ލޯބިން ބުނާތީ 6
ލަވަ ނިމުމާއެކު ރިހާންގެ އުނަގަނޑުގައި އަޅުވާލާފައިވާ ބެރު ނައްޓަމުން ފަހަތުގައި ތިބި ކުއްޖެއް ތެރެއިން ކުއްޖަކަށް ގޮވާލިއެވެ. އެކުއްޖާ އައުމާއެކު އޭނާއާއި ބެރު ހަވާލުކޮށްފައި ފޯނު ހިފައިގެން އޭނާ ދުއްވައިގަތީ ބެކްސްޓޭޖުން ފައިބާށެވެ. އެމީހުން ވާނުވާގައި ތިއްބާ ރިހާންގެ ފޯނު ގެންގުޅުނު ކުއްޖާ ރިހާން ދިޔައީ ގެއިން އާޖެންޓް ކަމެއް ޖެހިގެންނޭ ބުނެ ހަމަޖައްސާލިއެވެ.
ލަވަ ނިމުނު އަޑު އިވިގެން ފަހަތް ބަލާލުމާއެކު ލިއާއަށް ލިބުނީ ސިހުމެކެވެ. ރިހާން ސްޓޭޖަކު ނެތެވެ. އޭނާ ހާސްވެފައި ވަށައިގެން ބަލާލިއިރު ފެނުނީ ރިހާން ލިއާ ހުރި ގޯޅިއާއި ވާއަތަށް އެންމެ ކައިރިން ހުރި މަގަށް އެޅިތަނެވެ. އެވަގުތު ރިހާންގެ މަގުސަދު ލިއާއަށް ކޮންމެވެސް ވަރަކަށް ނަގައިގަނެވުނެވެ. ލިއާގެ ފަހަތުން އައުމުގެ ބަދަލުގައި ރިހާން އެ ބެލީ ލިއާގެ ކުރިމައްޗަށް އެރޭތޯއެވެ. އެވަރު ވިސްނައިގެން ހުރެ ލިއާ ރިހާން ނިކުންނާނެކަން ޔަގީންވާ މަގު ދޫކޮށްލާފައި އެހެން މަގަކަށް އެޅިއެވެ. ވަކި ހިސާބަކުން އޭނާއަށް ދުއްވައިގަނެވުނެވެ. މި ބީރައްޓެހި ރަށުގައި ދެވޭ ނުދެވޭ ދިމާލެއްވެސް އެނގެނީއެއް ނޫނެވެ. ނަމަވެސް ލިއާ ޖެހުނު ގޮތަކަށް އެކި ގޯޅިތަކުން ދިޔައެވެ. އޭރު އަނެއްކާ ވާރޭ ވެހެން ފަށައިފިއެވެ.
ވަކި ހިސާބަކަށް ދެވުނު އިރަށް ލިއާ ހުއްޓުން އަރާ ގޮތް ވިއެވެ. ހަނި މަގެއްގައި ހުރެވުނު އިރު ލިއާ އަށް ކައިރި ހުރެވުނު ގެޔާއި އެއްގޭ ދޫކޮށް ދެން ޖެހިގެން ހުރި ގޭގެ އަސްކަނި ދޮށުގައި އެހުރީ ނަހުމާއާއި ލައިބާގެ މަންމައެވެ. ހީވާގޮތުން އެހުރީ ވާރޭ ވެހޭތީ ދާން އުޅޭ ތާކަށް ނުދެވި ތާށިވެފައެވެ. އަލުން އެނބުރި ފަހަތަށް ގޮސްފިނަމަ ރިހާންއަށް އޭނާ އަތުވެދާނެއެވެ. އަނެއްކޮޅުން ކުރިޔަށް ގޮސްފިނަމަ ނަހުމާމެންގެ މަންމައަށް ފެނި އެހިސާބުގަނޑުން ލިއާ ފެނުމުން ނުބައި ޝައްކުތަކެއް އުފެދިދާނެއެވެ. އެހެންކަމުން ބަލާކަށް ނުހުރެ ލިއާއަށް ވަދެވުނީ އެންމެ ކައިރި ހުރި ފަޅުގެ ތެރެއަށެވެ.
ފަހަތުން އައި ރިހާންއަށް އެމަންޒަރު ފެނުމާއެކު މަޑުކޮށްލުމެއް ނެތި އޭނާގެ އިސްކޮޅަށްވުރެ ކުޑަތަންކޮޅެއް ދިގުކޮށް ހުރި ފާރުމަތިން އަރާ ފަރިތަކަމާއެކު އެ ފަޅުގެ ތެރެއަށް ފުންމާލިއެވެ. އޭރު ލިއާ ހުރީ އެ ފަޅު ގޭގެ ހިޔާކޮށްފައި ހުރި ބައިގައެވެ. އެތަނުގައި ވަނީ ބޮނޑިއަކަށް ހުރި ދަރުތަކެވެ. އެއްފަރާތެއްގައި އަތް ގާޑިޔަލެއް ހުއްޓެވެ. ތިރި ތިރި ޓިނު ފުރާޅުގެ އަސްކަނިން ފައިބަމުން ދިޔަ ފެންތަކުން މުޅި ތާގައި ކޯރު ހެދިފައި ވެއެވެ.
ރިހާން ފެނުމާއެކު ލިއާގެ މޭގަނޑު އަނގަޔަށް ނައީ ކިރިޔާއެވެ. ތެމި ފޯވެގެން ހުރެ ރިހާން އައިސް ލިއާގެ ގާތަށް މަޑުކޮށްލުމާއެކު ލިއާ ދުއްވައިގަތެވެ. ނަމަވެސް އޭނާއަށް އެޅުނީ ދެތިން ފިޔަވަޅެވެ. ހުށިޔާރުވެހުރި ރިހާން އޭނާ ހިފަހައްޓައިފިއެވެ. އެ ރުޅީގައި ލިއާގެ ދެކޮނޑުގައި ހިފާ ގެންގެސް ތަތްކޮށްލީ އެ ގޭގައި ބިޔަކޮށް ހެދިފައި ހުރި ޖަނބުރޯލު ގަހަށެވެ. އެތަނުގައިވި އަނދިރިކަމުންނާއި ވެހެމުން ދިޔަ ވާރެއިން އެތަނުގައި ބަޔަކު ތިއްބަސް މީހަކަށް ނޭނގޭނެއެވެ.
“ހާދަ ބޯހަރު ވެގެން ތިއުޅެނީ…؟ ބުނީމަ ބުނާ ގޮތް ނެހެދެނީ ކީއްވެތަ…؟” ރިހާން ރުޅިވެރިކަމާއެކު ވާހަކަ ދެއްކިއެވެ. އޭރު ލިއާ މަސައްކަތް ކުރަމުން ދިޔައީ ރިހާންގެ އަތް ނެއްޓޭތޯއެވެ. މޫނާއި މޫނު ޖެހޭހާ ގާތުގައި ރިހާން ހުރި އިރު ލިއާގެ ހިތް ހީވަނީ ދެންމެ ދެންމެ ހުއްޓިދާނެހެންނެވެ.
“އަހަރެންމީ ރިހާންގެ ޕަޕެޓެއްތަ…؟ ރިހާން ބޭނުން ތާކަށް އަހަރެން ގެނެސް ރިހާން ބޭނުންހާ އިރެއް ވަންދެން އަހަރެން މަޑުކުރުވާ، ރިހާން ތިއުޅެނީ އަހަންނަށް ކިހިނެއް ހަދަންތަ…؟” ބިރުގަނެފައި ހުއްޓަސް ލިއާ ރުޅިވެރިކަމާއި އެކު ވާހަކަދެއްކިއެވެ.
“ރޫޔާއާއި ކޮން ވާހަކައެއް ދެއްކީ…؟” ލިއާ ދެއްކި ވާހަކައަށް ރައްދު ދިނުމެއް ނެތި ރިހާން ރުޅިވެރިކަމާއެކު ސުވާލު ކުރިއެވެ. ލިއާ ގަދަހަދަމުން ދިޔަވަރަކަށް ރިހާންގެ ހިފެހެއްޓުން ބާރުވެއެވެ.
“ޖަސްޓް ދަ ޓުރުތް…ރިހާން އަހަރެމެން ދެމީހުންނަށްވެސް އޮޅުވާލީ…އެކަމަކު ފަހު ވަގުތު ގިލްޓީ ވަނީ އަހަރެން އެކަނި…ކުރިންވެސް ރިހާން ރޫޔާއާއި ރިލޭޝަންޝިޕްގައި އުޅޭކަން އެނގެންޏާ އަހަރެން ނުވެސް ގުޅަން…މީޓް ކުރާކަށްވެސް ނުދަން…ގުޅައިގެން ގެޓް ބެކް ވާން އާދޭސް ކުރަނީވެސް ރިހާން އަމިއްލައަށް ސިންގަލް އޭ ބުނީމަ…އެކަމަކު ކޮންމެ ފަހަރަކު ވެސް އެބަ ބަސްޓްވޭ…މިފަހަރު މިރަށަށް އަހަރެން ނައިސްފާނެތީއޭނު ރިހާން ބުނީ ޔޫ ބޯތް ބްރޯކްއަޕް އޭ…؟ އެކަމަކު އައިމަ މި އެނގުނީ އެއީވެސް ދޮގެއްކަން…” ލިއާގެ އަޑުގައިވީ ޝަކުވާ އައި ރިހުމެވެ.
“ޔޫ މޭޑް ތިންގްސް ވޯރސް ބިޓްވީން މީ އެންޑް ހާރ…” ރިހާން ރުޅިވެރިކަމާއެކު ބުނެލިއެވެ. އޭރު ލިއާ ހީކަރުވައިގަނެގެން ތުރުތުރުލާން ފެށިއެވެ. ރިހާންއަށް ނޭނގި ނަމަވެސް އޭރު ލިއާ ދިޔައީ ރޮމުންނެވެ.
“ނޫން…!” ހިތްވަރުކޮށްލާފައި އަޑަށް ބާރުލަމުން ލިއާ ބުނެލިއެވެ. “ޔޫ މޭޑް ތިންގްސް ވޯރސް ދަ މޫމެންޓް ޔޫ ލައިޑް ޓު ބޯތް އޮފް އަސް…” ލިއާގެ އަޑުގައި ވަނީ ސާބިތުކަމެވެ. ރިހާން ދަތްކުނޑި ވިކާލިތަން ފެނުނެވެ.
“ޔޫ ޑޯންޓް އަންޑަރސްޓޭންޑް ހައު ތިންގްސް އަރ ހިއަރ…އައި ހެޑް ޓު ޕްރެޓެކްޓް މައި ރިލޭޝަންޝިޕް…”
“ބައި ޑިސްޓްރޯއިން މީ…؟” ރިހާންގެ ޖުމްލަ ނިމުން އިރަށް ލިއާ ރައްދު ދިނެވެ. ރިހާން ބަސްހުއްޓުނެވެ. ވެހެމުން ދިޔަ ވާރެއިން ލިއާގެ މޫނުގައި އެތައް ހާސް ފެންތިކިތަކެއް ބީހެމުން ދިޔައިރުވެސް ލިއާ ރިހާންއަށް ބަލާލީ ކަރުނުން ފުރިގެންވި ލޮލަކުންނެވެ. އެއާއެކު އެހިތުގައި ރިހުމެއް އުފެދުނެވެ. ރިހާންގެ ދިގުވެގައިވާ އިސްތަށިގަނޑުންނާއި މޫނުން ފައިބަމުން ދިޔަ ފެންތިކިތައް ދަތްދޮޅިން ތިކިޖަހަމުން ދިޔައިރު ނުހަނު ފިރިހެންވަންތަވެފައި ހިތްގައިމެވެ. ނަމަވެސް މި ފުރިހަމަކަމަކީ އޭނާގެ މިލްކެއް ނޫނެވެ.
“ޔޫ ޑޯންޓް ގެޓް ޓު ޓްވިސްޓް ދިސް…ޔޫ ޑޯންޓް ގެޓް ޓު ބްލޭމް މީ ފޯރ ޔުއަރ ލައިސް…އެންމެންވެސް، ރޫޔާވެސް ބްލޭމް ކުރީ އަހަންނަށް…ރޫޔާ ނުބުންޏަސް އައެމް ވެލް އެވެއަރ އޮފް ހައު އައި ލުކް…އަހަންނަށް އެނގޭ އަހަންނަކީ ރިހާންއާއި އެކަށީގެންވާވަރަށް ވުރެ ހުތުރު މީހެއްކަން…އަހަންނަށް ނުވިސްނެނީ ރޫޔާ ފަދަ ފުރިހަމަ މީހަކު ހުއްޓާ ރިހާން އަހަރެން ގާތަށް ތި އަންނަ ސަބަބެއް…ދެން އެނގޭކަށްވެސް ބޭނުމެއް ނޫން…ލެޓް މީ ގޯ…” ލިއާ ހިތުގައިވި އުދާސްތައް ބޭރުކޮށްލަމުން ތެޅިފޮޅެން ފެށީ ރިހާންގެ ގާތުން ސަލާމަތް ވާށެވެ.
“ޑެމްން އިޓް ލިއާ…ލިސެން ޓު މީ…” ރިހާންއަށް ބާރަކަށް ބުނެވުނެވެ.
“ކިހާ ދެރަކަމެއްތަ ރިހާން…ބުނެފީމޭނު ބޭނުމެއް ނޫނޭ…މާދަން އަހަރެން މިރަށުން ފުރާނަން…” އުޅެއުޅެވެސް ރިހާންގެ އަތް ގުޑުވާ ނުލެވުމުން ލިއާއަށް ހަޅޭއްލަވައިގަނެވުނެވެ.
ލިއާގެ ގޮތްދޫނުކުރުމާހުރެ ރިހާންގެ ރުޅިގަނޑު ފަޅައިގެން ދާ ގޮތްވިއެވެ. ލިއާއަށް މޫނު ދުރުނުކޮށްލެވޭނެހެން ލިއާ ހައްޔަރުކޮށްލުމާއެކު ރިހާން ލިއާގެ ދެތުންފަތް ގައިދުކޮށްލިއެވެ. ލިއާގެ ރުއިމަށް މެދުކެނޑުމެއް އައެވެ. އޭރު ރިހާންގެ މޫނުން ފައިބަމުން ދިޔަ ފެންތިކިތައް ރޮނގު ދަމާލާފައި ލިއާގެ މޫނަށް އެޅެމުން ދިޔައެވެ. ލިއާ އުޅެއުޅެވެސް ރިހާން ދުރު ނުކޮށްލެވުނެވެ. އެތައް އިރެއް ވީފަހުން ރިހާން ދުރުވެލީ ލިއާގެ ރުއިމާހުރެ އުނދަގޫ ވެގެންނެވެ.
“ގޯޑް…! އިޓް ޓޭސްޓްސް ސޯ މަޗް ބެޓަރ ވިތް ރެއިން..އިޓް ވިލް ބީ މަޗް ބެޓަރ އިފް ޔުއަރ ކޯޕްރޭޓިން…” ރިހާންގެ ނޭވާ ހުރީ ފުންވެފައެވެ. ތުރުތުރު އަޅަމުން ދިޔަ ލިއާގެ ތުންފަތާއި، ވާރޭ ވެހުމުގެ ސަބަބުން ގައިގަ ހެދުން ތަތްލަވާފައި ހުރުމުން ހާމަވެފައިވާ ހަށިގަނޑުފެނި ރިހާންގެ ހިއްސުތައް ހޭލައިގަތެވެ. އޭނާ ބޭނުންވީ މިއަށްވުރެ ދުރަށް އޭނާގެ އަމަލުތައް ގެންދިއުމަށެވެ. ނަމަވެސް އަދި އެކަން ވާކަށް ނެތެވެ.
ލިއާ ދެކޮޅު ހަދަމުން ދަނިކޮށް ދެންވެސް ރިހާން ގާތްވެލާ އެ އަމަލު ތަކުރާރު ކުރިއެވެ. ރިހާންގެ މޭގައި ދެއަތް އަޅާ ލިއާ ރިހާން ދުރުކުރެވޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް ރިހާން ދުރުވީ ނޭވާނުލެވިގެން ލިއާ ރިހާންގެ މޭގައި ތަޅައިގަތުމުންނެވެ.
“ސޯ…” މާނޭވާލެވި ބަރުވަފައިވާ އަޑަކުން ރިހާން ވާހަކަ ދެއްކިއެވެ. އައިސްފައި ހުރި ރުޅިންނާއި ވެފައި ހުރި ދެރައިން ލިއާ ހުރީ ރިހާނަށް ނުބަލަންވެގެންނެވެ.
“އެބައުޓް ވަޓް ޔޫ ސެޑް އަރލިއަރ، އަހަރެން ލިއާ ގާތަށް މި އަންނަނީ ލިއާ އާއި ދޭތެރޭ އެއްވެސް ފީލިންގްއެއް އޮވެގެންނެއް ނޫން…އެކަމަކު ރޫޔާ ފަރާތުން ނުލިބޭ ކަންތައް ފުއްދަން ވެގެން…ޔެސް…ޝީ ވޯން’ޓް ލެޓް މީ ކިސް ހަރ، ލެޓް އެލޯން ހަގް ހަރ…ބަޓް އައި ލަވް ހަރ…ޝީ އިޒް ދަ އޮންލީ ވަން އައި ޓްރޫލީ ވޯންޓް…ދެން ފިރިހެނެއް ވިއްޔާ ބޭނުންވާނެ ކަންތައް ހުންނާނެ ދޯ…ސޯ ޔެސް…އަހަރެން ލިއާ އަހަރެން ދެކެ ވާ ލޯބީގެ އެޑްވާންޓޭޖް ނެގީ…އަދިވެސް އަހަރެން އެންމެ ބޭނުންވާ ކަންތައް ލިއާ ފަރާތުން ނުފުދޭ…އެކަމަކު މިވަގުތަށް މިވަރުވެސް އޯކޭ…” ރިހާން ބުނެލި ކޮންމެ ޖުމްލައެއް ލިއާގެ ހިތުގައު އަޅާލި ކޮށި ވަޅިއެއް ފަދައެވެ. ރިހާންގެ ހިތުން އޭނާއަށް ދެވިފައިވަނީ ފައިފުއްސަކަށްވުރެވެސް ދަށު ދަރަޖައެކެވެ. ހުއްޓުން އަރާފައި ހުރިއިރު ލޮލުން އޮހެމުން ދިޔަ ކަރުނަތަކަށްވެސް ހުއްޓުމެއް އައި ކަހަލައެވެ. ރިހާން އޭނާގެ ހިތަށް ދިން އަނިޔާ ދުވަހަކު ފިލައިގެން ދާނެ ކަމެއް ނޭނގެއެވެ.
“ގޮތްދޫނުކުރީމަ އޭގެ ބަދަލު މިދިނީ…ދެންވެސް އަހަރެން ގާތު ގަދަވާން ނޫޅޭތި…” ފަހަތަށް ކޮއްޕާލާހެން ލިއާގެ ކޮނޑުން ދޫކޮށްލަމުން ރިހާން ހިނގައިގަތެވެ. ނަގަމުން ދިޔަ ކޮންމެ ފިޔަވަޅަކުން ލިއާގެ ހިތުގައި އަޅާ ޗިސްކުރަމުން ދާކަހަލައެވެ. އެ ދިޔަ ގޮތަށް މަގުގެ ދެކޮޅު ބަލާލާފައި ތެމިގެން ނިތުމައްޗަށް ފައިބާފައިވާ އިސްތަށިގަނޑުގައި އަތުން ފުނާ އަޅާލަމުން އެގެއިން ނިކުމެ ހިނގައިގަތެވެ.
ލިއާގެ ހިމޭން ގިސްލުމުގެ އަޑާއި އެކުވެގެން ވާރޭ ވެހޭ އަޑު އިވެމުން ދިޔައެވެ. ގައިން ވަރު ދޫވެފައި ހުރި މީހެއް ފަދައިން ތިރިވެ ބިންމަތީ އިށީނދެ ކަކުލުގައި ބޯ އަޅާލެވުނެވެ. ރިހާން އެދިޔައީ އޭނާގެ ހިތް ކޮށާ ކުދިކުދިކޮށްފައެވެ. ރޫޔާ ދެކެ ލޯބިވާކަމަށް ރިހާންގެ އަމިއްލަ ދުލުން ބުނުމުން ހިތައް ލިބިގެން ދިޔައީ ބަޔާންކުރަން ދަތި ވޭނެކެވެ.
ފާރު ކައިރި ހުރި ބާ ފެންތާންގި ކައިރި ފިލާ ހުރި ރޫޔާގެ ދެލޯ ވަނީ ބޮޑުވެފައެވެ. އަނގަމަތީ އަތްއަޅައިގެން ހުރި އިރު އޭނާއަށްވެސް ރޮވެމުން ދިޔައެވެ. ރިހާންގެ މަކަރުވެރިކަން އޭނާއަށް ހާމަވެގެން ދިޔައީ ހީނުކުރާ ގޮތަކަށެވެ.
ޝޯވ ބަލަން ހުރިއިރު ލިއާ އެތަނުން ދާން ހިނގައިގަތްތަން ރޫޔާއަށް ދެއްކީ އޭނާގެ އެކުވެރި ކުއްޖެކެވެ. އޭގެފަހުން އިރުކޮޅެއް ނުވަނީސް ރިހާންވެސް ޝޯވ ދޫކޮށް ދިއުމުން ރޫޔާގެ ހިތުގައި ނުބައި ޝައްކުތަކެއް އުފެދި ރިހާންއަށް ފާރަލީއެވެ. އެއްގޮތަކަށްވެސް މިފަދަ ވާހަކައެއް އަޑުއިވިދާނެ ކަމަށް އޭނާ ހިއެއް ނުކުރެއެވެ. ލިއާގެ ކުށެއް ނެތްކަން ހާމަވީއިރު ރޫޔާގެ ހިތުގައި ރިހާންއާއި ދޭތެރޭ މިހާރު ވަނީ ސާފު ނަފުރަތެވެ. ހަމައެއާއި އެކު ނިކަމެތި ކަމާއެކު ރޮމުން ދިޔަ ލިއާ ފެނި ރޫޔާގެ ހިތުގައި ހަމްދަރުދީ އުފެދުނެވެ. ރިހާން ދެކެ އޭނާއަށް އިންތިހާއަށް ރުޅި އާދެވުނެވެ. ހަގީގަތް ނޭނގި އޭނާ ލިއާއަށް ވަރަށް ނަފުރަތު ކުރިއެވެ. ލިއާއާއި ބެހޭ ގޮތުން ރައްޓެހިން ގާތު އެކި ވާހަކަ ފެތުރިއެވެ. ނަމަވެސް މިހާރު އެކަންކަމާ ރޫޔާ ހިތާމަކުރިއެވެ.
ވާރޭވެސް ހުއްޓާލިތާ އިރުކޮޅެއް ފަހުން ލިއާ ދާން ތެދުވިއިރު ރޫޔާ ހުރި ބަލާށެވެ. ލިއާ ލައިގެން ހުރި ހެދުމުގެ ފަހަތް ފެނުމާއިއެކު ރޫޔާގެ ދެލޯ ބޮޑުވިއެވެ. ރިހާން ގަދަކަމުން ހިފެހެއްޓުމުގެ ސަބަބުން މުޅި ހެދުމުގެ ބުރަކަށި ވަނީ ގަހުގައި ޖަހާފައި ހުރި ފެއްސާއި ކިލާ ހޭކި ހަޑިވެފައެވެ. ނަމަވެސް ރޫޔާއަށް ކުރެވޭނެ ކަމެއް ނެތި ޖެހުނީ ހިމޭނުން ބަލަން ހުންނާށެވެ. ލިއާ މަޑު ހިނގުމެއްގައި ގޮސް އެތަނުން ނިކުތުމުން ރޫޔާވެސް އިރުކޮޅެއް ފަހުން ނިކުތެވެ.
ލިއާއަށް އެނގުނު ގޮތަކަށް ގޮސް ގެޔަށް ވަދެވުނު އިރު ނަހުމާއާއި ލައިބާގެ އިތުރުން ޝަމްނާއާއި ޝައުރާވެސް ތިބީ ލިއާ ވީތަނެއް ނޭނގި ކަންބޮޑުވެފައެވެ. އެމީހުން ފެނި ލިއާއަށްވެސް ލިބުނީ ސިހުމެކެވެ.
“އެންމެކުރިން ގެޔަށް ދާން ނައްޓާލި މީހާ ކޮންތާކުން ތިއައީ…؟ ހެދުމަށް ހާދަ ވަރެއް ވެފަ…؟” ޝަމްނާ ވާހަކަ ދައްކަމުން ދަނިކޮށް ލިއާގެ ހެދުން ލޮލުގައި އަޅައިގަތެވެ. އެކުދިން ކުރި ސުވާލުން ލިއާއަށް ހާސްކަން ލިބުނެވެ.
“މީ……މަގު އޮޅުނީ…ދެން ފެންގަނޑަށް ނާރާ ފާރުކައިރިން ހިނގަން އުޅެނިކޮށް ފާރުގަ ކޭއްތިފަ މިހުރީ…ދެން އަނެއްކާ ވިއްސާރަ އޮއްސާލައިފި…އެހެންވެ ތެމުނީ…” ލިއާ މަޑުމަޑުން ވާހަކަ ދެއްކިއެވެ. އިރުކޮޅެއް ކުރިން ހިނގައިދިޔަ ކަންތަކުގެ ސަބަބުން އަދިވެސް ނަފްސު ހަމަޔަކަށް ނޭޅެއެވެ.
“އެކަމަކު ވާ…ހާދަ ވަރެއް ވެފައޭ ތިހުރީ…! ފާރުގަ ބުރަކަށި ގާނާފަތަ ތިހުރީ…؟” ލައިބާ މަޖަލަކަށް ބުނެލިއެވެ. ހިނިގަނޑެއް ޖަހާލާފައި އެހެން މީހުންވެސް އޭނާއާއި އެއްބައިވިއެވެ. ލިއާ އެއަށް ޖަވާބު ދިނުމެއް ނެތި ފަނޑު ހިނިތުންވުމެއް ދިނުމަށްފަހު ގޮސް ކޮޓަރިއަށް ވަނެވެ.
އެކުވެރިންގެ ކުރިމަތީ ނެތް ހިތްވަރު ދައްކަމުން ލިއާ އުޅުނީ އެއްވެސް މީހަކަށް ހަގީގަތް އެނގެން ބޭނުން ނުވާތީއެވެ. ނިދަން އެނދަށް އަރާ އޮތް އިރު، ލިއާ އާއި ޖެހިގެން އެނދުގެ އަނެއް ފަޅީގައި އޮތް ޝަމްނާ އޮތީ ގަދަ ނިދީގައެވެ. ތިރީގައި އަޅާފައިވާ ގޮނދަޑީގައި ޝައުރާއާއި ލައިބާވެސް އޮތީ ނިދިފައެވެ. ރޭނގަނޑުގެ ނިދިން ލިއާ މަޙްރޫމްކުރުވާފައިވަނީ ރިހާންގެ ހިޔާލުތަކެވެ. އަޑުވީއްލާ ރޯން ބޭނުންވިޔަސް އަދި އެހިތްވަރު ކުރެވޭކަށް ނެތެވެ. ލޮލުގެ ހިމަކޮޅުން ފައިބައިގެން އައި ކަރުނަތިކި ފޮހެލަމުން ލިއާ ފޯނަށް ބަލާލިއެވެ. އޭގެން ފެންނަން ހުރީ ކުލަ ޖެހި ދުވަހު ނެގިފައިވާ ލިއާއާއި ރިހާންގެ ފޮޓޯގަނޑެވެ. ހިނިއައިސްހުރި އިރު އެ ހިނިތުންވުނެ ފެނި ލިއާގެ ހިތަށް މިފަހަރު ލިބުނީ ވޭނެކެވެ. މަޑުމަޑުން ފޮޓޯއިން ފެންނަންހުރި ރިހާންގެ މޫނުގައި ލިއާ ފިރުމާލިއެވެ.
“ވައި ޑޫ ޔޫ ލުކް ސޯ ހެޕީ…؟ ލައިކް ޔޫ ޑިޑިންޓް ބްރޭކް މީ އިން ޓު ޕީސެސް…އައި ކީޕް ޓަޗިން ޔުއަރ ފޭސް ލައިކް ދިސް…އޭޒް އިފް ޔޫ ކެން ސްޓިލް ފީލް މީ…އޭޒް އިފް ޔޫ ކެއަރ…” ލޮލުން ފައިބަމުން ދިޔަ ކަރުނަތަކާއެކު ފޮޓޯއިން ފެންނަމުން ދިޔަ ރިހާންގެ ސޫރައާއި ލިއާ ވާހަކަދެއްކިއެވެ. ތުންފަތުގައި ދަތް އަޅާ ފިއްތާލީ ބާރަށް އަޑު ބޭރުވެދާނެތީއެވެ.
ފޯނު ބަންޑުން ބާއްވައިގެން ލޯ މަރާލައިގެން ހިޔާލުތަކަށް ގެއްލިފައި އޮތް ލިއާއަށް ސިހުމެއް ލިބުނީ ފޯނަށް މެސެޖެއް އައި އަޑަށެވެ. ބަލާލިއިރު މެސެޖުކޮށްފައިވަނީ އޭނާ އެންމެ ހީނުކުރާ ފަރާތެވެ. ލިއާގެ މޫނުމަތީގައިވި ހިތާމަވެރިކަން ހައިރާންކަމަށް ބަދަލުވިއެވެ.
“ލިއާ، އައި މިސްއަނޑަރސްޓޫޑް އެވްރިތިން…އައި ބިލީވްޑް ތިންގްސް ވިތައުޓް ނޯއިން ދަ ފުލް ޓްރުތް، އެންޑް ބްލޭމްޑް ޔޫ އަންފެއަރލީ…ޔޫ ޑިޑިންޓް ޑިޒާވް ދެޓް…އައި ޝުޑްހެވް ބިލީވްޑް ޔޫ އިންސްޓެޑް އޮފް އެސިއުމިން ދަ ވޯރސްޓް…އައެމް ރިއަލީ ސޮރީ ފޯ ހައު އައި ޓްރީޓެޑް ޔޫ…ނައު އައި ފީލް ރިއަލީ ބޭޑް އެންޑް ކާންޓް ސްޓޮޕް ތިންކިން އެބައުޓް ވަޓް އައި ސެޑް ޓު ޔޫ ބިފޯރ…އެބައުޓް ދަ މިރަރ…އައި ވޯޒް ސޯ ކްރުއެލް…އައި ވޯޒް ރިއަލީ އެންގްރީ އެންޑް އައި ޓުކް އިޓް އައުޓް އޮން ޔޫ…އައި އޭމް ސޯ ސޮރީ ފޯރ ސޭއިން ސަމްތިން ސޯ ހާރޓްފުލް…ޔޫއަރ ޓޫ ގުޑް އެންޑް ޓޫ އިނަސަންޓް އެންޑް އޮނެސްޓްލީ މަޗް ބެޓަރ ދެން ސަމްވަން ލައިކް ރިހާން…ޔޫ ޑިޒާވް ވޭ ބެޓަރ ދޭން ހައު ޔޫ ވަރ ޓްރީޓެޑް…އެންޑް……އައި ވޯންޓް ޔޫ ޓު ނޯ، އައެމް ގޮނަ ބްރޭކަޕް ވިތް ހިމް ޓޫ…އައި ކާންޓް ސްޓޭ ވިތް ސަމްވަން އާފްޓަރ ނޯއިން ވަޓް ހީ ޑިޑް އެންޑް ހައު އެވްރިތިންގް ވޯޒް ޓްވިސްޓެޑް…ޔޫ ޑިޑިންޓް ޑިޒާވް އެނީ އޮފް ދިސް…ފޮގިވް މީ…”
ރޫޔާގެ މެސެޖު ކިޔާފައި ފަހަރަކަށްވުރެ ފަހަރެއް ލިއާގެ ހައިރާންކަން ވީ އިތުރެވެ. ކުއްލިއަކަށް ރޫޔާއަށް މިހާ ބޮޑު ބަދަލައް އަންނަން ޖެހުނު ސަބަބެއް ލިއާއަކަށް ނުވިސްނުނެވެ. ރޫޔާއަށް ހަގީގަތް އެނގުނީހެއްޔެވެ؟ ނަމަވެސް އެކަން ވާންވި ގޮތެއް ލިއާގެ ވިސްނުމަކަށް ނައެވެ. ނަމަވެސް މުޅިއަކުން ހަމަޔަކަށް ނޭޅުނަސް ހިތަށް ކުޑަ ހަމަޖެހުމެއް ލިބުނެވެ. މެސެޖު ކިޔާފައި އިރުކޮޅެއްފަހުން ލިއާ ރިޕްލައި ދިނެވެ.
“އިޓްސް އޯކޭ…އައި ނޯ އައެމް ނޮޓް ރިއަލީ ގުޑް ލުކިން ލައިކް ޔޫ ސެޑް…ތެންކްޔޫ ފޯރ އެޕޮލޮޖައިޒިން…އައި ރިއަލީ އެޕްރެޝިއޭޓް އިޓް…އައި ޖަސްޓް ވޯންޓް ޕީސް ފްރޮމް އޯލް އޮފް ދިސް ނައު…އިޓް މީންސް އަލޮޓް ދެޓް ޔޫ އެޕޮލޮޖައިޒްޑް…ތޭންކްސް ރޫޔާ…” ރިޕްލައި ފޮނުވާފައި ލިއާ ލޯމަރާލަމުން މޭމަތީ ފޯނު ބާއްވައިލިއެވެ. ބައެއް ބަސްތަކަކީ އުމުރު ދުވަހުވެސް ހަނދާނުން ފިލައިގެން ނުދާނޭ ބަސްތަކެވެ. މާފަށް އެދުނަސް މާފު ކުރިޔަސް އޭގެ ލަކުނު ދާއިމަށް ހުރެއެވެ. ރޫޔާއަށް ހެޔޮހިތުން މާފު ދިނަސް އޭނާގެ ސިފައަށް ރައްދުކޮށް ރޫޔާ ބުނެލި ވާހަކަ ތަކަކީ ލިއާގެ ހަނދާނުން ދުވަހަކު ފިލައިގެން ދާނެ ކަމެއް ނޫނެވެ. ރޭގެ ބާކީއޮތް ވަގުތުތަކުގައިވެސް ލިއާއަށް ނިދުނީ ރިހާންގެ ހިޔާލުގައި އޮވެއެވެ.
ކަންދިމާވިގޮތުން ޖެހިގެން އައި ދުވަހު ލިއާއަށް ފުރޭ ގޮތެއް ނުވިއެވެ. ވިއްސާރަވެ މޫސުން ގޯސްވުމުގެ ސަބަބުން ފެރީ ކެންސަލްވީއެވެ. ލިއާ ހުރީ މާޔޫސްވެފައެވެ. އެކުވެރިން ވަރަށް ކިޔައިގެން އެމީހުންނާއިއެކު ހަވީރު ބޭރަށް ނިކުމެލި ވަގުތު ރިހާން ފެނުނެވެ. ނަމަވެސް މިފަހަރު ރިހާން ލިއާ ފެންނަކަމަކަށް ނުހެދިއެވެ. އެ މޫނުގައިވި އަޅާލުންކުޑަކަން ފެނި ބޭނުން ނުވިޔަސް ލިއާގެ ހިތަށް ތަދުވިއެވެ. އޭގެ ފަހުން ރިހާންގެ ކޯލެއްވެސް ލިއާއަކަށް ނުލިބެއެވެ.
އެނބުރި ރަށަށް ލިއާ އައީ ހަލާކުވެފައިވާ ހިތަކައިގެންނެވެ. ސުމާއާއި އަލްޔާ ހުރީ ލިއާ ނުފެނިގެންނެވެ. އަލްޔާގެ ގެއަށް ލިއާ ގެންގޮސް ސުވާލުކުރަން ފެށުމުން ހިފެހެއްޓުމެއް ނެތި ރޮވުނެވެ. އެއްވެސް ސިއްރުކުރުމެއް ނެތި ރިހާން ކަންތައް ކުރި ގޮތުގެ ވާހަކަ އެ ދެމީހުންނަށް ކިޔައިދިނެވެ. ލިއާ ހީކުރީ އެކުދިން ލިއާދެކެ ރުޅިއައިސް އެއްޗެހި ގޮވާލާނެ ކަމަށެވެ. އެމީހުން ބުނާގޮތް ހެދިނަމަ މިހެން މިހެން ނުވީހޭ ބުނާނެ ކަމަށެވެ. ނަމަވެސް އޭގެ ބަދަލުގައި އެމީހުން މަޑުމައިތިރިކަމާއެކު ލިއާއަށް ވިސްނައިދިނެވެ. އަމިއްލަ ނަފްސުގެ އަގު ހިފެހެއްޓުމަށް ބުންޏެވެ. އެކުދިންގެ ވާހަކަތަކުން ލިއާއަށް މީގެ ކުރިން ނުލިބޭ ހިތްވަރެއް ލިބުނެވެ.
ނަމަވެސް އެ ނަސޭހަތުގައި ހިފަހައްޓައިގެން ލިއާއަށް ހުރެވުނީ ތިންމަސްދުވަހުއެވެ. މިވީ ތިންމަސްދުވަސްތެރޭ ލައިބާމެން ދޭތެރެއަކުން މެސެޖުކޮށްފައި ލިއާ ނޭހިޔަސް ރިހާންގެ ހަބަރު ކިޔައިދެއެވެ. ރިހާން ރޫޔާ ގާތު އާދޭސްކުރިކަމާއި ރިހާން ނޫން މީހަކާ ރޫޔާއަށް ގުޅިގެން ނޫޅެވޭނެކަމަށް ބުނެ ރިހާން ރޫޔާއަށް އިންޒާރު ދިންކަމަށް އެކުދިން ބުނުމުން ލިއާގެ ހިތަށް ތަދުވިއެވެ. އޭގެން އޭނާއަށް ދޭހަވީ ރިހާން ރޫޔާ ބޭނުންވާ މިންވަރެވެ. ރޫޔާ މިހާރު އުޅެނީ އެހެން މީހަކާ ގުޅިގެން ކަމަށް ނަހުމާ ބުންޏެވެ. ރިހާންވެސް އެއްކުއްޖަކާ ރައްޓެހިވެ އަނެއްކުއްޖަކާ ރައްޓެހިވަމުން އުޅެމުން ދެއެވެ. މި ވީ ތިންމަސް ތެރޭ ރިހާން އެއްފަހަރުވެސް ލިއާއަށް ގުޅާފަ ނުވެއެވެ. އެހެން އުޅެނިކޮށް ލިއާއަށް ރިހާންއާއި ދިމާވީ ހޮސްޕިޓަލުންނެވެ. ކުޅުމުގެ ތެރޭގައި އެކުވެރިޔަކަށް ލިބުނު ސީރިއަސް އަނިޔާއަކާ ގުޅިގެން މުޅި ޓީމު އައިއިރު ރިހާންވެސް އައީއެވެ.
ރިހާން ފެނުމުން ލިއާ ހިތް ފިނިވެގެން އައި ގޮތަށް ދެފައި ނޯޅުނީ ކިރިޔާއެވެ. ހޮސްޕިޓަލުގައި ހުރި ގަސްތަކު ތެރެއަށް ވަދެފައި ކެތް ނުވެގެން ކަހަލަ ގޮތަކަށް ރިހާނަށް ގުޅިއެވެ. ފޯނު ނަގާނެހެން ހީނުވާހާ ވަގުތުކޮޅަކަށްފަހު ރިހާން ފޯނަށް ޖަވާބުދިނެވެ.
“ކީކޭ…؟” ރިހާންގެ އަޑު ޖެހުމުން ލިއާއަށް ދެލޯމަރާލެވުނެވެ. އެ ދެލޯ ފެންކަޅިވާން ހިނދުކޮޅެއްވެސް ނުނެގިއެވެ. ރިހާން އަޑުގައިވަނީ ފިނިކަމެވެ. “މިރަށުގަތަ…؟” ލިއާ ހިތްވަރުކޮށްފައި ވާހަކަ ދެއްކިއެވެ. “އާން…ފެނިގެންނު ތިގުޅީ…!” ރިހާން ހަމަ ފިނި އަޑަކުން ބުނެލިއެވެ. އެ އަޅާލުންކުޑަކަމަށް ލިއާ އާދަވެފައި ހުއްޓަސް ހިތަށް އަސަރުކުރިއެވެ.
ލިއާއަށް ނުހުރެވިގެން ބައްދަލުކުރަން ބުނުމުން ރިހާން އެއްބަސްވިއެވެ. ދެމީހުން ބައްދަލުކުރީ ބީޗާއި ކައިރީގައި އޮތް ވަލެއްގައެވެ. ފޫޓެއްހާ ދުރުމިނުގައި ދެމީހުން ތިބު އިރު ލިއާ ހުރީ ފެންކަޅިވެފައެވެ.
“އަހަރެން މަތިން އެއްވެސް ވަރަކަށް ހަނދާނެއް ނުވޭތަ…؟” ލިއާ ދެރަވެފައި ހުރިކަން ނާންގަން މަސައްކަތް ކުރަމުން އަހާލިއެވެ.
“ޔެސް…” ރިހާން ޖަވާބު ދިނީ ނުހަނު ފަސޭހައިންނެވެ. ލިއާއަށް ނުރޮވުނީ ކިރިޔާއެވެ. ރިހާންގެ ފަރާތުން ބޭކާރު އުއްމީދެއް ކުރެވުނީ ލިއާއަށެވެ. ކުރިއާއި ހިލާފަށް މިފަހަރު ލިއާއާއި ގާތްވާކަށް ރިހާން އެއްވެސް މަސައްކަތެއް ނުކުރެއެވެ. ދެޖީބަށް އަތްޖަހާލައިގެން ހުރިއިރު ލައިގެން ހުރި ގަދަ ޗޮކުލެޓުކުލައިގެ ޓީޝާޓާއި ކާކީ ކުލައިގެ ސޯޓުގައި ރިހާން ފެންނަލެއް ނުހަނު ހިތްގައިމެވެ.
“ހަނދާން ނުވާއިރު އެހެންވީމަ ނުއެއް ގުޅާނެތާ ދޯ…” ލިއާ ހިތި ހިނިތުންވުމާއެކު ބުނެލިއެވެ.
“އައި ހޭވް އަ ގާލްފްރެންޑް…” ރިހާން ބުނެލީ އާދައިގެ ގޮތަކަށް ނަމަވެސް އެ ލަފުޒުތައް ލިއާގެ ހިތަށް ހެރުނު ހަންޖަރެއް ފަދައެވެ. ރިހާން އެންމެންނާއި ގުޅުން ބޭއްވިޔަސް އޭނާއާއި ގުޅެން ބޭނުން ނުވަނީ ކީއްވެހެއްޔެވެ؟ އޭނާގެ ކުށަކީ ރިހާންދެކެ އިންތިހާއަށް ލޯބިވުންހެއްޔެވެ؟ ލޮލުން އައި ކަރުނަތައް ފޮހެލަމުން ލިއާ ރިހާނަށް ބަލާލިއެވެ.
“އޯކޭ…އައިސްދިނީތީ ތޭންކްސް…ދެން ދަނީ…” ލިއާ ހިތްވަރުކޮށްލާފައި ކަރުނައިގެ ތެރެއިން ހިނިތުންވެލިއެވެ. ރިހާން ބަލަހައްޓައިގެންހުރީ ތަފާތު ގޮތަކަށެވެ. ރިހާން ބަލަން ހުރި ގޮތުން ލިއާ ވެސް ދާން ނުކެރިފައި ހުއްޓާ ރިހާން ގާތްވެލާފައި ލިއާ ގައިގަ ބައްދާލައިފިއެވެ.
“ބާއި ލިއާ…ޓޭކް ކެއަރ…” ކުޑަ އިރުކޮޅެއް ވީފަހުން ސިހި ހުއްޓުން އަރާފައި ހުރި ލިއާ ގައިން ދޫކޮށްލަމުން ރިހާން ހިނގައިގަތެވެ. ލިއާއަށް އެ ވީގޮތެއް ނޭނގުނެވެ. ރިހާންގެ އަމަލުތަކުން ބައެއްފަހަރު ލިއާއާއި އަޅާލާހެންވެސް ހީވެއެވެ. ނަމަވެސް ރިހާން ކަންތައްކޮށްފައިވާ ގޮތުން އެކަން ގަބޫލުކުރަން ދަތިވެއެވެ.
އޭގެ ފަހުން އަނެއްކާވެސް ލިއާ ދޭތެރެއަކުން ރިހާނަށް ގުޅައެވެ. ނަމަވެސް ކުއްޖަކާ ރައްޓެހިވެގެން އުޅެންޏާ ނުގުޅާ ހުރެއެވެ. ރައްޓެހިނުވެ ހުރިނަމަ ލިއާއާއި އަލުން ގުޅުމަށް އެދި ރިހާން ގާތުން އާދޭސްކުރިއެވެ. ނަމަވެސް ރިހާން ހުރީ ގޮތުގައެވެ. ސުމާއާއި އަލްޔާއަށް އެނގުމުން މިފަހަރު އެކުދިން ހިޔާރުކުރީ ހިމޭންކަމެވެ. ނަސޭހަތް ދެވޭނީ ވަކި ވަރަކަށް ނޫންހެއްޔެވެ؟ އޭގެ ފަހުން ދެއަހަރު ފާއިތުވެގެން ދިޔައީ އެކަހަލަ ގޮތަކަށެވެ.
ހެނދުނު ހޭލިއިރު ލިއާގެ މޫނުގައި ކަރުނައިގެ ރޮނގުތައް ހިކި ފާހަގަވާން ހުއްޓެވެ. އޭނާއަށް ރޭގައި ނިދުނީ ރިހާންގެ ހިޔާލުތަކުގައި އޮވެއެވެ. މާޒީގެ ހަނދާންތައް އާވާ ކޮންމެ ފަހަރަކު އެ ހިތަށް އެހާ އަސަރުކުރެއެވެ. ނަމަވެސް އަދިވެސް ރިހާންއާއި އެއްކޮށް ގުޅުން ކަނޑާލަން އޭނާއަށް ދަތިވެފައިވެއެވެ. ރިހާނަށް ނުގުޅާ ދުވަސްކޮޅެއް ވުމަށްފަހު ރޭގައި ގުޅީ ސުމާއާއި އަލްޔާ ދެއްކި ވާހަކައެއްގެ ސަބަބުން ރިހާން މަތިން މާ ބޮޑަށް ހަނދާންވެގެންނެވެ.
ނުނިމޭ
Curious about who they really are? Visit my page for the character reveals
“Lavendertales14”
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
10 Comments!
Comments are closed.




Lia girl plx find ur self worth
not worth it for a man like rihan
may she find happiness
Vv dherave kiyaafa bcz baeh kudhin ge haalathu hageegathuga vx hunna goi kan feel veema
Author ge discription varah kamudhey
Keep it up
New fan here 🩷
Thank you so much 🥹💗 I promise Lia’s journey is about finding her worth… just wait a little longer ☺️
Alheyh hama rovijje 😭😭rihan lia ah ehn nuhadhabala 😭😭 Ma Sha Allah v reethi mi part vx u r too gud ♥️ curiously waiting for the next part 🖤 when next…
Tell Rihan yourself 😭 he doesn’t listen to me either… next part coming soon 👀💗
Alhey hadhan lahunney sheex ah mi part Mi kuyunee
What is wrong with e rihaakuru gadah 😾😾😾
Why did he stole her 1st kiss 😘
But I was surprisingly amazing I guess 🫰🙀🤭
Alhey boys nujeheyneyey aadheys kuraakah gurls kuraakah
What can I say is there agu vehteynii
AURA OF RIHAAKURU 🧑V FUNNY😒🤎
BTW gurll mi part ves on fire so fairytale 🧚♂️ 🧚♀️
CW4THENEXTP ❤️
TC💛
Rihan really risking his reputation AND your anger at the same time 💀😂 He stole the kiss AND peace in the comments 😭😂 Btw thank you girl 🥹💗
Aaaah this is making me so mad!!! Leah please let go of him for the sake of your self-respect girl I cannot-😭😭😭
Leah heard you… she just chose to ignore it 😭😂
Girl I love your replies 😭❤️ Btw when next part? I check this site everyday waiting for this story
You’re so sweet 🫶 sorry for the delay, things have been a bit hectic but it’s coming soon 💗