ފެށުން ދަރިވަރުންގެެ ވިސްނުން ތަރައްގީކޮށް، މައުލޫމާތު މުއްސަނދި ބަޔަކަށް ހެދުމަށް ޓަކައި އެންމެ ބޮޑު އަހައްމިއްޔަތު ކަމެއް ދޭންވީ އެއްކަމަކީ އެކުދިންނަކީ ފޮތައް އަހުލުވެރި ބަޔަކަށް ހެދުމެވެ. އެގޮތުން އެކުދިން ގަޔާވާ، އުމުރާ ގުޅޭ ފޮތްތައް ޗާޕުކޮށްގެން ނެރެމުންދާ އިރު، ޒަމާނީ ތަރައްގީއާ އެކު ދުނިޔޭގެ ބޮޑެތި “ލައިބުރަރީ” ތަކަކީ ވެސް އެކުދިންގެ އަތުގައި އޮންނަށް ފަންނިއްޔާތުގެ ވަސީލަތަކުން ވަދެވޭ ތަންތަނެވެ. މި ތަރައްޤީ އާއެކު ބައެއް ފަރާތްތަކުން ދެކޭގޮތުގައި “އޮންލައިން” ފޮތްތައް ކިޔޭނެ ފުރުސަތު މި […]
މަޑުމަޑުން ބައްޕަގެ އަތް ހަރަކާތް ކޮށްލުމުން ހީރާ ރޯންފެށިއެވެ. ” މަންމާ އާއާއާ” މަންމައަށް ގޮވަމުންނެވެ. އެ އަޑަށް ބޭރަށް ނުކުއްނަށް ދިޔަ ލަޒާނު އަތުވެއްޖެއެވެ. ލަޒާނަށް ވެސް ލިބުނީ ކުއްލި ހައިރާން ކަމެވެ. ރާހޫލުގެ ކަޅި ހަރަކާތް ކުރާތަށް ފެނިފައެވެ. ރޯން ހުރި ހީރާ އުރާލާ ބޮލުގައި ފިރުމާލިއެވެ. އޭރު އެތަނަށް ގޭގެ އެންމެން ޖަމާވެއްޖެއެވެ. އިސާހިތަކު ޑޮކްޓަރުގެ ވަރުން އަށް ގުޅައިގެން ގެނައެވެ. ޑޮކުޓަރު ވަރަށް ރަނގަޅަށް ރަހޫލު ބެއްލެވުމަށްފަހު ދިނީ އުފާވެރި ޚަބަރެކެވެ. […]
ވެއްޓިފައި އޮތް ރާހޫލު ފެންނަނީ ނުމާނުބެއަށެވެ. ހުޅުވާފައި ހުރި ދޮރުން ޒުނާނާ އާއި ލަޒާނުގެ ތަސްވީރު ރީތި ކޮން ފެންނަަށް ހުއްޓެވެވެ. އަވަސް އަވަހަށް ދޮރު ލެއްޕުމަށްފަހު ހަސްފަތާލަށް ރާހޫލު ގެންދަން ބޭބެ ތައްޔާރުވިއެވެ. ޔަޒުލުގެ ދެމަފިރިންނަަށް ގުޅައި އެކަން އެންގިއެވެ. ހަސްފަތާލަށް ދެވުނު އިރު މާ ބޮޑަށް ލަސްވީއެވެ. ” ހާރޓު އެޓޭކެއް” ޖެހި ރަނގަޅު ނުވެ ރާހޫލު އޮތީ ކޯމާއަށް ގޮއްސައެވެ. މިއީ ރާހޫލު ކޯމާއަށް ދިޔަ 02 ވަނަ ފަހަރެވެ. އެފަހަރު 04 […]
ޖަންކް ސިލޯނު ގެ ރީތިކަމަށް ކޮންމެ ދުވަހަކު ތައުރީފު ކުރެވެއެވެ. ހާދަހާވާ ރީއްޗެެވެ. އެތަނުގެ މޫދު ސަރަހައްދުވެސް އެހާ ހިތްގައިމެވެ. 02 ދުވަހަކު ރާހޫލުގެ އަތުގައި ހިފައިގެން ރާޅުޖަހާ ފަށުގައި ހިނގައިވެސް ލީމެވެ. އެފަދަ ކޮންމެ ސިކުންތަކު ޒުނާނާގެ ހިތް ފޮތި ފޮތިވެއެވެ. ލަޒާނުގެ ހަނދާންތައް ވަށާލައި މާޔޫސްކޮށްލައެވެ. ޒުނާނާމެން ތިބީ ޕުކްޓްގެ ޕެރެގަން ހޮޓަލުގެ ތިރީބައިގައެވެ. ގިނައިން ކައި ހެދީވެސް ޕުކެޓްގެ މަޝްހޫރު “ޗައިނީޒް ރެސްޓޯރެންޓް” އަކުން ނެވެ. އެއީ ހޮޓަލުގެ ތިރީގައި އިންނަށް ތަނެކެވެ. […]
ވާހަކަތައް އަޑުއަހަން އިން ސަލްސާލާގެ މަންމަ ދިޔައީ ފުންމައިގެން އެވެ.” ލޮލަން ނުފެއްނަ މީހެކޭ ކަލޭމޭން ހީކުރީ މަގޭ ސަލް ލޮލަން ނުފެއްނަ މީހަކާ އިންނަށް ރޫހޭނެކަމަށް ހައްހައް މި ޒަމާނުގައި ލޮލުގެ ނޫރު ނެއް މީހަކާ އިންނާނީ ކާކު ނުވާނެ އެކަކުވެސް ” އަޑު ހަރުކޮން ހިތުހުރި އެއްޗެއް ސަލްސާލާގެ މަންމަ ގޮވާލިއެވެ. އޭނާ ހިތުން މި ކުރެވެނީ ވަރަށް ރަނގަޅު ކަމެކެވެ. އެހެން މީހުންގެ އިހްސާސްތަކާ ކުޅުހެދުމަކީ ސަލްގެ މަންމަ ކުރާކަމެވެ. އެ ވާހަކަތައް […]
ހަފްތާއެއް ފާއިތުވެ ދިޔައިރުވެސް ލަޒާނުގެ ޚަބަރެއް ޒުނާނާއަށް ނުވިއެވެ. އެކަމު ދެވޭހާއި އަވަހަކަށް ސިޓީއެއް ފޮނުވާނެކަމަށް ލަޒާނު އޮތީ ބުނެފައެވެ. ގުޅޭނެ ނަށްބަރާ އެއްޗެހި އޭގައި ލިޔެފަ ފޮނުވިމާ ގުޅަށް ޖެހޭނެ ކަމަށް ލަޒާނު ވަނީ އަންގާފައެވެ. ލަޒާނުގެ ޚަބަރެއް ނުވެދާ ކޮންމެ ދުވަހަކީ ޒުނާނާއަށް ވޭނެކެވެ. ނުމާނުބެ ގާތުވެސް އެތައް ފަހަރަކު ލަޒާނުގެ ވާހަކަ އެހިއްޖެއެވެ. ބޭބެ ޖަވާބު ސާދާ ވެފައި ކުރެއެވެ. ސިޓީއެއް ނުލިބެއެވެ. ހާލެއްނޭނގެއެވެ. އެއީ ބޭބެގެ ފަރާތުން ޖަވާބު އަށްނަށް […]
“އިޝްޤަކީ މުޅި ޒިންދަގީ ބަރުބާދަކޮށްލާ ވޭނެކޭ ގިސްލުމާ ލޭކަރުނަ އޮހޮރާލަންޖެހޭ އަފުސޫސެކޭ” ނާމަން އަނދިރި ރޭނގަނޑަކަށް ފަހު ރީތި ދުވަހަށް އިރު ފާއްދާލިއެވެ. އޭރު އިރުވައި މޫސުމުގެ އަސަރުތައް ޖައްވަން ވެރިވެއްޖެއެވެ. މަތީގައި ބައިގަނޑުގަނޑަށް ހަޅޭއް ފަޅޭން ލަވަމުން ދިޔަ ކާޅުތަކަށެވެ. ދާނެ މަންޒިލެއްނެތި ދަތުރުކުރަމުން ދިޔަ މާކަނާތަކަށެވެ. ގަސްތަކުން ފުރޭނިގެން ޖެހެމުން ދިޔަ އަރާމު ރޯޅިތަކުން މުޅި ފަޒާގައި ވަނީ ތާޒާކަމެވެ. ނޫވިލަކީ ވަށާފާރު ނެތް ގެއެކެވެ. ޒަމާނީ ފެންވަރަށް 02 ބަޔަށް ހަދާފަ ހުރި […]
ތަފާތު ބަދަލުތައް ޒަރީނާގެ ކިބައިން ޖިނާހު ފާހަގަކުރަމުން ދިޔަ އެވެ. ބޭރު ޖޯލީގައި ރޭނގަނޑު އެކަނި އިނުމާ އެހެން އިނދެ ހުއްޓާނުލާ ވާހަކަ ދެއްކުމާ ފިކުރެއްގައި ދުވާލު ހޭދަކުރުން ހިމެނެއެވެ. މި ކަންކަމާ ކަންބޮޑުވެ ހާދާނެގޮތް ޖިނާހު ހުސްވި އެވެ. އެކުވެރި އެއްގެ ލަފާގެ މަތިން ފަންޑިތަވެރިޔެއް މާލެއް ސަރަހައްދުން ގެނެވުނެވެ. އެއީ މުޅި ރާއްޖޭގައި އޭރު ހުރި އެކަމަށް އެންމެ ކުޅަދާނަމީހާއެވެ. އެތައް ބޮޑެތި ކަމެއް ކާމިޔާބުކޮށްފައި ހުރި މީހެކެވެ. ތަފާތު ރޭވުންތައް ރޭވުމަށްފަހު ޒާރީނާއަށް […]
މުޅި ސުކޫލު ހޯލުގައިވެސް ދުވަނީ ކާތަކެތީގެ މީރުވަހެވެ. އެހެންނުވާން ވީ ކީއްވެ ހެއްޔެވެ؟ އައްޑޫ ގެ ޒަމާންވީ ތަފާތު ކެއުންތަކުން ސުކޫލުގެ ހޯލު މިވަނީ ޖަރީވެފައެވެ. އެންމެންގެ ތެރޭގައި މަސްހޫރު އަައްޑޫ ބޯކިބަލާ ބޮޑިވެސް ހުރީ ހޫނު ކޮށެވެ. އާވި އަރަ އަރާ ހުރި ކާތަކޭތީގެ މީރުވަހުން މޭ ފުރި އުތުރި އަރަމުން ދިއައެވެ. ބަލާކަށް ނުހުރެ ނިހާދު ކާއެއްޗެހި އަޅައިގެން ދުރުގައި ހުރި މޭޒެއް ދަށުގައި އިށީނެވެ. އަފާ ހުރީ ޔަސްފާ އާއި ރީމާ ގެ […]