Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބިން ބުނާތީ 4

Itxlevender
Itxlevender Level 210 Stories100 Comments100 Login
March 31, 2026 6 Mins Read
8 Comments

ހިޔާލުތަކުން ބޭރަށް އާދެވުން އިރު ލިއާވަނީ ފެންކަޅިވެފައެވެ. އޭނާ އަދިވެސް ރިހާންދެކެ އިންތިހާއަށް ލޯބިވެއެވެ. މަޑު ހިނގުމެއްގައި ގޮސް އެނދުގައި އޮތް ފޯނު ނެގިއެވެ. އޭގައި އާރު އަކުރަކާއި ރަތް ކުލައިގެ ހިތެއް ޖަހާ ސޭވް ކޮށްފައިވި ނަންބަރަށް ބަލަން ހުއްޓެވެ.  އިރުކޮޅެއް ކުރިން އަލްޔާ އާއި ސުމާ ގާތު ދެއްކި ވާހަކަތައް ހަނދާނަށް އައެވެ. ނަމަވެސް އެ ދެކުދިން ކައިރި ދެއްކި ވާހަކަތަކާ މިގަގުތު ލިއާގެ އަމަލުތަކާ ނުބައްދަލެވެ. ފޯނުން ފެންނަމުން ދިޔަ ނަންބަރަށް ޑައެލްކޮށްލުމާއެކު ފޯނު ކަންފަތުގައި ޖައްސާލިއެވެ. ފޯނު ނުނަގާ ހޭދަވަމުންދާ ކޮންމެ ރިންގަކާއި އެކު ލިއާ މާޔޫސްވަމުން ދިޔައެވެ. އެންމެ ފަހު ރިންގަށް ވެފައި ވަނިކޮށް އެކޮޅުން ހަލޯއޭ ބުނެލިއެވެ. ލިއާގެ މޯޅިވަމުން ދިޔަ ހިތައް ދިރުމެއް ލިބުނު ފަދައެވެ.

“ރިހާން…” ލިއާ މަޑުމަޑުން ގޮވައިލިއެވެ. އޭރުވެސް ލިއާ ހުރީ ފެންކަޅިވެފައެވެ.

“ޔެސް…؟” ރިހާންގެ އަޑުގައި ހުރީ އާދައިގެ ގޮތެކެވެ. ރިހާންގެ އަޑުޖެހުމުން ލިއާ ކުރަމުން އައި ހިތްވަރު ބޭކާރުވެ ކޯތާފަތުގައި ފިރުކެމުން ކަރުނަތައް ފައިބަން ފެށިއެވެ.

“ރިހާން ޕްލީޒް…ކިހާ ދުވަހަކު އަހަންނަށް މިގޮތަށް ހާރޓް ކުރާނަންތަ…؟” ލިއާއަށް ބޭއިހްތިޔާރުގައި ހިތުގެ ޝަކުވާތައް ބޭރުކޮށްލެވުނެވެ. އެކޮޅުން ރިހާން ޗަސްޖަހައިލި އަޑު އިވުނެވެ.

“ތި ދެން ކޮންކަމެއް ލިއާ…؟ އަބަދު ގުޅައިގެން ނުރުޔަސް އަހަރެން ބޭނުންވާގޮތް ލިއާއަށް އޮންނާނީ އެނގިފަ…އެހެންނޫނަސް އަހަންނެއް ނޫން ދޯ ލިއާ އަށް ގުޅަނީ…؟ އަހަރެން ބުނެގެންނެއްވެސް ނޫން ގުޅަނީ…އެކަމަކު ލިއާ ގުޅީމަ އެބަ އާންސަރ ކުރަމޭނު…ލިއާ އަމިއްލައަށް ހާރޓް ވާން ތި ގުޅަނީ…” ރިހާންގެ އަޑުގައު ޝައުގުވެރިކަމެއް ނެތެވެ. އެއީ ގިނަ ދުވަސްތަކުގެ އާދައެވެ. ލިއާ ގުޅައިގެން ރިހާން ގާތުން އާދޭސް ނުކުރާ ދުވަހެއް މަދުވާނެއެވެ.

ވާހަކަދެއްކުން ދަތިވެ ލިއާއަށް ފޯނު ކަނޑާލެވުނެވެ. ނަމަވެސް ލިއާ ރޯކަން އެނގިހުރެވެސް ރިހާން ލިއާއަކަށް ނުގުޅިއެވެ. މިފަދަ ކަންކަމުން ރިހާންގެ ދިރިއުޅުމުން ލިއާއަށް ދީފައިވާ ޖާގަ އިހުސާސްވެގެން ދެއެވެ. ދިރިއުޅެން ދަތިވާވަރަށް ލިއާ ރިހާން ދެކެ ލޯބިވެއެވެ. އެކަމުގެ އަސަރު އޭނާގެ ކިޔެވުމަށްވެސް ކުރިއެވެ. ނަމަވެސް އެކުވެރިންގެ އެއްބާރުލުމާއި އެކު ލިއާ ހިތްވަރުކޮށްފައި ކިޔެވިއެވެ. އެހެންނޫންނަމަ ލިއާގެ ދިރިއުޅުން ބަނަވީހެވެ.

އެނދުގައި އައިސް އޮށޯވެލިއިރު ލިއާގެ ލޯ ވަނީ ރަތްވެފައެވެ. އެރޭ ދެން ފޯނަށް ބަލާލާކަށްވެސް ލިއާ ބޭނުމެއް ނުވިއެވެ. ލޯ މަރާލައިގެން ހިޔާލުތަކަށް ގެއްލިފައި އޮއްވާ އޭނާއަށް ނިދުނީ ކިހާ އިރަކު ކަމެއްވެސް ނޭނގެއެވެ.

ދެއަހަރު ކުރި

ރަށުތެރެއިން ފެންނަމުން ދިޔައީ ބޮޑު އީދަށް ތައްޔާރުވަމުން އަންނަ މަންޒަރުތަކެވެ. ރަށުތެރެ ސާފުކުރުމާއި، ބޮޑުމަސް ބެންނުމުގައި މީހުން ހަރަކާތްރެރިވަމުން ދިޔައެވެ. ޅަފުރައިގެ ފިރިހެން ކުދިން މާލި ހެދުމަށް ބޭނުންވާ ސާމާނު އެއްކުރުމުގައި އުޅުނެވެ. ރަށުތެރެއިން ފެންނަނީ އެއްބައިވަންތަކަމާއި ހިތްފަސޭހަ ކަމެވެ.

“މައި ކަޒިންސް އެބައުޅޭ ތި ރަށަށް އީދަށް ދާން…3 ދުވަހަށް ދަނީ…” ޝަމްނާއާއި ޝައުރާގެ ފަރާތުން ރިހާންގެ ރަށަށް އެކުދިން ދާން އުޅޭކަން އެނގުމުން ރިހާނާއި ވާހަކަ ދައްކަމުން ދިޔަ ލިއާ މެސެޖުކޮށްލިއެވެ. އެކޮޅުން ރިހާން ރިޕްލައި އައީ އިރުކޮޅެއް ފަހުންނެވެ.

“ޔޫ ޝުޑް ކަމް…” ރިހާންގެ ރިޕްލައި ބަލާފައި ލިއާގެ ތުންފަތަށް ވެރިވީ ހިތި ހިނިތުންވުމެކެވެ.

“އަހަރެން ގޮސްގެން ކޮން ފައިދާއެއް ވާނީ…؟ ޔުއަރ ގާލް އިޒް ދެއަރ…އެހެން ނޫނަސް ރޫޔާއާއި ރައްޓެހިވެގެން އުޅެނިކޮށް އަހަރެން ބޭނުމެއް ނޫން ދާކަށް…”

“ވީ ބްރޯކް އަޕް…”

“ކުރިންވެސް ތިހެން ބުނޭ…ތިހެން ބުނާތީ އަހަރެން ރިހާންއާއި މީޓްކުރަން ދަނީވެސް…އެކަމަކު ހަމަ ކޮންމެސް ގޮތަކުން އެނގޭ ރިހާން ދޮގު ހަދަނީކަން…ރޫޔާއާއި ރައްޓެހިވެގެން އުޅެންޏާ އަހަރެން މީޓްކުރަން ނުގޮސްފާނެތީ އަބަދު ދޮގު ހަދަނީ…ރިހާންގެ ސަބަބުން އަބަދު އެންމެން އަހަންނަށް ބްލޭމް ކުރަނީ…”

“ބޭކާރު ވާހަކަ ނުދައްކާ…އަހަރެން ދޯ މިބުނީ ބްރޭކްއަޕް ވެއްޖޭ…! ލިއާ އަހަރެން ދެކެ ލޯބިވަންޏާ މިފަހަރު އަންނާނެ…”

ރިހާންގެ ރިޕްލައި ބަލާފައި ލިއާއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. މިހާ ދުވަސް ވީއިރުވެސް ރިހާންގެ އެ މިޒާޖު ލިއާއަކަށް ދަހެއް ނުވިއެވެ. ރިހާން ލިއާއާއި އެކު ލޯބީގެ ގުޅުމަކަށް ދާކަށް ބޭނުމެއް ނުވެއެވެ. އެކަމަކު ލިއާ އެހެން ފިރިހެނަކާ ގުޅޭކަށްވެސް ރިހާން ބޭނުމެއް ނުވެއެވެ. ލިއާއަކީ އޭނާގެ އަމިއްލަ މުދާގަނޑެއް ފަދައެވެ. އެއްފަހަރަކު އަލްޔާ އާއި ސުމާ މެދުވެރިވެގެން އެތައް މަސައްކަތަކުން ލިއާ ފިރިހެން ކުއްޖަކާއި ވާހަކަ ދެއްކިއެވެ. އެކުއްޖާ ލިއާ ގާތު ރައްޓެހިވާން އެހިއެވެ. ރިހާންއަށް އެކަން އެނގުނީ ލިއާގެ ހަބަރެއް ނުވެ ގިނަދުވަސްވެގެން އަމިއްލައަށް ގުޅުމުން އަލްޔާ ރިހާނަށް ބަވާލުމުންނެވެ. ރިހާން ނޫނަސް ލިއާއާއި ރައްޓެހިވާނެ ކުދިން ވާނޭ ސުމާ ބުނެލިއެވެ. ރިހާންގެ ފޯރި ވީ ގަދައެވެ. ކުރިން ލިއާއަށް އިސްވެ ނުގުޅާ މީހާ ދުވާލަކު ތިންފަހަރު ކަހަލަ ގޮތަކަށް ގުޅައެވެ. މިކަމުގެ ސަބަބުން ލިއާއާއި ގުޅެން މަސައްކަތް ކުރަމުން ދިޔަ ފިރިހެންކުއްޖާއަށް އެކަން ނާކާމިޔާބު ވިއެވެ. ފެށުނީއްސުރެ ލިއާ ލޯބިވާ ހަމައެކަނި ފިރިހެނަކީ ރިހާން ކަމަށް ވާތީއެވެ. ލިއާ ހައްލާލާނެ ގޮތް ރިހާން ދަނެއެވެ.

ސުމާ އާއި އަލްޔާ އައީ އަމަށަކު ރުޅިއެއް ނޫނެވެ. ލިއާއާއި ދިމާލަށްވެސް އެވަރަށް އެއްޗެހި ގޮވިއެވެ. އަދި އެވަރުން ނުވެގެން ސުމާ އޭނާގެ ދޮންބެ ސައިމަން ލައްވާ ރިހާންއަށް އިންޒާރު ދިނީ ލިއާއަށް އެނގުމެއް ނެތިއެވެ. ލިއާއާއި އެއްކޮށް ދުރުނުވި ނަމަވެސް ސައިމަންގެ އިންޒާރުތަކަށް ބިރުން ރިހާން ލިއާ ގާތު ސައިމަންގެ އިންޒާރުތަކުގެ ވާހަކައެއް ނުބުނެއެވެ.

ލިއާ އެރަށަށް ދިއުން ހުއްޓުވަން ސުމާއާއި އަލްޔާއަށް ކުރެވޭނެ ކަމެއް ނެތެވެ. ސުމާ މާލެ ދާން ޖެހިފައި ވީ އިރު އަލްޔާގެ އާއިލާގެ ބަޔަކު އީދަށް އަންނާތީ އަލްޔާގެ މައިންބަފައިން އޭނާ އެއްވެސްތާކަށް ނުފޮނުވާނެއެވެ. ކުރެވޭނެހާވެސް ކަމަކީ ލިއާ ގާތު ނުދާށޭ ކިޔުމެވެ. ނަމަވެސް އާއިލާ މީހުންނާއެކު ދާތީ އެހާ ވަރު އަރުވާލެވޭކަށްވެސް ނެތެވެ. ޝަރީފާއަށް ދެވެން ނެތީ އީދަށް ރަށުގައި ކައްކާ ބޮޑު ކެއްކުމުގައި ބައިވެރިވާތީއެވެ.

ލިއާމެން އެރަށަށް ގޮސް ތިބީ ޝަރީފާގެ ރަހުމަތްތެރިއެއްގެ ގޭގައެވެ. ޝައުރާމެން އެރަށަށް އައީ އެމީހުންގެ އެކުވެރިންތަކެއްގެ އެދުމުގެ މަތިންނެވެ. އީދު ދުވަހުގެ މެންދުރު އެކުދިން ތިބީ ބީޗަށް ކައްކަން ގޮސްފައެވެ. ޖުމްލަ ހަކުދިން އެތާ އުޅެއެވެ. އޭރު ލިއާ އައީއްސުރެ ރިހާންއަށް މެސެޖު ކުރަމުން ދިޔައެވެ. ރިހާން އެހާވަރަކަށް ވާހަކަ ދައްކާކަށް ނޫޅެއެވެ. ހީވަނީ ކަމެއް ފޮރުވަން އުޅޭހެންނެވެ. ބައްދަލު ކުރަން ވީމަ އޭނާ ބުނާނެކަމަށް ބުނިފަހުން އަދި ހަބަރެއް ނުވެއެވެ.

“ލިއާ ބަލަ…އެހުރީ ރޫޔާ…” ޝައުރާމެންގެ ރަހުމަތްތެރިޔާ ލައިބާ ބުނެލިއެވެ. އެރަށު ގިނަ ބަޔަކަށް ލިއާ އަކީ ކާކުކަން އެނގެއެވެ. އެއްފަހަރަކު ރިހާންގެ ރަހުމަތްތެރިންތަކެއް ރިހާންގެ ފޯނުން ހޯދި ލިއާގެ ފޮޓޯއެއް ލީކްކޮށްލީ “އޮބްސެސްޑް ވިތް އާރް” ޖަހާފައެވެ. ރިހާންގެ ސަބަބުން ބީރައްޓެހި ރަށަކަށްވެސް ލިއާ ވަނީ ފަލީހަތްވެފައެވެ. އޭނާގެ ހަމައެކަނި ކުށަކީ ރިހާނަށް ގުޅައިގެން ރޮއެ އާދޭސްކުރުމެވެ. ބައެއްފަހަރު ރިހާންގެ ރަހުމަތްތެރިން ތިބޭ ވަގުތު ލިއާ ގުޅުމުން އެމީހުންނަށް ރިހާން ކޯލް އަޑުއިއްވައެވެ. ރިހާންއާއި ހެދި ލިއާ އުޅޭވަރު ފެނުމުން އޭނާ އެކަމާއި ބޮޑާވާ ކަހަލައެވެ. ރަށުތެރެއަށް ވާހަކަ ފެތުރިގެން ދިޔައީ އެމީހުންގެ ފަރާތުންނެވެ. އެ ގްރޫޕްގައި ލިއާއަށް ހަމްދަރުދީ ވާން ހުންނަނީ ނާވީ އެކަންޏެވެ. އޭނާވެސް ހުންނަނީ ރިހާންގެ ސަބަބުން އޭނާ އާއި އަލްޔާގެ ގުޅުން ކެނޑުމުން އެކަމާ ރިހާންދެކެ ހިތްހަމަ ނުޖެހިފައެވެ. ނަމަވެސް ރަށުތެރެއަށް ފެތުރެމުންދާ ވާހަކައާއި ބެހޭގޮތުން އޭނާ އެއްވެސް އެއްޗެއް ނުބުނެއެވެ. އެއްބަޔަކު ލިއާއަށް ހަމްދަރުދީ ވީއިރު އަނެއްބަޔަކަށް އެކަން ވީ ބޮޑު ޖޯކަކަށެވެ.

ލިއާ ބަލާލިއިރު ރޫޔާ ހުރީ މަލާމާތުގެ ހިނިތުންވުމާއެކު ލިއާއަށް ބަލާށެވެ. އެހެން ހުރެފައި އޭނާ ގާތު ތިބި ރަހުމަތްތެރިން ގާތު ކޮންމެސް ވާހަކައެއް ބުނުމާއިއެކު އެކުދިންވެސް ލިއާއަށް ބަލާފައި ހޭންފެށިއެވެ. އެ ގްރޫޕްގައި ހުރި ދެ ފިރިހެން ކުއްޖަކު ހޯއް ލައްވާލިއެވެ. ލިއާގެ ހިތަށް އުނދަގޫ ވީ ވަރުން އަނެއް ފަރާތަށް އެނބުރުނެވެ. އެ މަންޒަރު ލިއާ ގާތު ތިބި ކުދިންނަށް ފެނުނެވެ.

“އަޅާނުލާ…ހިސާބަށްވުރެ ރީތިވެފަ މުއްސަނދި ވީމަ ތިމާއަށް ތިމާ ފެނިފަ ހުންނަ އަންހެނެއް އެއީ…އޭނާއަށް ހީވާކަހަލަ ހުރިހާ ރީތި ފިރިހެންނުން ތިބެން ޖެހޭނީ އޭނާގެ ފައިބުޑުގައޭ…ރިހާން ބޮޑުފޮއްޓަށް ލައިގެން އޮތީމަ ވީނު…” އެތަނުގައި ހުރި ޝަފާ ފޫހި ރާގަކަށް ވާހަކަ ދެއްކިއެވެ. ލިއާގެ ސަމާލުކަން އަތުލައިގަތީ ޝަފާ ފަހުން ބުނި ޖުމްލައެވެ.

“އެ ދެމީހުން ރައްޓެހިވެގެންތަ އުޅެނީ…؟” ލިއާ އަހާލީ ޖެހިލުންވެފައެވެ. އޭރު އޭނާގެ ހިތް ނުތަނަވަސްވެއްޖެއެވެ. އެރަށަށް އައުން އެއީ ކުރެވުނު މޮޔަކަމެކޭ ހީވާން ފެށިއެވެ.

“ކޮންއިރަކު އެމީހުން ރުޅިވީ…؟ ރޭގަ އީދު ހުޅު ރޯކުރި ތަނަށްވެސް އެކަމަނާ ދިޔައީ ރިހާންއާއިއެކު ސައިކަލުގަ…އޭގެ ފަހުންވެސް ދަންވަރު އަހަރުން ސަކަރާތްޖަހަން ބަނދަރުގައި އުޅެނިކޮށް ދެކުނިން އެ ދެމީހުން ބުރު ޖަހަނިކޮށް…” ލައިބާ ބުނެލިއެވެ.

ލިއާއަށް ވަރުބަލިވެފައިވާފަދަ ގޮތަކަށް ލޯ މަރާލެވުނެވެ. ރުޅި އަދި ދެރަވާވަރަށް ވުރެވެސް އޭނާގެ ނަފްސަށް ވަރުބަލިކަން އިހުސާސްވި ކަހަލައެވެ. ރިހާން ވާކޮޅު ޖަހައިގެން ގެންގުޅޭ އޮޅު ޖަނަވާރެކޭ އޭނާއާ ހުރީ ކޮން ތަފާތެއްހެއްޔެވެ؟ ރިހާން ބޭނުން ގޮތަކަށް އެބަ އޭނާ ހައްލާލައެވެ. ލިއާ އިތުރު އެއްޗެކޭ ނުބުންޏެވެ.

މަސައްކަތުގައި ހުރިހާ އެންމެން މަޝްއޫލުވި ވަގުތު ލިއާ ފޯނު ނަގައި ރިހާންއަށް މެސެޖު ކޮށްލީ ބައްދަލު ކުރަން ބޭނުން ނޫންކަމަށް ބުނެއެވެ. އޭނާއަށް ހުރިހާ ކަމެއް އެނގިއްޖެ ކަމާއި، އަދި ތިން ދުވަސް ނުވިޔަސް އޭނާ ވަރަށް އަވަހަށް ފުރައިގެން ދާނަމޭ ބުނެފައި މެސެޖު ފޮނުވާލަމުން ފޯނު ނިއްވާލިއެވެ. ހިތަށް އަނިޔާވެފައި ވިޔަސް ލިއާ އެކުދިން ކުރަމުން ދިޔަ މަސައްކަތުގައި ބައިވެރިވީއިރު މޫޑު ނެތްކަން އެނގެއެވެ.

ކެއްކުމުގެ ކަންތައް ކުރީ ލިއާއެވެ. ނަމަވެސް އޭނާ ހުރީ ކާހިތް ކެނޑިފައެވެ. އެހެން ކުދިން ރަހަބަލާފައި ލިއާއަށް ތައުރީފު ކުރިއެވެ. ލިއާ ކެއްކި ޕާސްތާއާއި ނޫޑުލްސް މީރުކަމުންނެވެ. އޭރު ދެކުއްޖަކު ފޮޓޯ ނެގުމުގެ ބޭނުމުގައި ތަށިތައް ރީތިކޮށް އެތުރުމުގައި އުޅެއެވެ. ލިއާ ހުރީ ނެގިމަޑުވެފައެވެ. އެހެން ހުއްޓާ ކުއްލިއަކަށް ފިރިހެނުންތަކެއް ވާހަކަ ދައްކާ އަޑުއިވުމުން އެންމެންގެ ނަޒަރު ހުއްޓުނީ އެދިމާލަށެވެ.

“އަސްތަޤްފިރުالله…ދުވަސް ދިޔައީ…” އެ ގްރޫޕްގައި ހުރި ނަހުމާ ބުނެލިއެވެ. އޭރު ކުލައިން ތަތްތެޅިފައި ތިބި ފިރިހެންނުންތަކެއް ކުލަ އާއި ފެންކޮތަޅުތައް ހިފައިގެން އަންނަތަން ފެނުނެވެ. ލިއާގެ ނަޒަރު ހުއްޓުނީ ކުލައިން ފޯވެފައި ހުރި ރިހާނަށެވެ. އެ މޫނުމަތީގައިވީ ހިތްހަމަ ނުޖެހުމެވެ. އިޝާރާތުން އޭނާ އަތުގައި ކޮތަޅަށް ލާފައިވި ފޯނު ދައްކާލަމުން ލިއާއަށް އިޝާރަތްކޮށްލިއެވެ. އޭނާގެ އެ އިޝާރަތް ދޭހަވި ނަމަވެސް ލިއާ މޫނު އަނބުރާލީ އެ ސޫރަ ދެކެން ބޭނުންނުވެގެންނެވެ.

އެ ފިރިހެންވެރިންނަށް ލިއާމެން ފެނުމާއި އެކު ހީވީ ޝިކާރަވެރިޔަކަށް ޝިކާރަ ފެނުންހެންނެވެ. ފެން ކުލަތަކާއި ފެން ކޮތަޅުތައް ހިފައިގެން އެމީހުން ގާތަށް ދުއްވައިގަތުމުން އަންހެން ކުދިން ހަޅޭއްފަޅޭއް ޖަހައިގަތެވެ.

“އޭ ކުލަ ނުޖަހާ މަތިން މިތަނުން ކާން ދީފާނަން…” ޝަފާ ބާރުބާރަށް ބުނެލިއެވެ. އޭރު އެ ފިރިހެންވެރިން އައިސް ހަމަވެއްޖެއެވެ. ޝަފާ ބުނު އެއްޗަކަށް އެމީހުން ސަމާލުކަމެއް ނުދިނެވެ. ދުވަމުން ގަސްތަކުތެރެއަށް ވަދެގެން ދިޔަ ނަހުމާ އާއި ޝައުރާ ފަހަތުން ތިންވަރަކަށް ފިރިހެނުން ދިޔައެވެ. ލިއާ ހުރީ އޭނާގެ ގާތަށް ރިހާން އައިސްފާނެތީ ސަމާލުވެއެވެ. އޭރު ނޫންކަމަށް ހެދިގެން ކުލަ ޖެހުމުގައި އުޅުނަސް އެންމެންގެ ޝައުގުވެރިކަން ހުރީ އެ ދެމީހުންނަށެވެ. ރިހާން ހުރުމުން ލިއާ ގަޔަށް ކުލަ ޖަހާހިތުން ތިބި ކުދިންކޮޅުވެސް ތިބީ ގާތްވާން ނުކެރިފައެވެ.

ރިހާން ފެން ކޮތަޅު ހިފައިގެން ގާތްވުމާއިއެކު ލިއާ އަރައިގެން ހުރި ފައިވާންކިބަ ނަގާ މަޅައިލިއެވެ. “ގާތްވިއްޔާ ޖަހާނަން…” ލިއާ ބުނެލިއެވެ. އެހެން އެންމެން ހޭން ފެށިއެވެ. އެންމެންވެސް ހީކުރީ ފެންޖަހާނެކަމަށް ބިރުން ލިއާ ބުނި އެއްޗެއް ކަމަށެވެ. ނަމަވެސް އެ އަޑުގައިވި ރުޅިވެރިކަން ނަގައިގަނެވުނީ ހަމައެކަނި ރިހާނަށެވެ. ލިއާގެ އިހުސާސްތައް ފޮރުވުމެއް ނެތި ރިހާނަށް ފެންނަމުން ދިޔައެވެ. ނަމަވެސް އެކަން އެތަނުގައިވި އެއްވެސް މީހަކަށް ފާހަގަ ވާކަށް ރިހާން ބޭނުމެއް ނުވިއެވެ. ވުމާއެކު މާހައުލުގެ ހަލަބޮލިކަމަށް އޭނާ ސަމާލުކަން ދިނެވެ.

“އެހެންތަ ހީވަނީ…؟ ފައިވާންކިބައަކުންވެސް ނޫން ޖެހޭނީކީ…” ރިހާން ޖެއްސުމަށް ގަދަބަސް ބުނެފައި ކުއްލިއަކަށް ގެނައި ހަރަކާތަކާއި އެކު ލިއާ ފައިވާންކިބައިން ޖަހަން އުޅެނިކޮށް އެ އަތުގައި ހިފި ގޮތަށް ފަހަތަށް ގެންގޮސް، ފަހަތުން ލިއާގެ އުނަގަނޑުގައި ލިއާގެ ދެއަތް ހައްޔަރުވާނެހެން އަތްވަށާލިއެވެ. އަދި ހަމަ އެ ސިކުންތުގައި އަތުގައި ހުރި ކުލަތައް ލިއާގެ މޫނުގައި ހާކާލިއެވެ. އޭރު އެންމެންގެ ހޯބޯ ލެއްވުމުގެ އަޑުން މާހައުލު ވަނީ ގުގުމާލާފައެވެ. ހުށިޔާރުވެ ހުރި ކެމެރާ ހިފައިގެން ހުރި ކުއްޖާ ލިއާ އާއި ރިހާންގެ ފޮޓޯ ނެގިއެވެ. އޭރު އެންމެންގެ ނަޒަރު ވެސް ހުއްޓިފައި ވަނީ އެ ދެމީހުންނަށެވެ. އެންމެން ހެމުން ދިޔައެވެ.

ރިހާން ގާތުން ފޮޅުވިގަނެގެން ލިއާ ދުރަށް ޖެހިލިއިރު އެ މޫނުމަތިގައިވަނީ ރުޅިވެރިކަމެވެ. ރިހާންއާއި ދިމާލަށް ކިޔަން ބޭނުން ކިތައްމެ އެއްޗެއް ހުއްޓެވެ. އެންމެން ތެރޭގައި ކުލަ ޖެހުމުގެ ނަމުގައި ވިޔަސް ރިހާން އޭނާގެ ގަޔަށް އަތްލާކަށް ނުޖެހެއެވެ. އޭރު ރިހާން ހުރީ ނުލަފާ ވައްތަރަކަށް ހިނި އައިސްފައެވެ. މާ ބުޅި ނޫން އިސްތަށިގަނޑު ހޭވި ނިތުމައްޗަށް ފައިބާފައި ވީއިރު ކުލައިން ތަތްތެޅިފައި ހުރިއިރުވެސް އޭނާ ފެންނަނީ އެތަނުގައިވި އެންމެ ރީތި ފިރިހެނާ ފަދައިންނެވެ. އެމީހުން އައުމުގެ ކުރިން ރޫޔާގެ ގްރޫޕް އެތަނުން ދިއުމަކީ ކާކުގެ ނަސީބެއް ކަމެއް ނޭނގެއެވެ.

“އޭ ބަލާބަލަ…މުޅި ކެއުން ހަރާބު ކޮށްލައިފިޔޭ…!” ލައިބާ ރުޅިއައިސްގެން ހަޅޭއް ލަވައިގަތް އަޑަށް ލިއާ އާއި ރިހާން ފިޔަވާ އެންމެންގެ ނަޒަރު އެދިމާލަށް ހުއްޓުނެވެ. އޭރު ސަލާމަތުން ހުރި އެންމެ ތައްޓެއް ނެތެވެ. ހުރިހާ ތައްޓަކަށް ވަނީ ކުލަ އެޅިފައެވެ. އެންމެންގެ ސަމާލުކަން އެދިމާލަށް ދެވިފައިވާ ވަގުތުގައި ރިހާން އަވަސްއަވަހަށް ލިއާ ގާތަށް ޖެހިލާ ވާހަކަ ދެއްކިއެވެ.

“ހަމަ މިހާރު ފޯނު ހުޅުވާ…” ކުރިން ހުރި މަޖާ ކުލަވަރުގެ ބަދަލުގައި މިހާރު ރިހާންގެ މޫނުމަތީގައިވީ ރުޅިވެރިކަމެވެ. ނަމަވެސް އެއަށްވުރެ ބޮޑަށް ލިއާ ހުރީ ރުޅިގަދަވެފައެވެ.

“ނުހުޅުވާނަން…ރިހާން ބުނާގޮތެއް ހަދާކަށް މަށަކަށް ނުޖެހޭނެ…” ރިހާނަށް ރައްދު ދީފައި އިތުރު އެއްޗެއް ނުބުނެވެނީސް ލިއާ ހިނގައިގަތީ ލައިބާމެން ތިބި ތަނަށެވެ. ރިހާން ރުޅިގަދަވެ ދަތްކުނޑި ވިކާލިތަން ފެނުނެވެ. ނަމަވެސް ހުއްޓިފައިވާ ލޯތައް ގިނަކަމުން އޭނާއަށް ކުރެވޭނެ އިތުރު ކަމެއް ނެތެވެ.

“ހަމަ މިހާރު ދޭ އަހަރުންނަށް ނޫޑްލްސް ޕެކެޓު ގަނެދޭން…” ލައިބާ ކުރި ކަމަކީ ފިރިހެން ގްރޫޕްތެރޭގައި ހުރި އޭނާގެ ތިމާގެ ކުއްޖެއް ކަމުގައިވާ ރައްޔާންގެ ބޮލުގެ އިސްތަށިގަނޑުގައި ހިފާ ދަމައިގަތީއެވެ. ނުވިސްނާ ހުރި ރައްޔާން ބިންމައްޗަށް ވެއްޓުނު ވަގުތު ޝަފާ އާއި ނަހުމާ އައިސް ރައްޔާންގެ ދެ އަތާއި ފައިގަ ހިފެހެއްޓިއެވެ. “މީނަ ދުލެއް ނުކުރާނަން ނޫނީ…ހަމަ މިހާރު ގޮސް ދިހަ ޕެކެޓް ނޫޑްލްސް ގެނެސްދީ…” ޝަފާ ރުޅިއައިސްގެން ބުނެލިއެވެ. އެއްބަޔަކު ހޭން ފެށިއިރު އަނެއް ބަޔަކު ހުރީ އެމީހުންނާއި ގާތްވާން ނުކުރިފައެވެ. ޝަމްނާ ހުރީ ދަނޑިބުރިއެއް ހިފައިގެންނެވެ.

“އެކަމަކު ވާ ދޯ…މީ އީދު ދުވަހޭ…ފިހާރަތައް ބަންދުވާނެ ކަމެއް ނޭނގޭތަ…؟” އެތަނުގައި ހުރި ފިރިހެނަކު ބުނެލިއެވެ. އޭރު ރައްޔާން އޮވެގެން އަތަށް ތަދުވާތީ ހަޅޭއްލަވަމުން ދިޔައެވެ.

“ދެން ކެއުން ހަރާބުކޮށްލެވުނީތީ ވަރަށް ބޮޑަށް ސޮރީ…އަން…ދެން މީގެން ފުއްދާލާ…” އެތަނުގައި ހުރި ކެމެރާ ހިފައިގެން ހުރި ކުއްޖާ ގެންގުޅުނު ދަބަހުން ލުއި ކާނާ އާއި ދަޅުތައް އަޅާފައި ހުރި ކޮތަޅެއް ދިއްކޮށްލިއެވެ. ލައިބާމެން ރައްޔާން ދޫކޮށްލީ ދެނެވެ. އެންމެންނަށް ވުރެ ކުރިން ރައްޔާން އެތަނުން ދުއްވައިގަތެވެ. ފަހަތުން ހެމުން އެ ގުރޫޕް ދިޔައެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Itxlevender
Follow Me Written By

Itxlevender

Level 210 Stories100 Comments100 Login

A girl lost in pages and feelings ✨

Other Articles

Previous

ގާތުގާ… 8

Next

މި ހަމަހިމޭންކަން… ހިލަމެއް އެބަވޭ މަށަށް… އެޕިސޯޑް 3ގެ ޓުރެއިލަރ

Next
March 31, 2026

މި ހަމަހިމޭންކަން… ހިލަމެއް އެބަވޭ މަށަށް… އެޕިސޯޑް 3ގެ ޓުރެއިލަރ

Previews
March 31, 2026

ގާތުގާ… 8

8 Comments!

  1. Sheex says:
    March 31, 2026 at 4:24 pm

    V v reethi mi part
    Is that 2 aharu kuri or fas cuz liaa akah rihaakuru eh kurineh neyngehnu?
    Can’t wait for the next part

    1. Lia says:
      March 31, 2026 at 5:48 pm

      That’s two years kuri..what rihaakuru?

    2. Itxlevender Itxlevender says:
      March 31, 2026 at 8:27 pm

      That’s 2 years early ☺️

    3. Itxlevender Itxlevender says:
      March 31, 2026 at 8:28 pm

      Thank you ☺️💗 that’s two years early

  2. Qweenofwhatever says:
    March 31, 2026 at 6:42 pm

    This reeehaan so good looking but such a red flag😔

    1. Itxlevender Itxlevender says:
      March 31, 2026 at 8:28 pm

      Bad boy 🤣💗

  3. kiyaa meeha says:
    March 31, 2026 at 11:40 pm

    Varah varah rythi story dhaa goi
    Minimum msg thakeh angaadhe specially young love experience kuraa kudhinnah ❤️
    tc author

    1. Itxlevender Itxlevender says:
      April 1, 2026 at 12:48 am

      This comment made my heart smile 🥹💗🥰

Comments are closed.

Next Episodeލޯބިން ބުނާތީ 5←


All Right Reserved!