ލޯބިން ބުނާތީ 11
ޒޭޑެން ނިކުމެގެން ދިޔަފަހުން ދެން އައީ ބްލޯންޑް އިސްތަށިގަނޑެއް ހުރި އަންހެން ޓީޗަރެކެވެ. އޭނާ އައިސް ފުރަތަމަވެސް ތައާރަފު ވެލިއެވެ. “މައި ނޭމް އިޒް ވިކްޓޯރިއާ ހޭލް…އައެމް ޔުއަރ އިންގްލިޝް ޓީޗަރ…” ތައާރަފު ދީފައި އޭނާ އެދުނީ ހުރިހާ ކުދިން މީޓިން ހޯލަށް ދިއުމަށް ތައްޔާރުވުމަށެވެ. ބައެއް ކުދިން ފޫހިވެފައި ތިބެ ކުދިކިޔަމުން ތެދުވިއެވެ. ދަބަސްތަކާއި އެއްޗެހި ކިލާހުގައި ހުރި އެކުއްޖަކަަށް ހާއްސަވެފައިވާ ކަބަޑަށް ލަމުން ހުރިހާ ކުދިންވެސް ވިކްޓޯރިއާ ފަހަތުން އައެވެ.
ފުރަތަމަ ދުވަސްކަމުން ހާއްސަ އެސެމްބްލީއެއް އޮތެވެ. މީޓިން ރޫމަށް ވަތް ކައިލް ފެނުމުން އެހެން ކުލާސްތަކުގެ ކުދިންވެސް އެނބުރި ކަރު ދަމަދަމާފައި ބަލަމުން ދިޔައެވެ. އެ އެންމެންގެ ތެރެއިން ކައިލް ފާހަގަވަނީ ވެލިތަކެއް ތެރޭވާ ޖަވާހިރެއް ފަދައިންނެވެ. ކައިލްއަށް ހުއްޓެމުން ދިޔަ އަންހެންކުދިންތަކުގެ ނަޒަރުން އަލީޝާއަށް ހުރެވުނީ ދަތްކުނޑި ވިކާލައެވެ. އޭނާގެ ހިޔާލީ ދުނިޔޭގައި މިހާރު ކައިލްއަކީ ހަމައެކަނި އޭނާގެ މީހެއް ކަމުގައި ހަދައިފިއެވެ. މި ހުރިހާ ކަމަކަށް ކައިލްގެ އެއްވެސް ސަމާލުކަމެއް ނެތެވެ.
އެ ސުކޫލުގެ ޕްރިންސިޕަލްގެ ވާހަކައިގަ ސުކޫލުގެ ގަވައިދުތަކަށް ބޯލެނބުމަށާއި ހިތްވަރާއެކު ކިޔެވުމަށް ކުދިންނަށް ނަސޭހަތްތެރިވިއެވެ. ގިނަ ކުދިން ތިބީ އާފުރޭށެވެ. މީޓިންއަށް ފަހު ޖެހުނީ އޭ ވީ ރޫމަށް ދާށެވެ. އެތަނުން ކޮންމެ ކުއްޖެއްގެ ފޮޓޯ ވަކިވަކިން ނެގިއެވެ. ސްޓޫޑެންޓް ކާރޑް ހެދުމަށެވެ.
ކިލާހަށް އާދެވުނުއިރު ދެވަނަ ގަޑި ނިމި ތިންވަނަ ގަޑިވެސް ފާއިތުވެއްޖެއެވެ. ދެން އޮތީ ބްރޭކް ގަޑިއެވެ. ބޭނުންނަމަ ގެއަށް ދެވޭނެކަންވެސް ވަނީ އަންގާފައެވެ. ނަމަވެސް ހުރިހާ ކުދިން މިސްރާބު ޖެހީ ކެންޓީނަށެވެ. ގެއަށް ދާން ބޭނުންވެފައި އިންނަމަވެސް ލިއާއަކަށް ނުކެރުނެވެ. އެހެންކަމުން ކައިރާގެ އެދުމުގެ މަތިން ކައިރާ އާއި އެކު ލިއާވެސް އައެވެ.
ކެންޓީނަށް ވަދެވުމާއެކު ލިއާގެ ދެލޯ ތަރަތަރަޖަހައިގެން ދިޔައެވެ. އެންމެ މަތީ ފެންވަރުގެ ކާތަކެތީގެ ވަހުން މުޅިތަން ވަނީ އެއްވަސްވެފައެވެ. ހާސްވެ ކަންބޮޑުވީ ލާރި ދައްކަން ޖެހޭނެކަން އެނގޭތީއެވެ. އޭރު އަލީޝާ ނުލަފާ ހިނިތުންވުމެއްގައި ހުރެ ލިއާގެ ހަރަކާތްތަކަށް ބަލަމުންދިޔައެވެ.
“އެފޯޑް ނުކުރެވޭއިރުވެސް އަދި މިތަނަށް އަންނަންވެއްޖޭ…” ގާތު ތިބި މީޝާ އާއި އިފާއަށް އަޑުއިވޭ ވަރަށް އަލީޝާ ބުނެލިއެވެ. އެމީހުން މަލާމާތުގެ ރާގަކަށް ހޭންފެށިއެވެ.
“ހޭ އިޓްސް އޯކޭ…” ލިއާގެ އަތުގައި ހިފާލަމުން ކައިރާ ބުނެލިއެވެ. އަދި ލިއާ ދެކޮޅުހަދަން އުޅެނިކޮށް ލިއާ އަތުގަ ހިފާ ދަމައިގަނެގެން ކާތަކެތި އަތުރާފައި ހުރި ދިމާލަށް ދިޔައެވެ. ލިއާއަށް ޖެހުނީ ދާށެވެ. ކައިރާ ގޮސް ލިއާ އަތަށް ޓްރޭއެއް ދިއްކޮށްލިއެވެ. ލިއާ އޭގައި ހިފިއިރު ހާސްވެފައި ހުރިވަރުން ޓްރޭ އަތުން ދޫނުވީ ކިރިޔާއެވެ. ލިއާ އަމިއްލައަށް އެއްވެސް ކަމެއް ނުކުރާނެކަން އެނގޭތީ ކައިރާ އޭނާ ނަގަމުން ދިޔަ ވައްތަރުތަކުން އެތިކޮޅެއް ލިއާގެ ޓްރޭއަށްވެސް ލަމުން ދިޔައެވެ.
“ހޭ އިޓްސް އޯކޭ…މިހާ ގިނައިން ދެން ނުވެސް ކެވޭނެ…” ލިއާ އާދޭހުގެ ރާގަކަށް ބުނެލުމާއެކު ކައިރާ ހުއްޓާލިއެވެ. ލާރި ދައްކާފައި ކައިރާ އައުމާއެކު ލިއާ އަތުގައިވި ޓްރޭއަށް ނަޒަރު ހިންގާލިއެވެ. ވައިޓް ސޯސް މަޝްރޫމް ޕާސްތާ އާއި އެކު ރީތިކޮށް ފިހެލާފައިވާ ކުކުޅު ފޮތިތަކާއި ސެލެޑެވެ. އަރަމުން ދިޔަ މީރުވަހުން ބަނޑު ފުރޭހާ ވެއެވެ. ކައިރާ ކަންތައް ކުރި ގޮތުން ލިއާ ޖަޒުބާތީ ވާގޮތްވިއެވެ. ނަމަވެސް އެއީ ހިތުގައި ކައިރާއަށްޓަކާ ޝުކުރުވެރިކަން އުތުރި އެރުމުންނެވެ.
“ލިއާގެ ފޭވެރީޓެއް ނޭނގޭ…އެހެންވެ އަހަންނަށް މިތަނުން އެންމެ މީރު ކެއުން އަޅައިދިނީ…އެނގޭ ވިއްޔާ ލިއާ ނުބުނާނެކަން…” ހުސް މޭޒެއްގައި އިށީންނަމުން ކައިރާ ވާހަކަދެއްކިއެވެ. ލިއާ އިނީ ޝުކުރު އަދާކުރާނެ ގޮތެއް ނޭނގިފައެވެ.
“ފަސްޓް ޑޭ އެޓް ހިއަރ އެންޑް މިހާ އަވަހަށް މުއްސަނދި ކުއްޖެއް އަތު އަޅުވާލީ…” ކާއެއްޗެހި އަޅައިގެން އަންނަމުން މީޝާ އަލީޝާއާއި ވާހަކަދެއްކީ ލިއާމެން ތިބި މޭޒު ކައިރިން ދަމުންނެވެ. ބޭނުމަކީ ލިއާއަށް އަޑު އިއްވާލުމެވެ. އެ އަޑު އިވުނީ ލިއާގެ އިތުރުން އެ މޭޒާއި ޖެހިގެން ދެ މޭޒު ދޫކޮށް އިން ކައިލްއަށެވެ. ބޭއިހްތިޔާރުގައި އޭނާއަށް ލިއާގެ މޫނަށް ބަލާލެވުނެވެ.
ވަގުތުން މޫނުގެ ކުލަވަރު ބަދަލުވުމާއެކު ތުންފަތުގައި ދަތް އަޅާލަމުން އިސްޖަހައިލި ލިއާއަށް ކައިރާ ބަލާލީ ހަމްދަރުދީގެ ނަޒަރަކުންނެވެ. ހަމަ އެއާއެކު އަލީޝާމެން ދެކެ އެހާ ރުޅިއާދެވުނެވެ. ނަމަވެސް އޭނާ އިސްކަން ދިނީ ލިއާ ހަމަޔަކަށް އެޅުވުމަށެވެ. “ހޭއި ޖަސްޓް އިގްނޯރ ދޯޒް ޕައުޑަރ ޕަފް ގާރލްސް…އަހަރެން ހެޔޮހިތުން ދިން އެއްޗެއް މީ…ލިއާ ނުކައިފިއްޔާ އައިލް ފީލް ސޯ ބޭޑް…އެހެން ނޫނަސް ލިއާ ކަހަލަ ބަސްއަހާ ކުއްޖެއް ކާއެއްޗެހި އިސްރާފު ނުކުރާނެ…” ކުޑަކުއްޖަކާ ވާހަކަ ދައްކާހެން ކައިރާ ވާހަކަދެއްކުމުން ލިއާ މަޑުން އިނދެފައިވެސް ކުޑަކޮށް ހިނިތުންވެލިއެވެ. ކައިރާ ކާންފެށުމާއެކު ގަޔާނުވެ އިނދެވެސް އެތިއެތިކޮޅުން ލިއާވެސް ކާން ފެށިއެވެ.
އަަރައިގެން ހުރި ބޫޓުން ތަޅުންމަތީ ޓޮއް އަޑު ގޮއްވަމުން އަލީޝާ އާއި އޭނާގެ އެކުވެރިން އައިސް އިށީނީ ކައިލްމެން އިން މޭޒާއި ޖެހިގެންނެވެ. ހިނގާފަ އައި އަޑުން ހީވަނީ ރޭގަނޑަށް ކަށި ހަންޑި ހިނގާހެންނެވެ. ބައެއް ކުދިން ތިބީ ބޮލަށް އުނދަގޫވެފައެވެ. ނަމަވެސް އެއިން ކަމަކާ އަލީޝާގެ ފަރުވާލެއް ނެތެވެ. ތަނުގެ ވެރި މީހާހެން ހިނގާލާފައި އައި އިރު ހުއްޓުނު ނަޒަރުތަކުން އޭނާ އިނީ ފަހުރުވެރިވެފައެވެ. ނަމަވެސް އޭނާ އެންމެ ބޭނުންވި ފަރާތުގެ ސަމާލުކަމެއް ނުލިބުނެވެ. ކައިލް ފެނުނީއްސުރެ އަލީޝާގެ ހިތުގައި އެ ސޫރަ ބިންވަޅުނެގިއްޖެއެވެ. ހިތާހިތުން އަޒުމްކަނޑައަޅައިގެން ހުރީ ކައިލް އޭނާގެ މީހަކަށް ހެދުމަށެވެ.
“ހައި ކައިލް…” ލަދެއް ނެތި އަލީޝާ ފަހަތަށް އެނބުރިލަމުން ގޮވާލިއެވެ. ކައިލްގެ ރައްޓެހިން އެކަކު އަނެކަކުގެ މޫނަށް ބަލާލިއެވެ. ހީވަނީ ކަމެއް ވާން އުޅޭ ކަމުގެ ސިގްނަލް އެކަކު އަނެކަކަށް ކުރީބައިގަ ފޮނުވާލިހެންނެވެ.
ކައިލްގެ ފަރާތުން އެއްވެސް ޖަވާބެއް ނައެވެ.
އަލީޝާ ރަކިވިއެވެ. އޭނާ ދެކޭ ގޮތުގައި އެކަކަށްވެސް އޭނާ އިގްނޯރ ނުކުރެވޭނެއެވެ. ގަދަކަމުން ހިނިތުންވެލާފައި އަނެއްކާވެސް ވާހަކަދައްކަން ފެށިއެވެ. “އައެމް ޓޯކިން ޓު ޔޫ ކައިލް…” އަލީޝާ ބުނެލިއެވެ. އޭރު ގިނަކުދިންގެ ނަޒަރު އެދިމާލަށް ހުއްޓެމުން ދިޔައެވެ. ކައިރާ އަނގަމަތީ އަތް އަޅައިގެން އިނީ ހިނިގަނޑު ކޮންޓްރޯލް ކުރުމަށެވެ. މީޝާ އާއި އިފާގެ މޫނުމަތިން ފެންނަނީ ކަންބޮޑުވުމެވެ.
ކައިލް އެންމެފަހުން އިސް އުފުލާލިއެވެ. އެ ލޮލާއި ހަތަރުކަޅި ހަމަވެގެން އައުމާއެކު އަލީޝާގެ ގައިގެ ލޯލިތައް ކޮޅަށް ޖެހުނެވެ. އެ ނޫކުލައިގެ ލޮލުގައި ވަނީ އެންމެ ނަޒަރަކުން މީހުން ހިމޭންކޮށްލާފަދަ ތޫނު ކަމެކެވެ. ކައިލްގެ މޫނުމަތިން އެއްވެސް އަސަރެއް ފާޅުނުވެއެވެ. “ދެން ޑޯންޓް…!!!”
ކައިލްގެ ރައްދު އަހާފައި އަލީޝާގެ މޫނުމަތީ ހީވީ މީހަކު ބާރު އެތިފަހަރެއް ޖެހިހެންނެވެ. އެ ހިނިތުންވުން ފިލައިގެން ދާން ސިކުންތެއްވެސް ނުނެގިއެވެ. ކައިލްގެ ރައްޓެހިން ތެރެއިން ބައެއް ކުދިން ކަރުކެހިލަމުން މޭޒުގައި އުޅަނބޮށި ވިއްދާލީ އަނގަމަތި ފޮރުވަމުންނެވެ. މުޅި މާހައުލަށް ވަނީ ހަމަހިމޭންކަން ވެރިވެފައެވެ. އަލީޝާއަށް މަލާމާތުގެ ގޮތަކަށް ބަލަމުން ދިޔަ ކުދިންވެސް މަދެއް ނޫނެވެ.
“އެކްސްކިއުޒްމީ…؟” އެސްފިޔަ ޖަހާލުމެއް ނެތި އަލީޝާ ބުންޏެވެ. ހީވަނީ ކައިލްގެ ދުލުން ބޭރުވި ބަސްތައް ހަޖަމްނުކުރެވިފައި އިންހެންނެވެ. ދުވަހަކުވެސް މި ބީދައިން އޭނާއާއި މީހަކު ވާހަކަ ދައްކާފައި ނުވެއެވެ. ސަބަބެއް ނެތިއެއް ނޫނެވެ. އޭނާގެ އާއިލާއަކީ ރަށުގައި ނަން ހިނގާ މުއްސަނދި އާއިލާއެކެވެ. ބައްޕައަކީ އަތޮޅުގެ މަޖިލިސް މެންބަރެވެ. އަދި ސިފައަށް ބަލާއިރު، ލިބިފައިވި ހުދު ދޮންކަމާއި އެކު ބުޅި އިސްތަށިގަނޑުގެ ސަބަބުން އެމެރިކަން ކުއްޖަކާ ވައްތަރެވެ. އަދި ދިގު އިސްކޮޅާއި ފަތި ހަށިގަނޑުގެ ސަބަބުން މޮޑެލްކުރަން އެކަށީގެން ވާކަމަށް ގިނަ މީހުން ގަބޫލުކުރެއެވެ. އަލީޝާ އަމިއްލަ ސިފައަށްޓަކާ ފަހުރުވެރި ވާއިރު ކައިލް މިކުރި ކަމަކުން އޭނާގެ ނަފްސުގެ އަގަށް ލޮޅުމެއް އަރައިފިއެވެ.
ކައިލް މިފަހަރު ރީއްޗަށް އަލީޝާ އާއި ކުރިމަތިލިއެވެ. އެ މޫނުމަތީގައިވަނީ ސީރިއަސްކަމެވެ. “އައި ޑޯންޓް ޑޫ ފޯރސްޑް ކޮންވަޒޭޝަންސް…ފައިންޑް ސަމްވަން ހޫ ކެއަރސް…” ކައިލް ބުނެލިއެވެ.
މުޅި މާހައުލު ވަނީ ހަމަހިމޭންވެފައެވެ. ކުދިންތައް ހީވަނީ ނޭވާލާންވެސް ހަނދާންނެތިފައި ތިބިހެންނެވެ. ކާއެއްޗެއްސާ ހަވާލުވެ ތިބި ސްޓާފުންވެސް ތިބީ އެ ޑްރާމާ ބަލާށެވެ. އިރުކޮޅެއް ފަހުން ބައެއް ކުދިން ތަށިތައް ހާވަން ފެށި ގޮތުން ހީވީ ދެންމެ ހިނގައިދިޔަ ކަންތައް ދެނެހުރިކަމަށް ހަދަން ނޫޅެނީހެންނެވެ. އޭރު ހިނިގަނޑު ހިފަހައްޓައިގެން ތިބެ ތިބެ ކައިލްގެ ބައެއް އެކުވެރިންގެ ލޮލުން ފެން އަންނަމުން ދިޔައެވެ.
އަލީޝާ ހުއްޓުން އަރާފައި ހުރި އިރު މުޅި މޫނު ވަނީ ރަތްވެފައެވެ. މީޝާއާއި އިފާ އެކަކު އަނެކަކު މޫނަށް ކަންބޮޑުވުމާއެކު ބަލަމުން ދިޔައީ ދެން ކަންތައް ވާނެ ގޮތެއް ނޭނގޭތީއެވެ. އަލީޝާ އެ މާހައުލަށް ނަޒަރު ހިންގައިލިއެވެ. އޭނާއަށް ބަލަން ތިބި ކުދިން އަވަސްއަވަހަށް ނަޒަރު ބަދަލުކޮށްލި ގޮތުން ހީވީ ބިރެއް ފެނުންހެންނެވެ. އަލީޝާ ދެން ބަލާލީ ކައިލްއަށެވެ. އޭރު އޭނާ ހުރީ ފެންކަޅިވެފައެވެ.
“ސޯ ރޫޑް…” ދެރަވެ ލަދުގަތްވަރު ސިއްރުކުރަމުން އަލީޝާ ބުނެލިއެވެ.
“އައި ނޯ…އެޓްލީސްޓް އައި ޑޯންޓް ޓްރައި ސޯ ހާރޑް ޓު ބީ ސްޕެޝަލް…” ކައިލްގެ ރައްދާއެކު މިފަހަރު އޭނާގެ ބައެއް އެކުވެރިންނަށް ނުހުރެވިގެން ހޭންފެށިއެވެ. ލޮލުން ކަރުނައެއް ވެއްޓުމާއެކު އަލީޝާ އިތުރަށް އެތާކު މަޑެއް ނުކުރިއެވެ. އަރައިގެން ހުރި ބޫޓުން ޓޮއް އަޑު ގޮއްވަމުން ބާރުބާރަށް އެތަނުން ނިކުމެގެން ދިޔައެވެ. މީޝާ އާއި އިފާއަށް ވެސް އިންނާކަށް ނުކެރުނެވެ. އެދެމީހުންވެސް އަލީޝާ ފަހަތުން ނިކުތެވެ.
“ބްރޯ…ދެޓް ވޯޒް ބްރޫޓަލް…!” ހީހީ ލޮލުން ފެން އައިސް އިނދެ އިޝާން ބުނެލިއެވެ. ކައިލް ބޯ ޖަހާލުމާއެކު ކެއުމައިގެން މަޝްއޫލުވިއެވެ. އޭނާއަށް ކަމެއް ވީހެންވެސް ހީނުވެއެވެ. އަލީޝާ ނިކުތް ފަހުން ބައެއް ކުދިންގެ ހުނުމުގެ އަޑު އިވެމުން ދިޔައެވެ.
“ޑޭމް……!” ކައިރާ އިނީ ހީހީ ލޮލުން ފެން އައިސްފައެވެ. ލިއާ ހިނިއައި ނަމަވެސް އެކަން ސިއްރުކުރިއެވެ. ހެމުން ހެމުން ގޮސް ކައިރާ ކޮށިއެރުމާއެކު ލިއާ ކައިރާގެ ބުރަކަށީގައި ފިރުމާލިއެވެ. އަދި ފެންތަށި ކައިރިކޮށްދިނެވެ. ކައިރާ ހަމަޔަކަށް އެޅުނީ އޭގެ އިރުކޮޅެއް ފަހުންނެވެ. އަލީޝާއަށް ވީގޮތް ފެނި އޭނާއަށް ހަމަ ހެވެނީއެވެ. އެންމެފަހުން ފެންކޯވަރު ދިރުވާލި ގަޑީވެސް ފުންމައިގެން ތެދުވި އަލީޝާ ހުރި ގޮތް ހަނދާންވެފައި އަނެއްކާވެސް ހީގަނެވުމާއެކު އަނގައިގައި ހުރި ފެންތައްވެސް ދިޔައީ ބުރައިގެންނެވެ. އެ މަންޒަރު ފެނި ގިނަ ކުދިންނަށް ހެވުނެވެ. ކައިލްގެ ލުއި ނަޒަރުވެސް މަޑުން ހެމުން ދިޔަ ލިއާއަށް ހުއްޓުނެވެ. ނަމަވެސް ސިކުންތަކަށެވެ. އިސްޖަހާލިއިރު އެ ތުންފަތްމަތީ ލުއި ހިނިތުންވުމެއް ވިއެވެ.
އެރޭ ނިދަން އޮވެފައި ލިއާއަށް އެކި ކަންކަމާ ވިސްނުނެވެ. ހިތަށް އެންމެ ހަމަޖެހުން ލިބިފައި ވަނީ ސުމާ އާއި އަލްޔާ ނެތްތަން ފޫބައްދައިދެވޭނެވަރުގެ އެކުވެރިއެއް ލިބުމުންނެވެ. ފަގީރުންނާއި މުއްސަނދިން އަޅާކިޔުމުގައި ހައްދަ ފަހަނައަޅާފައިވާ މިފަދަ ޒަމާނެއްގައި ކައިރާ ފަދަ ރަހުމެތްތެރިއަކު ލިބުމަކީ ހަމަ ނިއުމަތެކެވެ. ނަމަވެސް އަލީޝާއަށް ސަމާލުވާން ޖެހޭނެކަން ޒަމީރު ހަނދާންކޮށްދިނެވެ. ލިއާއަށް އެ ލޮލުން އެކަނިވެސް ލިއާ އާއި ދޭތެރޭވާ ނަފްރަތު ފެނެއެވެ. ލިއާގެ ކުރިމަގަށް އޮތް ބޮޑު ހުރަހަކަށް އަލީޝާ ވާނޭކަން މިހާރުވެސް ޔަގީންވެއެވެ.
ނިދަން އޮވެފައި ފޯނު ބަލާލީ ކައިރާގެ މެސެޖެއް އައިސް އިނުމުންނެވެ. މިއަދުގެ ބްރޭކްގަޑީގައި ލިއާ ވަނީ ކައިރާގެ އެދުމުގެ މަތިން އޭނާގެ ފޯނު ނަންބަރާއި ސޯޝިއަލް މީޑިއާތަކުގެ އެކައުންޓްތައް ދީފައެވެ. އެފަހުން އިރު އިރުކޮޅާ ކޮންމެސް އެއްޗެކޭ ކިޔާ މެސެޖުކުރެއެވެ. ލިއާ އޭނާ އާއި އަލްޔާގެ އިތުރުން ސުމާ އިންނަ ގްރޫޕަށްވެސް މެސެޖު ކުރިއެވެ. މާދަމާ ބޮޑު ސަރޕްރައިޒެއް އޮންނާނޭ ބުނުމުން ސުމާ އާއި އަލްޔާގެ ސަތޭކައެއްހާ މެސުޖު އައެވެ. އަދި އެމީހުންގެ ހިތް ތަޅުވަނީއޭ ބުނެ ލިއާއަށް އެތިވަރު ގޮވިއެވެ. މެސެޖުތައް ކިޔާފައި ލިއާ ހެމުން ދިޔައެވެ.
ޖެހިގެން އައި ދުވަސް ވީ ވިއްސާރަ ދުވަހަކަށެވެ. ހިނގާފައި ސުކޫލަށް ދާން އުޅުނު ލިއާގެ މަސައްކަތް ބޭކާރުވީއެވެ. ފޫހިވެފައި ހުރެ ގޮސް ބަހަށް އެރިއިރުވެސް ހުރީ މޫޑު ކަޓާފައެވެ. މިއަދަ ބަހުގައި އިއްޔެއަށް ވުރެ ކުދިން ގިނައެވެ. އެއްބައި ކުދިން ފޯނުތަކުން ވިއްސާރަވެހޭ މަންޒަރު ސްނެޕް ކުރަމުން ދިޔައެވެ. ބަހުގައިވި އަގުބޮޑު ބިއްލޫރިން ވާރޭގެ ތިކިތައް ފައިބެގެން ދާ ސާފު މަންޒަރު ފެންނަލެއް ނުހަނު ހިތްގައިމެވެ. ސްނެޕް ކޮށްފައި އެހެން ކުދިން ފޯނުތަކަށް ގެއްލިފައި އިންނަމަވެސް ލިއާ އިނީ ވާރޭވެހޭ މަންޒަރަށް ގެއްލިފައެވެ.
ބަހުން ފޭބުމާއެކު ހުރިހާ ކުދިން ދުއްވައިގަތެވެ. ލިއާވެސް ދުވެލާފައި ގޮސް ހިޔާވެވޭ ހިސާބަށް އެރުމާއެކު ކައިރާ އައިސް ހަމަކުރިއެވެ. ކައިރާގެ ކުޑަކުޑަ ވައް މޫނުކޮޅުގައި ފެންތިކިތައް ވިދާއިރު ނުހަނު ލޯތްބެވެ. މީހުންގެ ނަޒަރުގައި ފަސޭހައިން އަޅައިގަނެއެވެ. ކިލާހަށް ވަދެވުނީ ހުރިހާ ކުދިން އެކީގައެވެ. ފުދޭވަރަކަށް ތެމިފައި ވީއިރު އަދި އޭސީގެ ފިނިން ހީވަނީ ކަށިތައް ގުޑުވާލިހެންނެވެ.
ގޮނޑިތަކުގައި އިށީނދެ ތިއްބާ ހުރިހާ ކުދިންގެ ކަޅި ހުއްޓިގެން ދިޔައީ ދުވެލާފައި އައިސް ކިލާސް ދޮރުމައްޗަށް ހުއްޓުނު ކައިލް ފެނިއެވެ. ނޭނގި ތިއްބާ ބައެއް ކުދިންގެ އަނގަ ހުޅުވުނެވެ. ތެމިފައިވި އިސްތަށިގަނޑުން ފެން ފޮޅާލި ގޮތުން އެކަނިވެސް ބަލަން ތިބި އަންހެންކުދިން އާގަމަވިއެވެ. އާދައިގެ މަތިން ކައިލްގެ ސަމާލުކަން އޭގެން އެއްވެސް ކަމަކަށް ނެތެވެ. ޖެކެޓު ބޭލުމާއެކު ކިލާސްގައި އިން ހަރުގައި ޖެކެޓު އަޅުވާލުމާއެކު ގޮސް އިށީނެވެ. އޭރު ގިނަ ޖެކެޓުތައް އެ ހަރުގައި އަޅުވާލާފައި ވެއެވެ.
“އިޒް ހީ އަ ވެމްޕަޔަރ…؟” އާގަމަވެފައި ކައިލްއަށް ބަލަން ހުރި އަލީޝާއަށް ސިހުމެއް ލިބުނީ އިފާ ވާހަކަދެއްކި އަޑަށެވެ. އަވަސްއަވަހަށް ނޫންކަމަށް ހެދެމުން ގޮނޑީގައި އިށީނދެ އެއްފައި މައްޗަށް އަނެއްފައި ލިއެވެ. ބުޅި އިސްތަށިގަނޑު އައްސާލާފައި ވީ އިރު އޭނާ ފެންނަލެއް ނުހަނު ރީއްޗެވެ. ލާފައިވި ސްކާރޓްގެ ކުރުކަމުން ހާމަވެފައިވާ ދޮން ދޮން ފަލަމަސްގަނޑަށް ބައެއް ފިރިހެން ކުދިންގެ ނަޒަރު ހުއްޓެމުން ދިޔައެވެ. އެކަން އަލީޝާއަށް އެނގުނު ނަމަވެސް އޭނާ ސަމާލުކަމެއް ނުދެއެވެ. އެއީ އޭނާ ބޭނުންވާ ގޮތް ކަހަލައެވެ. ހަމަޖެހިފައި އިންއިރު އިއްޔެ ހިނގައިދިޔަ ކަންތަކުގެ ނިޝާނެއްވެސް މޫނުމަތިން ފާޅުވާކަށް ނެތެވެ. ނަމަވެސް އޭނާ އެންމެ ބޭނުންވި ފަރާތުގެ ސަމާލުކަމެއް ނުލިބުނެވެ. ކައިލް އިނީ އިޝާންއާއި އޮލަ ވާހަކައެއްގައެވެ.
“ގުޑް މޯނިން ކްލާސް…” ކިލާހަށް ވަދެގެން އައި ޒޭޑެންގެ ބަރު އަޑުން އެންމެންގެ ސަމާލުކަން ހުއްޓި ދައްކަމުން އައި ވާހަކަތައް މެދުކެނޑުނެވެ. ބައެއް އަންހެންކުދިންގެ ލޯތައް ވިދައިގަތެވެ. މުށިކުލައިގެ އަތްދިގު ގަމީހަކާއި ކާކީ ކުލައިގެ ފަޓުލޫނެއްގައި ހުރި އިރު ޒޭޑެންވެސް ހުރީ ހިސާބަކަށް ތެމިފައެވެ. އާދައިގެ މަތިން އަތުކުރި އޮޅާލާފައި ވީއިރު އެ އަތުގައިވެސް ހިސާބަކަށް ފެން ހުއްޓެވެ. ފޮތްތައް ބަހައްޓާލަމުން ޒޭޑެން ކަރުދާސް ފޮއްޓެއް ނެގިއެވެ.
“މީ ހުރިހާ ކުދިންގެ ނޭމް ކާރޑްތައް…މީގެ ފަހުން ސުކޫލަށް ވަނުމުގެ ކުރިންވެސް އަދި ކެންޓީނަށް ދާއިރުވެސް މި ކާރޑް ގެންދަންވާނެ…” ޒޭޑެން އިނގިރޭސިން ވާހަކަދެއްކިއެވެ. އަދި ފަހަރަކު ކާޑެއް ނަގާފައި އެކުއްޖެއްގެ ފޮޓޯ ޖަހާފައިވާ ކާޑެއް އެކުއްޖަކާ ހަވާލު ކުރިއެވެ.
“އޯލްރައިޓް…ބިފޯރ އައި ސްޓަރޓް ދަ ލެސެން، އައި ހޭވް އެ ކުއެސްޝަން…” ދެއަތް ގުޅުވާލަމުން ކުލާކަށް ނަޒަރު ހިންގާލާފައި ޒޭޑެން ވާހަކަދެއްކިއެވެ. ހުރިހާ ކުދިންގެ ފަރާތުން ސަމާލުކަން ލިބުނެވެ. އަލީޝާގެ މޫނުމަތިން ފެންނަނީ ފޫހިކަމެވެ. ކުދިންތައް ހިމޭންވެގެން އައި ގޮތުން ޒޭޑެންއަށް އޭނާ ބޭނުންވި ސަމާލުކަން ލިބުނެވެ.
“ޑިފައިން ސަކްސެސް…” ޒޭޑެންގެ ސުވާލު އައެވެ.
“ހިއަރ ވީ ގޯ އެގެއިން…” މީޝާ ބުނެލީ އިފާ އަދި އަލީޝާއަށް އިވޭ ވަރަށެވެ. ހުރިހާ ކަމަކަށް ސަމާލުވެގެން ހުރި ޒޭޑެންގެ ތޫނު ލޮލުން އެ މަންޒަރު ކާއްސާލައިގެން ނުދިޔައެވެ. އޭނާގެ ތުންފަތައް ސިއްރު ހިނިތުންވުމެއް ވެރިވިއެވެ.
“އަލީޝާ…” ޒޭޑެން ގޮވާލުމާއެކު އަލީޝާ ސިހިގެން ދިޔައެވެ. އޭނާ ބަލާލުމާއެކު ޒޭޑެން އެއްބުމަ އަރުވާލުމުން މޫނު ރަތްވިއެވެ. ހީވީ ވަގުހިފިހެންނެވެ. ނަމަވެސް އެ އަސަރުތައް ފަރުދާކޮށްލަމުން އަލީޝާ ތެދުވީ ސާބިތުކަމާއެކުއެވެ. އިސް އުފުލާލައިގެން ހުރެ އޭނާ ކެރުމާއެކު ޖަވާބު ދޭން އުޅުނެވެ.
“ސަކްސެސް އިޒް ބީއިން ދަ ބެސްޓް…” އަމިއްލަ ނަފްސަށް އޮތް ޔަގީންކަމާއެކު އަލީޝާ ވާހަކަދެއްކިއެވެ. “ހޭވިން އެވްރިތިންގް…މަނީ، ޕަވަރ، ރެސްޕެކްޓް…ބީއިން އެބޯވް އެވްރިވަން އެލްސް…”
ބައެއް ކުދިން ބޯ ޖަހާލިއެވެ. ބައެއް ކުދިންގެ މޫނުމަތިން ހައިރާންކަމުގެ ކުލަވަރު ފެނުނެވެ. ޒޭޑެންގެ ފަރާތުން އެއްވެސް ކުލަވަރެއް ނުފެނުނެވެ. ލުއި ހިނިތުންވުމާއެކު އަނެއްކާވެސް ކިލާހަށް ނަޒަރު ހިންގާލިއެވެ. އެ ނަޒަރު ވަކި ކުއްޖަކަށް ހުއްޓުނީ އިރުކޮޅެއް ފަހުންނެވެ.
“ލިއާ…” ޒޭޑެން ގޮވާލުމާއެކު ލިއާ ދިޔައީ ސިއްސައިގެންނެވެ. ސިހިފައި އިނދެ ބަލާލިއިރު ޒޭޑެން އެއްބުމަ އަރުވާލި ގޮތުން ޖަވާބު ދޭންވީކަން އެނގުނެވެ. ކައިރާ ސިއްރުން ލިއާގެ އަތުގައި ހިފާލިގޮތުން ލިއާއަށް ވާނޭ އަންގާލަދިންކަހަލައެވެ. މަޑުމަޑުން ލިއާ ތެދުވިއެވެ. ކިލާހަށް ނަޒަރު ހިންގުމުގެ ބަދަލުގައި އޭނާ ބަލާލީ ޒޭޑެންއަށެވެ.
“ސަކްސެސް އިޒް…ނޯއިން ޔުއަރސެލްފް…” ލިއާ ހިތްވަރުކޮށްލާފައި ބުނެލިއެވެ. ވެރިވެފައިވާ ހާސްކަން ފޮރުވަން މަސައްކަތް ކުރަމުން އޭނާ ކުރިޔަށް ގެންދިޔައެވެ. “ބީއިން އެޓް ޕީސް ވިތް ހޫ ޔޫ އަރ…ނޮޓް ނީޑިން ޓު ޕްރޫވް އިޓް ޓު އެނީވަން…” ވަރަށް ވިސްނަމުން ލަސްލަހުން ލިއާ ވާހަކަދެއްކިއެވެ. އަޑުގައި ވަނީ އަބަދުވެސް ހުންނަ މަޑުމައިތިރިކަމެވެ.
ކިލާސްތެރެ ހަމަހިމޭންވިއެވެ. ނަމަވެސް ހިތް ނުތަނަވަސްކުރުވާ ގޮތަކަށް ނޫނެވެ. ހީވީ ލިއާ ދިން ޖަވާބާއި މެދު އެންމެން ފުންކޮށް ވިސްނާލަނީހެންނެވެ.
ޒޭޑެންގެ ނަޒަރު އެހެން އެކަކަށްވުރެވެސް ގިނައިރު ލިއާއަށް ހުއްޓިފައި ވެއެވެ. އެ ބެލުމުން ލިއާ ނުތަނަވަސްވަމުން އައެވެ. ޒޭޑެންގެ އަޑު އިވުނީ އިރުކޮޅެއް ފަހުންނެވެ.
“އިންޓެރެސްޓިން…”
ލިއާގެ ޖަވާބު އަޑު އިވިފައި މަލާމާތުގެ ގޮތަކަށް ހީލައިގެން އިން އަލީޝާގެ ހިނިތުންވުން ވަޅުޖެހުނީ ޒޭޑެން ބުނެލި އެއްޗަކުންނެވެ. ހައިރާންވެފައި އޭނާ ގާތު އިން މީޝާއަށް ނަޒަރެއް ދިނީ މިވީގޮތެއް ނޭނގިގެންނެވެ. ތަންކޮޅެއް ދުރުގައި އިން ކައިލްގެ ތުންފަތަށް ސިއްރު ހިނިތުންވުމެއް ވެރިވިއެވެ. އެއްވެސް މީހަކަށް ފާހަގަ ނުވާ ވަރަށެވެ. ލިއާ އިށީނދެ އިސްޖަހައިގެން އިން އިރު ދެއަތް ދެއަތާ މޮޑެމުން ދިޔައެވެ.
ފިލާވަޅައިގެން ކުރިޔަށް ދިޔައީ ދެނެވެ. ކިލާސްތެރެއަށް ސީރިއަސްކަން ވެރިވެފައި އޮތެވެ. ވާރޭ ވެހޭ އަޑު މިއުޒިކެއް ފަދައިން އިވެމުން ދިޔައިރު ހަލަބޮލިވެފައިވާ ސިކުނޑިތަކަށް ލިއްބައިދޭ އަރާމެއް ފަދައެވެ. ދޭތެރެއަކުން ޒޭޑެން ކުރާ ސުވާލުތަކަށް ކުދިން ޖަވާބުދޭ އަޑު އިވެއެވެ. ޒޭޑެން ހިތްހަމަޖެހުނީ ކިޔަވައިދޭ ވަގުތު ކުދިންގެ ފަރާތުން ލިބުނު އެއްބާރުލުމުންނެވެ.
ނޯޓްސް ނަގައި ނިމުމާއެކު ޒޭޑެން ބޯޑު ފޮހެލިއެވެ. އާދައިގެ މަތިން އިތުރު ސުވާލެއް އޮތްތޯ ކިލާހާއި މުހާތަބުކޮށް އަހާލިއެވެ. އެވަގުތު ކުއްޖަކު އަތްމައްޗަށް ނެގިއެވެ.
“ސަރ އައެމް ޖަސްޓް ކިއުރިއަސް…ޑޯންޓް މައިންޑް މީ އިނގޭ…ވަޓްސް ޔުއަރ އޭޖް…؟” ވާހަކަދެއްކި ކުއްޖާ އެހިއެވެ. އެހެން ކުދިން ހިނިއައިނަމަވެސް ޝައުގުވެރިކަން ފެނުނެވެ. ޒޭޑެންގެ ތުންފަތް ދެމިލިއެވެ. އިރުކޮޅަކު ވިސްނަން ހުރެފައި އޭނާ ޖަވާބު ދިނެވެ.
“ހމމ ހައު އެބައުޓް ދިސް…ޔޫ އޯލް ޓެލް މީ ޔުއަރ އޭޖް އެންޑް އައިލް ޓެލް މައިން…” ޒޭޑެން ބުނެލިއެވެ. އެގޮތާ ބައެއް ކުދިން އެއްބަސްވިއެވެ.
ފިރިހެން ކުދިން ބަރިން ފެށިގެން ޖަވާބު ދެމުން އައިސް ކައިލް އާއި ޖެހުމުން ފޫހިވެފައި އިނދެވެސް އެކަން ސިއްރުކުރަމުން އެއިޓީންއޭ ބުނެލިއެވެ. އެވަގުތު ގިނަ އަންހެންކުދިންގެ ލޯތައް ވިދައިގަތެވެ. އެ ކިލާހުގައި ގާތްގަނޑަކަށް ތިބި ހުރިހާ ކުދިންގެ އުމުރުންވެސް އަށާރަ އަހަރެވެ. އެންމެ ކުއްޖެއް ފިޔަވައެވެ.
ލިއާއާއި ޖެހުމުން އޭނާ ހާސްވެފައި އިނދެ ޒޭޑެންއަށް ނަޒަރު ހުއްޓާލިއެވެ. އެ ނަޒަރުގައިވި ކަންބޮޑުވުން ޒޭޑެންއަށް ދޭހަވިއެވެ. އެއްޗެކޭ ބުނަން އުޅުނު ވަގުތު ލިއާ މަޑުމަޑުން ނައިންޓީންއޭ ބުނެލިއެވެ. އެވަގުތު ކިލާސްތެރޭ ޗުކުޗުކު ލައްވަން ފެށި އަޑުން ހަމަހިމޭންކަން ގެއްލުނެވެ.
“އިއު…” މޫނަށް ވައްތަރެއް ޖައްސާލަމުން އަލީޝާ ބުނެލިއެވެ. އޭނާ ލިއާ ދެކެ އެވާ ފޫއްސެއް ނޭނގެއެވެ. މިއަދު އަދި ވަކިން ފޫހިވިއެވެ. ލިއާގެ އުމުރު އެނގުމުންނެވެ. “ޝީ ޝުޑް ބީ އިން ޓްވެލްތް ކްލާސް…” މީޝާ އިތުތަރަށް އަލިފާނަށް ދަރު އެޅިއެވެ. އެ ހުރިހާ މަންޒަރެއް ސަމާލުވެ ހުރި ޒޭޑެންއަށް ފެނުނެވެ.
“ސަރ އިޓްސް ޔުއަރ ޓާރން…” ކުރިން ސުވާލުކުރި ކުއްޖާ ޒޭޑެންއަށް ހަނދާންކޮށްލަދިނެވެ. އެއާއެކު އިވިގެން ދިޔަ މިއުޒިކީ ހުނުމުން ކުދިންގެ ތުންފަތްވެސް ދެމިލައިފިއެވެ.
“ޓްވެންޓީ ނައިން…ޓްރައި ނޮޓް ޓު ލުކް ސޯ ސަރޕްރައިޒްޑް…” އޭނާގެ އުމުރު ބުނުމާއެކު ބައެއްކުދިންގެ އަނގަ ހުޅުވުނުތަން ފެނި ޒޭޑެން ސަމާސާކޮށްލިއެވެ. ބައެއް ކުދިންގެ މޫނުމަތިން ފެންނަނީ ގަބޫލު ނުކުރެވިފައި ހުރިކަމެވެ. އުމުރަށް ވުރެ ޒޭޑެން ފެންނަނީ މާ ހަރުދަނާކޮށެވެ. މިހާ ޅަ އުމުރުގައި މަޝްހޫރު ސުކޫލެއްގެ ޓީޗަރެކެވެ. ބައެއް ކުދިންގެ ތައުރީފުގެ އަޑު އިވުނެވެ. އަލީޝާވެސް ތުއި ވެފައި ޒޭޑެންއަށް ބަލަމުން ދިޔައެވެ.
އެކި މާއްދާތަކުގެ ގަޑިތައް ނިމުމާއެކު ދެން އައީ ދިވެހި ގަޑިއެވެ. ކުދިން ހީނުކުރާފަދަ ބޮޑު ޝޮކެއް ލިބިގެން ދިޔައީ އެގަޑީގައެވެ. ޙުދު ދިވެހި ގަޑި ނަގައިދެން އަންނަ ޓީޗަރު ނަހުލާވެސް ހުރީ ހައިރާންކަމެއްގައެވެ. އެހެނީ އޭނާ ކުރި ސުވާލަކަށް އެންމެ ހީނުކުރާ ކުއްޖާ ދިވެހި ބަހުން ޖަވާބު ދިނުމުންނެވެ. ލިއާގެ މޫނުމަތިންވެސް ހައިރާންކަން ފެނުނެވެ. އަލީޝާމެން ތިބީ އަނގަ ހުޅުވުނު ގޮތަށް ލައްޕަން ނޭނގިފައެވެ. ހައިރާންކަން ނުފެންނަނީ އިޝާންއާއި އެހެން ދެތިން ކުއްޖެއްގެ މޫނުމަތިންނެވެ. އެ މޫނުތަކުގައި ވަނީ ލާނެއްކަމެވެ.
ކައިލް ހަމަޖެހިލައިގެން ގޮނޑީގައި އިންއިރު އެ މޫނުމަތިން އެއްވެސް އަސަރެއް ފާޅުނުވެއެވެ. އަމާޒުވެފައިވި ނަޒަރުތަކަށް ސަމާލުކަމެއް ނުދެއެވެ. އޭނާގެ ސަމާލުކަން ހުރީ ހަމައެކަނި ޓީޗަރަށެވެ.
“ކައިލް ތީ ރާއްޖެ ކުއްޖެއްތަ…ނޫނީ ދިވެހި ބަސް ދަސްކުރީތަ…؟” އެ ހައިރާންކަމުގައި ހުރެ ނަހުލާ ސުވާލު ކޮށްލިއެވެ. ކުދިންގެ މޫނުމަތިންވެސް ކައިލް ދޭނެ ޖަވާބަކަށް ކެތްމަދުވެފައި ވާކަން ދޭހަވެއެވެ.
“ހާފް މޯލްޑިވިއަން ހާފް އެމެރިކަން…” ޖަވާބު ދިން އިރު ކައިލްގެ އަޑަށް ވެރިވި ހިމޭންކަން ކުދިންގެ ހިތުގައި ސުވާލު އުފެއްދިއެވެ. ކައިލްގެ ލޮލުން ސިއްރުކަމެއް ފެނިލިހެން ހީވިއެވެ. އެހިތުގެ ފުނުގައި ރައްކާކޮށްފައިވަނީ ކޮންފަދަ ސިއްރެއްކަމެއް ބަލާލާ މީހަކަށް ދެނެގަތުމަކީ ފަސޭހަކަމެއް ނޫނެވެ. ނަމަވެސް ކައިލް ބޮޑުކަމެއް ސިއްރު ކުރާކަން ކުދިންނަށް ދޭހަވިއެވެ.
ދިވެހި ގަޑި ނިމިގެން ދެން އައި ކެމިސްޓްރީ ޓީޗަރާއެކު ވަދެގެން އައީ ޕްރިންސިޕަލްގެ އިތުރުން ވަރަށް ޝާހީ ފާޑު ޖަހާ މީހެކެވެ. ކުދިންގެ ޝައުގުވެރިކަން އެ ހައިބަތު ހުރި މީހާއަށް ހުއްޓުނެވެ. ދިގު އިސްކޮޅާއި އެކު ބައިމަތިފުޅާ ހަށިގަނޑެކެވެ. އެއްފަރާތަކަށް ފާޑުކޮށް ފުނާ އަޅާލާފައިވާ ބޮލުގެ އިސްތަށިތަކުން ކޮންމެސްވަރަކަށް ނުރަ އިސްތަށިތައް ފާޅުވާ ނަމަވެސް އެ އިސްތަށިގަނޑު ވަރުގަދަ ވެފައި ބޮލެވެ. ސާފު މޫނުން މާތް ފާޑު ޖަހައެވެ. ތުނބުޅި މަތިމަސް ހުރީ ރީތިކޮށް އެއްވަރަކަށް ޓްރިމްކޮށްފައެވެ. ބަލާބެލުމަށް ސާޅީހަށް ވުރެ މައްޗެއް ނުވާނެއެވެ.
“އޯ ގޯޑް…” ލިއާ އަށް ބަލާލެވުނީ ކައިރާގެ ހާސްވެފައިވާ އަޑު އިވިގެންނެވެ. އޭރު އޭނާ އެއް އަތުން މޫނު ފޮރުވައިގެން އިނދެ އަނެއްފަރާތަށް އެނބުރިގެން އިނެވެ. ލިއާ ހައިރާންވިއެވެ. ނަމަވެސް ޕްރިންސިޕަލް ވާހަކަ ދައްކަން ފެށި އަޑާއެކު އެދިމާލަށް ބަލާލެވުނެވެ.
“ގުޑް އާފްޓަނޫން ކިޑްސް…މިއަދު މި އަންނަން ޖެހުނީ ތި ކުދިންނާ ވަރަށް ހާއްސަ ފަރާތަކާ ބައްދަލުކޮށްދޭން…ދިސް އިޒް އާމިރު އިލްހާމް…މިހާރު މި ސްކޫލުގެ ވެރި ފަރާތް…” ޕްރިންސިޕަލް ގާތު ހުރި މީހާގެ ތައާރަފު ދިނެވެ. ކުދިންތަކުގެ ޝައުގުވެރި ނަޒަރު އާމިރަށް ހުއްޓުނެވެ. އޭނާ ހިނިތުންވެލަމުން ކުރިއަށް ޖެހިލިއެވެ. އޭނާ ފަރުވާތެރިކަމާއެކު ކުދިންނަށް ބަލަމުން ދިޔަ ގޮތުން ހީވީ ވަކި ކުއްޖަކު ފެނޭތޯ ބަލަމުން ދިޔަހެންނެވެ. ކުދިންނަށްވެސް އޭނާގެ އެ އަމަލު ފާހަގަވިއެވެ.
ޕްރިންސިޕަލް އޭނާގެ ވާހަކަ ކުރިޔަށް ގެންދިޔައެވެ. “ހީ ޖަސްޓް ވޯންޓް ޓު ޕަރސަނަލީ ވެލްކަމް………”
“އެންޑް ދެއަރ…!” ޕްރިންސިޕަލްގެ ވާހަކަ މެދުކެނޑުނީ އާމިރު ކުއްލިއަކަށް ހިނިއައިސްފައި ވަކި ދިމާލަކަށް އިނގިލިދިއްކޮށްލުމުންނެވެ. އޭނާވެސް ހައިރާންވެފައި އާމިރު އިޝާރަތްކޮށްގެން ހުރި ދިމާލަށް ބަލާލިއެވެ. އޭރު ގިނަކުދިންގެ ނަޒަރުވެސް ހުރީ އެދިމާލަށެވެ.
“…އިޒް މައި ޑޯޓަރ…ކައިރާ…” އާމިރު ޖުމްލަ ފުރިހަމަ ކޮށްލިއެވެ. ކައިރާ ގަނޑުވެފައި އިންދާ އާމިރު ޖުމްލަ ފުރިހަމަ ކޮށްލުމާއެކު ލޯ މަރާ ފިއްތާލިއެވެ. އޭރުވެސް އޭނާ އިނީ މޫނު ފޮރުވައިގެންނެވެ.
“ވެއިޓް…ވަޓް…؟!”
“ޝީ އިޒް ހިޒް ޑޯޓަރ…؟”
“ނޯ ވޭ……!’
ކިލާސްތެރެ ހަލަބޮލިވެގެން އައި ގޮތުން ހީވަނީ އެހެންފަދަ ކަމެއްހެންނެވެ. ޕްރިންސިޕަލް ހައިރާންވެފައި ހުރި ނަމަވެސް ހުރީ ހިނިއައިސްފައެވެ. ކައިރާގެ މޫނު ވަނީ ޖަންބެއްހެން ރަތްވެފައެވެ. މަޑުމަޑުން މޫނު އަނބުރާލަމުން އާމިރަށް ބަލާލާފައި ގަދަކަމުން ހިނިތުންވުމެއް ދިނެވެ. އޭރު އޭނާ އިނީ ބިންފަޅާ އަޑިޔަށް ދާން ބޭނުންވެފައެވެ. ލިއާ އިނީ ހައިރާންކަމާއެކު ކައިރާއަށް ބަލާށެވެ. ސްކޫލުގެ ވެރި މީހާގެ ދަރިފުޅާ ބަލާފައި އޭނާއަށް ފެނިފައިވަނީ ހިތްތިރި އޯގާތެރި ކުއްޖެކެވެ.
އަލީޝާގެ އަނގަ ހުޅުވިފައި ހުރި އިރު މީޝާ ދެފަހަރަކު ޖަހާވެސްލައިފިއެވެ. ނަމަވެސް އޭނާގެ ނަޒަރު އާމިރުއިން ކައިރާއަށް ހުއްޓެމުން ދިޔައެވެ. ހީވަނީ އިވިގެން ދިޔަ ހަގީގަތް ހަޖަމު ނުވެފައި އިންހެންނެވެ. އޭރު ގިނަކުދިންގެ ޝައުގުވެރި ނަޒަރު ކައިރާއަށް ހުއްޓިފައި ހުރުމުން ކައިރާއަށް އުނދަގޫ ވަމުން ދިޔައެވެ.
އާމިރު ހީލީ ކުދިންގެ ހަރަކާތްތައް ހުރި ގޮތުންނެވެ. “ޝީ ކްލިއަރލީ ޑަޒަންޓް ވޯންޓް އެޓެންޝަން…ބަޓް އައި ސަޕޯސް ދެޓްސް ނޮޓް ހެޕެނިން އެނީމޯރ…” އާމިރު ވާހަކަ ދައްކަމުން ކައިރާއަށް ނަޒަރެއް ދިނެވެ. އަނެއްކާވެސް ކްލާހާއި ކުރިމަތިލަމުން ވާހަކަ ދައްކަން ފެށިއެވެ. “އެނީވޭ……،” އާމިރު ދެން ދައްކަން ފެށީ ސްކޫލާއި ބެހޭ ވާހަކަތަކެވެ. އެ ސުކޫލުގެ ކޮންމެ ކުއްޖަކުވެސް އަހުލާގު ރަނގަޅު ކުއްޖެއް ކަމުގައި ދެމިހުރުމަށް ހިތްވަރު ދިނެވެ. ބަހެއް ބުނުމެއް ނެތި ކުދިންތައް އެވާހަކަ އަޑުއެހިއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
16 Comments!
Comments are closed.




I love love this part. Cant wait for the nexttttt!! Why is leah 19?? Was she repeated?? Just curious hehe. Anyways take care girl.💋💋
She repeated, and I did mention it in the first episode. It was because of what she went through after losing her mom. Thank you so much for the love 💗 take care ☺️
Wow mi part vx hama v reethi 😍 too good hama Ma Sha Allah 🫶 hahaha alisha ge moonu hama fenunu kahala 😂 kyle ge javaabu hama rangalhu ehn hadhan v 🤭 alhe kaira haadha rangalhey 🥹 she clearly doesn’t want any attention.. filan ulhunu goii vx dhw 🤭🤭 waiting for the next part.. tc ♥️
Thank you so much 💗 I’m so happy you liked this part 🥰 And yes Alysha definitely wasn’t ready for Kyle’s replies 😂 Kaira really is a sweetheart 🫶 Next part coming soon IA ☺️
Lovee this story emme favv rn
lavander ur defo in my top 5 authors 💚💚
Zeyden is so handsome i ves thali hikijje
Can’t wait for the next
That’s such a kind thing to say, thank you so much 💗 It really means a lot to me that you’re enjoying the story and Zayden’s character ☺️
Your story honestly feels addictive in the best way. What I like most is how the scenes don’t feel rushed and the explanations. I’m already emotionally invested, and I just want to see Leah reach a point where she realizes her worth. I love this story so much 😭😭 it’s been a long time since I’ve read a really good school love story and this one just hits differently 🔥 It feels so fresh and relatable like it actually understands our generation and the emotions we go through 🥹 The characters the drama the tension everything fits perfectly 💯 I’m genuinely hooked and can’t wait for more 😭😭😭😭❤️❤️❤️❤️
Omg this is by far the best comment l’ve ever had 🥹😭💗 it honestly means so much to me that you feel this connected to the story. I’m really happy it’s hitting you this way and that the characters and emotions are reaching you. Thank you so much for your support 🥹 it genuinely motivates me to keep going 🥹💗
The tension between Leah and Kyle is everything I’m waiting for them to talk 😭 haadha heevey Kyle like vaahn Leah aa 🥹🥹
Aww thank you 🥹 I love that you’re picking up on their tension… let’s see where it goes 👀💗
Mi site in mihaaru enme favorite vaahaka mee..because I meinge age ar gulhey story eh veema 😍 varah varah like Vey mi school drama vs..don’t listen to haters girl. I’m sure they are jealous of you. Keep going and please mi story nuhuhtahchey 😭😭
Thank you so much ☺️ I’m really glad you’re enjoying it. Don’t worry, I’m not quitting anytime soon 💗
I don’t understand why people are too crazy about this story anyway 🙄 dhivehin liyaa vaahaka eh ekamaku ehchakah onnani English bass 🤣 vaahaka nuliyunas ragalhuvaane thi varun 😂
I understand if it’s not your preference, but this story is written the way I feel most connected to it. A lot of readers actually enjoy the mix of languages because it feels more personal and real to me. Still, thank you for taking the time to read it. I’ll keep writing for the people who genuinely enjoy and support my work ☺️💗
You ppl aren’t planning to stop wtv shit you are doing ig… Like bro be fr… If don’t like a story, why are you reading that?? Isn’t it wasting your precious time?? Instead of reading something you don’t like, why won’t you guys do something which can be more useful to you people??? Author eh beynun gothakah liyumuge furusathu e author akah libigen vey dhw… Bayaku like nuvi ey kiyaafa she doesn’t have to change her writing style or anything… Cuz it’s nice… And her readers love it… They appreciate her hard work… So why won’t you stfu and just move on with your life, instead of doing all this.. just stop with all negative or hate comments… If you cant say anything nice, then don’t say it… No need to demotivate our talented writers…
Aww 🥹 Seeing you stand up for me genuinely touched my heart 💗 In moments like that, I realize how lucky I am to have readers like you beside me. Thank you for supporting me, believing in me, and speaking for me when you didn’t even have to 💗🫂