ރޯލީމޭ ފަހުބައި (ނިހާދާއި ރާނިޔާ އަންދާލެވުން)
ތަފާތު ބަދަލުތައް ޒަރީނާގެ ކިބައިން ޖިނާހު ފާހަގަކުރަމުން ދިޔަ އެވެ. ބޭރު ޖޯލީގައި ރޭނގަނޑު އެކަނި އިނުމާ އެހެން އިނދެ ހުއްޓާނުލާ ވާހަކަ ދެއްކުމާ ފިކުރެއްގައި ދުވާލު ހޭދަކުރުން ހިމެނެއެވެ. މި ކަންކަމާ ކަންބޮޑުވެ ހާދާނެގޮތް ޖިނާހު ހުސްވި އެވެ. އެކުވެރި އެއްގެ ލަފާގެ މަތިން ފަންޑިތަވެރިޔެއް މާލެއް ސަރަހައްދުން ގެނެވުނެވެ. އެއީ މުޅި ރާއްޖޭގައި އޭރު ހުރި އެކަމަށް އެންމެ ކުޅަދާނަމީހާއެވެ. އެތައް ބޮޑެތި ކަމެއް ކާމިޔާބުކޮށްފައި ހުރި މީހެކެވެ.
ތަފާތު ރޭވުންތައް ރޭވުމަށްފަހު ޒާރީނާއަށް ފާރަލެވުނެވެ. އެކަމުން ލިބުނު މައުލޫމާތަކީ ކޮންމެ ރެއަކު 00.00 ޒަރީނާ އިންނަނީ ޖިންނިއެއްގެ ދަރުބާރުގާކަމެވެ. މި ކަމެއް ހިނގަން ފެށުނީ ތިގޭ އަފާ ޖިންނިއަކާ ލޯބިީގެ ގޮތުން ގުޅުނު ރޭގެ ފަހުންނެވެ. ފަންޑިތަވެރިޔާގެ މި ޖުމްލައާއެކު ޖިނާހަށް ހީވީ ބިންގަނޑު ކަނޑާ އަޑިއަށް ދެވުނުހެއްނެވެ. ބާރު ބާރަށް ޖިނާހަށް ބުނެވުނެވެ.” ޖިންނިއަކާ މަގޭ އަފާ ގުޅުނީއޭ އެހެންވާނި ކިހިނެއް؟” ފަންޑިތަވެރިޔާ ވީގޮތް ކިޔައިދޭން ފެށިއެވެ. ތިގެއަށް އިރުއޮއްސޭ ދަޅަމަތީ އަފާގެނައީ ދަތުރުވަރެއްގައި އައި ޖިންނިއެކެވެ. އޭނާގެ ނަމަކީ އަލީ ނިހާދެވެ. ފަންޑިތަވެރިޔާ ކިޔައިދިނެވެ. އަފާގެ މަންމައާއި އަވަލައިގެން އެއުޅެނީ ޖިންނިގެ އަންހެނުންނެވެ. ނަމަކީ ރާނިޔާ މިރާޒެވެ. އެއީ ޖިންނި ސަހަރުގެ ރީތީގެ ރާނީއަށް ލިބުނު ހަމައެކަނި އަންހެން ދަރިއެވެ. އެމީހުންގެ ބާރު ވަރަށް ގަދަވާނެވެ. ކޮންމެފަދަ ގޮތެއްވެސް ވުމަކީ އެކަށީގެންވާ ކަމެކެވެ. މިކަމުން ތި އާއިލާ ސަލާމަތްކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަމެއް ދެވޭކަން ނެތެވެ. މިއީ ވަރަށް ބޮޑުކަމެވެ. ހަނގުރާމަ ކުރަން ޖެހިފަމިވަނި އެންމެ ބާރުގަދަ ޖިންނީންނާއެވެ. ފަންޑިތަވެރިޔާ ބުނެދިނެވެ. ކުރިއަން އޮތީ އުނދަގޫކަމެކެވެ. އަފާ ސަލާމަތް ނުވުމަކީވެސް އެކަށޭނަ ކަމެކެވެ.
އަފާ އާއި ނިހާދުގެ ގުޅުން ދިޔައީ ދުވަހެއް ދުވަހަކަށް ކުރި ފަޅައި ވަރުގަދަވަމުންްނެވެ. ނިހާދު ބުނި ކޮންމެ ކަމެއް ކުރަން އަފާ ހުރީ ކަމަރު ބަދެލައިގެންނެވެ.
3 ދުވަހުގެ މަސައްކަތަށްފަހު ހޯދުނު މައުލޫމާތުގެ އަލީގައި އެނގުނުގޮތުގައި އަފާއަކީ ނިހާދު އަތްބެކެވެ. އެކަމެއް ކުރީ ނިހާދަށް ފަންޑިތަވެރިޔާ ފެނިގެންނެވެ.
ޖިންނިން ކައިވެނިކުރަން ބޭނުންވާނީ ހަމައެކަނި ހުއްދައެވެ. ހުއްދަލިބޭ ވަގުތުން ފެށިގެން ކައިވެނިކުރެވޭނެއެވެ. ޖިނާހުގެ ހަތަރު އުދަރެސް ފެނު ޖެހުނު ކަހަލައެވެ. މިއީ ހަޔާތުން އަޑުއެހުނު އެންމެ ހިތްދަތި އެއް ޚަބަރެވެ. ދަރިއަކު ޖިންނިއަކާ ކައިވެނިކުރީ އެވެ. “އަފާއަށް ނޭނގި ކައިވެނިކުރި ރޭ ނިހާދު ނިދީ އަފާގެ ދާނުގަ” ޖިނާހް ދިޔައީ ފަންޑިތަވެރިޔާގެ އަޑަށް ސިހިގެންނެވެ. މިހާރު އޭނާގެ އަމާޒަކީ އަފާގެ ފުށުން ދަރިއެއް އުފަން ކުރުމެވެ. މިއިން އެއްވެސް ކަމެއްގެ ހިލަމެއް އަފާއަކަށް ނުވާނެވެ. ފަންޑިތަވެރިޔާ ބުންޏެވެ. ޖިނާހުގެ ލޮލުގެ ހިމަކޮޅުން ކަރުނައިގެ ރޮއްގެން ފާއްދާލިއެވެ. ޖިނާހް ހިތްވަރު ކުރަން ބޭނުންވެއެވެ. އަނބިމީހާ އާއި ދަރިފުޅު ސަލާމެތް ކުރަން ބޭނުންވެއެވެ.
ޒަރީނާ އާއި ޖިނާހަށް ލިބުނީ 03 ފިރިހެން ކުދިންނާ 02 އަންހެން ކުދިންނެވެ. އޭގެތެރެން އަފާއަކީ އެންމެ ލޯބިވާ ދަރިއެވެ. ސަބަބަކީ އުމުރުން 10 އަހަރު ވީއިރުވެސް އަފާއަށް “ފިޓް” ޖެހެމުންދިޔު މެވެ. ގޭގެ ހުރިހާ ކުދިންވެސް އަފާއަށް ސަމާލުކަން ދެއެވެ. އާޅާލައެވެ. އަފާއަށް ކިރިޔާ ކަމެއް ވިޔަސް ހާސްވެ ކަންބޮޑުވެއެވެ. މިއަދުވެސް އަފާއަށް ފިޓު ޖެހުމަކީ އެކަށޭނަ ކަމެކެވެ.
އަށްނަށް ހުކުރު ވިލޭރެއަށް ފަންޑިތައް ހަނދަން ނިންމިއެވެ. އަދި ހޯދާނެ އެއްޗެހީގެ ލިސްޓެއްދިނެވެ. އެއަށްފަހު އެއްޗިހި ހަމަކުރަން 02 ދުވަސް ހަވާލުކުރިއެވެ. ދިވެހި ހާލަކާއި ކުޅެއް ވެސް ހޯދަން އިނެވެ. އަދި އޭގެ ބިހާ ޒުވާން 10 ފިރިހެނުން ހޯދަން އޮތެވެ.
މިކަހަލަ ކަންކަމާއި ކުރިމަތިލާން ކެރޭ ކަހަލަ ބިރުކުޑަ މީހުނަށް އެކުދިން ވާންޖެހެއެވެ. ފަރިތަކޮން ޤުރުއާން ކިޔަވަން ދަންނަށް ބަޔަކަށް ވުން ލާޒިމުވާނެއެވެ. މިއީ ފަންޑިތަވެރިޔާގެ ސަރުތުތަކެވެ. މި ކަންކަން ފުރިހަމަ ކުރުން އޮތީ ޖިނާހުގެ އަތްމަތީއެވެ. އެތަން މިތަނުން އަތް ފުނާ އަޅައިގެން ޖިނާހު މީހުންނާއި ތަކެތި ހަމަކުރިއެވެ. ދިވެހި ހާލެއް ލިބުނީ ވަރަށް ވެސް މަސައްކަތުންނެވެ. އެހާވެސް އަގު ބޮޑުކޮށެވެ. 4500 ރުފިޔާއަށެވެ. ދިވެހި ކުކުޅު ބިސް ލިބުނީ 05 ރުފިޔާއަށް ބިހެކެވެ. އަންހެން ކުކުޅެއް މަރަދޫއިން 500 ރުފިޔާއަށް ވަނީ ލިބިފައެވެ. ފިރިހެން ކުކުޅެއް ލިބުނީ 750 ރުފިޔާއަށެވެ.
އަފާ ނިހާދާއި ކައިވެނިކުރިކަން ޒަރީނާއަށް ބުނެދިނީ ރާނިޔާއެވެ. ޖިނާހު ފަންޑިތަހަދަން ތައްޔާރު ވެފައިވާ ވާހަކައާއި ހަނގުރާމައަށް ރާނިޔާގެ އާއިލާ ތައްޔާރުވާ ވާހަކަވެސް ބުންޏެވެ. ނިހާދަށް ހަދާ ކޮންމެ ގޮތެއްގެ ގެއްލުން އަފާއަށް ވާނެކަން ހަނދާން ކޮށްދިނެވެ. ރާނިޔާގެ އަމާޒަކީ އަފާގެ މަންމަ މޮޔަހެއްދުމެވެ. ފަންޑިތަހެދުން ހުއްޓާލުމެވެ.
އިންސާނަކާ ލޯބީގެ ގޮތުން ގުޅުމަކީ ނިހާދު ބޭނުންވިގޮތެއްނޫނެވެ. ނިހާދު އައްޑޫއަށް އައީ މަންމަގެ ޤާތިލު ހޯދާށެވެ. މަންމަގެ ހަޤީޤީ ގާތިލަކީ އައްޑޫމީހެކެވެ. އެރަށަށް ދިޔުމުން އެނގުނު ގޮތުގައި އެމީހާވަނީ އޭގެ އަހަރެއް ކުރީން މަރުވެފައެވެ. އެ މީހާ މަރުވީ ވަރަށް ހާލުގައިކަން އެނގުމުން ހިނިތުންވެ ހުރެ ރަށުން ދާން ތައްޔާރުވި ނިހާދުގެ ލޮލުގައި އަފާ އަޅައިގަތީ ބަނދަރުމަތީ ގޮނޑިއެއްގައި އިންދައެވެ. ފުރަތަމަ ނަޒަރުން ވެސް ނިހާދު އަށް އަފާ ކަމުދިޔައެވެ. ހިޔާލު ބަދަލުވެ އަފާއައި އެކު އެގެއަށް ވެސް ދިޔައީ ނިހާދުގެ ބާރުގައެވެ.
އިންސާނުންގެ ތެރޭގައި އެއް އަހަރާ އަނެއް އަހަރުގެ ބައެއްގައި އުޅެން ނިހާދު ހުރީ ނިންމައިގެންނެވެ. ސުކޫލުން ވަޒީފާ ހޯދީ ވެސް ނިހާދުގެ އެހެންވެއެވެ. އަނެއް ކޮޅުން އަފާ އަކީ މުދައްރިސެއްކަން އެނގުމުންނެވެ. ނިހާދުމެން ޖިންނީންނަކީ ބޭނުންކަމެއް ބޭންނުން އިރަކު ކުރުމުގެ ޤާބިލުކަން ލިބިފައިވާ ބައެކެވެ. އެ މީހުން އެސްފިޔަ ޖަހާލާހާއި އަވަހަށް ކޮންމެ ކަމެއްވެސް ކުރާނެއެވެ.
ހުކުރުދުވަހު ހުކުރުގެފަހުން މަސައްކަތް ފެށިއެވެ. ގޭގެ ޖޯލިކައިރީ ކުޑަ ގެއެއް ހެދިއެވެ. ބޮޑު ތަރިއެއްކުރަހާއި ތައްޔާރުވިއެވެ. އިޝާ ފަހުން ކިޔެވެލި ކިޔަވަން ރާވަމުންނެވެ.
ހީކުރި ވަރަށް ވުރެ އަވަހަށް ވަގުތުތައް ދިޔައެވެ. އިޝާ އިން ފައިބެގެން ފަންޑިތަވެރިޔާ ޒުވާން ކުދިންނަށް ކިޔަވަން އެންގިއެވެ. އޭގެ ފަހުގައި ޒަރީނާ ގެނެސް އެތާ ހުރި އެދުމަތީ ބާއްވާ ގަދަ ނިންޖަކުން ނިންދަވާލީމެވެ. ކިޔެވެލި ކިޔަވަން ފެށީ އޭގެ ފަހުގައެވެ. ކިޔެވުންތައް ކިޔަވަނިކޮން ބާރު ހަމަލާއެއް އަތުވެއްޖެ އެވެ. ޒަރީނާ ވަގުތުން ތެޅި ގަނެއްޖެއެވެ. ތަނަށް ރާނިޔާ އައީއެވެ. އެކަން ޔަޤީން ވުމާއެކު ސުވާލުތައް ކުރަން ފެށުނެވެ.” ކަލޭގެ ބޭނުމަކީ ކޮބައި” ފުރަތަމަ ސުވާލުކުރެވުނެވެ. ޖަވާބު އައީ ވަރަށް ބާރުކޮށެވެ.” އަހަރެން ބޭނުންވަނީ އަފާ އާއި އޭނާގެ މަންމަ މަރާލަން އަހަރެންގެ ނިހާދު އަފާ އާއި ގުޅުވީ އެ ޒަރީނާ ދެރައެއް ނޫދޭން އަހަރެން ވީ ވައުދަކީ ޖޯކެއް ކޮންމެ ރެއަކު އަހަރެން ޒަރީނާއައި ދައްކަނީ ރޮއެފަ ވާހަކަ ރަނގަޅު މީހެއް ކަމަށް ހެދެން ހައްހައްހާ” އިރަކަން ވުރެ އިރެއް ދިޔައީ ރާނިޔާގެ އަޑުގަދަ ވަމުންނެވެ. ހަނގުރާމަ ފެށި އެ ތަނަށް ރާނިޔާގެ އާއިލާގެ ގިނަބަޔަކު އައެވެ. ހޫނު ހަނގުރާމަ ނިމިގެން ދިޔައީ ދުއްމެއް އެރިހެން އެއާއިލާ އަނދާ އަޅިއަށް ވެގެންނެވެ. މި ކަމުގެ ހިލަމެއް އަފާއަށް އަދި ނިހާދަށް ވެސް ނުވީ ގޭގެ ތެރެއަށް އެވެސް އަޑެއް ނީވޭހެން ހަދާފައި ހުރުމުންނެވެ. އެއްރޭގެ ބުރަ މަސައްކަތުން ރާނިޔާގެ ދަލުން އާފާގެ މަންމަ ސަލާމެތްވިއެވެ. ރޮއެ ގަނެފާ ޒަރިނާ އަށް ބުނެވުނެވެ. “އެ ޖިންނި ކޮބާ އޭތި އަހަރެންގެ އެހީއަށް އެދިފަ ވަނީ މި ގޭގައި އުޅޭ އޭނަގެ ފިރިމީހާ އޭނައަށް ހަވާލުކުރުން” ފަންޑިތަވެރިޔާ އިހަށް ހަމަޖެހުމަށް ޒަރީނާ ގާތުއެދުނެވެ. އަދި އެއީ ޖިންނި ހެދި ދޮގުވާހަކަތަކެއް ކަމަށް ބުނެދިނެވެ. އެކަމަކު އެ ޖިންނިއަކީ ނިހާދުގެ އަނބިމީހާއެވެ. އެއީ ޖިންނި ހެދި ތެދެކެވެ. އެމީހުންގެ ދަރިއަކީ ވެސް އިންސާނެކެވެ. އެއީ ރާނިޔާއަށް ބުނެވިފައި ހުރި ޤަބޫލުކުރަންޖެހޭ ހަޤީޤާތް ތަކެވެ. ހަމަ އެޔާއެކު ރާނިޔާ ބުނިފަދައިން ނިހާދަކީ އެއްފަޅި އިންސާނެކެވެ. އަނެއްފަޅި ޖިންނިއެކެވެ. މުސްލިމެކެވެ. އިންސާނުނަށް ޤަދަރުކުރަން އިނގޭ މީހެކެވެ. ފަންޑިތަވެރިޔާ ދައްކަން ބޭނުންވި ވާހަކަ ދައްކާ ނިންމަމުން ބުންޏެވެ. ތި އާއިލާ ރާނިޔާ ޖިންނީގެ ކިބައިން ﷲގެ ރަހުމެއްފުޅުން ތިވަނީ ސަލާމެއްވެފައެވެ. ދެން އޮތީ ތި ގޭގެ އަފާ ނިހާދުގެ ކިބައިން ސަލާމެއް ކުރުމެވެ. އެއީ ކުރަން އޮތް އެންމެ އުނދަގޫ ކަމެވެ. އެކަން ކުރުން އޮންނާނީ މާދަމާ ރޭ ދެ މަޤުރިބު ނަމާދު ފަހުންނެވެ.
އޭގެ އަނެއް ދުވަހު ގޭގައި ދިވެހި ކުކުޅު ހެދިއެވެ. ދަރިންގެ މަންމަ ޖިންނިގެ ކިބައިން ސަލާމަތްވުމުންނެވެ.
ޖިނާހް ފަންޑިތަހަދަނީ ދަރިންގެ ވެސް ފުރިހަމަ އެއްބާރުލުމާއެކުއެވެ. ރޭގެ ހާދިސާ ވެސް ގޭގެ ހުރިހާ ކުދިންނަށް އެނގޭނެއެވެ. މަންމަ ޖިންނިއެއް ގެ ދަލުގައި ޖެހުނު ފަހުން އެކުދިންނާވެސް ދުރުވިއެވެ. އެކަމުން މިންޖުވެ މަންމަ ސަލާމެތް ވުމުން އެކުދިން އުފާކުރިއެވެ. ﷲ އަށް ހަމްދުދެއްނެވިއެވެ. ދެން މިރޭ އޮތީ އެކުދިންގެ ކޮއްކޮ އާއި ނިހާދުގެ ކައިވެނި ރޫޅާލުމާއި ޖިންނީގެ ކިބައިން ސަލާމެތް ކުރުމެވެ. މިކަން މިރޭ އޮންނާނެތީ ކޮންމެ މީހެއްގެ މޫނުމަތީވެސް ވީ ހާސްކަމެވެ. ބިރުވެރިކަމެވެ. ކޮންކޮ އެނބުރި ފެންނާނެކަމާ މެދުވެސް ސައްކެއްވެ. ފުރިހަމަ ޔަގީންކަމެއް ފަންޑިތަވެރިޔާގެ މި ކަމުގައި ނެތުމުންނެވެ.
ހެނދުނުން ސުއްރެއް ނިހާދުގެ ހިތުގައި ނުތަނަވަސްކަމެއްވިއެވެ. އެކަމުގެ ހަޤީޤަތް އެނގުނު އިރު އޭނާ އަންހެނުންގެ އާއިލާ މިވަނީ އަންދާލެވިފައެވެ. ދެން އޮތީ ނިހާދު އަންދާލުކަން އެނގުނު ހިނދު ހަމަ ހިލާ މިކަން ވިޔަކަ ނުދޭނަމޭ ހިތާ ހިތާ ނިހާދު ކިޔާލިއެވެ.
ދެ ނަމާދު ދޭތެރޭ ގަޑީގައި އަފާ ނިންދެވުމަށްފަހު މަސައްކެތްފެށުނެވެ. ގޭގައި އަފާ ނިންދެވުމަށްފަހު ކައިރީގައި އަފާގެ މަންމަ އާއި ބޭބެ މެން ބައިތިއްބަތެވެ. އެއް ގޮތަކަށް ވެސް އަފާ ގެއިން ނުނެރޭން އޮތީ އަންގާފައެވެ. ގެވެސް އެރޭ ހިވަނީ އަނދާ އަޅިއަށް ހަދާލާނެހެއްނެވެ. އެހާވެސް ހަމަލާތައް ބާރުވެފަ ހޫނެވެ.
ގަޑިން 21.00 އަފާ އަށް ހޭލެވިއްޖެއެވެ. ކޮޓަރީގަ އިން މަންމަ އާ ދޮންބެ މެން ފެނި ކިހިނެއް ވީ ހޭ އަހާލިއެވެ. އެހެން އެހުމަށްފަހު އަފާ އުޅުނީ ބޭރަށް ދާށެވެ. ހުށިޔާރުވެ ތިބި އެންމެން ކައިރީގަ ހުރި ފެންތަށިން އެތި ފޮދެއް އަފާގެ މޫނަށް ބުރުވާލިއެވެ. އެއާއެކު އަނެއްކާ އަފާ ނިދިގެން ވެއްޓިއްޖެއެވެ.
ފަންޑިތަވެރިޔާއި ނިހާދު ގެ ހަނގުރާމަ ގަދަވެ ހެދޭ ނުހެދޭއް ނެނގޭ ވަރުވިއެވެ. ނިހާދުގެ ބޭނުމަކީ އިންސާނެއްހެން އުޅެންކަމަށް ބުންޏެވެ. ސަލާމެއް ކޮށްދިނުމަށް އެދި އާދެސް ކުރަންފެށިއެވެ. ފަންޑިތަވެރިޔާ އެދުނީ އަފާއާ ދުރަށް ނިހާދު ދިއުމަށެވެ. ނިހާދު އެކަމަށް އެއްބަސްވި ވަގުތު ބަލާއި ފަންޑިތަވެރިޔާ ބޭނުންހިފާ ލިއެވެ. ފަހުގެ އެތިފަހަރާއެކު ކިޔެވެލި ބާރު ކޮށްލިއެވެ. ބަލާކަން ނުހުރެ ނިހާދު އަނދައިގެން ދިޔައީ މަދު ސިކުންތުކޮޅެއްގެ ތެރޭގައެވެ. ނިދީގައި އޮތް އަފާ ދިޔައީ އެއްލިގެންނެވެ. ބާރު ބާރަށް ބޭރަށް ނިކުއިން އިރު މުޅިތަނުގައި ވަނީ ދުމުގެ އަސަރެވެ. އަފާ އެ ދުންތަކަށް ބަލައިލަމުން ރޯލިއެވެ. ބޮލަން ބާރުވެ އަފާ ވެށްޓުނީ އެހެން ރޯލަ ރޯލަ ހުއްޓައެވެ.
މި ކިޔައިދެވުނީ މީގެ 04 އަހަރުކުރިން އަފާއަށް ދިމާވި ކަމެއްގެ ވާހަކައެވެ. އެކަމުގެ ސަބަބުން ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން އަފާ ބަލިކަށި ވިއެވެ. އުނަގަނޑުން ތިރި ވާގި ދިޔައެވެ. ޒުވާން އުމުރުގައި ނުކުޅެދޭ މީހަކަށް ވާން ޖެހުނެވެ. ސުކޫލުން ކެނޑި ގޭގަ ވަގުތުތައް ހޭދަކުރަން މަޖުބޫރުވިއެވެ.
އަފާއަކީ އިރު އޮއްސޭ ދަޅަމަތިން ބަނދަރުން ބައްދަލުވި ޖިންނިއެއްގެ ސަބަބުން މުޅި އުމުރަށް ރޯލަން ޖެހިފައިވާ ކުއްޖެކެވެ. މިއީ ކޮންމެ ރެއަކު ނުނިދާ އަފާ ހަނދާންކުރަމުންދާ އޭނާގެ މާޒީއެވެ. އެހެންކަމުން އިރުއޮއްސޭ ވަގުތަށް ކޮންމެ ހާލެއްގައިވެސް ގެއަށް ވަނުމަށް ސަމާލުކަން ދޭށެވެ. ހާއްސަ ކޮން ކުޑަކުދިން އެ ގަޑީގައި ބޭރަށް ނުނެރި ވޭތޯބަލާށެވެ. އެއީ ޖިންނީން ނިކުމެ ގަންނަ ވަގުތައް ވާތީއެވެ. އެމީހެއްގެ ރައްކާތެރިކަން ހޯދާނީ އެމީހެކެވެ.
ނިމުނީ
“މި ހިސާބުން އަޅުގަނޑުގެ މި ވާހަކަ ނިމުނީއެވެ. ވާހަކަ ރީތިވި ކަމަށް އުއްމީދުކުރަމެވެ. 🤗”
8 Comments!
Comments are closed.






mi part ves v reethi masha allah
curiously waiting for new story
keep it up
alhey afaa ah haadha dhera gothekey ufaakuran salaamiy veema
Thank you 🥰
New story eh vrh avahah kiyaalan libeyne IA 🤗
Yes afaa ah vee goeh dhw 🥹
Varah reethi vaahaka keep on writing waiting for new part
Thank you 🥰
New story eh vrh avahah kiyaalan libeyne IA 🤗
Dude???
Mi vee kihineh???
Sad life for afaa!!!
Yes 🥰
Afaa ah jinni eh dheke loabii vevunee 😭
Aan afaa ah dhera goeh vee 😔
varaaaaaaaah salhi
sifakurunthah ves hama ehaa varu
Thank you Naksu 🥰🤗💐