Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައުފެއްދުންތެރި ލިޔުންއެހެނިހެންލޯބި

ކަލާގެ ހައްގުގައި ފަސްވަނަބައި(ރާހޫލު އެނބުރި ދުނިޔެއަށް ނޭވާލާނެބާ)

Isnaa Level 610 Stories100 Comments100 Login100 Stories500 Login
January 30, 2025 5 Mins Read
2 Comments

ވެއްޓިފައި އޮތް ރާހޫލު ފެންނަނީ ނުމާނުބެއަށެވެ. ހުޅުވާފައި ހުރި ދޮރުން ޒުނާނާ އާއި ލަޒާނުގެ ތަސްވީރު ރީތި ކޮން ފެންނަަށް ހުއްޓެވެވެ. އަވަސް އަވަހަށް ދޮރު ލެއްޕުމަށްފަހު ހަސްފަތާލަށް ރާހޫލު ގެންދަން ބޭބެ ތައްޔާރުވިއެވެ. ޔަޒުލުގެ ދެމަފިރިންނަަށް ގުޅައި އެކަން އެންގިއެވެ.

ހަސްފަތާލަށް ދެވުނު އިރު މާ ބޮޑަށް ލަސްވީއެވެ. ” ހާރޓު އެޓޭކެއް” ޖެހި ރަނގަޅު ނުވެ ރާހޫލު އޮތީ ކޯމާއަށް ގޮއްސައެވެ. މިއީ ރާހޫލު ކޯމާއަށް ދިޔަ 02 ވަނަ ފަހަރެވެ.  އެފަހަރު 04 ދުވަހުން ހޭއެރިޔަސް މި ބުރު އަހަރުތަކަށް ދިގުލައިގެން ދިއުމަކީ އެކަށޭނަ ކަމެއްކަމަށް ޑޮކްޓަރުން ފާހަގަކުރެއެވެ. ކޮންފަދަ ހިތްދަތި އަހަރުތަކެއް ހެއްޔެވެ؟  ރާހުލަށް ދެން ދުނިޔެއަށް ނޭވާ ލުމުގެ ފުރުސަތެއް ނެތީބާއެވެ.  އަބަދު ދެރަގޮތް ރާހޫލަށް   މިވަނީ ކީއްވެބާއެވެ. އެފަކީރުގެ ކުށަކީ ކޮބައިހެއްޔެވެ؟  އަނެއްކާ މީހަކަށް ރާހޫލު ދެރައެއް ދީފަ ވީހެވެ. އެއް ކަމެއް ވެސް ނޭނގެއެވެ. އެހެން ކަންތައް ދިމާވުން އެއީ މާތް ﷲ ގެ ނިޔާފުޅެވެ. ޤުދުތެއްޕުޅެވެ. އަހަރުމެން ޖެހޭނީ މިކަންކަން ޤަބޫލުކުރުމެވެ. އެނޫން އެހެން ގޮތެއް ނޯއްނާނެއެވެ. އެއްވެސް މީހަކަށް ތަޤުދީރު ބަދަލެއް ނުކުރެވޭނެއެވެ. ތަޤުދީރުގައި ވާން ހުރި ކަމެއް ނުވެ ނުދާނެއެވެ. ޝުކުރުކޮށް ލައިގެން ތިބުން ނޫން އިތުރު ގޮތެއް އަހަރުމެންނަށް އޮއްނާނެ ހެއްޔެވެ؟

އަހަރުމެންނަށް މިއަދު އޮތް އެންމެ މޮޅު ގޮތަކީ   ނަމާދުކޮށް ރާހޫލަށް ހެޔޮ ދުޢާކޮށް ދިނުމެވެ. އަވަސް މުސްތަޤުބަލުގައި ރަނގަޅުވުންއަދާއެވެ.

އެކި މީހުން މާތް ﷲ  އިމްތިހާނު ކުރައްވާނީ އެކިގޮތަށެވެ.  އެކަން ހަދާން ކުރަންވާނެއެވެ. ހަޔާތުގެ ޒުވާން އުމުރު ބަލި އެނދުގައި އޮންނަށްވެސް ޖެހިދާނެއެވެ. ފަހުން ހެޔޮ އަމަލުކުރަން ހަދައިގެން އޮންނާނީ ނުވެފައެވެ. ހަށިގަނޑުގައި ބުންވަރާ ހަކަތަ ހުރި ދުވަހު ނަމާދަށް ސަމާލުވާށެވެ. އުޅެވެން ހުރި އެންމެ ރަނގަޅަކަށް އުޅެން އާދަ ކުރާށެވެ. މާތް ﷲ ނަހީކުރެއްވި އެންމެހާ ކަމަކުން ދުރުހެލިވާށެވެ. ދުނިޔޭގައި ދިރިއުޅެން ވާނީ ވަގުތީ ތަނެއްކަން ހަދާންކުރަމުންނެވެ.

އަބަދުވެސް ކޮންމެވެސް އެކަކު ރާހޫލު ކައިރީ އިނދެއެވެ. ހިތްހަމަ ޖައްސައިދީ އުފާކޮށްދޭން ވާހަކަ ކިޔައިދި ހަދައެވެ.  ރާހޫލު އޮއްނަނީ ގޭގެ ވަކި ހާއްސަ ކޮޓަރިއެއްގައެވެ. ޒުނާނާ ހޮޑުލާން ފެށީ އެދުވަސްވަރު އެވެ. ޑޮކްޓަރަށް ދައްކައި ހެދުނު ޓެސްޓު ތަކުން ދައްކާ ގޮތުގައި ޒުނާނާ ގެ ބަނޑަށް މަހެއް ވީއެވެ. ލިބުނީ އުފާވާކަހަލަ ޚަބަރެކެވެ. އެހެނަސް މިއަދު އުފާވެގެން ކުރާނީ ވަކި ކޮންކަމެއްހެއްޔެވެ؟ ދަރިފުޅުގެ ބައްޕަ “ކޯމާ” އެއްގައި އޮއްނަތާ ދެ ހަފްތާ ފާއިތުވެ ދަނީއެވެ.

ދަރިއެއް ބޭނުން ވެގެން ވަރަށް ރާހޫލު އެ ވާހަކަ ދައްކާނެއެވެ. ބައްޕާ އޭ ކިޔާފައި  ދަރިއަކު ގޮވާލާނެ ދުވަހަކަށް އެދޭކަމަށް ބުނެއެެވެ. ހުސްނުވާހާ ލޯބި އިންތިހާއަށް ދޭނެކަމަށް އަބަދުވެސް ކިޔައި އުޅުނެވެ. ޒުނާނާވެސް އޭނާއަށް މަންމާއޭ ކިޔާލަފައި ދަރިއަކު ގޮވާލާނެއް ދުވަހެއް ދެކެން ނުހަނު ބޭނުންވެއެވެ.

ދެ މީހުންގެ ދޭތެރޭ މި ކަމެއް ހިނގީ މާމުއި ހަނދުގެ ދަތުރުގެ ތެރޭގައެވެ. އެކަމަކު  އެކަންވީ އެންމެ ރަނގަޅު ވަގުތަކު ނޫނެވެ.  ސަބަބަކީ ރާހޫލުގެ ލޮލަށް ވެސް ރަނގަޅު ބޭހެއް ނުކުރެވޭތީ އެވެ.  ޒުނާނާގެ ހިނގުމުގައި ވެސް މައްސަލައެއް އުޅޭތީއެވެ.

ގޭގެ މީހުންނަށް މި ޚަބަރު ދޭނީބާއެވެ. އަދި ނުދީ މަޑުކޮށްލާނީބާއެވެ. ޒުނާނާ ހުރީ ހަނދާނެ ގޮތް ހުސްވެފައެވެ. ކަންތައް ކުރަންވީ ގޮތެއް ނޭނގިފައެވެ. ކަންތަން މިވީ ފަހަރުގައިވެސް ބޭނުންވި ގޮތަކަށް ނޫނެވެ.  ސަބަބަކީ ފިރިމީހާއަށް ވެސް  ވާއެއް ނުވާ އެއް އެނގެނީ ކީ އެއް ނޫނެވެ.

އެ ވާހަކަ ނުބުނެވި އުޅެނި ކޮން  ރާހޫލުގެ މަންމައަށް އެކަން އެނގިގެން އަހާފިއެވެ. ” މަންމައަށް ހާދަ ހީވެޔޭ ދަރިފުޅު ބަނޑުބޮޑު ހެން”  އަހަރެން އާއެކޭ ބުނީމެވެ. މަންމަ ހިނިތުންވެލައިފައި އަހަރެންގެ ބަނޑުގައި ފިރުމާލިއެވެ. މާމަ ދަރިއެއް ލިބެން އުޅޭކަން ޔަޤީންވުމުން ހުރީ ވަރަށް އުފާވެފައެވެ. ގޭތެރޭގެ އެއްވެސް ކަމެއް ދެން ނުކުރުމަށް މަންމަ އެދުނެވެ. ލިބެން އުޅޭ ދަރިފުޅަށް ގެއްލުމެއް ލިބިދާނެ ތީއެވެ.

ޒުނާނަށް މީރުވާނެ ހުރިހާ އެއްޗެއް ހުސްނުކޮން ގޭގައި ހުރެވެ. ކާ ކޮޓަރީގައި ހުރި ބޮޑު އަލަމާރިގައި ނެތް ވައްތަރެއްގެ މޭވާ އެއް ތަރުކާރީއެއް ނުހުއްނާނެވެ. އަފާލާއި އޮރެންޖާ މެލަންއާ ކަރާއާ ދޮން އަނބާ މިހެން ގޮސް ކިޔާނެކަމެއް ނެތެވެ. ތަރުކާރީގެ ބާވަތްތަށް ނަށް ހުސްކޮން އެބަހުއްޓެވެ. ތަފާތު ވައްތަރުގެ ޖޫހާއި އައިސްކްރީމުން އަލާމާރި ހުރީ ޖަރީވެފައެވެ.

ލާން ގެންގުޅޭ ހެދުންވެސް ދޮއްނަނީ މަންމައެވެ. އެވަރުކަމެއް ވެސް ޒުނާނާ ކުރާކަށް ގޭގެ މީހުން ނޭދެއެވެ. އެހާވެސް ލޯތްބާއި އަޅާލުން ދެމުންދިޔައެވެ.

ދުވަސްތައް ފާއިތުވެ ދިޔަ ގޮތެއްވެސް ޒުނާނާ އަކަށް ނޭނގެއެވެ. ލޮލުފިޔައި ޖަހާލެވޭހަ  އަވަހަށް 09 މަސް ފުރިގެން ހިނގައްޖެއެވެ. ވިހަންދީފަ އިން ތާރީޚުގެ ކުރިންވެސް ވިހެއުމަކީ އެކަށޭނަ ކަމެކެވެ.

ދަރިފުޅަށް ބޭނުންވާނެ ހުރިހާ އެއްޗެއް ހުރީ ބައްޕަމެން ހަމަކޮށް ދީފައެވެ. މި ވޭތުވެދިޔަ ދުވަސްތަކުގައި ޒުނާނާ ގިނަވަގުތު ހޭދަކުރީ ރާހޫލުގެ ކޮޓަރީގައެވެ. އެއްވެސް މީހަކު ރާހޫލު ބައްޕަ އަކަށް ވާ ވާހަކަ އެއް ނުދައްކައެވެ. ޑޮކްޓަރުގެ އެދިލެއްވުމުގެ މަތިންނެވެ. އެ ފަދަ ޚަބަރެއް އިވުމުން ދެރަގޮތެއް ވުން އެކަށޭނަ ކަމަށް ވާތީއެވެ. ކޮންމެ ކޮންމެ ކަހަލަ ވާހަކައެއް  ރާހޫލުގެ ކޮޓަރީގައި ނުދެއްކުމަށް ވެސް ޑޮކުޓަރުން ވަނީ ބުނެފައެވެ.

” މަންމާ އާ އާ އާ” ޒުނާނާގެ އަޑަށް ބަދިގޭގައި ހުރި ރާހޫލުގެ މަންމަ ދިޔައީ އެއްލިގެންނެވެ. ދުވެ ބަޑި ބަޑި އަޅައިފައި އައިރު ހީވަނީ ކަމަކާ ވަރަށް ހާސްވެފައި ހުރިހެންނެވެ. އޭރު ވިހަން ޒުނާނާ ބަނޑުގައި ރިއްސާތީ ތެޅި ފޮޅެ ނީއެވެ.

ހަސްފަތާލަށް ގެންދިޔަ ފަހުން ވެސް 04 ގަޑިއިރުވެގެން ދިޔަ އިރުވެސް ޒުނާނާ ޚަބަރެއް ނުވެއެވެ. އެންމެ ހާސްވެ ކަންބޮޑުވެފައި ތިއްބާ ނަރުހަކު އައިސް ހުއްޓި ވާހަކަ ދައްކަން ފެށިއެވެ.”  ދެމައިންގެ ހާލު ވެސް ވަރަށް ދެރަ ” ނަރުސްކުއްޖާ ބުންޏެވެ. ދެ މައިންގެ ހާލުދެރައެވެ. ވީ އެންމެ އަވަހަކަށް ލޭ ހޯދައިދޭށެވެ. ލޭ ނުލިބިއްޖެއްނަމަ ފުރާނައަށް ގެއްލުން ވުމަކީ އެކަށޭނަ ކަމެކެވެ. އެފަދަ ނާޒުކު ހާލަތެއްްގައި ލޭ ހޯދުން ވީ ވަރަށް ދަތި ކަމަށެވެ. އެތަން މިތަނުގައި ލޭ ހޯދުމަށް އިއުލާން ކުރެވުނެވެ. ދަންނަށް މީހުންނާއި ގުޅައި ލެއަަށް އެދި ޔަޒުލް އާދޭސްކުރަމުން ދިޔައެވެ.

ލޭ ކޮޅެއް ލިބޭވަރުވީ ވަރަށް  މަސައްކަތުންނެވެ. ޑޮކްޓަރުންނާއި ނަރުހުންގެ ބުރަ މަސައްކަތުން ޒުނާނާގެ ދެމައިން ސަލާމެތް ކުރެވުނީ ހަމަކިރިޔާއެވެ. ކުޑަ ވަގުތުކޮޅެއް ލަސްވިނަމަވެސް ދުނިޔެ އާއި މުޅި އުމުރަށް އަލްވަދާއު ކީހެވެ. މިއީ ނަރުސް ކުދިން ބުނި އެއްޗެކެވެ.

ޒުނާނާގެ ދެމައިން ހަސްފަތާލުގައި  ހަފްތާއެއް ތިބެން ޖެހުނެވެ. އެއީ ކުޑަ ދަރިފުޅު ރީދޫ ވުމުގެ ސަބަބުން ނާސާރީއަށް ލާންޖެހިގެންނެވެ. އަދި އޮޕަރޭސަން ކޮށްގެން ދަރިފުޅު ނަގަން ޖެހުމާވެސް އެކުއެވެ.

ގެއަށް ހީވަނީ އީދެއް އައިސްގެން އުޅޭހެންނެވެ.  މިއިން ދުވަހަކު ގޭތެރޭ ހަލަބޮލި ނުވާ ވަރަށް މިއަދު މިވަނީ ވެފައެވެ. 07 ދުވަސް  ފުރިގެން ނަށް ކިޔުމުގެ އުފާވެރި މެހެފިލަށް ތައްޔާރުވަނީއެވެ. މަންމަގެ ގާތް އެކުވެރިންނާއި ގޭ ކުދިން ގެނެސް ގެން ކެއުމެއް ހަދަނީއެވެ.

ދަރިފުޅަށް ދޭނެ ނަމަކާ މެދު ލައްކަ ފަހަރު ޒުނާނާ ވިސްނިއެވެ. އެންމެ ފަހުން ނިންމީ ރަހޫލާ ގުޅޭ ގޮތަކަށް ނަށް ދޭށެވެ. އެގޮތުން  އާއިލާ އެންމެނަށް އެއްބަސް ވެވުނު ނަމަކަށްވީ “ހީރާ ބިންތު ރަހޫލު ޔަޒުލް” އެވެ.  ފުން މާނައެއް އެކުލެވޭ ކުރު ނަމެކެވެ. ރާހޫލުގެ  މެދު އަކުރާ ފުރަތަަމަ އަކުރުން ތައްޔާރު ކުރެވެނު ކޮންފަދަ ހިތްގައިމު ނަމެއް ހެއްޔެވެ؟

ބަކަރި ކަތިލައި އައްޑޫ ހަވާދުގައި ރިހަކައްކައި ދެ ވައްތަރުގެ ބަތް ކައްކާފައި ހުއްޓެވެ. ނޫޑުލީހާ ކުކުޅާއި ފަރާޓާވެސް ހުއްޓެވެ. ދެތިން ވައްތަރުގެ ފޮނި އެއްޗެހި ވެސް  ހަދާފައި ހުއްޓެވެ.  އޮރެންޖު ޖޫހާއި ކަރާ ފަންޔާއި ސާގުފަނީގެ ކޫލަރުތައް ބަރި ޖަހާލައިފައި ހުރި އިރު ތަފާތު ގޮތެއް ހުއްޓެވެ.

އެހެން ކުދިންނާއި ހިލާފަށް ހީރާ ވަރަށް ބަސްއަހަ އެވެ. ބޮޑާ ހާކައި ރޮއެ ހަދާލެއް މާ ބޮޑަށްވެސް މަދެވެ. އެހެންކަމުން ހީރާ ބަލަށް ވަރަށް ފަސޭހަވެއެވެ.

ހީރާއަށް 03 އަހަރުވެގެން ހިނގައްޖެއެވެ. އަހަރުތައް ދިޔައީ ވަރަށް ބާރު މިނުގައެވެ. ކުޑަކުދިންގެ ހާއްސަ ސުކޫލަކަށް އިސާހިތަކު ހީރާ ލެވުނެވެ. ކިޔެވުމުގައި ހިރާ ވަރަށް ތޫނުފިލި ކަމަށް ދައްކައެވެ. ފަރިތަކޮން ހާ ށަވިޔަނި ވެސް  ހަފްތާއެއް ތެރޭ ދަސްކޮށްފިއެވެ. އެހާ އަވަހަށް އައްމާފޮތުން ކިޔަވަން ފަށަން ޖެހުނެވެ. އެ އުމުރުގެ ކުއްޖަކާއި ބަލާފައި ހީރާ ވަރަށް ރީތިކޮށް ފަރިތަކަމާއެކު ކިޔަވައެވެ. އެއީ ޒުނާނާ އެންމެ ފަހުރުވެރިވާ  އެއް ކަންތަކެވެ.  ދިނީ ކަންތަކަށް ހީރާ ލޯބިކުރާ ތީއެވެ. އަނެއް ކޮޅުން މުއްޝަފުން ކިޔަވަން ވެސް  އުޅޭނެއެވެ.

ބައްޕަގެ ވާހަކަ އަހާއި ހީރާ ސަކުވާ ކޮށްހަދަނީ ވަރަށް މަދުން ނެވެ. ސަކުވާއެއް ކުރެވޭނީވެސް  ކިހިނެއް ހެއްޔެވެ؟  އެވަރަށް އެ ކުޑަ ކުޑަ ސިނކުޑިއަށް ނުވެސް ވިސްނޭނެއެވެ. އެއީ އަދި އެންމެ 04, ވަރަކަށް އަހަރުގެ ކުއްޖެކެވެ.   ކާފަމެން ވެސް ހިރާއަށް  ބޯކޮން ލޯބި ދެމުންދިޔައެވެ. ކޮންމެވެސް ދުވަހަކުން ބައްޕައާއި ބައްދަލުވާނެކަމަށް ބުނެ ހިތްވަރުދީ ހަދައެވެ. ބައްޕަ ހީރާ ދެކެ އިންތިހާ ލޯބިވާނެކަމަަށް ބުނެ ވިސްނައިދީ ހަދައެވެ. އެހެންވެ ހީރާ ހުއްނަނީ އުއްމީދެއްގައެވެ.  ލޯބިން ބައްދާލާ ބައްޕަ ހިރާ އުރާލައިގެން ދުވެލާނެ ދުވަހަކަށް  އިންތިޒާރު ކުރަމުންދިޔައެވެ.

07 އަހަރުފަސް

އެތައް އަހަރެއް ފާއިތުވެ ދިޔައީއެވެ. އާދެ 07 އަހަރުވީއެވެ. އަދިވެސް ރާހޫލުގެ ފަރާތުން  ރަނގަޅު ވާ ކަހަލަ އެއްވެސް އިޝާރާތެއް ނުވެއެވެ  އަލަތު ކައިވެންޏަށް ލިބުނު ދަރިފުޅުގެ އުމުރުން ވެސް 07 އަހަރު ފުރެންދަނީއެވެ. ސުކޫލަށް ވައްދައި އުމުރު ޖެހުނީއެވެ. ގުރޭޑު 01 އަކަށް ކިޔަވަން ދެވުމުން ތަފާތު ސުވާލުތަކާއި ހީރާ އާއި އަމާޒުވާނެ އެވެ. އެކަމަށް ތިބެން ޖެހޭނީ ތައްޔާރުވެގެންނެވެ.

ހުޅުވިފައި ހުރި ދޮރުން ހީރާ ވަދެގެން ދިޔައެވެ. އޭނާގެ މިސްރާބު ހުރީީ އެނދާ ދިމާލަށެވެ. އެނދުކައިރީ ހުއްޓިފައި އަވަސް ނަޒަރެއް ހީރާ ބައްޕައަަށް ދިނެވެ. މަޑުމަޑުން ހުރެލާފައި ހީރާ ވާހަކަ ދައްކަން ފެށިއެވެ.” ބައްޕި އަބަދު ކީއްވެ  ނިދާފަ އޮއްނަނީ ކޮއްކޮ ދެެރަވޭ ބައްޕި އާއެކު ކުޅެންވެސް ބޭނުން ކޮއްކޮ އުރާވެސް ނުލަމެއްނު ދޯ ބައްޕާ” އެހެން ބުނެފައި ހީރާ އޭނާގެ ބައްޕަގެ އަތުގައި ހިފާ ލުމުން އެ އަތް ހަރަކާތް ކޮށްލިއެވެ. އަނެއްކާ ވާން މިއުޅެނީ  ކިހިނެއްބާއެވެ.    އެތައް އަހަރަކު އެހެން ކޯމާގައި އޮއެއް އިރުވެސް އެވަރު ކަމެއް ވެފައެއް ނެތެވެ.  އެހެން ކަމުން މީއީ އުފާ ކުރަން ޖެހޭ ވަރުގެ ކަމެކެވެ. މިކަމުން ހީވަނީ ކިހިނެއް ހެއްޔެވެ؟  އަނެއްކާ މި އުޅެނީ ރާހޫލު ހޭ އަރަން ބާއެވެ.

ނުނިމޭ

Share Article

Follow Me Written By

Isnaa

Level 610 Stories100 Comments100 Login100 Stories500 Login

އަޅުގަނޑުގެ ނަމަކީ އިސްނާާން އަހުމަދު އެވެ. ވާހަކަ ލިޔުމަކީ އަޅުގަނޑު ވަރަށް ކުރާހިތްވާވާކަމެކެވެ. އެއްވެސް ސުވާލެއް ވާނަމަ ވަކިން މެސެޖެއްކޮށްލާ 🥰🤗✍️💐☺️ Snap: (aishathisnan24) https://www.snapchat.com/add/aishathisnan24?share_id=fiCBd2AhEQs&locale=en-US https://www.instagram.com/aisha_th_isnan?igsh=MWFpc3B6aTU5ZWtteQ==

Other Articles

Previous

އަބަދުވެސް ލޯބިވާނަން 1

Next

ޕިޔަދަ10&9

Next
January 30, 2025

ޕިޔަދަ10&9

Previews
January 30, 2025

އަބަދުވެސް ލޯބިވާނަން 1

2 Comments!

  1. Cutie girl says:
    January 30, 2025 at 2:42 pm

    Mi part ves v reethi masha Allah
    Curiously waiting for next part
    Keep it up
    Rahool hey aran ulhey hen haavani
    Junaana and rahool ah baby eh libuny congra ❤️👏😉
    I think rahool junaana divorce kuraane hen
    Kobaa mihaaru lazaan
    I appreciate your hard work
    When next

  2. Isnaa says:
    January 30, 2025 at 10:04 pm

    Thank you “cutie girl” 💗💐
    Yes rahool hey aran ulheynee 🥰
    Yes baby eh libunee zunaa and rahool ah🤗
    Lazaan ves eba ulhey ingey🫣
    Thank you 😊

Comments are closed.



All Right Reserved!