Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިޅެންއުފެއްދުންތެރި ލިޔުންއެހެނިހެންދީނީލޯބި

އާއެކޭ ލޯބިވޭ… ތިރީސްފަސްވަނަބައި (ފެށިގެން އައި ބިންހެލުމުގެ ބިޔަ ރާޅު)

Isnaa Level 610 Stories100 Comments100 Login100 Stories500 Login
April 28, 2026 5 Mins Read
0 Comments

މުޅި ހޯލުގައި ގުގުމަމުން ދިޔައީ ތަށި ސަމުސާ އޫ ފަދަ ތަކެތީގެ ޖާދުވީ އަޑުތަކެވެ. ޕާޓީއަށް ޒިޔާރަތް ކުރަމުން ދިޔަ ގޭކުދިންއާއި  އެކުވެރިންގެ ހުނުމުގެ އަޑުތަކުން އުފާލިބެމުންދިޔައެވެ.

 

ދެފަރާތުގެ އާއިލާ މީހުން ކައިވެނީގެ ޖޯޑަގެ ޝަރަފުގައި މުބާރިކުބާދީ އިއްވަމުންދިޔައެވެ. ނަސާހަތްދީ ހިތްވަރު ލައިދެމުންނެވެ.

 

ބަލާލި ކޮންމެ ދިމާލަކުން ޒާއިނާއަށް ސިފަވނީ ފަންޑިތަވެރިޔާގެ ގެކޮޅެވެ.  ދުވަމުން ދިޔައީ އެގެއިން ދުވި ފުޅަވަސްގަނޑެވެ. ނުތަނަވަސްކަމާއިއެކު އުޑަށް މައްޗަށް ބަލަހައްޓައިގެން ޒާއިނާ އިނެވެ. ކައިރީ އައިސް ފިރިމީހާ ހުއްޓާލި އެވެ. ވެގެން އުޅޭ ގޮތެއް މާގިނައިން އަހަން ފެށިއެވެ. އެއްސުވާލެއް މާގިނައިން ތަކުރާރުވާން ފެށުމުން އޭނާ ހަތިޔާރު ބެހެއްޓިއެވެ.  ރޭގަނޑުގެ އަޑުތަކުން ފެށިގެން ހެނދުނުގެ ހާދިސާކިޔައދިނެވެ. އަލިފުޅުބޭ ބުނި ވާހަކަތަކާއި އިންޒާރުތައް އެންގިއެވެ.  މިލީގެ ބައްޕަ އެކަން ޤަބޫކުރާނެ ހެއްޔެވެ؟ ޒާއިނާއާއެކު އެކަމުގެ ތެރެއަށް ވަންނާނެ ހެއްޔެވެ؟ އެކަމަށް ޖޯކު ޖަހާ މަލާމަތްކޮށްލާނީ ބާއެވެ.؟

******************************************************

ޒާއިނާގެ ފިރިމީހާގެ މޫނުމަތިން ފެނުނީ ހައިރާންކަމެއްނޫނެވެ. އެއަށްވުރެ ބޮޑަށް ކަންބޮޑުވިތަނެވެ. އޭނާ ޒާއިނާގެ އަތުގައި ހިފާލިއެވެ. އަދި ވަށައިގެން އޮތް ޕާޓީގެ މެހެފިލަށް ބަލާލިއެވެ. ހަމަ އެވަގުތު މުޅިތައި ގުގުމާލީ އިސްޤީ ޅެމެކެވެ. ލޯބިވެރިޔާއަށް ހުސާމަތުކޮށް އަމުނާލަފައިވި މޮޅު ލަވައެކެވެ.

 

“ލޯބިވާ އަހާނުހޭ ޖަންނަތީ ތިއޭ

 

ލޯބީގެ ލާމަސީލު ތިއީ ނިއުމަތެއް އިނގޭ

 

ލޯބިވާ އަހާނުހޭ ޖަންނަތީ ތިއޭ

 

ލޯބީގެ ލާމަސީލު ތިއީ ނިއުމަތެއް އިނގޭ

 

ލޯބިވާ އަހާނުހޭ…”

 

ޢަބުދުއް ﷲ ސިފާއުގެ ރަންއަޑު މުޅި ގުލްޒާރަށް ދިރުން ގެނެސްދިން ފަދައެވެ. ބޯ ގޮވާފައި އިން ޒާއިނާގެ ހިތަށްވެސް އެ އަޑުން ތަސައްލީއެއް ހޯދައިދިން ފަދައެވެ. ކުޑަކޮން އޭނާއަށް ހިނިތުން ވެލެވުނެވެ.

 

“ތަރިތަކުގެ އާލަމެއްފަދަ ދެލޮލުން ދިހުން ފެނޭ

 

ފަރިކަމުގެ އަސްލު މާނަވީ މޫރިތި އަދާތަކޭ

 

ހީލުމުގެ ޖާދުވީ ބާރުން ހިތް އަވަސްވިއޭ…”

 

ހިތްގައިމު އަދާތަކާއި ސިފާތްތައް އިވާލި ހިނދު ޒާއިނާ ލަނދުން އިސްޖަހާލިއެވެ. ކައިރީގައި އިން ފިރިމީހާ އޭނާގެ މޫނުގައި ހިފައި ކޮޅަށް ޖެހިއެވެ. ދެމީހުންގެ ހަތަރު ކަޅި ހަމަވުމާއެކު ޒާއިނާ ތުންފަތުގައި އަތްއަޅަމުން ހީލާފައި ދުއްވޭ ގަތެވެ.

 

“ލޯބިވާ އަހާނުހޭ ޖަންނަތީ ތިއޭ

 

ލޯބީގެ ލާމަސީލު ތިއީ ނިއުމަތެއް އިނގޭ

 

ލޯބިވާ އަހާނުހޭ…”

 

ކެމެރާމަނުންގެ ކެމެރާތަކާއި އެންމެންގެ ފޯނުތައް ހުރީ އެމަންޒަރުތަކަށް އަމާޒުވެފަ އެވެ. ލަސްލަހުން ގޮސް އަޒީލް އެއަތުގައި ހިފާލިއެވެ.

 

“ބީހޭ ތިއަތް ތިލައިން

 

ފިނި ފިނިކަންމެ އެދެވެޔޭ

 

ހީވޭ ތިޗާލު މޫނަކީ

 

ހުޅުދާން ކުރާ ހަނދޭ

 

ބަނަ އުޑުމަތިން އެ

 

ފަޅުވިވީ ވިއްސާރަ ދުނިހެނޭ”

 

ކަމެއް ހަނދާންވާ ފަދައަކުން ޒާއިނާ ކުރިއަށް ބަލާލިއެވެ. ގަތް ލަދާއެކު އޭނާ އަޒީލްގެ މޭގައި މޫނު ފޮރުވާލިއެވެ. ދެމަފިރިންގެ ލޯބި ހަރަކާތް ތަކުން ހަމަޖެހުން ތަނަން ގެނުވިއެވެ. އެންމެން ހެތްވާލިއެވެ. ޚާއްސަކޮށް ދެރަވެފައި ހުރި މިލީހަމް އެވެ. އެމީހުންގެ ދެލޮލުގެ ފަނާރަ އެވެ.

 

 

“ލޯބިވާ އަހާނުހޭ ޖަންނަތީ ތިއޭ

 

ލޯބީގެ ލާމަސީލު ތިއީ ނިއުމަތެއް އިނގޭ

 

ލޯބިވާ އަހާނުހޭ…

 

ލޯބިވާ އަހާނުހޭ ޖަންނަތީ ތިއޭ

 

ލޯބީގެ ލާމަސީލު ތިއީ ނިއުމަތެއް އިނގޭ

 

ލޯބިވާ އަހާނުހޭ…”

 

 

ކުއްލިއަކަށް ހޯލްތެރެއަށް ވެރިވީ ކުޑަ ހިމޭންކަމެކެވެ. މިއުޒިކުގެ އަޑު މަޑުވެ، ހުރިހާ އެންމެންގެ ނަޒަރުތައް އަމާޒުވީ ސްޓޭޖް މަތީގައި އިން މިލީހަމްއަށެވެ. ކަމެއް ވެދާން އުޅޭހެން ޒާއިނާގެ ޒާމީރު ބުނެލީ ދެނެވެ.

 

 

ޕާޓީގެ ހުރިހާ ކަމެއް އިރުއޮއްސުމުގެ ކުރިން ނިންމަން ވަގުތުން އެންގިއެވެ. އަވަހަށް ހައެއްގެ ކުރިން މިލީހަމް އާއި ޚުބާބް ގެއަށް ފޮނުވާލިއެވެ. ރޭގަނޑު ބޭރަން ނުނިކުތުމަށްވެސް މިލީއަށް އޭނާގެ މަންމަ އެންގިއެވެ.

 

ޚަބީބާއި ސިހުމާވެސް ހުރީ ޒާއިނާގެ އަމަލުތަކުން އާޝޯހުވެފައެވެ. އޭނާގެ މޫނުމަތިން ކަމަކާއި ބިރުގެންފައި ހުރިކަން ހާމަވަމުންދިޔައެވެ. ބޮޑު ކަންތައްގަޑެއް ވެފައިވާހެން އެމީހުންގެ ހިތަށް އެރިއެވެ. ތަނުން މީހުން ހުސްވުމާއެކު ސިހުމާމެން އަޒީލްމެން ތިބިތަނަށް ދިޔައެވެ. ދެމީހުން ތިބީ ކޮންމެސް އޮލަވާހަކައެއްގައެެވެ.

 

“އަޒީލް: ޒައިނާ، ތި އުޅެނީ މާބޮޑަށް ވިސްނޭތީ ކަންނޭނގެ. ތީ ހަމައެކަނި ޚިޔާލީ ބިރުވެރިކަމެއް ނޫންބާ؟ މިލީހަމްގެ މިފަދަ އުފާވެރި ދުވަހެއްގައި ތިކަހަލަ ވާހަކަތައް ދެއްކުން ރަނގަޅުތަ؟”

ރީތިކޮން އެބަސްތައް ކައިރީ ހުއްޓާލި ޚަބީބަށްވެސްއިވުނެވެ. ޚަބީބު ހީކުރީ މިގުޅުމަށް އެދެމަފިރިން ޤަބޫލުނުވަނީހެންނެވެ.

 

ފިރިމީހާ މަސައްކަތްކުރަމުން ދިޔައީ ޒާއިނާގެ ވާހަކަތައް އޮބާލާށެވެ. އެއްވެސް އިރަކު ސިހުރު ހާހުރާ އަކީ އޭނާ ޤަބޫލުކުރާ ކަމެއް ނޫނެވެ. މިއޮތް ފަދަ ޒަމާނުގައި ޖިންނިން އުޅެދާނެ ބާއެވެ. އޭނާއަށް އެކަން ޤަބޫލުކުރަން ދަތިވަނީއެވެ.

 

ނަމަވެސް ޒާއިނާގެ ލޮލުން ވިދަމުންދިޔަ ކަރުނަތަކުން އޭނާގެ ހިތް މަޑުވިއެވެ. “ޒާއިނާ: މީ ޚިޔާލެއް ނޫންނޭ. އަހަންނަށް ފެނުނޭ ހުރިހާ މަންޒަރެއް… އަލިފުޅުބޭ ބުނި ވާހަކަތައް… އަހަރުމެންގެ ދަރިފުޅު މިހާރު އެއިނީ ނުރައްކަލެއްގެ ތެރޭގައޭ. ޚުދު މިލީއަށްވެސް ނޭނގޭނެ އޭނާގެ ބަނޑުގައި އެ އޮތީ ކޯއްޗެއްކަން!” ޒާއިނާގެ އަޑުދިޔައީ ތުރުތުރުލަމުންނެވެ.

 

“ސިހުމާ: ކީކޭ، މިލީއަށް ކިހިނެއް ވީއޭ” ސިހުމާއަށް މަޑަކޮން ނުހުރެވުނެވެ. ބާރުބަރަށް އެހެން ބުނެވިއްޖެ އެވެ. އަޒީލްއާއި ޒާއިނާއަށް ފަހަތުގައި ބަޔަކު ތިބިކަން ރޭކާލީވެސް ދެނެވެ. މިހިސާބުން މިކަން ދެން ސިއްރެއް ނުކުރެވޭނޭ ޒާއިނާގެ ހިއްސުތައް ގޮވާލި އެވެ. އެހިނދުން ހިނދަން ވެގެން އުޅޭ ހުރިހާ ކަމެއް ޒާއީ ކިޔައިދިނެވެ.

 

ފިރިމީހާ ޒާއިނާގެ ވާހަކަތައް އިތުރަށް ގަބޫލު ނުކުރަން އުޅެނިކޮށް، ޚަބީބު ބުނެފިއެވެ. ” ޚަބީބު: ތީވެދާނެ ތެދަކަށްވެސް އިހަށް ޒާއީގެ ވާހަަކަ ޤަބޫލުކޮށްލަމުން ވާނުވާ ބަލަމާ”

 

 

ބަރުހެދުން ބޭލޭތޯ މިލީހަމް އުޅުނެވެ. ފުރަގަހުގައި އިން ބޮޑު ޒިބަށް އޭނާގެ އަތެއް ނުފޯރިއެވެ. ކޮރާ ކޮރާވެސް މީހާ ލޮޑުވެއްޖެއެވެ. އެއްގޮތަކަށް އަތެއް ނުޖެހުނެވެ.

 

ބޭރުގައި އިނދެފައި ޚުބާބު ކޮޓަރިއަށް ވަދުނެވެ. މިލީ އުޅުނީ އަވަދިނެތި އެކަމުގައެވެ. ޚުބޭ ފެނުމާއެކު މިލީހަމްގެ މޫނުމަތިން ކުލަ ފަނޑުވެގެން ދިޔައެވެ. އޭނާގެ ބަނޑުގައި އަތްއަޅާ ލެވުނެވެ. ލޮލުން ކަރުނަ ފައިބަން ފެށީ ނުހަނު އަވަހަށެވެ. ނަމަވެސް އެއީ އާދައިގެ ރުއިމެއް ފާނޑެއް ނޫނެވެ. އޭނާގެ އަނގައިން ނުކުންނަމުން ދިޔައީ އާދަޔާ ޚިލާފު، ގިސްލުމުގެ އަޑެއް ނޫނެވެ. އެއަށްވުރެ ބިރުވެރި އަޑެކެވެ.

 

“މިލީހަމް: މަންމާ…” މިލީހަމްގެ އަޑު މުޅި ގޭގައި ގުގުމައިގެން ދިޔަ ކަހަލައެވެ. އެ އަޑުގައި އިންސާނީ އެއްވެސް ކުލައެއް ނެތެވެ. މުލްކުއާއި ނިވީ ރޯލި އަޑުވެސް ބޭރު އިވިލިއެވެ. ދޮންތަވެސް ހާސްވެެގން އެކޮޓަރީގައި ޖަހާއިގަތެވެ.

 

މިލީހަމް ހަމައަކަށް އެޅުނީ ދެނެވެ. އިހު ހުރިގޮތަށް މުޅި މީހާ ބަދަލުވިއެވެ. ކަމެއް ވެގެން ދިޔަހެން ވެސް ހީނުވެއެވެ. ޚުބާބް ދޮރު ހުޅުވާލުމުން ޚުއްބާ ކިހިނެއް ވީހޭ އަހަފިއެވެ. “ހުއްބާ: ކިހިނެއް ވީ ކޮން އަޑެއް އެއިވުނީ މާ ބިރުވެރި މިގޭން”

 

 

ފިރިމީހާގެ އަތުން ޒާއިނާގެ އަތުގައި ބާރަށް ހިފާލިއެވެ. އޭނާގެ މޫނުމަތި ދާހިތްލުވައިލިއެވެ. ހަމަ އެވަގުތު އޭނާގެ ލޮލަށް މެންދުރު ފެނުން މަންޒަރު ސިފަވިއެވެ. މިލީހަމްގެ ބަނޑު ކުއްލިއަކަށް ބޮޑުވިތަނެވެ. ފުފިގެން ގޮސް ކޮންމެވެސް އެއްޗެއް ބަނޑުތެރޭގައި ހަރަކާތްކުރަމުން ދިޔަ ތަނެވެ.

 

“ސިހުމާ: ޒައިނާ… މީ… މީ ކިހިނެއްވީ ކަމެއްބާ؟” ހުސީ ހިތްވަރު ދެމުންހެން އަހާލިއެވެ. ޒާއިނާގެ ދޫ ބަންދުވިފަދައެވެ. އޭނާގެ ލޮލުން ފެންނަމުން ދިޔައީ ބިރުވެރިކަމުގެ އިންތިހާއެވެ.

 

ޒާއިނާއަށް ބުނެލެވުނެވެ. “ޒާއިނާ: މި ކުރިމަތިވީ މި އާއިލާއަށް ވަރުގަދަ ބިންހެލުމެއް.”

 

“ހުއްބާ ފޯނު ކުރީ މުލްކުމެންވެސް ރުއިން ނުހުއްޓައިގެނެވެ. ކަންތައް ވީގޮތް އޭނާ ކިޔައިދިނެވެ. އެތާ ނުތިބެ ހަތަރު މީހުން އަވަހަށް ގެއަށް އައެވެ. ހުއްބާއަށް ޖަވާބުދާރީވިއެވެ.

” ސިހުމާ: އެއްވެސް ކަމެއް ނުވެއެއްނު. އެވާނީ މިލީހަމްއަށް ވަރަށް ބިރުވެރި ހުވަފެނެއް ފެނުނީކަމަށް. ކައިވެނީގެ ކަންތަކާ ހެދި ހާސްވެގެން އުޅޭއިރު. އެކަމުގެ ސަބަބުން ނިދި ނައިސްގެން އުޅެނިކޮށް އައި ހާސްކަމަކަށް ވާނީ.” ސިހުމާ، ވަރަށް ހަމަޖެހޭ ރާގަކަށް ބުނެލިއެވެ.

 

މަންމަ އަވަސް އަވަހަށް ގޮސް މިލީހަމްގެ އަތުގައި ހިފާލިއެވެ. މިލީހަމް އިނީ އޭރު ހަމައަކަށް އެޅިފައެވެ. އެކަމަކު އޭނާގެ ދެލޮލުން ހެކިދެނީ ވަރުބަލިކަމަމެވެ. ބުނެދޭން ނޭނގޭނެ ކަހަލަ ބިރުވެރިކަމެކެވެ. ޒާއިނާގެ އަތުން މިލީހަމްގެ ގައިގައި ފިރުމާލިއެވެ. ކަރުނަވީ ލޮލަކުން ބަލާލިއެވެ. ސިހުމާއަށްވެސް ވީ އެވަރެވެ. މިލީގެ ކައިރީ އައިސް ހުއްޓާލި އެވެ.

 

ހުއްބާ އަދިވެސް ހުރީ ޝައްކުގެ ނަޒަރުން ބަލާށެވެ. “އެކަމަކު… އެ އަޑު…” ކަންތައް ގަނޑެއް އޭނާއަށް ނޭނގޭ ވަނީ އޭ އޭނާގެ ހިތަށް އެރިއެވެ.

 

“ސިހުމާ: ހުއްބާ، ދަރިފުޅާ ދެން ލަސްނުކޮށް ގޮސް އެދެކުދިން ނިންދަވަން އުޅޭ. މިލީހަމް މިހާރު އެހުރީ ހަމަޖެހިފައި. ކުޑަކޮށް ލޯމަރާލީމާ ރަނގަޅުވާނެ،” ސިހުމާ އެކަން ހިންދާލަން އުޅުނެވެ. އެއީ އެތަނުން އޭނާ ހުއްބާ ފޮނުވާލަން ބުނި އެއްޗެކެވެ. މިހާ ކުރިން އެކުދިން ނިދާކަން އަދި ނޫވެސް އުޅޭނެއެވެ.

 

ޚުބާބު ކޮޓަރީގެ ކަނެއްގައި  އިން ސޯފާގައި އިށީދެލިއެވެ. މަންމަމެން އެނދުގައި ތިބީމަ އެވެ. މިލީހަމްގެ ގައިގައި އަޅުވާފައި ހުރި ހެދުމުގެ ޒިބު އޭނާގެ މަންމަ ނައްޓުވާދިނެވެ. “ޒާއިނާ: ދަރިފުޅު ދޭ ތި ބަރު ހެދުން ބާލައި ތާޒާވެލަން” މިލީހަމްގެ މޫނުމަތިން ފެނުނީ ކަންބޮޑުވުމެވެ.

 

“މިލީ، ރަނގަޅުތަ؟ ކޮން އަޑެއްތަ އެ އިވުނީ؟” މިލީހަމް ފާޚާނާއަށް ވަނުމުން ޚުބާބު މަންމަމެން ކުރެ އަހާލިއެވެ.

 

“ޒާއިނާ: އާނ، ޚުބާބު ދަރިފުޅާ. އެކަމެއް ނޫން. އެ ބިރުވެރި ހުވަފެނެއް… ހިޔާލުގައި ކުރެހިގެން ވީ ކަމެއް،” ޒާއިނާ ވަރަށް މަޑުމަޑުން ބުނެލިއެވެ. މިތާ ދެކެވޭ ވާހަކަ އޭނާ މިލީއަށް އިވުނަ ދޭކަށް ބޭނުމެއް ނުވެއެވެ.

 

ޒާއިނާ އެތަނުން ނުކުންނަން ހިނގައިގަތެވެ. އޭނާގެ ފިރިމީހާ ދޮރުމަތީގައި މަޑުކޮށްލައިގެން ހުއްޓެވެ. ޒާއިނާގެ ލޮލުގެ އިޝާރާތަކަށް އިންތިޒާރުގައެވެ. ސިހުމާވެސް އެހެން މަޑުނުކޮށް ނިކުމެ ދޮރު ލައްޕާލިއެވެ. ޒާއިނާގެ ހިތުގެ ވިންދާއި އެއްވަރަށް ސިހުމާގެ ހިނގުންވެސް އިތުރުވިއެވެ.

 

“މިލީހަމްއަށް މިއަދު މިވީ ކިހިނެއް؟ އެ އަޑަކީ އިންސާނީ އަޑެއް ނޫންކަން ހުއްބާއަށްވެސް އެނގޭނެ. އަހަރެމެން މިއުޅެނީ ކޮންފަދަ ނުރައްކަލެއްގެ ތެރޭގައިބާ؟” ޒާއިނާގެ ފިރިމީހާ ހިތްހަމަނުޖެހިފައި އަހާލިއެވެ. އެންމެފަހުން މިކަމުގައި އޭނާއަށް ކުށްވެރި ކުރެވުނީ ޒާއިނާއެވެ.

 

ޒާއިނާ ފުން ނޭވާއެއް ލިއެވެ. “ޒާއިނާ: މިއީ ހަމައެކަނި ފެށުމެއްނޫންތަ. އަހަރެމެން މިކަން ސިއްރުކުރަން ޖެހޭނީ ހާލަތާއި ބަދަލުވަންދެން. މިލީހަމްއަށް ވެސް ނޭނގޭ އެ ބަނޑުތެރޭގައި އޮތް އެއްޗެއް ކުރަމުންދާ ކަންތައްތަކެއް.”

 

އެމީހުންގެ ވާހަކަތައް އަޑުއަހަން ޚަބީބު، ހުރީ ފާރު ފަހަތުގައެވެ. އެ ހުރިހާ ވާހަކަތަކެއް އޭނާ ކަނުލާ އަޑުއަހަމުން ދިޔައެވެ. އޭނާގެ ހިތުގައި މިކަމުގެ ބިރުވެރި ކަމުގެ ރާޅުތައް އިތުރަށް ބިޔަވަމުން ދިޔައެވެ. އަލިފުޅުބޭއާއި ބައްދަލުކުރަން ދާން އޭނަ ނިންމިއެވެ. ފިލާ ނުހުރެ ކެރިގެން ޚަބީބު ކުރިމަތިލިއެވެ.

“ޚަބީބު: އަހަންނަށް ފެންނަނީ އަހަރުމެން ދެބަފައިން  އަލިފުޅު ބެއްޔާ ކައިރިއަށް ދާން”

 

އިތުރަށް މިކަން ޔަޤީން ނުވަނީހެއް އެދެލޮލަށް ނިންޖެއް ނުލިބޭނެއެވެ.

 

ކިޔެވެލިތައް ހަރުކޮށް ކިޔެވުމުގައި އަލިފުޅުބޭ އުޅުނެވެ. އޭނާއަކީ މިފަދަ އެތައް ކަމެއް ކާމިޔާބުކޮށްފައިވާ މޫލާނަވެރިއެކެވެ. ފަންޑިތަ ހެދުމުގައި އަރާހުރި މީހެކެވެ. ލޯބިވާ އަންހެނުން ކެތްދައިދީ ނިޔާވީވެސް އޭނާ ބަޔަކު ސަލާމަތް ކުރަން ހެދި ދަންތުރައަކުންނެވެ. އޭގެ ފަހުން ލިބުނު ފުން ހިތާމައިގައި ފަނޑިތަހެދުމާ މުޅިން ހެން ދުރުވިއެވެ. ވަރަށް ގާތް މީހަކަށް ނޫނީ ކިރިޔާވެސް އޭނާ މިހާރު ކަމެއް ނުކޮށް ދެއެވެ.

 

ޒާއިނާގެ ބައްޕަ އާއި އަލިފުޅުބޭ ބައްޕައަކީ ކުޑައިރުއްސުރެ ގާތް ދެ ރައްޓެހިންނެވެ. އެވަރު ބޮޑު ކަމަކު ޖެހިގެން ޒާއިނާ އައި އެއީ ފުރަތަމަވެސް ފަހަރެވެ. އެކަން ނުކޮށްދީ ފަސްޖެހޭނީ ކިހިނެއް ހެއްޔެވެ؟ ބައްޕަ ނެތް ދުވަހު ބައްޕަގެ އޯގާތެރިކަމާއި ފިރުމުންތައް ދިނީ ނަޒީރުބެއެވެ. ޒާއިނާގެ ބައްޕައެވެ. އެއްބަނޑުގައި ކުއްޖަކު ނެތް ކަމުގެ ފަޅުކަން ފިލުވައިދިނީ ޒާއީއެވެ. އޭނާ ކިޔާއި އުޅުނީވެސް ޒާއިނާއަށް ޒާއީކޮއްކޮވިއްޔާއެވެ.

އެހާ ދިގު މުއްދަތަކަށް މިކަމާއި ދުރުގައި ހުރެފައި ކުރާއިރު ކަންތައްތައް ރަނގަޅު ވާނެބާއެވެ؟ މުހިންމުކަމެއް ބޮލުން ކައްސާލިޔަސް ހުރިހާ ކަމެއް ސުމަކަށް ދާނެއެވެ. ކުރި އެ ބުރަމަސައްކަތް ހަމަ ފެންނަންވާނީ ނޫން ހެއްޔެވެ؟ ފެނަން ވެއްޖެއްޔާ ދެން ކަންތައްތައް ވާނީ ކިހިނެއް ހެއްޔެވެ؟

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Isnaa

Level 610 Stories100 Comments100 Login100 Stories500 Login

އަޅުގަނޑުގެ ނަމަކީ އިސްނާާން އަހުމަދު އެވެ. ވާހަކަ ލިޔުމަކީ އަޅުގަނޑު ވަރަށް ކުރާހިތްވާވާކަމެކެވެ. އެއްވެސް ސުވާލެއް ވާނަމަ ވަކިން މެސެޖެއްކޮށްލާ 🥰🤗✍️💐☺️ Snap: (aishathisnan24) https://www.snapchat.com/add/aishathisnan24?share_id=fiCBd2AhEQs&locale=en-US https://www.instagram.com/aisha_th_isnan?igsh=MWFpc3B6aTU5ZWtteQ==

Other Articles

Previous

ވަފާތެރިމަވީމޭ 2 (ކިޔުންތެރިންގެ ސަމާލުކަމަށް)

Next

މި ހަމަހިމޭންކަން… ހިލަމެއް އެބަވޭ މަށަށް (24)

Next
April 28, 2026

މި ހަމަހިމޭންކަން… ހިލަމެއް އެބަވޭ މަށަށް (24)

Previews
April 28, 2026

ވަފާތެރިމަވީމޭ 2 (ކިޔުންތެރިންގެ ސަމާލުކަމަށް)



All Right Reserved!