Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބިން ބުނާތީ 16

Itxlevender
Itxlevender Level 210 Stories100 Comments100 Login
June 5, 2026 6 Mins Read
11 Comments

ކައިލް ބަލަހައްޓައިގެން ހުރި ވަގުތު ލިއާއަށްވެސް ބަލާލެވުނެވެ. އެ ތުންފަތަށް ވެރިވި ސިއްރު ލުއި ހިނިތުންވުން ފެނި ލިއާއަށްވެސް އަޅާނުލާ ހުންނާކަށް ނުކެރުނެވެ. އޭނާވެސް ރައްދުގައި ފަނޑުކޮށް ހިނިތުންވެލިއެވެ. މިހުރިހާ މަންޒަރެއް ކައިރާގެ ތޫނުފިލި ސިކުނޑީގައި ނޯޓު ކުރަމުން ދިޔައެވެ.

“ސޯ، ރޭގަ ދެން ކިހިނެއްތަ ވީ…؟” ކްލާހަށް ހިނގައިގަންނަމުން ކައިރާ ލިއާ ގާތު އެހިއެވެ. އެ އަޑުގައި ވަނީ ޝައުގުވެރިކަމެވެ. “އެއްވެސް ކަމެއް ނުވޭ…” ލިއާ ހަމަޖެހިފައި ހުރިކަން ދައްކަމުން ބުނެލިއެވެ. ކައިރާ ކުރެއް ނުކުރިއެވެ. ލިއާ އާއި އެކި އެކި ސުވާލު ކުރިއެވެ. ކައިލް އާއި ދެމީހުން ދެއްކީ ކޮން ވާހަކަތަކެއްތޯ ވެސް އޮޅުންފިލުވަން އުޅުނެވެ. ނަމަވެސް ލިއާ ފަރާތުން މާ އެދެވޭ ޖަވާބެއް ނުލިބުނެވެ. ވާހަކައިގަ ތިބެގެން ކްލާހާއި ހަމަޔަށް އާދެވުނެވެ.

އެކި ގަޑިތައް ނިމެމުން އައިސް ދިވެހި ގަޑިއާ ޖެހުނެވެ. ނަހުލާ ސުވާލު ކުރީ ކުދިންގެ މަސައްކަތްތައް ގޮސް ހުރި ހިސާބާއި މެދުއެވެ. ބައެއް ކުދިންގެ ގްރޫޕްތަކުން އަދި މަސައްކަތް ފެށިފަކާވެސް ނެތެވެ. ނަހުލާ އެކަމާއި ހިސާބަކަށް ހިތްހަމަނުޖެހުން ފާޅުކުރިއެވެ. ވުމާއެކު އެދުވަހުގެ ދިވެހި ގަޑީގައި އޮތީ ޕްރެޖެކްޓާއި ބެހޭ މަސައްކަތް ކުރުމެވެ. ކުދިން ގްރޫޕްތައް ހަދާފައި އިށީނުމުން ނަހުލާވެސް ޓީޗަރަށް ހާއްސަކުރެވިފައިވާ ގޮނޑީގައި އިށީނެވެ.

އެއްވެސް މަސައްކަތެއް ކުރުމެއް ނެތި އަލީޝާ ރުޅިވެރިކަމާއެކު ބަލަމުން ދިޔައީ ލިއާމެންގެ ގްރޫޕަށެވެ. އޭރު އިފާ އާއި މީޝާގެ އިތުރުން އެ ގްރޫޕްގައި ދެން ހުރި ކުއްޖާވެސް މަސައްކަތުގައި އުޅުނެވެ. ނަމަވެސް އަލީޝާގެ ސަމާލުކަން ދެވިފައި ހުރީ މުޅިން އެހެން ކަމަކަށެވެ. މަސައްކަތުގެ ތެރެއިންވެސް ކައިލް ލިއާއާއި ވާހަކަ ދައްކާ މަންޒަރު ފެނުމުން އަލީޝާ ގައިގައި ހުޅު ހިފާހެން ހީވިއެވެ. ހަސަދައިންނާއި ރުޅިން ހިތް އަނދަމުން ދިޔައީ ކެތް ނުވާވަރަށެވެ. ނަމަވެސް އޭނާއަށް ޖެހުނީ އެ އިހުސާސްތައް ބަރުދާސްތުކޮށްގެން އިނުމަށެވެ.

ގަލަމެއް ބަލާ ލިއާ ދާން އުޅުމުން ކައިލް ގޮވާލުމުން އަލުން އިށީނެވެ. އެވަގުތު ކައިލް އޭނާގެ ދަބަހުން ގަލަމެއް ނަގާ ދިއްކޮށްލިއެވެ. ލިއާ އޭގައި ހިފި ވަގުތު ނޭނގިގެން އެކަކު އަނެކަކުގެ އިނގިލިތައް ބީހިލިއެވެ. އެވަގުތު ކައިލްއަށް ކުރުވީ މުޅިން ތަފާތު އިހުސާސެކެވެ. ލިއާ އަވަސްއަވަހަށް އަތް ދަމައިގަތްއިރު އެ މޫނު ރަތްވެއްޖެއެވެ. ކައިލްގެ ތުންފަތަށް ފަނޑު ހިނިތުންވުމެއް ވެރިވީ އެ މަންޒަރު ފެނިފައެވެ. ރޭގައި އެދެމެދު ދެކެވުނު ވާހަކަތަކަށްފަހު ކައިލް އާއި ކުރިމަތިލާން ނުކެރިފައި ހުއްޓާ މި ވީ ގޮތަކުން ލިއާ ރަނގަޅަށްވެސް ރަކިވިއެވެ. ކައިރާ ލާނެއް ގޮތަކަށް ހީލިއިރު އިޝާން ކަރުކެހިލަމުން އަނެއްކާވެސް މަސައްކަތައިގެން ކުރިޔަށް ދިޔައެވެ. ނަމަވެސް އެ މޫނުގައިވެސް ވީ ލާނެއް ކަމެވެ. މި ހުރިހާ މަންޒަރެއް ބަލަން ހުރި އަލީޝާގެ ރުޅި ފަޅައިގެން ދާން އުޅޭ ކަހަލައެވެ.

ދިވެހި ގަޑި ނިމި ދެން އައީ ބްރޭކް ގަޑިއެވެ. އިޝާންގެ އެދުމުގެ މަތިން ކައިލް އާއި އިޝާން އާއި އެކު ކައިރާ އާއި ލިއާ ދިޔައީ ރެސްޓޯރެންޓަށެވެ. އާދައިގެ މަތިން ލިއާ ގެންދަން ޖެހުނީ ގަދަކަމުންނެވެ. އޭނާ މަސައްކަތް ކުރަމުން ދިޔައީ ކައިލްއާއި ވީހާވެސް ދުރުން އުޅުމަށެވެ. އެތަކެއް ބަހަނާއެއް ދައްކާފައި އޭނާ އެއްބަސްވީ ގްރޫޕް މަސައްކަތާ ބެހޭ މަޝްވަރާތައް ކުރަން ޖެހޭނެކަމަށް ކައިލް ބުނުމުންނެވެ.

ހަތަރު މީހުންގެ ޖާގަ ވާ މޭޒުކައިރި ތިބި އިރު ކައިރާ އާއި ޖެހިގެން އިޝާން އިނުމުން ލިއާ އަށް ޖެހުނީ ކައިލް އާއި ޖެހިގެން އިށީންނާށެވެ. އެކަމާ އޭނާއަށް ހިތާހިތާ އިޝާންއަށް އެއްޗެހި ކިޔުނެވެ. ކައިލް ގާތު އިނުމުން އެވަގުތު ރެސްޓޯރެންޓްގައި ތިބިހާ ބައެއްގެ ސަމާލުކަން ވަނީ އެމީހުންނަށް ހުއްޓިފައެވެ. މާ ދުރު ނޫން ހިސާބެއްގައި އަލީޝާވެސް އިނެވެ. އެ ނަޒަރު ކައިލްމެންނަށް ހުރިއިރު ދެންމެ ދެންމެ ހަސަދަވެރިކަމުގެ ހުޅު ފަޅައިގެންދާން އުޅޭކަހަލައެވެ. ހާއްސަކޮށް ކައިލް ގާތު ލިއާ އިނުމުން އޭނާއަށް ހަޖަމްކުރަން ދަތިވިއެވެ.

“މާ ރަނގަޅު މީހަކަށް ވެގެން އަދި އެބައުޅެޔޭ ކައިލްގެ އެޓެންޝަން ހޯދަން…!” އަލީޝާ ގާތު ތިބި މީޝާ އާއި އިފާއަށް އަޑު އިއްވަން ބުނެލިއެވެ. އެމީހުންވެސް އަލީޝާއަށް ހިތްވަރު ލިބޭގޮތަށް ލިއާއަށް ނިސްބަތްކޮށް ދަށް ފެންވަރުގެ ވާހަކަ ދެއްކިއެވެ.

“ސޯ މިރޭ ވޯކް އޮތީ ކައިލްމެންގެ ގޭގަ…ފައިނަލް ދޯ…!” މަޝްވަރާތައް ނިމި ކައިރާ ވާހަކަ ދެއްކިއެވެ. ކައިލް އާއި އިޝާން އެއްބަސްވިއެވެ. ލިއާ އިނީ އެއްޗެއް ނުބުނެވިފައެވެ. އެކަން ފާހަގަވެ ލިއާ އަށް ނިސްބަތްކޮށް އިޝާން އެއްޗެކޭ ބުންޏެވެ. ލިއާގެ ބަހަނާއަކަށް ވީ ކައިލްގެ ގެޔަށް ދާން ނޭނގޭނެ ކަމުގައެވެ.

“ލިއާ ބަލާ ގޮސްފާނަމޭ…” އެންމެންގެތެރޭ ކައިލް ބުނެލި އެއްޗަކުން ލިއާ ރަކިވިއެވެ. އިޝާން ރާގަކަށް ހޫމް އަޅުވާލާ ދަމާލުމުން ކައިލް ލޯ އަޅައިލިއެވެ. “އައި މީން، އައެމް ދަ ލީޑަރ…ސޯ އަހަރެންގެ ޒިންމާއެއް ދޯ ގްރޫޕް އެންމެން ހަމަކުރުމަކީ…!” ކައިލް ހަމަޖެހިލާފައި ވާހަކަ ދެއްކިއެވެ.

“އާން ދޯ…” ކައިރާ ނޫންގޮތަކަށް ބުނެލާފައި މޭޒު ދަށުން ލިއާގެ ފައިގަ ޖަހާލިއެވެ. އެވަގުތު ލިއާ ކައިރާ އަށް ބަލާލާފައި ލޯ ހަނިކޮށްލުމާއެކު ކައިރާ ހޭންފެށިއެވެ. ކައިލް ކައިރާއަށް ދިން އިންޒާރުގެ ނަޒަރާއެކު ކައިރާ އަވަސްއަވަހަށް ހިނިގަނޑު މަތަކުރިއެވެ. އިޝާން އިނީ ކައިލްއަށް ނުބަލަންވެގެންނެވެ. ހުނުން ނުހިފޭއްޓޭނެކަން ޔަގީންވާތީއެވެ.

“ކައިލް ނުދިޔަޔަސް އަހަރެން ދަމުން ލިއާ ގޮވައިގެން ގޮސްފާނަން…” ކައިރާ ބުނެލިއެވެ. އެވަގުތު ލިއާ އަވަސްއަވަހަށް އެއްބަސްވިގޮތުން ކައިލް ގާތަށް ހިނިއައެވެ. އިޝާންއަށްވެސް ހެވުނެވެ. ލިއާ އަށް މިފަހަރުވެސް ކައިލްއަށް ބަލާލެވުނީ މަދުން ނޫނީ ނުފެންނަ އެ ހިނިތުންވުމުގެ ފުރިހަމަކަމުންނެވެ.

ދުރުގައި އިން އަލީޝާގެ ހިތަށް ހީވީ ކަށްޓެއް ހެރުންހެންނެވެ. ކައިލްގެ ފުރިހަމަ ހިނިތުންވުން ފެނި ހިތް ދީވާނާ ވީއިރު އަނެއްކޮޅުން ކައިލް ހިނިތުންވެލައިގެން އިން އިރު، އެ ނަޒަރު ހުއްޓިފައި ހުރި ފަރާތް ފެނި އަލީޝާގެ ރުޅިވެރިކަމުގެ ހުޅު ފަޅައިގެންދިޔަ ކަހަލައެވެ. ކައިލް އަކީ އާއްމުގޮތެއްގައިވެސް ހިނިތުންވެ އުޅޭ ޒުވާނަކަށް ނުވާއިރު، ލިއާމެންނާއެކު ތިބި ވަގުތު އެ ހިނިތުންވުން ފާޅުވުމުން އަލީޝާއަށް އެކަން ބަރުދާސްތުކުރަން ދަތިވިއެވެ. ކާން ގެނެސް ހުރި ތަށި ދުރަށް ޖައްސާލުމާއެކު ތެދުވެގެން ހިނގައިގަތީ އަތުންފައިން ގޯހެއް ހެދިދާނެތީއެވެ. ފަހަތުން މީޝާ އާއި އިފާވެސް ދިޔައެވެ.

އެންމެންނަށް ވުރެ ކުރިން ލިއާ ކައި ނިންމާލާފައި ދާން ހިނގައިގަތެވެ. ކައިރާ ކުސްތަޅައިގަތުމުންވެސް މިފަހަރު އޭނާ މަޑެއް ނުކުރިއެވެ. ބަހަނާއަކަށް ދެއްކީ އޭނާ ނިންމަން ޖެހޭ މަސައްކަތެއް އޮތްކަމުގައެވެ. އެންމެފަހުން އިޝާންވެސް ބާރު އެޅުމުން ކައިރާ ގޮތްދޫކުރިއެވެ. އެއާއެކު ލިއާ އަވަސްއަވަހަށް ހިނގައިގަތެވެ. އެހުރިހާއިރު ކައިލް އިނީ ބަހެއް ނުބުނެއެވެ.

ކްލާހަށް ވަތްއިރު އެއްފަރާތު ކަނެއްގައި އަލީޝާއާއި އޭނާގެ ގްރޫޕް ވާހަކައެއްގައި ކޮޅަށް ތިއްބެވެ. ލިއާ ވަނުމާއެކު އަލީޝާ ލިއާއަށް ބަލާލަމުން ދެއަތް އުރާލިއެވެ. ލިއާ އެމީހުންނަށް ސަމާލުކަމެއް ނުދީ ގޮސް އޭނާގެ ގޮނޑީގައި އިށީނެވެ. ދަބަހުން ފޮތްތައް ނަގާ ނޯޓްސް ނަގަން ފެށިއިރު ހަރަކާތްތަކުގައިވީ އާދައިގެ މަތިން ހަމަހިމޭންކަމެވެ. އިރުކޮޅަކު ލިއާއަށް ބަލަން ހުރެފައި އަލީޝާ އެ ދިމާލަށް އަންނަންފެށިއެވެ. އެވަގުތު ލިއާގެ ހަވަނަ ހިއްސު، ސަމާލުވުމަށް އަންގާލިކަހަލައެވެ.

“އޮނެސްޓްލީ……،”ލިއާ ހީކުރިގޮތަށް އަލީޝާ ވާހަކަ ދައްކަމުން އައިސް ލިއާގެ ޑެސްކް ކައިރި މަޑުކޮށްލިއެވެ. އަދި ދެއަތް އުރާލިއެވެ. “…ސަމް ޕީޕަލް ރިއަލީ ތިންކް ބީއިން ސައިލެންސް މޭކްސް ދެމް ސުޕީރިއާރ…” އަލީޝާ ބުނަން އުޅުނު ޖުމްލަ ފުރިހަމަކުރިއެވެ. ދިވެހި ގަޑިން ފެށިގެން އޭނާ އެ ހުންނަނީ ހިތުގައިވި ރުޅިވެރިކަން ލިއާއަށް ބޭރުކޮށްލާނެ ގޮތެއް ނުފެނިފައެވެ. އޭނާގެ ބޭނުމަކަށްވީ ލިއާ ދަށްކޮށްލާ ދެރަކޮށްލުމެވެ. އިފާ އާއި މީޝާގެ ނުލަފާ ހުނުމުގެ އަޑު އިވުނެވެ. ކިލާހުގައި ތިބި މަދު ކުދިންކޮޅުގެ ސަމާލުކަންވެސް އެމީހުންނަށް ހުއްޓިފައި ވެއެވެ.

ލިއާގެ ފަރާތުން އެއްވެސް ރައްދެއް ނުލިބުނެވެ. އޭނާ މަސައްކަތުގައި މަޝްއޫލުވެ އިނެވެ. އެއްފަހަރުވެސް އިސްއުފުލާ އަލީޝާމެންނަށް ބަލާނުލިއެވެ. އެކަމާވެސް އަލީޝާ ރުޅިގަދަވާގޮތްވިއެވެ.

“އިޓްސް ކައިންޑް އޮފް އިމްޕްރެސިވް ތޯހ…ސްޓޭއިން ކުއައިޓް ލައިކް ދެޓް އީވެން ވެން އެވްރިވަން ކެން ސީ………”

“ކައިންޑަރ އިމްޕްރެސިވް ހައު މަޗް ޔޫ ޓޯކް އެބައުޓް ހާރ…!” އަލީޝާގެ ޖުމްލަ ފުރިހަމަވާގޮތް ނުވީ ފަހަތުން އިވުނު އަޑަކުންނެވެ. އޭނާ ސިހުނުވަރުން ފުންމައިގެން ނުދިޔައީ ކިރިޔާއެވެ. މީޝާއާއި އިފާވެސް ސިހުނެވެ. އޭރު ފަހަތުގައި ހުރީ ކައިލްއެވެ. ގާތުގައި އިޝާން އާއި ކައިރާ ހުއްޓެވެ. އަލީޝާމެން ފެނުމުން ކައިރާގެ މޫނުމަތިން ފެނުނީ ފޫހިކަމެވެ. އަލީޝާ ކައިލްއާއި ވީ ފަރާތަށް އެނބުރިގެން ހުރިއިރު ނަފްސު ހަމަޔަކަށް އެޅުވޭތޯ މަސައްކަތް ކުރިއެވެ. ކައިލްގެ އެއް އަތުގައި ޔުނީފޯމްގެ ކޯޓް އަޅުވާލާފައި ވީއިރު ފެންނަލެއް ފިރިހެންވަންތަކަމުން އަލީޝާ މޮޔަވާގޮތްވިއެވެ. އަވަސްއަވަހަށް އަޑު ހިމަކޮށްލަމުން ވާހަކަ ދައްކަން އުޅުނެވެ.

“ކައިލް…، އައި ވޯޒް ޖަސްޓް……”

“…ޓޯކިން…” ކައިލް އަލީޝާގެ ޖުމްލަ ފުރިހަމަކޮށްދިނެވެ. ޔާ…އައި ހާރޑް…!” ކައިލްގެ ތޫނު ނަޒަރުން އަލީޝާގެ ހިތް ރޫރޫ އަޅާލިއެވެ. މޫނުމަތިން ރުޅިވެރިކަން ފެންނަން ހުރިއިރު ނުރައްކާތެރި ދަރަޖައަކަށް ކައިލް ރީއްޗެވެ. އަލީޝާ އާގަންނަ ގޮތްވިއެވެ. ހަމަ އެއާއެކު އެ ނާޒުކު ވަގުތުކޮޅުވެސް ކައިލްގެ ފުރިހަމަކަމަށް ހިތާ ހިތާ ތައުރީފުކޮށްލެވުނެވެ.

ކްލާސްތެރެއަށް ވަނީ ހަމަހިމޭންކަން ވެރިވެފައެވެ. ހުރިހާ ކުދިންގެ ނަޒަރު ވަނީ އެ ދިމާލަށް ހުއްޓިފައެވެ. ބައެއް ކުދިން ނޭވާ ލާންވެސް ހަދާންނެތިފައި ތިބި ކަހަލައެވެ. މީޝާ އާއި އިފާ ނޫންކަމަށް ހަދާފައި އަލީޝާގެ ފަހަތަށް ވަނެވެ. ލިއާ އިނީ އެންމެންގެ ސަމާލުކަމާއި ހެދި އުނދަގޫވެފައެވެ.

ކައިލްގެ ނަޒަރު އިސްޖެހިފައި އިން ލިއާއަށް ހުއްޓުނެވެ. އިރުކޮޅަށެވެ. އެ ހަމަހިމޭންކަން ކައިލްގެ ނަފްސުގައި ނިދާފައިވާ ބާރެއް ހޭލައްވާލި ކަހަލައެވެ. ދެން އަނެއްކާ އަލީޝާއަށް ބަލާލިއިރު އެ ބެލުމުގައި ވަނީ ފިނިކަމެވެ. އަލީޝާގެ ހިތް ރޫރޫ އަޅައިގަތެވެ. “ޔޫ ޑޯންޓް ނީޑް ޓު ކީޕް ޕޮއިންޓިންގް ހާރ އައުޓް…” ކައިލް އިންޒާރެއް ގޮތަށް ބުންޏެވެ. “އެވްރިވަން އޯލްރެޑީ ސީސް ހާރ…!” ކައިލް ބުނެލި ވާހަކައިން އަލީޝާގެ މޫނުގެ ކުލަވަރު ބަދަލުވީތަން ފެނި ކައިރާއަށް އަނގަމަތީ އަތް އެޅުނީ ހެވިދާނެތީއެވެ. އެއާއެކު އިޝާން އަތް ޖަހާލީ ކައިލް ބުނި ވާހަކައަށް ތާއިދުކުރުމުގެ ގޮތުންނެވެ. އަލީޝާ އިތުރަށް ލަދުގަންނަ ގޮތްވީއެވެ. ކައިލް ބުނި އެއްޗަކުން ރަނގަޅަށްވެސް އޭނާ އަނގަ ސަކަރާތްވިއެވެ.

“އަހަރެން……، އައި…ވޮޒްންޓް ޑުއިން…އެނީތިންގް…ސީރިއަސް…” އަލީޝާ އާގަންނަމުން ވާހަކަ ދެއްކިއެވެ. ހަމަ އެއާއެކު އޭނާ ރުޅި އައީ އޭނާގެ ދިފާއުގައި ބަހެއް ނުބުނެ މީޝާއާއި އިފާ ތިބުމުންނެވެ. ނަމަވެސް އެ ދެމީހުން ތިބީ ކައިލް ތިބުމުން ބަހެއް ބުނަން ނުކެރިފައެވެ.

“ދެން ސްޓޮޕް މޭކިން އިޓް ސައުންޑް ލައިކް ޝީ އިޒް އަ ޕްރޮބްލެމް…” ކައިލްގެ ޖުމްލަ ތޫނުވެފައި ކައްޓެއް ފަދައިން އަލީޝާގެ ހިތަށް ހެރުނެވެ. މީޝާ އާއި އިފާ ތިބީ އިސްއުފުލާލަން ނުކެރިފައެވެ. ކައިލް ބުނެލި ވާހަކައިގެ ބަރުދަނުން ކްލާސް އެހެން ކުދިންވެސް ތިބީ ހިމޭންވެފައެވެ. ކައިލް ލިއާ ދިފާއު ކުރަނީ ކީއްވެބާއޭ، މިއީ އެ ކްލާހުގެ ގިނަ ކުދިންގެ ހިތުގައި އުފެދިފައިވާ ސުވާލެކެވެ. ނަމަވެސް ބައެއްފަހަރު އަލީޝާގެ ޑްރާމާ ބޮޑުކަމުން އުނދަގޫވެގެންވެސް މީހަކަށް އެއްޗެއް ނުބުނެ ނުހުރެވޭނެކަން އެމީހުން ގަބޫލުކުރެއެވެ.

އަލީޝާ ބަހެއް ބުނަން ދެތިން ފަހަރަކު އަނގަ ހުޅުވާލިއެވެ. ނަމަވެސް އޭނާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ކައިލްއަށް ބަލާލިއިރު އެ ލޯ ވަނީ ހިސާބަކަށް ފެންކަޅިވެފައެވެ. އޭނައާއި ދޭތެރޭ ކައިލްގެ ވާހަކަ ހުރި ގޮތުން އަލީޝާގެ ހިތަށް އަސަރުކުރިއެވެ. މިހާވަރަށް ކައިލްއަށް ހިތްކިޔައިގެން އުޅޭއިރު ކައިލްގެ ފަރާތުން މި ވީހާތަނަށް އޭނާ ހިތް އެދޭފަދަ އިޝާރާތެއް ފެނިފައެއް ނުވެއެވެ. ކައިލްގެ ލޮލުން ފެނުނީ ފިނިކަމެވެ. ކައިލް ލިއާ ދިފާއު ކުރާތީ އަލީޝާގެ ހިތުގައި ލިއާ އާއި މެދު އުފެދިފައިވި އަލިފާން އިތުރަށް ހުޅުފަޅާ އަނދަން ފެށިކަހަލައެވެ.

“މީހަކާ ދޭތެރޭ އެއްވެސް މައްސަލައެއް އޮތިއްޔާ ނޫން ގޮތަކަށް ވައްބަހުން ނުޖަހާ ސީދާ އެމީހަކާ ދިމާލަށް ބުނޭ…ނޫނީ ބޭކާރު ވާހަކަ ނުދައްކާ މަޑުން ހުރޭ…!” ކައިލް މިފަހަރު ދިވެހިން ވާހަކަ ދެއްކުމުން އަލީޝާގެ ގައިން ހީބިހި ނަގައިގަތެވެ. އޭނާއަށް ދެއަތް ދެއަތާ ކާއްތާލެވުނީ ހިތް ބިރުގަނެގެން އައުމުންނެވެ. ކައިލްގެ ފިރިހެންވަންތަ އަޑުން ދިން އިންޒާރުން މުޅި ހަށިގަނޑު ގަނޑުކޮށްލި ކަހަލައެވެ.

“ޑޯންޓް ޔޫސް އަ ކްލާސްރޫމް ޓު އެންޓަރޓެއިން ޔުއަރސެލްފް…” އެންމެ ފަހު ވާހަކައަކަށް ކައިލް ބުނެލިއެވެ. ފަހަރަކަށްވުރެ ފަހަރެއް ކައިލްގެ ބަސްތަކުން އަލީޝާ ކުޑަވަމުން އައެވެ. މީޝާ އާއި އިފާވެސް ތިބީ އެއްޗެއް ނުބުނަން ހުވާކޮށްގެން ކަހަލައެވެ. އޭރު އަނަފް އާއި ބައެއް ފިރިހެން ކުދިން އަތް މުއްކަވާލައިގެން އަނގަމަތީ ޖައްސާލައިގެން ތިބީ އަލީޝާގެ މޫނުގެ ކުލަވަރު ފެނި ހިނިގަނޑު ނުހިފޭއްޓިދާނެތީއެވެ.

“އޯކޭ…” އަލީޝާ މަޑުމަޑުން ބުނެލާފައި ހިނގައިގަތެވެ. ކައިލްގެ މޫނުމަތިން އެ ޖަވާބާއި މެދު ހިތްހަމަޖެހުނުކަމެއްވެސް އަދި ނުރުހުނުކަމެއްވެސް ފާޅެއްނުވިއެވެ. އޭނާ ލިއާއަށް ފުން ނަޒަރަކުން ބަލާލުމާއެކު އެނބުރި ގޮސް އޭނާގެ ޑެސްކު ކައިރި އިށީނެވެ.

ކައިރާ އިށީނދެފައި ލިއާގެ އަތުގައި ހިފަހައްޓާލީ ނޯޓްސް ލިޔަން އިންގޮތަށް ލިއާ މަޑުޖެހިފައި އިނުމުންނެވެ. އެ އަތް ފިނިވެފައިވާވަރުން ކައިރާ ހައިރާންވިއެވެ. މި ހުރިހާއިރު އަމާޒުވެފައިހުރި ނަޒަރުތަކާހުރެ ލިއާ އިނީ ރަނގަޅަށް ނޭވާވެސް ނުލެވިފައެވެ. ހަމަ އެއާއެކު ކައިލް އޭނާ ދިފާއުކުރުމުން އެކަމާވެސް އޭނާއަށް ފިކުރު ހިންގެމުން ދިޔައެވެ. ނަމަވެސް ކައިރާގެ ކަންބޮޑުވެފައި ހުރި މޫނު ފެނި ލިއާ ހަމަޖެހިލަމުން ނޯޓް ލިޔުމައިގެން ކުރިޔަށް ދިޔައެވެ. ލިއާ އެކަމާ ބެހޭގޮތުން ވާހަކަ ނުދައްކާތީ ކައިރާވެސް އިތުރު އެއްޗެކޭ ނުބުންޏެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Itxlevender
Follow Me Written By

Itxlevender

Level 210 Stories100 Comments100 Login

A girl lost in pages and feelings ✨

Other Articles

Previous

ލޯބިން ބުނާތީ 15

Next

ވާތީ ހިތަކު ލޯބި މަންމަންވެފާ 62

Next
June 5, 2026

ވާތީ ހިތަކު ލޯބި މަންމަންވެފާ 62

Previews
June 4, 2026

ލޯބިން ބުނާތީ 15

11 Comments!

  1. shav shav says:
    June 5, 2026 at 11:34 am

    Vrh vrh reethi mibaives masha’allah.
    This aleesha ge kanthah maa mahchah dhw midhany. Psps. Leave lia alone. She has nothing to do with you aleesha 😭.
    Aleesha e dhakkany hama mihaaru ge gina meehunge goiy. Kamakaa nulaa meehaku dheke rulhi aun, dhah fantheege meehun dheke rulhi ais foohi vun n all. Very relatable.
    Anyways, when next?
    Keep up the good work sis
    Stay healthy and safe and take care
    Lots of love 💜💗

    1. Itxlevender Itxlevender says:
      June 6, 2026 at 9:54 pm

      Yeah totally agree with you 😭 anyway thank you so much darl 💗 stay safe 💗
      Next part soon IA

  2. Its just me says:
    June 5, 2026 at 1:57 pm

    Alisha kihineh vegen tha e ulhenee 😒 kyle e hedhee hama rangalhah ekahala meehunnaa deal kuran jeheynee ehn 😂 btw mi part vx hama v reethi as usual keep it up 🫶 waiting for the next part ♥️

    1. Itxlevender Itxlevender says:
      June 5, 2026 at 4:45 pm

      She seeks attention 😭 anyway, thank you so much 🥰💗

  3. Exxo says:
    June 5, 2026 at 3:59 pm

    Nice.

    1. Itxlevender Itxlevender says:
      June 5, 2026 at 4:45 pm

      Thank you 💗

  4. ❤️ says:
    June 5, 2026 at 5:53 pm

    Kyle ragalhu e alisha size koffai bahattan vi 🙄
    Lia and Kyle dhekudhin so cute
    Can’t wait for the next part
    Also i wanto see more of kaira and ishaan. Varah majaa dhekudhin🤣
    Lysm levender wiring for the next

    1. Anonymous says:
      June 5, 2026 at 6:59 pm

      Thank you so much 🥹💗 ly! 💗

    2. Itxlevender Itxlevender says:
      June 5, 2026 at 7:46 pm

      Thank you so much 🥹💗 ly! 💗

  5. Anonymous says:
    June 6, 2026 at 6:47 pm

    When next??

    1. Itxlevender Itxlevender says:
      June 6, 2026 at 9:55 pm

      Soon In Sha Allaah 💗

Comments are closed.

Next Episodeލޯބިން ބުނާތީ 17←


All Right Reserved!