އާއެކޭ ލޯބިވޭ… ތިރީސް ހަތަރުވަނަބައި (ނުތަނަވަސްކަމާއި ސިއްރުގެ ހިޔަނި)
ޒާއިނާއަށް ހީވީ އޭނާ ހުރީ ދިރޭ ދުނިޔެއަކު ނޫން ކަމަށެވެ. ޖިންނި ފުރޭތޭންގެ ބިންގަރާހެއްގައި ކަހަލައެވެ. ބިރުން ނުގަންނަން އުޅުނަސް އޭނާގެ ދެފައިވެސް ދިޔައީ ތުރުތުރު ލަމުންނެވެ. މިއީ ހަމަ ކޮންމެވެސް ނުބައި ބާރެއްގެ ފައްޅިފަދައެވެ. މައްޗަށް އެރުނުތަނާ އޭނާގެ ހަށިގަނޑު ރޫރޫއަޅައިގަތެވެ. އެއްވެސް އަޑެއް އިވޭތޯ އޭނާ މަޑުކޮށްލިއެވެ. ތަނުން އިވެމުންދިޔައީ އޭނާގެ ހިތުގެ ތެޅުމުގެ އަޑު އެކަނި ނޫންކަން އޭނާއަށް ޔަގީންވިއެވެ. މުޅި ތާއި ހަރުލާފައި ހުރީ ނާމާން ކަމުން ފުރިފައިވި ރާގެކެވެ.
“އަލިފުޅުބޭގެ އެހީތެރިޔާ: ޒާއިނާ ޒާއިނާ.” ކަޅި އެއްލަމުން ހިނގަމުން ދިޔަ ޒާއިނާގެ ފައިގައި ތަޅެއް ލެވުން ފަދައެވެ. ކުރިއަށްވެސް ފަހަތަށްވެސް ފިޔަވަޅެއް އޭނާއަކަށް ނޭޅުނެވެ. ހުރިތާ ގަނޑުވެފައި ހުރެވުނީ އެވެ. އޭނާގެ ނަމުން އެގޮވާލީ ކާކު ހެއްޔެވެ؟ ޖިންނިއެއް ހެއްޔެވެ؟ މިގެގަޑުން ޒާއިނާއަށް ސަލާމަތްވެވިދާނެ ބާއެވެ؟ އަލިފުޅުބޭ އަނެއްކާ ދުނިޔޭގައި އެބަހުރި ބާއެވެ؟
********************************************************
ކުރިމަތީ އައިސް ހުއްޓިލީ މުސްކުޅިވެ ހަންޓޯޓޯ ވެފައި ހުރި މީހެކެވެ. ހަމަ ފެނުމާއެކު އަހަފިއެވެ.
” އަލިފުޅުބޭ: ތީ ކޮންކަމެއް ކުރާ ކުއްޖެއް؟ ” ވަރުބަލިކަމާއި ތުރުތުރުގެ އަސަރު އެރާގުގައި އެކުލެވިގެންވިއެވެ.
“ޒާއިނާ: މީ ހަމަ އަލިފުޅުބޭ ކައިރިއަށް. ވަރަށް ބޮޑު ކަމަކު މިއައީ” ފަސްޖެހިފައި ހުރެ ޒާއިނާ އިސްދަށަށް ޖަހާލިއެވެ.
” އަލިފުޅުބޭ: ދަންވަރު އިވޭ އަޑުފަންގަނޑު ދޯ ތިއައީ” އަލިފުޅުބޭ އެހެން ބުނުމާއެކު އަހަންނަށް ލިބުނީ ހައިރާން ކަމެކެވެ. އެކަން އަލިފުޅުބެއަށް އެނގުނީ ތީއެވެ.
އަލިފުޅުބޭ ފަސްއެނބުރި ހިނގައިގަތެވެ. ޒާއިނާގެ އިތުރު ޖަވާބަކަށް މަޑުކޮށްލުމެއްވެސް ނެތިއެވެ. އޭނާގެ ހިނގުން ހުރީ ވެސް އާދަޔާ ޚިލާފަށެވެ. ފައިތިލަ ބިންމަތީގައި ބައެއް ފަހަރު ނުޖެހޭ ފަދައެވެ.
ވަކި ހިސާބަކަށް ދެވުމުން އަލިފުޅުބޭގެ ފުސްބުރާފައިވާ ދެލޯ، ޒާއިނާގެ މޫނަށް ސީދާކޮށްލިއެވެ. އެ ދެލޮލުން ފެންނަނީ އިންސާނީ ކުލައެއް ނޫނެވެ. ގަދަ ރަތް ކުލައެވެ. ފުން، އަނދިރި ކަނޑެއްގެ ފުނަށް ފިނާލެވުން ކަހަލައެވެ. އެ ހިނދުކޮޅު ޒާއިނާއަށް ހީވީ އޭނާގެ މޭތެރޭގައި ވި ހިތް ހުއްޓުނު ހެންނެވެ.
“އަލިފުޅުބޭ: އާދޭ. އެކަމަކު ހަނދާންކުރާތި. ދެންމެ ތިއެރި ހަރުފަތްތަކުން ތިރިއަށް ދެވޭނެ ކަމުގެ ޔަޤީންކަން ކުރަންތައް” އަލިފުޅުބޭގެ އަޑުގައި ހުރީ އިންޒާރެއްގެ އަލިކަމެކެވެ.
ޒާއިނާގެ ހިތް ބިރުން ފުރިގެން ދިޔައީދެނެވެ. ނަމަވެސް، މިކަމުން ދިރިއުޅުން ސަލާމަތްކުރަން އޭނާ އައީ އުންމީދެއް ގައެވެ. މަރުގެ ދަލުން ސަލާމަތްވާން ނޫންކަން އޭނާ ދަނެއެވެ.
ޒާއިނާ އަލިފުޅުބޭގެ ފަހަތުން ކޮޓަރި އެތެރެއަށް ފިޔަވަޅު އެޅިއެވެ. އެތާ އެތެރެއިން ވަދެވުނުއިރު ފާރުތަކުން އިވެމުންދިޔައީ ކޮންމެވެސް ނޭނގޭ މަޚްލޫޤެއްގެ ކަވިކަވި އަޑުތަކެވެ. ކުޑަކޮން ހިނގުން މަޑުކޮށްލަމުން އަލިފުޅުބޭ ހުއްޓުނީ ބޮޑު އަލަމާރިއެއްގެ ކުރިމަތީގައެވެ. ހެވިފައި އަދި މަޑުމަޑުން ފަސްއެނބުރި ބަލާލިއެވެ. އެ ދެލޮލުން ފެންނަމުންދިޔައީ އާދަޔާ ޚިލާފު ގަދަ ނޫ ކުލައެކެވެ.
” އަލިފުޅުބޭ: ޒާއިނާގެ ދަރިފުޅުގެ ބަނޑުގައި އޮތީ އިންސާނެއް ނޫން. އެއީ ޒަމާންތަކެއް ވަންދެން ހައްޔަރުވެފައި އޮތް ބާރުގަދަ ނަސްލަކުން އައި ވެރިޔެއް،” އަލިފުޅުބޭގެ ބަސްތަކުން ޒާއިނާގެ ވިންދު ހުއްޓުނު ފަދައެވެ. ފައިދަށުން ބިންގަނޑު ދެމިގެން ދިޔަ ކަހަލައެވެ.
“އަލިފުޅުބޭ: ތި އައިސް ހުރީ އަމިއްލަ ނަފްސު މަރުގެ އަނދަވަޅަކަށް އެއްލާލަންތަ؟” އަލިފުޅުބޭ މަޑު ފިޔަވަޅުތަކަކާއެކު ޒާއިނާއާއި އަރާހަމަކުރިއެވެ. އޭނާ ލައިގެން ހުރި ހަޑިވެ ޗަސްވެފައިވާ ފޭރާމެކެވެ. ދުވަނީ ކުނިވެ ފުޅައަޅާފައި ހުރި ބަތާއި، ދުވަސްވީ ރިހަ އެއްޗެއްގެ ކުނި ވަހެވެ.
” ޒާއިނާ: އަލިފުޅުބޭ… މަގޭ ދަރި… މިލީގެ ބަނޑުގައި އެ އޮތީ…” ޒާއިނާއަށް ވާހަކަ ދައްކަން ދަތިވިއެވެ. ހިތް ނެގިނެގިފައި ތެޅެންފެށިއެވެ. އޭނާގެ މޭ ފަޅާފައި ނުކުންނަން އުޅެން ފެށި ކަހަލައެވެ.
އަލިފުޅުބޭ ހެވިލީއެވެ. އެ ހިނިތުންވުމަކީ ދަތްތަކެއް ނެތް، ނާމާން ހިނިތުންވުމެކެވެ. ” އަލިފުޅުބޭ: އެއީ އިންސާނެއް ނޫން، އެއީ ޖިންނިއެއްގެ ނަސްލު، މި ދުނިޔެއަށް އަލުން އުފަންވާ ދެނަސްލު ވާރުތަވާއި ކުއްޖެއް؟”
އެ ވާހަކަތަކުން ޒާއިނާގެ ދެލޯ ހާވެގެން ދިޔައެވެ. އޭނާގެ ލޮލުން ކަރުނައިގެ މުއިތްތައް ހިލެންނެގީ މަދު ސިކުންތު ކޮޅެކެވެ. މިއީ ހަމައެކަނި ބިރުން ގަނެގެން ވީ ކަމެއް ނޫނެވެ. އިވުނު ހަޤީގަތަކުން އައި ކަރުނައެވެ. އޭނާގެ މުޅި ދުނިޔެ ފުނޑުފުނޑުވެގެން ދިޔަ ކަމުގެ އިހުސާސުން އައި ކަރުނައެވެ.
“ޒާއިނާ: އަލިފުޅުބޭ… މަގޭ ދަރި ސަލާމަތްކުރޭނެތަ؟” ޒާއިނާގެ އަޑު ތުރުތުރުލަމުން ދިޔައެވެ.
އަލިފުޅުބޭ ޖަވާބެއް ނުދީ ހިމޭން ވެލިއެވެ. އޭނާ މަޑުމަޑުން އަތް އުފުލާލައި، ބުނެލިއެވެ.
” އަލިފުޅުބޭ: ބިރުނުގަނޭ! ދެރަގޮތެއް ތިދެމައިންނަށް ވިޔަކަ ނުދޭނަން.” ގޭގެ ފުރާޅާ ދިމާލަށް އަލިފުޅު ބޭ އިޝާރާތްކުރިއެވެ.
ކުއްލިއަކަށް، މުޅި ގެ ގުޑައިގެން ދިޔައެވެ. ފުރާޅުން ވަކިވެގެން ގެއާއި ދިޔަފަދައެވެ. ސީލިންގުން ފޫގޮސް ދޫލައެއް ފައިބައިގެން ކަޅު އަނދިރިކަމެއް ވަށާލައިގެން ދިޔައެވެ. ޒާއިނާގެ ވަށައިގެން ކޮޅު ކޮޅަކަށް ނަޒަރު ހިންގާލިއެވެ. އޭނާއަށް ފެންނަން ފެށީ ލޯތަކެވެ. އިންސާނީ ލޯތަކެއް ހެން އެއީ ހިއެއް ނުވެއެވެ. އަލިފާންކަނި ބުރަ ބުރާ ވީ ރަތް ކުލައިގެ ބިރުވެރި ލޯތަކެކެވެ.
” އަލިފުޅުބޭ: ޒާއިނާ، މިއީ ފެށުމެއް. އެއްގޮތަކަށްވެސް ދެރަނުވޭ ! މިހާރު ދޭ ގެއަށް. ކައިވެނީގެ ކަންތަކުގައި އުޅޭ. އަލިފުޅުބޭ އަންނަން ވީމައި ބުނާނަން. ހޯދަން ދެތިން ހަތަރު އެއްޗެއް ވެސް ވާނެ.” އަލިފުޅުބޭގެ އަޑުގައި ވަނީ އެހީތެރިކަމެވެ. ކުރިން ޒާއިނާގެ އަޑުން ގޮވާލި މީހާގެ އަޑެއް ނޫނެވެ. އެވާނީ އޭރު އެވޮވާލާނީީ އަލިފުޅު ބޭ ގެންގުޅޭ އެހީތެރިއަކަށެވެ.
އެގޭން ނިކުމެގެން ހިނގާލާފައި ޒާއިނާ ދިޔައެވެ. އެގެ ގެއްލޭހާއި ހިސާބަށެވެ. ދެވުމާއެކު ދެން ގުޅީ ކާރަކަށެވެ. އެތާހުރި އިރުވެސް ވަށައިގެން އޭނާއަށް ބެލެމުންދިޔައެވެ. ރޫޚާނީ ބާރުތަކެއް ޒާއިނާގެ ފަހަތުގައި އުޅޭ ކަހަލަ އިހްސާސްތައް ކުރެވެނީއެވެ.
ދުލުން އައިހައި ހެއޮތް އެއްޗެއް ކިޔަން ޒާއިނާ ފެށިއެވެ. ބިރުން ގޮސް އެހިތް ރޫރޫއަޅަނީއެވެ. ފޯނު ނަގައި ޤުރުއާންވެސް ޖަހަން ފެށިއެވެ. ޤުރުއާންގެ މޫރިތި ކަލިމަތައް ކަންފަތުގައި ޖެހެން ފެށުމުން ޒާއިނާއަށް ހަަމަޖެހިލެވުނެވެ.
ހުއްބާ ހުރީ މެންދުރުގެ ކެއުން ހަދާފަ އެވެ. ހުދު ހަނޑުލު ބަތާއި ބިސްރިހަ ކައްކާފައެވެ. ތަރުކާރީ ސެލެޑާއި ކަރާފަނި ގިރާފައެވެ. ހަމަޖެހުމުގެ ނޭވާއެއް ޒާއިނާއަށް ލެވުނީ ދެނެވެ. އެކަނި ހުންނަން ބިރުގަތަސް ކޮޓަރިއަށް ދިޔައެވެ. ރީތިކޮން ފެންވަރާއި ހަދައިގެން ނަމާދު ކުރިއެވެ. މާތް ﷲ ގެ ޚަސްރަތުގައި ދުޢާ ދެއްނެވިއެވެ. މިކަމުން މިންޖުވެ މިނުރައްކަލުން މިއާއިލާ ސަލާމަތްވޭތޯ އެވެ. ލޮލުގެ ކޮއި ފަދަ އަންހެން ދަރިފުޅަށް ޖެހިފައިވާ މުސީބާތުން އަލިމަގެއް ފެނޭތޯއެވެ.
މިލީހަމްގެ ހާލެއް ބަލާ ނުލައި ޒާއިނާއަށް ކެތެއްނުވުއެވެ. އޭނާ ދެން ދިޔައީ އެކޮޓަރިއަށެވެ. މިލީ ގައިން ތާޙިރުވެގެން ފުނާއަޅަނީއެވެ. ކައިވެނީގެ ހެދުން އިސްތިރިކޮށްފައި ހޯޅީގައި އަޅުވާފައި ހުއްޓެވެ.
ފަންޑިތަވެރިޔާގެ ބަސްތައް ތޫނު ހަންޖަރުތަކެއް ފަދައިން އެބޮލުގައި އެނބުރެމުން ދިޔައެވެ.
” އަލިފުޅުބޭ: ދެ ނަސްލު ވާރުތަކުރާ ކުއްޖެއެއް އެއީ. ހައްޔަރުވެފައިވާ ބާރުގަދަ ވެރިއެއް.”
މަންމަ އެތާކުން އައިން ސުރެއް އިންނަނީ ފިކުރު ބޮޑުވެފައެވެ. އެކަން މިލީހަމްއަށް ވަރަށް ރަނގަޅަށް ފާހަގަ ކުރެވިއްޖެ އެވެ. ނޭނގެނީ މަންމަ ވިސްނާ ކަމެކެވެ. ފިކުރުކޮށް މަންމަ އެ ހިޔާލު ކުރަނީ އޭނާގެ ސަބަބުންނެވެ. މިލީހަމްގެ ހިތް ބުނެލިއެވެ.
ހުތުރު ގޮތަކަށް އޭނާ ބަނޑުބޮޑު ވީތީއެވެ. އަގު ގެއްލުނީ ތީއެވެ. ބޭޒާރުވެ ފަލީހަތް ވާނެތީއެވެ. އެފަދަ އެތައް ބައިވަރު އެއްޗަކުން މިލީގެ ބޯ ހިސޯރުކޮލިއެވެ. ވީދެރައިން މިލީހަމް ބާރަށް ރޮއެގަތެވެ. ޒާއިނާއަށް ޚިޔާލުގެ ކަނޑުން ނިކުމެވުނީ މިލީގެ ގިސްލުމުގެ އަޑުންނެވެ. އޭނާ ކުރީ މިލީހަމްގެ ބަނޑަށް އުނދަގޫތަކެއް ވަނީ ކަމަށެވެ. ބިރުން ޒާއިނާ ހަލާކުނުވީ ކިރިޔާއެވެ. އެތަނަން ވިހައި ފިއްޔާ އެ ޖިންނި ކުއްޖާ އޭނާއަށް ފެންނާނެއެވެ. ޒާއިނާ ހިތުގައި އެއްޖައްސާލިއެވެ. ހަމައަކަށް އެޅުމަށްޓަކައެވެ.
މިލީހަމް ބަނޑުގައި އަތް އަޅާލައިގެން އިނދެ ގިސްލަމުން ދިޔައެވެ. އޭނާގެ ބަނޑުތެރެއިން ކޮންމެވެސް އެއްޗެއް ދެމޭ ކަހަލަ އިހުސާސެއް ކުރެވުނެވެ. ޒާއިނާގެ ލޮލަށް ސިފަވީ އެ ބަނޑުގައި އާދަޔާ ޚިލާފު ދިރުމެއް އުޅޭފަދަ މަންޒަރެކެވެ. ގެންފައި ހުރި ބިރާއެކު ޒާއިނާއަށް ދަރިފުޅަށް ގޮވާލެވުނެވެ.
” ޒާއިނާ: ދަރިފުޅާ” މަންމަ ގޮވާލުމުން މިލީހަމްގެ ރުއިން ވީ އިތުރެވެ.
” މިލީހަމް: މަންމާ! އަހަންނަށް މާފުކުރޭ! މީ އަހަންނަށް ނޭނގުމެއްގައި ކުރެވުން ކަމެއް.” ރޮމުން ގިސްލަމުން މިލީ މަންމަގެ ކައިރިން މާފަށް އެދުނެވެ.
“ޒާއިނާ: ދަރިފުޅައް މަންމަގެ ހިތް ހެޔޮ އަބަދުވެސް.” ޒާއިނާއަށްވެސް ރޮވެން ފެށުނެވެ. ކުރިމަތިވެފައި މިއޮތީ ބިރު ބޮޑު ނާމާން ތޫފާނާކާއެވެ. ސަލާމަތުގެ އައްސޭރިއެއް ފެންނާނެ ކަމެއްވެސް ނޭނގެއެވެ.
މޭކަޕްކޮށް ނަލަވުން އޮތީ ޚުބާބު މެންގޭގައެވެ. އެހެންކަމުން ކައި ހަދައިގެން ދެމައިން ދިޔައީ އެނގެއަށެވެ. ކައިވެނީގެ ވަލީމާ ބާއްވަނީ ހަވީރުއެވެ. ސާއިރީ ހިޔާ މާލަމުގައެވެ. މާ ކުލަ ގަދަ ޕާޓީއެއް ނުބާއްވާ އެވެ. އާއިލާ މީހުންނާއި އަވަށްޓެރިންނަށް ރައްޓެހި ރަހުމަތްތެރިންނަށް ސައެއް ދެނީއެވެ.
ކައިވެނި ކުރާ ވަގުތު ކުޑަ ތަން ވާ ވަރަކަށް މިލީހަމްގެ ހިތް ދިޔައީ އުދާސްވަމުންނެވެ. ކޮންމެ މީހެއްގެ ހަޔާތުގަވެސް އަންނާނެ އެންމެ އުފާވެރި އެއް ދުވަހަކީ ޒަވާޖީ ހަޔާތެއް ފަށާ ދުވަހެވެ. އެކަމަކު ޚުބާބާއި މިލީހަމްގެ މޫނުމަތިން އެއްވެސް އުފާވެރިކަމެއް ނެތެވެ. ދެ މީހުންގެ މޫނުމަތީވެސް ވަނީ މާޔޫސީ ހިނިތުން ވުމެކެވެ. އެ ހިނިތުންވުންތަކުގެ ފަހަތުގައި އެތައްހާސް ޝަކުވާއެއްވިއެވެ. އެންމެ ލޯބިވާ މީހާއި ކައިވެނި ކުރުމުގެ ނަސީބެއް މިލީއަކަށް ނުލިބުނެވެ. އެހެނަސް، ޚުބާބަށް އެނަސީބު ލިބިއްޖެއެވެ.
ވަލީމާާ ހަފްލާ ބާއްވާ މައިދާން ޖަރީކޮށްފައި އޮތީ ފިޔާތޮށިކުލައިންނެވެ. މުޅި މާހައުލު ފިޔާތޮށި ކުލައިން ބަބުޅަމުން ދިޔައެވެ. ފިޔާތޮށި ފިނިފެންމާތަކުން ތަނަން ދިރުންގެނެސް ދެމުން ދިޔައެވެ.
އަލަތު ޖޯޑު ތިބުމަށް އެމީހުންނަށް ހާއްސަކޮށް ސާހީ އުނދޯލީކޮޅެއް ހުއްޓެވެ. މުޅި އުނދޯލި ޒީނެތްތެރި ކޮށްފައިވަނީ ފިޔާތޮށީގެ މާމެލާމެލިންނެވެ.
ފިޔާތޮށި ކުލައިގެ ގަޔަށް ދޫ ކައިވެނީގެ ހެދުމުގައި މިލީ ހީވާނީ ޕަރީއެއް ހެންނެވެ. ފަސްބައިގައިވާ ލޭސް ފޮތީގެ ވިދުން ގަދަކަން މާދުރަށް ފާޅުވަމުން ދިޔައެވެ. ބިމުގައި ކޭތެމުން ދިޔަ ފަސްބައި އޮތީ ފިނިފެންމަލެއްގެ ފިޔަތަކެއްފަދައިންނެވެ. އެހާވެސް ރީތިވެފައި ފުރިހަމައެވެ. ކޯޓު ފަޓުލޫނު ގައި ޚުބާބް ހީވަނީ ގަނޑުވަރު ތެރޭގެ ރަސްދަރިކަލެއް ހެންނެވެ. އެހެރަ ރީތި ކަމެއްތާއެވެ. އެތައް އަންހެން ކުދިންނެއްގެ ހިތްތައް ފުނޑުފުނޑުވެގެން ގޮސްދާނެއެވެ. ޚުބާބުގެ ފަން އިސްތަށިގަނޑާއި ކަސްރަތީ ހަށިގަނޑުގެ ޖާދޫގައި ޖެހިގެން މެވެ. ޚުބާބު ވާނީ މިއަދު މިލީހަމް ގެ ފިރިކަލުންނަށެވެ. މިލީހަމް ވާނީ ޚުބާބު ގެ އަނބިކަނބަލުންނަށެވެ.
އެ ޚާއްސަ ހަވީރު މިލީހަމް ކޮށްފައި ހުރީ ލުއި މޭކަޕެކެވެ. މިލީގެ މޫނުމަތިން ރަމްޒުކޮށްދެމުން ދިޔައީ ލަދުރަކިކަމާއި މައޫސުމްކަމެވެ. އަތުގައި އޮތް މާ ބޮޑިން ފުރިހަމަކަން ފާޅުވަމުން ދިޔައެވެ.
އަލަތު ކައިވެނީގެ ބައިވެރިންނަން މެހެމާނުންގެ ފަރާތުން އޮހެމުންދިޔަ ތަހުނިޔާގެ މެސެޖުތަކުން ތަނަން ދިރުންލިބެމުންދިޔައެވެ. ‘އުފާވެރި ހަޔާތަކަށް’ ‘ނަޔާ ގުޅުމަކަށް’ ‘ ދާއިމީ ލޮތްބަކަށް’ އެދި ދުޢާކޮށް އެކި ބަޚުރުވަތަކުން ފޯރުކޮށްދެމުންދިޔަ މެސެޖުތަކުންނެވެ.
މުޅި ހޯލުގައި ގުގުމަމުން ދިޔައީ ތަށި ސަމުސާ އޫ ފަދަ ތަކެތީގެ ޖާދުވީ އަޑުތަކެވެ. ޕާޓީއަށް ޒިޔާރަތް ކުރަމުން ދިޔަ ގޭކުދިންއާއި އެކުވެރިންގެ ހުނުމުގެ އަޑުތަކުން ތަންނަން ދިރުން ގެނެސްދީފައި ވެއެވެ. ބިރުވެރިކަމުގެ ހަޅުތާލެއް ތެރޭވީ މިލީގެ މަންމައެވެ. ވާންވީ އުފާ ކަމެއް ދެރަކަމެއްވެސް ޒާއިނާއަކަށް ނޭނގެއެވެ.
ދެފަރާތުގެ އާއިލާ މީހުން ކައިވެނީގެ ޖޯޑަގެ ޝަރަފުގައި މުބާރިކުބާދީ އިއްވަމުންދިޔައެވެ. ނަސާހަތްދީ ހިތްވަރު ލައިދެމުންނެވެ.
ބަލާލި ކޮންމެ ދިމާލަކުން ޒާއިނާއަށް ސިފަވނީ ފަންޑިތަވެރިޔާގެ ގެކޮޅެވެ. ދުވަމުން ދިޔައީ އެގެއިން ދުވި ފުޅަވަސްގަނޑެވެ. ނުތަނަވަސްކަމާއިއެކު އުޑަށް މައްޗަށް ބަލަހައްޓައިގެން ޒާއިނާ އިނެވެ. ކައިރީ އައިސް ފިރިމީހާ ހުއްޓާލި އެވެ. ވެގެން އުޅޭ ގޮތެއް މާގިނައިން އަހަން ފެށިއެވެ. އެއްސުވާލެއް މާގިނައިން ތަކުރާރުވާން ފެށުމުން އޭނާ ހަތިޔާރު ބެހެއްޓިއެވެ. ރޭގަނޑުގެ އަޑުތަކުން ފެށިގެން ހެނދުނުގެ ހާދިސާކިޔައދިނެވެ. އަލިފުޅުބޭ ބުނި ވާހަކަތަކާއި އިންޒާރުތައް އެންގިއެވެ. މިލީގެ ބައްޕަ އެކަން ޤަބޫކުރާނެ ހެއްޔެވެ؟ ޒާއިނާއާއެކު އެކަމުގެ ތެރެއަށް ވަންނާނެ ހެއްޔެވެ؟ އެކަމަށް ޖޯކު ޖަހާ މަލާމަތްކޮށްލާނީ ބާއެވެ.؟
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.






Heiii…. Isnaa
Last time I ehn bunee majalakah sorry 😔
I have a girlfriend 😭😩
Can be friends?
Hii Inernu_22
It’s ok dear 😊
Yh I ah vureh kuda ves Kuda eh nu dhw
Yes we are friends
😊🫶🥀❤️🥰
https://www.instagram.com/isnan_ahmed2442?igsh=c2h4bDR0MzlqdHlp
Mi link in I ge vaahaka thakuge updates libeyne follow kohlla dhehvaa
Yeaaa u are 23 dhww … I am 18
Labba dear 🥰