Skip to content
އެސްފިޔަ

ފޮނިކަމާއި މީރު ރާހަތުގެ ޕުޑިން ކޭކު

ފުށާއި، ހަކުރާ، ބިހުން ވިރުވާ އަޅައިދޭ ކޭކަކީ ފޮނި ކާއެއްޗެކެވެ. ކޮންމެ އުފާވެރި މުނާސަބާއެއް ފަޅުފިލުވައި ދޭ ބައިވެރާއެވެ.  ހަޔާތުން ފުރޭ ކޮންމެ އަހަރަކާއި ކައިވެނީގެ ހަފްލާތަކުން ފެށިގެން ދަސްވެނިވުމުގެ އެއީ ދިރުމެވެ.

ހުރިހާ މެހެފިލެއްގެ  ރާނީއަކީ ކޭކެވެ. މޯޅިވެފައިވާ ހިތްތަކަށް އުފާ ގެނެސްދިނުމުގައި އެއީ ކާމިޔާބު ހަތިޔާރެކެވެ.  ކޭކެއް ނެތް ނަމަ ހަފުލާތަކަށް ފަޅުކަން އިހްސާސު ކޮށްދޭނެވެ. ކޮންމެވެސް ސިފައެއްގައި ކޭކު ހުންނަން ޖެހޭނެއެވެ.

އިންސާނާގެ ބަދަލުވާ މޫޑް ރަނގަޅުކޮށްދީ ހަކަތަ އިތުރު ކޮށްދޭނެއެވެ. ކެލްސިއަމް، ވިޓަމިން، ޕްރޮޓިންގެ މާއްދާތައް ކިރު، މޭވާ، ބިސް ފަދަ ތަކެތިން ލިބޭނެއެވެ.

ހަމައެގޮތަށް  ލޭގައި ހަކުރު ގިނަކޮށް ދޭނެއެވެ.  ބަރުދަން  އިތުރުވެ ބަރުހެލިވުން އެކަށީގެންވެއެވެ. އޭގެ ޒާތުގައި ކޭކަކީ ކެލޮރީ އާއި ފެޓް ގިނަ ބާވަތެކެވެ. އަދި އެހެންމެ ބަޓަރު  ކަހަލަ ބާވަތް ތަކުގެ ފެޓްގެ ސަބަބުން ހިތުގެ ބަލިތައް ޖެހުމަށް މަގުފަހިވެއެވެ. ހަކުރު ބަލި ހުންނަވާ ބޭފުޅުންނަށް މިއީ ކެއުން ނުރައްކާތެރި އެއްޗެކެވެ. ހަކުރަކީ ދަތްފަނި ކެއުމުގެ މަންމަ އެވެ.  މާގިނައިން ހަކުރުގެ އެއްޗެހި ބޭނުންކުރާ ނަމަ ދަތްތަކުގެ އެނާމަލް ހަލާކުވެ ދަތް ފަނިކެއުމަށް މެދުވެރިވެއެވެ.

ދުވަހުގެ ތާވަލުގައި ކޭކެއް ހިމަނާލުން ގޯހެއް ނޫނެވެ. އެހެން ޚާއްސާ މަޖިލީހެއްގައި ކޭކު ކޮޅެއް ކާލުމަކުން ގޯހެއްނެތެވެ.  ނަމަވެސް، ސިއްހަތައް ބަލާލުމަކީ މުހިންމު ކަމެކެވެ. އަބަދުވެސް އިސްކުރަންވާނީ ސިއްހަތެވެ. ފަހުން ހިތާމަކުރަން ޖެހިދާނެއެވެ. ހަށިގަނޑަށް ފައިދާހުރި ކޭކުތައްވެސް ހުންނާނެވެ.  ތަރުކާރީ މޭވާގެ ކޭކުތައް ރަނގަޅު ވާނެއެވެ.  ގެއްލުމުގެ ބަދަލުގައި ފައިދާތައް ގިނަ ލިބޭނެއެވެ.

“ފޮނިކަމާއި މީރު ރާހަތުގެ ޕުޑިން ކޭކު”

ބޭނުންވާ ތަކެތި

ކިރު: 2 ޖޯޑު (ފުލް ކްރީމް ކިރު)

ގެރިކިރު: ½ ޖޯޑު (ފޮނިމިން ބޭނުންވާ ވަރަކަށް)

ކޯން ފްލާ: 3 ސައިސަމުސާ (ޒުވާރި ފުށް)

ވެނީލާ އެސެންސް: 1 ސައިސަމުސާ

  ކޭކު

. އަލަނާސި

މަތީގައި އަތުރާލަން: ކަސްޓަޑް ޕައުޑަރު ކޮޅެއް ނުވަތަ ޗޮކްލެޓް ޗިޕްސް (ބޭނުންނަމަ)

ތައްޔާރުކުރާނެ ގޮތް

ތެލި ނަގާފައި ހޫނު ކޮށްލާށެވެ. ތަށްޓަކަށް ދެޖޯޑު ފުލްކުރީމް ކިރު އަޅާލާށެވެ.  އޭގެ ތެރެއަށް ފޮނި ރަހަ ލައްވަން ބޭނުންވާ ވަރަށް ގެރިކިރު އަޅާލާށެވެ. ރީތިކޮށް  ރަނގަޅަށް ކިރު އެތި ގިރާލާށެވެ. ތެއްޔަށް އަޅާލައިގެން މަޑުގިނީގައި  އުދުން މައްޗަށް އުދާލާށެވެ. އޮލަވަންދެން އުދުންމަތީ  ހުއްޓާނުލާއި ކައްކާށެވެ. ރަހަމީރުކޮށްލުމަށްޓަކައި ވެނީލާ އެސެންސް ކޮޅެއް އަޅާލަންވާނެއެވެ. ފެންފޮދެއް ގިރުވާލަފައި ޒުވާރި ފުށް ކޮޅެއްވެސް އަޅާލަށް ވާނެއެވެ. އޮލަކޮށްދިނުމުގައި މުހިންމު ދައުރެއް ޒުވާރިފުށް ހޭދަކުރާނެއެވެ.  އެއްކޮށް އޮލަވުމުން އުނދުން ނިންވާލާނީއެވެ. ފިހުނު ކޭކު ނަގައި ދެފަޅިއަށް ފަޅާލުމަށް ފަހު ތަށްޓެއްގައި އަތުރަށް ފަށާނީއެވެ. ކުރީގެ ހިމަ ފަށަލައެއް ޓުރޭގެ ތިރީގައި އަޅާލާށެވެ. އެއަށްފަހު ކޭކު ފަޅިއެއް ބާއްވާފައި ކިރުގެ ބޯ ފަށަލައެއް އަޅާލާފައި މައްޗަށް ކުދިންކޮން ކޮށާލާފައި އަލަނާސި ކޮޅެއް އަޅާލާނީއެވެ. ކިރުގެ ފަށަލަ ފޮރުވެން ވާނެއެވެ. އަނެއްކާވެސް ކޭކޭ ފަޅެއެއް ބާއްވާށެވެ. ކިރުގެ ފަށަލެއް އަޅާއި މުޅި ޓުރޭ ފުރާލާށެވެ.  އަލާސި ބުރިތައް ދެފަޅި ކޮށްލާފައި  މަތީގައި ހިތްގައިމުހެން ގަޔާވާ ގޮތަކަށް އަތުރާލާށެވެ. ނިންމާލަމުން ކޭކު ފުނޑުކޮޅެއް މައްޗަށް ބުރުވާލާށެވެ. އޭރުން އެހުރީ ޕުޑިން ކޭކު ތައްޔާރު ކޮށް ނިމިފައެވެ. މާތް ﷲ ގެ ތަނަވަސް ރަޚުމަތާއެކު ފިނިކޮށްލައިގެން ކާންފަށަންވީއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.