ލޯބިން ބުނާތީ 14
ގަޑިން ރޭގަނޑު އަށެއް ޖެހީއެވެ. ވާރޭ ވެހުން މެދުކެނިޑިފައިވިޔަސް މާހައުލުގައި ވަނީ ތެތްފިނިކަމެވެ. ކަޅުކުލައިގެ އަތްދިގު ކުރުތާއަކާއި ގަދަ ނޫކުލައިގެ ޖީންސެއްގައި ލިއާ އައިސް ކައިރާ ބުނި ގޭކައިރި މަޑުކޮށްލިއެވެ. އޭރު އޭނާގެ މުޅި ސަމާލުކަންވަނީ ކުރިމަތިން ފެންނަމުން ދިޔަ ގެޔަށް ހުއްޓިފައެވެ. ސްވިޒަރލޭންޑް ފަދަ ހިސާބުތަކުން ފެންނަފަދަ ހިތްގައިމު ރީތި ލަކުޑިކުލައިގެ ގެޔެއް ކަމަކު ގެޔަށް ބަލާލާފައި ގޭގެ ވެރިންގެ ހައިބަތާއި މުއްސަނދިކަން ހާމަވެއެވެ. ގޭގެ ވެރިންނަކީ ފެހިކަމަކަށް ލޯބި ކުރާ ބައެއްކަން ހާމަވަނީ ތިރި ވަށާފާރުގެ ފަހަތުން ފެންނަމުން ދިޔަ ގޯތިތެރޭ ވާ ފެހިކަންގަދަ ކާޕެޓް ވިނަގަނޑާއި ހެދިފައިވާ ބިޔަ ގަސްތަކުންނެވެ. އެކަނި އެ މާހައުލުންވެސް ހިތްތަކަށް ހަމަޖެހުން ގެނެސްދޭނެއެވެ. އަމުދުން ލިއާ ފަދަ ގަސްތަކަށް ލޯބި ކުރާ ކުއްޖަކަށް މީ ދުނިޔެމަތީގެ ސުވަރުގެ ކަމުގައި ވިއެވެ.
ކައިރާއަށް ގުޅިތާ އިރުކޮޅެއްފަހުން ގޭގެ ދޮރު ހުޅުވާލާފައި ދުވަމުން އައެވެ. މަޑު ރީނދޫކުލައިގެ ކަކުލަށްވުރެ ކުޑަކޮށް ތިރިޔަށް ހުރި ހެދުމުގައި ކައިރާ ފެންނަލެއް ނުހަނު ލޯތްބެވެ. އެ ހެދުމުގައި ކައިރާގެ ދޮންކަން އިތުރުވެފައި ވާކަހަލައެވެ. ލިއާއަށްވެސް ކައިރާ ލޯބިކަމުން ތައުރީފުކޮށްނުލާ ނުހުރެވުނެވެ.
ލިއާ ގޮވައިގެން ކައިރާ ދިޔައީ ގޭގެ ދެވަނަ ފަންގިފިލަޔަށެވެ. ލިއާއަށް އެ ގޭގެ ރީތިކަމުން ހިތާހިތާ ތައުރީފުކޮށްލެވުނެވެ. ޖާގަ ބޮޑު ތަނަވަސް ސިޓިން ރޫމްގައި އެންމެ މިޒަމާނުގެ ބޮޑު. ބެއިޖްކުލައިގެ ސޯފާއެއް ވެއެވެ. އޭގެ ކުރިމަތީގައި ބޮޑު ފްލެޓް ސްކްރީން ޓީވީއެކެވެ. ސިޓިންރޫމް އިން ތަންކޮޅެއް ދުރުގައި ވަނީ ބަދިގެއެވެ. މާބްލް އިން ރާނާފައިވާ ކިޗެން ޓޭބަލް މަތީގައި އެކިކަހަލަ ޑްރިންކްސް ހެދޭނެ ފަދަ ފްލޭވާ ފުޅިތަކެއް ވެއެވެ. މުޅި މާހައުލުން ފެންނަނީ ހުދުކަމާއި ސާފުތާހިރުކަމެވެ. ފިނި ހޫނުމިން ހުރީ ގަޔަށް އަރާމު ވަރަކަށެވެ. އެހުރިހާކަމަކަށް ވުރެ ލިއާ ފިނިވެގެން އައީ ސިޓިން ރޫމްގައި ލެޕްޓޮޕް ހިފައިގެން އިން ކައިލްއާއި އިޝާން ފެނިފައެވެ.
“ބީ ކޮމްފޮރޓެބްލް އިނގޭ…! އަހަރެމެން ހަތަރު މީހުން އެކަނި މި ބައިގަ މިރޭ އުޅޭނީ…މިތަނަށް މިގޭ އެކަކުވެސް ނާންނާނެ…” ލިއާ ގޮވައިގެން ގޮސް އިށީންނަމުން ކައިރާ ވާހަކަދެއްކިއެވެ. ލިއާވެސް ހަމަޖެހިލެވޭތޯ މަސައްކަތް ކުރިއެވެ.
“ލިއާގެ ޓާސްކަކީ މި ޓޮޕިކާ ބެހޭ އިންފޯ ހޯދުން…” އިޝާން އިނދެފައި އޭނާގެ ލެޕް ނަގާ ލިއާ އަތަށް ދިނެވެ. ލިއާ އޭގައި ހިފުމުން ނޯޓް ފޮތަކާއި ގަލަމެއްވެސް ދިނެވެ. އޭރު ކައިލް ލެޕްޓޮޕަށް ނަޒަރު ހިންގާލައިގެން އިންއިރު ދެ އިނގިލި ދޭތެރޭ ގަލަން ތަޅުވަމުން ދިޔައެވެ. އަޅިކުލައިގެ އަތްދިގު ޓީޝާރޓަކާއި ކަޅުކުލައިގެ ޖިންސެއްގައި އިންއިރު އާދައިގެމަތިން ނުހަނު ފިރިހެންވަންތަވެފައި ހިތްގައިމެވެ.
ކައިރާ އާދައިގެ މަތިން އެކި ތަންތަނަށް ދުވަމުން ދިޔައެވެ. އެއްފަހަރު ލިއާ ގާތު އިނިއްޔާ އަނެއްފަހަރު ގޮސް ކައިލްއާއި އިޝާން ކުރަމުން ދިޔަ މަސައްކަތަށް ބޯ ކޮށްޕާލާނެއެވެ. ލިއާ އިނީ ކައިރާގެ އަމަލުތަކުން ހައިރާންވެފައެވެ. އިޝާން އާއި ކައިލްގެ ގާތުގައި ކައިރާ އެހާ ހަމަޖެހިލާފައި އުޅޭތީއެވެ. ކައިރާ އުޅޭގޮތުން ހީވަނީ މާ ކުރިންވެސް އެމީހުން ދެކެފަރިތަ މީހެއްހެންނެވެ.
“އަގްގްގް…ދެޓް ހެޑްލައިން ލުކް ޓެރިބަލް އިޝާން…!! މީނައަށް ރަނގަޅަށް ކަމެއް ކުރަން އެނގޭނެތަ…؟” ކައިރާ ތުންދަމާފައި އިޝާންގެ ބޮލުގައި ޖެހިއެވެ. އެ މަންޒަރު ފެނި ލިއާގެ ދެލޯ ބޮޑުކޮށްލެވުނެވެ. މި ހުރިހާ ކަމެއް އިށީނދެ އިން ކައިލްއަށް ފާހަގަވިއެވެ.
“ޕިސް ޕިސް…އަމިއްލައަށް އަހަރެމެންނަށް މިތަނަށް އިންވައިޓްކޮށްފަ އަދި ޔޫ އަރ އެކްޓިން ލައިކް ދަ ޓީޗަރ…” އިޝާން ބޮލަށް އުނދަގޫވެފައި އިންކަހަލަ ގޮތަކަށް ވާހަކަދެއްކިއެވެ.
“ޔެސް…ބިކޯޒް ކްލިއަރލީ ނަން އޮފް ޔޫ ކެން ބީ ޓްރަސްޓެޑް…” ކައިލްއާއި އިޝާންއަށް އިޝާރަތްކޮށް ކައިރާ ބުނެލިއެވެ.
“ޔުއަރ ޑްރެމެޓިކް…!” ކައިރާއަށް ބަލާލުމެއްނެތި ކައިލް ފިނި އަޑަކުން ބުނެލިއެވެ. އެ ނަޒަރު ހުރީ އިޝާން ކުރަމުން ދިޔަ މަސައްކަތަށެވެ.
“އައެމް އެފިޝިއެންޓް…!”
“ސޭމް ތިންގް…!”
ކައިލްއާއި ކައިރާގެ ބަހުސް އަޑު އަހަމުން، ލިއާ އާއި އިޝާން މަސައްކަތައިގެން ކުރިޔަށް ދިޔައެވެ. ޓައިޕް ކޮށް ކޮށް އިންދާ، ކައިރާ ދެން ކުރިކަމަކުން ލިއާއަށް ލިބުނީ ޝޮކެކެވެ. އިޝާން އާއި ކައިލްއާއި ދެމެދަށްވަދެ ސޯފާގައި އިށީނަމުން ކުރިމަތީ ހުރި ބިއްލޫރި ބޯތަށިން ސްޓޯބެރީއެއް ނަގާ ހަފާލަމުން ކައިލްއާއި އިޝާންގެ ކޮނޑަށް އަތް ވައްޓާލިއެވެ. “ޔޫ ނޯ…، އިޓްސް ކައިންޑަ ފަނީ ވޮޗިން ޔޫ ޓޫ ވޯކް ޓްގެދަރ ކޮންސިޑަރިން ކައިލް އިޒް ލިޓެރަލީ މައި ކަޒިން…” ކައިރާ އިނދެފައި ވައްޓާލި ބޮމުގެ ސަބަބުނެ ލިއާގެ ދެލޯ ބޮޑުވެގެން އައުމާއެކު ހުއްޓުން އެރިއެވެ.
“ވަޓް…؟” އެސްފިޔަ ޖަހާލުމެއް ނެތި ލިއާއަށް ބުނެވުނެވެ.
ކައިލް ގަލަން ތަޅުވާލަ ތަޅުވާލާ އިނެވެ. ކައިރާ ހަމަޖެހިލައިގެން ސްޓޯބެރީ ހަފަމުން ދިޔައިރު މާހައުލަށް އޭނާ ވައްޓާލި ބޮމުގެ އަސަރު ނުކުރާ ކަހަލައެވެ. އިޝާން އިނީ ފާޑަކަށް ހިނިއައިސްފައެވެ.
“ޔޫ ބޯތް އަރ ކަޒިންސް…؟” ހައިރާންވެފައި ހުރެ ލިއާއަށް ބުނެވެނެވެ. “ސިންސް ވެން…؟”
“ސިންސް ބާރތް ސިލީ ގާލް…” ލިއާ ކުރި މޮޔަ ސުވާލުން އިޝާންގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. ކައިރާ ހެވުނު ވަރުން ކޮށި އަރައިގަތުމާއެކު ކައިލް އިނދެފައި ކައިރާގެ އަތުގައި ހިފާ ނަގާ ދުރަށް ޖައްސާލިއެވެ. އޭރު އަނގައިގަ ހުރި ކާއެއްޗެހިތައް ބުރައިގެން ނުދިޔުމަށްޓަކައި ކައިރާ މަސައްކަތް ކުރަމުން ދިޔައިރު ލޮލުން ފެން އަންނަމުން ދިޔައެވެ.
“ޔޫ ނިއު…؟!” އިޝާން އާއި ސުވާލުކޮށްލިއިރު ލިއާގެ ހައިރާންކަން ވީ އިތުރެވެ. “ޔެޕް…!” ލެޕުން ނަޒަރު ވަކިކޮށްލުމެއް ނެތި އިޝާން ޖަވާބު ދިނެވެ.
“ނޮޓް އޮންލީ ދެޓް…ކައިލްގެ ޑޭޑް އަކީ ވެސް އޭއޭއެޗްއީ ގެ އޯނަރ އެއް…ޕްލަސް ހީ އިޒް އަ ޑޮކްޓަރ…ސޯ ސްކޫލް ކަންތަކުގަ އަމަލީ ގޮތުން ނޫޅުނަސް ކައިލްގެ ޑޭޑް އަކީވެސް ހަމަ މައި ޑޭޑްއެކޭ އެއްގޮތަށް އޯނަރ އެއް…އެންޑް އަމީރު އަހުމަދު އަކީ އަވަރ ގްރޭޓް ގްރޭންޑް ފާދަރ…!” ކައިރާ އިނދެފައި ދެން ހާމަކޮށްލި ވާހަކައިން ލިއާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އޭނާއަށް ކުއްލިއަކަށް ހީވީ އޭނާއަށް މި އިނދެވުނީ ނުދަންނަ ބައެއްގެ ތެރޭހެންނެވެ. މިރޭ އެގެޔަށް އައި އިރު މިފަދަ ހައިރާންކުރުވަނިވި ވާހަކަތަކެއް އަޑުއިވިދާނެކަމަކަށް އެއްވެސް ވަރަކަށް އެ ނަފްސު ތައްޔާރުވެފައެއް ނެތެވެ. އެއާއެކު ހިތުގައި ނުތަނަވަސްކަމެއް ހިނގާލިއެވެ. ކުރިޔަށް ވުރެ ބޮޑަށް އެމީހުންނާއި ލިއާ އެކަށީގެންނުވާކަމަށް އިހުސާސްވިއެވެ. ނަމަވެސް ލިއާ މޫނުމަތިން އެ އަސަރުތައް ނުދައްކާ ވޭތޯ ބެލިއެވެ.
“އޯހް އެންޑް ވައިލް ވީ އަރ ޑުއިން ކޮންފެޝަންސް……،!” ކައިލް ގެ ފިރިހެންވަންތަ އަޑުން ބުނެލި ޖުމްލަ ފުރިހަމަ ނުކޮށް ހުއްޓާލިއެވެ. އެއާއެކު ކައިރާ އާއި އިޝާން އޭނާއަށް ބަލާލީ ދެލޯ ބޮޑުކޮށްލަމުންނެވެ. “ނޯ…!” ކައިރާ އިނގިލި ދިއްކޮށްލަމުން ބުނެލިއެވެ. ނަމަވެސް ކައިލް ފަސްޖެހުނު ކަމުގެ އަސަރެއް ނުފެނެއެވެ.
ކައިލް ވާހަކަ ދައްކަން އަނގަ ހުޅުވާލުމާއެކު ކައިރާ އަވަސްއަވަހަށް ލިއާއާއި ދިމާއަށް އެނބުރުނެވެ. “އިޝާން އެންޑް އައި……ވީ އަރ އަ ކަޕްލް…!” ކައިލްއަށް ވުރެ ކުރިން ކައިރާ ބުނެލިއެވެ.
ލިއާ ފުން ނޭވާއެއް ދޫކޮށްލިއިރު ދެފަރާތަށް ބޯ ހޫރާލެވުނެވެ. މިފަދަ ހައިރާންކުރުވަނިވި ކިތައް ވާހަކަ އަދި މިރޭ އިވޭނެބާއޭ އޭނާ ހިތަށް އެރިއެވެ. ބުނާނެ އެއްޗެއް ނޭނގިފައި އިން އިރު އޭނާއަށް ކުރެވުނުހާވެސް ކަމަކީ ފަހަރަކު މީހެއްގެ މޫނަށް ނަޒަރު ހިންގުމެވެ.
“ނުބުނާކަށް ނޫން އިނގޭ…ކައިލް ގްރޫޕް ސެލެކްޓް ކުރީއްސުރެ، މިރޭ ހަމަ ލިއާ ގާތު ބުނަންވެގެން ހުރީ…ބަޓް ކައިލް ޔޫ ސްޕޮއިލްޑް އިޓް…” ކައިރާ ކައިލްގެ ފައިގަ ޖަހާލިއެވެ.
“ވީ ވަރ ވެއިޓިން ފޯރ ދަ ރައިޓް މޫމެންޓް…” އިޝާން އިނދެފައި އިތުރުކޮށްލިއެވެ.
“އެޕަރެންޓްލީ ދަ ރައިޓް މޫމެންޓް ވޯޒް ޑިއުރިންގް އަ ގްރޫޕް އެސައިމެންޓް…!” ކައިލް އިނދެފައި ޖެއްސުމަށް ބުނެލި ވާހަކައިން ކައިރާ މޫނު ހަދާލިއިރު އިޝާން އަށް ހެވުނެވެ. ލިއާވެސް ފަނޑުކޮށް ހިނިތުންވެލިއެވެ.
“ސޯ ދިސް ވޯޒް އަ ގްރޫޕް ވޯކް ވިތް ހިޑެން ފެމިލީ ރިވީލްސް އެންޑް ރިލޭޝަންޝިޕް ރިވީލްސް…” ލިއާ މަޑުމަޑުން ބުނެލިއެވެ. ކައިލް ލިއާ އާއި އެއްބަސްވުމުގެ ގޮތުން ބޯ ޖަހައިލިއެވެ. “ތިމީހުން ކްލާސްތެރޭ ތިބޭއިރު ހީވެސް ނުވޭ…!” ލިއާ އިތުރުކޮށްލިއެވެ.
“ދެޓްސް ދަ ޕޮއިންޓް…ވީ ޑޯންޓް ވޯންޓް އެޓެންޝަން…!”
“މިހާރުވެސް ބޮލާ ނުކުޅަދާނަ…!”
“ސޯ މެނީ ފޭކް ޕީޕަލްސް…”
ކައިލް، ކައިރާ އަދި އިޝާން ވާހަކަދެއްކިއެވެ. ލިއާ މަޑުމަޑުން ބޯ ޖަހައިލީ އެމީހުން އެގޮތަށް ކަންތައް ކުރުމުގެ މަގުސަދު ނަގައިގަނެވުމުންނެވެ. ހަމަ އެއާއެކު ހިތުގައި ކޮންމެސް ވަރެއްގެ އުފާވެރިކަމެއް އުފެދުނީ އެމީހުން އެފަދަ އިތުބާރެއް ލިއާއަށް ކުރުމުންނެވެ.
ލިއާ ނިތްއަރުވާލުމާއެކު ލެޕްޓޮޕްގައި ޓައިޕްކުރުމައިގެން އުޅުނެވެ. އެވަގުތު ދެތިން ސްޓޯބެރީ ނަގައިގެން އައި ކައިރާ ލިއާ ގާތު އިށީނދެ ލިއާ ކުރަމުން ދިޔަ މަސައްކަތަށް ނަޒަރު ހިންގައިލިއެވެ. “އައި ކޭމް ހިއަރ ޓު ޑޫ ދަ ޕްރެޖެކްޓް…އެންޑް އިންސްޓެޑް އައި ފައުންޑް އައުޓް ޔޫ އެންޑް ކައިލް އަރ ކަޒިންސް…އެންޑް ޔޫ އެންޑް އިޝާން އަރ ޑޭޓިން…!” ކައިރާ އަށް ނަޒަރެއް ދީފައި ލިއާ ވާހަކަދެއްކިއެވެ. އިޝާން ހިނި އައިއިރު ކައިލްގެ ޝައުގުވެރި ސިއްރު ނަޒަރު ހުރީ ލިއާއަށެވެ.
“ޕްރޮޑަކްޓިވް ނައިޓް ދޯ…!” ކައިރާ ހީގަނެފައި ލިއާގެ ކޮނޑުގައި އަތް ވަށާލިއެވެ.
“ނައު ކެން ވީ ކޮންޓިނިއު ވިތް ދަ ޕްރޮޖެކްޓް ބިފޯ ޔޫ އެނައުންސް އެނީތިންގް އެލްސް…؟ ބަޓް އޮނެސްޓްލީ ދެން ހިއެއް ނުވޭ އިތުރަކަށް ވާނެ ސަޕްރައިޒެއް އޮތްހެން…” ކައިރާ އާއި ލިއާ ވާހަކަދެއްކި ނަމަވެސް ކައިލްއާއި އިޝާންއަށްވެސް އެ އަޑު އިވުނެވެ. އަދި އަޑުއިވުނުކަން އަންގާލުމުގެ ގޮތުން ލިއާ ބުނެލި ވާހަކައާއި ވިއްދާ އިޝާން އެއްޗެކޭ ބުނެލިއެވެ. އެއާއެކު ކައިރާގެ ހުނުމުގެ އަޑު އިވުނެވެ.
ޑްރިންކްސް ހެދުމުގެ ބަހަނާގައި ކައިރާ ކިޗެން ޓޭބަލްއާއި ދިމާލަށް ދިޔައިރު އިޝާންވެސް ތެދުވެ ފަހަތުން ދިޔައެވެ. އެއާއެކު ލިއާ އާއި ކައިލްގެ ދެމެދަށް ހިމޭންކަން ވެރިވެގެން ދިޔައެވެ. ލިއާ އިނީ ކައިލްއާއި އެކު އެކަނިވުމުން ހިތް އަވަސްވެފައެވެ. ކައިލް ލެޕްޓޮޕަށް ގެއްލިފައި އިންއިރު ފެންނަލެއް ނުހަނު ފިރިހެންވަންތައެވެ. ލިއާ އިނީ ވާހަކަދައްކަން ނުކެރިފައެވެ. އިރުއިރުކޮޅާ ލިއާ އަށް ސިއްރުން ކައިލްއަށް ބަލާލެވެއެވެ. އަދި ހަމަ އެހާއަވަހަށް ނަޒަރު ވަކިކޮށްލައެވެ. އޭރު ފަނޑު ގޮތަކަށް ކައިރާ އާއި އިޝާންގެ ސަކަރާތުގެ އަޑު އިވިއިވި ހުއްޓެވެ. އެއާއިއެކު އައިސްކިއުބުތައް ބިއްލޫރިތަށިތަކަށް އެޅޭ އަޑުވެސް އިވެމުން ދިޔައެވެ.
“ޔޫ ހެވް ބީން ޓްރައިން ޓު އާސްކް މީ ސަމްތިން ފޯރ ދަ ލާސްޓް ޓެން މިނެޓްސް…!” ކައިލް އިނދެފައި ވާހަކަ ދެއްކުމާއެކު ލިއާ އަތުން ލެޕްޓޮޕް ދޫ ނުވީ ކިރިޔާއެވެ. އެހާވެސް ބޮޑަށް އޭނާ ސިހުނެވެ. އެއާއެކު ކައިލް ބުނެލި ވާހަކައިން މޫނަށް ރަތްކުލަ ފާއްދާލުމާއެކު ވަގު ހިފުމުން ފާޅުވާކަހަލަ ކުލަވަރެއް ލިއާގެ މޫނުން ފާޅުވިއެވެ. “އައި…އައި ހެވެންޓް…” ލިއާގެ އަޑި ނިކުތީ ކެނޑިކެނޑިގެންނެވެ.
“ޔޫ ހޭވް…”
“އައި ރިއަލީ ހެވެންޓް…”
ކައިލް ކުއްލިއަކަށް އެ ތޫނު ނަޒަރު ލިއާއަށް ހުއްޓާލިއެވެ. ހިސާބަކަށް ދިގުވެފައިވާ އިސްތަށިގަނޑުން ބައެއް ކައިލްގެ ނިތުމައްޗަށް ވެއްޓިފައިވީއިރު މޮޔަވާހާ ފުރިހަމައެވެ. ކައިލްގެ އެ ނަޒަރުން ލިއާގެ އަނގަ ބަންދުވާގޮތްވީ ގަތް ލަދުންނެވެ. ކައިލްގެ ލޮލުގައިވަނީ އެހާވެސް ތޫނު ބާރެކެވެ. “ފަ…ފައިން…އައި ޑިޑް…” ލަދުން މަރުވާވަރު ވެހުރެވެސް ލިއާ އެންމެފަހުން އެއްބަސްވިއެވެ.
ކައިލް ސޯފާގައި ލެނގިލުމާއެކު އޭނާގެ ފުރިހަމަ ސަމާލުކަން ލިއާއަށް ހުއްޓާލިއެވެ. މިކަން އެނގި ލިއާ ފިނިވާގޮތްވިއެވެ. ކައިލްއާއި މެދު ހިތުގައި އިހުސާސެއް ނެތަސް އެފަދަ ނުރައްކާތެރި ދަރަޖައަކަށް ފުރިހަމަ ޒުވާނެއްގެ ސަމާލުކަން ލިބުމުން ހިތް ފިނި ނުވާނީ ކާކުގެހެއްޔެވެ؟ އަނެއްކާ އޭނާގެ ބެލުމުން ކައިލް ހިތްހަމަ ނުޖެހުނީ ހެއްޔެވެ؟ އޭނާ ބެލީ ނުނިޔަތެއްގައެއް ނޫނެވެ. އެހެންނޫނަސް ގްރޫޕަށް ކައިލް ލިއާ އިހުތިޔާރު ކުރީއްސުރެ ލިއާގެ ހިތުގައި އުފެދިފައިވާ ސުވާލަށް ޖަވާބެއް ބޭނުންވެފައި ވެއެވެ. ހިތް ބުނަމުން ދިޔައީ މީ އެންމެ ރަނގަޅު ވަގުތުކަމުގައެވެ.
“ޔޫ ކެން ޓެލް މީ…” ލެޕްޓޮޕްގެ ކަނުގައި އިނގިލި ހާކާލަ ހާކާލާ، ލިއާ މާ ގިނައިރު އިންނަންފެށުމުން ކައިލް މަޑުމައިތިރިކަމާއެކު ބުނެލިއެވެ. ލިއާ ހުރީ ފަސްޖެހޭ ގޮތް ވެފައެވެ. ކައިލް އާއި ވާހަކަ ދައްކަން ވުމުން އޭނާ ފިނިވާ ގޮތްވެއެވެ. ނަމަވެސް އޭނާ މި ފުރުސަތުގެ ބޭނުން ހިފަން ނިންމިއެވެ.
“އައި ވޯޒް ޖަސްޓް……” ލިއާ ޖުމްލަ ފުރިހަމަ ނުކޮށް ހުއްޓާލިއެވެ. ކައިލް އިންތިޒާރު ކުރިއެވެ. ލިއާ ބަލާލި ވަގުތު ކައިލް އެއްބުމަ އަރުވާލުމާއެކު ލިއާ ރަކިވާ ގޮތްވިއެވެ.
“…ވޮންޑަރިންގް ވައި ޔޫ ޕިކްޑް މީ ފޯ ދަ ގްރޫޕް…” ޖުމްލަ ފުރިހަމަކޮށްލެވުމާއެކު ލިއާއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. ހިތުގައިވި ފަސްޖެހުން ކޮންމެވެސް ވަރަކަށް ފިލައިގެން ދިޔައެވެ. އަދި ކައިލް ވާހަކަ ދައްކަން އުޅުމުން އަނެއްކާވެސް އަވަސްއަވަހަށް ވާހަކަ ދައްކަން ފެށިއެވެ. “ނޮޓް އިން އަ ބޭޑް ވޭ އިނގޭ…އައި ޖަސްޓް……އައި މީން…ޔޫ ކުޑް ހެވް ޕިކްޑް އެނީވަން…އައެމް ދަ މޯސްޓް އަންވޯންޓެޑް ވަން އިން ދަ ކްލާސް…ސޯ ދިސް ކައިންޑަ ސަޕްރައިޒްޑް މީ…” ލިއާ ހިތްވަރާއެކު ވާހަކަދެއްކިއެވެ.
ކައިލް އިރުކޮޅެއްވަންދެން ލިއާއަށް ބަލަން އިނީ ކަމެއް ދިރާސާ ކުރާފަދަ ގޮތަކަށެވެ. ކައިލް ވާހަކަ ނުދައްކާ އިރުކޮޅެއް ވުމުން ލިއާ ހާސްވާ ގޮތްވިއެވެ. އަދި ލަދުގަތީ ކައިލްގެ ރައްދެއް ނައުމުންނެވެ. ހަމަ އެ ސިކުންތުގައި ކައިލްއާއި ސުވާލު ނުކުރެވުނުނަމައޭ ހިތަށް އެރިއެވެ.
“ބިކޯޒް ޔުއަރ ކާލމް…” ލިއާއަށް ކުއްލިއަކަށް އިސްއުފުލާލެވުނީ ކައިލްގެ ބަރު އަޑު އިވުމުންނެވެ. އޭނާއަށް ދެފަހަރަކު އެސްފިޔަ ޖަހާލެވުނީ ކައިލް ބުނި އެއްޗެއް ގަބޫލު ނުކުރެވިގެންނެވެ.
ލިއާގެ މޫނުގެ ކުލަވަރު ފެނިފައި ކައިލްގެ ތުންފަތް ފޫއަޅުވާލާ ފިރިހެންވަންތަ ހުނުމެއްގެ އަޑު ނިކުތެވެ. އެވަގުތު ހީވީ މުޅި މާހައުލު ދިއްލާ ވިރުވާ އަޅައިލިހެންނެވެ. ހިތްގައިމު މިއުޒިކެއްގެ އަޑު އިވުނު ފަދައެވެ. އާއްމުކޮށް ހިނިތުންވާން ނޭނގޭ ކައިލްގެ މި ‘މިލިއަން ޑޮލަރ ސްމައިލް’ ފެނި ލިއާ ރަނގަޅަށްވެސް އާޝޯހުވިއެވެ. ސޯޝަލް މީޑިއާއަކުންވެސް މިފަދަ ފުރިހަމަ ކަމެއް އޭނާ ނުދެކެއެވެ. ކައިލްގެ ހުތުރޭ ބުނާނެ އެންމެ ސިފައެއްވެސް ނެތީއެވެ. ލިއާ ހުއްޓުން އަރާފައި އިންދާ ހޭވެރިކަންވީ ކައިލް އަނެއްކާވެސް ވާހަކަ ދައްކަން ފެށުމުންނެވެ.
“ޔޫ ޑޯންޓް މޭކް އެވްރިތިންގް ލައުޑަރ ދޭން އިޓް ނީޑްސް ޓު ބީ…” ކައިލް ނުސީދާ ގޮތަކަށް ލިއާއަށް ތައުރީފުކޮށްލިފަދަ އިހުސާސެއް ލިއާއަށް ކުރެވުނެވެ. އޭނާއަށް މިފަހަރު ހެވުނެވެ. ކައިލް އެ ޖުމްލަ ބުނެލި ގޮތުންނެވެ.
“ސައުންޑްސް ލައިކް ދެން ތިބޭ އެހެން މީހުންނަށް ކޮށްލި މަލާމާތެއްހެން…!” ލިއާ ލުއި ހުނުމަކާއެކު ވާހަކަ ދެއްކިއެވެ. މިފަހަރު ކައިލްއާއި ވާހަކަދައްކަން ލިއާއަށް ފަސޭހަވިއެވެ. “އިޓް ޕްރޮބެބްލީ އިޒް…!” ކައިލް ޖަވާބު ދިނެވެ. ލިއާ ލުއި ގޮތަކަށް ހީލައިގެން އިނީއެވެ.
“ވެން އެވްރިވަންސް ޓޯކިން އޯވަރ އީޗް އަދަރ، ޔޫ އެކްޗުއަލީ ލިސެން…!” ކައިލް އިތުރުކޮށްލިއެވެ. ލިއާގެ ހިނިތުންވުން ފަނޑުވެގެން އައުމާއެކު އެ މޫނުން ޝައުގުވެރިކަން ފާޅުވިއެވެ. ކައިލްއަށް އެކަން ފާހަގަވެ ސިއްރު ހިނިތުންވުމެއް ތުންފަތަށް ވެރިވިއެވެ.
“އެންޑް ޔޫ އަރ ގުޑް އެޓް ދިސް ސަބްޖެކްޓް…” ކައިލްގެ ވާހަކަތައް ނިމުމަކަށް އައިކަހަލައެވެ. ނަމަވެސް ލިއާއަށް ކުރެވުނީ ކުށްހީއެއްކަން އެނގުނީ ކައިލް މިފަހަރު ސޯފާގައި ވިއްދާލާފައިވާ އަތް ނައްޓުވާލާ ދެއަތް ގުޅުވާލަމުން ލިއާ އާއި ހަތަރުކަޅި ހަމަކޮށްލުމުންނެވެ. ހީވީ އޭނާގެ ހުރިހާ ސަމާލުކަމެއް ލިއާއަށް ހުއްޓާލިހެންނެވެ. އެ ހަރަކާތުން ލިއާގެ އަތްފައި ފިނިވެ ހިތް އަވަސްވާ ގޮތްވިއެވެ. އެ ނޫކުލައިގެ ލޮލުގައި ވަނީ ގިނައިރު ބަލަހައްޓައިގެން އިންނަން ދަތިވާ ފަދަ ތޫނުކަމެކެވެ.
“ލިއާ…، ޔޫ އޯލްވޭސް ނޯ ވަޓް ދަ ޓީޗާރ އިސް އާސްކިން ބިފޯރ އެނީވަން އެލްސް ޑަޒް…” ކައިލްގެ ވާހަކަތައް ކުރިޔަށް ގެންދިޔައީ ދެލޯބޮޑުކޮށްގެން އިން ލިއާއަށް ބަލަހައްޓައިގެން އިނދެއެވެ. “އެންޑް ޔޫ އެކްސްޕްލެއިން ތިންގްސް ވިތައުޓް މޭކިން ޕީޕަލް ފީލް ސްޓްޕިޑް…!”
ލިއާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ކައިލްއަށް އޭނާގެ އެފަދަ ކުދި ކުދި ކަންތައް ފާހަގަވެފައި ހުރުމުން އޭނާ ހައިރާންވެ އަންތަރީސް ވިއެވެ. އެއީ ދުވަހަކުވެސް މީހަކަށް ލިއާގެ ފަރާތުން ފާހަގަވެ، ދައްކާފައިވާ ވާހަކަތަކެއް ނޫނެވެ. އަދި މީހުން އޭނާގެ ފަރާތުން ބަލައިގަނެފައިވާ ކަންކަމެއްވެސް ނޫނެވެ. ލިއާ ދެފަހަރަކު ވާހަކަ ދައްކަން އަނގަ ހުޅުވާލި ނަމަވެސް ބުނާނީ ކީކޭކަމެއް ނޭނގުނެވެ. ކައިލްފަދަ ކްލާހުގެ ވިދާ ތަރިއަކަށް ލިއާ ފަދަ އާދައިގެ ކުއްޖެއްގެ އެފަދަ ކަންތައް ފާހަގަ ވުމުން ހައިރާން ނުވާ ވަރެއް ނޫނެވެ. ލިއާއަށް ވިސްނުމުގައި އެތައް އިރަކު އިނދެވުނެވެ. ކައިލްއަށް ބަލާލިއިރު ކައިލް މިހާރު އިނީ ލެޕްޓޮޕާއި ކުޅޭށެވެ.
“ޔޫ ނޯޓިސްޑް އޯލް ދެޓް…؟!” ލިއާއަށް ބުނެވުނެވެ.
“އައި ނޯޓިސް މޯރ ދޭން ޕީޕަލް ތިންކް…” އެ އިންގޮތަށް އިނދެ ލިއާއަށް އަވަސް ނަޒަރެއް ދީފައި ކައިލް ބުނެލިއެވެ. އެ ނަޒަރު އަނެއްކާވެސް ހުއްޓުނީ ލެޕްޓޮޕަށެވެ. ލިއާ ސިހޭވަރު ވާހަކަތަކެއް ދައްކާފައި ކައިލް އެ އިނީ ކިހާ ހަމަޖެހިލާފަހެއްޔެވެ؟ ހާދަ ކޫލްއެވެ. ލިއާގެ ހިތަށް އެރިއެވެ. އޭނާ އިތުރު އެއްޗެކޭ ބުނަން އުޅެނިކޮށް ކައިރާ އާއި އިޝާންގެ އަޑު އިވުމުން ތުންފަތުގައި ޒިޕް ދަމާލިއެވެ.
“ވައި ޑަޒް އިޓް ސަޑަންލީ ފީލް ވިއަރޑް ހިއަރ…؟” އަތުން ޑްރިންކްސް ހިފައިގެން ހުރެ ލިއާއާއި ކައިލްއަށް ނަޒަރެއް ދީފައި ކައިރާ އެހިއެވެ. އޭނާގެ ތަޖުރިބާކާރު ސިކުނޑިން ސިގްނަލެއް ދިން ކަހަލައެވެ. ކައިލް ހިމޭންކަމާއެކު ލެޕްޓޮޕާ ކުޅެން އިންއިރޔ ލިއާ އުޅެނީ ނޯޓްފޮތުގައި އެއްޗެހިތަކެއް ލިޔެވޭތޯއެވެ. އޭނާ ކައިލްއާއި ލިއާގެ މޫނުގައި ވީ ކުލަވަރުތައް ދިރާސާކުރެވޭތޯ ބެލިއެވެ.
“ނަތިން…!” ކައިރާއަށް ބަލާލުމެއް ނެތި ކައިލް ޖަވާބު ދިނެވެ.
ކައިރާ ދިއްކޮށްލައިގެން ހުރި ބްލޫ ލެގޫން ފްލޭވަރ މޮޖީޓޯތަށީގައި ލިއާ ހިފީ، ތުންފަތުން ނުފިލާ ހުރި ހިނިތުންވުން ސިއްރުކުރަން މަސައްކަތް ކުރަމުންނެވެ. އޭނާ ކައިރާއާއި ހަތަރުކަޅި ހަމަނުކޮށް ވޭތޯ ބެލީ އެ މޫނުން ކައިރާ ކަމެއް ދެނެގަނެފާނެތީއެވެ.
“ވަޓް ޑިޑް އައި މިސް…؟” ބިއްލޫރި ވައް މޭޒުމަތީ ތަށި ބަހައްޓާފައި، ސޯފާއަށް ވެއްޓިގަންނަމުން އިޝާން ސުވާލުކޮށްލިއެވެ. އޭނާއާއި ކައިރާ އެކަކު އަނެކަކަށް ސިއްރު ބެލުމެއް ބަދަލުކޮށްލިއެވެ. ދެމީހުންގެ ތުންފަތްމަތީވެސް ވަނީ ސިއްރު ހިނިތުންވުމެކެވެ. ކައިލް އިނދެފައި ކައިރާއަށް ދިން ޖަވާބު އިޝާންއަށްވެސް ދިނީ ފަރުވާކުޑަ ގޮތަކަށެވެ.
ލިއާ އިސްޖަހައިގެން ނޯޓްފޮތުން އެއްޗެއް ލިޔަން އިން އިރު ހުދު އޭނާއަށްވެސް އޭނާއަށް ލިޔެވޭ އެއްޗެއް ނޭނގެއެވެ. އޭނާގެ ސަމާލުކަން ވަނީ މުޅިން އެހެން ދުނިޔެއެއްގައެވެ. ސިކުނޑީގައި ގުގުމާލާފައިވަނީ ކައިލްގެ ޖުމްލަތަކެވެ. ‘ބިކޯޒް ޔުއަރ ކާލމް’ ލިއާ ގަބޫލު ކުރަން ބޭނުން ނުވިޔަސް ކައިލް އެ ޖުމްލަ ބުނެލިއިރު އެ އަޑުގައި އެހެން އަސަރެއް އެކުލެވިގެންވާ ކަމަށް ހިތް ބުނަނީ ކީއްވެ ކަމެއް ނޭނގެއެވެ. ނަމަވެސް ސިކުނޑިން އެކަމާ ދެކޮޅު ހަދަމުން ދިޔައެވެ. ބޭރުފުށުން ހަމަހިމޭންކަމުގެ ފަށަލައެއް ލައިގެން އިނަސް ހިތާއި ސިކުނޑި ގަދަ އަރައިރުމެއްގައި ވިއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
9 Comments!
Comments are closed.




Masha’allah. Mi part ves hama ehen part thah hen vrh nice. Vrh interesting.
Love the characters n the sifakurun n all. Keep up the good work sis.
When next?
Lots of love n tc 🫶💜
Thank you sweety 💗 Soon In Sha Allaah 💗💗
V reethi wow MA
Alhey Kail ar liaa ar haadha cute ey
Heevee vejjey kairaa ar Kail ar eii family ey ves
Alhey Ishaan ar kai ar date kuranee so cute
Wow EID surprise tha?
EID MUBAARIK
CW4THENEXTP
TC
Consider it as the Eid gift 😂💗 Thank you so much 💗
Wooow mi part vx hama v reethi Masha Allah 😍 those surprises dhw hama lia ah v varu v 🤭🤭 waiting for the next part 🫶 Eid Mubarak♥️
Thank you 💗 Eid Mubarak 💫
Reethi ♥️ thankoleh English maa ginain beynun kohfaa hurimaa ehaa eh noon
Yeah it does ☺️ I just write the way it comes naturally to me. And that’s intentional because I write for this generation’s vibe
Pis pis englishin Dhen liyan veenu