Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީހިތާމަބިރުވެރިއުފެއްދުންތެރި ލިޔުންއެހެނިހެންލޯބި

އެހަންދާންތައް… ( މަސްތުވާތަކެއްޗަކީ ހުރިހާ ބޮޑެތި ފާފާއެއްގެ މަންމައެވެ.)

Isnaa Level 610 Stories100 Comments100 Login100 Stories500 Login
April 16, 2026 3 Mins Read
1 Comment

މެންދަމުގެ ހަމަހިމޭން ވަގުތެވެ. ރަށުގެ އެންމެން ނިދީގެ ފޮނި މީރުކަން ހާސިލްކުރަމުންދާއިރު، ތަންކޮޅެއް އެކަހެރި ހިސާބެއްގައި ހުރި ޖިފުޑިގަޑެއްގެ ތެރެއިން ވަރަށް ބަލި ގޮތަކަށް މީހާކު ކެއްސާ އަޑު ކެނޑިނޭޅި އިވެމުންދިޔައެވެ. އެއީ ކާސީފުގެ އަޑެވެ. އޭނާ އެހާލުގައި އުޅޭތައި މިހާރު ދުވަސްކޮޅެއްވެދާނެއެވެ. އަޅާލާނެ ޔާރެއް އިޔާރެއް ނެތި މިބޮޑު ދުނިޔެއަށް އޭނާ އެކަނިވެރިވީ ކީއްވެ ހެއްޔެވެ؟ ހެޔޮލަފާއި މަންމަ އަކާއި ބައްޕައަކު ލިބުނެވެ. މިއީ އަބަދުވެސް ކާސީފުގެ ހިތް ރޮއްވާލާ ސުވާލެވެ.

 

 

ޖަމީލާއާއި ހަސަނިކުގެ ގުލްޒާރުގައި މަލަކަށް ފަހު މަލެއް މޯޅިވަމުން ދަނިކޮން އެދެމަފިރިންގެ ޗަމަންއަށް އާރޯކަމެއް ގެނެސްދިނީ ކާސިފެވެ. ހަސަނިކާއި ޖަމީލާ ކާސިފް ބަލަމުން ދިޔައީ ލޮލުގެ ކޮއި ހެންނެވެ. ހިތުގެ ފަނަރަ ފަދައިންނެވެ. ކާސިފު ބުނިއްޔާ ބުނިހާ އެއްޗެއް ހޯދައިދީގެންނެވެ. ބުރަކޮން މަސައްކަތްކޮށްގެން ޖަމީލާއާއި ހަސަނިކު ކާސިފު ބަލާބޮޑުކުރީ ހުވަނދު މަލުގެ ދާނެއްގައެވެ.

 

އެހެންކަމުން ކާސީފުވެސް ޖަމީލާއާއި ހަސަނިކު ގެ ހިތުގެ ދުއްލިސާއަށް ވުމަށް އަތުކުރި އޮޅާލިއެވެ. ޖަމީލާގެ ހަޔާތަށް އަލިކޮށްދޭ ދަންމަރުކަމަށް ވުމަށް ކަމަރު ބަދެލީއެވެ. ހަސަނިކުގެ އެދޭ ފަދަ ދަރިއަކަށް ވުމަށް ގަހެއް އިންދީއެވެ.

 

ރަށު ސުކޫލުގެ ކިޔެވުން ކާސީފު ނިންމާލީ ހަސަނިކާއި ޖަމީލާވެސް އުންމީދުނުކުރާވަރުގެ ނަތީޖާއެއް ހޯދައިގެންނެވެ. އާދޭހޭވެ. އެއަހަރުގެ އެންމެ މޮޅު ދަރިވަރުކަން ހޯދަމުންނެވެ. ޤައުމީ ގަދަ ދިހައެއްގެ ވެސް ފަޚްރުވެރި އެއްވަނައާއެކުއެވެ.

 

ހިތާ ދެކޮޅަށް ވިޔަސް، ޖަމީލާ އާއި ހަސަނިކު ކާސިފު މާލޭ ކިޔަވަން ފޮނުވިއެވެ. ކިޔަވަން ފޮނުވިތާ މަސްދުވަސް ވީތަނާ ހަސަނިކާއި ޖަމިލާގެ ކަންފަތަށް ހީވީ މީހަކު ހޫނު ފެން އެއްޗެއް އޮއްސާލިހެންނެވެ. އަހިވަކަކާއި ޖެހި އަހިވަކެއް ފާވާނެ ބުނާބީދާއިން ކާސީފުވެސް މަސްތުގެ އަވައިގައި ޖެހި ފިރާލާދިޔައީއެވެ.

 

މިއަދު ޖަމީލާއަށް އޮތް ހާވެސް އެފަކީރުގެ ހަނދާންތައް އާކޮށް ރޮއެ ހިތާމަކުރުމެވެ. އެހެން ވޭނުގައި ދުވަސްތަށް ގުނަމުން ދަނިކޮށް އިވުނީ މާ ހިތްދަތި ޚަބަރެކެވެ. 9.8 ކިލޯގެ މަސްތުވާތަކެއްޗާއެކު ރޭގެ ފަތިހުގެ ވަގުތެއްގައި ކާސިފު ހައްޔަރު ކުރެވުނީއެވެ. އެ ހިތި އަހަރު ފަދަވި ޚަބަރާއެކު ޖަމީލާ ދުނިޔެދޫކޮށްދިޔައީއެވެ. އިވޭ އަޑުތަކާއި ހިތަށް ކުރުވަމުން ދިޔަ ފުން އަސަރުތަކުން ބަރުދާސްތު ކުރަން ދަތިވެގެންނެވެ.

 

ޖަލުގެ ތޭރި ތަކުގެ ތެރޭ މާގިނަ ދުވަހެއް ކާސީފު ހޭދަކުރާކަށް ނުޖެހުނެވެ. ބަލިހާލަތު ގޯސްވެގެން ޑަކްޓަރަށް ދައްކަން ނެރުނީ އެވެ. ޑަކްޓަރަށް ދެއްކުމުން ޑަކްޓަރު ބުނި ލަފްޒުތަށް ވެގެން ދިޔައީ ކާސީފުގެ ދިރިއުޅުމުގެ ނިމުމަށެވެ.

 

ވިހަ ގަދަ އެލަފްޒުތަށް އެ ބޮލު ތެރޭ ކެނޑި ނޭޅި ދައުރުވަމުން ދިޔައެވެ. “ޑަކްޓަރު: ކާސިފު ހިތްވަރުކުރާތި! ތިވަނީ ކާސިފަށް އެއިޑް ޖެހިފައި!”

ހެވާއި ނުބައި ކާސިފަށް ކިރިޔާވެސް ރޭކާލީ ދެނެވެ.

 

 

އަނދިރިކަމުގެ ވިލާތަކުން ކާސީފުގެ ދުނިޔެ ވަނީ ވަށްލާފައެވެ. ބަލާލި ކޮންމެ ދިމާލަކުން ސިފަވަނީ ކުލައެއް ނުވާ ކަޅު ކަމެވެ. ލޯބިވާ ޖަމީލާ ދުނިޔެދޫކުރިގޮތަށް ހަސަނިކުވެސް މި ހީލަތްތެރިދުނިޔެއާއި އަލްވާދުކިއީއެވެ. އަބަދުގެ އަބަދަށެވެ. އެނބުރި އައުމެއް ނެތް ބިމަށެވެ.

 

ކާސިފަށް ބަލާލަބަލާށެވެ. ޖަމީލަ ކީއްކުރަން ހަސަނިކުގެ މާފެއްވެސް ކާސިފަށް ނުލިބުނެވެ. އެކަމާހުރެ މިހާރު އަބަދު ކާސިފަށް އޮންނަނީ ގިސްލަ ގިސްލާފައި ރޮއިމެވެވެ.

 

މަސްތުވާތަކެތީގެ މަންމަ ކާސީފުގެ ޒުވާކާން ނަގާލިއެވެ. އުފާވެރި ހަޔާތް ވިއްސިވިހާލި ކޮށްލިއެވެ. “އެއިޑްސް” ބަލީގައި އެންމެ ފަހު ދުވަސްތަށް ގުނަމުން ކާސިފު ހީވަނީ ދިރުމެއް ނެއް ގަހެއް ހެންނެވެ. ދިގުކޮށް ދެމިފަިއި ވާ އިސްތަށިތަކަށް ފެންނަނީ މިލާ މޯޅިވެފައި ފަތްތަކެއްހެންނެވެ. އެދޮން ހަށިގަނޑު ހީވަނީ ފީވެ ފަނި އަޅާފައި އޮތް މުށިކޮލައިގެ ގަސްބޮޑެއްހެންނެވެ. ދުވަހަކު ރީތި މަލެއް ފަރި ނުވާ ހަކުރު ބަލި އަޅާފައި އޮތް އެއީ އަނަރޫފަ ގަހެކެވެ.

 

ކުއްލިއަކަށް ކާސިފުގެ ކެއްސުން ގަދަ ވާން ފެށިއެވެ. ނޭވާ ހާސްވެ މީހާ ތެޅެންފެށިއެވެ. މެންދަމުގެ ހަމަހިމޭން ވަގުތު އެންމެން ނިދީގެ ފޮނި މީރުކަން ހާސިލްކުރަމުންދާއިރު އެއަޑު އިވި އެހީއެއް ވެދޭނީ ކާކު ހެއްޔެވެ؟ ފެންފޮދަކަށް އެދި ކާސީފު ރޮއެ އާދޭސް ކުރަމުންދިޔައެވެ. މިފަނާވަނީވި ދުނިޔެއާ ކާސީފު އެންމެފަހު ނޭވާ ދޫކޮށްލީ އެ ހަނދާންތައް އާކޮށް ދެމުންނެވެ.

 

ނިމުނީ

ކިޔުންތެރިންގެ ސަމާލުކަމަށް

މިއަދު ގެނެސްދޭން ގަސްތުކުރަނީ ހަދިޔާއެކެވެ. އަޅުގަނޑުގެ ވާހަކަތަކަށް  ތިދޭ ލޯތްބަށް ޝުކުރުއަދާކުރާނީ ފަހެ ކިހިނަކުން ހެއްޔެވެ؟ މި ހިސާބަށް އަޅުގަނޑު އައުމުގެ އެންމެ ބޮޑު ހިއްސާދާރުންނަކީ ތިޔަ ލޯބިވާ ކިޔުންތެރިންނެވެ. މިވާހަަކަ އަޅުގަނޑު ތަހްސީސްކޮށް މިއަރުވަނީ އަޅުގަނޑުގެ ވާހަކަތަށް ކިޔުއްވާ، ލައިކް ދެއްވާ ޝާއިރުކުރަށްވާ ހިޔާލުދެއްވާ ހުރިހާ ފަރާތްތަކަށެވެ.

މިއީ މަސްތަުގައި ޖެހުނު ޒުވާނެއްގެ ހިތިނިމުމުގެ މައްޗަށް ބިނާކޮށް ލިޔެފައި އަސަރުގަދަ ވާހަކައެވެ.

ޒުވާން ފުރާގެ ކުދިން މިވާބާގެ ތެރޭ އުޅޭލެން ވަރަށް ގިނަ ކަން ހިތާމައާއެކު އަޅުގަނޑު ފާހަގަކޮށްލަމެވެ. ހަގު އުމުރުގެ ޒުވާނުން މަސްތުގެ އާލަމުން ނެރެން ސަރުކާރުތަކުންވެސް ގިނަ މަސައްކަތް ތަކެއް ކުރެއެވެ. އަމާންކަމުގެ އައްސޭރިއަކަށް އަމާން ބަނދަރަކަށް ވާސިލްވެވޭ ތަނެއް އަދިވެސް ނުފެނެއެވެ.

އުންމީދީ އުޖާލާ މުސްތަގުބަލެއް ހޯދައިދޭން ދަރިންނަށް ކޮންމެ މަޔަކުވެސް ބަފަޔަކުބެސް ބުރަކޮން މަސައްކަތްތަކެއް ކުރެއެވެ. ދަރިން ނުބައި މަގުން ދާތަން ދެކޭކަަށް އެހިތް ތަކަށް ފަސޭހައެއް ނުވާނެއެވެ. ރަނގަޅު މަގު ހިޔާރުކުރަން ހެޔޮ ލަފާ ރައްޓެހިން އިހްތިޔާރުކުރާށެވެ. ކަނބުރު ގެއަކަށް ވަދެވިއްޖެއްޔާއި ބުރާނީ އަޅިއެވެ. ނުބައި އެކުވެރިއަކާއި ދިމާވެއްޖެއްޔާއި މިހާ ވާނީ ހަލާކެވެ. އަހިވަކާއި ޖެހިޖެއްޔާ އަހިވަކެއް ވާނީ ފާނޫން ހެއްޔެވެ؟

🥰❤️🫶🥀😊

 

Share Article

Follow Me Written By

Isnaa

Level 610 Stories100 Comments100 Login100 Stories500 Login

އަޅުގަނޑުގެ ނަމަކީ އިސްނާާން އަހުމަދު އެވެ. ވާހަކަ ލިޔުމަކީ އަޅުގަނޑު ވަރަށް ކުރާހިތްވާވާކަމެކެވެ. އެއްވެސް ސުވާލެއް ވާނަމަ ވަކިން މެސެޖެއްކޮށްލާ 🥰🤗✍️💐☺️ Snap: (aishathisnan24) https://www.snapchat.com/add/aishathisnan24?share_id=fiCBd2AhEQs&locale=en-US https://www.instagram.com/aisha_th_isnan?igsh=MWFpc3B6aTU5ZWtteQ==

Other Articles

Previous

ވާތީ ހިތަކު ލޯބި މަންމަންވެފާ 34

Next

ނިޢުމަތެކޭ ތިއީ

Next
April 17, 2026

ނިޢުމަތެކޭ ތިއީ

Previews
April 16, 2026

ވާތީ ހިތަކު ލޯބި މަންމަންވެފާ 34

One Comment

  1. Isnaa says:
    April 16, 2026 at 5:57 pm

    https://www.instagram.com/aisha_th_isnan?igsh=MWFpc3B6aTU5ZWtteQ==
    Follow kurevey kudhin follow kohlla dhevva
    Vaahaka reethi vaane kamah uhmeedhu kuran
    Tc
    Lysm

    ❤️🫶🥀🥰😊

Comments are closed.



All Right Reserved!