” ޒުކާން : އޭ އަޝްބާ ނިދަނީތަ” އަހަންނަން ހޭވެރިކަމެއް ވީ ޒުކާން ގޮވާލުމުންނެވެ. އޭރު އެއަރޕޯޓަށް ވަނީ އާދެވިފައެވެ. ފެރީން ފައިބައިގެން އެތެރެއަށް މިސްރާބު ޖެހީމެވެ. ތަފާތެއް ފާހަގަވިއެވެ. ޒުކާންގެ އަތުގައި މާ ބޮޑިއެއް އޮތެވެ. ނުހުރެވިގެން އަހަރެން އަހާލީމެވެ. ” އަޝްބާ : ޒުކާންގެ ކާކު އަންނަނީ” އޭނާ ޖަވާބު ދިނީ އަހަރެންގެ ހިތުގައި ސުވާލު އުފެދޭ ކަހަަލަ ގޮތަކަށެވެ. ” ޒުކާން : ދެ މީހުން އެކަކު ބަލައެއްނު މިއައީ ދޯ ” […]
ފަތިސްނަމާދު ކޮށް ހަދައިގެން މަންމަމެން އުޅުނީ ނަމާދަށް ދާން ވާއިރަށް ސައި ހެދޭތޯއެވެ. އަހަރެން ވެސް އެެއްޗެއް ކާލައިގެން ތައްޔާރުވާން ދިޔައީމެވެ. ފެންވަރާ ނަލަވެގެން އަތަރު ލައިގެން އީދު ހެދުމުގައި ނިކުތީމެވެ. އޭރު ގޭތެރެ އޮތީ ހަމަ ހިމޭން ވެފައެވެ. ބައްޕަ ގުޅާފައި ތިރީގައި ހުރި ވާހަކަ ބުނުމުން ލަސްނުކޮށް ގެއިން ނިކުތީމެވެ. ސިނޑީގެ ހަރުފަތްތައް ދުވެފައި ގިރާ ކުރަމުން ދަނިކޮން މީހެއްގެ ގައިގާ ޖެހި ޚުބާބް ނުވެއްޓުނީ ހަމަ ކިރިޔާއެވެ. ނުރުހުންވެ އެ މީހާގެ މޫނަށް […]
ކާރު އައިސް މަޑުކޮށްލީ ބޮޑު ރަތް ދޮރެއްގެ ކުރިމައްޗަށެވެ. ޚުބާބް : ދޮންތާ މީ މުލިއާގެ ތައް. އެވަރުންވެސް ދޮންތަމެންގެ ޖަވާބެއް ނައެވެ. އިޝާރަތުން އެތެރެއަށް ވަންނަށް އެންގީއެވެ. ދޯރާ ދިމާލަށް މިސްރާބު ޖަހާފައި ހުއްޓާ ސައިކަލެއްގައި އައި ދެ މީހަކު އެތަނަށް މަޑުކޮށްފިއެވެ. އަނެއްކާ އެއީ ކޮންބައެއް ބާއެވެ. އެވެސް ހަމަ މި ދަޢުވަތަށް ރޯދަ ވީއްލަން އައި ދެ މީހުން ހެއްޔެވެ؟ ބާސިލް އާއި ލީނިޔާ އަށް ވެސް ލިބުނީ ކުއްލި ހައިރާން ކަމެކެވެ. […]
ރަނގަޅަށް ތަރާވިސް ވެސް ކުރެވުނުކަމެއް ނޭނގެއެވެ. ނަމާދަށް ހުރި އިރުވެސް ފެންނަނީ އެ ރީތި ފެންމިންޔެވެ. ކޮޅަށް އެތައް އިރަކު ހުރުމުގެ ސަބަބުން ފައިގައި ރިއްސުމުގެ އިތުރުން ބަޑުހައިވެސް އިންތިހާއަށް ވަމުންދިޔައެވެ. މިސްކިތުން ނިކުމެގެން ސައިކަލުގައި ބާރުބާރަށް ގެއަށް ދިޔައިމޭވެ. ދުވެ ބަޑި ބަޑި އަޅާފައި ކާގެއަށް ދެވުނު އިރު މާނޭވާލެވެނީއެވެ. އޭރު ދޮންތައާ އިތުރު އަންހެން ކުއްޖެއްވެސް ބަދިގެ ތެރޭގައި އުޅެމުންދިޔައެވެ. މީހެއްގެ ހިލަން ވެގެން ކަންނޭނގެއެވެ. އެކުއްޖާ ފަހަތަށް ބަލާލިއެވެ. ފެނުނު ސޫރައަކުން އަހަރެން […]
މިއަހަރު އަހަރެންގެ ކިޔެވުން ނިމޭނެއެވެ. އަހަންނަކީ ނަރުހެކެވެ. ނަރުހަކަށްވީ ހަމަ އެންމެ މީހަކަށްޓަކައެވެ. ލޯބިވާ ކޮއްކޮއަށް ޓަކައެވެ. ސުކޫލުގައި އުޅުނު އިރު ނަރުހަކަން ވާނެކަމަށް ވަރަށް އަޒުމުގައި ކޮއްކޮ ބުނާނެއެވެ. އަހަރެން ވާން ބޭނުންވީ ދިވެހި މުދައްރިސަކަށެވެ. ކުދިންނަށް ކިޔަވައިދީ ތަފާތު ލިޔުން ލިޔެ ހެދުމަކީ އަހަރެން ވަރަށް ކުރާ ހިތްވާ ކަންކަމެވެ. ދެން އެދުވަހެއް ނާއްނާނެވެ. މިއަދު އަހަންނަކީ ނަރުހެކެވެ. މީހެއްގެ ކުލަނުވި ހުވަފެނެއްގައި ކުލަޖެއްސުމަށްޓަކައި އަހަރެންގެ ހުރިހާ އުފާތަކެއް މިހުރީ ދޫއްކޮށްލައިގެންނެވެ. ކޮންމެ ކަމެއްވެސް […]
އަހަންނަށް އަދީމް ފެނުނީ މީގެ ހަތަރު އަހަރު ކުރިންނެވެ. އޭރު އަދީމްގެ އުމުރުން ނަވާރަ އަހަރު ވެދާނެއެވެ. އެއީ އަހަންނަށް މުޅިން ބީރެއްޓެހި މޫނެކެވެ. ނަމަވެސް އަހަރެންގެ ހިތުގައި އަދީމްއަށް ޖާގައެއް ދެވެން ފެށުނެވެ. އަހަންނަކީ ވަރަށް ހިތްބަލި މީހެކެވެ. ޑޮކުޓަރެކެވެ. ހަނދާންކުރަށެވެ. މާތް ﷲ ވަކީލުކޮށްލައިގެން ހިތްވަރާއެކު މަސައްކަތް ކުރެވިއްޖެ ނަމަ ކާމިޔާބުވާނެއެވެ. އަހަރެން އަބަދުވެސް ބަލިމީހުންނަށް ހެޔޮކޮން ހިތަމެވެ. އަޅާލަމެވެ. އޯގާތެރިވަމެވެ. މިއީ އަހަރެން ހެޔޮ ނިޔަތުގައި ޝަވާބަށް އެދި ކުރާ ކަމެކެވެ. ހެނދުނުގެ […]
ވިސްނުންތޫނުކަން އެއީ އަހަރެންގެ ނަމުގެ މާނައެވެ. ނަމަކީ އަޝްބާއެވެ. އަހަންނަކީ ހަނދާން ހުންނަ ފެށީން ސުރެއް ވާހަކަ ލިޔާ މީހެކެވެ. ފޮތް ފޮތުގައެވެ. ގޭގައި އެކި އުމުރު ފުރާއާ ގުޅޭ ވާހަކަ ހުރެއެވެ. ވާހަކަ ފޮތްތަކަކީ އަހަރެންގެ އެންމެ ގާތް މިތުރުންނެވެ. ދުވާލަކު ފޮތެއް ކިޔާ ނިންމަމެވެ. މައިންބަފައިން ވަނީ އަހަރެން ވަރަށް ކުޑައިރު ނިޔާވެފައެވެ. އުމުރުން ސައުވީސްވަނަ އަހަރުގެ ދުވަސްތައް މި ގުނަނީ މަލޭގެ ހަލަބޮލި މާހައުލުގައި އެކަނިމާ އެކަންޖެއެވެ. ހަޔާތަށް ބައިވެރިޔަކުވެސް ލިބުނެއެވެ. އެއީ […]
އާއެކޭ ލޯބިވޭއަކީ ކޮބާ؟ މިއީ ކުރުގޮތަކަށް ބުނަންޔާ އަޝްބާގެ ވާހައެކެވެ. އޭނާ ދިރިއުޅުމަށް ކުރާ ގަދަ ހަގުރާމައިގެ ފޮނި ނާތިޖާގެ ވާހަކައެވެ. ލޯބިވާ ކޮއްކޮއަށްޓަކައި ޖާނުން ފިދާވާން ވެސް އޭނާ ހުރީ ކަމަރުބަދެލައިގެންނެވެ. ކޮއްކޮއަށް ރަނގަޅު ފެންވަރުގެ ފަރުވާއެއް ހޯދުމަށްޓަކައި ކުރެވޭ ބުރަ މަސައްކަތުގެ ތެރެއިން އޭނާ ދެކެމުން އަންނަށް ހުވަފެނެއްގައި ކުލަޖެއްސުމަށްޓަކައި ލިޔެ ބާޒާރަށް ނެރޭ ލޯބީގެ ވާހަކަ ފޮތެވެ. ވަރަށް އަސަރުގަދަ އެންމެވެސް އަޑު އަހާ ކަހަލަ ތިނެސްކަން ހަތަރެސްކަން ލޯބީގެ ވާހަކައެކެވެ. މި […]
ނުފުރުނަސް އަދު ދާށެ މިދަނީ ތިޔަ ހިތުން އެންމެ ފަހުގެ ސަލާން ކަރުނައިން ފޮނުވާލަމުން މާޒިވި އެހަނދާންތައް އެކީ ފަސްއަޅާ ފޮރުވާލަމުން ބަލި ހިތަށް ކެތްތެރިވުމަށް ވިސްނައިދެމުން އުމުރަށް އެކީ އުޅުމަށް ވި ވައުދާ އަހުދުތައް ފުއްދޭނެކަމުގެ ޔަޤީން ކަމެއްނެއް މަންޒިލުން ދުވެ އެކީގައި ހިޔަނިހެން ވިހާ ހަނދާނާ ފަސްދެމުން ހެޔޮ ހިތުން، ކޮންމެ ރެއަކަށް ކަރުނައަށް ފުރުސަތުދެމުން ތިޔަ އިސްޤުޤައި ޖެހި ބަދެވިދާކަށް ނޭދެމޭ ދުވަހަކު ކޮޅުން މިނިވަންކަމާއެކުގައި މި ހިތް މިދަނީ އެކަނިވެރި ދިރިއުޅުމަކަށް […]