Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބިން ބުނާތީ 10

Itxlevender
Itxlevender Level 210 Stories100 Comments100 Login
April 20, 2026 3 Mins Read
12 Comments

އެ ކިލާހަށް ވަނީއްސުރެ ލިއާގެ ހިތަށް ހަމަޖެހުމެއް ލިބުނު ވަގުތަކީ އެއެވެ. ހީވަނީ ބޮލުން ބޮޑު ބަރެއް ނެގުނުހެންނެވެ. ނޭވާލާންވެސް ފަސޭހަވެގެން ދިޔައެވެ.

ޒޭޑެން ގޮސް އޭނާގެ މޭޒު ކުރިމަތީ ހުއްޓުނެވެ. “ސިންސް ދިސް އިޒް ދަ ފަސްޓް ޑޭ، އައެމް ނޮޓް ޓީޗިން މަޗް…އައެމް އޮބްޒަރވިން ޔޫ…” ޒޭޑެން ބުނެލިއެވެ. އެވަގުތު ކިލާސްތެރެ ހަމަހިމޭންވެގެން އައެވެ. ޒޭޑެން ދެއަތް ގުޅުވާލަމުން ހިނގާލާފައި އައިސް ހުރިހާ ކުދިންނާ ކުރިމަތިވާހެން ހުއްޓިލިއެވެ. އޭރު ބައެއް އަންހެން ކުދިންގެ ނަޒަރު ހުރީ ހާމަވެފައިވާ ޒޭޑެންގެ އަތުގެ މުލައްދަނޑިއަށެވެ. ޓީޗަރަކަސް ރީތި މީހެއް ފެނިއްޖެނަމަ ބެލުމަކީ އިންސާނީ ޠަބީއަތެއް ނޫންހެއްޔެވެ؟ ޑަސްޓީ ބްލޫ ގަމީހަކާއި ގަދަ މުށިކުލައިގެ ފަޓުލޫނެއްގައި ބެގީކޮށްފައި ހުރިއިއިރު ގަމީހުގެ ދިގު އަތުކުރިވަނީ އޮޅާލެވިފައެވެ. ގަމީސް ގަޔަށް ހިފާލެވިފައި ވީއިރު ކަސްރަތީ ހަށިގަނޑެއްކަން ހާމަވެއެވެ. އަޅާފައި ހުރި ނަންބަރު އައިނު އެ މޫނާ ގުޅެއެވެ. ކުދިންނަށް ބަލަން ހުރެ އޭނާ ބުނެލީ ހީވެސް ނުކުރާފަދަ އެއްޗެކެވެ.

“ޓޭކް އެ ޕީސް އޮފް ޕޭޕަރ… ރައިޓް ވަން ތިންގް ޔޫ ތިންކް ޔުއަރ ބެސްޓް އެޓް…” ޒޭޑެންގެ ސުވާލު އަހާފައި ކުދިންގެ މޫނުމަތިން ހައިރާންކަންފެނުނެވެ. އެކަކު އަނެކަކުގެ މޫނަށް ބަލާލީ ހައިރާންކަމާއެކު އެވެ.

ބަހެއް ބުނުމެއް ނެތި ގަނޑެއް ނަގައިގެން ހުރިހާ ކުދިން ލިޔަން ފެށިއެވެ. ލިއާވެސް ނެގި ގަނޑަށް ބަލަން އިނީ ފުން ވިސްނުމެއްގައެވެ. އޭރު ގަލަމުގެ ކޮޅު ވަނީ ތުންފަތުގައި ޖައްސާލެވިފައެވެ. ލިއާ އާއި ހިލާފަށް ކައިރާ މިނެޓެއް ނުވަނީސް ލިޔެލީ ފަސްޖެހުމެއް ނެތިއެވެ. ލިއާވެސް ވިސްނަން އިނދެފައި ލިޔަން ފެށިއެވެ. “ޓްރައިން މައި ބެސްޓް…!”

ގޮނޑި ފަހަތަށް ޖައްސާލަމުން އަލީޝާ ގަލަން މޭޒުމަތީ ބާއްވާލިއެވެ. “ދިސް އިޒް ޓޫ އީޒީ…؟ ވަޓް އިޒް ދިސް…؟ ކިންޑަރގާރޑަން…؟” އޭނާ މަލާމާތުގެ ގޮތަކަށް ވާހަކަދެއްކިއެވެ. މީޝާ ހޭންފެށިއެވެ.

“އަހަރެމެންގެ ހޭންޑްރައިޓިން ބަލަން ބޭނުންވީ ކަންނޭނގެއޭނު…” މީޝާ ބުނެލިއެވެ.

“އޯރ މޭބީ ހީ އިޒް ޓެސްޓިން ހޫ އިޒް ބޯރިން…” އިފާ އިތުރުކޮށްލިއެވެ. އޭނާގެ ޖުމްލަތައް ބެހެއްޓީ ލިއާއަށް އަޑުއިވޭ ވަރަށެވެ. ލިއާ އަށް އަޑު އިވުނުނަމަވެސް އެކަމަށް ސަމާލުކަން ނުދީ ވޭތޯ ބެލިއެވެ. އޭނާ ލިއުމުގައި މަޝްއޫލުވެ އިނެވެ.

ޒޭޑެން ފަހަރަކު ބަރިއެއް ކައިރިން ހިނގަމުން ދިޔައެވެ. އިވެމުން ދިޔަ އަޑުތަކަށް އޭނާ ސަމާލުކަމެއް ނުދިނެވެ. ހަމައެކަނި ބަލަމުން ދިޔައީ ކުދިން ލިޔަމުންދާ އެއްޗެއްސަށެވެ. ލިއާގެ ޑެސްކު ކައިރިއަށް އާދެވުމުން އޭނާ މަޑުޖެހިލިއެވެ. އެއަށްފަހު ލިއާގެ ކަރުދާހަށް ފުން ނަޒަރެއް ދިނެވެ. އެ ކުޑަ ހަރަކާތުން ލިއާ ހާސްވާގޮތްވިއެވެ. ނަމަވެސް އެއްޗެއް ބުނުމެއް ނެތި ޒޭޑެން އަނެއްކާވެސް ހިނގަން ފެށިއެވެ.

ދުރުގައި އިން ކައިލް ގޮނޑީގައި ލެނގިލައިގެން އިން އިރު އެއް އަތް ވަނީ ޑެސްކް މަތީގައެވެ. މޫނުމަތިން ސަމާލުކަން ކުޑަކަމަށް ފެނުނަސް އެ ލޮލުން ބުނެދެނީ އެހެން ވާހަކައެކެވެ. ޒޭޑެން ލިއާ ގާތަށް ހުއްޓުނު ވަގުތު އޭނާއަށް ބޭއިހްތިޔާރުގައި ބެލުނެވެ. ކައިލްގެ ޑެސްކް ކައިރިން ލާފައި ޒޭޑެން ދިޔައިރުވެސް ބަހެއް ނުބުނެއެވެ. ނަމަވެސް އެ މޫނުމަތިން ފެންނަނީ ޔަގީންކަމެއްގެ ކުލަވަރެވެ. ކުދިންގެ ފަރާތުން އޭނާ ހޯދަން ބޭނުންވާ ކަންކަން ދެނެގަންނަމުން ދާ ކަހަލައެވެ. ހިނގަމުން ގޮސް ޒޭޑެން އޭނާގެ މޭޒު ކައިރިއަށް މަޑުކޮށްލިއެވެ.

“ޑަން…؟” އޭނާގެ ސުވާލާއެކު ހުރިހާ ކުދިން ކަހަލަ ގޮތަކަށް ބޯ ޖަހައިލިއެވެ.

ޒޭޑެން އެއްވެސް ޕޭޕަރެއް ނުނެގިއެވެ. އޭގެ ބަދަލުގައި ގޮސް ބޯޑު ކައިރިއަށް ހުއްޓުނެވެ. “ކީޕް އިޓް…ނައު އާންސަރ ދިސް…” ބޯޑާއި ކުރިމަތި ލާފައި ޒޭޑެން ލިޔަން ފެށިއެވެ.

“ވައި ޑޫ މޯސްޓް ޕީޕަލް ފެއިލް ބިފޯރ ދޭ އީވެން ޓްރައި…؟” ޒޭޑެން ލިޔުނު ސުވާލުގައި ވެއެވެ. ކިލާހަށް ވެރިވެގެން ދިޔައީ ފުން ހަމަހިމޭންކަމެވެ. އަލީޝާގެ މަލާމާތުގެ ހިނިތުންވުން ފޭދުނެވެ. ލިއާ އަށް ކައިރާގެ މޫނަށް ބަލާލެވުނު އިރު އެ މޫނުންވެސް ފެންނަނީ ސުވާލުމާކެވެ. ކައިލް އޭނާގެ އާދައިގެ މަތިން ދެބުމަ ގޮށްޖަހައިގެން ބޯޑަށް ބަލަން އިނެވެ. އޭރުވެސް އޭނާއަށް ހުއްޓިފައިވާ ނަޒަރުތައް މަދެއް ނޫނެވެ.

ކުދިންތައް އަނެއްކާވެސް ލިޔަން ފެށިއެވެ. އަލީޝާވެސް ފާޑަކަށް އިނދެ ލިޔުނެވެ. “ދިސް އިޒް ސޯ ޑްރެމެޓިކް ފޯރ ދަ ފަސްޓް ޑޭއި…” އަލީޝާ ފޫހިކަމާއެކު ބުނެލިއެވެ. “އައި ތިންކް ހީ ލައިކް ކޮންފިއުޒިން ޕީޕަލް…” އަލީޝާ ގާތަށް ޖެހިލާފައި މީޝާ ބުނެލިއެވެ. އިފާ އެއްމިޔަކަނުން ހީލިއެވެ. “އޯރ ބްރޭކިން ދެމް…!”

އެ ބަސްތައް އަޑުއިވި ލިއާއަށް ކުޑަކޮށް ދަތްތަކަށް ބާރުކޮށްލެވުނެވެ. ނަމަވެސް އެކަމަށް ސަމާލުކަން ނުދީ ވޭތޯ ބެލިއެވެ. ޒޭޑެންގެ ތޫނުފިލި ސިކުނޑިން އެ ހުރިހާ ކަމެއް ނަގައިގަނެވުނެވެ. އެންމެފަހުން ވެރިވެފައިވި ހިމޭންކަން ފުނޑުފުނޑުކޮށްލަމުން ޒޭޑެން ވާހަކަ ދެއްކިއެވެ.

“އައި ޑޯންޓް ކެއަރ އެބައުޓް ޕާފެކްޓް އާންސަރސް…”

ދެން އައީ މަޑުޖެހިލުމެކެވެ.

“އައި ކެއަރ އެބައުޓް ހޮނެސްޓް ވަންސް…”

އަނެއްކާވެސް ވެރިވީ ހަމަހިމޭންކަމެވެ. މިނެޓުތަކެއް ފަހުން ޒޭޑެން އަތްޖަހާލިއެވެ. “ދެޓްސް އިނަފް…”

ކުދިންގެ މޫނުމަތިން ފެނުނީ ސުވާލުމާކުތަކެވެ. މިވީ ގޮތެއް އެކަކަށްވެސް ނަގައިނުގަނެވުނެވެ.

“ދެޓްސް އިޓް…؟” ކުއްޖަކު އަހާލިއެވެ.

ޒޭޑެން އޭނާގެ ފޮތްތައް ތަރުތީބު ކޮށްލިއެވެ. “ފޯރ ޓުޑޭ…!”

އޭނާ އަނެއްކާވެސް ކުދިންނަށް ނަޒަރެއް ދިނެވެ. “ބިފޯރ އައި ލީވް، އެނީ ކުއެސްޝަންސް…؟” އޭނާ ކަންތައް ކުރިގޮތުން ކުދިން ހައިރާންވެ ތިބިކަން އެނގޭތީ ޒޭޑެން އަހާލިއެވެ. އެވަގުތު މެދުގައި އިން ރަނާ އަތްމައްޗަށް ނެގިއެވެ.

“ސަރ…އާރ ޔޫ މެރީޑް…؟” ފިސާރި ކެރި ހުރެ ރަނާ އަހާލިއެވެ. އެވަގުތު ބައެއް ކުދިން އަނގަމަތީ އަތް އެޅިއިރު ފިރިހެން ކުދިންނަށް ހެވުނެވެ. ޒޭޑެން އެއްބުމަ ހިއްލާލިއިރު އެ މޫނުމަތިން ފެނުނީ ހަމަޖެހުމުގެ ކުލަވަރެކެވެ.

“ހމމ…އިންޓެރެސްޓިން ކުއެސްޝަން…އަންފޯޗުނެންޓްލީ، ނޮޓް ޕާރޓް އޮފް ޓުޑޭސް ލެސެން…” ޒޭޑެންގެ ރައްދު އަހާފައި ގިނަކުދިންނަށް ނުހުރެވިގެން ހޭންފެށިއެވެ. ރަނާވެސް ރަކިވިކަން ނުދައްކަން އައި ސީ އޭ ބުނެލާފައި ގޮނޑީގައި ހަމަޖެހިލައިފިއެވެ. ކައިރާ ގާތަށް ހުރީ ނުލަފާ ހިންޏެއް އައިސްފައެވެ. ލިއާ އިނީ ހޭން ނުކެރިފައެވެ.

ފޮތްތައް ހިފައިގެން ނިކުތުމުގެ ކުރިން ޒޭޑެން އަނެއްކާވެސް ކިލާހަށް ނަޒަރު ހިންގާލިއެވެ. “ޓުމޯރޯ އައި ވޯން’ޓް ބީ ދިސް އީޒީ…” އެ ޖުމްލައާއެކު ކިލާސްތެރެ އަނެއްކާ ސީރިއަސްވިއެވެ. ވާހަކަދެއްކުމުގެ އަޑުވެސް އިވުނީ ޒޭޑެން ދިޔަތާ އިރުގަނޑެއް ފަހުންނެވެ.

ގޮނޑީގައި ރަނގަޅަށް ހަމަޖެހިލަމުން ކައިރާ ވާހަކަދައްކަން ފެށިއެވެ. “ހީ އިޒް ހޮޓް…އެން ސްކެއަރީ…!” ކައިރާ ލިއާ އާއި ވާހަކަދެއްކިއެވެ. ލިއާ އިނީ ފުން ވިސްނުމެއްގައެވެ. އެހެން އެކަކަށް ނޭނގުނަސް އޭނާއަށް ޒޭޑެން ކުރި ކަންތައް ނަގައިގަނެވިއެއްޖެއެވެ.

“ހީ އެކްޗުއަލީ އޮބްޒަރވްޑް އަސް…ސަރ ބޭނުންވީ އަހަރެމެންގެ ގޮތް ދެނެގަންނަން…” ލިއާގެ ވިސްނުން ރަނގަޅެވެ. ކަމެއް ނަގައިގަނެވުމުން ދެލޯ ބޮޑުކޮށްލާހެން ލޯ ބޮޑޮކޮށްލަމުން ކައިރާ އަނގަމަތީ އަތްއެޅިއެވެ. “ވާއު…ހީ މައިޓް ތިންކް އަހަރެން މީ ވިސްނާނުލާ އަވަސްއަރުވާލައިގެން ކަންތައް ކުރާ ކުއްޖެކޭ…ސޯ ދެޓްސް ވައި ހީ ގޭވް ސަޗް އަ ސިލީ ޓާސްކް…ވެލް، ނައު ދެޓް އައި ނޯ ވައި ހީ ޑިޑް ދެޓް. އިޓްސް ނޮޓް ސިލީ އެޓް އޯލް…” ކައިރާ ވާހަކަ ދެއްކިއެވެ. ލިއާ ވިސްނަމުން ބޯޖަހައިލިއެވެ.

އަލީޝާގެ ނަޒަރު ހުރީ ލިއާއަށް ހުއްޓިފައެވެ. މޫނުމަތިން ފާޅުވަނީ ފޫހިކަމެވެ. “ޝީ ތިންކްސް ޝީ އިޒް ސްޕެޝިއަލް އޯލްރެޑީ…” އަލީޝާ މޫނަށް ވައްތަރެއް ޖައްސާލިއެވެ.

“ލެޓްސް ސީ ހައު ލޯންގް ޝީ ލާސްޓްސް ހިއަރ…”

“ނޮޓް ލޯންގް އައި ތިންކް…” މީޝާގެ ޖުމްލައަށް ނުލަފާ ގޮތަކަށް ހީލަމުން އަލީޝާ ރައްދުދިނެވެ. އޭނާ ލިއާ ދެކެ އެ ވާންފެށި ފޫއްސެއް ނޭނގެއެވެ. އޭނާ ދެކޭ ގޮތުގައި އެ ސުކޫލަށް އައުމުގެ ފެންވަރެއް ލިއާގެ ނެތެވެ. ފޫހިވަނީ އެހެންވެއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Itxlevender
Follow Me Written By

Itxlevender

Level 210 Stories100 Comments100 Login

A girl lost in pages and feelings ✨

Other Articles

Previous

ނޭދެން ވަކިވާކަށް – 5 ވަނަ ބައި

Next

ގާތުގާ… 13

Next
April 20, 2026

ގާތުގާ… 13

Previews
April 20, 2026

ނޭދެން ވަކިވާކަށް – 5 ވަނަ ބައި

12 Comments!

  1. Its just me says:
    April 20, 2026 at 9:05 pm

    Omg Mr.zayden hama fenna kahala 🥵😍 btw mi part vx v reethi Ma Sha Allah 🤍 haadha foohssey mi alisha menn ulhey gothun 🙄🙄 alhe kayl j v tha 🤭🤭 waiting for next… Tc ♥️

    1. Itxlevender Itxlevender says:
      April 21, 2026 at 8:41 am

      I’m so glad you’re enjoying it 🤍 And Aleesha won’t stay comfortable for long… Kyle’s feelings? Let’s just say he’s starting to notice more than he should 👀

  2. SHIX says:
    April 20, 2026 at 10:49 pm

    Wow mi part v reethi MA
    Kail jealous vaneetha anekaa?
    “Sir are u married” got me rolling
    But he is hot I can image
    Mihen bune vuneetheeves yageen punishment dheyne sheex ah mirey (mi comment fenijiyaa )
    E alishaa hurihaa dhey thereakah ves boa kohpaa eba
    Sahaadheh mibunee fahun roane adhi e 3 meehun
    I need liaa ge inna kahala mind eh! hmmm!!!
    CW4THENEXTP
    Tc

    1. Itxlevender Itxlevender says:
      April 21, 2026 at 8:43 am

      HAHA that ‘sir are you married’ moment was too good 🤣 Zayden really said stay in your lane without even trying. And Aleesha… yeah, karma is taking notes 👀 As for Leah, we all need a brain like hers fr 😭✨

  3. Lamtty Lamtty says:
    April 21, 2026 at 7:33 pm

    Allahumma baarik!Alheyy vrh reethi ❤️
    Hama hiy dhahikohlaafa thi ninmaali. 🥺
    Waiting very impatiently for other parts Inge 💕

    1. Itxlevender Itxlevender says:
      April 21, 2026 at 10:04 pm

      Aww thank you so much love 💗 That really means a lot coming from you 🥹💗

  4. Anonymous says:
    April 22, 2026 at 7:37 pm

    This is pure shit

    1. Kyle says:
      April 25, 2026 at 7:34 pm

      Get well soon buddy.

  5. Anonymous says:
    April 22, 2026 at 7:38 pm

    Mi vaahaka eh?

    1. Reehaan says:
      April 25, 2026 at 7:36 pm

      Kamu nudhiyas mivaahaka thikee.!

  6. Doju says:
    April 25, 2026 at 10:49 am

    Can you just shut up and stop reading this ehenviyya. Aharun kiyaa hithun halaaku vaa varuge vaahaka ekey mi. Konmehen magey fav author ah insult nukuriyas vedhaane. Mi author ge hiy maraalan vhk ah comment kuraane kameh neiy 🙄🙄 theena ah keehkuran mi vhk ah vannany 😤😤 Itxlevender mi thaakun thaaku nujehey meehaage vhk gaboolu nukurahche 😫😫

    1. Itxlevender Itxlevender says:
      April 25, 2026 at 2:35 pm

      Thank you for standing up for me like that. I truly appreciate you having my back. I won’t forget it 💗

Comments are closed.

Next Episodeލޯބިން ބުނާތީ 11←


All Right Reserved!