Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީހިތާމަޅެންއުފެއްދުންތެރި ލިޔުންއެހެނިހެންމަޖާދީނީލޯބި

ރޯދަ ހާއްސަ “އެވާރެއާއި” ފަހުބާބާ (އެވާރެއިން ފަރިވި ލޯބީގެ ބިންގާ)

Isnaa Level 610 Stories100 Comments100 Login100 Stories500 Login
April 7, 2026 10 Mins Read
0 Comments

އުފާވެރި މެންދަމެންގައި އާރިޒުގެ އަނބަކަށް ވާން އެއްބަސް މިވީ އެފޮތުގެ ބޭނުމުގައެއް ނޫނެވެ. ފުރަތަމަ ނަޒަރުން ވެވުނު ލޯބީގެ ހައްޤުގައެވެ.

“އޯ…. މަ ހާދަ ލޯބި ވެޔޭ ލޯބިވާ

ލިބޭނެޔޭ ކަލާގެ ހިތް މަ ހީކުރީމޭ

ލިބޭނެޔޭ ކަލާގެ ހިތް މަ ހީކުރީމޭ

މަ ހާދަ ލޯބި ވެޔޭ ލޯބިވާ

ކަލާގެ ހައްގުގައި މަ މަރުވެދާން ހުރީމޭ”

އާއެކެވެ. އާރިޒުގެ ހައްގުގައި ޖާނުން ފިދާވެސް ވާނަމެވެ. އެހާވެސް ލޯބިއެވެ. ދެ މީހުން ފޯނު ކުރުކޮށްލީ މާދަން ބައްދަލުކުރަން ވަޢުދު ވަމުންނެވެ. އަހަރެން ދެން އެންމެ އަހާ ހިތްވާނީ އެދުލުން ލޯބިވާ ވާހަކަ ހާމަކުރުމުންނެވެ. އެ ދުލުން ނޫރިޔާ އެދޭ ގޮތަށް ބުނާނެބާއެވެ. މާދަމައިން ފެށިގެން އާ ބާބެއް ޚަޔާތުން ލިޔެވިގެން ދާނެއެވެ. ކުރިއަށް ދެން ފަހުން ކަންތައްތައް ބަދަލުވެގެން ދާނީ ކިހިނެއް ހެއްޔެވެ؟   ********************************

“ބާކީވެސް ވާތީއޭ،

ހިތް އުފާ ވާނޭހޭ،

މިތުރާ ހަނދާނޭ ވަނީ،

އޯ އާދޭ…

ތިޔަ ލޯބި އިނގޭ،

ހިތުގައި އޮވެފައި،

ކުރެވޭ ހިޔާލޭ މިއީ

ހޯ އާދޭ…

އަރާމާ އުފާ ދޭން ވާނެޔޭ

ލޯބީގައި އަސްތާ އިނގޭހޭ

ނުފިލާނެޔޭ ލިޔެވިފައި

ލޯބީގައި އަސްތާ އިނގޭހޭ

ނުފިލާނެޔޭ ލިޔެވިފައި

******************************

 

ނަން ކަލާގެ ހަމަ އެބަލިޔެވޭ ލޯބިވީމަ ފެވޭނީ

ހޯ ނަން ކަލާގެ ހަމަ އެބަލިޔެވޭ ލޯބިވީމާ ފެވޭނީ

ހިތުގައި ތިޔަނަން ވަނީއޭ ނުފިލާނެޔޭ ލިޔެވިފައި

ހިތުގައި ތިޔަނަން ވަނީއޭ ނުފިލާނެޔޭ ލިޔެވިފައި” ”

ނޫރިޔާގެ އުޖާލާ މޫނުމަތިން ދިހުން ކުލަ ބަބުޅަމުން ދިޔަފަދައެވެ. ފެންވަރާ ނަލަވެގެން ކޮޓަރިން ނިކުއިން ނޫރިޔާއަށް އެރުނީ ދޮންތަގެ ކުރިމައްޗަށެވެ.  ފިނިފެންމަލެއް ހެން ފަރިވެ ފޮޅިފައި ހުރި ނޫރީ ފެނި ދޮންތަށް އާށޯހުވިއެވެ. ކޮލެޖަށް ދިއުމުގެ ގަޑިއިރެއް ކުރިން ތައްޔާރުވެގެން ނިކުތުމުންނެވެ. މިއިން ދުވަހަކު ނުވާ އެތައް ކަމެއް ލޯމަތިން ފެންނަން ފަށާފައި ހުރުމުން މެވެ. އިއްޔެ މެންދުރު ގެ އެ ކޮއްކޮ ބޮޑުވެއްޖެ ކަމުގެ ރަގަބީލު އެހިތުގައި ޖަހާލީ ހަމަ އެވަގުތެވެ.

 

ބަލާކަށް ނުހުރެ ނޫރިޔާ ލަދުން އިސްޖަހާލިއެވެ. ދޮންތަ ނޫންކަމަށް ހެދެމުން ހެވިފައި ހުރެ އަހާލިއެވެ.

“ކިހިނެއް ކިހިނެއް ތައް މިވަނީ މި ދުވަސްވަރު ދޯ! އިރުއަރަނީ އަނެއްކާ ބިމުން ބާ!”

” ދެން ދޮންތާ ތީ ކޮންވާހަކައެއް މިއޮތް ހެނދުނު ދާން ލަސްވެގެންނޭ މިއުޅެނީ މިހާރުވެސް ” ނޫރީ އަވަސް އަވަސްކޮށްލިއެވެ. އާރީޒް ބޭރުގައި އިންނަތާއި ތިރީހަކަށް މިނެޓް ވަނީއެވެ.

 

ނޫރިޔާއަކީ ކޮލެޖުގައި ކިޔަވަމުންދާ ދަރިވަރެކެވެ. ނަމަވެސް، އަރީޒަކީ ރައްޔިތުންނަށް ޚިދުމަތްކުރުމުގައި އަވަދިނެތި މަސައްކަތްކުރާ ފުލުސް މީހެކެވެ. އެކަމަކު، ނޫރިޔާގެ ހިތުން އާރީޒް އޮތް ލޯބި ވަރަށް ވަރުގަދައެވެ. މިއަދު އަރީޒް އޭނާ ކޮލެޖަށް ގެންގޮސްދޭނެއެވެ. ކިހާ އުފާވެރި ހެއްޔެވެ؟ ހެނދުނު ނާސްތާއި ނަގަން އޮތީވެސް ދެމީހުން އެކުގައެވެ. މާލޭގެ މަޝްހޫރު ހޮޓަލެއްގައެވެ. ރޭގެ ފޯނު ކޯލުގައި މިއީ ނިމިގެން ދިޔަ ކަންތަކެވެ. އަދި އެ ފޮތް ހަވާލުކުރުންވެސް ކުރިއަށް އެބޯތެވެ.

“މަންމާ  ދަނީއޭ ބޭރުން ސައިބޯނީ ބަލައި އެބަހުރި އައިސް” ސައިބޯން ގޮވަމުން ދިޔަ މަންމައަށް އޭނާ ބުނެލިއެވެ.

” ބަލައި އައިހޭ އަނެއްކާ ކާކު” ތަށިތަށް އަތުރަން ހުރި މަންމަ ހިތާ ހިތާ ކިޔާލިއެވެ.

 

ދޮރުން ނިކުމެ ގަޑިން ބަލާލިއިރު ހަތެއް ޖަހަނީއެވެ. އަހަރެންގެ އިންތިޒާރުގައި ސައިކަލު މަތީ އޭރުވެސް އާރީޒް އިނެވެ. ހަމަ ފެނުމާއެކު ދޮރުމައްޗަށް އަރީޒް އައިސް ހުއްޓިއްޖެއެވެ. ލަސްނުކޮށް އެރުމަށް އެންގިއެވެ. އަރީޒް ހުރީ އޭނާގެ ސާފު ފުލުސް ޔުނިފޯމުގައި ވަރަށް ރީތިކޮށެވެ. އޭނާގެ އަތުގައި ރީތި މާބޮނޑިއެއްވެސް އޮތެވެ. އެހިފާލައިގެން ހުރިއިރު، އެ މާބޮނޑިގަނޑުން މީރު ވަސް ދުވާމުންދިޔައެވެ.  ނައްޓާލުމުގެ ކުރިން ފަހަތަށް އެނބުރި ނޫރިޔާއަށް އެ ހަދިޔާ ދިނެވެ. އަރީޒްގެ ފަރާތުން ލިބުން އެއީ ފުރަތަމަ ހާދިޔާއެވެ.  ނޫރިޔާއަށް ކުރެވުނި ފޮނި ފިނި އިހުސާސްކެވެ. އެ މާތަކުން އޭނާ ވަސް ބަލާލި އެވެ. ދުވަމުން ދިޔައީ ރަތް ފިނިފެންމާލުގެ އިސްޤީ ވަހެވެ. ފެންނަމުން ދިޔައީ ހިތްހަމަޖެހޭ  ތާޒާ ލޯބީގެ އަސަރުތަކެވެ.

 

އަރީޒް ހިނިތުންވެލާފައި  ދުއްވާލަމުން ހެނދުނުގެ ސަލާމް ކިޔާލިއެވެ. “ބާއްޖަވެރި ހެނދުނެއް، އަހަރެންގެ ދޮންދޫނި. މިއަދުން ފެށިގެން އަހަރެންގެ ދިރިއުޅުން މިހާރު މިވަނީ އިތުރަށް ފުރިހަމަވެފައި.”

 

ލަދުން އިން ނޫރީ އިތުރަށް ރަކިވިއެވެ، ލޯބިން އެ މާބޮޑިގަނޑު މޭގައި ޖައްސާލިއެވެ. “ވަރަށް ބޮޑަށް ޝުކުރިއްޔާ، ލޯބިވާ އަރީޒް. އަހަރެން ވަރަށް ލޯބިވޭ!”

” އެދެން އެވަރު ކަމެއްތަ! ކޮބާ ދާނީ ކޮލެޖް ކައިރީ އިންނަށް ތަނަށް ދޯ” އާރީޒް ނޫރީ ކުރެން އަހާލިއެވެ.

 

 

ދެމީހުން އެކުގައި ކޮލެޖާއި ކައިރީގައި ހުންނަ ރެސްޓޯރަންޓަކަށް ދިޔައެވެ. ނޫރިޔާއަށް ފަސޭހައަށެވެ. މޭޒުދޮށުގައި ތިބެ އަރީޒް ބުންޏެވެ. “ކޮލެޖަށް ދިއުމުގެ ކުރިން އަހަރެން ބޭނުންވީ ތި މޫނު ދެކިލަން އަހަރެން ދެކެން އެހާ ލޯބިވާކަން އެނގުނީމާ ކެއްނުވީ. ރޭގެ ނިދިވެސް އަހަންނާއި އެތައް ހާސް މޭލެއް ދުރުުގައިވީ. ނޫރީ ނެތީމަ ނުނިދުން.”

 

ނޫރިޔާ ނެނގީ ފިނި މައިލޯއެކެވެ. މައިލޯ އެތިފޮދެއް ބޮމުން، އުފާވެރި ހިނިތުންވުމަކާއެކު އޭނާ ބުނެލިއެވެ. ” އަހަންނަށް ނިދުން އާރި ނެތަސް ”  ކޮޑަކޮން ނޫރިޔާ ބޭނުންވީ ސަމާސާކޮށްލާށެވެ. އެކަން އޭނާއަށް ކާމިޔާބުވެސް ވިއެވެ. އާރީޒް ފާނޑަކަށް ދެލޯ އަޅާލާފައި ހީނލާފައިއެވެ.                 “މިއީ ހާދަ އުފާވެރި ހެނދުނެކޭ ދޯ އާރީޒް އަށް ރޭވެސް ނުނިދުނީތީ މިއަދު އެހާ ކުރިން ތި އާދެވުނީ. އެހެން ނޫންނަމަށް ކޮލެޖަށް ގަޑިވެސް ޖެހުނީސް ކައްނެ” ނޫރީ އަނެއްކާވެސް އާރީޒާއި ދިމާކޮށްލިއެވެ.

“ހޫން ހެވޭ ތިވަރަށް މަލާމާތްނުކުރިޔަސް” ދެރަވާ ކަމަށް ހެދެމުން އާރިޒް ބުނެލިއެވެ.

“ހީވަނީ ސިއްރުން އުޅޭހެން ހޯދުމަށް އަހަރެންގެ ހާލު

ތިޔަ ވަރަށް ދެރަކޮށް ނުލާށޭ ސާފުކޮށް ދެވުނީމަ ހާލު

ހީވަނީ ސިއްރުން އުޅޭހެން ހޯދުމަށް އަހަރެންގެ ހާލު

ތިޔަ ވަރަށް ދެރަކޮށް ނުލާށޭ ސާފުކޮށް ދެވުނީމަ ހާލު

އިސާރާތްކޮށް ބަލާލާނި ގަޔާވީމާއި ނޫންހޭ

ބުނެބަލަ އިތުބާރާއި އެކީ ލޯބިވޭހޭ

އިސާރާތްކޮށް ބަލާލާނި ގަޔާވީމާއި ނޫންހޭ

ބުނެބަލަ އިތުބާރާއި އެކީ ލޯބިވޭހޭ”

 

އެ ދެމީހުން އެކުގައި ހެނދުނުގެ ސައި ފުރިހަމަކުރިއެވެ. ރޮއްޓާއި މަސްހުނިންނެވެ. ކަޅު ކޮފީއާއި ފިނި މައިލޯއާއި ފިނިފެނާއީ ކުޑަ ފޯތްކޮޅަކާއެކުވެސްމެއެވެ.

 

ލޯތްބަކީ ހިތްތިރި ހިތަކުން މާތް ﷲ އަށްޓަކައި ލޯބިވުމެވެ. ނާޒުކުކަމާއެކު ވާ އެހިތަށް އަޅާލާނެ ވަފާތެރިއަކު ހޯދާށެވެ. ކަރުނައަކީ ބާރުގަދައެއްޗެކެވެ. ލޯތްބަށް ކަރުނަ އަތްގަދަ ކުރާނެވެ. ތިމާގެ ހިތުގައި ކުރުމެއް ވެސް އަޅަން ނެދޭނެ މީހަކަށް އެހިތް ހަވާލުކުރާށެވެ. ވޭނަކީ ބަރުދާސްތު ކުރަން ދަތިވާނެ ހިތްދަތި ކަމެކެވެ.

 

އެކަކު އަނެކަކަށް ދެވޭ ލޯބީގެ ބިންގަލަކީ އިތުބާރެވެ.  އެމީހުންގެ އާ ދިރިއުޅުމުގެ ރޭވުންތައް ހިއްސާކުރަމުން ދިޔައެވެ.  ދެކޭ ހުވަފެންތަކާއި އުންމީދުތަށް ކިޔާދެމުން ދިޔައެވެ. އެ މާބޮނޑީގެ  ލުއި ލުއި ވަހާއެކު، އެ ދެމީހުންގެ ލޯބީގެ ދަތުރު ފެށިއްޖެއެވެ. އެ ރެސްޓޯރެންޓުންގެ އަސަރީ މާލަމުންނެވެ.

 

ޑައިރީ އަތަށް ލިބުމުން ނޫރިޔާ ޝުކުރު އަދާކުރިއެވެ. “ޝުކުރިއްޔާ!” އާރީޒް އެއް އަރިއަކަށް ހީލީއެވެ. އެފޮތުގައި އޭނާ ނުބަލާ ހަމަ އެންމެ ގަނޑެއްވެސް ނާންނާނެވެ. ރޭ ހަތަރު ދަމު އޭނާ އުޅެނީ އެފޮތް ކިޔުމުގައެވެ. ނޫރިޔާ ރީތި އަތުލިޔުން ފެނިވެސް އާރީޒްގެ އޮބަހައްޓާލިއެވެ. އޭނާގެ ނަން ޖަހާލާފައި އެއިން ގޮތުގެ ނަލަކަމާއެވެ. އެހާ ފަރުވާތެރި ކަމާއެކު މީހަކު އެނަން ޖަހާފައި އިންތަން އެދުށީ އަލަށެވެ.

 

” ވިލާ ތަކުގެ މެދުގައި ވެޔޭ ނަން ލިޔެވިފައި

ކަލާޔަށް  ދުޢާއި ސަލާމާއި ވެދުމާއި ******************************       ބުނަންހޭ މަގޭ ހިތް ކިޔައިދޭ ޤަޒަލްމީ

ހިތާ ހިތް ގުޅޭތި އެ އުފަލުން މިތާގައި ******************************     ނަލަ މާތަށް ފަރިވާތަން ފެނޭ ހޭ ލޯބިވާ

ވީރޯސަނީ އުޑާބިން އައުމުންނޭ ލޯބިވާ

މުޅި ޖައްވާ ހަސްދީ ޗާލޫ ދެކޭށޭ ލޯބިވާ

ވީރޯސަނީ އުޑާބިން އައުމުންނޭ ލޯބިވާ

ކިޔާދޭހާ ރާގު މިތާއި ހިތްގައިމޭ ލޯބިވާ

މީ ލޯތްބަކީ މީ ލޯތްބަކީ އެނގޭހޭ ލޯބިވާ”

 

ރުފިޔާ އަދާކުރުމަށްފަހު، ރޭވިނިމުން ނާސްތާ ނިންމާލި އެވެ. ނޫރިޔާ ގޮވައިގެން ކޮލެޖަށް ދިއުމަށް އެތަނުން ނިކުންނަށް  އާރީޒް ހިނގައިގަތެވެ. ދެމީހުން ގޮސް ސައިކަލަށްއެރިއެވެ. އޭގައި ދަތުރުކުރިއިރުވެސް ދެމީހުންގެ މޫނުމަތިން ފެންނަމުން ދިޔައީ  ނުފިލާ އުފާވެރިކަމެވެ.

 

“އަހަރެން ޑިއުޓީ އަށް ދާން ޖެހުނަސް، ރޭގައި އެވީ ވައުދުން އަހަރެން ހިތަށް ހަމަޖެހުން ލިބިއްޖެެ.” އަރީޒް ނޫރިޔާގެ އަތުގައި ހިފާލަމުން  އެހެން ބުނެލީ ނިކަން ހެވިފައެވެ.

 

ނޫރިޔާ ބޯޖަހާލާފައި އެއްލޯމަރާލިއެވެ. އޭރު ދެމީހުން ތިބީ ވިލާ ކޮލެޖް ދޮރު މަތީއެވެ. އަތުން ހަނާއަޅާލަމުން ނޫރީ އަވަހަށް އެތެރައަށް ދުއްވައިގަތެވެ. ވަކި ހިސާބަށް ގޮސް ފޯނު ނަގާފައި އާރިޒަށް މެސެޖެއް ލިޔެލިއެވެ.

“އަހަރެންގެ  ދިރިއުޅުމުގެ ހުރިހާވެސް އުފަތީ. ކޮންމެ ކަމަކީވެސް މިހާރު ވަރަށް ބޮޑު ހިތްހަމަޖެހުމެއް. ދެން ދުވަސްތައް ގުނަމުންދާނީ މިކައިވެނި އަށްޓަކައި. މި ކައިވެނި ވެވޭނެ ދުވަހަކަށް ވަގުތަކަށް.”    ފޮނުވުމާއި މެދު ދެފިކުރުގައި ހުރެ އޭނާ ފޮނުވާލީ އާރީޒަށްޓަކައެވެ. އާރީ ހަމަޖެހުމާއި އުފަލަށެވެ.

 

ކިލާސް ތެރެއަށް ވަދެވުމާއެކު ނޫރިޔާ ވަށައިގެން ބަލާލިއެވެ. ޒާނާ ކޮބާއިތޯއެވެ.  އެއަންހެނާގެ ހިލަމެއްވެސް ނެތެވެ. އެމޭޒު މަތީ ހުރީ ހުހަށެވެ. ފޮތެއް ގަލަމެއްވެސް ނެތެވެ. އެހެން ނޫނަސް ކިލާހުގައި އޭރު ތިބީ އަހަންނާއެކު ޖުމްލަ ފަސްކުދިންނެވެ. ގަޑި ޖެހުމާއި ދޭތެރޭ ވިހިމިނެޓު އެބައޮތެވެ. އަންނަވަރުން ކުދިންތައް އަންނަށް ފެށީދެނެވެ. ކިޔެވުން ފެށޭނީ އަށްގަޑި ސާޅީސް ފަހެއް ގައެވެ.

 

ނޫރިޔާ އަރީޒް އަށް އަތް ހޫރާލާފައި ކޮލެޖަށް ވަދެގެން ދިޔަތަން ލޯމަތިން ސިފަވަމުންދިޔައެވެ. އޭނާގެ ހިތް އަދިވެސް ހުރީ އަރީޒްގެ މަގަތުގަކަހަލައެވެ. އަރީޒްގެ ޖަވާބެއް ލިބުނީ އެ ޒާނާ ވަންނަނިކޮށެވެ. އެއަށް ޖަވާބެއް ދެން ނުދެވޭނެ ކަން އެނގުމުން ކުޑަކޮން ދެރަވިއެވެ. އެއްވެސް މީހަކަށް މިގުޅުން  އެގެން އަދި ނޭދެވެނީއެވެ. ހުދު އެންމެ ގާތް މިތުރު ޒާނާއަށްވެސް މެއެވެ. ފޯނު ގެނެސް  ނޫރިޔާ މޭގައި ޖައްސާލިއެވެ.  އެހާމެ ލޯބިން ފިރުމާވެސް ލިއެވެ.

“ކީއްވެ މިހިތާއި ޔާރު ކުޅެނީ ތިޔަހާއި ލޯބިން

މިޖާދޫހޭ ބުނާށޭ ނިކަން…

ކީއްވެ މިހިތާއި ޔާރު ކުޅެނީ ތިޔަހާއި ލޯބިން

މިޖާދޫހޭ ބުނާށޭ ނިކަން…

ކީއްވެ މިހިތާއި ޔާރު ކުޅެނީ ތިޔަހާއި ލޯބިން

ބުނާށޭ ގަންދީދެން ލޯތްބަށް މިގަދަރުކުރަމޭ

ހިތްރޮއްވަން ނޫޅޭށޭ..

ލޯބީގެ ބަދަލު އެދެމޭ ބަދަލު ބޭނުމޭ…

ކީއްވެ މިހިތާއި ޔާރު ކުޅެނީ ތިޔަހާއި ލޯބިން

މިޖާދޫހޭ ބުނާށޭ ނިކަން…

ކީއްވެ މިހިތާއި ޔާރު ކުޅުނީ ތިޔަހާއި ލޯބިން

ޗާލޭ ޒުވާނާ ވެދާހާއި ދިވާނާ…

ދިވާނާ ކުރޭ ފުންނަޒަރު ދިވާނާ ކުރޭ ފުންނަޒަރު…

ހާލަތު އެނގޭ ހިތަށް ކެތްނުވާނޭ…

ތިލޯބިން ކުރާތި އަސަރު ތިލޯބިން ކުރާތީ އަސަރު…

ކަލާގެ ހިތަށް ތިޔަވާއި އިހްސާސް އަޅާ ކުރަމޭ

ހިތްރޮއްވަން ނޫޅޭށޭ…

ލޯބީގެ ބަދަލު އެދެމޭ ބަދަލު ބޭނުމޭ…

ކީއްވެ މިހިތާއި ޔާރު ކުޅެނީ ތިޔަހާއި ލޯބިން

މިޖާދޫހޭ ބުނާށޭ ނިކަން…

ކީއްވެ މިހިތާއި ޔާރު ކުޅެނީ ތިޔަހާއި ލޯބިން”

“އޭ އޭ ކޮންހެނެއް ތިއުޅެނީ ފޯނު މޭގައި ޖައްސާލުމާއެކު ޖައްސާފައި ކަމެއް ވީތަ ފޯނަން އަނެއްކާ” ޒާނާ ނޫރީޔާގެ އަމަލުތަކަށް ފާރަވެރިވެ ހުރެ އަހާލިއެވެ.

 

” އަހާ ޒާނޫ އައިދޯ! ކޮންއިރެއް ނައިސްގެން އުޅޭތާ ގުޅަން އުޅެނިކޮން އައިމަ މިޖައްސާލީ ފޯނު މޭގައި ލާރިކޮޅެއް ސަލާމާތްވާނެތީ.”

 

ފަހު އިމްތިހާނު މާދަމާ ފަށާއިރު މީ ކިޔަވަން އަންނާނެ އެންމެ ފަހުދުވަހެވެ. އަންނަމަހު ހަތަރެއް ގައި ގުރަޖުއޭސަންވެސް އެބައޮތެވެ.

 

” އޭ ގުރަޖުއޭސަން ހެދުން ފެހީތަ މަޑު ފިޔާތޮށިކުލައޭ ދޯ ސޯ ބުނީ”  ނޫރީ ޒާނާގެ ވާހަކަތަކަށް ބޯޖަހާލަ ޖަހާލަ އިންދާ ލެކްޗަރަރ ވަދެއްޖެއެވެ.

 

ބަލާކަށް ނުހުރެ ލެކްޗަރަރ ފަށައިގަތެވެ. މިދުވަހަށް ވަގުތު ގުނާލަ ގުނާލަ ހުރިކަން އެނގިގެން ދިޔައެވެ. އެހެން އެއްވެސް ގަޑިއެއް ނޯންނާނެކަން ފާހަގަކުރި އެވެ. ފެށިގެން ނިމެދެންވެސް ހުންނާނީ ސޯކަމަށް ވިދާޅުވިއެވެ. ކިޔަވައިދޭން ގަސްތުކުރަނީ  އުފާވެރި އާއިލާ، ލޯބި، އިހްސާސްތަކާއި ކާމިޔާބާ އަދި އެ ނާކާމިޔާބުކަމަށް ވެއެވެ.

 

“ވަދާއުގެ ސެޝަނަށް މަރުހަބާ” ފުޅާ ހިނިތުންވުމާ އެކު މުދައްރިސް ބާރަށް ބުނެލިއެވެ.

 

“މި ސެޝަން ގައި ކިޔަވައިދޭނީ ދިރިއުޅުމުގައި އެގެން ޖެހޭ އެއްޗެހި. ނާކާމިޔާބު ވިޔަސް މާޔޫސް ވެގެން ނުވާނެކަން. ގަދަ އަޅާ މަސައްކަތް ކުރެވޭނެކަން.” މަޑުމައިތިރިކަމާއެކު ލެކްޗަރަރ ކިޔައިދެމުންދިޔައެވެ. އެހެން ގޮސް ފަހަރު ކަމަކަށް ފަހު ކަމެއް ކިޔައިދެމުން ލޯތްބާއި ޖެހިއްޖެއެވެ.

 

“ލޯބި އެނގެން ޖެހޭނެ. ތިކުދިންވެސް ލޯބިވާނެ.” ސޯ ކުޑަކޮން ރަހަތަފާތުކޮށްލުމަށް ސުކްރީން އަޅުވާލިއެވެ. އަޒީން ސޯގެ އެބަސްތަކުން ނޫރިޔާ މުޅިން އެހެން ދުނިޔެއަކަށް ގެންދިޔައެވެ. އޭނާގެ ސިކުނޑި ގުގުމަމުން ދިޔައީ ސޯގެ ދެ ޖުމްލައެވެ. ” ލޯބި އެނގެން ޖެހޭނެއެވެ. ތިކުދިންވެސް ލޯބިވާނެއެވެ.” މުޅިއަކުން އެބުނީ ދޮގެއްވެސް ނޫންތާއެވެ.

“ވޭދެކޭ ދިން ނަޒަރު ކުރެވެޔޭ އިންތިޒާރު

ފުން ހަނދާންވޭ ލޯބިވާއޭ މަންޒިލް ތީމަގޭ

ވޭދެކޭ ދިން ނަޒަރު ކުރެވެޔޭ އިންތިޒާރު

ފުން ހަނދާންވޭ ލޯބިވާއޭ މަންޒިލް ތީމަގޭ

އަބަދު އެދޭ ހިތު ލޯބިން ތީއެ މަގޭ މެހެމާން

ލޯބިދިނީމާތާއި ނިމޭނީ މޭގެ ތެރޭވާ ތޫފާން

އަބަދު އެދޭ ހިތު ލޯބިން ތީއެ މަގޭ މެހެމާން

ލޯބިދިނީމާތާއި ނިމޭނީ މޭގެ ތެރޭވާ ތޫފާން

އާދޭ ލޯބިދޭށޭ މަންޒިލް ތީމަގޭ

ވޭދެކޭ ދިން ނަޒަރު ކުރެވެޔޭ އިންތިޒާރު

ފުންހަނދާންވޭ ލޯބިވާއޭ މަންޒިލް ތީ މަގޭ”

 

” އޭ ނޫރީ ސަމާލުކަށް ދޭންވީ ސޯއަށް ” ކުޑަކޮން ޒާނާ ޖަހާލިއެވެ.

 

” ދިރިއުޅުމުގެ މައިދާނުގައި ލޯބި މުހިއްމު ވަނީ ކީއްވެ؟ އަސްލު ލޯތްބަކީ ކޮބާ؟ ” ލެކްޗަރަރ  ސުވާލެއް  ހުރިހާ ދަރިވަރުންނާއި އަމާޒު ކޮށްލިއެވެ.

 

އިންސާނާގެ ރޫޚަށް ދިރުން ގެނެސްދެނީ ލޯތްބެވެ. އެންމެ ވަރުގަދަ ބާރަކީ އެއެވެ. ތިމާގެ މުޅި ދުނިޔެ ލޯބި ބަދަލުކޮށްލާނެއެވެ. ފުން މާނައެއް ދޭހަވާ އެއީ އަސަރުގަދަ އެއްޗެކެވެ.

 

އަސްލު ލޯތްބަކީ ހަމައެކަނި ރީތި މޫނަކަށް ދެވޭ އެއްޗެއްނޫނެވެ. ނުވަތަ ބޭރުފުށުގެ ސިފައަކަށް ބަލައިގެން އުފެދޭ އެއްޗެއްވެސް ނޫނެވެ. އޭގެ މާނަ އެއަށްވުރެ މާ ފުންވެފައި ޖަޒްބާތީވާނެއެވެ.

 

“އަމިއްލަ އެދުމެއް ނެތުން, އިހުތިރާމްކުރުން, ރައްކާތެރިކަން ދިނުން, ކެތްތެރިވުން. މީ އަސްލު ހަޤީޤީ ލޯތްބެއްގައި ހުންނާނެ ސިފަތަށް” އަޒީން ސޯ ފޯރީގައި ކިޔައިދެމުން ދިޔައެވެ. ކަނުލައި އަޑުއަހަމުން ދަރިވަރުން ދިޔައެވެ.

 

ވަދާއުގެ ގަޑި ނިންމާލީ ލެކްޗަރަރ ގެ ރަންއަޑުން އިއްވާލި ރީތި ލަވައަކުންނެވެ. މަދުމަދުން ޅެން ލިޔަމުން އަންނަށް ޒުވާނެއް ޅެމަކުންނެވެ.

” ވަސްމީރު އެއީ ތާޒާ މަލެކޭ

ހަސްރީތި ފަރިވި ފިނިފެން މަލެކޭ

މުޅި ރޫހު އުފާކޮށްދިން މަލެކޭ

ނާޒުކު މި ބަގިޗާގައި ފޮޅިލީ

މަލެކޭ މަލެކޭ ނާޒުކު މަލެކޭ!

********************

ލޯބީގެ ދަތުރު އަންނާނެ ހެމުން

ލޯތްބެއްގެ ފެށުން ދައްކާނެ ހެމުން

ޖަޒުބާތު ދެނީ އުންމީދެ ހެމުން

ޖަޒުބީގެ ނަޔާ ފޮނިކަން އަލިވީ

ހެވިފައި ހެވިފައި ފޮނިކަން އެހެމުން!

********************

ފިނިފިނި ހިތަކުން ދިން ހިޔަލުން

ފިނިފޮނި ލޯބީގެ ޒަމާންވީ ހިޔަލުން

އެސަރު ދިރުވީ ދެލޮލުގެ ހިޔަލުން

އެއަސަރު އުދުހޭ މި އަބީރީވީ

ހިޔަލުން ހިޔަލުން އުދުހޭ ހިޔަލުން!

**********************

އަބަދަށް މިހިތުގެ ވެރިޔާ ތިޔައޭ

އަބަދީ  ދިިރިހުރި ނޫރާ ތިޔައޭ

ލޯބީގެ ޗަމަން  ރޫހާ  ތިޔައޭ

ލޯބިން މި އެދިން ތިޔައީ

ތިޔައޭ ތިޔައޭ ވެރިޔާ ތިޔައޭ!

***********************.

ވިންދާއި މޭގާވި ތިއީއެ ދިރުން

ވިންދުން އިއްވާލި  ކުލުންވި ދިރުން

ތިޔަ ހޫރު ދެކިފަ އާލަވި ދިރުން

ތިޔަ ދުނިޔެ އެކީ ދިރުނީ

ދިރެމުން ދިރެމުން މޭގާވި ދިރުން!

**************************

ވާރޭގެތެރޭން އާވީ ލޯބީގެ ގުޅުން

ވާރޭ ހެކިދިން އޯގާވި ގުޅުން

މެންދުރުގެ ނަޔާ ދިއްލާލި ގުޅުން

މެންދަމުގެ ޚިޔާލު  ބަދަލު ކުރުވީ

މިގުޅުން މިގުޅުން ވާރޭގެ ގުޅުން!

***************************

ނޭވާ މިލެވޭ މަންޒިލް މިއެދޭ

ނޭވާގެ ހަނދާން ކޮށްފި މިއެދޭ

އަތްލާށޭ އަތުން ފިރުމަށް މިއެދޭ

އަތް ލީމަ ލަނދުން ވިރިދާތީ

މިއެދޭ މިއެދޭ މަންޒިލް މިއެދޭ!”

****************************

ގެންދާށެ މިޒާ ރުހިފައި ނަވަކުން

ގެންދިޔައެ ލަގަން ދޫވީ ނަވަކުން

ކަނޑުގައި އެދުވާ މަސްތަށް ނަވަކުން

ކަނޑު ގަންދީ ކުރިއެ ހުވާދީދީ

ނަވަކުން ނަވަކުން ރުހިފައި ނަވަކުން *****************************

މިހަޔާތުގެ ދާއިމު ރާޖާއޭ ލޯބިން

މިހަޔާތް ވިދުވާއި ބާބުޅާ ލޯބިން

ތަރި ހަނދުގެ ކުލަވި ލޯބިން

ތަރިއެއްގެ ލަގަބު އެރުވުން ލޮލަކީ

ލޯބިން ލޯބިން ދާއިމު ލޯބިން!

*****************************

ދަހިވެތިއެ ނުވާ ތޯހުރި ހިތެކޭ

ދަހިކަން  ފުހެލީ ރަން ރިހި ހިތެކޭ

ފެހިކަމުގެ އުޖާލާ ދޮން ހިތެކޭ

ފެހިފެހިވި ކައުނުން ބަބުޅާ އެވިދީ

ހިތެކޭ ހިތެކޭ ތޯހިރު ހިތެކޭ!

*****************************

ނޫރިޔާގެ އެ ލަވަ ސޯ ކިޔަންވީ ސަބަބެއް ވިސްނާ ވިސްނާވެސް އޭނާއަކަށް ނޭނގުނެވެ. އެ ޅެން އޭނާ ލިޔުނީވެސް ޑައިރީގެ މެދުތެރޭގެ ގަޑެއްގައިވެ.  ލެކްޗަރަރ އަށް ލިބެންވީ ކީއްވެހެއްޔެވެ؟

ޓެސްޓު ފެށުމާއެކު ބައްދަލުވުންތަށް އާރީޒު މަދު ފޯނު ކޯލުތަކަށް މަޑުޖައްސާލިއެވެ. އެއްވެސް ހާލެއްގައި ނޫރިޔާގެ ކިޔެވުމަށް ބުރޫއަރާކަށް އޭނާ ނޭދެއެވެ.

ފަހު އިމްތިހާނު ނިމުން ދުވަހަށް އާރީޒު ހުރީ ބަލަބަލައެވެ. ނިކަން ހުސިއާރުވެގެންނެވެ. އޭނާގެ ކުޑަ އާއިލާއާއެކު ނޫރިޔާގެ ކައިވެންޏަށް އެދެން ދިޔައެވެ. އެގުޅުން ވެގެން ދިޔައީ ދެއާއިލާގެ ރުހުންވެސް ލިބުނު ގުޅުމަކަށެވެ. އާރީވީ ނޫރީގެ މައިންބަފައިންވެސް އެދޭފަދަ ހުލްޤުހެޔޮ ދީންވެރި ބައިވެރިއަކަށެވެ.

ލެކްޗަރަރ އަކީ އާރީޒުގެ ބައްޕަކަން ނޫރިޔާއަށް އެނގުނީ އެރެޔެވެ. ވާން އުޅޭ ބައިފައިބެ އަކީ ކިޔަވައިދެއްވަވާ އެދުރުބޭކަން އެނގުމުން ކުޑަކޮން ނޫރީ ލަދުވެސް ގަތެވެ.

ދަސްވިނިވުމުގެ ކުރިން ކުލަގަދަ ހަފްލާއަކާއެކު ކައިވެނި ކުރެވޭ ގޮތަށް ހަމަޖެހުންނެވެ. އެއީ ދެމީހުންވެސް އެންމެ ބޭނުންވި ގޮތެވެ. މާގިނަ ދުވަހު މާފޮޅުވަން ތިބޭކަށް ބޭނުމެއް ނުވެއެވެ. އެންމެ ރަނގަޅުވާނީ ރަނގަޅު ބައިވެރިޔަކު ލިބުނު ހާ އަވަހަށް ކައިވެނީގެ މާތް ގޮށްޖަހާލުމެވެ. ފަލާހާއި ނަސްރާއި ކާމިޔާބު ލިބޭނީ އޭރުންނެވެ.

ނިދަން އަރާ އޮއްވާ އާރިޒްގެ ފޯނެއް ނޫރިޔާއަށް ލިބުނެވެ. ފޯނު ނެގުމާއެކު އާރީ އަހާލިއެވެ. “ކައިވެނީގެ ރޭ ޚާއްސަވާނެތާދޯ.” ލަދުގަތަސް ހެޔޮ ކަމަށް ނޫރިޔާވެސް ރައްދު ދިނެވެ. މާދަމާ އޭނާގެ ފިރިޔަކަށް އާރީޒް ވާނެއެވެ. “އާނ! ލޯބިވާ އަރީ! އަހަރެން އެރެއަށް މި އިންތިޒާރުކުރަނީ.”

ދެމީހުން ދެން ފެށީ ކައިވެނީގެ އެކިކަންކަމާ ބެހޭގޮތުން ވާހަކަ ދައްކާށެވެ. ނޫރިޔާގެ ކިޔެވުން ނިމޭ ދުވަހަށް ބަލާފައި، އޭގެ ކުރިން ކައިވެނިކޮށް ނިންމަން ބޭނުންވީ އާރިޒެވެ. ނޫރީޔާގެ ހަޔާތަށް އަންނަށް އެ ހާއްސަ ދުވަހު އެކުގައި ވާން އެދޭތީއެވެ. އެމީހުންގެ ހުވަފެންތަކުގެ ދިރިއުޅުން ފެށުމަށް މިހާރު އަންނަނީ ނިކަން ތައްޔާރުވަމުންނެވެ.

މުޅި މާހައުލުގައި ދުވަމުން ދިޔައީ މާމެލާމެލީގެ ލުއިލުއި ވަހެވެ. ތަން ބަބުޅަމުން ދިޔައީ ރަން ރީނދޫކުލައިގެ ފަނޑު އަލިތަކުންނެވެ. ފާރުތަކުގައި ދަމާފައިވާ މަޑު ރީނދޫކުލައިގެ ފޮތިތަކުގެ މަތިން ރަންކުލައިގެ ޖަރީތައް ވިދަމުންދެއެވެ.

މޭޒުތަކުގެ މެދުގައި އަޅާފައިވި ގަދަ ރީނދޫ ކުލައިގެ ފޮތިތަކެވެ.  އޭގެ މެދުން ބަހައްޓާފައިވާ ރަން ރީނދޫ ކުލައިގެ އިރަށް އެނބުރޭ މާތަކެވެ.  ރީނދޫ ފިނިފެންމާތަކެވެ. އެ މާތަކުގެ ތާޒާކަމުން މުޅި ތަނަށް ގެނެސްދީފައިވަނީ ބަހާރު މޫސުމުގެ އުޖާލާކަމެވެ.

ތަރުތީބުކޮން އަތުރާލެވިފައިވާ ބިއްލޫރި ތަށިތަކުން ދުނިޔޭގެ ހުރިހާ އުފަލެއް އެތަނަށް ޖަމާވެފައިވާ ފަދައެވެ. މުޅި ހޯލުގައި ގުގުމަމުން ދިޔައީ ތަށި ސަމުސާ އުލުގެ މިއުޒިކީ އަޑުތަކެވެ.

ހުރިހާ ކަމެއްގެ އެންމެ މަގަތުގައި ނޫރީއަށް އެހީވީ ޒާނާއެވެ. މި އުފާވެރި ދުވަހު ނޫރިޔާ ފަރިކޮށްދިނީ ވެސް އޭނާއެވެ. މޭކަޕްގެ ކޮށްދީ ބުރުގައި ހަދައިދިނީ އިސްވެ ޒާނާއެވެ. ފެނިގެން މިރޭ ދިޔައީ އެކުވެރި ކަމުގެ ލާމާސިލު މިސާލެއް ކަހަލައެވެ.

ރަންކުލައިގެން ވިދުންގަދަ އެހެދުމުގައި ނޫރީ ފަންމިންޔަކަށް ދޫނުކުރެއެވެ. ނޫރިޔާ ފެންނަނީ ހަމަ ހަގީގަތުގައިވެސް ރަނުގެ ޖަރީވެފަިއވާ ރާނީއެއް ފަދައިންނެވެ. އޭނާ ލައިގެން ހުރީ ރަން ރީނދޫ ކުލައިގެ އެއްތެރި މަސައްކަތްކޮށްފައިވާ ވަށްތިރި ހެދުމެކެވެ. ހެދުމުގެ ރޫބައިގައިވާ ރަންކުލައިގެ އެސްތައް، އޭނާ ހިނގާލާއިރު ވިދަމުންދިޔައެވެ.  އުޑުގައި ފިޔަޖަހަމުން ދިޔަ ތަރިތަކެއް ފަދައިންނެވެ.

އޭނާގެ ބޮލުގައި އަޅާފައިވަނީ  މަޑު ރީނދޫ ކުލައިގެ ތުނި “ވޭލް” ފޮތިގަނޑެކެވެ. އޭގެ ކައިރިފަށުގައިވާ ރަންކުލައިގެ ލޭސްމާތަކުން ނޫރިޔާގެ މޫނުމަތީގެ ދިރުން އިތުރުކޮށްދެމުންދިޔައެވެ.

އަތުގައި ޖެހޭ ނުޖެހޭ ފަށުގައި ހުރި ފިރިކަލުން ހީވަނީ ރަސްދަރިކަކެއްހެންނެވެ. އެއީ ހަމަ ގަނޑުވަރު ތެރޭގެ ރަސްދަރިކަލަކަށް ދޫނުކުރާނެވަރުގެ ފަހުލަވާނެކެވެ. ލައިގެން ހުރީ ރަންކުލައިގެ ސޫޓެއްގައެވެ. ނަމަވެސް އޭނާގެ ގަމީހުގެ ގޮށްތަކާއި، ކޯޓުގެ ޖީބުގައި ޖަހާފައިވަނީ ރީނދޫ ކުލައިގެ ކުދި މާތަކެވެ.  އެހެންކަމުން ނޫރިޔާގެ ހެދުމާއި ވަރަށް ފުރިހަމައަށް ގުޅިގެންދެއެވެ.

“ދަރިފުޅުމެން އަވަސްކުރޭ ނިކުމޭ ދެން ވަލީމާ ފެށެން އުޅެނީ މިއޮތް.”  މަންމަ ބޯއަރިކޮށްލަމުން ބުނެލިއެވެ. މާގިނައިރެއް ނުވެ ނޫރީމެން ހިނގައިގަތެވެ.

ދަރުބާރުގެ ދޮރު ހުޅުވާލުމާއެކު، އެންމެންގެ ނަޒަރު ހުއްޓިގެންދިޔައެވެ. އެތެރެއަށް ވަދެގެން އައި ޖޯޑަށެވެ. ރަން ރީނދޫ ކުލައިގެ ތާސީރުގެ ތެރެއިން ނޫރިޔާ ފެންނަނީ ހިތްތައް ކަތިލާ ފަދަ ފުރިހަމަކަމަކާއެކުގައެވެ. އޭނާގެ ހެދުމުގެ ރަންކުލައިގެ ވިދުމާއި، މޫނުމަތީގައިވާ ލަދުރަކި ހިނިތުންވުން ގުޅިލާމެހިފާވިއެވެ. އެއީ މިއަދު މި ދުނިޔޭގައި ހުރި އެންމެ އުފާވެރި އަންހެން ކުއްޖާކަން ހެކިދެމުން ދިޔަފަދައަކުންނެވެ. އާރިޒްގެ އަތުގެ ތެރޭގައި އޭނާގެ އަތް އޮތީ އަމާނާތްތެރިކަމާއެކުއެވެ. އެނާ ގަބޫލުކުރާ ގޮތުގައި އާރިޒަކީ އެންމެ ބޮޑު ރައްކާތެރިކަމެވެ.  މުޅި ހަފްލާ އޮތީ ރަނާއި ރީނދޫ ކުލައިން ފެންވެރުވާލާފައި ކަހަލައެވެ.  ހާދަހާވައި ފުރިހަމަވެފައި ރީއްޗެވެ.  އެތަން ވަނީ ލޯބީގެ މީރުވަހުން ފުރި ބާރުވެފައެވެ.

ދުނިޔެ ދާމަގުން ގޮސް ފަސް ހަފްތާއި ފަހަނައަޅައި ދިޔައެވެ. ނޫރީ ހުރީ ދަސްވެނިވުމުގެ ރަސްމިއްޔާތަށް ދާން ޖަރީވެގެންނެވެ. މަޑު ފިޔާތޮށިކުލައިގެ އެހެދުމުގައި ނޫރިޔާ ވަރަށް ވެސް ޗާލެވެ. ސިފަވަމުން ދިޔައީ ގަނޑުވަރު ތެރޭން ފާޅުވެފައި ހުރި ރާނީއެއް ހެންނެވެ. ކޮލެޖަށް ނޫރީމެން ދިޔައީ ކާރުގައެވެ. އެންމެ މަތީ ފާހުން ނޫރިޔާއަށް ސަނަދު އެރުވެގިން ދިޔައެވެ. އެ އަހަރުގެ އެންމެ މޮޅު ދަރިވަރުގެ މަޤާމުވެސް ލިބުނެވެ. މިއާއެކު ރައީސުލްޖުމްހޫރިއްޔާގެ ޚާއްސާ އިނާމުވެސް ލިބިލެއްވިއެވެ.

ބޮޑު މާބޮނޑިއަކާއެކު އޭނާގެ އާއިލާ އައިސް މުބާރިކް ބާދީއަދާކުރިއެވެ. ހޯދި ފަހުރުވެރި ކާމިޔާބަށް ތަހުނިޔާ އަދާކުރިއެވެ. ޑޮލަރުން ފުރިފައިވާ މާ ބޮޑިއާއި ބެންކޮކުގެ ދެކޮޅު ޓިކެޓު އާރީޒް ނޫރީއަށް ދިށްކޮށްލިއެވެ. ނިކަން ހިނިތުންވެ ކަންފަތް ބުޑުގައި ގުދުވެލަމުން ކިޔާލިއެވެ.

“ވާރޭގެތެރޭން އާވީ ލޯބީގެ ގުޅުން

ވާރޭ ހެކިދިން އޯގާވި ގުޅުން

މެނދުރުގެ ނަޔާ ދިއްލާލި ގުޅުން

މެންދަމުގެ ޚިޔާލު  ބަދަލު ކުރުވީ

މިގުޅުން މިގުޅުން ވާރޭގެ ގުޅުން! ”

ލަދުން ނޫރީ އިސްޖާހަލިއެވެ.  “އެވާރެއާއި ތެމިފޯވީ ހަނދާންނުވޭހެ ކަލާ” މަޑުމަޑުން ބުނެލިއެވެ. އެވަގުތު މުޅި މާލަން ގުގުމައިގެން ދިޔައީ އަތްތިލަބަޑީގެ ހޫނު މަރުހަބާއަކުންނެވެ.

އާރިޒް، ނޫރިޔާގެ އަތުގައި ހިފާލަމުން އޭނާއާ ގާތަށް ޖެހިލިއެވެ. “އެ ވާރެއިން ލިބުނު މިއީ ޖަޒްބާތީ ނިމުމެން ނޫނެވެ. ފެށުމެއްވެސްނޫނެވެ. އާ ލޯތްބެއްގެ ބިންގަލެވެ. ވާރޭ އޮއްސާލީ ބާރު އަޑުފަންގަނޑުވެސް އިވިގެން ދިޔައީ ހަމަ ކުއްލިއަކަށެވެ. އެ އަޑާއެކު ދެމީހުންނަށް އެއްފަހާރާއި ހީލެވިއްޖެއެވެ.

ނިމުނީ

(ކިޔުންތެރިންގެ ސަމާލުކަމަށް)              މި ވޭތުވެދިޔަ ދުވަސްތަކުގައި އަޅުގަނޑުގެ އެއްވެސް ލިޔުމެއް އެއްޗެއް ގެނެސްނުދޭވުނީތީ ނިހާޔަތަށް މާފަށް އެދެމެވެ.  ރޯދަ ހާއްސަ މިވާހަކަ ނިންމާލެވުމުގެ އުފާ މިރޭ އިހްސާސް މިކުރަނީ ނުހަނު އުފަލާއެކުއެވެ. މިވާހަކައާއެކުވެސް އަޅުގަނޑުގެ މުޅިން އާ ލަވައެއްވާނެއެވެ. އާދެ “ވާރޭތެރޭން އާވި ލޯބި” ކިޔުންތެރިންނަށް ދޫކޮށްލަމެވެ. މި ޅެމަކީ އަޅުގަނޑު ހުދު މިވާހަކައަށް ތައްޔާރު އެކުލަވާލި ޅެމެވެ. ވަޒަނަށް ފެތޭ މޮޅު ރީތި ޅެމަކަށް ހެދޭ ތޯ އަޅުގަނޑު ވަރަށް ބުރަކޮށް މަސައްކަތް ކުރީމެވެ. ކިޔުންތެރިންނަށް އަޅުގަނޑުގެ މިހަދިޔާ ކަމުދާނެ ކަމަށް އުންމީދުކުރާ ހާލު މި ވާހަކަ ނިންމާލަމެވެ. މުޅިން އާ ރީތި ވާހަކައަކާއެކު އަންނަ އަހަރުގެ ރޯދަމަހުވެސް ބައްދަލުވުމުގެ ތައުފީޤު މިންވަރުކުރައްވާށި! އާމީން

ޅެން: ވާރޭތެރޭން އާވި ލޯބި

” ވަސްމީރު އެއީ ތާޒާ މަލެކޭ

ހަސްރީތި ފަރިވި ފިނިފެން މަލެކޭ

މުޅި ރޫހު އުފާކޮށްދިން މަލެކޭ

ނާޒުކު މި ބަގިޗާގައި ފޮޅިލީ

މަލެކޭ މަލެކޭ ނާޒުކު މަލެކޭ!

********************

ލޯބީގެ ދަތުރު އަންނާނެ ހެމުން

ލޯތްބެއްގެ ފެށުން ދައްކާނެ ހެމުން

ޖަޒުބާތު ދެނީ އުންމީދެ ހެމުން

ޖަޒުބީގެ ނަޔާ ފޮނިކަން އަލިވީ

ހެވިފައި ހެވިފައި ފޮނިކަން އެހެމުން!

********************

ފިނިފިނި ހިތަކުން ދިން ހިޔަލުން

ފިނިފޮނި ލޯބީގެ ޒަމާންވީ ހިޔަލުން

އެސަރު ދިރުވީ ދެލޮލުގެ ހިޔަލުން

އެއަސަރު އުދުހޭ މި އަބީރީވީ

ހިޔަލުން ހިޔަލުން އުދުހޭ ހިޔަލުން! **********************

އަބަދަށް މިހިތުގެ ވެރިޔާ ތިޔައޭ

އަބަދީ  ދިިރިހުރި ނޫރާ ތިޔައޭ

ލޯބީގެ ޗަމަން  ރޫހާ  ތިޔައޭ

ލޯބިން މި އެދިން ތިޔައީ

ތިޔައޭ ތިޔައޭ ވެރިޔާ ތިޔައޭ!

***********************.

ވިންދާއި މޭގާވި ތިއީއެ ދިރުން

ވިންދުން އިއްވާލި  ކުލުންވި ދިރުން

ތިޔަ ހޫރު ދެކިފަ އާލަވި ދިރުން

ތިޔަ ދުނިޔެ އެކީ ދިރުނީ

ދިރެމުން ދިރެމުން މޭގާވި ދިރުން!

**************************

ވާރޭގެތެރޭން އާވީ ލޯބީގެ ގުޅުން

ވާރޭ ހެކިދިން އޯގާވި ގުޅުން

މެންދުރުގެ ނަޔާ ދިއްލާލި ގުޅުން

މެންދަމުގެ ޚިޔާލު  ބަދަލު ކުރުވީ

މިގުޅުން މިގުޅުން ވާރޭގެ ގުޅުން!

***************************

ނޭވާ މިލެވޭ މަންޒިލް މިއެދޭ

ނޭވާގެ ހަނދާން ކޮށްފި މިއެދޭ

އަތްލާށޭ އަތުން ފިރުމަށް މިއެދޭ

އަތް ލީމަ ލަނދުން ވިރިދާތީ

މިއެދޭ މިއެދޭ މަންޒިލް މިއެދޭ!” ****************************

ގެންދާށެ މިޒާ ރުހިފައި ނަވަކުން

ގެންދިޔައެ ލަގަން ދޫވީ ނަވަކުން

ކަނޑުގައި އެދުވާ މަސްތަށް ނަވަކުން

ކަނޑު ގަންދީ ކުރިއެ ހުވާދީދީ

ނަވަކުން ނަވަކުން ރުހިފައި ނަވަކުން

*****************************

މިހަޔާތުގެ ދާއިމު ރާޖާއޭ ލޯބިން

 

މިހަޔާތް ވިދުވާއި ބާބުޅާ ލޯބިން

ތަރި ހަނދުގެ ކުލަވި ލޯބިން

ތަރިއެއްގެ ލަގަބު އެރުވުން ލޮލަކީ

ލޯބިން ލޯބިން ދާއިމު ލޯބިން!

*****************************

ދަހިވެތިއެ ނުވާ ތޯހުރި ހިތަކޭ

ދަހިކަން  ފުހެލީ ރަން ރިހި ހިތަކޭ

ފެހިކަމުގެ އުޖާލާ ދޮން ހިތަކޭ

ފެހިފެހިވި ކައުނުން ބަބުޅާ އެވިދީ

ހިތެކޭ ހިތަކޭ ތޯހިރު ހިތެކޭ!

*****************************

❤️😊🫶🥀🥰

Share Article

Follow Me Written By

Isnaa

Level 610 Stories100 Comments100 Login100 Stories500 Login

އަޅުގަނޑުގެ ނަމަކީ އިސްނާާން އަހުމަދު އެވެ. ވާހަކަ ލިޔުމަކީ އަޅުގަނޑު ވަރަށް ކުރާހިތްވާވާކަމެކެވެ. އެއްވެސް ސުވާލެއް ވާނަމަ ވަކިން މެސެޖެއްކޮށްލާ 🥰🤗✍️💐☺️ Snap: (aishathisnan24) https://www.snapchat.com/add/aishathisnan24?share_id=fiCBd2AhEQs&locale=en-US https://www.instagram.com/aisha_th_isnan?igsh=MWFpc3B6aTU5ZWtteQ==

Other Articles

Previous

ގާތުގާ… 9

Next

ގޮތް ހުސްވެފައި ހުރީމޭ…4

Next
April 8, 2026

ގޮތް ހުސްވެފައި ހުރީމޭ…4

Previews
April 7, 2026

ގާތުގާ… 9



All Right Reserved!