“މާއިޒް: އެކަމާ ހާސްނުވޭ އެއީ އަހަރުމެން ވިސްނަން ވީ ކަމެއް ނޫން” އެނދުގައި ލިނީ ރީތިކޮން ބާއްވާލަމުން މާއިޒް ފިރުމާލިއެވެ. ލަސްތަކެއް ނުވެ ލީނިޔާއަށް ނިދިގެން ދިއައެވެ. ކުރަން ތައްޔާރުވެގެން އޭނާ ހުރި ކަންތަކަަށް ފަސޭހަވި އެއީ އިތުރު ބޮޅެއް ކަހަލައެވެ. ކޮޓަރީގެ އަލި އެއްކޮން މަޑުވެގެން ދިޔައެވެ. ކުޑަދޮރުގެ ހުޅުވިގެންދިޔައެވެ. ބޭރުގެ އަލިފިޔަވައި އިތުރު އަޔެއް ނެތެވެ. ކޮޅަށް ތެދުވެ މާއިޒް ހިނގާލާފައި ގޮސް ހުއްޓާލިއެވެ. އިސާހިތަކު މީހާ ބަދަލުވެގެން ދިޔައެވެ. ދިގު ހަތަރު ފައި […]
މެންދަމުގެ ހަމަހިމޭން ވަގުތެވެ. ރަށުގެ އެންމެން ނިދީގެ ފޮނި މީރުކަން ހާސިލްކުރަމުންދާއިރު، ތަންކޮޅެއް އެކަހެރި ހިސާބެއްގައި ހުރި ޖިފުޑިގަޑެއްގެ ތެރެއިން ވަރަށް ބަލި ގޮތަކަށް މީހާކު ކެއްސާ އަޑު ކެނޑިނޭޅި އިވެމުންދިޔައެވެ. އެއީ ކާސީފުގެ އަޑެވެ. އޭނާ އެހާލުގައި އުޅޭތައި މިހާރު ދުވަސްކޮޅެއްވެދާނެއެވެ. އަޅާލާނެ ޔާރެއް އިޔާރެއް ނެތި މިބޮޑު ދުނިޔެއަށް އޭނާ އެކަނިވެރިވީ ކީއްވެ ހެއްޔެވެ؟ ހެޔޮލަފާއި މަންމަ އަކާއި ބައްޕައަކު ލިބުނެވެ. މިއީ އަބަދުވެސް ކާސީފުގެ ހިތް ރޮއްވާލާ ސުވާލެވެ. ޖަމީލާއާއި […]
ހާދަހާ އަސަރެއް މަށަށް ކުރުވައިފިއޭ ހާދަ ވަރަކަށް ލޯ މަގޭ ރޮއްވައިފިއޭ ހާދަހާ ހިތް އަދު މަގޭ ބުރިބުރިވިއޭ ހާދަ އުންމީދެއް މަދުން ކުދިކުދިވިއޭ ******************************** ފާޅުގައި ލޯބިވީމޭ ނުބުނިޔަސް ފާޅުކުރި އިހްސާސް ތަކުން ފާޅުގައި ވެވުނޭ ގަޔާ އަންގާލިޔަސް ފާޅުކުރި ބޭކާރުވީ ތަދުބީރަކުން ************************ ވާނޭހެ އަދުދެން އެކީގައި މަޖާވާން ވާވެއްގެ މަލަކަށް ހިޔާވީ އުފާވާން ވާނޭހޭ ހިތް މަރުވެދާއިރު ގަޔާވާން ވާވެއްގެ އިސްޤީވި ލޯތްބަށް އެދެންދެން ************************** ދާއިރު ހާނދާނުން އެކީގައި ކަލާ ދާއޯހޮރި […]
އޭނާއަކަށް އަހަންނެއް މުހިންމެއް ނުވިއެވެ. ފާނޑަކަށް އެކަން އަހަންނަށް ސާފުވެއްޖެއެވެ. މި އިހްސާސްތަކަށް ތަބާވާނީ ކިހިނެއް ހެއްޔެވެ؟ އަހަންނަށް އޭނާ ދެކެ އިންތިހާ ލޯބިވެއްޖެއެވެ. އެ ލޯތްބަށްޓަކައި އަހަރެން ފުރާނަވެސް ދޭނަމެވެ. އެކަމަކު، މި އިހްސާސްތަކަށް ތަބާވާނީ ކިހިނެއް ހެއްޔެވެ؟ އަހަރެން މިވަންނަނީ ހިމޭންކަމުގެ ދަރުބާރަކަށެވެ. އަހަންނާއެކު އެދަރުބާރުގައި އޭނާ ހުންނާނެ ނަމައެވެ. އެހެނަސް, މި އިހްސާސްތަކަށް ތަބާވާނީ ކިހިނެއް ހެއްޔެވެ؟ އޭނާއަކީ މިހިތުގެ ފިނިކަމެވެ. ލޮލުގެ ނޫރެވެ. އަހަރެންގެ […]
ސްޕެގެޓީއަކީ އިޓަލީގެ މަޝްހޫރު ކާނާއެއް ކަމަށްވާ “ޕާސްތާ” ގެ ވައްތަރެކެވެ. މީގެ މައިގަނޑު ސިފަތަކަކުގެ ތެރޭގައި އެކި ބައްޓަމަށް ހުރުމާއި އުފައްދާ ގޮތް ތަފާތުވުން ހިމެނެއެވެ. އެގޮތުން ސްޕެގެޓީ ހުންނަނީ ދިގުކޮށެވެ. ފަލަމިން ހުންނާނީ ދަނޑިތަކެއްހެންނެވެ. މަޝްހޫރު “ސިލިންޑްރިކަލް” ބައްޓަމަކަށެވެ. މި އާންމުކޮށް ހަދަނީ ‘ޑިއުރަމް ވީޓް’ ކިޔާ ގޮދަނުގެ ބާވަތެއްގެ ފުށުންނެވެ. މި ފުށާއި ފެން އެއްކޮށްގެން ފުއްގަނޑެއް މޮޑޭނެވެ. އަދި ހާއްސަ މެޝިންތަކެއްގެ ތެރެއިން ފިއްތާލައިގެން ދިގު ފޮތިތަކެއްގެ ގޮތަށް އުފައްދާނެއެވެ. ކޮންމެ ވައްތަރެއްގެ […]
އުފާވެރި މެންދަމެންގައި އާރިޒުގެ އަނބަކަށް ވާން އެއްބަސް މިވީ އެފޮތުގެ ބޭނުމުގައެއް ނޫނެވެ. ފުރަތަމަ ނަޒަރުން ވެވުނު ލޯބީގެ ހައްޤުގައެވެ. “އޯ…. މަ ހާދަ ލޯބި ވެޔޭ ލޯބިވާ ލިބޭނެޔޭ ކަލާގެ ހިތް މަ ހީކުރީމޭ ލިބޭނެޔޭ ކަލާގެ ހިތް މަ ހީކުރީމޭ މަ ހާދަ ލޯބި ވެޔޭ ލޯބިވާ ކަލާގެ ހައްގުގައި މަ މަރުވެދާން ހުރީމޭ” އާއެކެވެ. އާރިޒުގެ ހައްގުގައި ޖާނުން ފިދާވެސް ވާނަމެވެ. އެހާވެސް ލޯބިއެވެ. ދެ މީހުން ފޯނު ކުރުކޮށްލީ މާދަން ބައްދަލުކުރަން […]
ރަނގަޅަށް ކައި ނިމުނު އިރު ދިހައެއް ޖަހަނީއެވެ. ލެކުޗަރާ ލަސްނުވެ ގެއަށް ދިއުމަށް ބުނެފިއެވެ. ހޯލުން ބޭރަށް ނިކުމެ ގުޅަން ފެށީމެވެ. އެހާ ލަސްވުމުން ގެއަށް ގުޅޭ ގޮތެއް ވެސް ނުވިއެވެ. އެހެން ހުއްޓައި ޒާނާ ގޮވާލިއެވެ. ” ގެއަށް ނުދެވިފަތަ ހިނގާ އަހަންނާއެކު ދާން ކާރުގައި ދެވޭނެ ” ނިދަން ބޭނުންވެފައި ހުރިވަރުން އަވަހަށް އާއެކޭ ބުނީމެވެ. ގޭޓު ކުރިމަތީ އައިސް ހުއްޓާލި ކާރުފެނި ސުވާލު އުފެދުނެވެ. އެއީ އާރިގެ ކާރެވެ. ކާރުގެ ބިއްލޫރި […]
ފަސްވަނަ ފަންގިފިލާގެ ބެލްކަންޔަށް އައިޝާ ނިކުތީ ހޫނު ކޮފީ ތައްޓެއް ހިފައިގެންނެވެ. އޭރު އައިޝާގެ އިންތިޒާރުގައި ނަވާލް އިނެވެ. ފުން ވިސްނުމަކަށް ގެއްލިފައެވެ. ” ކޮން ޚިޔާލެއްގައި” ކޮފީ ތަށި ދިއްކޮށްލަމުން އައިޝާއެހިއެވެ. ޖަވާބު ކުރުވެފައި ސާދާއެވެ. ނަވާލް ބުނިގޮތުންވިއްޔާ އޭނާގެ ވިސްނުމާއި ގުޅިފައިވަނީ ތުއްތު ކުދިންނެވެ. ބެލްކަނީގައި ހުންނައިރު ކުޑަކުދިން ކުޅޭ މަންޒަރު ވަރަށް ޗާލުކޮން ފެންނާނެއެވެ. ކައިވެންޏަށް 4 އަހަރުވެގެން ދިޔައިރުވެސް ނަވާލް އެފަދަ ވާހަކައެއް ނުދައްކައެވެ. މިއަދުގެ ވާހަކަތަކުން ބައްޕައަކަށް […]
ލޮބުވެތި އަޅުގަނޑެކޭ ވެސް އެއްފަދަ ޒުވާނުނެވެ. މިއަދުގެ މި މަޖިލީހުގައި ދައްކަން ބޭނުންވާ ބައިވަރު ވާހަކަ އެބަހުއްޓެވެ. ކުރު ކޮން ފޮނިކޮން ވާހާކަތައް ކުރިއަށް ގެންދެވޭތޯ ބަލާނަމެވެ. އާދެ! ދިވެހި ޒުވާނުންގެ ޤާބިލުކަން ޤާބިލިއްޔަތުކަން އެބަހުއްޓެވެ. ހިތްވަރު ވެސް އެބަހުއްޓެވެ. މައްސަލައަކީ ވަގުތީ އުފަލަކަށް ޓަކައި ވަކި ބަޔަކު ޒުވާނުންނަށް ދަތިކުރާތީއެވެ. ކުރިމަގަށް ހުރަސްއަޅާތީއެވެ. އަޅުވައި ވައްޓާލާތީއެވެ. ސިޔާސީ ކަންކަމުގައި އުޅެއޭ ކިޔާފަވެސް ޒުވާނުން ބޭކާރުކޮށްލާތީއެވެ. އަގެއް ނެތްކަންް ދައްކާތީއެވެ. ޒުވާނާއެވެ! އެންމެންނަކަށް ތިބާގެ […]