަފާފް އިހުނަށްވުރެ ވެސް ގަދައަށް ރޯންފެށިއެވެ. ޝަރަފް ހުއްޓާލާށޭ ބުނެ އަފާފްގެ ބުރަކަށީގައި ފިރުމާލިއެވެ.
“ޝަރަފް އެއީ ކީއްވެތަ މަންމަ އެހާ ރުޅިއަންނަނީ؟ އަހަންނަށް ވާހަކަ ދެކެވުނީ ގޯސްކޮށްތަ؟” އަފާފް ޝަރަފްގެ މޭމަތީގައި ބޯއަޅައިގެން އޮވެ ރޮވިފައިވާ އަޑަކުން އެހިއެވެ.
“ނޯ އަފޫ…..އަފޫއަށް ރަނގަޅުހެން ހީވި ގޮތަށް އަފޫ ކަންތައް ކުރީ. އެހެންނޫނަސް ކިތަންމެ ރީއްޗަށް ބުންޏަސް އަހަންނާ ގުޅުން ހުރި ވާހަކައެއްވިއްޔާ މަންމަ ރުޅިއަންނާނެދޯ؟ އެއީ ބައްޕަ ބުނާހެން އަޅާލާ ކަންތައްތަކެއްނޫން……ދެން ހުއްޓާލާ. ދައްކަބަލަ އަފޫ. އަހަރެންގެ މޫނަށް ބަލާބަލަ.” ޝަރަފް އަފާފްގެ ހިތްހަމަޖައްސައިދޭން މަސައްކަތް ކުރަމުން އަފާފްގެ ކޮނޑުގައި ހިފައި އޭނައާއި ދުރުކޮށްލުމަށްފަހު ދެއަތުން އަފާފްގެ ކަރުނަތައް ފޮހެލަދިނެވެ. އަދި އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއް ރަނގަޅުވާނެކަމަށް ބުނެ ﷲ ހުރިހާ ކަމެއްގެ މައްޗަށް ވެސް ކުޅަދުންވަންތަވެވޮޑިގެންވާކަން އަފާފަށް ހަނދާންކޮށްދިނެވެ. އެއަށްފަހު އަފާފްގެ ނިތަށް ބޮސްދިނުމުން އަފާފް މުޅިންހެން ހަމަޖެހިގެން ދިޔައެވެ. އަދި ޝަރަފާއެކީ ކާރަށް އަރައި އެމީހުންގެ މަންޒިލަށް ދިޔުމަށްޓަކައި ދަތުރު ފެށިއެވެ.
ޓްރެފިކްގެ ސަބަބުން ޝަރަފާއި އަފާފަށް ހޮސްޕިޓަލާއި ހަމައަށް ދެވެން 15 ވަރަކަށް މިނެޓް ނެގިއެވެ. ހޮސްޕިޓަލަށް ދެވުމާއެކު ޝަރަފް އަފާފާއެކީ މަންމަ ބޭއްވިފައި އޮތް ވޯޑުގެ ފަންގިފިލާއަށް ދިޔައީ އަފާފާއި އޭނަގެ މަންމަ ބައްދަލުކުރަން ކެތްމަދުވެފައި ހުރެއެވެ. އަފާފް ވެސް ޝަރަފްގެ މަންމައާއި ބައްދަލުކުރަން ބޭނުންވެފައިވިއެއްކަމަކު ހިސާބެއްގެ ނުތަނަވަސްކަމެއް ވެސް ހިތަށްވެރިވެފައިވިއެވެ. އެއީ އެ މަންމަގެ ފަރާތުން އޭނައަށް ލިބުނު ގެއްލުމަށްވުރެ ބޮޑަށް ޝަރަފްގެ އަންހެނުންގެ ގޮތުގައި އޭނަ ހުންނަން އެ މަންމަ ރުހޭނެތޯ އޭނަގެ ހިތަށްއަރަމުން ދިޔައީތީވެއެވެ. އެ ފަންގިފިލާއަށް ދެވުމާއެކު ޝަރަފް ކޮންމެވެސް ފިރިހެނަކާ ވާހަކަ ދެއްކި އަޑު އަފާފަށް އިވުނެވެ.
“އަނހަ ނަބީހް! ކޮބާ މަންމަ؟” ޝަރަފް އަފާފާއެކީ ހިނގާފައި ދަނިކޮށް ނަބީހާއި ދިމާވުމުން އަހާލިއެވެ. އިވުނު ނަމަކުން އަފާފްގެ ހަނދާނަށް ވަގުތުން އައީ އޭނަ މެދުވެރިވެގެން ﷲ ގެ އިރާދަފުޅުން ހިދާޔަތް ލިބިގެން ދިޔަ ޝަޚްޞިއްޔަތެކެވެ. އެ ހަނދާން އާވުމުން އަފާފްގެ ތުންފަތަށް ވެސް ލުއި ހިނިތުންވުމެއް ވެރިވިއެވެ.
“މަންމަ ހޭއަރައިފި. އަހަރެން ޝަރަފް އަންނާނެއޭ ބުނީމަ ވަރަށް އުފާވެފަ އޮތީ.” ނަބީހް އެއްފަހަރު ޝަރަފަށް އަނެއްފަހަރު އޭނަ ކައިރީގައި ހުއްޓިހުރި އަންހެން ކުއްޖާއަށް ބަލަމުން ވާހަކަ ދެއްކިއެވެ. އެ މަންޒަރު އަފާފަށް ނުފެނުނެއްކަމަކު ކައިރިން ހިލޭ ފިރިހެނެއްގެ އަޑު އިވުމުން އަފާފަށް އިސްއޮބާލެވުނީ ބޭއިޚްތިޔާރުގައެވެ.
“އެހެންތަ؟ ހެހެ…..މިހިރީ އަހަރެންގެ ވައިފް. އަފާފް. މަންމަ ބަލާލަންވެގެން އައީ. މަންމައަށް ވަކި ގޮތެއްނުވޭ ދޯ ނުދަންނަ މީހަކު ފެނުނީމަ؟” ޝަރަފް ނަބީހަށް އޭނަގެ އަންހެނުން ތަޢާރަފުކޮށްދިނީ ކުރާ ހިތުންނެއްނޫނެވެ. އެއްވެސް ހިލޭ ފިރިހެނެއްގެ ނަޒަރު އަފާފަށް ހުއްޓުމަކީ އޭނަގެ ހިތް ނޭދޭ ކަމެކެވެ. އެހެނަސް އޭނަ އެ ވާހަކަ ބުނެލީ އޭނަ އެންމެ ފަހަކަށް އެކުރި ސުވާލަށްޓަކައެވެ.
“އާނ މަންމަ އެހެން ރުޅިއެއް ނާންނާނެ. އަދި އަމުދުން ޝަރަފް ގެނައި މީހަކުވިއްޔާ މަންމަ ރުޅިއެއްނާންނާނެތާ…” ނަބީހް އެހެން ބުނެލި އިރު އޭނަގެ ނަޒަރު ގިނަވަގުތު އަފާފަށް ހުއްޓިފައިވުމުން ޝަރަފަށް އުނދަގުލެއްވިއެވެ. އޭނަ ހީކުރީ އަފާފްގެ ނަޒަރު ހުއްޓިފައިވި ގޮތާއި އޭނަގެ އަތުގައި ދަގަނޑު ބޭސްގަނޑު އެޅިފައިވި ގޮތާއިމެދު ނަބީހް ސުވާލުކުރާނެ ކަމަށެވެ. އެހެނަސް ނަބީހް ސިކުންތުކޮޅެއްވީއިރު ވެސް އެއްޗެކޭ ނުބުނެ އަފާފަށް ބަލަން ހުރި ގޮތުން ޝަރަފް އިތުރު އުނދަގުލެއްވެގެން ދަނީއޭ ބުނެ އަފާފް ގޮވައިގެން ހިނގައިގަތެވެ.
މަންމަ އޮތް ވޯޑާއި ގާތްވަމުން ދިޔަދިޔަހެން ނަބީހް އަފާފާއިމެދު ކަންތައް ކުރި ގޮތާއިމެދު ޝަރަފް ހަނދާންނެތޭ ގޮތްވިއެވެ. އެ ވޯޑާއި ގާތްވީ ވަގުތު އޭނަގެ މޭތެރޭގައި ޖަހަމުން ދިޔައީ އުފާވެރިކަމުގެ ވިންދެވެ. ވޯޑުގެ ތެރެއިން ފަރުދާ އެޅިފައިވި 3 ވަނަ ނަންބަރުގެ އެނދު ފެނިފައި ޝަރަފަށް އަފާފް އަތުލަފި ކޮށްގެން އެދިމާލަށް ހިނގައިގަނެވުނީ އިހުނަށްވުރެ ދިގު ފިޔަވަޅުތަކެއްގައެވެ. އެ ފަރުދާތަކާއި ހަމަވުމުން ޝަރަފް ލަސްލަހުން ގޮސް އެ ފަރުދާތަކުގެ ތެރެއަށްވަނެވެ. އެއާއެކު ބަލި އެނދުގައި އެކިއެކި މެޝިންތަކާއި އައިވީއާ ގުޅާލެވިފައި އޮތް އޭނަގެ މަންމަ އޭނައަށް ފެނުނެވެ. އެ ހިނދު އެތާ ގޮނޑިއެއްގައި އިށީނދެގެން އިން ރާހީ ޝަރަފަށް ބަލާފައި ތުން އަނބުރާލަމުން އެތަނުން ތެދުވެގެން ދިޔައެވެ. ޝަރަފް ރާހީއަށް ފަރުވާލެއްނުދީ އޭނަގެ ހުރިހާ ސަމާލުކަމެއް އޭނަގެ މަންމައަށް ދިނެވެ. މަންމަގެ އިސްތަށިގަނޑު ބޭލިފައިވީއިރު ބޮލުގެ ބޮޑު ބައެއްގައި ބޭސްއެޅިފައިވިއެވެ. ނޭވާގައިވެސް ހޮޅިގުޅާފައިވީއިރު މަންމަ ދެލޯ މެރިފައި އޮވެ ފުން ނޭވާތަކެއްލަމުން ދިޔައެވެ. ރާހީ ދައްތަ ދިޔަތާ މާގިނައިރެއްނުވެ މަންމަ ޝަރަފާއި ދިމާލަށް މޫނު އަނބުރައި ލަސްލަހުން ލޯ ހުޅުވާލި ތަނާހެން އެ ނިތަށް ރޫގިނަވިއެވެ. އެ މަންޒަރު ފެނިފައި ޝަރަފްގެ މޫނުމައްޗަށް ވެސް ވެރިވީ އެފަދަ ކުލަވަރެކެވެ. އެހެނަސް ސިކުންތުކޮޅެއްގެ ތެރޭގައި މަންމަގެ ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވެގެން ދިޔުމުން ޝަރަފްގެ ލޮލަށް އުފާވެރިކަމުގެ ކަރުނަތައް ޖަމާވިއެވެ. ރޭ އޭނަ ބުނި ބަސްތައް މަންމަ ހަނދާންނެތުނީތޯ ހިތަށްއެރިއެވެ. އެހެންނޫނީ މަންމަ އެ ބަސްތަކަށްޓަކައިވެސް އޭނައަށް މަޢާފު ދިނީތޯ ހިތަށްއެރި ހިނދު ޝަރަފަށް ބޭއިޚްތިޔާރުގައި އޭނަގެ މަންމަގެ ގައިގައި ބައްދާލެވުނެވެ.
“އަހަންނަށް މަޢާފުކޮށްދީ މަންމާ. އައިމް ސޯ ސޮރީ.” ޝަރަފަށް އެހެން ބުނެވުނީ ރޮވިފައިވާ އަޑަކުންނެވެ. އެ އަޑު އިވިގެން ދިޔަ އަފާފް ލަސްލަހުން އަންދާޒާކޮށްފައި އޭނަގެ އަތް ޝަރަފްގެ ބުރަކަށީގައި ޖައްސައި ފިރުމާލިއެވެ. ޝަރަފް އިތުރަށް ވެސް ތަކުރާރުކޮށް އޭނަގެ ކުށަށް އިޢުތިރާފު މަޢާފަށް އެދެމުން ދިޔަ އަޑުއިވިފައި އަފާފްގެ ހިތަށް ވެސް އަސަރުކުރިއެވެ. ޝަރަފްގެ މަންމަގެ ހިތުގައި އޭނައަށްޓަކައި މަޢާފު ލެއްވުމަށް އެދި ހިތާހިތުން ދުޢާ ކުރެވުނެވެ. އޭނަގެ އެ ދުޢާ އެ ހިނދުން އެ ހިނދަށް ވެސް އިޖާބަވިފަދައެވެ.
“މަޢާފު ލިބުމަށްޓަކައި ދަރިފުޅަށް ކޮށްދެވޭނެ އިތުރުކަމެއް ނެތް. ދަރިފުޅު އައިމަ އެހާވަރުން މަންމައަށްފުދޭ. ދަރިފުޅު ދެން ނުދައްޗޭ.” ވަރުދާ ވާހަކަ ދައްކަން ފެށުމުން ޝަރަފް އޭނައާއި ކުޑަކޮށް ދުރުވެ އޭނަގެ މޫނަށް ބަލާލިއެވެ. ވަރުދާ އޭނަގެ ދެއަތުން ޝަރަފްގެ މޫނުގައި ހިފެހެއްޓުމުން ޝަރަފަށް ހީވީ އޭނައަށް ހިނދުކޮޅަކަށް ވިޔަސް ކުޑައިރުގެ އެ ދުވަސްތަކަށް އަނބުރާ ދެވުނީ ހެންނެވެ. އެހެނަސް އޭނައަށް އަނބުރާ އެ ވަގުތުކޮޅަށް އާދެވުނީ އަފާފްގެ އަތުގެ އިޙްޞާޞް އޭނައަށް ކުރެވުމުންނެވެ. އެއާއެކު އޭނަ އޭނަގެ އިޙްޞާޞްތައް ހަމައަކަށް އަޅުވަން މަސައްކަތްކުރަމުން އޭނަގެ މަންމަގެ އަތުގައި ދެއަތުން ހިފައި އެއަތް އޭނަގެ މޫނާއި ވަކިކޮށްލަމުން ސީދާވެލިއެވެ. އެއަށްފަހު އަފާފް އޭނަގެ މަންމައަށް ތަޢާރަފުކޮށްދިނެވެ.
“މަންމާ. މިހިރީ އަފާފް. އަހަރެންގެ އަންހެނުން.” ޝަރަފް ފުރިހަމަ ހިނިތުންވުމަކާއެކީ ކިޔައިދިން ހިނދު އަފާފްގެ މޭނުބައިކުރާ ގޮތްވިއެވެ. ދެން ވާނެ ގޮތަކާއިމެދު ނުތަނަވަސްވީވަރުންނެވެ. އެހެނަސް…..
“އެހެންތަ؟ އަޅެ އެ ކަނބުލޮގެ އަތަށް ކިހިނެއްވެފަތަ އެހެރީ؟” ވަރުދާ އެންމެ ފަހު ސުވާލުކޮށްލީ މާޔޫސީ ގޮތަކަށެވެ. އޭނަ އިއްޔެގެ ޙާދިސާގެ މަތިން އެއްގޮތަކަށް ވެސް ހަނދާނެއް ނެތްފަދައެވެ. އެކަން އެނގުންވެގެން ދިޔަ ޝަރަފަށް އަފާފަށް ބަލާލެވުނު ހިނދު އަފާފަށް ވެސް ހުއްޓުންއަރާފައި ހުރެވުނެވެ. އެހެނަސް އެ ހިމޭންކަމުގެ ވަގުތުކޮޅަށްފަހު އެންމެ ފުރަތަމަ ވާހަކަ ދެއްކީ އަފާފެވެ.
“އެއީ އިއްޔެގަ ފިހާރައަކަށް ގޮސް އުޅެނިކޮށް ވެއްޓުނީ. ނުފެންނަންޏާވެސް ވާނީ އެކަހަލަ ގޮތެއްދޯ؟ ހެހެ….” އަފާފް މިފަހަރު ވެސް ހިތްހެޔޮ ރާގަކަށް ވާހަކަ ދެއްކީ ގަދަކަމުންނެވެ. އެއީ ޝަރަފް އުފާކޮށްދިނުމުގެ ނިޔަތުގައެވެ. އަދި އެދެމީހުންގެ ގުޅުން ބަދަހި ކުރުމުގެ ނިޔަތުގައި ވެސްމެއެވެ. އެކަން ކާމިޔާބުވެސްވިއެވެ. އެވަގުތު ޝަރަފް ލުއި ހިނިތުންވުމަކާއެކީ އޭނައަށް ދިނީ ލޯބިން ފުރިގެންވި ނަޒަރެކެވެ. އެ ހިތުގައި އޭނައަށްޓަކައި ދެވިފައިވި ޤަދަރު އެތައް ގުނައެއް އިތުރުވެގެން ދިޔައެވެ. މަންމަ އަފާފަށް ނުފެންނަނީތޯ އެހުމުން ޝަރަފަށް އާނއެކޭ ބުނެ އަފާފްގެ ވާހަކަތައް ކިޔައިދޭން ފެށުނީ ކިޔައިދޭ ހިތުންނެވެ. އެހެނަސް މަންމަ ކަންބޮޑުވެދާނެތީ އަފާފް އަނދިރިވެފައިވަނީ އޭނަގެ ސަބަބުންކަމެއް ޝަރަފް ހާމައެއް ނުކުރެއެވެ. އަފާފް ވެސް ދެކެވުނު ހުރިހާ ވާހަކަތަކެއް ތެރެއިން އެ ވާހަކަ ސިއްރުކުރިއެވެ.
އެ ބައްދަލުވުން ނިމިގެން ދިޔައީ ވަރުދާ ބެލުމަށްޓަކައި ޑޮކްޓަރަކާއި ނަރުހަކު އެތަނަށް އައުމުންނެވެ. އަދި ވަރުދާ ބެލުމަށްޓަކައި ޝަރަފްމެން ދިޔުމަށް އެންގުމުންނެވެ. ވަރުދާ ވަގުތުން އަޑުހަރު ކުރަން އުޅުނެއްކަމަކު ޝަރަފް ފަސޭހަކަމާއެކީ އޭނަގެ މަންމަ ހަމައަކަށް އަޅުވައި އަފާފާއެކީ އެ ވޯޑުން ނިކުމެގެން ދިޔައެވެ. އެވަގުތު އަނެއްކާވެސް އެމީހުންނާއި ނަބީހް ދިމާވެގެން ދިޔައެވެ. ނަބީހް ފެނުމާއެކު ޑޮކްޓަރު ބަލަން އައިސްފައިވި ވާހަކަ ޝަރަފް ބުންޏެވެ. އެވަގުތު ވެސް ނަބީހް އަފާފަށް ބަލައިގެން ހުރި ނަޒަރުން ޝަރަފަށް އުނދަގުލެއްވިއެވެ. އެ މޫނުމަތިން ފެންނަމުން ދިޔައީ ކަމެއް އެނގެން ބޭނުންވާ ފަދަ އަސަރެކެވެ. ނަބީހްގެ އެ ނަޒަރުން ވީ އުނދަގުލެއްގެ ސަބަބުން ޝަރަފް މާގިނަ ވާހަކަތަކެއް ދެއްކުމެއްނެތި އަފާފް ގޮވައިގެން އެތަނުން ނިކުންނަން ދިޔައެވެ.
އަފާފް ގެއަށްލާން ދިޔަ މަގުމަތީގައި ވެސް ނަބީހްގެ އެ ނަޒަރާއިމެދު ޝަރަފަށް ވިސްނެމުން ދިޔައެވެ. އެހެނަސް އޭނަ އަފާފާއި އެ ވާހަކަ ޙިއްޞާއެއް ނުކުރެއެވެ. ޝަރަފް އަފާފް ގެއަށް ބަލާފައި އޮފީހަށް ދިޔަ މަގުމަތީގައި ވެސް ނަބީހްގެ ފަރާތުން ފެނުނު އެ އާދަޔާ ޚިލާފު ގޮތްތަކުގެ މަތިން ހަނދާނެއް ނުނެތެވެ. އަނެއްކާވެސް ނަބީހާއިމެދު ދެ ޚިޔާލުތަކެއް އުފެދެން ފެށުމުން ޝަރަފަށް އޭނަގެ ކެބިންގެ މޭޒުދޮށުގައި އިނދެ ފުން ނޭވައެއް ދޫކޮށް އޭނަގެ ޖޯޑުކުރެވިފައިވި ދެއަތް ނިތުގައި ޖައްސާލެވުނެވެ. އޭނަ އެހެން އިންދާ އެ މޭޒުމަތީގައި އޮތް އޭނަގެ ފޯނު ރިންގުވާން ފެށިއެވެ. ޝަރަފް ބަލާލިއިރު އެއީ ނުދަންނަ ރާއްޖޭގެ ނަންބަރެކެވެ. އޭނައަކީ ޢާއްމުގޮތެއްގައި ނަންބަރު ނޭނގުނަސް ނަގާ މީހަކަށްވުމުން ޝަރަފް އެ ފޯނު ނަގައި ސަލާމް ގޮވާލިއެވެ.
“ވަޢަލައިކުމުއްސަލާމް. ޝަރަފް، މިއީ ނަބީހް އިނގޭ. އަހަރެންގެ މި ސުވާލުން އެއްޗެކޭ ހީނުކުރައްޗޭ. މިއަދު ޝަރަފް ހޮސްޕިޓަލަށް އައިއިރު ޝަރަފްއާއެކީގަ ހުރި ހަމަ ޝަރަފްގެ ވައިފްތަ؟” ނަބީހް އެހެން އަހާލީ ޤަބޫލުކުރަން ނޭނގިގެން އުޅޭ ފަދައަކުންނެވެ. އެ ހިނދުކޮޅުގައި އައި ސިނގުރުޅީގައި ކަލޭ އޭނައާ ހިތާވީތޯ ޝަރަފް ހިތަށްއެރިއެވެ. އެހެނަސް ރުޅި ހަމައަކަށް އަޅުވަމުން ޝަރަފް އާނއެކޭ ބުނެލިއެވެ. އެއާއެކު އެކޮޅުން ފުން ނޭވައެއް ދޫކޮށްލި އަޑު އިވުނެވެ.
“އެއީ ހަމައެކަނި ޝަރަފްގެ ވައިފްގެ ގޮތުގަ ދުނިޔެއަށް އެނގޭ ކުއްޖެއްނޫން ޝަރަފް. އެއީ އެތައް ބަޔަކު ދުޝްމިނެއްގެ ގޮތުގައި ދެކޭ ކުއްޖެއް.” ނަބީހް ބުނެލި ވާހަކައިން ޝަރަފްގެ ދެބުމަ ކައިރިވީ ހިނދު އޭނަގެ ހިތް އާދަޔާ ޚިލާފު ގޮތަކަށް ތެޅިލިއެވެ.
ނުނިމޭ
21 Comments
Comments are closed.
އައްސަލާމްޢަލައިކުމް. ދެން އޮތްބައި އަންގާރަ ދުވަހު އިން ޝާ ﷲ. މި ބަޔާއި ގުޅިގެން ވެސް މުހިއްމު އެފްބީ ޕޯސްޓެއް އޮންނާނެ. އެހެންވީމަ ހުރިހާ ކިޔުންތެރިންވެސް ޕޯސްޓްތައް ފޮލޯ ކުރުމަކީ ވަރަށް ބޮޑު އެދުމެއް އިން ޝާ ﷲ 🙂
https://www.facebook.com/Asr-1445208739121696/
Yey me first
ހެހެ…. 🙂
Ma’sha allah Story v rythi
Alhamdhulillah! (All praise and thanks belong to Allah) 🙂
Vrh reethi
Alhamdhulillah! 🙂
Wooooowww ???????? v.reethi dear.waiting
Alhamdhulillah! <3 <3 <3 Next part maadhamaa rey In Sha Allah 😀
Wow ❤️❤️❤️.. Maasha Allah mi part vx hama varah varah reethi ❤️❤️❤️… Waiting for next part ???
Alhamdhulillah! <3 😀 Next part maadhamaa rey In Sha Allah 🙂
މާޝާﷲ ވަރަށް ރީތި މިބައިވެސް
Alhamdhulillah!
ޖަނާ… އައްސަލާމުއަލައިކުމް… މިހަރު ކިހިނެތްތަ؟ ވަރަށް އުފާވެއްޖެ ކިޔާލަން ލިބުނިމަ. ދެން މި ވެސްނެނި ދެން ވާނީ ކިހިނެއްބާ އޭ… ކީޕް އިޓް އަޕް ދި ގުޑް ވޯކް….. ޖަޒާކައް ﷲ ޚައިރަން…
Wa’alaikumussalaam wa rahmathullah! jana adhives mulhin rangalheh nuvey. ekamaku kurinahvure varah bodu than rangalhu Alhamdhulillah! Baarakallah Feeki! <3 😀
Ma shaa Allah varah reethi varah ibureh theri vaahaka janaa genesdhenee
Alhamdhulillah! 🙂 Shaa ah faidhaa eh kuriyya ey jana ah libey hiyvvareh In Sha Allah! <3
(Post related to part 31)
What good are we doing, if we spend a lot of time seeking knowledge but give no time to our families? Who are we reaching out to, if we are good at sharing an ayah or a hadhith on social media, and yet we wouldn’t help our parents/spouses with household chores? How does it make any sense to preach about the deen of absolute justice to others, while our own lives are full of imbalances?
As I write this, I am aware of the two kinds of audiences who are reading this. Some of you are those who clearly understand what I have written above because you have experienced it at one point in your lives. The days where you first turned towards deen and you were so enthusiastic about it that you spent most of your day trying to give the message of Islam to everyone around you. The days where you spent most of your time seeking knowledge, watching lectures, reading books. All of this is great but with all this excitement, we tend to forget to give time to our families. Or worse, we might have even shown them grumpy faces for them not being as ‘religious’ as we had become and our relationship with them had become weak. And on the other hand, there are those who are reading this, who have absolute hatred for those brothers and sisters described above, for their seemingly unethical behaviours, despite the religious personality that they carry.
First I would like to address those brothers and sisters, who turned towards deen and later found themselves completely cut out from everyone around them. We, my friends, are a dangerous group. We can either make or break the iman of the people around us. Not with our knowledge, nor with our ability to advice, nor with a fatwa that we might give. But rather with our character. Its our character that they judge, not our words. Which is why you constantly find them trying to test your patience. They are in essence, testing our character to see what we might do. And in return, if we don’t show them love and mercy, as Rasool (SAW) showed to the people around him, we are in for a lot of trouble. We will pay for the fact that we made the people around us run away from Islam, in this world and in the next. May Allah protect us from becoming that way. Ameen!
There is another reason why we tend to drift away from the people around us. That is that we feel that if we don’t spend so much time in worship and seeking knowledge, our iman will get affected. That is true to some extent. But we need to realize that we cannot make all the sunnahs and dhikrs a part of our lives all at once. And we cant seek all the knowledge in one day or month or even in an year. We suffer when we try to do the impossible. Our families and friends start complaining about the way we spend our time when we do so. So what we need to learn is to take one step at a time. Learn one dhikr a week and make it a part of your life with its meaning. When you get used to it, move onto the next one. Seek knowledge, even if you learn one ayah or hadhith at a time until you internalize it. This way we will be able to give more time to our families. And what we don’t realize is that we are rewarded even for the time that we spend with our families with the right intention. Our iman will get boosted as a result In Sha Allah.
And as for those brothers and sisters who show hatred towards us for the absurd behavior that we tend to show at times, we completely understand you. And we don’t blame you. But we would like to let you know that we are all on equal level. We are all named muslims and we are all in our own struggles. So we don’t have the right to judge you, just like you don’t have the right to judge us. All we can do is help each other by reminding each other of our Rabb. And helping each other to get closer to Him day by day In Sha Allah.
May Allah make us of those who understand each other better and may Allah put love in between our hearts. Ameen!
(Post related to part 32)
I still remember one of the negative feedbacks that I had gotten to one of my stories regarding how I described marriage in the story. I was taken aback reading the comment that complained about how the person was having trouble in marriage because of my story. And I was sure that this is not just one of those ‘haters’ because I knew how those comments looked like. So my mind went completely blank thinking of a reply that I would give to the comment. Like, how come is my story causing problems in marriages when I am attempting to describe an ideal marriage? And I admit that I could not fully comprehend the comment until very recently.
The thing is, whenever we read about a seemingly “perfect” marriage in any story, where two people stick together no matter what problems that they face, some of us start wondering, is it even possible? Then some of us might end up saying “Nah! It’s just a story! My spouse will never be that way!”
That last sentence, is exactly where the problem lies. When we look at any ideal relationship, we tend to think of what we will be GETTING in such a relationship before thinking of what we will need to GIVE to have such a relationship. We must realize that in any relationship (not just marriage) there is a love bank account as Dr Harley describes. When you have a bank account you deposit something in it. If you keep taking from it without depositing in it, then sooner or later you cannot expect to get anything out from it. Love and emotions in a relationship are just like that. If we keep taking love from the other person but do nothing for him/her out of love, then after some point, that love that we get from the other person will eventually run out. But if both parties keep depositing in the love bank account, the wealth of love in that relationship will keep growing In Sha Allah.
So how do you become a person who is more giving? The answer to that is hidden in one of my most favourite places in the Quran. Allah says:
وَمَن يُوقَ شُحَّ نَفْسِهِ فَأُولَـٰئِكَ هُمُ الْمُفْلِحُونَ
“…..And whoever is protected from the stinginess of his soul – it is those who will be the successful.” Surah At-Taghaabun, ayah 16
The main word to understand in this ayah is شُحَّ, which is translated as ‘stinginess of soul’. What in the world does that mean? That means you want everything for yourself. I want this money for MYSELF. I want this time for MYSELF. I want this pleasure and comfort for MYSELF. No I am not giving up anything for anyone. Who is he/she anyway? No I am not going to think good of him/her because MY assumptions are never wrong. No I am not going to admit he/she is right because that is going to hurt MY ego. No I am not saying sorry because that will take away from MY pride.
All of those kinds of thoughts go under شُحَّ. And Allah describes that this exists in all of us. But whoever is protected from this kind of attitude, those are the people who are successful.
How can we get rid of the شُحَّ inside our nafs? Allah Himself describes how we can do it in the same ayah.
فَاتَّقُوا اللَّـهَ مَا اسْتَطَعْتُمْ وَاسْمَعُوا وَأَطِيعُوا وَأَنفِقُوا خَيْرًا لِّأَنفُسِكُمْ
وَمَن يُوقَ شُحَّ نَفْسِهِ فَأُولَـٰئِكَ هُمُ الْمُفْلِحُونَ
“So fear Allah as much as you are able and listen and obey and spend [in the way of Allah]; it is better for your selves. And whoever is protected from the stinginess of his soul – it is those who will be the successful.” Surah At-Taghaabun, ayah 16
Allah swt literally gives a list of things we can do to get rid of that stinginess. Now its our turn to reflect. How much do we fear Allah? How much do we listen to the good we are commanded to do? How much do we obey Allah and others around us in doing acceptable things? How much do we spend in the way of Allah? Not just with money but also with our time and effort? If we could think about all of this and truly try to improve our ownselves, we will necessarily see an improvement in our relationships In Sha Allah.
May Allah make us of those who get protected from the stinginess of our nafs. Ameen!
(31 ވަނަ ބަޔާއި ގުޅޭ)
ކިތަންމެ ގިނަ ޢިލްމެއް އުނގެނުނަސް އަހަރުމެންގެ ޢާއިލާއަށް އަހަރުމެންނަށް ވަގުތެއް ނުދެވޭނަމަ އަހަރުމެންނަށް ކުރެވެނީ ކޮން ހެޔޮ ކަމެއް ހެއްޔެވެ؟ ސޯޝަލް މީޑިޔާގައި އާޔަތެއް ނޫނީ ޙަދީޘެއް ޙިއްޞާކޮށްލިޔަސް ގޭގެ ތެރޭގެ މަސައްކަތުގައި މައިންބަފައިންނަށް/އަނބިންނާއި ފިރިންނަށް އެހީ ނުވެވޭނަމަ އެ ފޯރު ކޮށްދެވެނީ ކާކަށް ހެއްޔެވެ؟ އަހަރުމެންގެ އަމިއްލަ ދިރިއުޅުން އެތައް ބޭއިންސާފެއްގެ މަތީގައި ހޭދަކުރަމުން ދާއިރު ފުރިހަމަ ޢަދުލުވެރިކަމުގެ ދީން ފެތުރުމަށް މަސައްކަތް ކުރުމަކީ އަޖާއިބުކުރުވަނިވި ކަމެއްނޫންތޯއެވެ؟
އަޅުގަނޑު މިހެން ލިޔާއިރު މި ވާހަކަ ކިޔާނެ ދެ ވައްތަރެއްގެ އަޚުންނާއި އުޚްތުން ވާނެކަން އަޅުގަނޑަށް އެނގެއެވެ. އޭގެ ތެރެއިން އެއްބަޔަކީ އަޅުގަނޑު މަތީގައި ބަޔާންކުރި ކަންތައް އެމީހުންގެ ޙަޔާތުގެ ކޮންމެވެސް އެއްދުވަސްވަރެއްގައި ތަޖުރިބާ ކުރެވިފައިވާތީ އެދެކެވެނީ ކޮން ވާހަކައެއްކަން ސާފުކޮށް އެނގޭ އަޚުންނާއި އުޚްތުންނެވެ. އެއީ ތި އަޚުންނާއި އުޚްތުން އެންމެ ފުރަތަމަ ތައުބާވެގެން އުޅުނު ދުވަސްވަރެވެ. ވަށައިގެންވި އެންމެންނަށް ވެސް މި ދީނުގެ ފުރިހަމަކަން އަންގައިދޭން ހިތުގައި ޖޯޝެއް އުފެދިފައިވި ދުވަސްވަރެވެ. ދުވަހުގެ ގިނަ ވަގުތު ލެކްޗާރތައް ބަލައި ފޮތްތައް ކިޔައި ޢިލްމު އުނގެނެމުން ދިޔަ ދުވަސްވަރެވެ. މި ހުރިހާ ކަންތައްތަކަކީ ވެސް ވަރަށް ވަރަށް ރަނގަޅު ކަންތައްތަކެވެ. އެހެނަސް ބައެއްފަހަރު މި ހުރިހާ ކަމެއްގެ ތެރޭގައި އަހަރުމެން އަހަރުމެންގެ ޢާއިލާއަށް ވަގުތުދޭން ހަނދާންނެތޭ ގޮތްވެއެވެ. އެހެންނޫނީ އެމީހުން އަހަރުމެންނަށްވުރެ “ދީންވެރި” ނުވީތީ އަހަރުމެން އެމީހުންނަށް ނުރުހުމުގެ ނަޒަރަކުން ބެލިފައިވެސް ވެދާނެއެވެ. މި ޕޯސްޓް ކިޔަމުންދާ ދެވަނަ ބަޔަކީ މަތީގައި ސިފަކުރެވިގެން ދިޔަ މީހުންނަށް ފުން ނަފްރަތެއް ކުރާ އަޚުންނާއި އުޚްތުންނެވެ. އެއީ އެމީހުން ބޭރުފުށުން ދީންވެރި ގޮތެއްގައި ފެނުނަސް ބައެއްފަހަރު އެމީހުންގެ ފަރާތުން ފެންނަ ނޭދެވޭ ސިފަތަކެއްގެ ސަބަބުންނެވެ.
އެންމެ ފުރަތަމަ އަޅުގަނޑު ވާހަކަ ދައްކަން ބޭނުންވަނީ ފުރަތަމަ ސިފަކުރެވުނު އަޚުންނާއި އުޚްތުންނާއެވެ. ދިރިއުޅުމުގެ ވަކި ހިސާބަކުން ދީންވެރިވުމުން އެހެންމީހުންނާއި އެކަހެރިވެގެން ދިޔަ އަޚުންނާއި އުޚްތުންނާއެވެ. އެކުވެރިންނެވެ! އަހަރުމެންނަކީ އަހަރުމެންނަށް ނޭނގުނަސް ވަރަށް ‘ނުރައްކާތެރި’ ބައެކެވެ. އަހަރުމެންގެ ސަބަބުން މީހެއްގެ އީމާންތެރިކަން އިތުރުވެ އެހެންނޫނީ މީހެއްގެ އީމާންތެރިކަން މުޅިން ނެތިވެސް ހިނގައިދާނެއެވެ. އެއީ އަހަރުމެންނަށް ލިބިފައިވާ ޢިލްމެއްގެ ސަބަބުންނެއް ނޫނެވެ. އެހެންނޫނީ އަހަރުމެންނަށް ލިބިފައިވާ ނަޞޭޙަތް ދިނުމުގެ ހުނަރުންނެއް ވެސް ނޫނެވެ. އެހެންނޫނީ އަހަރުމެން ދޭތެރެއަކުން ދީފާނެ ފަތުވާއެއްގެ ސަބަބުންނެއްވެސް ނޫނެވެ. އެހެނެއްކަމަކު އަހަރުމެންގެ އަޚްލާޤުގެ ސަބަބުންނެވެ. އެމީހުން ބަލަނީ އަހަރުމެންގެ އަޚްލާޤަށެވެ. އަހަރުމެންގެ ބަހަކަށް ނޫނެވެ. ދީނާއި ދުރުގައި އުޅޭ މީހުން އަހަރުމެންގެ ކެތްތެރިކަން ކޮޅުންލާ ވާހަކަތައް އެހާ ގިނައިން ދައްކާ މަންޒަރު ފެންނަނީ އެހެންވެއެވެ. އެމީހުން އެ އިމްތިޙާނުކުރަނީ އަހަރުމެންގެ އަޚްލާޤެވެ. އެ މީހުން ބޭނުންވަނީ އަހަރުމެން ދެން ހަދާ ގޮތެއް ބަލާށެވެ. އޭގެ ބަދަލުގައި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ދެއްކެވި ފަދަ ލޯތްބަކާއި ރަޙުމެއް އަހަރުމެން އެމީހުންނަށް ނުދައްކައިފިނަމަ އަހަރުމެންވަނީ ފުން ގެއްލުމެއްގެ ތެރޭގައެވެ. އެހެނީ އަހަރުމެންގެ ސަބަބުން އެހެން މީހުން ދީނާއި ދުރުވެގެން ދިޔަ ކަމުގެ ޖަޒާ އަހަރުމެންނަށް ދެދުނިޔޭގައި ވެސް ލިބޭނެއެވެ. މާތް ﷲ އަޅަމެން އެކަމުން ރައްކާތެރިކުރައްވާށި! އާމީން!
އަހަރުމެން ދީންވެރިވުމުން އެހެންމީހުންނާއި ދުރުވެގެންދާ އެހެން ސަބަބެއްވެސް އޮވެއެވެ. އެއީ ގިނަ ވަގުތު އަޅުކަމުގައި އެހެންނޫނީ ޢިލްމު އުނގެނުމުގައި ހޭދަ ނުކުރާނަމަ އަހަރުމެންގެ އީމާންތެރިކަން ދަށްވާނެހެން އަހަރުމެންނަށް ހީވާ ހީވުމެވެ. މިއީ ކޮންމެވެސް ވަރެއްގެ ޙަޤީޤަތެއް އެކުލެވިގެންވާ ޙަޤީޤަތެކެވެ. އެކަމަކު އަހަރުމެންވެސް ވިސްނަން ވާނެވެ. ވާރިދުވެފައިވާ ހުރިހާ ސުންނަތްތަކާއި ޒިކުރުތައް އެއްފަހަރާ އަހަރުމެންނަށް އަހަރުމެންގެ ދިރިއުޅުމުގެ ބަޔަކަށް ނެހެދޭނެއެވެ. އެންމެ ދުވަހަކުން ނުވަތަ އެންމެ މަހަކުން ނުވަތަ އެންމެ އަހަރަކުން ވެސް ހުރިހާ ޢިލްމެއް ނުއެއް އުނގެނެވޭނެއެވެ. އަހަރުމެންގެ ދިރިއުޅުން ބޮއްސުންލައިގެން ދަނީ އަހަރުމެން ނުވާނެ ކަންތައް ކުރަން އުޅުމުންނެވެ. އަހަރުމެންގެ ޢާއިލާތަކާއި އެކުވެރިން އެމީހުންނަށް ވަގުތު ނުދީގެން ޝަކުވާ ކުރަން ފަށަނީ ވެސް އެހާ ހިސާބުންނެވެ. އެހެންކަމުން ފަހަރަކު ފިޔަވަޅެއް އަޅަން އަހަރުމެން ދަސްކުރަން ޖެހެއެވެ. ކޮންމެ ހަފްތާއެއްގައި އެއް ޒިކުރު މާނައާއެކީ ދަސްކޮށް އޭތި ކިޔުމަށް އާދަވުމުން އަނެއް ޒިކުރު ދަސްކުރާށެވެ. ޢިލްމު އުނގެނޭށެވެ. އެއީ ފަހަރަކު އާޔަތެއް އެހެންނޫނީ ޙަދީޘެއްވެސް މައްސަލައެއް ނެތެވެ. މިގޮތަށް ކަންތައް ކުރުމުން އަހަރުމެންނަށް އަހަރުމެންގެ ޢާއިލާތަކަށް ވަގުތު ދެވޭނެއެވެ. (އިން ޝާ ﷲ) އަހަރުމެންނަށް ނޭނގޭ ކަމަކީ ހެޔޮ ނިޔަތުގައި ޢާއިލާއާއެކީ ހޭދަކުރާ ވަގުތަށްޓަކައި ވެސް އަހަރުމެންނަށް ޘަވާބު ލިބޭކަމެވެ. އަދި އޭގެ ސަބަބުން އަހަރުމެންގެ އީމާންތެރިކަން ﷲ ގެ އިރާދަފުޅުން ވަރުގަދަ ވެގެން ދާ ކަމެވެ.
ބޭރުފުށުން ދީންވެރިކަމަށް ފެންނަ އަޚުންނާއި އުޚްތުންގެ ފަރާތުން ބައެއްފަހަރު ފެންނަ ނޭދެވޭ ސިފަތަކެއްގެ ސަބަބުން އެމީހުންނަށް ނަފްރަތު ކުރާ އަޚުންނާއި އުޚްތުން ގާތު ބުނެލާނަމެވެ. ތިޔަ އަޚުންނާއި އުޚްތުންނަށް ތި ކުރެވޭ އިޙްޞާޞުގެ ފަހަތުގައިވި ސަބަބުން އަހަރުމެންނަށް ރަނގަޅަށް އެނގެއެވެ. އެކަމަށްޓަކައި އަހަރުމެން ތިޔަ އަޚުންނާއި އުޚްތުންގެ ބޮލުގައި އެއްވެސް އިލްޒާމެއްވެސް އަޅުވަން ބޭނުމެއް ނޫނެވެ. އަހަރުމެން އެންމެންނަކީ ވެސް ރަނގަޅު މުސްލިމަކަށް ވުމަށްޓަކައި ގޮންޖެހުންތަކާއި ކުރިމަތިލަމުންދާ އެއްނަމަކުން (މުސްލިމް) ނަންދެވިފައިވާ މީހުންނެވެ. އެހެންވީމަ ތިޔަ އަޚުންނާއި އުޚްތުންގެ ގޮތާއި މެދު އެއްޗެކޭ ބުނުމުގެ ޙައްޤެއް އަހަރުމެންނަށް ލިބިގެނެއްނުވެއެވެ. އަހަރުމެންނާއި ބެހޭ ގޮތުން އެއްޗެކޭ ބުނުމުގެ ޙައްޤެއް ތިޔަ އަޚުންނާއި އުޚްތުންނާއި ލިބިފައިނުވާ ފަދައިންނެވެ. އަހަރުމެންނަށް ކުރެވެން އޮތްކަމަކީ އަހަރުމެން އެންމެންގެ ވެރި ރައްބުގެ މަތިން އެކަކު އަނެކަކަށް ހަނދާންކޮށްދީ ދުވަސްތައް ފާއިތުވާވަރަކަށް އެކަލާނގެއާއި ގާތްވުމަށް އެކަކު އަނެކަކަށް އެހީވުމެވެ.
މާތް ﷲ އަޅަމެންނަކީ އެކަކު އަނެކަކު އިހުނަށްވުރެ ރަނގަޅަށް ދަންނަ ބައެއްކަމުގައި ލައްވައި އަޅަމެންގެ ހިތްތަކުގެ މެދުގައި ލޯބި ލައްވާށި! އާމީން!
(32 ވަނަ ބަޔާއި ގުޅޭ)
މީގެ 2 އަހަރު ކުރިން އަޅުގަނޑުގެ ވާހަކައަކަށް ލިބުނު ކޮމެންޓެއް އަޅުގަނޑު އަދިވެސް ހަނދާން އެބަހުއްޓެވެ. އަޅުގަނޑުގެ ވާހަކައިގެ ސަބަބުން މީހެއްގެ ޒަވާޖީ ޙަޔާތަށް ނޭދެވޭ އަސަރުކުރާ ވާހަކަ އޮތް ކޮމެންޓު ކިޔާފައި އަޅުގަނޑު ހުއްޓުން އެރިއެވެ. އެ ކޮމެންޓު އޮތް ގޮތުން އެއީ ހަމަ ގައިމުވެސް އަޅުގަނޑަށް ނޫނީ އަޅުގަނޑުގެ ވާހަކައަށް ކުރާ ނަފްރަތެއްގެ ސަބަބުން އައި ކޮމެންޓެއް ނޫންކަން އަޅުގަނޑަށް ޔަޤީންވިއެވެ. އެހެންކަމުން އެ ކޮމެންޓަށް ދޭނެ ރަނގަޅު ޖަވާބަކާމެދު އަޅުގަނޑަށް ހަމަ އެއްގޮތަކަށް ވެސް ނުވިސްނުނެވެ. އަޅުގަނޑު ވާހަކައިގައި ނަމޫނާ ޒަވާޖީ ޙަޔާތެއް ސިފަކުރަން މަސައްކަތް ކޮށްފައިވީއިރު އެއިން މީހެއްގެ ޒަވާޖީ ޙަޔާތަށް ނޭދެވޭ އަސަރެއް ކުރާނީ ކިހިނަކުންތޯ ހިތަށްއެރިއެވެ. އަޅުގަނޑަށް އޭގެ ޖަވާބު ލިބުނީ ވަރަށް ފަހަކަށެވެ.
އަހަރުމެން ކޮންމެ ވާހަކައަކުން ވިޔަސް “ފުރިހަމަ” ޒަވާޖީ ޙަޔާތަކާއިބެހޭ ގޮތުން ކިޔައިފިނަމަ އަހަރުމެންގެ ހިތަށްއަރާނެވެ. “މިއީ ޙަޤީޤަތުގައިވެސް ވެދާނެ ގޮތެއްހެއްޔެވެ؟ ނޫނެކެވެ. ހަމަ ގައިމުވެސް އަހަރެންގެ ފިރިހެނުން/އަންހެނުން މިހެންނެއް ނުވާނެއެވެ.”
މައްސަލައިގެ މޫ ވަނީ އެ ފަހު ޖުމްލައިގައެވެ. ފުރިހަމަ ގުޅުމެއް ތަޞައްވުރު ކުރެވޭއިރު އަހަރުމެންނަށް އަބަދުވެސް ވިސްނޭނީ އެންމެ ކަމަކާއި މެދުގައެވެ. އެއީ އެފަދަ ގުޅުމެއްގައި އަހަރުމެންނަށް ލިބޭނެ ކަންތައްތަކާއިމެދުގައެވެ. އަހަރުމެން އެއްގޮތަކަށް ވެސް އެފަދަ ގުޅުމެއް ބިނާ ކުރަން އަހަރުމެންނަށް ދެވޭނެ ކަންތައްތަކާއިމެދު ނުވިސްނަމެވެ. ޙަޔާތުގައި އަހަރުމެން ތަޖުރިބާ ކުރާ ކޮންމެ ގުޅުމެއްގައި ވެސް ޑރ. ހާރލީ ބުނުއްވާ ގޮތުން ލޯބީގެ ބޭންކް އެކައުންޓެއްވެއެވެ. ބޭންކް އެކައުންޓެއް ހުރިއްޔާ އަހަރުމެން އެއަށް ފައިސާ ޖަމާކުރަމެވެ. ފައިސާ ޖަމާނުކޮށް ހަމައެކަނި ފައިސާ ނަގާ ކަމަށްވާނަމަ ވަކި ހިސާބަކުން އެ އެކައުންޓުން ތިބާއަކަށް އެއްވެސް އެއްޗެއް ނުލިބޭނެއެވެ. ގުޅުމެއްގައިވާ ލޯތްބާއި ޖަޒުބާތުތަކަކީ ވެސް އެކަހަލަ ކަންތައްތަކެވެ. އަހަރުމެން އަހަރުމެންގެ ބައިވެރިޔާގެ ފަރާތުން ލޯބި ހޯދައި ބަދަލުގައި އޭނައަށްޓަކައި ލޯބިން އެއްވެސް ކަމެއް ކޮށްނުދޭނަމަ ވަކި ހިސާބަކުން އަހަރުމެންނަށް އެއްވެސް ލޯތްބެއް ނުލިބޭ ހިސާބަށް ދެއެވެ. އެކަމަކު ދެފަރާތުން ވެސް އެ ލޯބީގެ ބޭންކް އެކައުންޓަށް ލޯބި ޖަމާކުރަމުން ދާނަމަ އެ ލޯބީގެ މުދާ އިތުރުވެ ﷲ ގެ އިރާދަފުޅުން ގުޅުން ބަދަހިވެގެންދެއެވެ.
އަހަރުމެން އެހެންމީހުންނަށް ގިނަގިނައިން ލޯބިދޭ ބަޔަކަށްވާނީ ކިހިނެއް ހެއްޔެވެ؟ މި ސުވާލުގެ ޖަވާބުވަނީ އަޅުގަނޑަށް ވަރަށް ރީތި އާޔަތެއްގައެވެ.
وَمَن يُوقَ شُحَّ نَفْسِهِ فَأُولَـٰئِكَ هُمُ الْمُفْلِحُونَ
“….އަދި އެމީހެއްގެ އަމިއްލަ نفس ގެ ދަހިވެތިކަމުން މިންޖުވެއްޖެމީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ ހަމަ ދިންނަވާނޭ މީހުންނެވެ.” ސޫރަތުއްތަޣާބުން، 16
މި އާޔަތުގައި މައިގަނޑު ގޮތެއްގައި އެނގެންޖެހޭ ބަހަކީ شُحَّ އެވެ. އޭތި ތަރުޖަމާވެގެން އައިސްފައިވަނީ “ދަހިވެތިކަމުގެ” ގޮތުގައެވެ. އޭގެ ތަފްޞީލީ މާނައަކީ ކޮބައިހެއްޔެވެ؟ އެއީ ތިބާ ހުރިހާ ކަމެއް ތިބާގެ އަމިއްލަ ނަފްސަށްޓަކައި ބޭނުންވުމެވެ. “އެ ފައިސާ އަހަރެން އަމިއްލަ އެއްޗެއް ގަންނަން ބޭނުމެވެ. އެ ވަގުތު އަހަރެންގެ އަމިއްލަ ނަފްސަށް ބޭނުމެވެ. އެ އަރާމާއި ލައްޒަތު އަހަރެން ހަމައެކަނި އަހަންނަށްޓަކައި ބޭނުމެވެ. އަހަންނަކަށް އެއްވެސް މީހަކަށްޓަކައި އެއްވެސް ކަމެއް ޤުރުބާނެއް ނުކުރެވޭނެވެ. އެއީ އެހެންނޫނަސް ކާކު ހެއްޔެވެ؟ އަހަންނަކަށް އޭނައާއިމެދު ހެޔޮކޮށް ނުވިސްނޭނެއެވެ. އަހަންނަށް ހީވާ ހީވުންތަކަކީ ދުވަހަކުވެސް ނުބައި ހީވުންތަކެއް ނޫނެވެ. އަހަންނަށް ކުށެއް ކުރެވުނުކަމާމެދު އަހަރެން އެއްބަހެއްނުވާނެއެވެ. އޭރުން ވެއްޓިގެންދާނީ އަހަރެންގެ އަގެވެ. އަހަރެން އޭނައަށް މަޢާފެއް ނޭދޭނަމެވެ. އޭރުން ގެއްލިގެން ދާނީ އަހަރެންގެ އަބުރެވެ.”
މަތީގައިވަނީ ހައްތަހާވެސް شُحَّ ގެ ދަށުން އަންނަ ފަދަ ޚިޔާލުތަކެވެ. ﷲ ވަޙީކުރައްވާ ގޮތުގައި އަހަރުމެން އެންމެންގެ ނަފްސުތަކުގައި ވެސް މި شُحَّ ވެއެވެ. އެކަމަކު އަހަރުމެންގެ ތެރެއިން ކާމިޔާބުވާނީ އެއިން ސަލާމަތްވެގަންނަ މީހެކެވެ.
ވީމާ މި شُحَّ އިން އަހަރުމެންގެ ނަފްސު ސަލާމަތް ކުރާނީ ކިހިނެއް ހެއްޔެވެ؟ ހަމަ އެ އާޔަތުގައި ﷲ އަހަރުމެންނަށް އުނގަންނައި ދެއްވައެވެ.
فَاتَّقُوا اللَّـهَ مَا اسْتَطَعْتُمْ وَاسْمَعُوا وَأَطِيعُوا وَأَنفِقُوا خَيْرًا لِّأَنفُسِكُمْ
وَمَن يُوقَ شُحَّ نَفْسِهِ فَأُولَـٰئِكَ هُمُ الْمُفْلِحُونَ
” ފަހެ، ތިޔަބައިމީހުންނަށް ކުޅަދާނަވީވަރަކުން، ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! އަދި ތިޔަބައިމީހުން އަހާށެވެ! އަދި ތިޔަބައިމީހުން ކިޔަމަންވާށެވެ! އަދި ތިޔަބައިމީހުން ހޭދަކުރާށެވެ! ތިޔަބައިމީހުންގެ އަމިއްލަ نفس ތަކަށް އެގޮތް ހެޔޮކަން ބޮޑުވެގެންވެއެވެ. އަދި އެމީހެއްގެ އަމިއްލަ نفس ގެ ދަހިވެތިކަމުން މިންޖުވެއްޖެމީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ ހަމަ ދިންނަވާނޭ މީހުންނެވެ” ސޫރަތުއްތަޣާބުން، 16
މި އާޔަތުގައި މި ވަނީ ދަހިވެތިކަމުން ސަލާމަތްވުމަށްޓަކައި އަހަރުމެންނަށް ކުރެވިދާނެ ކަންތައްތަކުގެ ލިސްޓެކެވެ. ދެން މިކަންތައްތަކާއިމެދު ވިސްނުން އޮތީ ހަމައެކަނި އަހަރުމެންނަށެވެ. ﷲ އަށް ތަޤްވާވެރިވެ އެކަލާނގެއަށް އުރެދުމުން ކުރިމަތިވާނެ ކަންތަކުން ސަލާމަތްވާން އަހަރުމެން މަސައްކަތް ކުރަނީ ކިހާވަރަކަށް ހެއްޔެވެ؟ އަހަރުމެން އަޑުއަހަނީ ކިހާ ވަރަކަށް ހެއްޔެވެ؟ އަހަރުމެން ކިޔަމަންވަނީ ކިހާވަރަކަށް ހެއްޔެވެ؟ އަހަރުމެން ﷲ ގެ މަގުގައި ހޭދަކުރަނީ ކިހާވަރަކަށް ހެއްޔެވެ؟ ހަމައެކަނި ފައިސާއިންނެއް ނޫނެވެ. އަހަރުމެންގެ ވަގުތުންނާއި ހަކަތައިން ވެސް ﷲ އަށްޓަކައި އަހަރުމެން ހޭދަކުރަނީ ކިހާވަރަކަށް ހެއްޔެވެ؟ މި ހުރިހާ ކަމަކާމެދު ވިސްނައި ނަފްސުގެ ޙާލަތު ރަނގަޅު ކުރަން މަސައްކަތް ކޮށްފިނަމަ ﷲ ގެ އިރާދަފުޅުން އަހަރުމެންގެ ގުޅުންތައް ވެސް ބަދަހިވެގެން ދާނެވެ.
މާތް ﷲ އަޅަމެންނަކީ އަޅަމެންގެ ނަފްސުގައިވި ދަހިވެތިކަމުން ސަލާމަތްވާ ބަޔަކު ކަމުގައި ލައްވާށި! އާމީން!..