Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިއުފެއްދުންތެރި ލިޔުންއެހެނިހެންމަޖާލޯބި

ރޯލީމޭ ތިންވަނަ ބައި (ރާނިޔާގެ ތަފާތު ފެނިލުން)

Isnaa Level 610 Stories100 Comments100 Login100 Stories500 Login
January 17, 2025 5 Mins Read
8 Comments

މުޅި ސުކޫލު ހޯލުގައިވެސް ދުވަނީ ކާތަކެތީގެ މީރުވަހެވެ.  އެހެންނުވާން ވީ ކީއްވެ ހެއްޔެވެ؟ އައްޑޫ ގެ ޒަމާންވީ ތަފާތު ކެއުންތަކުން ސުކޫލުގެ ހޯލު މިވަނީ ޖަރީވެފައެވެ. އެންމެންގެ ތެރޭގައި މަސްހޫރު އަައްޑޫ ބޯކިބަލާ ބޮޑިވެސް ހުރީ ހޫނު ކޮށެވެ. އާވި އަރަ އަރާ ހުރި  ކާތަކޭތީގެ މީރުވަހުން މޭ ފުރި އުތުރި އަރަމުން ދިއައެވެ. ބަލާކަށް ނުހުރެ   ނިހާދު ކާއެއްޗެހި އަޅައިގެން ދުރުގައި ހުރި މޭޒެއް ދަށުގައި އިށީނެވެ. އަފާ ހުރީ ޔަސްފާ އާއި  ރީމާ ގެ އިންތިޒާރުގައެވެ. އެހެން ހުއްޓާ ޔަސްފާ މެން އަތުވެއްޖެ އެވެ. ކެއުމަށް އަފާ އެޅީ ބަތާ ރިހާކުރު ދިޔަ ކޮޅެކެވެ. އަފާއަކީ އެއް އިރަކުވެސް މާ ގިނައިން ކެވޭ މީހެއް ނޫނެވެ. ޔަސްފާމެން އަފާ އާއި ހިލާފަށް ގިނަ ބާވެއްތަކެއް ނެގިއެވެ. ބަތާ ކުކުޅާއި ފިހުނު މަހާ ކުޅި ބޮޑިއާ ތެލުލިފަތާ ގަރުދިޔައާ ރިހާކުރާއި ހޮނި ރޮށިން ތަށި ފުރާލިއެވެ. ފޮނި އެއްޗަކަށް ސާގު ބޮޑިބަތާ ފޮނި ބޯކިބަލާ ބޯކުރި ބަނބުކެޔޮގެ އިތުރުން ހުނިހަކުރު ފޮޅި ނެގިއެވެ.

ކާން އިން އިރުވެސް އަފާގެ ނަޒަރު ހުރީ ނިހާދުއާ ދިމާލުގައެވެ. އެހެން ބަލަނިކޮން އެއްލި ކަޅިއަކުން ނިހާދު ކައިގެން ދާތަން ފެނިއްޖެވެ. ބުނެވެސް ނުލާ ނިހާދު ދިއުމުނ އަފާގެ ހިތުގައި ޖެހިއްޖެވެ. ދިވެހި ކެއުމަށް އައީވެސް ދެމީހުން އެކުގައެވެ. އެކަމަކު ދާންމި ޖެހުނީ އެކަނި ތާއެވެ. ހިތާ ހިތާ އަފާ ކިޔާލިއެވެ. ކައި ނިމުމުން ރީމާ ބޭނުން ވީ ބަނދަރަށް ދާށެވެ. ދިވެހި ހެދުމުގައި ތަސްވީރެއް ނަގާލުމަށެވެ.

ޔަސްފާމެންގެ އަމާޒު ހުރީ މޫދާވީ ފަޅިއަށެވެ. އެހިސާބާ ކައިރިވެވޭ ވަރަކަށް  ތަފާތު އިހްސާސް އެއް ކުރެވެން ފަށަފިއެވެ. ވަކި ހިސާބަކުން އަފާގެ ލޮލުގައި ފޮތިކޮޅެއް އައްސަދިފީއެވެ. ވާން އުޅޭ ގޮތެއް ރޭކައި ލާކަށް އަދިވެސް އަފާއަކަށް ނޫޅުނެވެ. ރީމާ އާއި ޔަސްއަކީ އަފާގެ އެންމެ ގާތް މިތުރުންނެވެ. އެންމެ ކުޑައިރުން ފެށިގެންނެވެ. އެމީހުން އަފާއަށް ދެރައެއް ނުދޭނެކަށް ޔަޤީނެވެ. އެހާވެސް އިތުބާރު އެކުދިންނާ މެދު މިއަދު އޮވެއެވެ. ޔަސްފާމެން އަފާ ގޮސް ބެހެއްޓީ ފިނިފެންމަލުގެ ފިޔައިން ހަދާފައިވާ ހިތެއްގެ ތެރޭގައެވެ. މިއީ ނިހާދުގެ އެންގުމަށް ކުރެވޭ ކަންތައްތަކެވެ.

ހިތުގެ ވަށައިގެން އަލިފާން ރޯވި ހިނދު އަފާގެ އަޅޭކުގެ އަޑު މުޅި ތާ ގުގުމާލިއެވެ. ލޮލުގައި ނއެޅުވި ފޮތިކޮޅު ދަމާގަނެވުނީ ގެން ބިރުންނެވެ.  ރަނގަޅަށް ހުރިހާ ދިމާލަކަށް ނަޒަރު ސިދާ ވެލުމާއެކު އަފާގެ ލޮލުގައި އަޅައިގަތީ ނިހާދެވެ. ހެވި ދިލިފައި ނިހާދު ހުރިއިރު އަތުގައި ރަތް ފިނިފެންމާ ބޮޑިއޮތެވެ. އެހެން ހުރެލާފައި ނިހާދު ވާހަކަދައްކަން ފެށިވެ. ” ކަލާއެވެ. މިވީ ކުޑަ ދުވަސްކޮޅު ތެރޭ އަހަރެންގެ ހިތް ކަލާ އަށް ދެވިއްޖޭ. ތިއީ އަހަރެންގެ އަލަތު ލޯތްބޭ. ކަލާގެ ތި ރީތި ދެ ލޯލާއި  ފަރި ހިނިތުންވުމަށް އަހަރެން ހާސްފަހަރު މިހިރީ ފިދާވުމަށް ތައްޔާރަށެވެ. ތި ދެ ލޮލުން އެންމެ ކަރުނަތިއްކެއް އަޔަސް މި ހިތް ހާސް މަރުން މަރުވެދާނެއެވެ. އެހާވެސް އަހަރެން ކަލާ ދެކެ ލޯބިވަމެވެ.  އެކީގައި އުޅެން ބޭނުންވެއެވެ. ކަލާ ތިއީ މިހިތުގެ ފިނިކަމެވެ. ދެ ލޮލޮގެ ނޫރެވެ. ހުރިހާވެސް އުއްމީދެވެ. ހަޔާތުގެ ބާކީ ދުވަސްތައް ކަލާ އަހަންނާއެކު ވާނު ހެއްޔެވެ؟ ތިއީ އަހަރެންގެ ހުވަފެންތަކުގެ ރާނީއެވެ. ފުރާނައިގެ ދިރުމެވެ. ހިތުގެ މަލިކާ އެވެ. އަހަންނަށް ޔަޤީނޭ ކަލާ އަހަރެން ދެކެ ލޯބިވެއެވެ. ވާހަކަ ކުރުކޮށްލަމުންވެސް ބުނަމޭ ” ޗާލޭ ކަލާ ހާދަ ރީއްޗޭ  ހަނދުވެސް ލަދުން އޮއްސިދާނޭ  ޗާލޭ ކަލާ ހާދަ ރީއްޗޭ ” ކަލާއަށްޓަކައި އަހަރެން ފުރާނައިންވެސް ޤުރުބާންވާނަވެ. ކަލާ އަހަރެންގެ މީހަކަށް ވާނު ހެއްޔެވެ.؟ މިދެއަތުގެ ހިމާޔަތް ކަލާޔަށް ލިބޭނެއެވެ. މިރޭ ކަލާ ވަރަށް ފަރިއެވެ. ނަލައެވެ.  ދެން ކަލާ ޖަވާބެއް ދީބަލާށެވެ. އަހަރެންގެ ހިތް ކަލާއަށް އެދި ތެޅި ފޮޅެނީ އެވެ. އަހަންނަށް ތިހެން ނުހަނދާށެވެ. މިހިތައް ލޯބިދޭށެވެ. ހިތުގައި ފިރުމާލަދޭށެވެ. ” ފަހަތުން ރީމާއައި ޔަސްފާ އެއް އަޑުން ގޮވާލިއެވެ. އާއެކޭ ބުނާށެވެ. އާއެކޭ ބުނާށެވެ. ހުއްޓައިނުލައި ކިޔަމުން ދިޔައެވެ. އަފާ ލަދުން ހުރެ އާއެކޭ ބުނެލިއެވެ. އެ އަޑަށް މުޅިތައް އަނދިރިވިއެވެ. ހީވީ ބާރު ތޫފާނެއް އައިހެންނެވެ. އަފާ ހަނދާނެއް ގޮތް ހުސްވެފައި ހުއްޓާ ތަން އަލިވެއްޖެއެވެ. ބިރުގެން ލެއް ބޮޑުކަމުން އަފާ ބޭނުންވީ ގެއަށް ދާށެވެ.  އެންމެ ހިނދު ކޮޅަކުވެސް މަޑުކުރާކަށް ބޭނުމެއްނުވިއެވެ.

ދެ ކުދިން ގެއަށް އައުން ލަސް ވެގެން ދޮރުމަތީ ޖޯލީގައި އިން އަފާގެ މަންމަ ސިހިގެން ދިޔައީ ކައިރީގައި އިށީން ކުއްޖާފެނިފައެވެ. އެއީ ހަމަ ގައިމުވެސް މިރަށު ކުއްޖެއް ނޫނެވެ. ދިގު ރަތް ހެނދުމެއްގައި ހުރި އެކުއްޖާގެ އިސްތަށިގަނޑު ވަޔާ ވިހުރިލަ ވިހުރިލަ ހުއްޓެވެ. ފުރަތަމަ ވާހަކަ ދެއްކީ އެކުއްޖާ އެވެ.” އަފާ މަންމަ ދޯ ތީ” އެކުއްޖާ އެހިއެވެ. ޖަވާބުގައި އާއެކޭ ބުނަމުން ދެން ސުވާލު ކުރީ  އަފާގެ މަންމަ އެވެ.” ތީ މިރަށު ކުއްޖެއް ނޫން ދޯ ކިހިނެއް އަފާ އިނގެނީ”  ރާނިޔާ ޖަވާބުދިނެވެ.” ހެއްހެއް އާ މި ރަށު ކުއްޖެއް ނޫން މީ މިރަށު ކުއްޖެއްގެ އަނބިމީހާ މީ ދެން އަފާ އާއި ދެންމެ މޫދު ކައިރިން ދިމާވީމަ އިނގުނީ” އަފާގެ މަންމަ އިތުރު ސުވާލެއް ތަކުރާރު ކޮށްލިއެވެ. “މި ރަށު ކާކުގެ ދަރިއެއް ”  ހީލަމުން ރާނިޔާ އެއީ ދިގު ވާހަކައެކޭ ބުނެ ފެށިއެވެ.” ތުނޑީ އަވަށު ފަރި ހައްވަ ދައްނަށްތައް މީހާރު މަރާލެވިފައިވާ މީހެއް އެއީ  އޭނަ ތިލަދުންމަތީ  މީހަކާ އިނދެގެން އެރަށުގައި އުޅުނީ އެތާ މަރާލީވެސް އެތަންވަޅު އެނާ ފިރިމީހާވެސް މަރާލެވުނީ އެމީހުންގެ ދަރިއާ އަހަރެން އިނދެގެން އުޅެނީ އަލީ ކިޔަނީ އެނާ މިރަށު ސުކޫލަށް ތަޖުރިބާ ހޯދަން އައިސް އުޅެނީ އެހެންވެ އޭނަފަހަތުން މިއައީ 01 އަހަރުގެ ދަރިފުޅުވެސް މަންމެންނާ ހަވާލުކޮށްފަ”ހުރިހާ ވާހަކެއް ރާނިޔާ ފައްޗަކަށް އަމުނާލިއެވެ . އަފާގެ މަންމަ އެހެން ހޭ އަހާލިއެވެ. އަދި ދަރިފުޅު މަންމަ  ހޯދާނެ ނޫންހޭ އަހާލިއެވެ. ފާނޑަކަށް ހީލަމުން ރާނިޔާ ބުންޏެވެ.”  ދަރިފުޅު އަހަންނަށް ބޭނުންވާ ކޮންމެ ވަގުތަކު ކައިރީގައި ހުންނަށް ބޭނުން އިރަކު ދަރިފުޅު ގާތަށް ދެވޭ މިރޭވެސް ދަރިފުޅު ނިންދެވީ އަހަރެންގެ އަތުން” އެ ވާހަކައިން އަފާގެ މަންމަ ބިރުގަންނަށް ގޮތްވިއެވެ. ޖަވާބެއް ނުދެވި އުޅެނިކުން ރާނިޔާ ވާހަކަދައްކަށް ފެށިއެވެ.” ތި ގޭގައި ނިހާދެއް އުޅޭ ދޯ އެނާ ތި ގޭ އަފާއަށް ލޯބި ހުށައަޅައިން އުޅެނީ މިރޭ ހެއްހޭ އަސްލު އެއީ މީހެއްގެ ފިރިއެއް ދަރިއެއްގެ ބައްޕައެއް މާގިނަ އިރު އިނދެވޭކަށް ނެތް ދެން ދަނީ މިރެއަށް  އަހަރެންގެ ނަމަކީ ރާނިޔާ މިރާޒު  އިނގޭ ދެން ވަރަށް ގިނައިން ބައްދަލުވާން ޖެހިދާނެ”

ހާސްވެ ކަންބޮޑުވެފައި އިން އަފާގެ މަންމަ ދިޔައީ އެއްލިގެންނެވެ. ކުރިމަތީ ތިބީ އަތުގުޅާލައިގެން ނިހާދާއި އަފާ އެވެ. އޭރު އެތާ ރާނިޔާ މިރާޒުގެ ހިލަމެއްވެސްނެތެވެ. އަފާމެންގެ ގުޅުމަށް ކުރިން އެދެވުނަސް މިހާރު ނިހާދަށް ސައްކުވެއްޖެއެވެ. ނިހާދު މީ ކާކުހެއްޔެވެ؟ ނިހާދުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ ރާނިޔާ އަކީ އިންސާނެއް ނޫކަށް އަފާގެ މަންމަގެ ހިއްސުތައް އެއްބަސްވާން މަޖުބޫރުކޮށްފިއެވެ. ދިރިއުޅުމުގައި މި އާ ދެވުނީ ވަރަށް އެހެން ކަހަލަ ހިސާބަކަށެވެ.

އެރޭ އަފާގެ ލޯލަކަށް ނިންޖެއް ނައެވެ. އަފާގެ މަންމަގެ ހާލަކީވެސް އެވެ. ދެލޯ މަރާލިޔަސް ސިފަވަނީ ރަތް ހެދުމުގައި ހުރި ރާނިޔާ މިރާޒެވެ.  ހިތައް ވެރިވި އެއްޗަކުން ލޮލުގެ ހިމަކޮޅުން ކަރުނައިގެ ރޮއްގެން ފާއްދާލިއެވެ. މިރަށު މީހުން އެއްއިރަކު ކިޔާ އުޅުނު ގޮތުގައި ހައްވަ އަކީ އެއްފަޅި ޖިންނިއެކެވެ. އެހެން މީހުންނަށް ފެނިގެން އުޅެވޭ ސަބަބަކީ އެއްފަޅި އިންސާނަކަށް ވާތީއެވެ.  ހައްވަގެ ނަސްލު އޮތީ ޖިންނާ ގުޅިފައެވެ. އެއީ ދެ ގޮތެއްނުވާ ހަޤީގަތެކެވެ. އެކަން ނޭނގުނީ ހައްވަ ލޯބީގެ ގޮތުން ގުޅުނު އިހަވަންދޫ އަރީފަށެވެ.  އަފާގެ މަންމައަށް ނުނިދާ ފީނަށް މި ޖެހުނީ މާދުރުގެ ހަނދާނަކާއެވެ.

ފަތިސްނަމާދަށް ބަނގި ގޮވުމުން އަފާ ނަމާދުކުރިއެވެ. ދުއާ ކުރިއެވެ.   ކުޑަ ވަގުތުކޮޅަކު ޤުރުއާން ކިޔަވަން މަޑުކޮށްލިއެވެ. ދެން ބޭރަށް ނިކުތެވެ. އޭރު އަފާގެ މަންމަ ޒަރީނާ ރޮށި ފިހަނީއެވެ. މަންމަ ފެނުމުން ދިޔަ ބާރު މިނުގައި ގޮސް އަފާ ބައްދާލިއެވެ. ރޭގެ ބިރުވެރި ވަގުތު ކޮޅު ކިޔައިދިނެވެ. އެވާހަކަ އަޑު އިވުމުން އަފާގެ މަންމަގެ ހިތަށް ވަނީ ރާނިޔާ ގެ ވާހަކައެވެ.”  މޫދުކައިރިން މި އައީ އަފާ އައި ބައްދަލުކޮށްލާފަ އެހެންވެ އެނގެނީ”  އެ ބިރުވެރި ސިއްކުންތުކޮޅަކީ ރާނިޔާ އައުން ކަން އަފާގެ މަންމައަށް ޔަޤީންވިއެވެ. އެއީ އިންސާނެއްގެ ކަމެއް ނޫންކަން އަފާގެ ރާގުން ޒަރީނާ ދެނެގަތެވެ. ހާސް ކަން ނުދައްކައި  ވޭތޯ ބަލަމުން ރޭނގަނޑު އެކަހަލަ ކަންކަން ހިނގާނެ ކަމަށް ބުނެ އަފާއަށް ވިސްނައިދިނެވެ. ދެން މީގެ ފަހުން މޫދުކައިރިއަށް ނުދާން ނަސާހެތެރިވިއެވެ.  ހެނދުނާއި ހަވީރުގެ ޛިކުރުތައް ކިޔައި ނަމާދު ކުރުމަށް އިރުޝާދު ދިނެވެ. މަންމަ އާއި ބައްދަލުވި އަންހެން ކުއްޖާގެ ވާހަކަ ބޭނުންވި އެންމެންނަށް ސިއްރުކުރާށެވެ  އެއީ މި ވަގުތައް އެންމެ ރަނގަޅުގޮތަށް ވާނެތީއެވެ.

ޒަރީނާ ގެ ހިތައް ހަމަޖެހުމެއް ނުލިބުނެވެ. ސިނކުޑީގައި  އެނބުރެމުން ދިޔައީ ރާނިޔާ މިރާޒުގެ ވާހަކަތަކެވެ. އެ ރީތި ކުއްޖާގެ ސޫރައެވެ .” ޒަރީ ކޮން ފިކުރެއްގައި” އަފާގެ ބައްޕަ ނަޖާހަށް ކެތްނުވެގެން އެހުނެވެ. އެތާ އެނާ ހުއްނަތާ މިހާރު ބައި ގަޑިއިރު ވަނީއެވެ. އެކަމަކު ޒަރީނާއަކަށް ރޭކާވެސް ނުލައެވެ. ބިރުވެރި އެއްޗެއް ފެނިގެން ސިހޭހެން ޒަރީނާ ދިޔައީ އެއްލިގެންނެވެ . ކުރިމަތީ ހުރި ޖިނާހު ފެނުމުން މަޑުމަޑުން ހަމަޖެހެމުން ޒަރީނާ ހީލިއެވެ. އަދި ކޮން އިރަކުހޭ ގެއަށް އައީ އަހައިފިއެވެ. “ކުޑައިރުކޮޅެއް ވެއްްޖެ ގެއަށް އައިސް މިތާ އިންނަތާ ޒަރީއަށް ރޭކާވެސް ނުލައެއްނު ދޯ” ޖަވާބުގައި ޖިނާހު ދޯއެއްލިއެވެ . އެއަށްފަހު އަނެއްކާވެސް ޒަރީނާ އާއި ސުވާލުކުރިއެވެ.” ކޮން ފިކުރެއް ތި ކުރަނީ އެކަނި އިނދެ ޒަރީ އަނެއްކާ ބަލީތަ މަގޭ ލޯބި ޒަރީ ” ސަމާސާ ރާގަކަށް ޖިނާހު ސުވާލު ނިންމާލި އެވެ . އެހެނަސް ޒަރީނާއަކަށް ނުހެވުނެވެ. މަޖަލެއްނުވިއެވެ. ކުރުކޮން ފޮނިކޮން މި އުޅެނީ ބޮލުގައި ރިހޭތީއޭ ބުނެލިއެވެ. ނަމާދުކޮށް ބޭސް ކައިގެން އަރާމު ކުރުމަށް އެދިފައި ޖިނާހުވެސް ދިޔައީ  މިސްކިތަށެވެ. އޭރު އަޝުރު ނަމާދަށް ބަންގި ގޮވަމުން ދިޔައެވެ.

ނިދާ ލެވުމުން ހަމަ ޖެހުމެއް ލިބުނަސް އިރުއޮއްސުމުން ބިރުވެރިކަން ހިތުގެތެރޭ ވަކި ހިއްޕާލިއެވެ. މިރޭވެސް ރާނިޔާ އާއި ބައްދަލުވެދަނޭ ހީވެފައެވެ. މިއަދު ކުރިމަތިލާން ޖެހޭނީ ކޮންފަދަ ކަމަކާ ކަމެއް ވެސް ނޭނގެވެ. މިއީ ހުސް އިމްތިހާނެވެ.

ހާއްސަ ބައްދަލުވުމަކަށް ސުކޫލަށް އަފާ މެން 21.00 ދިޔައެވެ. އަފާ އާމެދު ވިސްނަމުން ގޮސް ޒަރީނާ ބޭރު ޖޯލީގައި އިށީނެވެ.  އެތާ މީހަކު އިންހެން ހީވެގެން ބާލާލިއިރު މަޔޫސްވެފައި އިން ރާނިޔާ ފެނުނެވެ. ޒަރީނާ ބަލާލުމާއެކު ވާހަކަ ދައްކަން ފެށިއެވެ.” އަހަރެން މި އައީ އެއްވެސް ގޮތެއްނެތިގެން މިހާރު އަހަންނަކީ ކާކުކަން ދައްތައަށް އިނގޭނެކަމަށް މި ބަލަނިީ އަފާއާއި އަހެރެން ބައްދަލުވި ވާހަކަވެސް ކިޔައިދިނެއްނު ދޯ އެކަމާ އަހަރެންގެ ފިރިމީހާ އަހަންނަށް އަޑުލައިފި ވަރަށް އެއްޗެހި ކީ މީ ދުވަހަކުވެސް އޭނަ ކުރިކަމެއް ނޫން އެވަގުތު އަހަރުމެން ކުޑަ ކުޑަ ނީރާ އޮތީ ލޯބިކޮން ނިދާފަ އެކުއްޖާވެސް ބައްޕަ ގެ އަޑަށް ތެދުވެ ރޯންފަށައިފި އަހަރެން ދެކެ އޭނަ ލޯބި ނުވާކަންވެސް އެނގޭ މަންމަގެ ވަސިއްޔަތް ފުއްދަންކަން އޭނަ އަހަންނާއި އިނީވެސް އެކަމު އަހަރެން ހިތާ ފުރާނައިން ލޯބިވޭ އޭނަ ދެކެ ލޯބިވޭ ލޯބިވޭ” ގިސްލަމުން ރޮމުން ރާނިޔާ ވާހަކަ ދައްކަމުން ދިޔައެވެ. ” އަހަރެންނަށް ފެނޭ އަލީގެ ލޮލުން އަފާ ދެކެ ލޯބިވާވަރު އަމަލުން އެކަން ކަން ފެނޭ އަހަރެން އަބަދު މި ޖެހެނީ ރޯން ބުނެވޭނީ ރޭގަވެސް އެތައް އިރަކު ރޯލީމޭ މިއަދު އަންނަށް މި ޖެހުނީ ހަމަޖެހުމެއް ނުލިބުމުންނޭ ދައްތާ  އަހަރެން މީ އިންސާނެއް ނޫން އަހަރެން ގެ ނަސްލުވަނީ ޖިންނާ ގުޅިފައި ނަމަވެސް އަހަރެން ދަރިއަކީ ހުރިހާ ގޮތަކުން އިންސާނެއް ފިރިއަކީ އެއްފަޅި އިންސިއެއް އަނެއްފަޅި ޖިއްނިއެއް އަހަރެންގެ ފިރިމީހާ ބޭނުން އޭނަ އަހަށްނަށްދީ އާދޭސް ކުރަން މިކަން ކޮށްދީ ދައްތައާއި ދައްތަގެ ދަރިފުޅަށް އެއްވެސް ދެރައެއް ނުދޭނަށް މިއީ ވާ ވައުދެއް އަހަރެން އިންސާނުނަށް ރަހުމުކުރަން ހަމްދަރުދީވަން  މިކަން ކޮންމެ ހާލެއްގަވެސް ކޮށްދޭތި ދައްތަ މިރެއަށް ދަނީ ދެން” ދައްކަން ބޭނުންވި ހުރީހާ ވާހަކައެއް ދެއްކުމަށްފަހު ރާނިޔާ ގެއްލިއްޖެ އެވެ.  ނިހާދާއި އަފާ އޭރު އަށްނަށް ތަން ފެނެއެވެ. ކުރަން މި ޖެހުނީ އުނދަގޫ ކަމެވެ. ދަތިކަމެކެވެ. ހަޔާތުން ޖިންނިއަކާ ބަދަލުވެދާނޭ ހީކުރާނީ ކާކުހެއްޔެވެ؟ މިކަމާ ވެސް މި އޮތީ ކުރިމަތިވެފަ އެވެ. ދެން ކަންތައް ވަމުން އަންނަނީ ކިހިނެއް ބާއެވެ. އަފާގެ މަންމައަށް މިކަން ވެދާނެ ހެއްޔެވެ؟

Share Article

Follow Me Written By

Isnaa

Level 610 Stories100 Comments100 Login100 Stories500 Login

އަޅުގަނޑުގެ ނަމަކީ އިސްނާާން އަހުމަދު އެވެ. ވާހަކަ ލިޔުމަކީ އަޅުގަނޑު ވަރަށް ކުރާހިތްވާވާކަމެކެވެ. އެއްވެސް ސުވާލެއް ވާނަމަ ވަކިން މެސެޖެއްކޮށްލާ 🥰🤗✍️💐☺️ Snap: (aishathisnan24) https://www.snapchat.com/add/aishathisnan24?share_id=fiCBd2AhEQs&locale=en-US https://www.instagram.com/aisha_th_isnan?igsh=MWFpc3B6aTU5ZWtteQ==

Other Articles

Previous

ފުރަތަމަ ނަޒަރުން (7)

Next

ނޭވާ ލާ ހިނދު ހީވޭ ގާތުގާ ވާހެން 16

Next
January 17, 2025

ނޭވާ ލާ ހިނދު ހީވޭ ގާތުގާ ވާހެން 16

Previews
January 17, 2025

ފުރަތަމަ ނަޒަރުން (7)

8 Comments!

  1. cutie girl says:
    January 17, 2025 at 12:51 pm

    mi part ves v reethi masha allah
    curiously waiting for next part
    keep it up
    afaa and nihaad dhuru nukurachey
    they both are made for each other

    1. Isnaa says:
      January 17, 2025 at 3:46 pm

      Thanks you 🥰
      Afaa and nihaadhu vaki vany ingey 🥲

  2. The GHOST says:
    January 17, 2025 at 1:43 pm

    Oh the my the goddddddd!!!!!!!
    Very curious
    he is from a ghost family lol!!!
    When next

  3. Isnaa says:
    January 17, 2025 at 3:47 pm

    Thanks you 🥰
    Nihaadhu akee ghost eh
    Next part vrh avahah kiyaalan libeyne IA 🤗

  4. The GHOST says:
    January 17, 2025 at 6:39 pm

    Wait!!!!
    You a boy????
    Like what the heck????
    I thought you were a girl
    Wait I’m still in a confusion
    You a girl or a boy????

  5. Isnaa says:
    January 17, 2025 at 7:18 pm

    އަޅުގަނޑަކީ އަންހެން ކުއްޖެއް
    އެއްވެސް ސުވާލެއް ކޮށްލަން އޮތިއްޔާ
    🤗 !އަޅުގަނޑަށް ވަކިން މެސެޖެއްކޮށްލާ

  6. The GHOST says:
    January 17, 2025 at 7:22 pm

    Pic ga kon isnaan ahmed eh liyefa tha??
    Ehenve olhuny lol!!

    Anyways nihaadh is from my family he’s my brother….. lmao!!!!!!

  7. Isnaa says:
    January 17, 2025 at 8:25 pm

    އަޅުގަނޑުގެ ނަމަކީ އިސްނާާން އަހުމަދު
    އަޅުގަނޑުގެ ވާހަކައިގަ ބޭބެގެ ނަށް އޮތުން އެއީ އިއްތިފާގެއް
    !އިތުރު ސުވާލެއް އޮތިއްޔާ ވަކިން މެސެޖެއްކޮށްލާ!
    https://www.instagram.com/aisha_th_isnan?igsh=MWFpc3B6aTU5ZWtteQ==
    🤗 !ސުކުރިއްޔާ

Comments are closed.



All Right Reserved!