Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީހިތާމަބިރުވެރިއުފެއްދުންތެރި ލިޔުންއެހެނިހެންދީނީލޯބި

ލޮލުގެ ނޫރާ

Isnaa Level 610 Stories100 Comments100 Login100 Stories500 Login
April 26, 2026 2 Mins Read
0 Comments

މަގޭ ލޮލުގެ ނޫރާ، ފިދާވެސް މަވާނަން

 

މަގޭ ލޮލުގެ ކޮއިތީ، ފުރާނަ މަ ދޭނަން

 

****************************

 

ހަޔާތުގެ ބަހާރާ، މަގޭ ދުނިޔެ ދަރިފުޅު

 

ހަޔާތަށް ގެނެސްދިން، އަރާމާއި ލައްޒަތު

 

ހަޔާތެއްގެ އަލިކަން، ދިރިހުރި ނިޝާނު

 

ހަޔާތުން ހަރީފީ، ފިލުވާލި އުންމީދު

 

****************************

 

މަގޭ ލޮލުގެ ނޫރާ، ފިދާވެސް މަވާނަން

 

މަގޭ ލޮލުގެ ކޮއިތީ، ފުރާނަ މަ ދޭނަން

 

****************************

 

ތި ދަރިފުޅުގެ ހީލުން، ލިބޭހާ އުފާތައް

 

ތި ފަރިކޮށް އަޅާ ފިޔަވަޅު، މީއޭ ހަނދާންތައް

 

ފިލާގެން ނުދާނޭ، މި ލޯބީގެ ނިމުމެއް

 

ފިދާ މުޅި އުމުރުގައި މަވާނަށް މިފެށުމެއް

 

****************************

 

މަގޭ ލޮލުގެ ނޫރާ، ފިދާވެސް މަވާނަން

 

މަގޭ ލޮލުގެ ކޮއިތީ، ފުރާނަ މަ ދޭނަން

 

****************************

 

ވަފާތެރިކަމާއެކު، މި މަންމަގެ އަމާނާތް

 

ވަފާދާރު ތެދެކޭ، ތިއީ އޭ މުނާޖާތް

 

ވާރުތަކުރާ މި ލޭ، ހުރިހާ އެ ސިފާތް

 

ވާދައިގެ ލޯތަކުން އެހީވާނެ ނިޖާތް

 

****************************

 

މަގޭ ލޮލުގެ ނޫރާ، ފިދާވެސް މަވާނަން

 

މަގޭ ލޮލުގެ ކޮއިތީ، ފުރާނަ މަ ދޭނަން

 

****************************

 

އިހާނެތި ބަހެއް ބުނެ ނުލާނަމެ ހޫރު

 

އިހަށް ދުވަހު ވީހެން އުޅޭނަމެ ދޫރު

 

އިބާރާތަކުން ފުން ބަޔާވޭހެ ލޯބީގެ ބާރު

 

އިބާރާތު އުދުހޭ ބަގީޗާގެ ނާޒުކު ވިއާރު

 

****************************

 

މަގޭ ލޮލުގެ ނޫރާ، ފިދާވެސް މަވާނަން

 

މަގޭ ލޮލުގެ ކޮއިތީ، ފުރާނަ މަ ދޭނަން

 

****************************

 

އަމުރު އައިމަ މާތްވީ އިލާހުގެ ޖޭހޭދާން

 

އަޖަލު ޖެހި ރޮވޭއިރު ކުރިން ދާން

 

އަހުރަވެރި މަގޭ ދޫނި ދޫކޮށް އެކީ ދާން

 

އަދަބުވެރިކަމާއެކު ގޮތެއްނެތި ރުހިފަ ދާން

 

****************************

 

މަގޭ ލޮލުގެ ނޫރާ، ފިދާވެސް މަވާނަން

 

މަގޭ ލޮލުގެ ކޮއިތީ، ފުރާނަ މަ ދޭނަން

 

****************************

 

ނިޔާ ގުދުރަތުގެ ބަދަލެއް ނުވެވޭނެ ރާގު

 

ނިހާއި އުޖާލާ ކަމެއް ދިރުވި ބާގު

 

ނިހާޔަތުގެ ރޯސަން ވިދާނޭ ދެމަގު

 

ނިޔަނެތިވި ފިރުމުން ތަކާއެކު މިއާގު

****************************

 

މަގޭ ލޮލުގެ ނޫރާ، ފިދާވެސް މަވާނަން

 

މަގޭ ލޮލުގެ ކޮއިތީ، ފުރާނަ މަ ދޭނަން

 

****************************

ނިމުނީ

ޅެމުގެ ޖުމްލަ މާނަ
ޅެން ތައާރަފުކުރަމުން ބުދޭނީ މިހެންނެވެ. ދަރިފުޅަކީ މަންމަގެ ލޮލުގެ ނޫރެވެ. އަލިކަމެވެ. އެދަރިފުޅަށްޓަކައި މަންމަގެ ފުރާނަ ވެސް ގުރުބާން ކުރަން ހުރީ ތައްޔާރަށްކެމެވެ. މިއީ މައިވަންތަ ލޯބީގެ އެންމެ މަތީ ދަރަޖަ ނޫންތޯއެވެ.

ފަށައިގަނެގެން ދާއިރު ދަރިފުޅަކީ ހަޔާތުގެ ބަހާރު އުފާވެރި މޫސުންމެވެ. އާދެ! މަންމަގެ ދުނިޔެއަކީ ދަރިފުޅެވެ. ކުރިން މަންމަގެ ހަޔާތުގައި އޮތް ހިތާމަތައް ފިލައެވެ.
. އަދި އެ (ހަރީފީ/ޚަރީފް) ފިލުވާލައި، އުންމީދުގެ އަލިކަން ދަރިފުޅު ގެނެސްދޭނެއެވެ.

ދަރިފުޅަކީ ﷲ ދެއްވި އަމާނާތެއް ކަމަށް ދެކެން ވާނެއެވެ. އެ އަމާނާތް ވަރަށް ވަފާތެރިކަމާއެކު ބަލަހައްޓަން ޖެހޭނެއެވެ. ދަރިފުޅުގެ ގައިގައި ހުރީ މަންމަގެ ލޭކަމަށާއި ސިފަތައް ކަމަށްވެއެވެ. ކޮންމެ ހާލަތެއްގައި ވެސް މަންމަ އަކީ ދަރިފުޅުގެ ސަލާމަތްތެރިޔާ (ނިޖާތް) އެވެ.

ހިތުގައި ޖެހޭނެ އެއްވެސް ވާހަކައެއް ދުލުން ބޭރު ނުކުރާނެ ކަމުގެ ޔަގީންކަން ދެއެވެ. ދަރިފުޅުދެކެ ވާ ލޯބި އެހާ ފުންނެވެ. އެ ލޯބި ބަސްތަކުން ބަޔާކޮށްދޭން ދައްޗެވެ. ހަމައެޔާއެކު އެއީ ނާޒުކު ވިއުގައެއް ފަދަ ލޯތްބެއް ކަމަށް ސިފަކުރެއެވެ.

ދެން އޮތީ އެންމެ ފުން ބައިތެވެ. މަރު ނުވަތަ ވަކިވުމަކީ ﷲ ގެ ނިޔާއެވެ. އެކަން ވާނީ ގަބޫލުކޮށްލާށެވެ. ދަރިފުޅާ ވަކިވާން ޖެހޭ ދުވަހެވެ. މަރުގެ ގޮތުން ކަމަށް ވިޔަސްމެވެ. ނުވަތަ ދަރިފުޅު ބޮޑުވެގެން ދުރަށް ދާން ޖެހުނަސްވެއެވެ. މަންމަ އެކަމާ ރުހިގެން ހުންނާނެކަމުގެ ވާހަކަތާއެވެ.

ފަހު ހިޔަންޔާއެކު ޤުދުރަތުގެ ގާނޫނު ބަދަލު ނުކުރެވޭނެއެވެ. ދަރިފުޅަކީ ވިދާނެ ދެ މަގެއްގެ ވެރިޔާއެވެ. ކާމިޔާބު ކުރިމަގެއް އޮތް ކުއްޖެއް ކަމަށް އުންމީދު ކުރެވެއެވެ. މަންމަގެ ލޯބި ފިރުމުންތަކާއެކު ދަރިފުޅަކީ އަގުހުރި (އާގު) ހަޒާނާއެއް ގޮތަށް ނިންމާލަނީއެވެ.

(ކިޔުންތެރިންގެ ސަމާލުކަމަށް)

 

މިރޭ މިބައްދަލު ކޮށްލީ  ތަފާތު ޅަމަކާއެކުއެވެ. މަންއެއްގެ ހިތުގެ ޝުއޫރުތައް ލޯބިވާ ދަރިފުޅަށް ބަރުތީލަކޮށް އަމުނާލާފައި ޅެމަކާއެކުއެވެ. ވުމާއެކު, އަޅުގަނޑުގެ އެހެން ޅެންތަކާއި ހިލާފަށް މިޅެން އަސަރު ގަދަ ވެފައި ރީތިވާނެ ކަމަށް އުންމީދުކުރަމެވެ.

🥰❤️🥀🫶😊

Share Article

Follow Me Written By

Isnaa

Level 610 Stories100 Comments100 Login100 Stories500 Login

އަޅުގަނޑުގެ ނަމަކީ އިސްނާާން އަހުމަދު އެވެ. ވާހަކަ ލިޔުމަކީ އަޅުގަނޑު ވަރަށް ކުރާހިތްވާވާކަމެކެވެ. އެއްވެސް ސުވާލެއް ވާނަމަ ވަކިން މެސެޖެއްކޮށްލާ 🥰🤗✍️💐☺️ Snap: (aishathisnan24) https://www.snapchat.com/add/aishathisnan24?share_id=fiCBd2AhEQs&locale=en-US https://www.instagram.com/aisha_th_isnan?igsh=MWFpc3B6aTU5ZWtteQ==

Other Articles

Previous

ވާތީ ހިތަކު ލޯބި މަންމަންވެފާ 44

Next

ނޭދެން ވަކިވާކަށް – 6 ވަނަ ބައި

Next
April 26, 2026

ނޭދެން ވަކިވާކަށް – 6 ވަނަ ބައި

Previews
April 26, 2026

ވާތީ ހިތަކު ލޯބި މަންމަންވެފާ 44



All Right Reserved!