Skip to content
އެސްފިޔަ

ބުއްދިވެރި ގޮތަކީ އޮންލައިންކޮށް ފޮތް ކިޔުންތޯ ނޫނީ ޗާޕުކުރިފޮތް ކިޔުން ތޯ އެވެ.

ފެށުން

ދަރިވަރުންގެެ ވިސްނުން ތަރައްގީކޮށް، މައުލޫމާތު މުއްސަނދި ބަޔަކަށް ހެދުމަށް ޓަކައި އެންމެ ބޮޑު އަހައްމިއްޔަތު ކަމެއް ދޭންވީ އެއްކަމަކީ އެކުދިންނަކީ ފޮތައް އަހުލުވެރި ބަޔަކަށް ހެދުމެވެ.  އެގޮތުން އެކުދިން ގަޔާވާ، އުމުރާ ގުޅޭ ފޮތްތައް ޗާޕުކޮށްގެން ނެރެމުންދާ އިރު، ޒަމާނީ ތަރައްގީއާ އެކު ދުނިޔޭގެ ބޮޑެތި “ލައިބުރަރީ” ތަކަކީ ވެސް އެކުދިންގެ އަތުގައި އޮންނަށް ފަންނިއްޔާތުގެ ވަސީލަތަކުން ވަދެވޭ ތަންތަނެވެ. މި ތަރައްޤީ އާއެކު ބައެއް ފަރާތްތަކުން ދެކޭގޮތުގައި “އޮންލައިން” ފޮތްތައް ކިޔޭނެ ފުރުސަތު މި ގޮތައް ފަހިވެގެން ދިޔުމަކީ އެކުދިންގެ ކިޔުންތެރިކަން ކުރިއަރައި ކިޔުމަށް އިތުރު ސައުޤުވެރިކަމެއް އުފެދިގެންދާނެ ކަމެކެވެ. ނަމަވެސް އަނެއް ބަޔަކު ދެކެނީ އޭގެ ސަބަބުން، އެކުދިންގެ ސުލޫކަށް ބަދަލު އައިސް ސިއްޙީ ގެއްްލުންތަކެއް ލިބޭނެ ކަމެއްގެ ގޮތުގައެވެ. އެހެންކަމުން ދަރިވަރުންނަށް “އޮންލައިން” ފޮތް ކިޔުމުގެ ފުރުސަތު ފަހިކޮށްދިނުމަކީ އޭގެ ގެއްލުމާއި ފައިދާ އާމެދު ވާހަކަދެއްކިދާނެ މައްސަލައެކެވެ.

އެއްކޮޅަށް

“އޮންލައިން” ކޮށް ފޮތް ކިޔުމަކީ ގިނަ ކުދިންނަށް އޭގަ ކިޔަނީ ކީކޭކަން ރަނގަޅަށް އެނގި، ލުއިފަސޭހަ ކަމެއްގެ ގޮތުގައި ބެލެވި އިހްސާސް ވެގެން ދާނެކަމެކެވެ. މިގޮތުން ފޮތް ކިޔާއިރު ފޮތް ބަރުވެގެން ދަބަހުގައި އުފުލާކަށް ނުޖެހޭނެއެވެ. އަތަށް ލައިގެން ވެސް އުޅޭކަަށް ނުޖެހޭނެއެވެ. “އޮންލައިން”ކޮށް ފޮތް ކިޔަމުން ގޮސް ބަހެއް ގެ މާނަ ބޭނުން ވިޔަސް އިތުރު މައުލޫމާތު ހޯދާ ވަސީލަތްތަކުގެ ޒަރީއްޔާއިން އަޑު އަހާލެވޭނެއެވެ. މީގެ ސަބަބުން ކިޔުމަށް ސައުޤުވެރިކަން އުފެދި އިތުރު ހިއްސުތަކުގެ އެހީ ހޯދާ  ކިޔުމުގެ ހުނަރު ދަސްވެސް ކުރެވެއެވެ. ” އޮންލައިން” ގެ ޒަރީއްޔާއިން  ފޮތް ކިޔާއިރު އަކުރުތަަށް ކުދި ނަމަ އަކުރުތަކުގެ “ސައިޒު” ބޮޑުކޮށްލެވޭނެއެވެ. ކުޑަކޮށްލަން ބޭނުންނަމަ ކުޑަވެސް ކުރެވޭނެއެވެ. ޚާއްސަ އެހީއަށް ބޭނުންވާ ތަފާތު ވައްތަރުގެ ކުދިން ތިބޭއިރު އެކުދިންނަށް ފޮތް ކިޔުމަށް ވަރަށް ބޮޑެތި ފަސޭހަ ތަކެއް ވެއެވެ. ޙާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކޮންމެ ފޮޅުވަތެއް ވެސް އެކުދިން ބޭނުންވާވަރަށް ލަފުޒުތައް ބޮޑު ކޮށްލުމުން އެލަފުޒުތައް ދޭހަވެ ހިތަށް ނަނގޭ  ގަންނަށް ފަސޭހަވާކަން ކުރެވިފައިވާ ދިރާސާ ތަކުން އެނގި ހާމަވެއެވެ. އެހެންކަމުން “އޮންލައިނު”ކޮށް ފޮތް ކިޔުމަކީ ހުރިހާ ފަންތީގެ ދަރިވަރުންނަށް ވެސް އޭގެ ސަބަބުން އެތައް ފައިދާތަކެއްވާކަމެކެވެ. އަދި ސައުޤުވެރިކަން އިތުރުކޮށްދޭ އުފާވެރި ކަމެކެވެ.

ދެކޮޅަށް

ކަންތައްތައް މިހެން އޮތް ނަމަވެސް އެކިއެކި ފަންނީ  ވަސީލަތްތަކުން  ދަރިވަރުން ލައްވައި ފޮތް ކިޔުއްވައިގެން ދުޅަ ހެޔޮ ކަމަށް އަސަރެއް އަދި ނުކުރިޔަސް ” މައްސަލަތަކުގެ ހާއްޔަކަށް” މިކަމުން ހުށައެޅިގެން ދާކަންފާހަގަކުރެވެއެވެ. އަބަދު އެއްގޮތަކަށް ފޮތް ކިޔަން އިނުމުގެ ސަބަބުން ލޮލުގެ އެކި އެކި މައްސަލަތަށް ކުރިމަތިވެ ޅަފަތުގައި އައިނު އަޅަން ޖެހުމާއި ލެންސުލަންވަން ޖެހެއެވެ. މިއީ އެސްފިޔަ ޖަހަން ޖެހޭވަރަށް ނުޖެހުމުގެ ސަބަބުން ކުރިމަތިވާ ކަންތައްތަކެވެ. އުމުރުގެ ޒުވާން ދައުރު ލޮލުގެ ބޮޑެތި އޮޕަރޭސަން ކުރާ ކުދިންގެ މިންވަރު މިދަނީ ބިރުގަންނަށް މިންވަރަށް އިތުރުވަމުންނެވެ. މިކަމަކީ ހިތާމަކުރަން ޖެހިފައިވާކަމެކެވެ. ގިނަ ވަގުތު “އޮންލައިން” ފޮތް ކިޔުމުގެ ސަބަބުން ލޯ ހިރުވާ އެއްޗިހި ފައިބާން ފަށައެވެ.  ފޯނު، ލެޕްޓޮޕް ، ޓެބުލެޓު އަދި ކޮންޕިއުޓަރު ފަދަ ތަކެތީގެ މަސްނޫއީ އައްޔަކީ ސިކުނޑި ތަރައްޤީވެ ހެދި ބޮޑުވަމުން އަންނަށް ކުދިންގެ ލޮލަށް އެންމެ ނުރައްކާތެރި އަލިކަން ފާހަގަވެއެވެ. ލޮލުގެ ޚާއްސަ ޓޮކުޓަރުންގެ ޓީމެއް ކުރި ދިރާސާ އެއްގައި ލޮލުގެ ފެނުން ދަށްވެ ލޯ އަނދިރި ވާން ގޮތްވަނީ “ޑިސްޕުލޭއިން” ދޭ އަލީގެ ސަބަބުންކަމަށް ފާހަގަކުރެވެއެވެ. އޮންލައިންކޮށް ފޮތް ކިޔުމުގެ ސަބަބުން ފެނުމުގެ ހިއްސަށާއި އިތުރު ހިއްސުތަކަށް ވެސް ދަތި އެތައް މައްސަލަތަކެއް ކުރިމަތިކުރުވާ ކަމެއްކަން މިދަނީ ހާމަވަމުންނެވެ.

ނިންމުން

މިކަންކަމާ ވިސްނާލެވިއްޖެނަމަ މިކަމުގައި މަންފާހުރި ނަމަވެސް ހިތި އެއްޗަކަން ވަރަށް ރަނގަޅަށް އެނގޭނެއެވެ. “އޮންލައިން” ކޮށް ފޮތް ކިޔުމުން އޭގަ ބުނާ އެއްޗެއް ސިކުނޑިއަށް ނަނގޭ ގަނަށް ވަރަށް ފަސޭހަވެގެން ދެއެވެ. އެކަމަކު ސުވާލަކީ ތިމާގެ އެންމެ މުހިންމު ގުނަވަން މިހާ ބޮޑު ދުޝްމަނަކާ ހަވާލުކުރަނީތޯއެވެ؟ މިކަން އެގި ހުރެވެސް ހަޔާތުގެ ޅަފަތުގައި ފެނުމުން މަހޫރުވަނީތޯއެވެ. އަލުގަނޑު ދެކޭ ގޮތުގައި ލޮލުގެ ފެނުމަަށް ލިބޭ ގެއްލުންތަކަކީ އޭގެ ބަދަލު ދެވޭނެ ވަރުގެ ގެއްލުންތަކެއްނޫނެވެ. އެހެންކަމުން ބުއްދިވެރީ “އޮންލައިން” ފޮތް ކިޔުމަށް ވުރެ ޗާޕުކުރި ފޮތްކިޔުމެވެ. ދަރިވަރުންގެ ސިއްހަތާއި ލޮލަށް ވެސް ރަނގަޅު ވަނީ އެގޮތެވެ .

ނިމުނީ

މިއީ ދެކޮޅަށް ވާހަކަ ދައްކައި މަޒުމޫނެކެވެ. މަޒުމޫނުން އިބުރަތްތެރި ފިޅާވަޅެއް ލިބިގެން ދާނެ ކަމަށް އުއްމީދުކުރަމެވެ.

 

Comments (2)

  1. Your fav bab

    I think it’s better to read online stories rather than printed story books
    Hehehehhe..
    Mazumooneh thr??
    Yaarr I’ve got some morals as well as an idea how to write a dhekolhah vaahaka dhahkaa mazmoon✨✨✨
    Hope to read sme more stories from ya🙂

  2. Isnaa

    Thank you you’re fave bab💗💐
    Yes mazumoon eh 🫶
    Moral and idea libunee ma happy vehjje 🥰
    Alhugandu vaahaka eh vrh avahah kiyaalan libeyne IA 🤗

Comments are closed.