Skip to content
އެސްފިޔަ

ކަލާގެ ހައްގުގައި ހަތަރުވަނަބައި (މިއީ ޤަބޫލުކުރަންވީ ހަޤީޤަތޭ)

ޖަންކް ސިލޯނު ގެ ރީތިކަމަށް ކޮންމެ ދުވަހަކު ތައުރީފު ކުރެވެއެވެ. ހާދަހާވާ ރީއްޗެެވެ. އެތަނުގެ މޫދު ސަރަހައްދުވެސް އެހާ ހިތްގައިމެވެ. 02 ދުވަހަކު ރާހޫލުގެ އަތުގައި ހިފައިގެން ރާޅުޖަހާ ފަށުގައި ހިނގައިވެސް ލީމެވެ.  އެފަދަ ކޮންމެ ސިކުންތަކު ޒުނާނާގެ ހިތް ފޮތި ފޮތިވެއެވެ. ލަޒާނުގެ ހަނދާންތައް ވަށާލައި މާޔޫސްކޮށްލައެވެ.

ޒުނާނާމެން ތިބީ ޕުކްޓްގެ ޕެރެގަން ހޮޓަލުގެ ތިރީބައިގައެވެ. ގިނައިން ކައި ހެދީވެސް ޕުކެޓްގެ މަޝްހޫރު “ޗައިނީޒް ރެސްޓޯރެންޓް” އަކުން ނެވެ. އެއީ ހޮޓަލުގެ ތިރީގައި އިންނަށް ތަނެކެވެ. އެއީ ބީޗަށް ވާހެން ހާދައިފައިވާ “ރެސްޓޯރެންޓް”  އެކެވެ. ރޭގަނޑު އެތަން އޮއްނަނީ ހިތްގައިމު ކުލަތަކުން ދިއްލާފައެވެ. ކުޑަކުދިންނަށް ހާއްސަ ބައެއްވެސް އެ ހޮޓަލުގައި އިނދެއެވެ. ހޮޓަލުގެ ކޮންމެ ކޮޓަރިއެއްގެ ބެލްކަނިންވެސް “އެންޑަމަން ސީ” ވަރަށް ރީތި ކޮން ފެންނާނެ ކަމަށް ތަނުގެ  “ރިސެޕްޝަން” ގައި ލިޔެފަވިއެވެ. އެއީ ވަރަށް ބޮޑު ތެދެކެވެ. ރާހޫލުމެންގެ ކޮޓަރީގެ ބެލްކަނިންވެސް ވަރަށް ޗާލު ކޮން ” ސީ” ފެނެއެވެ. އިރު އަރާ އޮއްސޭ އިރު އަދި ވަކިން ހިތްގައިމު ކަމަށް ” އެންޑަމަން ސީ” ދައްކަ އެވެ. މިއީ ހުސް މާތް ﷲ ގެ ކުޅަދުންވަންތަ ކަމުގެ ހެކިތަކެވެ.

ބާޒާރުކޮށް އެއްޗެއް ގަންނަށް ބޭނުންވަންޔާ ދާންޖެހޭނީ ބެންކޮކަށެވެ.   އެއްގަޑި އިރު ތެރޭގައި ޕުކްޓުން ބެންކޮކަށް ދެވޭނެއެވެ. ދިގު ދަތުރެއް ކުރަން ޖެހުނަސް ޖެހޭނީ “ސޮޕިން މޯލް” ތަކަށެވެ.  ރާހޫލް ކޮންމެ ހެންވެސް “ސެންޓަރަލް ވާރލްޑް ޕުލާޒާ” އަށް ދާންބޭނުންވެއެވެ. މިހާ ދުރަށް އާދެވުމުން މައިންބަފައިންނަށް ހަދިޔާއެއްވެސް ގަނެލުމުގެ ނިޔަތުގައެވެ. އަދި އެންމެ ޚާއްސަކޮން ޒުނާނާއަށް ކަމުދާ ކަހަލަ އެއްޗެހި ގަނެދޭ ހިތުންނެވެ. ޒުނާނާއެކު ހޭދަކުރެވެމުން މިދާ ކޮންމެ ދުވަހެއް ރާހޫލަށް ޚާއްސައެވެ.

ކޮންމެ ކަމެއް ވެސް ވަރަށް ފުރިހަމައަށް ޒުނާނާ ކޮށްދެމުންދިޔައެވެ. ވަކިކަމެއް ނުވެގެން ބުނާކަން ނުޖެހެއެވެ. މިހާރު ސަލްސާލާގެ ނަށް ފުހެވި ޒުނާނާގެ ނަށް ދިޔައީ ރާހޫލުގެ ހިތުގައި ފެވެމުންނެވެ. އިންތިހާއަށް ރާހޫލު މިއަދުވަނީ ޒުނާނާގެ އަޅާލުމާއި އޯގާތެރިކަމުގެ މަސްތުގައި ޖެހި  މޮޔަވެފައެވެ.  ދުވަހަކުވެސް ޒުނާނާއާއި ވަކިނުވުމަށް ރާހޫލު ހުރީ ނިންމައިގެންނެވެ. ލޯތްބާއި އަޅާލުމާއި ކޮންމެ ހާލެއްގައިވެސް ދޭން ރަހޫލު ހުރީ ތައްޔާރުގައެވެ.

މި ދުނިޔެމަތީގައި އާރާ  ބާރު އެއީ ﷲ  ތަޢާލާ  އިރާދަކުރައްވާ މިންވަރަކަށް އެކަލާނގެ އިރާދަކުރައްވާ އަޅަކަށް  ދެއްވާ އެއްޗެކެވެ. އެކަމަކު ބާރެއް ލިބުނަސް އެއީ ވަގުތީ އެއްޗެއްކަން ހަނދާންވަނީ މަދުމީހެކެވެ. ސަބަބަކީ އެންމެ ގާތުގައިވާ މީހުންނާއި  ހެޔޮ އެދޭ މީހުންނަށް  ގައްދާރުވާލެއް އަވަސްވުމެވެ.

ރާހޫލަކީ މާލޭގައި ނަށް މަޝްހޫރު ޒުވާނެކެވެ. ވިޔަފާރީގެ ދާއިރާގައެވެ. އެހެނަސް މިއަދު  ފެނުމުން މަޚުރޫމެވެފައިވާ ކުއްޖަކަށް ރާހޫލު ވުމުން ދައްނަށް މީހަކުވެސްނެތެވެ. އެކީގައި އުޅުނު އެކުވެރިން ތަކަށް ވީގޮތެއް ވެސް ނޭނގެއެވެ. ހެޔޮހާލުގައި ހުރި އިރު އަބަދުވެސް ކޮންމެވެސް ތާކު ކޮފީއަކަށް ރާހޫލު އުޅޭނީ ނުގެންދެވިގެންނެވެ. މިއަދު ބަލިވެ އެކުވެރިންގެ ދުޢާ އާއި އެހީއާށް ބޭނުންވި ހިނދު ގާތުގައި އެކަކުވެސް ނެތެވެ.

އެކުވެރި ކަމަކީ ގަދަ ފަދަ ބާރެކެވެ.  އެވެސް ފައިސާ އާއި މުދާ ހުރިއްޔާއެވެ.  މިހެން މިބުނީ މިއަދު ކަންތައް ވެފައިވާ ގޮތުންނެވެ. ވަފާތެރި ހެޔޮ ރަހުމެތްތެރިން ނޫޅޭތީއެއް ނޫނެވެ. އެފަދަ މިތުރުންވެސް އުޅޭނެއެވެ. އެކަމަކު އެއީ މި ދުނިޔެމަތީގައި ވަރަށް މަދު ބަޔެކެވެ.

އިރުއޮއްސޭ މަންޒަރު ބަލާހިތުން ރާހޫލު އެވާހަކަ ދެއްކި ދުވަހެކެވެ. އަހަރެން ރާހޫލު ގޮވައިގެން މޫދު ކައިރިއަށް ދިޔައީމެވެ.  ދިޔަ މަގުމަތީ ލަވަކިޔާ ތާކާ ދިމާ ވެއްޖެއެވެ.  ” ލަވަ ކިޔާ ތަނެއްގަތަ މިތިބީ ޒުނާ ” ރާހޫލު ސުވާލުކޮށްލިއެވެ. ޖަވާބުގައި އަހަރެން ބުނީމެވެ. އާއެކެވެ. މިތާ ލަވަކިޔަނީ އެވެ. އިށީނުމަށް ގޮނޑި ވެސް ހުރީ ޖަހާފައެވެ. ގޮނޑި ހުރި ކަން އެނގުމުން ރާހޫލު ބޭނުންވީ އިށީދެލާށެވެ.  ލަވައަކަށް ފަހު ލަވައެއް ކިޔަމުންދިޔައެވެ. އެހެން ހުރެފައި ލަވަކިޔަން ބޭނުން މީހަކަށް ފުރުސަތު ހުޅުވާލިއެވެ. އެ އަޑު އަހާފައި ރާހޫލު ލަވަކިޔަން ބޭނުން ވެއްޖެއެވެ.  ޒުނާނާ ރާހޫލު “މައިކު” ކައިރިއަށް ގެންދިޔައެވެ. ފުންކޮން ދެތިން ނޭވާ ލުމަށްފަހު ރާހޫލު ލަވަކިޔަން ފެށިއެވެ.

“އޯ…. މަ ހާދަ ލޯބި ވެޔޭ ލޯބިވާ

ލިބޭނެޔޭ ކަލާގެ ހިތް މަ ހީކުރީމޭ

ލިބޭނެޔޭ ކަލާގެ ހިތް މަ ހީކުރީމޭ

މަ ހާދަ ލޯބި ވެޔޭ ލޯބިވާ

ކަލާގެ ހައްގުގައި މަ މަރުވެދާން ހުރީމޭ

ޒުނާނާ ލަވަޔާ މެދު ވިސްނަމުން ދިޔައެވެ. ކޮން ފަދަ އަސަރުގަދަ އަޑެއް ހެއްޔެވެ؟ ރީތި އަޑެއް ރާހޫލުގެ އޮންނަކަމެއް ޒުނާނާއަކަށް ނޭނގެއެވެ. ލަވަ އަމާޒުވެގެން އެދަނީ ސަލްސާލާއަށް ކަމަށް ޒުނާނާ ހީކުރަމުން ދިޔައެވެ.  އެހެނަސް ހަޤީޤަތުގައި  މިއަދު އެލަވަ އެ ކިޔައި ދެނީ ރާހޫލުގެ އަޑުން ޒުނާނާއަށެވެ.  އެ އަސަރުގަދަ ލަވައިގެ ކޮންމެ ޖުމްލައެއް ބާރު ތީރުތަކެއް ހެން ހަރަމުން އެދަނީ ޒުނާނާގެ ހިތަށެވެ. ރާހޫލުގެ ނަޒަރުގައެވެ.

” ކަލާގެ ހައްގުގައި މަ މަރުވެދާން ހުރީމޭ

ކަލާގެ ލޯބި އަޑުން ގާތުގައި

ހުރީމެ ލޯބިވެޔޭ ފާޅުގައި ބުނޭތޯ

ހުރީމެ ލޯބިވެޔޭ ފާޅުގައި ބުނޭތޯ”

އެއީ މިއަދު ރާހޫލުގެ ހިތް އެދޭ އެދުމެވެ. ޒުނާނާ އޭނާ ދެކެ ލޯބިވެޔޭ ބުނާނެ ދުވަހަށް އެދަނީ ރެއާއި ދުވާލު އިންތިޒާރު ކުރަމުންނެވެ. އޭނާގެ ހިތް ބުނަމުން ދިޔައެވެ. އަހަންނަށް އެއްފަހަރުވެސް ޒުނާނާ ފެއްނާނެނަމައެވެ. މި މާހައުލުގެ ރީތިކަން ލޮލުން ދުށުމުގެ ނަސީބު ލިބޭނެނަމައެވެ. އޭރުން މި ދަތުރު ކިހާ އުފާވެރި ވީސް ހެއްޔެވެ؟

ބައްޕަގެ ފޯނެއް އައީ ލަވަކިޔާ ތަނުގައި ތިއްބައެވެ.   ޖަވާބު ދިނުމުން ބައްޕަ ވިދާޅުވީ ބެންކޮކުން ފުރައިގެން ދެން ދާން ޖެހޭނީ މެލޭޝިޔާ އަށް ކަމެވެ. ދާއިރު ބައްޕަމެން ތިބޭނެކަމަށް ބުނުއްވިއެވެ. މެލޭޝިޔާއަށް ދަނީ ބޭހަށް ކަމަށް ވެސް ބައްޕަ ވިދާޅުވިއެެވެ.

އުފާވެރި ދުވަސް ތަކެއް ހޭދަކުރުމަށްފަހު މެލޭސިޔާއަށް ދިޔައީމެވެ. ދިޔައިރު ބައްޕަމެން ތިބީ ގޮހެވެ. ދިޔަ ދުވަހު އަރާމު ކުރުމަށް ފަހު އަނެއް ދުވަހު ދައްކަން ދިޔައީމެވެ. ޑޮކުޓަރުން ދިނީ އުފާވެރި ޚަބަރެކެވެ. ރާހޫލުގެ ލޮލަށް އަދި ފެއްނާނެއެވެ. އޮޕަރޭޝަން  ކުރާކަށް ނުޖެހޭނެއެވެ. އެތަނުން ހާއްސަ ބޭހެއް ދިނެވެ.  ބޭސް ދިނުމަށްފަހު ބުންޏެވެ. މި ބޭސް ބޭނުން ކުރަން ފެށުމުން ﷲ ރަޚުމަތާއެކު ރާހޫލުގެ ލޯ ފަސޭހަވެދާނެވެ. ލޮލުގެ ފެނުން އެނބުރި ލިބިދާނެއެވެ. ޒުނާނާގެ ފައިވެސް ކަށީގެ މަޝްހޫރު ޑޮކްޓަރަކަށް ދެއްކިއެވެ. މާ ބޮޑު މައްސަލައެއް އެމީހުންނަކަށް ފާހަގައެއް ނުވިއެވެ.

ލޮލަށް ބޭސް ޖަހަން ފެށުމުން ވަރަށް ބޮޑުތަން ރާހޫލުގެ ލޯ ރަނގަޅު ވަމުން ދިޔައެވެ. ޑޮކްޓަރަށް ދައްކާ ނިމުމުން އެންމެ މާލެ ދިޔައެވެ. ލަޒާނު އޭރު ހުރީ ކިޔެވުން ނިމިގެން މާލެ އައިހެވެ. ބައްޕަގެ ފަރާތުން އަޑު އަހަން ޖެހުނު ހިތި ޚަބަރުން ދެރަވެ ހިތުގައި ޖެހިފައެވެ. އެއީ ފަހަރުގައިވެސް ލަޒާނު އުއްމީދުކުރި ގޮތެއްނޫނެވެ. މާލެ   އައިރު ލަޒާނު އައީ ޒުނާނާއި އިނުމަށް ކައިވެނީގެ އަނގޮޓިވެސް ގަނެގެންނެވެ. އޭގެ އަގަށް އެކަނި ވެސް 3 މިލިޔަން އަރާނެވެ.

ލަޒާނު މަސައްކަތް ކުރަމުން ދިޔައީ ޒުނާނާގެ ކުރި މައްޗަށް ނާރާ ވޭތޯއެވެ. އެކަމަކު އެހެންނެއް ވެސް ނުވާނެތާއެވެ. އެއް ގޭގައި އުޅެންޔާ ދިމާވެސް ވާނެތާއެވެ. ވާހަކަވެސް ދައްކަންޖެހޭނެތާއެވެ. އަނެއްކޮޅުން ރަހޫލު އެއިނީ ފެނުމުން މަޚުރޫމްވެފައެވެ . އެއީ ލަޒާނަށް ވަރަށް ރަނގޅު ރަހުމެތްތެރިއެކެވެ. ދެ ގޮތެއް ނުވެ އެކުގައި ވީ މިތުރެކެވެ. އެތައް ކަމެއް ކޮށްދީފައިވާ ވަފާތެރިޔެކެވެ. މިފަދަ ހާލަތެއްގައި ރާހޫލަށް އެހީވާން ލަޒާނު ބޭނުން ވެއެވެ. އަނެއް ކޮޅުން އެއީ ލަޒާނުގެ އާއިލާ ކުއްޖެކެވެ. ބައްޕައާއި އެއްބަފާ މީހެއްގެ ދަރިއެކެވެ. ލަޒާނަށް ވުރެ 05 މަސް ހަގު ކުއްޖެކެވެ . އެހެންކަމުން ރާހޫލު ވާނީ ލަޒާނުގެ  ކޮއްކޮއަށެވެ. ހަޔާތުން އަލަށް ލޯބި  ވެވުނު   ކުއްޖާ މިވީ ކޮއްކޮގެ އަނބިމީހާއަށެވެ. މިއީީ މިއަދު ޤަބޫލުކުރަން ޖެހޭ ހަޤީގެތްތަކެވެ. ބަދަލުކުރެވެން ދެން   ދުވަހަކުވެސް  ނެތް ކަމެކެވެ.

މަޑު މަޑުން ފުސްކޮށް ރާހުލަށް ތަންތަން ފެންނަށް ފަށައިފިއެވެ. އެކަމާ އޭނާ ދިޔައީ އުފާކުރަމުންނެވެ. ގޭގެ އެންމެން ގާތުގައި ބުނަށް ރާހޫލު ބޭނުން ވަނީ މުޅިން ރަނގަޅުވުމުންނެވެ. އެއީ އޭރުން ކުއްލި ސިހުމާއި ހައިރާންކަން ގެނުވާނެތީއެވެ. ހަމަ އެގޮތަށް އެންމެން އުފާ ވާނެތީއެވެ.

ބައްދަލުވާ ކޮންމެ ހިނދަކު ހިނިތުންވެ ލަޒާން ވާހަކަ ދައްކައެވެ. އަވަސް މުސްތަގުބަލެއްގައި ލޯ ފަސޭހަވުމަށް އެދޭކަމަށް ބުނެއެެވެ. އެހެން ކަމުން ރާހޫލު އެދެނީ އެންމެ ފުރަތަމަވެސް  ލަޒާނަށް އުފާވެރި ޚަބަރު ދޭށެވެ.

ހަޔާތުގައި ކަންތައް ދިމާވި ގޮތުން ޒުނާނާއަށް ޖެހުނީ ނަރުސް ކޯހުން ކެނޑޭށެވެ. އެކަމާ އެތައް ދުވަހަކު ޒުނާނާ ރުޔެވެ. ސަބަބަކީ ނަރުސް ކޯސް ޒުނާނާ ހަދަމުން ދިޔައީ ވަރަށް ޝައުޤުވެރިކަމާއެކުއެވެ. ވަރަށް މާތް މަޤުސަދެއްގައެވެ. އާއެކެވެ. ހިތް ހެޔޮކަމާ ލޯތްބާއެކު ބަލި މީހުންނަށް ފަރުވާދޭށެވެ.  ކުރާނީ ކީއްހެއްޔެވެ ؟ އެކަންވެސް ޒުނާނަށް ނުވީއެވެ.

އަވިބާރު ދުވަހެކެވެ. މޫސުން އެހާ ހިތްގައިމެވެ. ހެނދުނު ހޭލެވުނީން ސުރެއް ރާހޫލަށް ތަފާތު ތަކެއް އިހްސާސް ކުރެވެމުން ދިޔައެވެ.  މުޅިތަން ފެއްނަމުން ދިޔައީ ހުދުކޮށެވެ. މެންދުރު ކޮޅަށް އެޅި އިރު ރާހޫލަށް ތަންތަން ސާފުކޮން ފެންނަށް ފަށައިފިއެވެ. ލިބުނު  އުފާވެރި ކަމާއެކު ރާހޫލު ލަޒާނަށް 02 ތިން ފަހަރު ގުޅާލިއެވެ. ފޯނަށް ޖަވާބު ނުލިބުމުން ކޮޓަރީގެ ދޮރުގައި ތަޅަން ފެށިއެވެ. ދޮރު ނުހުޅުވުން ހިތަށް އެރި ބިރުވެރި އެއްޗަކާއެކު ރާހޫލު ކޮޓަރި ހުޅުވާލިއެވެ. މުޅިތަން އޮތީ އަނދިރި ގަނޑެއް ހެއްނެވެ. ކޮޓަރީގެ ބޮކިތައް ދިއްލާލުމާއެކު ރާހޫލަށް ހީވީ ކަރަންޓު ސޮކެއް ޖެހުނު ހެއްނެވެ. ކުރިމަތިން ފެއްނަށް ހުރި ފޮޓޯ ގަނޑުގައި އެ ތިބީ ރާހޫލާއި ޒުނާނާއެވެ. ގޭގެ އުނދޯލި ގައި ދެ މީހުން ތިބި އިރު ކޮންމެ މީހެއްގެ މޫނު މަތިން ވެސް އުފާވެރިކަން ފެންނަށް ހުއްޓެވެ. ރަހޫލަށް އަމިއްލަ ނަފްސު ކުށްވެރި ކުރެވެން ފެށުނެވެ. ބޭބެގެ ހައްޤެއް ފޭރިގަނެވުނު ފަދަ ތަދު އިހްސާސެއް ކުރެވެން ފެށުނެވެ. ލޮލަށް ކަރުނަތައް ބޮނޑިވެ ބޮލަށް ބަރުވެގެން ގޮސް ރަހޫލު ވެއްޓުނެވެ. މާބޮޑަށް ހިތަށް ތަދުވުމުން ” ހާޓު އެޓޭކެއް” ޖެހުނީބާއެވެ. ނޫނީ ބޮލަށް ބަރުވެގެން ހޭނެތުނީބާއެވެ.  ފެނުނު ތަސްވީރުގެ ހަޤީޤަތާއެކު ދެން ކަންތައް ވާނީ ކިހިނެއް ހެއްޔެވެ؟ ރަހޫލު ޒުނާނާ ވަރިކުރުމަށްފަހު ލަޒާނަށް ހަދިޔާކުރަނީ ހެއްޔެވެ؟

ނުނިމޭ

 

 

 

 

 

 

 

 

 

 

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (12)

  1. noelle

    Nice mi part ves Alhey I feel bad for lazaan and rahool too I hope they both can get a partner that loves them

    1. Isnaa
      noelle

      Thank you. Noelle💗💐
      IA libeyne both ah ves rangalhu partner eh🥰
      މި ބައިގައި ވަރަށް ގިނަ މައްސަލަ ހުރުމުން ނިހާޔަތައް މާފަށް އެދެން
      🤗🥰💗💐

  2. Your fav bab

    Very nice
    Tell raahool to keep zunaanaa as his wife not to divorce or not to be a sister-in-law
    When next??

    1. Isnaa
      Your fav bab

      Thank you. Your fav bab💗💐
      Raahool kairee bunaanan your fav bab thi hen buni vaahaka ingey zunaanaa divorce nukuranchey 🥰
      މި ބައިގައި ވަރަށް ގިނަ މައްސަލަ ހުރުމުން ނިހާޔަތައް މާފަށް އެދެން
      🤗🥰💗💐

  3. Cutie girl

    Mi part ves v reethi masha Allah
    Curiously waiting for the next part
    Keep it up
    Heyonuvaane lazaan and junaana dhuru nukurachey
    They both are made for each other
    I appreciate your hard work
    Khinehbaa dhen hadhaani

    1. Isnaa
      Cutie girl

      Thank you. Cutie girl 💗💐
      Vaahaka nimuneema ingeynee vaane gotheh dhw 🥰
      މި ބައިގައި ވަރަށް ގިނަ މައްސަލަ ހުރުމުން ނިހާޔަތައް މާފަށް އެދެން
      🤗🥰💗💐

  4. Isnaa

    ވަރަަށް ގިނަ މައްސަލަތައް މިބައިގައި ހުރުމުން ކިޔުންތެރިންގެ ކިބައިން ނިހާޔަތައް މާފަށް އެދެމެވެ. މިހާރު އެ މައްސަލަތައް ރަނގަޅު ކުރަމުން އެބަދަމެވެ.🥰💐💗🤗

  5. Vempire girl

    Raahool maru v thr e??
    Anyways mi part vx varah varah reethi…
    Whn next??

  6. Isnaa

    Raahool nuvey Maru adhi IA🥰
    Thank you “vempire girl”💐💗
    Vrh avahah kiyaalan libeyne IA 🤗
    މިބައިގައި ވަރަށް ގިނަ މައްސަލަ ހުރުމުން ނިހާޔަތައް މާފަށް . އެދެމެވެ މިހާރު މައްސަލަތައް ހުއްނާނީ ރަނގަޅު ކޮށްލާފަ އެވެ. 🤗💐💗🥰

  7. Aminath Hameedha

    Isnan Ahmed hamihtha ah fonuva dheeba vaahaka ehkon

    1. Anonymous
      Aminath Hameedha

      Aan 💗
      Thank you 🥰💐🤗

    2. Isnaa
      Aminath Hameedha

      Aan 💐🤗💗🥰

Comments are closed.