އައްޑުއަތޮޅު މަރަދޫގެ ކެފޭއެއްގެ ތެރޭގައި ލަޔާލް އިންއިރު އޭނާގެ ކުރިމަތީ އިނީ ނާއިމްއެވެ. ދުރުގައި ހުރި އިތުރު މޭޒެއްގައި ލަޔާލްގެ ޓީމްގެ ދެ މެމްބަރުން ކަމުގައިވާ ޒުހުރީއާއި ރާޝީދު އޮލަވާހަކައެއްގައި ތިއްބެވެ. އޭނާ އައީ އެމީހުންވެސް ގޮވައިގެންނެވެ. ” މީގެ ދުވަސްކޮޅެއް ކުރިން ރިޕޯޓްކުރި ކޭސްއެއް. މަށަށް ހީވަނީ އެކޭސްއާއި ލަޔާލް ތިހަރަކާތްތެރިވާ ކޭސްއާއި ކޮންމެވެސް ވަރެއްގެ ގުޅެމެއް ވާހެން” ނާއިމް ވާހަކައާއިގެން ކުރިއަށް ދިޔައެވެ. އެއަށް ފަހު އޭނާ އެކޭސްއާއި ބެހޭ ވާހަކަ ލަޔާލްއަށް ކިޔައިދޭން […]
ލަޔާލް އިނީ ފުލުސް އޮފީހުގައި އޭނާއަށް ޚާއްސަކުރެވިފައިވާ މޭޒުދޮށުގައެވެ. ހަމައެވަގުތު އޮފިސަރ ރާޝިދު ކޮންމެވެސް ފައިލެއް ހިފައިގެން ލަޔާލް އިން މޭޒުކައިރިއަށް އައިސް ދިއްކޮލިއެވެ. ލަޔާލް އެފައިލް ހުޅުވާލުމަށް ފަހު އޭގައި އޮތް އެއްޗެއް ކިޔާލިއެވެ. އެއީ ޝާހުގެ ޕޯސްޓްމޯޓަމް ރިޕޯޓެވެ. ” މީގައި ބުނާގޮތުން ވިއްޔާ ކަރު އެހާބޮޑަށް ކަޑައިގެން ގޮސްފައި އޮތުމުން މަރުވީ. އެކަމަކު އެކަން ކުރަން ބޭނުންކޮށްފައިވާ ހަތިޔާރެއް މިއިން އެނގޭކަށް ނެތް.” އޭގައި އޮތް އެއްޗެއް ކިޔާލުމަށްފަހު ފައިލް ލައްޕާލައި މޭޒުމަތީ […]
ރެއަކީ ކަޅުފޮއި އަނދިރި ރެއެކެވެ. އުޑުމަތި ވަނީ ބޯ ވިއްސާރަ ވިލާތަކުން ބެދިފައެވެ. އިރުއިރުކޮޅުން ކެރީގެ އަސަރު ބިމަށް ފޯރައެވެ. ދަންވަރުގެ ހަމަމަހިމޭން ވަގުތު ކަމުން އެއްވެސް ދިރޭއެއްޗެއްގެ ހިލަމެއް ނުވެއެވެ. އައްޑު އަތޮޅު ހިތަދޫގައި މީހުން ނޫޅޭ ހިސާބު ދުރުގައި ރީތި ގޮތަކަށް ހަދާފައި ހުރި ކުޑަ ކޮޓަރިގަނޑެއް ފާޑު ތަނެކެވެ. އެ ކޮޓަރިގަނޑު ހުރި ހިސާބުގަނޑުގައި ވަނީ ބިޔަ ރުއްގަސްތަކެވެ. ޖެހޭ ގަދަ ވަޔާއެކު އެރުއްގަސްތައް ހީވަނީ ބިމުން ލުހެލަފާނެހެންނެވެ. ކަޅުފޮއި އަނދިރި ވިއްސާރަ […]