ކަލާގެ ހައްގުގައި ދެވަނަބައި (ރާހޫލުގެ ލޮލުގެ ފެނުން ގެއްލުން)
ހަފްތާއެއް ފާއިތުވެ ދިޔައިރުވެސް ލަޒާނުގެ ޚަބަރެއް ޒުނާނާއަށް ނުވިއެވެ. އެކަމު ދެވޭހާއި އަވަހަކަށް ސިޓީއެއް ފޮނުވާނެކަމަށް ލަޒާނު އޮތީ ބުނެފައެވެ. ގުޅޭނެ ނަށްބަރާ އެއްޗެހި އޭގައި ލިޔެފަ ފޮނުވިމާ ގުޅަށް ޖެހޭނެ ކަމަށް ލަޒާނު ވަނީ އަންގާފައެވެ. ލަޒާނުގެ ޚަބަރެއް ނުވެދާ ކޮންމެ ދުވަހަކީ ޒުނާނާއަށް ވޭނެކެވެ. ނުމާނުބެ ގާތުވެސް އެތައް ފަހަރަކު ލަޒާނުގެ ވާހަކަ އެހިއްޖެއެވެ. ބޭބެ ޖަވާބު ސާދާ ވެފައި ކުރެއެވެ. ސިޓީއެއް ނުލިބެއެވެ. ހާލެއްނޭނގެއެވެ. އެއީ ބޭބެގެ ފަރާތުން ޖަވާބު އަށްނަށް ގޮތެވެ.
ލަސްތަކެއް ނުވެ ޒުނާނާގެ ކިޔެވުން ވެސް ފެށިއްޖެއެވެ. ވަގުތުތައް ދިޔައީ އެހާ ބުރަކޮށެވެ. އެހެނަސް ލަޒާނުގެ މަތިން ހަނދާން ނެތޭ އެންމެ ވަގުތެއް ވެސް ނުދެއެވެ.”ޔުނިވާސިޓީން” ގެއަށް ހިނގަ ހިނގާ ވެސް ޒުނާނާ ހުންނަނީ ބަލިވެފައެވެ. ދެމަހެއް ތެރޭ ތަޖުރިބާ ހޯދަން ޑިއުޓީއަށް ނިކުންނަ ވެސް އޮތީ ބުނެފައެވެ . އޭރުން ވަކިން ބުރަވާނެއެވެ. ހުރިހާ ތާކަށް ދަތުރު ކުރަން ޖެހެނީ ހިނގާފައެވެ. ސައިކަލެއް ކާރެއް ދުއްވާކަށް އެނގެނީ އެއް ނޫނެވެ. މާލޭގެ މަގުތައް އެހާ ހޫނެވެ. ހިޔާ ދޭނެ ގަހެއްހާ ހިސާބުވެސް ގިނަ މަގުތަކުގައި ނުހުރެއެވެ.
ހުކުރު ދުވަހު އެއްވެސް ތާކަށް ދާކަށް ނުޖެހުނެވެ. އެހެންކަމުން ގޭތެރެ ސާފުކޮށް އެއްޗެހި ދޮވެ ހަދާލީމެވެ. މެންދުރަން މީރުކޮން ކައްކާ ހެދީމެވެ. ކޮންމެ ހަފާތާއެއްގެ ވެސް ހުކުރަކީ ހުރިހާ އާއިލާއަކަށް ވެސް އެންމެ ހާއްސަ ދުވަހެވެ.
މެންދުރު ބޭބެމެން ހުކުރުން އަންނަށް ވިއިރު މޭޒަށް ކާ އެއްޗެހި އެރުވީމެވެ. ފެންވަރާ ނަމާދުކޮށް ރީތިވީމެވެ.
މުޅި ގޭގައި ދުވަމުން ދިޔައީ ކާތަކޭތީގެ މީރުވަހެވެ. ކުކުޅާއި “ފަރާޓާ” އާއި ތަރުކާރީ ބަތެވެވެ. ހަލުވިދާ އާއި ޕިރީނީއެވެ . މީރު ނުވާންވީ ކީއްވެ ހެއްޔެވެ؟ ކުރުނބާ ފަންޔާއި ކަރާ ފަންޔެވެ. މިއީ ބޭބެ އަށް އެންމެ މީރު އެއްޗެއްސެވެ.
ކާން ފަށަމުން ބޭބެ ދިނީ އުފާވެރި ޚަބަރެކެވެ. ލަޒާނުގެ ސިޓީއެއް ލިބުނީ އެވެ. އޭގާ އޮތީ ހާލު ރަނގަޅު ކަމަށާއި ކިޔެވުން ފެށުނު ވާހަކައެވެ. ވަގުތު ވާވަރަކުން ބައްޕައަށް ސިޓީ ފޮނުވާނެކަމަށް އޭގައި އޮތްކަމަށް ބޭބޭ ބުންޏެވެ. ރާހުލް އާއި ސަލްސާލާއަށް ވަރަށް ސަލާން ބުނެފައި އޮތް ކަމަށް ވެއެވެ. ޒުނާނާގެ ނަށް ވެސް ސިޓީގައި ނެތުމުން ހިތުގައި ޖެހުނެވެ. އިންތިހާއަށް ދެރަވިއެވެ. ކާން އެޅި ބަތްކޮޅުވެސް ހުސް ނުކޮށް އުކާލެވުނެވެ. ކާ ހިތް ކެނޑުމުންނެވެ. ބާރު ބާރަށް ކޮޓަރިއަށް ގޮސް އެތައް އިރަކު ރުއީމެވެ. ވީ ދެރަ އިންނެވެ.
ހަފްތާތައް މަސްތަކަށްވެ މަސްތައް އަހަރުތަކަށްވެ ދުނިޔެ ދާމަގުން ހިނގަމުން ބާރު އަޅަމުންދިޔައެވެ. މި ވޭތުވެދިޔަ އަހަރު ނިމިގެން ދިޔައިރު ލަޒާނުގެ އެންމެ ސިޓީއެއްވެސް ޒުނާނާއަށް ނުލިބެވެ. ރާހޫލް އަށާއި ބޭބެއަށް ސިޓީއާއި ހަދިޔާ ފޮނުވައި ހެދިއެވެ. ލަޒާނަށް އަހަރެން މުހިއްމު ނޫންކަމަށް ހީކުރީމެވެ. މާލޭގައި އުޅުން އިރު ފޫހިފިލުވަން އަހަންނާއި މާ އެކުވެރި ވީ ކަމަށް ނިންމީމެވެ. ފިރިހެނުންނަކީ އެހެން އުޅޭ ބައެއް ކަމަށް ހިތައް ވިސްނައިދިނީމެވެ. ހިނިތުންވެ ލޮލުން ކަރުނަ ފުހެލަމުންނެވެ. ލަޒާނު އަހަރެން މަތިން ހަނދާން ނައްތާލީ ކަމަށް ނިންމީމެވެ.
ބޭބޭގެ އެދިލެއްވުމުގެ މަތިން ކާރު ދުއްވަން އަހަރެން ދަސްކުރަން ނިންމީމެވެ. އޭރުން ހިނގާފައި އުޅޭކަށް ނުޖެހޭނެއެވެ.
މަހަކު އެއްފަހަރު އަހަރެންގެ ގާތަށް ބައްޕަ އާދައެވެ. އެކަމަކު މި ފަހަރު ލިބޭ ބަންދުގައި ރަށައް ދިއުމަށް އަހަރެން މިދަނީ ތައްޔާރުވަމުންނެވެ. ބައްޕަ އަށް ކުއްލި ހަދިޔާ އެެއް ދިނުމުގެ ގޮތުންނެވެ.
ވޭތުވެދިޔަ އަހަރެއް ހާ ދުވަސް ތެރޭ ޒުނާނާ އާއި ސަލްސަލާގެ ގުޅުންވެސް ބަދަހި ވިއެވެ. ގާތް އެކުވެރިކަން އުފެދި މަދުމަދުން ބޭރަށް އެކުގައި ގޮސް ހާދަމުން ދިޔައެވެ.
ރާހޫލް އާއި ސަލްސާލާގެ ކައިވެނިވެސް ދިޔައީ ބޯމަތިވަމުންއެވެ. ލާނެއް ހެދުމާއި ޕާޓީގެ ކުލަވެސް އޮތީ ކަނޑައެޅި ނިމިފައެވެ. ރާހުލްގެ މައިންބަފައިން ތިބީ ރާއްޖެ އައުމަށް ތައްޔާރަށެވެ.
ބަންދު ވުމާއެކު ކާރު ދުއްވަން ދަސްކުރަންފެށީމެވެ. ރަށަށް ދިޔުމުގެ ކުރިން އެކަން ކުރުމުގެ ނިޔަތުގައެވެ. ދުއްވަން ދަސްކޮށްދޭން ހުރީ ރާހޫލެއެވެ.
03 ދުވަހުގެ ފަރިތަކުރުމަށްފަހު ކާރު ދުއްވަން ދިޔައީމެވެ. ލައިސެންސް ނެގުމަށް ކާރު ދުއްވަން ފަރިތަކޮށްލާށެވެ. ރާހޫލާ ސަލްސާލާއެކުއެވެ. ކާރަށް އެރީ އަހަންނާއި ރާހޫލެވެ. ސަލްސާލާ ހުރީ މަގުގެ އެއްއަރިމަތީއެވެ. އަލަށް ކާރުދުއްވާ މީހެއްގެ ފަހަތަށް އެރުމަށް އުޒުރުވެރިވަމުންނެވެ.
އެއީ މަޖީދީމަގެވެ. ކާރު ބާރު ބޮޑުމަގެކެވެ. ހިނގާ ބިގާވެ އުޅޭ މީހުން ގިނަ މަގެކެވެ. ފިހާރަތައް އެހާމެ ގިނަ ސަރަހައްދެކެވެ. ބަލައި ނުލައި ކާރުގެ ބުރަކި ޖަހާލެވުނު ގޮތަކުން ކުރިމަތިން ދިޔަ ޕިކަޕުގައި ޖެހި އެކްސިޑެންޓު ވިއެވެ. ދިޔަ ބާރު މިނުގައި ކާރުގެ ބިއްލޫރި ގަނޑު ހާލުކުވިއެވެ. ތޫނު ބިއްލޫރި ތައް އެތަން މިތަނަށް ބުރައިގެން ދިޔައެވެ. މަންޒަރު ބަލަން ހުރި ސަލްސާލާއަށް ހީވީ ބިންގަނޑު ކަނޑާ އަޑިއަށް ދެވުނުހެއްނެވެ. ބާރު ބާރަށް ގޮސް ކާރާއި ހަމައަށް ދިޔައިރު ހައި ހުރި އެކަކުވެސް ނެތެވެ. ކާރުތެރޭން ލޭގަނޑު ފައިބަމުން ދިޔައެވެ. “އެންބިއުލާންސް”އަށް ގުޅުން ސަލްސާލާގެ ހަނދާނުގައި ނެތްފަދައެވެ. ހުއްޓައިނުލާ ރުއިން ފިޔަވާ ކުރާނެ ކަމެއް ސަލްސާލާގެ ޒުވާން ސިކުނޑިއަކަށް ނުވިސްނުނެވެ. އޭރު އެތަނަށް އޮތީ އެކި އުމުރުފުރައިގެ މީހުން ޖަމާވެ ފުރިފައެވެ. ޕިކަޕުގެ ވެރިޔާގެ އެހީތެރި ކަމާއެކެ ޒުނާނާމެން ހަސްފަތާލަށް ގެންދެވުނެވެ. އަވަސް ފަރުވާ ދޭ ކޮޓަރީގައި ދެ މީހުންނަށް ފަރުވާދޭން ފެށުނެވެ. ލިބުނު ކުއްލި ޚަބަރުން ނުއުމާންބެ ސިހިގެންދިޔައެވެ. ވަގުތުގައި ޒުނާނާގެ ބައްޕަ މާލެގެނައެވެ. “އިޓަލީ” ގައި ހުރި ރަހޫލުގެ މައިންބަފައިން ނަށް އެންގިއެވެ. އެ ޚަބަރާއެކު އެންމެން ތިބީ އިންތިހާ ދެރަވެފައެވެ. މިއިން އެއްވެސް ކަމެއްގެ ހިލަމެއް ނުވަނީ ލަޒާނަށެވެ. ނުމާނުބެ މިކަން ލަޒާނަށް އަންގަން ބޭނުން ނުވީއެވެ. ކިޔެވުމަށް ބުރޫ އަރާފާނެތީ އެވެ. ކޯސް ދޫކޮށްލާފައި ރާއްޖެ އަށްނަށް އުޅެ ދާނެކަމަށް ވިސްނާފަ އެވެ. އެހެން ކަންތައް ވެއްޖެއްނަމަ ވަރަށް ބޮޑު ގެއްލުމެއް ވާނެތީއެވެ.
އިރުއޮއްސި ފައި ހުއްޓައި ޒުނާނާ ހޭއެރިއެވެ. ލިބުނު ކުއްލި ސިހުމުގައި ޒުނާނާއަށް ވަނީ ވަރަށް އަސަރުކޮށްފައެވެ. ހިތްދަވި ރޮވެމުން ދިޔައެވެ. ހިޔާލަށް އެވަގުތު ސިފަވަމުންދިޔުމުންނެވެ. ކޮންފަދަ ބިރުވެރި ވަގުތުކޮޅެއް ހެއްޔެވެ؟ މީހަކު މަރުވެސް ވެދާނެ ނޫން ހެއްޔެވެ؟އަނެއްކޮޅުން ފައިގައި ރިހެނީކީ އަމަށަކު ވަރަކަށް ނޫނެވެ. ނަރުހުން އައީ އެހެން ފައިގައި ފިރުމަމުން ރޯލަ ރޯލަ އޮއްވައެވެ.
ނަރުހުން ޓެސްޓް ތަކެއް ހަދާއި ފައިގެ “އެކްސޭ”އެއް ނެގިއެވެ. ހަފްތާއެއް ވަން ދޭން ހަސްފަތާލުގައި އޮންނަށް ޖެހޭނެކަމަށް ބުންޏެވެ. ބައްޕަ ފެނުމުން އަހަރެންގެ ބަޑި ދިޔައީ ފަޅައިގެންނެވެ. ޤިސްލެވެމުން ދިޔައެވެ. ކުރާނީ ކީއްހެއްޔެވެ. މިއީ ތަޤުދީރެވެ. އަހަށްނަށް ހުރިގޮތެވެ. ރާހޫލް މަތިން ހަނދާން ވީ އެތައް އިރަކު ރޮވުނު ފަހުންނެވެ. ހަނދާން ވުމާއެކު އަވަސް އަވަހަށް އަހާލެވުނެވެ.” ބައްޕާ ރާހޫލު ރަނގަޅު ތައް” ބައްޕަ ހިމޭންކަމުގެ ސުކޫތެއް ވޭތޯކުރުމަށްފަހު ވާހަކަދައްކަންފެށިއެވެ.” ރާހޫލް އޮތީ “ކޯމާ” އެއްގައި ހޭ އަރާނެ ވަކި ދުވަހެއް ބުނަށް ޑޮކްޓަރުންނަށް ވެސް ދަތި އަނެއްކޮޅުން ހޭ އަރާއިރު ކޮންމެ ފަދަ ކަމެއްވެސް ވެފަ ހުރެދާނެ” ހުރިހާ ވާހަކައެއް ބައްޕަ ލަސްލަހުން ކިޔައިދިނެވެ. އެ ވާހަކަތައް އަހާފައި އަހަށްނަށް ވަރަށް އަސަރުކުރިވެ. އަށްނަށްމަހު ފަހުކޮޅު ރާހޫލުގެ ކައިވެނި އެބައޮތެވެ. އަހަރެންގެ ސަބަބުން ބައެއްގެ ކައިވެނިވެސް ލަސްވީއެވެ. ޒުނާނާއަށް އަމިއްލަ ނަފްސު ކުށްވެރި ކުރެވެންފެށުނެވެ. މިކަން މިހެންވީ ޒުނާނާގެ ސަބަބުން ކަމަށް ހީކުރެވެންފެށުނެވެ.
އޭގެ އަނެއްދުވަހު ޒުނާނާގެ “އެކުސުރޭ”ގެ ނަތިޖާލިބުނެވެ. އޭގެން ދައްކާގޮތުގައި ފަޔަށް ވަނީ ތަދުވެފަ އެވެ. އެކަމުގެ ސަބަބުން ހިނގާ ބިނގާވެ އުޅުމުގައި ދަތިތަކެއް ހުރެދާނެއެވެ. ޑޮކްޓަރުގެ ޖުމްލައާއެކު އަހަރެންގެ ދެ ދުނިޔެވެސް އަނދިރިވި ކަހަލައެވެ. އެ ހިނދު ކޮންމެ ހާލެއްގައިވެސް ކެތްކުރަން އަހަރެން އަޒުމު ކަނޑައެޅީމެވެ.
04 ދުވަހު ކޯމާއެއްގައި އޮތުމަށްފަހު ރާހޫލު ހޭއެރިއެވެ. އެހެނަސް ރާހޫލުގެ ލޮލަކުން ކުރެ ލޮލަކަށް ނުފެނެއެވެ. ކާރު “އެކްސިޑެންޓް”އަށް ފަހު ރާހޫލު ވެގެން ދިޔައީ ލޯ އަނދިރި ކުއްޖަކަށެވެ. ޒުނާނާ ވެގެންދިޔައީ ހިނގުމުގައި އުނދަގޫތަކެއް ހުންނާނެ ކުއްޖަކަށެވެ. ދެ މީހުންގެ ދުނިޔެވެސް ބަނަވީއެވެ. ދިރިއުޅުމުގައި ދެކެމުން އައި ހުވަފެންތަކުގައި ކުލަނުޖެހި ބަލިކަށި ވިއެވެ. ހަޔާތުގެ އެންމެ ޒުވާން ދުވަސްވަރު އެހެން މީހުންގެ އެހީތެރިކަމަށް ބޭނުންވީއެވެ.
އެކި މީހުންގެ ދިރިއުޅުން އިމްތިހާނު ކުރައްވާނީ އެކިގޮތަށެވެ. މިއަދު ރާހޫލު މެންނަށް މިންވަރުކުރެއްވި ގޮތަކީ މިއީއެވެ. އަހަރުމެނަށް އޮއްނާނީ ކޮންމެ ހާލަތަކަށްވެސް ކެތްތެރިވުމެވެ. ސަބަބަކީ ކޮންމެ ކަމެއް ވުމުގެ ފަހަތުގައިވެސް ހެވެއްވާނެތިއެވެ.
ހަސްފަތާލުގައި ހަފްތާއަކަށް ވުރެ ގިނަދުވަސް ވަންދެން ރާހުލުއޮތެވެ. ސަލްސާލާއަށް އާދެވުނީ އެންމެ 02 ދުވަހުވެ. ހޭ އަރާއި ދުނިޔެއަށް ރާހޫލް ނޭވާ ލާނެކަމަކަށް ސަލްސާލާ ފަހަރުގައި ވެސް އުއްމީދެއް ނުކުރެއެވެ. އެކަން ވަނީ އޭނާގެ އަމަލުތަކުން ފެނިގެން ގޮސްފައެވެ. އެހެންކަމުން ލޮލުގެ ފެނުންދިޔަކަން ހުރީ އާއިލާއިން ސަލްސާލާއަށް ސިއްރުކުރަން ނިންމައިގެންނެވެ. ފަހުން ކަންތައް ވާނެ ގޮތެއް ބެލުމަށެވެ.
ގެއަށް ބަދަލުކުރެވުމާއެކު ރާހޫލުގެ އާއިލާއިން ބޭނުންވީ ކައިވެނި އަވަސްކުރާށެވެ. މިއަދު ތަޤުދީރުގައި ކަންތައް މެދުވެރިވެފައިވާ ގޮތުން އެހެން މީހެއްގެ އާޅާލުމަށް ކޮންމެހެން ވެސް ރާހޫލް އެދޭނެތީއެވެ.
ކައިވެނީގެ ވާހަކަތައް ދެއްކުމަށް ސަލްސާލާގެ އާއިލާ ނުމާނުބެމެން ގެއަށް ހަވީރު ސަޔަށް ދައުވަތުދިނެވެ. ރާހުލްގެ މައިންބަފައިން ވެސް ތިބެނީ އެނގޭ ބައެއްގައި ކަމުވަތީއެވެ.
އެގޭގެ އެތެރެއަށް ވަދެވުމާއެކު ސަލްސާލާގެ މަންމަގެ ހިތަށް އެރިއެވެ. ބޭރަށް ވުރެ އެތެރެ މާ ފުރިހަމައެވެ. ސިޓީންރޫމުގައި ހުރި ބޮކިތަކާ ސޮފާއިން ވެސް ދައްކުވައިދެނީ ސާހިކަވެ. ދުވަހަކުވެސް އެފަދަ ރީތި ގެއަކަށް އާދެވިފާ ނުވާ ސަލްސާލާގެ މަންމަ ހުރީ އާސޯހުވެ އަންތަރީސްވެ ފައެވެ. ރާއްޖޭގައި އެފަދަ ރީތި ގެއެއް ހުރެދާނެކަމަށް އޭނާ ކުރިން ޤަބޫލެއްނުކުރެވެ. އަދި ހާއްސަކޮށް މާލެ ކަހަލަ ތޮންޖެހިފައިވާ ތަނެއްގައި މިކަހަލަ ހިތްފަސޭހަ ގެއެއް ހުރުމުން އަޖައިބު ވިއެވެ.
އެންމެ ފުރަތަަމަ އޮތީ ހަވީރު ސަޔަށް އިންސާފު ކުރުމެވެ. ދެން އެއަށްފަހު އޮތީ ކައިވެނީގެ ވާހަކަ ދެއްކުމެވެ. އެންމެ މުހިއްމު ވާހަކަ އާދޭ! މިއަދު ރާހޫލަށް ޖެހިފައިވާ ހާލު ބުނެދީ ހެދުމެވެ. ކައިވެނިކުރަން އެއްބަސްވުމާ ނުވުން އެއީ އެމީހުންގެ ކަމެއްތާއެވެ.
ރަނގަޅަށް ސައިބޮއެ ހަދައިގެން އެންމެން ނިކުތީ ގޭގެ ގޯތިތެރެއަށެވެ. ކައިވެނީގެ ސައްލާކުރުމަށް ގޭގެ ގޯތިތެރޭގައި ހުރީ ހާއްސަތަނެއް ތައްޔާރުކޮށްފައެވެ. އެންމެންވެސް ދިޔައީ އެތަނަށެވެ. އެތަނުގެ އަރާމު ގޮނޑީގައި އެންމެ އިށީދެ ހަމަ ޖެހިލުމުން ވާހަކަ ފެށީ ރާހޫލު ގެ ބައްޕަ ޔަޒުލްއެވެ.” ކޮންމެ ހެން ވެސް އަޅުގަނޑުމެން މިއަދު ކައިވެނި އަވަސްކުރާން ބޭނުންވެގެން މިއުޅެނީ ކުރިއަށް އޮތް ހަފްތާ ރަނގަޅު ވާނެކަމަށް ބަލަމާ ދޯ މިއަދު އަޅުގަނޑުމެންނަަށް މި ނޫން ގޮތެއް ނެތިގެން މިއުޅެނީ މިއަދު އަޅުގަނޑުމެންގެ ދެލޯ ފަދަ ދަރިފުޅަށް މީހެއްގެ އެހީތެރި ކަމާ އޯގާތެރި ފިރުމުން ބޭނުންވޭ ރާހޫލަކީ މިއަދު ފެނުމުން މަހުރޫމްވެފަވާ ނިކަމެތި ކުއްޖެއް” ހުރިހާ ވާހަކައެއް ޔަޒުލް ތަފްސީލުކޮން ސަލްސަލާގެ އާއިލާއަށް ކިޔައިދިނެވެ. މި ވާހަކަތައް އެހުމަށްފަހު ރަހޫލް އާއީ އިނުމަށް ސަލްސާލާގެ އާއިލާއިން ރޫހެނެބާއެވެ. ހުދު ސަލްސާލާ މި ނާޒުކު ދަނޑިވަޅުގައި އަމަލުކުރަނީ ކޮން ގޮތަކަށްބާއެވެ. ރާހޫލާގެ ހައްގުގައި ކައިވެނިކުރަން ނިންމާނީ ހެއްޔެވެ؟ ނޫނީ މުޅި އުމުރަށް ރާހޫލާ ވަކިވެގެން ދާނީހެއްޔެވެ؟ އެހެންކަންތައް ވެއްޖެނަމަ ރާހޫލާއި އިންނާނީ ކާކުހެއްޔެވެ؟
ނުނިމޭ
4 Comments!
Comments are closed.






mi part ves v reethi masha allah
curiously waitig for next part
keep it up
lazaan and juunaana dhuru nukurachey
shalsalaa and raahool ves
they all are made for each other
lazaan heyonuvaane junaana ah ehn hadhaakah
Cutie girl 🥰 thank you 💐
Next part vrh avahah kiyaalan libeyne IA🤗
I think raahool and zunaana hen kaiveni kiraanee!!
Salsalaa is been very mean not even visiting her bf more than 2 days!!
Keep it up
When next?!
The GHOST 💐
Yes 🥰
Yh salsalaa ehaa rangalhey noon ☺️
Thank you GHOST 🥀❤️
Next part IA Saturday ga kiyaalan libeyne 🤗