Skip to content
އެސްފިޔަ

ކަލާގެ ހައްގުގައި ފަހުބައި (އެ ތަސްވީރު ގެ ހަޤީޤާތް އެނގުމުން ޒުނާނާ ވަރިކޮށްފި)

މަޑުމަޑުން ބައްޕަގެ އަތް ހަރަކާތް ކޮށްލުމުން ހީރާ ރޯންފެށިއެވެ. ” މަންމާ އާއާއާ” މަންމައަށް ގޮވަމުންނެވެ. އެ އަޑަށް ބޭރަށް ނުކުއްނަށް ދިޔަ ލަޒާނު އަތުވެއްޖެއެވެ. ލަޒާނަށް ވެސް ލިބުނީ ކުއްލި ހައިރާން ކަމެވެ. ރާހޫލުގެ ކަޅި ހަރަކާތް ކުރާތަށް ފެނިފައެވެ. ރޯން ހުރި ހީރާ އުރާލާ ބޮލުގައި ފިރުމާލިއެވެ. އޭރު އެތަނަށް ގޭގެ އެންމެން ޖަމާވެއްޖެއެވެ. އިސާހިތަކު ޑޮކްޓަރުގެ ވަރުން އަށް ގުޅައިގެން ގެނައެވެ. ޑޮކުޓަރު ވަރަށް ރަނގަޅަށް ރަހޫލު ބެއްލެވުމަށްފަހު ދިނީ އުފާވެރި ޚަބަރެކެވެ. މިއަދުގެ ވަގުތެއްގައި ހޭ އަރާފާނެ ހެން ވެސް ހީވާކަމަށް
ޑޮކްޓަރު ވަރުން ވިދާޅުވިއެެވެ .
އެންމެންގެ ލޯތަން ވެސް އުފާވެރިކަމުގެ ކަރުނައިން ތެއްމާލިއެވެ. އެ ހާލުގައި ރާހޫލު އޮއްނަތާ 07 އަހަރު ހަޔާތުން ފާއިތުވެ ހިނގައްޖެއެވެ. ގެއްލިއްޖެ ވަގުތެއް ދުވަހެއް އަހަރެއް އަލުން އަނބުރައެއް ނުލިބޭނެވެ. އެއީ ކަންވާނެ ގޮތެވެ. އެހެންކަމުން އަބަދުވެސް ވަގުތައް ސަމާލުވާންވާނެއެވެ. އެހެންނޫނީ ފަހުން ހިތާމަކުރަން ޖެހުމަކީ އެކަށޭނަ ކަމެކެވެ.

އިސްޤަކީ ވަރަށް ވޭންދެނިވި އެއްޗެކެވެ. އުމުރަށް ލޭކަރުނަ އަޅައި ގިސްލަން މަޖުބޫރުކުރުވާ ހާލަތައް ދިރިއުޅުމުގެ މިސްރާބު ބަދަލުކޮށްލާ އެއްޗެކެވެ.

ލޯތްބަކީ ވަރަށް އަސަރު ގަދަ އާދަޔާ ހިލާފު އެއްޗެކެވެ.  ލޯބީގެ އަސަރުތައް ތަފުސީލު ކޮށްދޭކަށް ނެތީމެވެ.  އާދެ ލޯތްބާއި އަޅާލުމާއި ހިތަމާއާއި ނަފުރަތާއި ރުޅި އާއި ހަސަދައާއި އޮޅުވާލުމާއި މަކަރަކީ ލޯބީގަ ތަހައްމަލް ކުރަން ޖެހޭ އެއްޗެއްސެވެ. ނަފްރަތު ކުރާ މީހަކުދެކެވެސް ލޯބި ވެވިދާނެއެވެ. އިންތިހާއަށް ލޯބިވީ މީހަކު ދެކެ ރުޅިއަންނަ ޖެހިދާނެއެވެ. ހަމަ އެގޮތުން  ލޯބިވާ ކަމަށް ބުނެ މަކަރު ހަދައި އޮޅުވާލައިގެން އުޅޭ މީހުންވެސް މިޒަމާނުގައި ވަރަށް ގިނަވާނެވެ. މިއީ ކުޑަ ކަމެއް ނޫނެވެ. ވިސްނަށް ޖެހޭނެ ކަމެކެވެ.

ރަހޫލަށް ވަމުން އަށްނަށް ގޮތް ބެލުމަށް ކޮޓަރީގައި އިނީ ލަޒާނެވެ. ފޯނަަށް ގެއްލި ހުސްވެފައިން ލަޒާނު ދިޔައީ ސިހިގެންނެވެ. ރާހޫލު އޭނާ އާއި ވާހަކަ ދައްކަނީއެވެ. ” ޒުނާނާއަކީ ލަޒާނުގެ ކާކު” ލަޒާނަށް އަމާޒުވެގެންދިޔަ ސުވާލުން އޭނާ ބިރުގަނެއްޖެއެވެ. އަނެއްކާ ޒުނާނާ އަހަރުމެންގެ ގުޅުމުގެ ވާހަކަ ބުނެގެން ރާހޫލަށް ވީ ގޮތެއްބާއެވެ. ސައްކާ ވަހުމް ތަކުން ހިތްނުތަނަވަސްވާން އޭރު ހުރީ ފަށާފައެވެ. ” މަ އެބަ ސުވާލެއް ކުރަމޭ ކޮބާ ޖަވާބު” ދޭނެ ޖަވާބެއް ނޭނގިފަ ހުއްޓާ އަނެއްކާ ރާހޫލު ވާހަކަދެއްކިއެވެ. ސުވާލެއް ކުރިކަން ހަނދާން ކޮށްދިނެވެ. ޖަަވާބޭދޭން އެދުނެވެ. އިތުރު ގޮތެއް ނެތް މީހެއް ފަދައިން އަހަރެން ހުރިހާ އެއްޗެއް އަލިފުން ޔާއަށް ކިޔައިދިނީމެވެ. ކަނުލާ ވާހަކައަށް ސަމާލުކަން ދީގެން އިން ރާހޫލު އިނީ ހިތުގައި ޖެހި ދެރަވެފައެވެ. މީހެއްގެ ހައްޤަކަށް އަރައި ގަނެވުމުން ލަދުގެންފައެވެ . ފަހަރުގައިވެސް މީ އޭނާ ކަންތަން ވާ އުއްމީދު ކުރި ގޮތެއް ނޫނެވެ. ޒުނާނާ ދެކެ އޭނާ އިންތިހާއަށް ލޯބިވެއެވެ. އެއްކޮޅުގައި އިނީ ބޭބެއެވެ. އެއީ ދިރިއުޅުމުގެ ހުރިހައި ސިއްރެއް އިނގޭ އެންމެ ގާތް ރަހުމެތްތެރިޔާވެސް މެއެވެ. އަނެއް ކުޅޮގައި ހުރީ  ލޯބިވާ އަނބިމީހާއެވެ.

ޒުނާނާގެ ހައްގުގައި ކޮށްދެވޭނެ އެންމެ ރަނގަޅު ކަމަކަށް ވާނީ ވަރިކުރުން ކަމަށް ރާހޫލު ނިންމިއެވެ.” ތިހެން ދެެރަވެފަ ނީދޭ ޒާން އަހަރެން ޒުނާ ލަޒާނަށް ދޭން ނިންމައިފިން ވަރަށް އަވަހަށް ވަރިކުރާނަށް” ކޮޓަރީގެ ދޮރުމަތީ ހުރި ޒުނާނާއަށް ހީވީ މީހަކު ހޫނުފެން އެއްޗެއް އަޅައިލި ހެންނެވެ. އެއީ މިހާރު އެއްގޮތަކަށް ވެސް ވާން އެދޭ ކަމެއް ނޫނެވެ.  އެހެން ކަންތައް ވެއްޖެނަމަ ހުރިހާ ގެއްލުމެއް ލިބޭނީ ހީރާއަށެވެ.  އަދި  އެއީ އެންމެ 07 އަހަރުގެ ކުއްޖެކެވެ. ލަޒާނުވެސް އުޅެނީ މީހަކާ އިނދެގެންނެވެ. ނުމާނުބޭބެގެ ގާތް ރައްޓެއްސެއްގެ ދަރިއަކާ އެވެ. މިހާރު އެކުއްޖާ އިނީ ވިހަން  ތައްޔާރުވެފައެވެ. ރާހޫލު އަހަރެން ވަރިކުރީމައި ދާނީ ދަށަށެވެ. ދުވަހަކުވެސް ދެން މާލެއެއް ނައްނާނަމެވެ. އެގޮތަށް ކަންކުރަން ނިންމީމެވެ.

ދުނިޔެއަށް ރަހޫލު އަށްނާނޭ ބުނި މީހަކު ވެސް ވަރަށް މަދުވާނެއެވެ. އެކަމު ﷲ ގެ ކުޅަދުންވަންތަ ކަން ދެކިބަލާށެވެ. އެއްވެސް ކަމެއް އެކަލާންގެއަށް އުނދަގޫ ވެ ވޮޑިގެންނުވެއެވެ. ކޮންމެ ކަމެއްގައިވެސް އިތުބާރު ކުރަންވީ މާތް ﷲ އަށެވެ. އެއީ ހުރިހާ ކަމެއް މޮޅަށް ބައްލަވާ ވޮޑިގެންވާ ރަސްކަލާނގެއެވެ.

ހަފްތާއެއް ފާއިތުވެ ދިޔައިރުވެސް ރާހޫލު ޒުނާނާއި ހަތަރުކަޅި ވެސް ހަމަކޮށް ނުލައެވެ. ހީރާ އާއިވެސް މާވަރަކަށް ނޫޅެވެ. އެކުއްޖާ ރަހޫލު ކައިރީ އެނބުރޭ  އިރުވެސް ތީ ކާކު ހޭވެސް އަހާނުލައެވެ. ކޮންމެ ރެއަކު އެތައް ސަކުވާއެއް ހީރާ ކުރެއެވެ. އެ ސަކުވާތަކަށް ޒުނާނާ ދޭނީ ވަކި ކޮން ޖަވާބެއް ހެއްޔެވެ؟

ސުކޫލު ފޮތްތަކުގައި ރަބަރުލާން އިން ޒުނާނާއަށް ހީވީ ހުވަފެނެއް ފެނުނު ހެއްނެވެ. ކުރިމަތީ އައިސް އެއިށީނީ ރާހޫލެވެ . މޭޒުމަތީ އެ ބޭއްވީ ވަރީގެ ފޯމެވެ. ހިތް ފޮތި ފޮތިވެ ކުދި ކުދި ވަމުން އޭރުދިޔައެވެ.  ތުރު ތުރު ލަމުން ދިޔަ އަތުން ގަލަމުގާއި ހިފާލީމެވެ. މަޑުމަޑުން ސޮއިކޮށް ލީމެވެ. އޭރު ރާހޫލު އޮތީ ސޮއިވެސް ކޮށްފައެވެ. އަހަރުމެން  ވަކިވިއިރު ލޯބި  ލޯބި ކޮން ހީރާ  އެނދުގައި ނިދާފައި އޮތެވެ.

ބައްޕަ އާއި ގުޅާ ހުރިހާ ވާހަކައެއް ކިޔައި ދިނީމެވެ. ގިސްލަމުނެވެ. އޭގެ އަނެއް ދުވަހު ރަށަށް ދާން ނިންމީމެވެ.

އަހަރުމެންގެ ދެމައިން ބަލައި ބައްޕަ ހުރީ މާލެ އައިހެވެ. މަންމަމެން އެއްގޮތަކަށް ވެސް ރާހޫލުގެ ނިންމުމާ އެއްބަހެއް ނޫނެވެ. މައިންބަފައިން ނުރުހުނަސް ރަހޫލު ޒުނާނާ ވަރިކޮށް ލިއެވެ.

އެ ގަނޑުވަރުން ނިކުމެގެން  ބައްޕައާއެކު ބަނދަރަށް ދިޔައީމެވެ. އޭރު ލޯންޗު އޮތީ ތައްޔާރަށެވެ. ލަސްނުކޮށް އެއާ ދިމާލަށް މިސްރާބުޖެހިއެވެ. ލޯންޗަށް އަރައި ހަމަޖެހިލަމުން ހިތަށް ބުނީމެވެ. ލަޒާނަކީ އަހަރެންގެ ފުރަތަަމަ ލޯތްބެވެ. ރާހޫލަކީ ދެވަނަ  ލޯތްބެވެ. އަލަތު ފިރިމީހާ އެވެ. ދަރިފުޅު ބައްޕަ އެވެ.

އިސްޤުގައި ޖެހި މުޅި އުމުރަށް މި ވަނީ ޒުނާނާއަށް ލޭކަރުނަ އަޅަން ޖެހިފައެވެ. ލޯބީގެ ހައްގުގައި ޒުނާނާ ވީ ޤުރުބާނީގެ އެއްވެސް އަގެއް މިއަދު ނެތެވެ. ދަރި އަކާއެކު ވަރިކޮށް ލުމުންނެވެ.

ދެފައި އޮޅިގެންވެސް ދުވަހަކުވެސް މާލެ ނާރަން ޒުނާނާ ވައުދުވިއެވެ. އެ ހުރިހާ ހަނދާންތަކާއި ބައްދަލުކުރަން ބޭނުންނުވާތީއެވެ. އާއެކެވެ. ޒުނާނާ  ބޭނުންވަނީ ކަލާގެ ހައްގުގައި ފިދާވީ ދުވަސްތައް މާޒީއަށް ދޫކޮށްލާށެވެ.

ނިމުނީ

އަޅުގަނޑުގެ މި ވާހަކަވެސް ނިމުނީއެވެ. ވާހަކަ ރީތި ވާނެ ކަމަށް އުއްމީދުކުރަމެވެ. 🤗💐💗

Comments (11)

  1. Cutie girl

    Mi part ves v reethi masha Allah
    Curiously waiting for the next part
    Keep it up
    Lazaan and junaa v gulhey
    They both are made for each other
    Mi part kiyaafa rovijje
    I appreciate your hard work

    1. Isnaa
      Cutie girl

      Thank you ” cutie girl” 💐💗
      Lazaan and zunaa gulhuey🥰
      Thank you 🤗

  2. Your fav bab

    Same I also cried varah touching
    How I’ll be able to read more stories from you

    1. Isnaa
      Your fav bab

      Thank you ” your fav bab” 💐💗
      Adhi kiyaalan libeyne alhugandu ge vaahaka IA🥰

  3. Mr zuko

    Mi part ves v salhi
    Keep going keep it up ❤️‍🔥

  4. Isnaa

    Thank you ” your fav bab” 💐💗
    Adhi kiyaalan libeyne alhugandu ge vaahaka IA🥰

  5. Isnaa

    Thank you ” MR zuko” 💐💗🤗🥰

  6. m

    i felt bad for raahool first but mihen hedhee even tho she waited for him eyna coma ga oeh iru for 7 years raahool ge loss aslu zunaana kahala javahireh gelluvaleema anyways waiting for more good stories from u

    1. Isnaa
      m

      Thank you “m” 💗💐
      Yes raahool ge loss eh zunaana gehllun 🥰
      Alhugandu ge vaahaka eh vrh avahah kiyaalan libeyne IA 🤗

  7. Vaanuva

    Rahool dhen varah moya ingey eyna loahfan v iru ves beli nuvithaakah 7 aharu eyna yah madu kuri junaana dhookolleema firihenun dhw keekey bunaani dhen

    1. Isnaa
      Vaanuva

      Thank you “vaanuva” 💗💐
      Yes rahool varah moya 🥰
      Alhugandu ge vaahaka eh vrh avahah kiyaalan libeyne IA 🤗

Comments are closed.